Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތްދިހަ އެއްވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
October 21, 2021 3 Mins Read
0 Comments

“ރަނގަޅިއްޔާ ކިތަންމެހާވެސް ރަނގަޅު……ދެން ކޮންއިރަކު ތިދެކުދިން ކައިވެނި ކުރަނީ؟” ހަނީފާއްތަ އަހާލިއެެވެ.

“އަދި ނޭނގެ….އެކަމް ކައިވެނިވެސް ކުރާނަން….. މިހެން އަބަދަކު އުމުރު ބޭކާރެއް ނުކުރެވޭނެއެއްނު” ނައިޝާ ބުނެލިއެވެ.  “އާނ ދައްތަގެ އެދުމަކީވެސް ތީ އެހާ ރަނގަޅު ކުއްޖެއް ލިބިއްޖެއްޔާ ފަސްކުރާނެ ކަމެއްނެތް” ހަނީފާއްތަ ބުނެލިއެވެ.

*******

ހަނީފާއްތަ އާއި ނައިޝާ ގޭގެ ސިޓިންރޫމު ސޯފާގައި ވާާހަކަ ދައްކާލަން ތިއްބެވެ.އެވަގުތު އެގޭ ދޮރުގައި ޓަކި ޖަހާލުމަށްފަހު ވަދެގެން އައީ އެރަށު އަންހެނެކެވެ.

“ވަދެވޭތަ އަނެއްކާ؟” ތަޅުނުލާ ހުރި އެދޮރުން ވަދެގެން އައި އެ އަންހެންމީހާއަށް ހަނީފާއްތަ ފެނިގެން އަހާލިއެވެ. “އާނ ވަދޭ ވަދޭ” އެމީހާއަށް ހަނީފާއްތަ ބުނެލިއެވެ.

“މިއައީ އެއްޗެއް ގަނެލަންވެގެން ފިހާރަ ހުޅުވަދީބަލާށޭ ބުނަންވެގެން…ސާލިމު ފިހާރައަށްވެސް ރުގިއްޔާ ފިހާރައަށްވެސް ގޮސްފިން ބޭކޭޑް ބީންސް ދަޅެއް ލިބޭތޯ..އެކަމް ނުލިބުން…. މިފިހާރައިގަ އެބަހުރިތަ އަނެއްކާ؟” އެ އަންހެން މީހާ އެހެން އެހުމުން އެބަހުރިކަމަށް ހަނީފާއްތަ ބުނެލިއެވެ.

“މީ ބަނދަރުމަތީގަ އަލަށް އެހުޅުވި ބޮޑު ފިހާރައިގެ ކަންކަން ކުރަން އައިސް ހުރި މަންޖެދޯ؟….ރަށުގެ ވަަރަށް ގިނަ މީހުން މިމަންޖެގެ ރީތި ވާާހަކަ ދެއްކި….މަވެސް ފުރަތަމަ ހީކުރީ މިމަންޖެ ފެނުނީމަ ބޭރު ކުއްޖެއް ކަަމަށް” ސޯފާގައި އިން ނައިޝާ ފެނިގެން އެ އަންހެންމީހާ އަހާލިއެވެ. “މިކުއްޖާއެއް ނޭނގުނުތަ؟…މީ އަހަރުމެން ދަންނަ ކުއްޖެއް” ހަނީފާއްތަ ހެވިލައިފައި އެހެންބުނުމުން އެއީ ކޮންކުއްޖެއްތޯ އެމީހާ އަހާލިއެވެ.

“ނޭނގުނުތަ މީ ނައިޝާއޭ ސައިފްގެ ކުރީގެ އަންހެނުން” ހަނީފާއްތަ އެހެންބުނުމުން އެއަންހެންމީހާ ހައިރާންވެ ހުރެ ނައިޝާއަށް ބަލައިލިއެވެ. “ނުވާނެ…މީ އެމަންޖެ؟….އޭރު ފަލަކޮށް ހުރި ކުއްޖާތަ މީ؟….ސައިފްމެން އިހާނެތިކޮށް ހެދި؟” އަންހެންމީހާއަށް ޤަބޫލުނުކުރެވިގެން އެއްނޭވާއިން އަހާލެވުނެވެ.އެވަގުތު ނައިޝާ ބޯޖަހާލީ ހިނިއައިސްފައި ހުރެއެވެ.

*********

ހަނީފާއްތަގެ ފިހާރައިން ވިޔަފާރިކޮށްގެން އެއަންހެންމީހާ ދިޔަތާ ފަސްމިނެޓް ނުވެ ހަނީފާއްތަގެ ގޭދޮށަށް މީހުންތައް ޖަމާވާން ފެށިއެވެ.ފަހަރަކު މީހަކު އެގެއަށް ވަންނަން ފެށިއެވެ. “ސަލްމާ އެބަކިޔާ ސައިފްގެ ކުރީގެ އަންހެނުން އައިސްގެން އުޅޭވާހަކަ…އެކުއްޖާ ފެނުނަސް އެއީ ސައިފްގެ އަންހެނުންނޭ އެއްވެސް މީހަކު ނުބުނާނެޔޯ…ކޮބާތަ އެމަންޖެ؟” ސޯފާގައި ހަނީފާއްތައާއި ނައިޝާ އިށީނދެލައިގެން ތިއްބާ އިތުރު އަންހެނަކު އައިސް އަހާލިއެެވެ. އެވަގުުތު ސޯފާގައި އިން ނައިޝާ ހަނީފާއްތަ ދައްކާލިއެވެ.

“ތީ މިރަށަށް ފިހާރަ ހުޅުވަން އައިސްގެން އުޅޭ މަންޖެއެއްނު” ޤަބޫލު ނުކުރެވިގެން އެއަންހެންމީހާވެސް އަހާލިއެވެ.

“ނޫނޭ މީ ނައިޝާ ދޯ؟” ހަނީފާއްތަ ނައިޝާއަށް ދޯ ދިނުމުން އޭނާ އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެެވެ.މީހުންތައް ގިނަވެ ނައިޝާއާ ސުވާލުކުރަން ފެށުމުން އޭނާ ލަދުގަންނަ ގޮތްވިއެވެ.އެންމެންވެސް އޭނަ ގާތު އަހަނީ އެއްސުވާލެކެވެ.އޭނާ ހިކިފަ، ދޮންވެފަ، ރީތިވީ ކޮންގޮތަކުންތޯއެވެ.ބައެއް މީހުން އޭނާ ގާތު ސާޖަރީ ހެއްދީތޯވެސް އަހަންފެށިއެވެ.އެންމެންގެ ސުވާލުތަކަށް ޖަވާބުދިނުމަށްފަހު، ނައިޝާ ރޫމަށްދާން ހަނީފާއްތަގެ ގެއިން ނިކުތެވެ.

*******

ދިޔަ މަގުމަތީގައިވެސް މީހުންތައް އޭނައާ ދިމާލަށް ބަލަން ތިއްބެވެ. “އެއީ ހަމަ ނައިޝާތަ؟” ސައިފްގެ އެކުވެރި ދެފިރިހެނުން އެކަކު އަނެކަކަށް ނައިޝާ ފެނިގެން މަޑުމަޑުން އަހާލެވުނެވެ.

ހިނގަމުން ދިޔަ ނައިޝާއަށް ސައިފްގެ ގޭމަގަށް އެޅެވުނެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން، ގިނަމީހުން ބޭރަށް ނިކުމެ އުޅޭތަން ނައިޝާއަށް ފެނުނެވެ.

“ތީހަމަ ސައިފްގެ ކުރީގެ އަނބިމީހާ ނައިޝާތަ؟” މުސްކުޅިފުރައިގެ އަންހެނަކު ނައިޝާ ފެނުމުން އުފަލުން ގޮސް ބާރަށް ބުނެލެވުނެވެ.

އެވަގުތު އެތާތިބި އެންމެންގެ ނަޒަރު ނައިޝާއަށް ހުއްޓުނެވެ.އެއަންހެން މީހާގެ އަޑަށް ހިސާބުގަނޑު ގެތަކުގެ މީހުންތައް ބޯދިއްކުރަން ފެށިއެވެ.

އަންހެންމީހާއަށް ބޯޖަހާލުމަށްފަހު އަވަހަށް އެތަނުންދާން ނައިޝާ ހިނގައިގަތީ ގަނެފައިވާ ލަދުންނެވެ. ދެފިޔަވަޅު ކުރިއަށް އަޅާލުމަށްފަހު ހުރިތަނަށް ނައިޝާ ހުއްޓުންއެރީ ހިތް ކުއްލިއަކަށް ތެޅިގަނެފައެވެ.

ސައިފްގެ ގެއިން ނިކުމެ ނައިޝާއާ ދިމާލަށް ބަލަން އެހުރީ އޭނާގެ ކުރީގެ ފިރިމީހާ ސައިފެވެ.އަތްކުރު ޓީޝާޓަކާއި ކަކުލާ ހަމައަށްއަރާ ޖިންސު ސޯޓެއް ލައިގެން އޭނާ ހުރިއިރު، ނައިޝާގެ ތިރިންފެށިގެން މައްޗަށް ސައިފް ބަލައިލީ ހައިރާން ކަންމަތީގައެވެ.ސައިފް ފެނުމުން ފިނިވެގެންދިޔަ ނައިޝާ ކަޅިޖަހާނުލާ ސައިފާ ދިމާލަށް ބަލަން ހުރެވުނެވެ.ސައިފްވެސް ނައިޝާއާ ދިމާލަށް ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުއްޓެވެ.

“އޭ ސައިފޫ ތި އެތެރެއަށް ވަދެބަލަ!” ނައިޝާ އާއި ސައިފް އެކަކު އަނެކަކަށް ގެއްލިފައި ތިއްބާ ފަހަތުން އައި ސުހާ ވަރަށް ބާރަށް ހަޅޭއްލަވާގަތެވެ.

ސުހާ ހަޅޭއްލަވައިގަތުމުން ނައިޝާއާ ސައިފާ ދެމީހުން އެކުގައި ސިހިގެން ދިޔައެވެ.އެވަގުތު ސުހާ އާ ދިމާލަށް ނައިޝާ ބަލައިލުމުން ސުހާ ލޯއަޅާލިއެވެ. ނަމަވެސް ނައިޝާއާ ދިމާލަށް އެއްޗެކޭ ބުނާކަށް އޭނާއަކަށް ނުކެރުނެވެ.ސުހާއާ ދިމާލަށް ބަލައިލުމަށްފަހު ނައިޝާ އަވަސް ހިނގުމުގައި އެތަނުން ދާން ހިނގައިގަތެވެ.

ނައިޝާ ހިނގައިގަތުމުން ސައިފް އޭނާގެ ކައިރީގައި ހުރި ހަގު ދަރިފުޅު އުރާލުމަށްފަހު ގޯތިތެރެއަށް ވަންނަން ހިނގައިގަތެވެ. ސައިފްގެ ކުރިއަށް ސުހާ ގެއަށް ވަނެވެ.

ސުހާގެ ފަހަތުން ވަތް ސައިފް ނައިޝާ ފެނޭތޯ ވައްކަޅިން މަގަށް ބަލައިލިއެވެ. “ހާދަ ވަރެއްވެފައޭ ދޯ ތިހުރީ…އަދިވެސް ފެނޭތޯތަ ތިބަލަނީ” ސައިފް ބޭރަށް ބަލާތަން ސުހާއަށް ފެނުމުން، ސައިފާ ދިމާލަށް އެނބުރިލުމަށްފަހު ހިތްހަމަ ނުޖެހިހުރެ ބުނެލިއެވެ.

“ހިކިފަ ރީތިވެވުނީމަ ދެއްކެން އޭނަ އެއައީ…ނިމުނީ ކަލޭ އޭނައާ ވާހަކަދެއްކިކަން މަށަށް އެނގުނަސް….މިގޭގަ ކަލޭމެން އުޅެންބޭނުންވަންޏާ މަ ބުނާގޮތެއް ހަދަންޖެހޭނީ…ނޫނީ ކަލެޔާ ކަލޭގެ އަމަޔާ، ކޮއްކޮއާ ދަރިންތަކާ ގޮވައިގެން މިގެއިން ރައްކާވޭ” ވަރަށް ބޮޑަށް ނުރުހުންވެ ހުރެ ސުހާ ސައިފަށް ބުނެލިއެެވެ.ސުހާ އެވަރަށް އެއްޗިހި ކިޔާއިރުވެސް ސައިފް ރައްދުގައި އެންމެ ބަހެއްވެސް ބުނެނުލައެވެ.

******

ބާރު ހިނގުމުގައި ނައިޝާ އޭނާގެ ރޫމާ ދިމާއަށް މިސްރާބު ޖެހިއެވެ.އެވަގުތު ހަވީރު ފިންޏަށް ނިކުމެ އުޅޭމީހުން ނައިޝާ ފެނިގެން އޭނާއަށް ގޮވާ ހިނިތުންވެލައެވެ.

ކޮޓަރިއަށްވަދެ ފެންފުޅީގައި ތުންޖަހާ ނައިޝާ ދަމާލީ އަހަރުތަކަކަށް ފަހު އޭނާއަށް ސައިފް ފެނި ހާސްވެފައިވާލެއް ބޮޑުކަމުންނެވެ. ވފައިވާ ވާޅު ފިލުވާލުމަށް އެނދުގައި ނައިޝާ އިށީނީ ތެޅިތެޅި އޮތް ހިތާއެކުގައެވެ.އެވަގުތު އޭނާގެ ކޮޓަރި ދޮރުގައި މީހަކު ޓަކިޖެހިއެވެ.ހިތްއަވަސްވެ ހާސްވެފައިވާ ނައިޝާ، ހަމައަކަށް އެޅިލުމަށްފަހު ގޮސް ދޮރުހުޅުވިއެވެ.ދޮރުމަތީގައި ހުރި ފާއިޒް ނައިޝާ ދޮރު ހުޅުވުމުން ގަނޑެއް ދިއްކޮށްލިއެވެ. “މީތި ބޮޑުމީހާއަށް ވައިބަރ ކޮށްލާ…ބައި ދަ ވޭ ބޮޑުމީހާ ބުނީ ނައިޝާގެ ސެލެރީގެ އިތުރުންވެސް އިތުރު ފައިސާ ދޭނަމޭ މިރަށުގަ އިތުރަށް މަޑުކުރަން ޖެހުނީމަ” ފާއިޒް އެހެންބުނުމުން ނައިޝާ އެގަނޑުގައި ހިފީ އެއްވެސް އެއްޗެއް ބުނެނުލައެވެ.އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް އެރަށުން ދާށެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހާދަ ލޯބިންނޭ 6

Next

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 26

Next
October 22, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 26

Previews
October 21, 2021

ހާދަ ލޯބިންނޭ 6



All Right Reserved!