ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 18
“ބަލާއެއްކަހަލަ މީހެކޭ އެއީ.. މަށަށް އޭނަ ފެނުން ޔަމްހާއަށްވުރެ ކުރިން އެކަމަކު އެހެރީ ހިތުން މަށާ ޖައްސާލައިގެންނޭ.. ހިތަށް އަރާ.. ދެން ނޭނގެ ބުނަން ވެސް..” ސްރީލަންކާގައި އިން ނީޝާ ނިމާން ކައިރީގައި ބުންޏެވެ.”އެއްކަލަ ޖޭ ވާ މަންޖެ..” ސަމްހާ ފާޑަކަށް ބަލާލިއެވެ.”ކަލޭމެން މަށާ ދެކޮޅު ވަނީތަ..” ނުރުހުމާއެކު ނީޝާ ދަތްކުނޑި ވިކާލިއެވެ.”ހޫމް.. ޓު ބީ އޮނެސްޓް.. މަށަކަށް ކަމަކު ނުދޭ ނީޝާ އުޅޭގޮތެއް. އަބަދު ކޮންމެވެސް މީހަކާ ހިތްހަމަ ނުޖެހިފަ ނޫނީ ކޮންމެވެސް ތަނެއްގަ ހަމަނުޖެހުން އުފައްދުމަކީ ނީޝާއަށް ވާޖިބެއްހެން ހީވަނީ. އެކަމަކު މިފަހަރު ވިސްނާލަބަލަ އަމިއްލަ ދައްތައާއޭ ތި ހަސަދަވެރިވީ.. ނުކްޝާން ނޫނަސް މި ދުނިޔޭގަ އެބަ އުޅެއޭ އެހެން ފިރިހެނުން ވެސް. ޔަމްހާ އަށް ގެއްލުން ދިނުމުގެ ޚިޔާލު ދޫކޮށްލާފަ އެހެން ފިރިހެން ކުއްޖެއް ހޯދާބަލަ. އެމީހުން އެ ތިބެނީ ޗާންސްއެއް ނުލިބިފަ..” ސަމްހާ ކޮޅަށް ތެދުވިއެވެ.”ކަލޭ ތީ ކާކުތަ މަށާ ޒުވާބު ކުރަން.. މަށަށް މުޅި ރާއްޖޭގަ އަތްފުނާ އަޅައިގެން ވެސް ފެނުނު އެންމެ ރީތި މީހަކީ ނުކްޝާން!! ކިތަންމެ ފުރިހަމަ މީހަކު ފެނުނަސް އެއްކޮށް ފުރިހަމައެއް ނޫން.. އެކަމަކު ނުކްޝާން.. އެހާ ރީތި.. އެހާ ދިގު.. ނޫކުލައިގެ ލޯ.. ލައިޓް ސްކިން.. ޕާފެކްޓް ވޮއިސް.. ބިއުޓިފުލް ސްމައިލް..” ނީޝާ ފުން ނޭވާއެއް ލިއެވެ.”ތީގެން އެއްވެސް ސިފައެއް އަމިއްލަ މީހާގެ ގައިގަ އެބަ ހުރިތަ.. ނުކްޝާން ވެސް ބޭނުން ވާނީ އޭނަ ކަހަލަ ރީތި އަންހެން ކުއްޖެކޭ.. ނިޝާ އެއްވެސް މޭކަޕެއް ނުކޮށް ތި ލެންސް ނުލައްވާ ހުއްޓަ ފެނިއްޖެއްޔާ އޯ..” ނިމާން އަށް ވެސް ސަމްހާ އާއި އެއްބައި ވެވުނެވެ.”ގޯޑް!! މިމީހުން ކޮންޗެއް ފެނިގެން މަށާ ދެކޮޅަށް މި ވާހަކަ ދައްކަނީ..” ހިތްހަމަ ނުޖެހުނުވަރުން ނީޝާ ހަޅޭއްލަވައި ގަތެވެ.
**18 ވަނަ ޕާޓު**
“ހަމް މަ ގޮސްދާނަން ހަމް ގެއަށް ލާން.. އެކަނި ދާކަށް ނުވާނެ..” ސައިކަލަށް އަރަމުން ނުކްޝާން އެދުނެވެ. އޭނަ އެހެން ބުނީ މިއަދު އައި މަގުމަތީގައި ހަމްނާ ޕޮލިސް ސްޓޭޝަނަށް ވަންނަން އުޅެނިކޮށް ބަޔަކު އައިސް ކައިރިވެގެން އުނދަގޫ ކުރަން ފެށުމުންނެވެ.”ދެން އޯކޭ ވާނެ.. އަހަރެންނަށް އެކަނި ދެވިދާނެ..” ހަމްނާ ޖެހިލުންވީ ޔަމްހާ އާއި ނުކްޝާންހެ ދެމެދުގައި އޭނަ ސައިކަލަށް އެރުމުން މައްސަލަ ޖެހިދާނެތީ އެވެ.”ޔަމްހާ އާއި މެދުތަ ތި ކަންބޮޑު ވަނީ..ޕިސް އޭނަ އޯކޭ ވާނެ..” ޗޮކެއް ކަނޑާލާފައި ނުކްޝާން އަނެއްކާވެސް އެދުނެވެ.”ނޫނޭ ހިނގާފަ ހިނގާބަލަ ދާން..” އެ ފިރިހެނުންނާ ހެދި ހިތުގައި ކުޑަ ބިރުވެރިކަމެއް އޮތުމުން ހަމްނާ އެއްބަސްވިއެވެ. ހަމް ބޭނުން ގޮތެކޭ ބުނަމުން ނުކްޝާން ހިނގައިގަތީ ހަމްނާ އާ އެކީގައެވެ.
އެދުވަހު ނުކްޝާން އަށް ގެއަށް އާދެވުނީ ލަހުންނެވެ. ހަމްނާ ގެއަށް ލުމަށްފަހު ވެސް އަނެއްކާ ދާން ޖެހުމުންނެވެ.”ނުކް ހާދަ ލަހަކުން..” ނީކިޔާ ސޯފާގައި އޮށޯވެ އޮވެ އަހާލިއެވެ.”އާނ ދޯ… ހަމް މެންގެއަށް ދިޔައީމަ ކަންނޭނގެ.. ނީކް ވެސް ދެން އަވަހަށް ރަނގަޅު ވެގެން އާދެބަލަ.. ހާދަ ފޫއްސޭ އެކަނި ދާން..” ނުކްޝާންގެ އެ ޖަވާބު އިވިފައި ކޮޓަރިން ނިކުމެ ނިކުމެ ހުރި ޔަމްހާ ހުއްޓުން އެރިއެވެ. ހަމްނާ ގޭގައި އެހާ ގިނަ އިރު ހޭދަވީ ކީއްކުރަން ބާއެވެ. މާ ނުބައި ގޮތަށް ވިސްނަން ނުވާނެކަން އިނގިގެން ޔަމްހާ ނިންމީ ނުކްޝާން ސައި ބޮއިގެން އައީ ކަމަށެވެ.”ދެން އިންޝާ ﷲ އަންނަ ހަފްތާ ދާނަން.. ސައި ބޮއިގެންތަ ތި އައީ..” ނީކިޔާ މިދުވަސްކޮޅު ހުން އައިސްގެން އުޅޭތީ ގެއަކުން ނުނިކުމެއެވެ.”ނޫނޭ އަދި ނުބޮން.. ހެނދުނު ކެއި ގޮތަށް މިހުރީ.. މި އަންނަނީ ފެންވަރާލައިގެން..” ނުކްޝާން ކޮޓަރިއަށް ވަންނަން އައިކަން އިނގުމުން ޔަމްހާ ނޭނގޭ ކަމަށް ހެދެމުން ރީތިވާ މޭޒު ކައިރީގައި ހުއްޓުނެވެ. ނުކްޝާން ނުކައޭ ބުނުމުން ޔަމްހާއަށް ޝައްކު ކުރެވެން ފެށިއެވެ. ކުރިން ވެސް އައިނާ އާ އެކީ އުޅޭތަން ފެނިފައި އެ ޝައްކު ޔަގީނަށް ބަދަލުވާން އުޅުނެއްކަމަކު ޔަމްހާގެ ހިތް ބުނަމުން ދިޔައީ ހަގީގަތް ނުބަލާ އެހެން ގަބޫލު ނުކުރުމަށެވެ.
“ތިތަނުން ދުރުވެބަލަ..” ޔަމްހާ ސިހުނީ ނުކްޝާންގެ އަޑަށެވެ. އޭރު ބޮޑީ ސްޕްރޭ ފުޅިއެއް ހިފައިގެން ނުކްޝާން ހުއްޓެވެ. މަޑުމަޑުން ބޯ ޖަހާލަމުން ޔަމްހާ ނުކްޝާން އާއި ދުރުވެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ކޮޓަރިން ނިކުތް އިރު ނަވްޔާ ވަރުދައްކާލާފައި ނީކިޔާ އާއި ދިމާކުރަމުން ދިޔަ އިރު އެ ފަކީރު އިނީ ލަދުން ގޮސް ރަތްވެފައެވެ.”ޔަމްއަށް އިނގޭތަ ދެންމެ މީނައަށް ނޭނގިގެން ސްޕީކާރ އަށް ލެވުނީ…އެކޮޅުން އެހީ ޑިއާ ކިހިނެއްހޭ… ހީވޭ ދަންނަ އަޑެކޭ ވެސް އެކަމް ނޭނގުން ކާކު ކަމެއް..މަށަށް ޔަގީނޭ އެ މާނު އެއީ..” ޔަމްހާ ހަމަ ފެންނަ އިރަށް ނަވްޔާ ކިޔަންފެށިއެވެ.”ތެދެއްތަ؟؟ކާކުތަ އެއީ؟؟ ބުނެބަލަ..” ޚިޔާލުތަކުން ދުރުވަމުން ޔަމަހާ ވެސް އެ ސަކަރާތުގައި ބައިވެރިވިއެވެ.
ކާން އިން ނުކްޝާން ދެލޯ ހުއްޓުނީ ކައިރީގައި އޮތް ފޯނަށެވެ. އޭރު ހަމްނާ ގުޅަމުން ދިޔައެވެ.”ހަމް ކިހިނެއް ވީއޭ..” ނުކްޝާން ފޯނު ނަގާ ސްޕީކާރ އަށް ލިއެވެ.”ނުކް..އެ.. އެމީހުން…” ހަމްނާއަށް ވާހަކަ ފުރިހަމަ ނުކުރެވެނީސް ނުކްޝާން އަވަސް އަވަހަށް ސްޕީކާރ އޮފްކޮށްލިއެވެ. އެންމެން ތިބީ ދެބުމަ ގޮށްޖަހާލައިގެންނެވެ.”އާނ މި ދަނީ..” ހާސްކަމާ އެކު ކާން އިން ތަށި ދޫކޮށްލަމުން ނުކްޝާން އަތްދޮވެގެން ގެއިން ނިކުތެވެ.”އެ ކޮންތާކަށް ދަނީ..” ނީކިޔާ ބުމަ އަރުވާލިއެވެ.”ނޭނގެ.. ދެން އަޅާ ނުލާ ކާންފަށާ..” ޔަމްހާ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރަށް ބަލާލަމުން ޒާއިފް ބުންޏެވެ.
ކައި ނިމިގެން އެންމެން ނިދަން ވަތް އިރު ވެސް ނުކްޝާން ގެއަށް ނާންނާތީ ޔަމްހާ އިނީ ކަންބޮޑުވެފައެވެ. ހަމްނާ އާއި މެދު ހަސަދަވެރިވެސް ވެއްޖެއެވެ. އެންމެފަހުން ނުކްޝާން ނާންނާތީ ނިދަންވެގެން ޔަމްހާ ކޮޓަރިއަށް ވަނެވެ.”ނީޝީ؟؟..” އެނދުމަތީގައި އޮތް ފޯނަށް ބަލާލަމުން ޔަމްހާ ދެބުމަ ކައިރިކޮށްލިއެވެ.”ހައި ދޮންތްސް.. ހާލު ކިހިނެއް..” ނީޝާ ހިތްހެޔޮ ރާގަކަށް ބުންޏެވެ.”ދޮންތްސް އޭ؟؟..” ނީޝާ ދުވަހަކު ވެސް ޔަމްހާއަށް ދޮންތަ ނުކިޔާތީ ޔަމްހާގެ ނިތަށް ރޫ ގިނަވިއެވެ.”ދެން ތީ މަގޭ ކާކުތަ ދޮންތަ ނޫނިއްޔާ..” ހެމުން ނީޝާ ބުންޏެވެ.”އެހެންތަ.. ނިދަންށޭ މިއުޅެނީ.. ބާއްވަނީ އިނގޭ..” ވާހަކަ ދައްކާ ހިތް ނެތުމުން ޔަމްހާ ފޯނު ކަނޑާލިއެވެ. އަނެއްކާ ނީޝާ ކިހިނެއް ވެގެން އުޅޭ ދުވަހެއް ބާއޭ ޔަމްހާ ހިތަށް އެރިއެވެ. އެ ޚިޔާލުގައި ހުރެ ނުކްޝާންގެ ޕޮލިސް ތައްޔާރުކުރަން ފެށިއެވެ.”ޓޭކް ކެއަރ..ވަރަށް ބަލައިގެން އުޅޭތި..” ކޮޓަރިއަށް ވަންނަމުން ނުކްޝާން ވާހަކަ ދެއްކިއެވެ. އެ ވާހަކަ ދައްކަނީ ހަމްނާ އާއި ކަމާމެދު ޝައްކެއް ނެތެވެ. ޔަމްހާއަށް ބަލާ ވެސް ނުލައި ނުކްޝާން ދިޔައީއެވެ.
އަނެއް ދުވަހު ނުކްޝާން ގެއިން ނުނިކުންނަނީސް ނީކިޔާ ފެނުނެވެ.”ރަނގަޅު ވީތަ..” ނުކްޝާން އެހުމުން ނީކިޔާ ބޯ ޖަހާލަމުން ނުކްޝާން އާއި އެކީ ހިނގައިގަތެވެ.”ބަޓް ދިސް އިޒް ސީރިއަސް..” ދެމީހުން ވާހަކައިގައި ތިބެ ވަތް އިރު ޝާހު ހުރީ ކަންބޮޑުވެފައެވެ. އޭރު އެ ތަންކޮޅު ފުރައި ފުލުހުން ތިއްބެވެ.”ހަމް ކިހިނެއް ވީ..” ހަމްނާ ކައިރިއަށް ގޮސް ނުކްޝާން އަހާލިއެވެ.”އެއްކަލަ ކްރިމިނަލްގެ ގާރޑް މިއަދު ހެނދުނު މަރާލައިފަ އޮތީ.. ހީވަނީ ބަނޑަށް ކޮންމެސް ތޫނު އެއްޗެއް ހަރާލިހެން.. އޭނަގެ ވައިފް އާ ޑޯޓާރ އަށް ވެސް މި ޚަބަރު ލިބިއްޖެ” ހަމްނާ ހިސާބެއްގެ ހާސްކަމާ އެކީ ކިޔާދިނެވެ.”ވަޓް.. އޭނަ ކޮންތާކުން ތޫނު ހަތިޔާރު ހޯދީ..” ނުކްޝާން ހައިރާންވިއެވެ.”ޝާހު ބުނީ މިއަދު ތިމަންނަ އައި އިރު އެމީހަކު އެ ދޮރު ހުޅުވަން މަސައްކަތް ކުރަނީއޯ.. މީހަކު ވަތްކަން އިނގިގެން އަވަހަށް ފިލީއޭ.. ވެދާނެ އޭނަ ސަލާމަތް ކުރަން އައި މީހާ ކަމަށް ގާރޑް މަރާލީ..ނަސީބު ދެރަ ކަމުން އެމީހާ އަތެއް ނުލެވުން..” ހަމްނާ ނުކްޝާން އާއި ދިމަ ބަލާލިއެވެ.”އެ މީހާ ވަރަށް ނުރައްކާހެން ހީވަނީ.. އޭނަ ބޭނުން ނުވާ ކަމެއް ވީމަ ރާއްޖެއިން ބޭރުގަ އުޅޭ މީހުން ވެސް މަރާ..” ޝާހު ވާހަކަ ހުއްޓާލަމުން އެއްކައިރި ވި ވަގުތު ހަމްނާ އޭނައާއި ބެހޭ ގޮތުން ކިޔާދިނެވެ. އެ ވާހަކަ އިވިފައި ނުކްޝާން ހިތުގައި ރުޅިވެރިކަމެއް ހިނގި އެވެ.”އައި ވޯންޓު އެންޑް ދިސް ކޭސް ވަރަށް އަވަހަށް.. އޭނަ ދެން އިތުރު މީހަކަށް ގެއްލުމެއް ދީފިއްޔާ އުނދަގޫ ވެދާނެ..” ނުކްޝާން ޝާހު އާއި ދިމާއަށް ހިނގައިގަތެވެ. ނީކިޔާ އޭރުވެސް ބަސްހުއްޓިފައި އެހުރި ގޮތަށް ހުއްޓެވެ.
އެ ދުވަސްކޮޅު ނުކްޝާން އާއި ނީކިޔާ އުޅެނީ ވަރަށް ބުރަކޮށެވެ. ރޭގަނޑު ވީމަ ނޫނީ ގެއަށް ނާދެއެވެ. ނަވްޔާ ވެސް އެމީހުންނަށް އެހީވާން ބޭނުން ވިއެއްކަމަކު ދޭތެރެއިން ވާ އުނދަގޫ ތަކުން ޒާއިފް ހުއްދައެއް ނުދެއެވެ. ކުރިއާ ބަލާފައި މިހާރު މާ ބޮޑު ތަން ރަނގަޅު ނަމަވެސް ނަވްޔާ އާއި މެދު ޒާއިފް ކަންބޮޑު ވަނީ ވަކި ވަރަކަށް ނޫނެވެ. ގޭގައި ކިރިޔާ ވެސް މަޑު ޖެހެނީ ޔަމްހާ އާއި ނަވްޔާއެވެ. ޒާއިފް ވެސް ބްރޭކް ގަޑިއަށް ގެއަށް ނާންނަގޮތަށް ނިންމީ ފަސޭހައަކަށެވެ. ޔޫޝައު އާއި ހަމްނާ ވެސް ދޭތެރެ އިން ގެއަށް އަންނައިރު ބިރުގަނެ ނުރުހުންވެފައި ހުންނަނީ ޔަމްހާއެވެ. ކޮންމެ ދުވަހަކު ނީޝާ ގުޅާ ގޮތުން ވެސް ޔަމްހާ އިތުރަށް ބޮލުގަ ރިއްސަނީއެވެ. ކޮއްކޮ އެގޮތަށް ބަދަލު ވުމުން ޔަމްހާ ހިތް އުފާ ވުމުގެ ބަދަލުގައ ކޮންމެސް ގޯހެއް އުޅޭކަމަށް ހިތް ބުނަން ފަށައިފިއެވެ. ނުކްޝާންމެން އެވަރަށް މަސައްކަތް ކުރީމަ ވެސް އެމީހުން ރޭގަ ފިލައިފިއެވެ. އެ ޚަބަރު ވެގެން ދިޔައީ އެންމެން ހިތަށް ބިރުވެރިކަން ވަތް ޚަބަރަކަށެވެ. އެ މީހުން ސަލާމަތް ވާން އެހީވި މީހުންގެ ތެރޭގައި ނީޝާ ހިމެނޭކަން ހަމަ އެކަކަށް ރޭކާ ވެސް ނުލައެވެ.
“ބައްޔެއް..” ނުކްޝާން ގޮނޑީގައި ލެނގިލިއެވެ. އޭރު ގަޑިން ރޭގަނޑު އަށެއް ޖަހަނީއެވެ.”މަށަށް ފެންނަނީ ނަވްމެން ކައިރީގަ އަދި މަޑު ކޮށްލަން ބުނަން…އިއްޔަ ވެސް މީހަކު މަރުވެއްޖެ..” ނީކިޔާ ކައިރީގައި އިން ސޭންޑްވިޗް ކަމުން ބުންޏެވެ.”ދޯ..” ނުކްޝާން ކޮޅަށް ތެދުވަން އުޅުނު ނަމަވެސް ލޮލަށް އަނދިރިވާން ފެށުމުން އަލުން އިށީނެވެ.”ދޭ ކާން..” ނީކިޔާ އަމުރުކޮށްލިއެވެ. އިއްޔަ މެންދުރުން ފަށައިގެން ނުކްޝާން އިނީ އެއްޗެއް ނުކައެވެ.”ގެއަށް ގޮސް ކާނަން..” އުނދަގުލާ އެކީ ކޮޅަށް ތެދުވެ ނުކްޝާން ހިނގައިގަތީ ފާޚާނާއާއި ދިމާއަށެވެ. ނީކިޔާ އަށް ދަތްޕިލަ ފިއްތާ ބާރުކޮށްލެވުނެވެ. ނުކްޝާން ދިޔަ ގޮތުން އެ ދިޔައީ ހޮޑުލާންކަން އިނގުމުންނެވެ. ހާސްވެފައި ނީކިޔާ އަނެއް ސޭންޑްވިޗް ހިފައިގެން ފާޚާނާ ކައިރިއަށް ހުއްޓުނެވެ. އޭރު ނުކްޝާން މޫނު ދޮވެގެން ނިކުންނަނީއެވެ.
“އެންމެ ފަހުން ހޮޑުލީދޯ.. މަންމަ ބުނި ވާހަކަ ހަނދާން ނެތުނީތަ.. މަދުވެގެން ދުވާލަކީ އެއްފަހަރު ކާށޭ މަންމަ އަބަދުވެސް ބުނޭ.. އަން މި ކާލާ..” ނީކިޔާ ފެންފުޅި އާއި ސޭންޑްވިޗް ދިނެވެ.”ކާހިތެއް ނުވޭ.. ނަވްމެންނަށް ކަމެއް ވެދާނެތީ ބިރު ގަންނަނީ.. ނޭނގެ މިރަށުގަ ވެސް އެ މީހުން ތެރެއިން މީހަކު ނޫޅޭ ކަމެއް.. ކުރިން ދުވަހު އިނގިއްޖެ ްބޮޑު ގްރޫޕެއް އޮންނަކަން..” ދެންވެސް ނުކްޝާން އެ ސޭންޑްވިޗްގައި ނުހިފާ ފާރު ކައިރީގައި ހުއްޓުނެވެ.”ޕްލީޒް..” ނީކިޔާ އެދެންފެށިއެވެ.”ނޯ ދެން އޯކޭ.. އެހެރީ ހަމް.. މި އަންނަނީ ހަމް ގެއަށް ލާފަ.. ނީކް ތި ކާލާ މަ އަންނަން ވާއިރަށް..” ނީކިޔާ ބޮލުގައި މަޑުމަޑުން ޖަހާލާފައި ނުކްޝާން ހަމްނާ އާއި ދިމާއަށް ހިނގައިގަތެވެ. ދެންމެ މޫނުދޮވެލީތީ ކުޑަކޮށް ވަރުބަލިކަން ވެސް ފިލައިފިއެވެ. ނީކިޔާ އެންމެފަހުން ސޭންޑްވިޗް ކައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
ނުކްޝާން އާއި ނީކިޔާއަށް ގެއަށް އާދެވުނީ އަށްގަޑި ބައިވަނިކޮށްނެވެ. އޭރު ޒާއިފް ސޯފާގައި އިނެވެ. ނަވްޔާ ޔަމްހާ އާ އެކީ ކޮންމެސް ހެދުމެއް ހެޔޮވަރު ކުރުމުގައި އުޅެއެވެ. ނުކްޝާން ބޮލަށް އެނބުރުން އަރާފައި ހުރުމުން ކޮޓަރިއަށް ވަނެވެ.”ލަވް ބަރޑްސް ދެން ނުވެސް ފެންނާނެ..” ނީކިޔާ ޖެއްސުން ކޮށްލާހިތްވިއެވެ.”އާނ ޔަގީން.. ދެން އަންނަ އިރު އިރާދަކުރެއްވިޔާ ބޭބީ އެއް ވެސް ބަނޑުގަ އޮންނާނެ ދޯ ނަވް..” ޒާއިފް އެއްލޯ މަރާލިއެވެ.”ދެން ޝަޓް އަޕް..” ލަދު ގަތް ވަރުން ނަވްޔާ ތުން އޫކޮށްލިއެވެ.”އާނ މަ ވެސް ބޭނުމޭ ބޭބީ އެއް އުރާލަން..” ނީކިޔާ ހޭންފެށިއެވެ.”ތީ ވަކި ރަނގަޅު މީހެއް ނޫނޭ ކޮބާތަ މާނު އެނ؟؟..” ނަވްޔާ ދޫ ނެރެލިއެވެ. ދެލޯ އަޅާލާފައި ނީކިޔާ ކޮޓަރިއަށް ވަނެވެ.” އެ ވަނީނުން.. ހިނގާބަލަ ފިލްމެއް ބަލަން މިރޭ..” ޒާއިފް އެދުނެވެ.
ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ނުކްޝާން ސޯފާގައި އިށީނެވެ. ނުކައި ހުރުމުގެ ސަބަބުން ނުކްޝާން އިނީ ތުރުތުރު އަޅަން ފަށާފައެވެ. އޭރު ނުކްޝާންގެ އެސްފިޔަތައް ވަނީ ތެމިފައެވެ. އިއްޔަ ޑިއުޓީ ނިންމާފައި އައި ގަޑީގައި ނުދަންނަ މީހެއްގެ އަތުގައި ޖެހިފައި ނުކްޝާންގެ ފޯނު ވެއްޓުނު ވަގުތު ރީތިކޮށް މަޢާފަށް އެދިފައި ނުކްޝާންގެ މޫނު ފެނުމުން ދެބުމަ ގޮށްޖަހާލާ ހަޅޭއްލަވައި ގަތް ވަގުތު ހަނދާންވިއެވެ.”ހޫނ އެއްކަލަ އާޒިމްއާ ނިޝްފާގެ ދަރި ދޯ މީ.. އެހެންވެ ތި މަގު ބަލާނުލައި ބޮޑާކަން މަތީ ތި ހިނގަނީ.. ދެންވެސް ތި ފޯނު ގަނޑު ނަގައިގެން ދާންއުޅެބަލަ.. ނޫނީ ތިހުރީ މަ އެފޯނު ނަގައިދޭތޯތަ..” އެމީހާ އެހެން ބުނުމުން ނުކްޝާން ހިތްހަމަ ނުޖެހުނެވެ.”ހޫމް ސޮރީ.. ތީ ކާކުތަ..” ނުކްޝާން ފޯނު ނެގި އެވެ.”ކަލޭގެ މަންމަގެ ރަށު މީހެއް.. ނިޝްފާގެ ނުފޫޒުން އަޒާމް ވެސް އެހާ ހަރުކަށިވެފަ އެހުރީ.. ރަނގަޅަށޭ އޭނަ އެ މަރުވީ..” ދެންވެސް ދެއްކި ވާހަކަ އަކުން ނުކްޝާން ދެބުމަ ކައިރިކޮށްލިއެވެ. އިތުރު ސުވާލެއް އަހަން އުޅުމުން ވެސް އެމީހާ ފަސްދީފައި ހިނގައިގަތެވެ. ނިޝްފާއޭ ކިޔައިގެން އެކަހަލަ ވާހަކަ އެއް ދެއްކުމުން ނުކްޝާން ހިތުގައި އެމީހާ އާއި މެދު ނަފްރަތު އުފެދުނެވެ. އެއީ ކާކު ކަން ހޯދަން ހިތް އެދުނު ވަރުން އެ މީހާ ފަހަތުން ނުކްޝާން ހިނގައިގަތެވެ.
“ކޮން ނަމެއް ކިޔަނީ..” އެމީހާ އާއި އަރާ ހަމަކުރަމުން ސުވާލު ކޮށްލިއެވެ.”ޒިޔާން..” މިފަހަރު ތަންކޮޅެއް މަޑުމައިތިރިކޮށް ޒިޔާން ޖަވާބު ދިނެވެ.” ޒިޔާން ކީކޭ ތި ކިޔަނީ މަގޭ މަންމައޭ ކިޔައިގެން..” ނުކްޝާން އެހިއެވެ.”ތެދު ވާހަކަ މި ދައްކަނީ.. ނިޝްފާ ނެތް ދޯ ނުކްޝާން އާ އަނެއް ދެ އަންހެން ކުދިން ކުޑައިރުގެ ވާހަކަ ކިޔާދީފައެއް..” އެއްކައިރީގައި ހުއްޓެމުން ޒިޔާން ބުންޏެވެ.”ކޮން؟؟..” ދެންވެސް ނުކްޝާން އަށް ސާފެއް ނުވިއެވެ.”ނުކިޔާދެނީސް މަރުވީ ދޯ.. ހޫމް.. އިނގެން ބޭނުމިއްޔާ ކޮންމެވެސް ވަގުތަކުން ޖައްސާލާ އަހަރެމެން ގެއަށް.. ހޮސްޕިޓަލް ކުރިމަތިން ދާއިރު އިންނާނެ..” ޒިޔާން ކިޔާދިނެވެ. ނުކްޝާން ބޯ ޖަހާލަމުން ހިނގައިގަތެވެ. ނިޝްފާ އާއި ބެހޭ ގޮތުން އިނގެން ބޭނުންވީ ވަރުން ކާހިތް ވެސް ކެނޑުނެވެ. ހާއްސަކޮށް މަންމަގެ ނުފޫޒުން ބައްޕަ އަށް އެހެން ދިމާ ވިއޭ ބުނުމުންނެވެ.
ޚިޔާލުތަކުން ނިކުމެވުނީ ޔަމްހާ ދޮރު ހުޅުވާލި އަޑަށެވެ. އަވަސް އަވަހަށް ކަރުނަތައް ފުހެލަމުން ނުކްޝާން ފާޚާނާއަށް ވަނެވެ.”ނުކްޝާން ރޮނީތަ..” ޔަމްހާ ހިތަށް އެ ސުވާލު އެރި ނަމަވެސް ދުލާ ހިސާބަށް ގެންނާކަށް ނުކެރުނެވެ. އިރުކޮޅެއް ނުވެ ގަމީހަކާއި ޖީންސްއެއް ލައިގެން ނުކްޝާން ޔަމްހާ އަށް ބަލާލުމެއްނެތި ހިނގައިގަތެވެ.”ނުކްޝާން ކޮންތާކަށް.. ނިދަންވީނުން.. ވަރުބައްޔެއް ނުވޭތަ..” ނާހަން ހުރެ ވެސް ހިތްވަރު ކޮށްފައި ޔަމްހާ އަހާލިއެވެ. ނުކްޝާން އެއްޗެއް ނުބުނެ ދާން ހިނަގއިގަތުމުން އަނެއްކާ ވެސް ޔަމްހާ ގޮވާލިއެވެ. ޔަމްހާ އާއި ވާހަކަ ދައްކަން ހަދައިގެން ރުޅިގަނޑު ފަޅައިގެން ދާން ނޭދޭތީ ދެންވެސް ނުކްޝާން ކުރިއަށް ހިނގައިގަތެއެވެ. ނުކައި ހުރުމުން ރުޅިގަނޑު ފަޅައިގެން ދާން ފަސޭހަ ވާނެތީއެވެ.
ޒިޔާން މެންގޭ ކުރިމައްޗަށް ސައިކަލް ހުއްޓާލަމުން ނުކްޝާން ފޭބިއެވެ. އޭރު ކުޑަ ކުއްޖެއް ރޯއަޑު އިވުމުން ދިޔައެވެ.”އައްސަލާމް ޢަލައިކުމް..” ނުކްޝާން ސަލާމް ގޮވާލިއެވެ. އަންހެނެއް ސަލާމް ބަލައިގަންނަމުން އެތެރެއަށް އައުމަށް އެދުނެވެ. އޭރު ހަ ވަރަކަށް އަހަރުގެ ފިރިހެން ކުއްޖާ ރޮމުން ދިޔަ ތުއްތު ކުއްޖެއް ކައިރީގައި ހުއްޓާލެވޭތޯ ބަލަން އިނެވެ. ހީވާގޮތުން އެއީ ޒިޔާންގެ ދެކުދިންނެވެ.”ނުކްޝާން ދޯ.. އާދޭ..” ހިނިތުންވަމުން ކޮޓަރިއަށް އައުމަށް ޒިޔާން އިޝާރާތް ކޮށްލިއެވެ.”ވަރަށް ބޮޑަށް ސޮރީ އިނގޭ އެގަޑީގަ ހަޅޭއްލަވައި ގަނެވުނީމަ.. އަސްލު ނިޝްފާ މަރުވުމުގެ ކުރިން ނުކްޝާން އަށް ދޭށޭ ކިޔާފަ ދިން ކުޑަ ގަނޑެއް އެބަ އޮތް.. އޭގަ ލިޔެފަ އޮތީ އޭނަ ކުރިކަންތައް.. އަހަރެން ކައިރީ ބުނި ނުކްޝާން އަށް ކިޔާދޭށޭ.. އަސްލު ހީކުރީ ނިޝްފާ ކިޔާދީފަ ކަމަށް އޮންނާނީ..” ޒިޔާން ކަބަޑުން ގަނޑުކޮޅެއް ނަގައި ނުކްޝާން އަށް ދިނެވެ.”ނިޝްފާ އަކީ އަނިޔާވެރި އެއް..” ޒިޔާންގެ ދުލުން ބޭރުވި ބަސް އަޑު އިވުމުން ނުކްޝާން ދެލޯ ބޮޑުވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



This is the best story that i have read my entire life
even though its not finished yet but i really like it
and i have a feeling that it will be one of the best stories in this site
i just love this story
i keep checking n checking imapatiently to see if u hav uploaded this amazing story
its just soooooooooooooooooooooooooo nice
lysm
tc
impatiently waiting for the next part
hope u upload it soon
alheyy…. I’m rlly happy, knowin u enjoyed readinn this story..?☺️I will submit 2 dhuvahun 1 dhuvahu IA…. ?nd thankiuooooooooooo sooooo much amaana!✨??
ly2 ♡
tgc?
yesh I will, dear?❤️