އިންތިޒާރުގައި ހުރިން 1
ޖުލައި މަހުގެ ހޫނުގަދަ ދުވަހެކެވެ. ލިވްޔާ ގަދަ ނިދީގައި ނިދާފައިއޮތްއިރު މިއަދު ސުކޫލަށް ދާންޖެހޭކަން ހަދާންހުރިހެން ހީއެއްނުވެއެވެ. ދެލޯމާރާލައިގެން އޮތްއިރު ދިގު އެސްފިޔަތަށް މާދިގުކަމަށް ދައްކައެވެ. ދިގު ކަޅު އިސްތަށިތަށް އެދޮން މޫނުމައްޗަށް ވެރިފައިވިއިރު ބަލާފޫހިނުވާނެކަން ޔަގީނެވެ.
“ލިވީ…. ލިވްޔާ ތެދުވެބަލަ…. އެންމެ ފުރަތަމަ ދުވަހު ވެސް ގަނޑިގެހެންތަ ބޭނުމީ؟” ޓަކި ޖަހާލުމެއް ވެސް ނެތި ލިޔާން ލިވްޔާގެ ކޮޓަރިއަށް ވަދެ ގޮވަން ފެށިއެެވެ.
ލިޔާންގެ އަޑަށް ހޭލި ލިވްޔާ އިތުރަށް ދެލޯ ތަގުލިކޮށްލިއެވެ. އޭނަ އަދި ތެދުވާކަށް ބޭނުމެއްނޫނެވެ. ކީއްކުރަން ހެއްޔެވެ. އޭނަ މިއަދު ސްކޫލަށްދާން ވެސް ބޭނުމެއްނޫނެވެ. ނަމަވެސް ލިޔާން ގޮވުން ނުހުއްޓުމުން ލިވްޔާ އެންމެ ފަހުން ތެދުވެ ލިޔާންއަށް ލޯ އަޅާލިއެވެ.
“ގްޑް މޯނިން ސިސް….. އަވަހަށް ރެޑީވޭ…. ގަޑިޖެހެނީ” ފުޅާ ހިމިތުން ވުމަކާއެކު މިހެން ބުނެ ލިޔާން ލިވްޔާގެ ކޮޓަރިން ނުކުތެވެ.
**********
“ތިކަން ނިއްމިއިރު ލިވީ ކައިރި އެންމެ ފަހަރަކު ވެސް އަހާލިނަމަ” ސްކޫލަށް ދާން ތައްޔާރުވެގެން ސިޑިން ފައިބަމުން ދިޔަ ލިވްޔާއަށް އޭނަގެ މަންމަ ނާޒްނީ ބުނި އަޑުއިވުނެވެ.
“އަހަރެން މިހާރު..” ނާޒްނީއަށް ސިޑިން ފޭބި ލިވްޔާ ފެނުމުން ރަފީގުގެ އަތުގައި ޖަހާ ލިވްޔާ ދައްކާލިއެވެ.
“އަޅްގަނޑަށް އެނގޭ މަންމަމެން ތިދައްކަނީ ކޮން ވާހަކައެއްކަން…. އެއީ އ ފިރިހެން ކުއްޖާގެ ވާހަކަކަން އަޅުގަނޑަށްް އެނގޭ” ލިވްޔަ ފުން ނޭވާ އަކާއެކު ބުނެލި ވަގުތަކީ ލިޔާން ވެސް އެތަނަށް އައި ވަގުރެވެ.
“ލިވީ މަންމްމެން….” ނާޒްނީއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ
“މަންމާ އަޅުގަނޑަށް ވާވަރުވެއްޖެ….. އަޅުގަނޑު އަޅުގަނޑުގެ ހުރިހާ ލަވްޑް ވަންސް ދޫކޮށްލާފަ މާލެ ބަދަލުމިވީ މަންމަމެން ބުނީތީވެ…. މިވަރު ވެސް ނުފުދުނީތަ…. އަލުގަނޑު ކިހިނެތް އަޅުގަނޑު ނުވެސް ދަނުނަ މީހަކާ އިންނާނީ” ލިވްޔާ ބުނެލިއެވެ.
“ލިވްޔާއަށް އޭނަ ނޭންގެޔޭ….. އެއީ ލިވްޔާ ކުޑައިރު ލިވްޔާގެ ބެސްޓް ފްރެންޑް….. އެހެން ނޫނަސް މިހާރު ދަރިފުޅުމެން ކައިވެނިކުރާނެކީ ވެސް ނޫން….. ތިދެމީހުން އެގެން ވެސް ބައްޕަމެން ވަގުތުދެމޭ…. ބައްޕައަށް ޔަގީން އެހާއިރުން ދަރިފުޅަށް އޭނަދެކެ ލޯބިވެވިދާނެކަން” ރަފީގު ބުނެލިއެވެ.
“ކީއްކުރާނީ އަޅުގަނޑަށް ލޯބިނުވެވުނިއްޔާ….އަޅުގަނޑުގެ ކުޑައިރުގެ ބެސްޓް ފްރެންޑްއޭ… ތިމީހއެް އަހަރެން އެންމެ ފަހުން ދުށީ އަޅުގަނޑުގެ އުމުރުން އެންމެ ފަސް އަހަރުގަ އެއަށްފަހު އަޅުގަނޑު އޭނައަކާ ވާހަކައެއް ވެސް ނުދައްކަން…. އަޅުގަނޑަކަށް ނޭނގޭ އޭނަ ހުންނަގޮތެއް ވެސް” ލިވްޔާ ބުނެލިއެވެ.
“ލިވްޔާ ޒުވާބުކުރަން ނަހަދާ… އަހަރެން ބުނި އެއްޗެއް ބުނެފިން… ލިވްޔާއަށް އެންމެ ސަތަރަ އަހަރު އަދި އަހަރެން ލިވްޔާ ތިކިޔާ ލޯތްބަކަށް މާބޮޑު ސަމާލުކަމެއް ނުދެން…. އަހަރެންއާއި ލިވްޔާގެ މަންމަ ވެސް ކައިވެނިކުރީކީ ލޯބިވެގެނެއް ނޫން” ރަފީގް ބުނެލިއެވެ.
“ތިކަން ވަރަށް ރަނގަޅަށް އެނގޭ” ލިވްޔާ އެހެން ބުނެ ދަބަސް ކޮޑުގަ އަޅުވައިގެން ނުކުނަށް ހިނގައިގަތެވެ. “މަޑުކުރޭ ޑުރޮޕްކޮށްދޭނަން” ލިޔާން އެހެން ބުނެ ލިވްޔާގެ ފަހަތުން ދިޔައެވެ.
“ފަރީގު ލިވީ އެވާ ގްރުބާނީތަށް ހަމަ ނުފެންނަނީތަ” ނާޒްނީ ލިޔާން ނުކުތް ދޮރަށް ބަލަންހުރެ ބުނެލިއެވެ.
“ގްރްބާނީއޭ މާނަތިކުރަނީ އޭނަ މިދިޔަ އަހަރު މޮޔަވި ފިރިހެނާ ދޫކޮށްފައައުންވިއްޔާ އަހަރެން މިބުނަނީ…. އަހަރެން މިހުރިހާ ކަމެއް މިކުރަނީ ލިވްޔާއަށް ރަނގަޅަކަށް” ފާރިގު ބުނެލިއެވެ.
“އަހަންނަށް މާނިއު މާރަނގަޅު” ނާޒްނީ މަޑުމަޑުން ބުނެލިއެވެ.
“އެއްޗެކޭ ބުނިންތަ ދެންމެ” ފާރިގު އެހުމުން ނާޒްނީ ދެފަރާތަށް ބޯހޫރާލަމުން ބަދިގެއަށް ވަނެވެ.
“އަހަރެން ބޭނުމީ ލިވްޔާ އުފަލުގައި އުޅެން… އެނގޭ މިހެން ބުނުމުން ގަބޫލުކުރަން އުނދަގޫ ވާނެކަން ވެސް…. އެކަމް އެއީ ވަރަށް ރަނގަޅު ބައެއް… އަހަރެން ސިޔާމް ދަންނަން ކުޑައިރުންފަށާގެން…. އަހަރެމެން ދެމީނުނަށް ވެސް އެނގޭ މީ ދެކުދިންނަށް ވެސް އެންމެ ރަނގަޅު ގޮތްކަން” ފާރިގު ބުނެލިއެވެ.
“ލިވްޔާ މިކަމާ އެއްބަސްވާނެ އަދި އެކަން ފާރިގްއަށް ވެސް އެނގޭ…. އެހެން ފާރިގް ތި މޮޔަ ވައުދުވީ… އަހަރެމެން އޭނަ ބޮޑުކުރީ މާ ރަނގަޅަށް އަދި އެކަމާ އަހަރެން މިހާރު ދެރަވަން” ނާޒުނީ މިހެން ބުނެ ސިޑިން މައްޗަށް ދާން ހިނގައިގަތެވެ/
**********
“އެންމެ ފުރަތަމަ ދުވަހު މޫޑް ވޭސްޓް ނޮކޮށްބަލަ…. އަހަރެންނަށް ވެސް ގަބޫލެއް ނުކުރެވުނު ބައްޕަ އެކަހަލަ ކަމެއް ނިއްމިކަން” ލިޔާން ލިވްޔާއަށް ބަލާލަމުން ބުނެލިއެވެ.
“ޑޯންޓް ވޮރީ ދޮންބޭ… މޫޑް ވޭސްޓެއް ނުކުރާނަން…. މިިރޭގެ ސޯ ކޯލްޑް ފެމެލީ ޑިނާރ ރުއިން ކުރާނެ ޕްލޭނެއް އެބައޮތް” ލިވްޔާ މިހެން ބުނެ އެއްނިޔަކަނިން ހިނިތުންވެލެއެވެ.
“އޯކޭ ސިސް ތި ޕްލޭންތަށް އިހަށް ބަހައްޓާ…. މިހިރީ އާދެވިފަ…. ހޭވްފަން” ލިޔާން ބުހެން ބުނެ ކާރު ދުއްވާލިއެވެ.
ލިވްޔާ ގަޑީ ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. އޭނަ ފަނަރަ މިނެޓް ލަސް ވެއްޖެއެވެ. ދާންވީ ކުލާހެއް ނޭނގޭހާލު އޭނަ ދުއްވައިގަތީ ހޯލްވޭއަށެވެ. ދުވަމުން އޭން ފޯނު ބަލައިލީ ކުލާސް ނަންބަރު ބަލާލުމަށެވެ. ހަމަ އެވަގުތު ލިވްޔާ މީހެއްގެގައިގައި ޖެހިފައި ވެއްޓުނެވެ.
“ދެލޯ މަރާއިގެން ހުރެތަ ހިނގަނީ” އައި ރުޅިޔާއެކު ލިވްޔާއަށް ހަޅޭއްލަވައިގެނެވުނެވެ.
“އަހަންނަށް ވެސް ކުރެވިދާނެ ތި ސުވާލު” އެ މީހާ ބުނެލިއެވެ.
އެވަގުތު އެތަނަށް ކުދިން އެއްވާން ފެށިއެވެ. “މި އާކުއްޖާ އަކްޔަންއާ ފައިޓްކުރަނީ… އޭނަ ކީކޭ ހިތަށް އަރައިގެންރަ އެއުޅެނީ” އެރަނުން އެއްކުއްގަކު ބުންޏެވެ.
“ސޭ ސޮރީ” ލިވްޔާ އިތުރަށް ރުޅިއައެވެ.
“ކޮންކަމަކާ” އަކްޔަން ލިވްޔާއަށް ލޯއަޅާލިއެވެ.
“އާ މިހާރު އަހަރެންނަށް އެނގިއްޖެ ތީ ކާކުކަން ތީ މިސުކޫލުގެ ވޮލްޑެމޯޓް…. ބަޓް ގެސް ވަޓް މި ޕޯޓާއެއް ވާންޑެއް ބޭނުމެއްނުވޭ ޑެތް ސޮޕެލްއެއް ހަދާކަށް” ލިވްޔާ ބުނުމުން އެތަނަށް އެއްވއފަތިބި ކުދިން ހޭންފެށިއެވެ.
“ވޯލްޑެމޯޓް…. ރިއަލީ…. ތީ ގްރޭޑް ތިނެއްގެ ކުއްޖެއްތަ” އަކްޔަން ހެމުން އަހާލިއެވެ.
“ދެވަނަ ފަހަރަށް ތިމޫނު ދެކެންވެސް ބޭނުމެއްނޫން…. ފުރަތަމް މީހުންނާ ވާހަކަ ދައްކަން ދަސްކުރޭ” ލިވްޔާ ބުންޏެވެ.
“ޔޫ ވިލް ރިގްރެޓް ދިސް ނިޔުބީ” އަކްޔަން ލިވްޔާ ލޮލަށް ބަލަން ހުރެ ބުނެލިއެވެ.
“ހައް… ވިލް އައި… ހެސް ވަޓް އައި ހޭވް ޑީލް ވިތް ޓަންސް އޮފް ޕީޕަލް ލައިކް ޔޫ” ލިވްޔާ މިހެން ބުނެ ކުލާހަށް ދާން ދުއްވައިގަތެވެ.
=ނުނިމޭ=
