Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ހުވަފެން.

lynderrr Level 1
November 12, 2021 2 Mins Read
0 Comments

އާދައިގެ މަތިން މިއަދުވެސް އަހަރެން އިނީ ބާޒާރުމަތީގައި ކުނާ ގަނޑެއް އަޅައިގެންނެވެ. އެތާ އިނދެ ފެންނަ ކޮންމެ މީހަކު ގާތުން އެހީއަށް އެދި ސަލާން ޖެހުމަކީ އަހަރެން ދިރިއުޅުމަށް ކުރަމުން އަންނަ މަސައްކަތެވެ. މެންދުރުން ފަސްވެއްޖެއެވެ. ބަނޑުހައި ވެގެން މީހާ ހާންތިވާ ވަރު ވަނީއެވެ. އެހެނަސް ކާނެ އެއްޗެއް ގަނެވޭނެހާ ވެސް ނެތީމަ އަދިވެސް މީހަކު އަތުން ލާރި ކޮޅެއް ލިބިދާނެ ކަމުގެ އުންމީދުގައި އަދިވެސް އިނދެވުނެވެ. ކާނެ އެއްޗެއް ގަނެވޭނީ ވެސް ލާރި ކޮޅެއް ލިބިގެންނެވެ.

އިރު އޮއްސި އަނދިރި ވާން ފަށައިފިއެވެ. ތެދުވާނެހާ ވަރުވެސް ގައިގަ ނެތުމުން ކުނާ މަތީގައި އޮށޯވެލާ ދެލޯމަރާލީމެވެ. އިސާހިތަކު ބަސްބުނާހާ އަވަހަށް އަހަންނަށް ނިދުނެވެ. ” ކޮއްކޯ ” ދާދި ގާތުން މީހަކު ގޮވާލި އަޑުއިވުނެވެ. ވަރުބަލި ގޮތަކަށް އަހަރެން ލޯ ހުޅުވާލީމެވެ.  އަހަރެންނާ ދާދި ގާތު މުސްކުޅި ފިރިހެނަކު ސީދާ އަހަރެން މޫނަށް ބަލަން އިނެވެ. އަތް ދިގު ހުދު ގަމީހަކާ ކަޅު ގޮޅި ޖެހި މުންޑެއް އަނދެގެން އިން އެ މުސްކުޅި މީހާގެ އިނީ އަހަރެން މޫނަށް ބަލަހައްޓައިގެން ހިނިތުންވެފައެވެ. ވަރަށް އުނދަގުލުން އެހެނަސް ވަރަށް ހިތް ވަރު ކޮށްފައި އަހަރެން ތެދުވެ ފާރުގައި ލެނގިލީމެވެ. އެ ހިނދު އޭނަ އަތުގައި އޮތް ކޮތަޅެއް އަހަރެންނަށް ދިއްކޮލަމުން މި ކާލާށޭ ބުނެލިއެވެ. ހައި ވެފަ ހުރި ވަރުން ބަލާކަށް ނުހުރެ ކޮތަޅު ނަގާ ހުޅުވާލީމެވެ. އަދި އޭގަ އޮތް ބަތް ތަށި ނަގާ ކާން ފެށީމެވެ.

ކައި ނިންމާލުމަށް ފަހު އަހަރެން އެ މުސްކުޅި މީހާ އަށް ޝުކުރު އަދާ ކުރީމެވެ. އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު އެ މުސްކުޅި މީހާ ވާހަކަ ދައްކަން ފެށިއެވެ. ” ކޮއްކޯއެވެ. ކޮންމެ މީހަކުވެސް މި ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފު ކަން މަތީގައެވެ. އުފަން ވާއިރު އެއްވެސް މީހަކީ ފަގީރެއްވެސް ނުމެ ނޫނެވެ. ތިބާ އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރި ޒުވާނެކެވެ. ވީ އިރު ތިބާ މިތާ ތި ހާލުގަ ސަލާން ޖަހަން ތި އިންނަނީ ކީއްވެ ތޯއެވެ؟ ފަހެ އަމިއްލަ މަސަތްކަތެއް ނުކުރަނީ ކީއްވެތޯއެވެ؟ ތިބާއަށް އިނގޭ ހެއްޔެވެ ތިބާގެ އަމިއްލަ މަސައްކަތުން ހޯދާ އެއްޗަކުން ކާ ކާއެއްޗެހީގައި ފުރިހަމަ ބަރަކާތް ލެއްވިގެންވެއެވެ. ” ސިހިފައި އަހަރެންނަށް ހޭލެވުނު އިރު މި އޮވެވެނުނީ އަހަރެން ދިރިއުޅޭ ފަންގޭގެ މެދުގައި އަޅާފައި އޮތް ބާވެ ހަސްނެތިފައި އޮތް ކުނާގަނޑު މަތީގައެވެ. މި ފެނުނީ ހުވަފެނެއް ކަން އެނގުނީދެނެވެ. އެހެނަސް ފެނުނު ހުވަފެނާ މެދު ވިސްނެން ފެށުނެވެ. އެ މުސްކުޅި މީހާ އެބުނީ ތެދެކެވެ. އަހަރެން އުމުރުން އަދި އެންމެ 21 އަހަރެވެ. އަހަރެންނަށް އަދި އަމިއްލައަށް މަސައްކަތް ކޮށްގެން ބަނޑު ފުރާ މުއްތި ކުރާހާ ކުރެވޭނެއެވެ. އެދުވަހުގެ ފަހުން އަހަރެން ސަލާން ޖަހާކަށް ނުދަމެވެ. އޭގެ ބަދަލުގައި ދިރިއުޅުމަށް ތަފާތު އެކި ކުދި މަސައްކަތްތައް ކުރަން ފެށީމެވެ.

ނިމުނީ.

 

Share Article

Follow Me Written By

lynderrr

Level 1

Other Articles

Previous

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 34

Next

ވާ ލޯބި އެނގޭނަމަ – 16

Next
November 12, 2021

ވާ ލޯބި އެނގޭނަމަ – 16

Previews
November 12, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 34



All Right Reserved!