Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އުމުރަށް އެކުގައި 2

Horror queen Level 210 Stories
November 2, 2021 6 Mins Read
2 Comments

ދެ މީހުން ވެސް ކޮލެޖަށް ވަނީ އެކުގަ އެވެ.  ސާރާ ދިޔަ އީ ހުރި ސީދަލަށް އޭނާގެ ރޫމް އަށް ށެވެ. ވިވާން ވެސް އިތުރު ވާހަކައެއް ނުދައްކާ ދިޔައީ އޭނާގެ ރޫމް އަށް ށެވެ. “ކޮންތާކު ތެޅިތެޅި ފަ ތި އައީ” ވިވާން ވަނުމުން ވިވާން ގެ ގާތް އެކުވެރިޔާ ބުނެލި އެވެ. “ޖަލްވާން ކާމް ޑައުން އޯކޭ. ބްރީތް” ވިވާން ޖަލްވާން ކައިރީގައި ހަމަނުޖެހުމަށް ބުނެލި އެވެ. ޖަލްވާން ފުން ނޭވާއެއް ފަޒާ ގެ ތެރެއަށް ދޫކޮށްލި އެވެ. “ވިވާން ކޮންތާކުން ތަ ތި އައީ” ޖަލްވާން އަނެއްކާވެސް އަހައިލި އެވެ. “މި އައީ މީހެއްގެ ލައިފް ސްޓޯރީ އަޑު އަހާ ފައި” ވިވާން ޖަވާބު ދިނެވެ. “ކާކުގެ؟” ޖަލްވާން އަނެއްކާވެސް އަހައިލި އެވެ. “އިނގޭ ތަ އައިޝަތު ސާރާ” ވިވާން ބުނެލި އެވެ. “އާން އޭނާ އަކީ މީހުން ކުލާހުގައި އެންމެ މަޑުން ހުންނަ މީހާ… އޭނަގެ” ޖަލްވާން ބުނެލި އެވެ. ވިވާން އާއެކޭ ބުނުމުގެ ދެ ބުމަ ހިއްލާލި އެވެ. “އަހަރެން މި ދަނީ އެއްޗިސް ބަދަލު ކޮއްގެން އަރާ އޮށީންނަން” ވިވާން މިހެން ބުނެފައި ދިޔައީ އެއްޗިސް ބަދަލު ކުރަން ށެވެ. އެއްޗިސް ބަދަލު ކޮއްގެން އައިސް އެނދު މައްޗަށް ވެއްޓުނެވެ. ވިސްނުމެއްގެ ތެރޭގައި އޮއްވާ ވިވާން އަށް ނިދުނެވެ. 

 

އަނެއް ދުވަހު ހެނދުނު ސާރާ އަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުމުން ނެވެ. ސާރާ އަވަސް ވެ ގަތީ ނަމާދު ކުރަން ށެވެ. އަވަހަށް ފާޚާނާ އަށް ވަދެ ފްރެޝް ވެ ލައިގެން ނިކުމެ އަތްދިގު ހެދުމަކާ ފަހުގެ ތަނބޮއްޓާއި ހަމައަށް ދާ ވަރުގެ ހަރުވާޅެއް ލުމަށް ފަހު އިސްޓާކީނާއި ދޮޅި އެޅުމަށް ފަހު ނަމާދު ކުރަން ފެށި އެވެ. ނަމާދު ކޮށް ނިންމާފައި މުސައްލަ އަށް އިސްޓާކީނާއި ދޮޅި ލުމަށް ފަހު މުސްލަ އުޅާލި އެވެ. ދެން އަލަމާރިން ދަނބު ކުލައިގެ އަތް ދިގު ސުވެޓާ އަކާ ގަދު ނޫ ކުލައިގެ ޖިންސެއް ލައިގެން ގޮސް ހުއްޓުނީ ޑްރެސިން ޓޭބަލް ކައިރީގައި ރީތި ވާން ށެވެ. މޫނުގައި ފުއް ޖަހާ ތުންފަތުގައި ފިޔާތޮށި ކުލައިގެ ލިޕުސްޓިކު އުނގުޅާލުމަށް ފަހު ސެންޓު ޖަހާލި އެވެ. ދެން އޭނާގެ އަތް ދަބަހަށް ލިޔަން ބޭނުންކުރާ ތަކެތި ލުމަށް ފަހު ފޯނާއި ހެޑްސެޓް ލި އެވެ. ދެން އޭނާ ހިނގައިގަތީ ހެންދުނެއް ނާސްތާ ނެގުމަށް ކޮލެޖް ގެ ކެންޓީން އާއި ދިމާއަށް ށެވެ.  ބިސްގަނޑަކާއި ކޮފީ ތައްޓެއް ހިފައިގެން ސާރާ ހިނގާ ގަތީ ހުސް މޭޒަކު ކައިރި އަށް ށެވެ. މާގިނަ އިރެއް ނުވޭ ސާރާ އިށީނދެ ގެން އިން މޭޒު ކައިރިއަށް ދެ ފިރިހެން ކުދިން އައެވެ. “ޔޯ” އެ ތަނުން އެއް ފިރިހެން ކުއްޖަކު ބުނެލި އެވެ. “ހަހަ ވެރީ ފަނީ ވިވާން” ސާރާ ލާނެތް ގޮތަކަށް ބުނެލި އެވެ. “ސާރާ މީ އަހަރެން ގެ އެންމެ ގާތް ރަހުމަތް ތެރިޔާ ޖަލްވާން… ޖަލްވާން މީ ސާރާ” ވިވާން ބުނެލި އެވެ. “ހައި ނައިސް ޓު މީޓް ޔޫ އަހަރެމެން މީ ކިލާސް މޭޓުން…” “އޯ ކްލާސް މޭޓުން ދޯ ކަމެއް ކޮށްދީ ބަލަ މިހުރީ އެއްނު ވިވާން މީނަ ކާރިީ ބުނެ ބަލަ މަޑުން ހުންނާށޭ… އެންޑް ވިވާން އިއްޔެ މަ ކިޔާ ދިން ވާހަކަ އެކަކަށް ވެސް ނުކިޔާ ދޭތި އޯކޭ “ސާރާ ބުނެލި އެވެ.” އޯކޭ ގޮޓް އިޓް”ވިވާން މިހެން ބުނުމުން ސާރާ ތެދުވެ ގެން ހިނގާ ގަތީ ކިލާސް ރޫމް އާއި ދިމާއަށް ށެވެ. 

 

ސާރާ ކްލާހަށް ވަދެ އޭނާގެ ސީޓް ގައި އިށީ ނު މަށް ފަހު ކަންފަތަށް  ކަންފަތުގައި ހެޑްސެޓް ޖެހުމަށް ފަހު ފޯނުން ލަވަ ޖެހި އެވެ. 

 

“ލައިކް އަ ބުލެޓް އިން މައި ޗެސްޓް 

 

ޔޫ އާރ ރިޓެން ބައުންޑް އެންޑް އެޗްޑް 

 

ފޯ އެވާ އިން މައި މައިންޑް 

 

ވީ އާރ ފެއިޑިން އިން އަވާ  ހޭންޑްސް 

 

ލޮސްޓް ސަމްވެއާ އިން ވެސްޓްލެންޑް 

 

ނޮޓް ނޮއިން އަޕް ފްރޮމް ޑައުން “

 

ސާރާ ސިއްސައިގެން ދިޔައީ ދެ އަންހެން ކުދިން އައިސް ސާރާ ގެ ޑެސްކު މަތީގައި ބާރަށް ޖެހުމުން ނެވެ. “ސާރާ އާދެބަ އަހަރެމެން ނާއި އެކު ގަ” އެ ތަނުން އެއް އަންހެން ކުއްޖަކު ބުނެލި އެވެ. ސާރާ ބަހަކުން ބަހެއް ވެސް ނުބުނެ ތެދުވި އެވެ. ދެން އެ ދެ އަންހެން ކުދިން ސާރާ ގެންދިޔައީ ކޮލެޖް ގެ ގުދަން ކައިރި އަށް ށެވެ. “ސާރާ އިނގޭތަ އަހަރެމެން ސާރާ މިތަނަށް ގެނާ ކަމެއް” އެތަނުގައި ހުރި އަނެއް އަންހެން ކުއްޖާ ބުނެލި އެވެ. “ނޯ މަށަކަށް ނޭނގެ މާހާ އަޅެ ނިކަން މަ ކައިރީ ގަ ބުނީމަ ދޯ މަށަށް އިނގޭނީ” ސާރާ މާހާ ގެ މޫނާ ދިމާއަށް ބަލާލާފައި ބުނެލި އެވެ. “އަހަރެމެން ސާރާ މި ތަނަށް ގެނައީ ސާރާ ވިވާން އާއި އެކު އެހުންނަ ގުޅުން ކަނޑާ ލަން” މާހާ ކައިރީގައި އިން އަންހެން ކުއްޖާ ބުނެލި އެވެ. “ޕިސް ޕިސް ފައިހާ އަހަރެން ވިވާން އަކާ ހެދި އެއް ނޫޅެން އަހަރެން މީ ތި ދެމީހުން ހެން ފިރިހެނުން ނާ ހެދި މޮޔަ ވެގެން އުޅޭ މީހެއް ނޫން… ބިސައިޑްސް އަހަންނަށް ވިވާން އަކީ ގާތް ރަޙުމަތްތެރި އެއިންޓް ނަތިން މޯ” މިހެން ބުނެފައި ސާރާ ހިނގާ ގަތީ ކްލާހަށް ދާން ށެވެ. ނަމަވެސް މާހާ އާއި ފައިހާ ސާރާ ގެ އަތުގެ އުޅަނބޮށި ކައިރީގައި ހިފާފައި ސާރާ ގުދަނު ތެރެއަށް ވައްދާ ފައި ތަޅު ލި އެވެ. “މާހާ ފައިހާ މި ދޮރު ހުޅުވާ” ސާރާ ހަޅޭއް ލަވަން ފެށި އެވެ. “ވިވާން ދޫކޮށްލާ އޭރުން މި ދޮރު ހުޅުވާނީ” މާހާ ބުނެލި އެވެ. “ހިނގާ ދާން އޭނަ އޮވެ ދާނެ އެއްނު އެތާނގައި ރޯން” ފައިހާ ބުނެލި އެވެ. މިހެން ބުނެފައި މާހާ އާއި ފައިހާ ދިޔައީ ކްލާހަށް ށެވެ. 

 

“ވިވާން ވާނެ ދޯ ވިލްދާ ބަލާ އެއާރޕޯޓް އަށް ދާން “ޖަލްވާން ބުނެލި އެވެ.” ރަންކޮޅާ ވިލޫ އެކަންޏެއް ނޫނޭ އަންނަނީކީ ވިލޫ އާ އެކު މަގޭ ދޮންބެ ވެސް އާދޭ ” ވިވާން ބުނެލި އެވެ.” ވަޓް ވިކާޝް ވެސް އާދޭ ޑޭންގް އިޓް ” ޖަލްވާން ހައިރާން ވެ ހުރެ ބުންޏެވެ. ވިވާން ގޮސް ކްލާހަށް ވަދެ އެންމެ ފުރަތަމަ ވެސް ބަލާލީ ސާރާ ގެ ޑެސްކާ ދިމާއަށް ށެވެ. ސާރާ ނެތުމުން ވިވާން ހާސްވާން ފެށި އެވެ. ދެން ވިވާން ދުއްވާ ގަތީ ސާރާ ހޯދަން ށެވެ.” ވިވާން ކޮންތާކަށް ތި ދުއްވާ ގަތީ ” ޖަލްވާން ބުނެލި އެވެ.” ޖަލްވާން ޓީޗަރު ކައިރީ ބޭނޭ މަ އަންނާނަމޭ ވަރަށް އަވަހަށް “ވިވާން މިހެން ބުނެފައި ދުއްވާގަތީ ގުދަނާ ދިމާއަށް ށެވެ. “ސާރާ! ސާރާ! ސާރާ ޖަވާބު ދީބަ… ސާރާ!” ވިވާން އަޑު ހަރުކޮށް ސާރާ އަށް ގޮވަން ފެށި އެވެ. ސާރާ އަށް ވިވާން ސާރާ އަށް ގޮވާލާ އަޑު އިވުމުން ގުދަނު ގެ ދޮރު ގައި ޖަހަން ފެށި އެވެ. “ސާރާ!” ވިވާން ގޮވައިލި އެވެ. “ވިވާން ޕްލީސް ހެލްޕް.. މަ މިތަނުން ނެރެބަ ޕްލީސް” ސާރާ ރޮމުން ރޮމުން ބުނެލި އެވެ.  “ކާކުތަ ސާރާ މިތާނގައި ބަންދު ކުރީ” ވިވާން އަހައިލި އެވެ. “މާހާ އާ ފައިހާ” ސާރާ ބުނެލި އެވެ. “މަޑުކުރޭ ސާރާ ދޮރާ ވަރަށް ކައިރީ ގަ ހުރިއްޔާ ތަންކޮޅެއް ދުރަށް ޖެހީ” ވިވާން މިހެން ބުނުމުން ސާރާ ދޮރާ ތަންކޮޅެއް ދުރަށް ޖެހުނެވެ. ވިވާން ދިޔަ ގޮތަށް ގޮސް އެތާނގެ އޭނާގެ ކޮނޑުން ދޮރު ގައި ޖެހި ބާރަކުން ދޮރުގެ ތަޅު ހަލާކު ވި އެވެ. ވިވާން އަށް ސާރާ ފެނުމުން ވިވާން ގޮސް ސާރާ ގައިގައި ބައްދާލެވުނެވެ. “ވިވާން! ކީއް ތި ކުރަނީ ؟” ސާރާ ބުނެލި އެވެ. “އަމް… އައިމް ސޮރީ ވަރަށް ބޮޑަށް ސޮރީ ސާރާ އަށް އިންގޭނެ އަހަރެން ގަސްތުގައި ކުރިކަމެއް ނޫން ކަން އެއީ އައި ކުޑުންޓް ހެލްޕް އިޓް ސީރިއަސްލީ” ވިވާން އަވަހަށް ދުރަށް ޖެހިލާ ފައި ބުނެލި އެވެ. ވިވާން ބުނި ގޮތަކުން ސާރާ ގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. “ސާރާ އަލަށް ހޭ ތަން މަށަށް މި ފެނުނީ ވާވު ސާރާ ހާދަ ރީއްޗޭ” ވިވާން ހިތާ ހިތުން ބުނެލި އެވެ. ވިވާން އަށް ހަމަ ބިމަށް އާ ދެވުމުން ވިވާން ގެ ދެ ކޮލަށް ޖަންބުކުލަ އެރި އެވެ. “މަ މި ވިސްނަނީ ކޯއްޗެއް” ވިވާން އަނގަ މަތީ ގައި އަތް އަޅާ ލުމަށް ފަހު ބުނެލި އެވެ. “ވިވާން ހިނގާ ދާން” ސާރާ ހީނލާފައި ބުނެލި އެވެ. ވިވާން ސާރާ ގެ ކަނާތް ފަޅިން ސާރާ އާއި އެކު ދިޔައީ ކްލާހަށް ށެވެ. 

 

“ސާރާ! ވިވާން! ގަޑީގެ ދެބާކުޅަ އެއްބައި ގެއްލިގެން ދިޔައީ ކޮންތާކުން ތަ ތި އައީ ؟”ކްލާހަށް ގޮސް ވަނުމާއި އެކު ޓީޗަރު ބުނެލި އެވެ. “ޕިސް. މަރީ މިސް ވާހަކައެއް ބުނަންތަ އަހަރެން މި އައީ ސާރާ ސަލާމަތް ކޮށްދީފަ އޭ… އެއީ މި ކްލާހުގަ އުޅޭ ދެ އަންހެން ކުދިން ސާރާ މި ކޮލެޖް ގެ ގުދަނު ތެރެއަށް ލާފަ ތަޅު ދަނޑި ހިފައިގެން ފިލާފި އެންޑް މިސް ވަރަށް އަތަށް ތަދު ވެއްޖެ އެހެން ނެއްނު ވާނީ މަ އުޅެއުޅެ ވެސް ނުހުޅުވުނު ވިއްޔާ ދެން މަށާ ޖެހުނީ އެންމެ ފަހުން ދޮރު ގެ ތަޅު ހަލާކު ކުރަން ސޮރީ މިސް “ވިވާން ހަރަކާތާއި އެކު ބުނެލި އެވެ.” ސާރާ އެ ތެދެއް ތަ ؟”ޓީޗަރު ސާރާ ގާތުގައި އަހައިލި އެވެ. “ލައްބަ މިސް ވިވާން އަހަރެން ސަލާމަތް ކުރަން ނާނަމަ ނޭންގެ އަހަންނަށް ވާނެ ގޮތެއްވެސް” ސާރާ ބުނެލި އެވެ. “ކޮން ކުދިން ނެއް ސާރާ ގުދަނު ގަ ބަންދު ކުރީ” މަރީ އަހައިލި އެވެ. “މާހާ އާއި ފައިހާ އަހަރެން ގަދަކަމުން ގުދަނު ތެރެއަށް ލާފަ އަހަރެން ބަންދު ކުރީ” ސާރާ ބުނެލި އެވެ. “މާހާ ފައިހާ ޕްރިންސިޕަލްސް އޮފީހަށް ދާން ހިނގާ” މަރީ މިހެން ބުނެފައި އެ ދެކުދިން ހިފައިގެން ދިޔައީ ޕްރިންސިޕަލްސް ގެ އޮފީހަށް ށެވެ. 

 

“އޭ ވިވާން ހިނގާ އެއާރޕޯޓް އަށް “ޖަލްވާން ބުނެލި އެވެ.” އެއާރޕޯޓަށް ށޭ އެއީ ކީއްކުރަން ؟”ސާރާ ވާނުވާ ނޭނގޭ ހާލު އަހައިލި އެވެ. “އެއީ އަހަރެންގެ ކޮއްކޮ އާ ދޮންބެ އަންނާތީ އޭނަ މެން ބަލާ ދާން” ވިވާން ބުނެލި އެވެ. “އަހަރެން ވެސް ދާނަން ތި ދެމީހުން ނާއި އެކު” ސާރާ އާދޭސް ކުރި އެވެ. “އޭ… ސާރާ ސީރިއަސްލީ އެއާރޕޯޓް އަށް އަހަރެމެން މި ދަނީ އޭގެ މާނައަކީ ފޮނަދޫ އަށް އަހަރެމެން މި ދަނީ” ޖަލްވާން ސަމާސާ ކުރަން ފެށި އެވެ. “ހެވޭ” ސާރާ ލާނެތް ގޮތަކަށް ބުނެލި އެވެ. “އޯކޭ ހިނގާ” ވިވާން ބުނެލި އެވެ. މިހެން ބުނެފައި ތިން މީހުން ހިންގާ ގަތީ ކާރާއި ދިމާލަށް ށެވެ. ޖަލްވާން ކާރު ދުއްވާލި އެވެ. ކާރު ގޮސް މަޑުކުރީ އެއާރޕޯޓް ކައިރީގަ އެވެ. އެވަގުތު ވިކާޝް އާއި ވިލްދާ ހުރީ ކައްދޫ އެއާރޕޯޓް ކައިރީގަ ހުރި ޕާކުގެ ހަޓެއްގައި އިށީނދެ ލައިގެން އެވެ. ވިވާން ، ޖަލްވާން އާއި ސާރާ ކާރުން ފޭބިއެވެ. “ދޮންބޭ! ވިލޫ” ވިވާން އަޑު ހަރުކޮށް ބުނެލި އެވެ. “ކުޑަބޭ! ” ވިލްދާ އުފަލުން ދުއްވާ ގަތެވެ. “ވިލޫ! ” ޖަލްވާން މިހެން ބުނެފައި އޭނާގެ ދެ އަތް ދެ ފަރާތަށް ދަމާލި އެވެ. ނަމަވެސް ވިލްދާ ޖަލްވާން ގެ އަރިމަތިން ހިނގާ ލާފައި ދިޔަ އެވެ. “އޭމް އައި ބީއިންގް ރިޖެކްޓެޑް” ޖަލްވާން ރަކިވެފައި ހުރެ ބުނެލި އެވެ. ވިލްދާ ގޮސް ވިވާން ކައިރީގައި ހުއްޓުނެވެ. “ކުޑަބޭ މީ ކޮން އަންހެން ކުއްޖެއް ތަ؟” ވިލްދާ ވިވާން ގާތުގައި އެއްސެވެ. “މީ އަހަރެންގެ ފްރެންޑް އެއް ސާރާ. ސާރާ! މީ އަހަރެންގެ ކޮއްކޮ ވިލްދާ ދެން އެއީ އަހަރެންގެ ދޮންބެ ވިކާޝް” ވިވާން ބުނެލި އެވެ. “ކުޑަބޭ އަނެއް ކާ ތި ދެމީހުން ދޭތެރޭ ގަ އޮވޭ ތަ ގުޅުމެއް” ވިލްދާ ސަމާސާ ކުރާ ރާގަކަށް ބުނެލި އެވެ. “ވަޓް ވީ އާރ ޖަސްޓް ފްރެންޑްސް ނަތިން މޯ” ވިވާން އާއި ސާރާ އެއްކޮށް ބުނެލި އެވެ. “އައި ލައިކް ހާ” ވިލްދާ ހީނލާފައި ބުނެލި އެވެ. 

 

ސާރާ އެއާރޕޯޓް އަށް ވަންނަ ދޮރާ ދިމާއަށް ބަލާލި އެވެ. އެތަނުން ނިކުމެގެން އާ މީހަކު ފެނުމުން ސާރާ ގެ ދެ ލޯ ބޮޑު ވި އެވެ. އެއަށްފަހު ފުންކޮށް ނޭވާ ލާން ފެށި އެވެ. “ސާރާ އޯކޭ ތަ ؟” ވިވާން ސާރާ ގާތުގައި އަހައިލި އެވެ. “ކޮބާ އޭރު ވެސް ބުނީމެއްނު” ޖަލްވާން ޖެއްސުމަށް ބުނެލި އެވެ. “ބައްޕާ” އެއާރޕޯޓް އިން ނިކުންނި މީހާ އަކީ ސާރާ ގެ ބައްޕަ ކަން ސާރާ އަށް ޔަގީން ވި އެވެ. 

 

—ނުނިމޭ—

 

☺️☺️މިޕާޓް ނެރުމުގައި ލަސް ވުމުން އެންމެހާ ކިޔުން ތެރިން ނަށް މާފަށް އެހެން ??

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

ހީވޭ ކަލާވާހެން-22

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ވަނަބައި)

Next
November 2, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ވަނަބައި)

Previews
November 1, 2021

ހީވޭ ކަލާވާހެން-22

2 Comments!

  1. widhaadhaa ismail says:
    November 3, 2021 at 11:46 am

    v reethi. ekamaku liyumuga varah gina kuh eba huri.dhen anna episode liyumuge kuh madhukoh kiyan libeyne kamah heekuran. keep up your good work ❤️?@Horror queen

  2. N@B@@TI says:
    November 3, 2021 at 8:21 pm

    Wow, nice ?

Comments are closed.



All Right Reserved!