މިހިތުގައިވަނީ ތިޔަ ލޯބިވާގެ މޫނޭ
މިހިތުގައިވަނީ ތިޔަ ލޯބިވާގެ މޫނޭ
އެކަމަކު މިހިތުގައި އެވާ ލޯބި ބަޔާން ކޮށްދޭން އުނދަގުލޭ
ތިޔަ ލޯބިވާއަށް އަންގަދޭނީ ކިހިނަކުންހޭ
އަހަރެންގެ މޭމަތީ އަތްއަޅާ މިހިތުގަ ތެޅޭ ވިންދު އިޙްސާސް ކޮށްލަ ބަލާށޭ
ކަލާ އަހަރެން ކައިރި ހުންނައިރު މިހިތުގަ ވިންދު ތެޅޭލެއް އަވަސްވެޔޭ
ކަލާ އަހަރެން ކައިރި ނުހުންނައިރު ކަލާ ދެކެ ހަނދާން ކުރެވެނީ ކިތައް އިރެއް ނުވަތަ ކިތައް ރެއެއް ވަންދެން ނުނިދަ ހުންނަ ކަމެއް ހަމަ ހުދު އަހަންނަށޭ އިނގޭނީ
އަހަރެންގެ ދިރިއުޅުމަށް އަނދިރިވަޅަކުން ސަލާމަތްކުރީ ކަލާއޭ
އެހެން މީހުންނާއެކީ ގާތް ނުވެވޭ ވަރަށް އަދި އިތުބާރު ނުކުރެވޭ ވަރަށް ކަލާޔަށް އިތުބާރާއި ގާތްކަން ބޭއްވެޔޭ
އަހަަންނަށް ކަލާއާ އެކުގައި ހުންނައިރު އަހަރެންގެ އިޙުސާސްތައް ކަލާ އަޑުއަހަމުން ދާއިރާއި، އަންނަ ރުޅިތަކުން ކެތްކުރާވަރު އިނގެނީވެސް ހަމަހުދު އަހަންނަށެވެ.
އެހެން މީހުންނާއި ތަފާތުވެފަ އަހަރެންގެ ހިތުގެ އުދާސްތައް އަޑުއަހަން ހުންނަނީ ހަމަ ކަލާއޭ
