ޖުލައި މަހުގެ ހޫނުގަދަ ދުވަހެކެވެ. ލިވްޔާ ގަދަ ނިދީގައި ނިދާފައިއޮތްއިރު މިއަދު ސުކޫލަށް ދާންޖެހޭކަން ހަދާންހުރިހެން ހީއެއްނުވެއެވެ. ދެލޯމާރާލައިގެން އޮތްއިރު ދިގު އެސްފިޔަތަށް މާދިގުކަމަށް ދައްކައެވެ. ދިގު ކަޅު އިސްތަށިތަށް އެދޮން މޫނުމައްޗަށް ވެރިފައިވިއިރު ބަލާފޫހިނުވާނެކަން ޔަގީނެވެ. “ލިވީ…. ލިވްޔާ ތެދުވެބަލަ…. އެންމެ ފުރަތަމަ ދުވަހު ވެސް ގަނޑިގެހެންތަ ބޭނުމީ؟” ޓަކި ޖަހާލުމެއް ވެސް ނެތި ލިޔާން ލިވްޔާގެ ކޮޓަރިއަށް ވަދެ ގޮވަން ފެށިއެެވެ. ލިޔާންގެ އަޑަށް ހޭލި ލިވްޔާ އިތުރަށް ދެލޯ ތަގުލިކޮށްލިއެވެ. އޭނަ އަދި […]