Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވަފާތެރިވުމުން ބޭވަފާތެރިވަނީހޭ (ޕާރޓް 2)

Butter Level 1
September 23, 2021 6 Mins Read
0 Comments

” އަޅުގަނޑު ކޮންމެ ވާހަކައެއް ބުންޔަސް މަންމަ ރުޅިއެއް ނާންނާނަންތަ؟.” އިށީންދެގެން އިން ގޮނޑި ހަނީފާއާއި ދިމާއަށް އަބުރައިލައި ހަމަޖެހިލަމުން ޙަޔާ އަހައިލިއެވެ.

 

” އަޅުގަނޑު ވޯކްއަށް ނިކުތުމުގެ ކުރިން ކައިވެނިކުރަން ބޭނުން..” ޙަޔާގެ ފަރާތުން އެކަހަލަ ވާހަކައަކަށް އެއްވެސް ވަރަކަށް އުއްމީދުނުކޮށް އިން ހަނީފާ ކުށިއަރުމުން ޙަޔާ ފެންތަށި ހަނީފާގެ އަތަށް ލައިދިނެވެ. ” އައިމް ސޯ ސޮރީ އިނގޭ ކުއްލިއަކަށް މިހެން ބުނީމަ މަންމައަށް ވާނެ ގޮތް..”

 

” ދަރިފުޅު އުޅެނީ ކުއްޖަކާއި ރައްޓެހިވެގެންތަ؟” ޙަޔާ އާއެކޭ ބުނަމުން ބޯޖަހަމުން ދިޔައެވެ. ” މަންމަ އަކޫ އަކީ ވަރަށް ރަގަނޅު ކުއްޖެއް..މިހުރިހާ ދުވަހު އެހުންނަނީ އަޅުގަނޑުގެ އިންތިޒާރުގަ. އަކޫގެ ފަރާތުން އަޅުގަނޑުގެ ކިޔެވުމަށް އެއްވެސް ހުރަހެއް ނާޅާ..އަބަދުވެސް ކިޔެވުމަށް ހިތްވަރުލައިދިނީ.. މެރީކުރިޔަސް ހަމަ ކިޔަވަން ފޮނުވާނެ.. އަކޫ ވަރަށް ސަޕޯޓިވް..”

 

” މަންމައަށް އިނގެޔޭ ދަރިފުޅުގެ ޗޮއިސް ގޯހެއްނުވާނެ ކަން.. އިނގޭތަ މަންމަމެން ވަރަށް ގިނައިން ދައްކަމޭ ދަރިފުޅުގެ ކައިވެނީގެ ވާހަކަ.. ބައްޕަ ބުނާނެ ޔަގީނޭ ޙަޔާއަށް މީހަކު ހޯދަދޭން ޖެހޭނީ ބައްޕައޭ.. ދަރިފުޅު ފިރިހެން ކުއްޖަކާއި އެގޮތަށް ވާހަކަވެސް ނުދައްކާނޭ.. މަންމަމެންނަށް ކިހިނެއް އިނގޭނީ ދަރިފުޅު އެހާ ވަގުވާނެ ކަމެއް.. ކިހާ ދުވަހެއްވެއްޖެ ރައްޓެހިވެގެން އުޅޭތާ؟” ޙަޔާ މިހާރު 12 އަހަރުވަނީ އޭ ބުނުމުން ހަނީފާ އަނެއްކާވެސް ކުށިއަރައިގެން ދިޔައެވެ.

 

” 12 އަހަރު.. ދަރިފުޅަށް 12 އަހަރު މަންމަމެންނަށް ސިއްރުން އުޅެވިއްޖެ..” ކިތަންމެ ހައިރާން ވިޔަސް ހަނީފާ އަދިވެސް ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއިއެކީގައެވެ.

 

“އައިމް ސޯ ސޮރީ މަންމާ.. ސުކޫލްގަ އުޅުނު އިރު އަބަދުވެސް ކުލާސް ކުދިން އުޅޭނެ ހާޓްބުރޯކް ވެގެން އެމީހުންގެ ރިލޭޝަންސް ޕޭރެންޓްސް އެކްސެޕްޓް ނުކޮއްގެން.. ބުނެޔޭ ކިޔެވުމަށް ބުރޫ އެޅޭނޭ.. ކުއްޖަކާއި ރައްޓެހިވާން ޖެހޭނީ ކިޔަވައި ނިމިގެންނޭ.. އެހެންވެ މަންމަމެން ކައިރީ ބުނަން ނުކެރުނީ..އަކޫއާއި ދުރުވަން ބޭނުންނުވާތީ..”

 

” ސޯ ތިއަކޫއެއް ވާނީ ވަރަށް ރަގަނޅު ކުއްޖަކަށް ތާ ދޯ.. ކޮން އިރަކުން މިގެޔަށް ގެންނާނީ.. ކައިވެނީގެ ވާހަކަ ދައްކަން..” ހަނީފާ ހެމުން ބުންޏެވެ. ” ތީގަ މާނައައީ މަންމަ އޯކޭއޭ ތަ.. ބައްޕަ ރުޅިއެއް ނާންނާނެތަ؟.. ” ހަނީފާ އެހާ ފަސޭހައިން އެއްބަސްވުމުން ޙަޔާ ހުރީ ގަބޫލުނުކުރެވިފައެވެ.

 

” ބައްޕަވެސް ގަބޫލުވާނެ.. ދަރިފުޅުގެ އުފަލަކަށް މަންމަމެން ދުވަހަކުވެސް ހުރަހެއް ނާޅަމެެއްނު.. ކުރިޔަށް އޮތް ތާގަވެސް ނާޅާނަން.. ދަރިފުޅު ނުބައި މަގަކުން ދަނީ ނޫނީ ނޫނިއްޔާ މަންމަމެން އަބަދުވެސް ދަރިފުޅުގެ ކޮންމެ ނިންމުމަކަށް ތާއީދު ކުރާނަން.. ދެން ދޭ އަވަހަށް ނިދަން.. އަކޫ ކައިރީ ބުނޭ މާދަން ހަވީރު ސަޔަށް މަންމަމެން ދައުވަތު ދީފިޔޭ..” ޙަޔާ އުފަލުން ހަނީފާ ގައިގައި ބައްދައިލިއެވެ. އޭނާއަށް ލިބިފަ ހުރީ ދުނިޔޭގައި ހުރި އެންމެ ރަގަނޅު މައިންބަފައިން ކަމަށް ބުނަމުންނެވެ.

 

ކޮޓަރިއަށް ވަތް ގޮތަށް ޙަޔާ އަވަސްވެގަތީ އަކްމަލްއަށް ގުޅާފައި އެވާހަކަ ބުނާށެވެ. ނަމަވެސް އަކްމަލް ފޯނު ނުނެގުމުން ދިގު މެސެޖެއް ލިޔޭލާފައި ފޮނުވާލިއެވެ. އެއައްފަހު ވައިބާރ އިން އޭނާގެ އެންމެ ގާތް އެކިވެރިޔާއަށް ގުޅާލިއެވެ.

 

” އައްދޭ މަންޖެ މަ މަތިން ހަނދާންވެއްޖެ ދޯ.. އަހަރެން މިހުންނަނީ ހަމަ ގަސްދުގަ ގުޅާ ތޯ ބަލަން ނުގުޅަން..” ފޯނު ނެގިގޮތައް ބަޙްތް އެއްޗެހި ގޮވަންފެށިއެވެ.

 

” ހެލޯ މަށަށް ޔަގީނޭ މެޑަމްވެސް ތިހުންނަނީ ރަށަށް ދެވުނީމަ އަހަރެން މަތިން ހަނދާން ނެތިފަކަން.. އެހެންނޫނަސް އަދި ނުގުޅިފައެއް ނެތެއްނު.. ކޮބާ ސިމްއެއް ނުނަގަންތަ އަދިވެސް..”

 

” އަޅެ ފަހެ މީހަކު ހައިރާނެއްެނުވާނެތަ.. އަހަރެން ވައިބާރ ނަމްބަރު ބަދަލުކުރި ކަމުގެ ނޮޓިފިކޭސަން ގައިމު ދާނެ.. އަބަދު އަކްމަލްއަށް ޓެކްސްޓް ކުރުމުގެ ބަދަލު އެހެން ކަންތަކައްވެސް ތަންކޮޅެއް ސަމާލުކަން ދީބަލަ ދޯ.. ތި ހިތާއި ސިކުނޑީގައި އަބަދުވަނީ އަކްމަލް..” ޙަޔާއާއި ދިމާކުރުމަކީ ބަޙްތްއަށް ލިބޭ ހިތްހަމަޖެހުމެކެވެެ.

 

” ބަޙްތް ހުންނަނީ އަބަދު އަކޫއާއި ޖައްސާލަފައޭ.. ތިދިޔައީ އަކޫއާއި ދިމާވެސް ކޮއްނުލާ.. ދެން އުޅޭ މިކޮޅަށް އަންނަން..” ޙަޔާ ބުންޏެވެ. ” އަދި މިއުޅެނީ ރަށަށް އައިތާ 5 ގަޑިއިރު ނުވެގެން. މިހާރު ތިކިޔަނީ އަންނަން..ހަމަ އެހާ މިސްވޭތަ އަހަރެން މަތިން..”

 

” ހޫނ މަ ކީއްކުރަން ތިކަހަލަ މޮޔައެއް މަތިން މިސްވާވަރުން އުޅެންވީކީ.. މިއުޅެނީ މެރީ ކުރަން ވެގެން.. އަހަރެންގެ ކައިވެނީގެ ހަފްލާ މިސްކުރަން ބޭނުން ނުވަންޏާ އަވަހަށް މާލެ އަންނަން އުޅޭ..މާ ގިނަ ދުވަހެއްނުވާނެ ދެން..” ބަޙްތްއަށް ވާނެ ގޮތް އިނގޭތީ ހެމުން ޙަޔާ ބުންޏެވެ.

 

” ވަޓް.. އަހަރެން އެވަރަށް ބުނީމަވެސް ނިންމަނީ.. އަޅެ އެންމެ މަހެއް ވެއިޓްކޮއްލަބަލަ. މިހުރިހާ ދުވަހު ކެތްކުރިއިރު އެންމެ މަހެއް އިތުރަށް ކެތްނުވެއެއް ނުދާނެ ” ބަޙްތް އާދޭސްކުރަން ފެށިއެވެ.

” މިހުރިހާ ދުވަހު އަކޫ އިންތިޒާރުގައި ބެހެއްޓުނީތީ އަވަހަށް ނިންމަން މިއުޅެނީ.. އަހަރެން އަބަދުވެސް ބުނަމެއްނު މިކޮޅަށް އަންނަ ގޮތަށް ޖެހޭނޭ މެރީކުރަން.. އަސްލު އަހަރެންވެސް ބޭނުންވަނީ ހަމަ ވީހާވެސް އަވަހަކަށް އަކޫގެ މީހަކަށްވާން.. ކިހާ ދުވަހެއް އަހަރުމެންގެ ކައިވެނީގެ ހުވަފެން ދެކޭތަ.. އެކަމަކު އެދުވަހު ބަޙްތް އަހަރެން ކައިރީ ނެތިއްޔާ އަހަރެން ވަރަށް ދެރަވާނެ އިނގޭ.. ”

” ހީވޭތަ އަހަރެން އެދުވަސް މިސްކޮއްފާނެ ހެން.. ޑޭޓް ފައިނަލް ވީމަ އަހަރެން މަންމަމެންނާއި ވާހަކަ ދައްކައިގެން ދާނަން.. އައިމް ސޯ ހެޕީ ފޯ ޔޫ.. ވަރަށް އުފާވެއްޖެ އަހަރެން ހީކުރި ކަހަލަ މީހަކަށް އަކްމަލް ނުވުމުން.. ” އަބަދު މަޖާވެފަ ހުންނަ ބަޙްތްގެ އަޑުގައިވީ ސީރިއަސްކަމެވެ. ” ސީ އަހަރެން ބުނީމެއްނު ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނޭ.. އެންމެ ފިރިހެނެއްގެ ސަބަބުން ހުރިހާ އެންމެން މަތިން ފޫހިނުވާށޭ.. ” ލޯތްބާއި މެދު އޮތް އިތުބާރު ގެއްލިފައިވާ އެކުވެރިޔާއަށް އުއްމީދު އާލާ ކޮއްދެން މަސައްކަތް ކުރަމުން ޙަޔާ ބުންޏެވެ. އަނެއްކާވެސް ދެމީހުން ޖެހުނީ ދެބަސްވެ ހިޔާލު ފާޅުކުރާށެވެ. އެތައް އިރަކު ބަހުސްކުރުމުގައި ދެއެކުވެރިން ގުޅައިގެން ތިއްބެވެ.

 

އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ ހުރިހާ މުވައްޒަފުންގެ ނަޒަރު ހުއްޓިފައިވަނީ ދޮރުން ވަދެގެން އައި ޒުވާނާއަށެވެެ. ތިން އަހަރު ފަހުން ތަނުގެ ވެރިޔާ ފެނުމުން އެމީހުން ތިބީ ހައިރާންވެފައެވެ. އެހެނީ އޭނާ އޮފީހަށް ނިކުންނަކަން އެނގިފައި ނުވާތީއެވެ. އޭނާ ހިތްހެޔޮ ހިނިތުންވުމަކާއި އެކީ ހުރިހާ މުވައްޒަފުންނަށް ބާއްޖަވެރި ހެނދުނަކަށް އެދެމުން ދިޔައެވެ. އަންހެން މުވައްޒަފުންގެ ހިތް ކަތިލާ ފަދަ ރީތިކަމެއް ލިބިގައިވާ ޒުވާނެކެވެ. ގަޔަށްބާރުކޮށްލާފައި ހުރި މެރޫންއަތްދިގު ގަމީސްވަނީ ލައިގެންހުރި ކަޅުފަޓުލޫނުގެ ދަށަށް ޖަހައި ބާރުކޮށްލާފައެވެ. އިސްކޮޅުން ދިގު މާބިޔަނޫން ހަށިގަނޑުގެ ހިތްގައިމުކަން ފުރިހަމަ ވެފައި އޭނައަށް ބަލާލުމުންވެސް އެއީ ފުރިހަމަ އިންސާނެއްކަން އެނގޭނެއެވެ. ރީތިވަރަކަށް ކޮށާލައިފައިވާ އެއިސްތަށިގަނޑާއި އާދައިގެ ވަރަކަށް ކުރުކޮށް ޓްރިމްކޮށްލާފައިވާ އޭނަގެ ތުނބުޅިންވެސް އޭނަގެ ފިރިހެންވަންތަކަން ފެންނަމުން ދިޔައެވެ. ބަލާބެލުމަށް އެއީ ތިރީސް އަހަރުގެ ފިރިހެނެކެވެ. ބޮޑަށް ވައްތަރީ ބޭރު ގައުމެއްގެ ފިރިހެނަކާއިއެވެ. އޭނާ ގޮސް ޖެނެރަލް މެނޭޖަރގެ ކެބިންއަށް ވަންނަންދެން އަންހެން ކުދިންތަށް ކަޅިޖަހާނުލާ ބަލަން ތިއްބެވެ.

 

” ދޮންބެ.. ވަޓް އަ ސަޕްރައިޒް އަންގާވެސް ނުލާ މާލެއައި އިރު.” އަކްމަލްގެ ކެބިންއަށް ވެދެގެން އައި ދިވާން ފެނުމުން ގޮނޑިން ތެދުވެ ދިވާންއާއި ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ. ” އަންގާލިނަމަ ސަޕްރައިޒްއަކަށް ނުވާނެއްނު.. ކޮބާ ތަނާލް.. ”

 

” ތަނާލް މިހާރު އޮފީހަކަށް ނުނިކުމެއްނު.. ގޭގަވާނީ.. ތަނާލްއައްވެސް ނޭންގި ދޯ ތިއައީ.. ” ދިވާން އިށީންނަށް ސޯފާ ދައްކަމުން އަކްމަލްވެސް ގޮސް ސޯފަގައި އިށީނެވެ. ” ހޫމް އައި ނޯ.. ތަނާލް ގާތު ނުބުނައްޗޭ ދޮންބެ އައިސް އުޅޭ ވާހަކަ.. ހިނގާ އޮފީސް ނިންމާލާފަ ސަޕްރައިޒެއް ދޭން ދާން.. ”

 

” އައިމް ސޮރީ ދޮންބެ. އަހަރެން އަބަޖެހޭ ހަވީރު ގެޔަކަށް ދާން.. ދޮންބެ ކުރިން ބުނެލައިގެން އުޅޭނަމަ.. ދޮންބެ ދެން އެކަނި ގޮސްލާ.. އެހެންނޫނަސް ތިދެމީހުން ދައްކަން ވަރަށް ވާހަކަވެސް ހުންނާނެއެއްނު އެހާ ދުވަސް ފަހުން ދިމާވާއިރު..” ހަވީރު ޙަޔާމެން ގެޔަށް ދާން ޖެހޭތީ އަކްމަލް ދިވާންއާއި އެކު ދިޔުމަށް ދެކޮޅު ހެދިއެވެ. ނަސީބަކުން ދިވާން އިތުރު ސުވާލެއް ކުރުމެއް ނެތި އެކަނި ދިޔުމަށް އެއްބަސްވިއެވެ.

 

ހަވީރުގެ ވަގުތެވެ. އަކްމަލް ގެޔަށް އަންނަ ގަޑި ކައިރިވާ ވަރަކަށް ޙަޔާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ބައްޕައަށް އަކްމަލް ކަމުނުގޮސްފާނެތީއެވެ. އަކްމަލް ލިފްޓްގައި ކަމަށް މެސެޖް ކުރުމުން ސިޓިން ރޫމަށް ނިކުތްއިރު ހަނީފާއާއި ވަހީދުވެސް އަކްމަލްގެ އިންތިޒާރުގައި ތިއްބެވެ. ބެލް އެޅުމުން ދޮރު ހުޅުވަން ދިޔައީ ހަނީފާއެވެ.

” އާދޭ އަވަހަށް އެތެރެއަށް..” އަކްމަލް ވަނުމުން ހަނީފާ އޭނާ އިށީންނަށް ތަން ދެއްކިއެވެ.ހާސްވެފައި އަކްމަލްގެ ނަޒަރު ހުއްޓިފައިވަނީ ޙަޔާއަށެވެ. އެމޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ. ” ކޮން ކަމަކާތަ ދެކުދިން މާކަންބޮޑުވެފަ ތިހުންނަނީ.. ބައްޕަ ގަބޫލު ނުވެދާނެތީތަ.. މިހާރު ކިތައް ފަހަރު ބައްޕަ ޙަޔާ ކައިރީ ބުނެފިން ޙަޔާ ކުރަން ނިންމާ ކޮންމެ ކަމެއް އެއީ ރަގަނޅު ކަމެއް ވިއްޔާ ބައްޕަ ގަބޫލުވާނޭ.. އަހަރެން އެއްވެސް ކަމަކަށް ޙަޔާއަށް މަޖުބޫރެއް ނުކުރަން.. ޙަޔާ އުފަލުގައި ހުރިއްޔާ އަހަންނަށް އެނިމުނީ..” އަކްމަލް އައުމުން އޭނާއާއި އެތައް ސުވާލެއްކުރަން ނިންމައިގެން ވަހީދު އެހުރިހާ ސުވާލެއް ހަނދާން ނެތިފައިހުރި ކަހަލައެވެ. އެންމެ ފުރަތަމަވެސް އޭނާ އެކައިވެންޏަށް ގަބޫލުކަން ބުނެދިނެވެ. އަކްމަލްއާއި ޙަޔާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ނުފިލާ ހިނިތުންވުމަކަށެވެ. ޔަގީނުންވެސް އެދެހިތް މިވަގުތު އުފަލުން ނަށަމުންދާނެއެވެ.

 

” ދަރިފުޅުމެން ބޭނުން ދުވަހެއްގައި ހަމަ ކައިވެނި ކުރަންވީ..ބައްޕަ މިހިރީ މިހާރުވެސް ވަލީދޭން ތައްޔާރަށް..” ދެންވެސް ވާހަކަ ދެއްކީ ވަހީދުއެވެ. އަކްމަލް ވަހީދަށް ޝުކުރު އަދާކުރަމުން އަބަދުވެސް ޙަޔާ އުފަލުގައި ގެންގުޅޭނެ ކަމަށް ވައުދުވިއެވެ. އެންމެން އެކުގައި ސައިބޮއި ނިމިގެން އަނެއްކާވެސް ކައިވެނީގެ ވާހަކަ ދައްކަން ފެއްޓިއެވެ. އަކްމަލް ބޭނުންވާ ގޮތަށް އެހަފްތާ ފަހުން ކައިވެނި ކުރާ ގޮތަށް ނިންމިއެވެ.

 

” އަކްމަލްގެ މައިންބަފައިން ކޮބާ.. ” ވަހީދު ސުވާލުކޮއްލިއެވެ.

” ބައްޕާ އަކޫގެ މައިންބަފައިން ވަނީ އަކޫ ވަރަށް ކުޑައިރު ނިޔާވެފައި.. އަކޫ ބެލީ ބޮޑުބެއެއް.. އެމީހާ އަކޫއާއި ދޭތެރޭ ވަރަށް ގޯސްކޮއް ކަންތައް ކުރީ.. އެހެންވެ މިހާރު އަކޫ އުޅެނީ އެކަނި.. އަކޫގެ އެއްވެސް މީހަކު ނުހުންނާނެ..” ވަހީދުގެ ސުވާލަށް ޖަވާބު ދިނީ ޙަޔާއެވެ. އެއީ އަކްމަލްއަށް ޖަވާބުދޭން ފަސޭހަ ސުވާލަކަށް ނުވާނެކަން އިނގޭތީއެވެ.

 

” މީގެ ފަހުން މިއީ އަކްމަލްގެވެސް މައިންބަފައިން ކަމުގައި ދެކޭތި.. އަކްމަލް ބޭނުމިއްޔާ ކައިވެނީގެ ފަހުން މިގޭގައިވެސް އުޅެވިދާނެ..” ހަނީފާ ބުންޏެވެ. ” ޙަޔާ ބޭނުމިއްޔާ އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް.. އަޅުގަނޑަށްވެސް ރަގަނޅީ ތިގޮތް.. އަޅުގަނޑީ ވަފީޒާގެ ގޮތުން ވަރަށް ޓުރެވެލް ކުރަން ޖެހޭ މީހެއް.. ސޯ ޙަޔާ އެކަނި ބަހައްޓާފަ ދިޔުމައްވުރެ ކޮންފަޓަބަލް ވާނެ މަންމަމެން ކައިރީ އުޅުނިއްޔާ..” އަކްމަލް ބުންޏެވެ. ޙަޔާވެސް އޭނާ ބޭނުންވަނީ އެގޭގައި އުޅެން ކަމުގައި ބުންޏެވެ.

 

އަކްމަލް ގެޔަށް ދިޔައީ ކައިވެނީގެ ހުރިހާ ކަމެއް މަސްވަރާކޮއްފައެވެ. އެހާ ބޮޑު ނޫންނަމަވެސް ކޮންމެވެސް ވަރެއްގެ ޕާޓީ ބާއްވަން ނިންމިއެވެ. ޙަޔާ ބަޙްތްއަށް ގުޅައި ކައިވެނީގެ ތާރީހު ފައިނަލް ވެއްޖެކަމަށް އެންގިއެވެ. ބަޙްތް އެއިރަށް މާލެ އަންނާނެ ކަމަށް ބުންޏެވެ.

 

ވަހީދުއާއި ހަނީފާވެސް ތިމާގެ މީހުންނަށާއި ގާތް ރަހުމަތްތެރިންނަށް ދަރިފުޅުގެ ކައިވެނީގެ ހަބަރު ދިނެވެ. ރަށުގައި ތިބި މީހުންނަށް މާލެ އައުމަށް އެންގިއެވެ.

 

” ހަލޯ ހަސަންފުޅާ.. މީ ވަހީދޭ..” ކުޑައިރުގެ އެކުވެރިޔަކަށް ވަހީދު ގުޅައިލިއެވެ ” އަހާ މަ އަދި މިހުރީ ވަހީދުއަށް ގުޅަން ވެގެންނޭ.. އަހަންނަށް ކާފަ ދަރިޔަކު ލިބުނު ހަބަރު ދޭންވެގެން.. މިހާރު އަހަރުމެންގެ ތެރެއިން ކާފަ ނުކިޔަނީ ވަހީދުއަށް އެކަނި އިނގޭ.. ނޭންގެ ދޯ އަވަހަކަށްވެސް އެދުވަސް ފެންނާނެ ކަމެއް.. އެކޮއެ ދަރިން ހޯދައިގެން ދަރިން ބަލާ އުމުރުގަވެސް އެއުޅެނީ ބަލިމީހުން ބަލަން ހިތުލައިގެން ވިއްޔާ..” އެއީ އަބަދުވެސް ހަސަންފުޅުގެ ވާހަކަ ހުންނަ ގޮތް ކަމުން ވަހީދު ހައިރާނެއް ނުވިއެވެ. ހަސަންފުޅު ގަބޫލު ކުރާ ގޮތުގައި އަންހެން ދަރިން ކިޔެވުމާއި ވަޒީފާއަށް ދިޔުމަކީ ހުތުރުކަމެކެވެ.

 

” އެއްކަލަ ހަސަންފުޅު.. ބަލަ އަހަރެންގެ ޙަޔާ ބޭނުން ކަމެއް ކުރުމުގެ މިނިވަންކަން އަހަރުމެން ދެމޭ.. އިރާދަކުރެއްވިއްޔާ އަހަންނައްވެސް ވަރަށް އަވަހަށް ތިޔަ ދުވަސް ފެނިދާނެ.. މިގުޅީ އަހަރެންގެ ދަރިފުޅު ކައިވެންޏަށް ދައުވަތު އަރުވަން.. މިއަންނަ މަހު 5ގަ ކައިވެނި ކުރޭ.ހަސަންފުޅު ވާނެ އަންނަން..” ވަހީދު ބުނެލިއެވެ.

 

 

ދުވަސްތައް ފާއިތުވަމުން ދާވަރަކަށް އަކްމަލްއާއި ޙަޔާގެ ކައިވެނީގެ މަސައްކަތްތައް ބާރުމިނުގައި ކުރިޔައްދެއެވެ. އެންމެ ދުވަހެއްވެސް ވައްޓައިނުލާ ކައިވެނީގެ ތައްޔާރީތައް ކުރިޔަށް ދިޔައެވެ. ޙަޔާގެ ވެޑިން ޑުރެސްއާއި އަކްމަލްގެ ގުރޫމް ސޫޓްގެ އިތުރުން ހަނީފާމެންގެ އެއްޗެހިތައްވެސް ފަހައި ނިމިއްޖެއެވެ. ކާޑު ފައިނަލްކޮށް ޕާޓީ ބާއްވާނެ ތަނެއްވެސް ވަނީ ހިފާފައެވެ.

 

ބަޙަތްގެ މަންމަ ވަރަށް ބޮޑަށް ބަލިވެގެން އޭނާއަށް ކައިވެނީގެ ހަފްލާގައި ބައިވެރިނުވެވޭނެ ކަމަށް ބުނީ ކައިވެންޏަށް އަށް ދުވަހަށްވެފައިވަނިކޮށެވެ. ޒަރީނާ އޮތީ އައިސީޔޫގައި ކަމަށާއި މާލެ ގެނެވޭ ވަރަށްވެސް ޒަރީނާގެ ހާލަތު ސުޓޭބަލް ނޫންކަމަށް ޑޮކްޓަރުންވަނީ ބުނެފައެވެ. ކިތަންމެ ދެރަވި ނަމަވެސް އިތުރު ގޮތެއް ނެތުމުން ބަޙަތް ނެތަސް ކައިވެނި ކުރަން ޙަޔާ ނިންމިއެވެ. އެއީ ބަޙްތްވެސް އެދުނު ގޮތެވެ.

 

“ދަރިފުޅާ ޙަޔާ.. ދަރިފުޅު ހޯދަން ކުއްޖަކު އައިސް އެބައިން.. ތިތަންކޮޅެއް އަވަސްކޮއްލައިގެން ނިކުމެބަލަ..” ޙަޔާގެ ކޮޓަރިއަށް ވަދެ ފާހާނާގައި އުޅުނު ޙަޔާއަށް ހަނީފާ ގޮވަން ފެށިއެވެ.

 

ޙަޔާ ނިކުތުމުން ދެމީހުން ވާހަކަ ދައްކަން ފުރުސަތުދީފައި ހަނީފާ ބޭރަށް ނިކުތެވެ.

” ކާކު..” ކުރިމަތީގައި ހުރީ ޙަޔާ ދުވަހަކުވެސް ދެކެފައިނުވާ އަންހެން ކުއްޖެކެވެ. ” ތަނާލް..” އެއަންހެން ކުއްޖާ އޭނާގެ ނަން ބުނުމުން ޙަޔާ އެނަން ދެތިން ފަހަރު ކިޔާލިއެވެ. ނަމަވެސް އެނަން ކިޔާ ކުއްޖަކު މަތިން އޭނާ ހަނދާނެއްނުވިއެވެ.

 

” ޙަޔާއަށް އަހަރެން ނޭންގިދާނެ.. އެކަމަކު އަހަންނަށް ޙަޔާ ވަރަށް ރަގަނޅަށް އެނގޭ.. ” އެ ނުދަންނަ އަންހެން ކުއްޖާ ބުނެލިއެވެ. ޙަޔާ އޭނާ ދަންނަނީ ކިހިނެއްތޯ ސުވާލިކޮއްލިއެވެ.

 

” މީހުންގެ ފިރިން ފަހަތުން ދުވާ ތިކަހަލަ އަންހެނުންގެ މައުލޫމާތު އެފިރިންގެ އަނބިންނަށް ނޭންގިއެއް ނުދާނެއެއްނު..”

އެނުދަންނަ އަންހެން ކުއްޖާގެ ފަރާތުން އިވުނީ ދުވަހުވެސް މީހެއްގެ ފަރާތުން އަޑުއަހަން ބޭނުންނުވާ ކަހަލަ އެއްޗެކެވެ. އަދި އެއީ ހަގީގަތެއްވެސް ނޫނެވެ.

 

 

 

 

Share Article

Follow Me Written By

Butter

Level 1

Other Articles

Previous

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 15

Next

ވެމްޕަޔާ 9

Next
September 23, 2021

ވެމްޕަޔާ 9

Previews
September 23, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 15



All Right Reserved!