Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 15

Baby Devil Level 610 Stories100 Stories
September 23, 2021 6 Mins Read
1 Comment

“ޒާއި.. އަހަރެން ބޭނުން ޖޮބަށް ދާން.. ހާދަ ފޫހިވާނެއޭ ގޭގަ އެކަނި އޮންނައިރު..” ނަވްޔާގެ އުނގުގައި އޮތް ޒާއިފްގެ ބޮލުގައި ފިރުމަމުން ނަވްޔާ ބުންޏެވެ.”ދެން އަޅޭ… ދުވަސް ކޮޅަކު މަޑު ކޮށްލާފަ ދާނީ.. އޮޕަރޭޝަން ކޮށް ނިމިގެން ހަމަޖެހިލައިގެން..” ޒާއިފް ދެކޮޅު ހެދިއެވެ.”އޯކޭ އޯކޭ.. އެކަމް ވަރަށް ބޭނުމޭ.. ކުޑައިރުއްސުރެ ވަރަށް ގަޔާވާ ޖޮބެއް އެއީ..” ނަވްޔާ ބުންޏެވެ.”ނަވް އޮޕަރޭޝަން ކޮށް ނިމުނީމަ ޖޮބަށް ދާންވީ.. އެކަމް ދަރިއެއް ލިބިއްޖެއްޔާ ކެނޑެން ވާނެ.. ނަވްމެންގެ މަންމަ ހުރި ނަމަ ލިބޭ ދަރިފުޅު ހަވާލު ކޮށްފަ ދެވޭނީ ވެސް..” ޒާއިފް ހިނިތުންވެލިއެވެ.”ހްމްމް.. އަސްލު ވާހަކަ އެއް ބުނަންތަ… ނުކްގެ މަންމަ އަކީ އަހަރެންގެ މަންމަ އެއް ނޫން..” ނަވްޔާ އެވާހަކަ ދައްކަން ފެށިއެވެ.”ވަޓް..” ޒާއިފް ދެލޯ ބޮޑުވިއެވެ.”ހްމްމް.. މަށާ ނީކްގެ މަންމައާ ބައްޕަ ވަނީ ނިޔާވެފަ… އަހަރެމެން ނުކްގެ މަންމައަށް މަންމަ ކިޔަނީ.. އަސްލު ނުކް އެއީ ކަޒިން އެއް..” ޒާއިފްގެ އިސްތަށިގަނޑުގައި އަތް ކާއްތަމުން ނަވްޔާ ބުންޏެވެ.”އޯހ.. ވާވް..މަ އަސްލު ވެސް ހީކުރީ ތި މީހުންނަކީ އެއްބަނޑު އެއްބަފާ ތިންކުދިން ކަމަށް..” ހައިރާންވެފައި ޒާއިފް ބުންޏެވެ.”ހެހެ.. ދެން ނިދަން އުޅެމާ..” ނަވްޔާ ބުންޏެވެ. ޒާއިފް ދެކޮޅު ހެދުމެއް ނެތި ބާލީހުގައި ބޯ އަޅާލިއެވެ.

 

**15 ވަނަ ޕާޓު**

 

ނިދަން ރެޑީވެގެން އެނދަށް އެރި ނީކިޔާ ސިހުނީ ފޯނަށް މެސެޖެއް އައުމުންނެވެ. އެ ކިޔާ މާނުގެ މެސެޖެކެވެ.”ބޭރަށް ނިކުމެބަލަ.. މިހުރީ..” ނީކިޔާ އުފަލުން ކޮޓަރިން ނިކުތެވެ. ނަސީބަކުން ހަމަ އެކަކު ފެންނާކަށް ނެތެވެ. ހަމަޖެހުމުގެ ނޭވާއެއް ލާފައި ގޭގެ ދޮރު ހުޅުވާލިއެވެ. އޭރު މާނު ހުއްޓެވެ.”ނިދާފަ އޮއްވަތަ މި އާދެވުނީ އަނެއްކާ..” މާނު ޖޯލީގައި އިށީނެވެ.”އުހުނ.. ނަސީބެއް އެންމެން ނިދާފަ.. މާނުކަން އިނގިއްޖެއްޔާ ނުކް ހުންނާނެ ފޯރިއެއް..” ކުޑަ ހުނުމަކާއެކު ނީކިޔާ ބުންޏެވެ.”ހާދަ ރީއްޗޭ..” ނީކިޔާ ރަކި ކޮށްލާހިތުން މާނު ބުންޏެވެ.”ދެން ސާބަހޭ…” ނީކިޔާ ލަދުގަތް ނަމަވެސް މާނުގެ ފައިގައި ވިކައިގަތެވެ.”ހާނ ތަދުވެއްޖެއޭ..” ފައިގައި އަތް އަޅަމުން މާނު ހޭންފެށިއެވެ. ނީކިޔާއަށް ވެސް ހެވުނެވެ. މާނުގެ ފަރާތުން އެކަހަލަ ސަމާސާތަކަކީ ނީކިޔާގެ ހިތަށް އުފާވެރިކަން ގެނެސްދޭ ސަމާސާތަކެވެ. ކުއްލިއަކަށް ދެމީހުން ސިހުނީ ދޮރުގެ ތަޅުގައި މީހަކު ހިފި އަޑަށެވެ.”އަވަސް..ދޭ..” ނީކިޔާ ހާސްވެފައި ބުންޏެވެ.

 

“ނީކް؟؟.. ކާކާ ވާހަކަ ދައްކަނީ..” ނުކްޝާން ބޭރަށް ބޯ ދިއްކޮށްލިއެވެ.”މި..އަމް.. ވާހަކަ އެއް ނުދައްކަން..” ނީކިޔާ ދެ ދަތްޕިލަ ފިއްތާ ބާރުކޮށްލިއެވެ.”އުހޫނ.. މަ ފެންބޯންވެގެން ނިކުތްތަނާ ބަޔަކު ހޭއަޑު އިވިގެން މި ބަލާލީ.. ކާކުތަ..” އެއްބުމަ އަރުމުން ނުކްޝާން ދެބުމަ ކައިރިކޮށްލިއެވެ.”ނޫނޭ ހީވި ގޮތް ތީ..” ނީކިޔާ ގޭތެރެއަށް ވަނެވެ.”އެންމެ ރަނގަޅޭ..ދެން ދޭ ނިދަން..” ނުކްޝާން ފެންބޯން ފެށިއެވެ. މިފަހަރު އެހާ ސުވާލު ގިނަ ނުކުރީތީ ހިތްހަމަ ޖެހިގެން ނީކިޔާ ކޮޓަރިއަށް ވަނެވެ. ނިދިއައިސްފައިވާވަރުން ނުކްޝާން ވެސް ފެންބޮއިގެން ކޮޓަރިއަށް ވަނެވެ.

 

ޔަމްހާ އަށް ލޯ ހުޅުވާލެވުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ.”ނު.. ނުކްޝާން..” މީ ވާހަކަ ދައްކާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ނިންމާފައި ޔަމްހާ ގޮވާލިއެވެ.”ކިހިނެއްވީ..” ދެބުމަ ކައިރިކޮށްލަމުން ނުކްޝާން އެހިއެވެ.”ވާހަކަ..ދައްކާލަން..ބެ..ބޭނުން..” ޔަމްހާ ދެއަތް ޖޯޑު ކޮށްލިއެވެ.”މިދެން ކޮން ގަޑިއެއް.. އެހެން ނޫނަސް އަހަރެމެންގެ ދެމެދުގަ ދެކެވެން ޖެހޭ ވާހަކަ އެއް ނޯންނާނެ.. ކަލޭ މަގޭ މަންމަ މަރާލިކަމުގެ ހެކި ހޯދާފަ ބައްޕައާ އެކީ ޖަލަށް ލާނަން އިރާދަކުރެއްވިޔާ… ދެން މަށަށް ނުގޮވާތި.. އެބަ އުޅެއޭ އަދި އުނދަގޫ ކުރަން.. ކަލޭ ވެސް ނިދާ ގަޑީގަ މަ ގޮސް ނޫޅެމެއްނު ގޮވާކަށް.. މީހާގެ ފެންވަރު އިނގިގެން އުޅެބަލަ.. ކަލޭގެ ކޮއްކޮ އެކޭ އެއްގޮތަށް އުޅޭނެ އަދި މަ ހުންނާނަން އެދުވަސް ދެކެން.. ގޮތެއް ނެތް އެއްޗެއް ހުވާ… ސަލާމަތް ވާނީ ކޮން އިރަކުން ބާއޭ ހިތަށް އަރާ.. ބޮޑު ބަލާއެކޭ މީނައާ ހެދި..” ހިތަށް އައިހާ އެއްޗެއް ގޮވާލާފައި ނުކްޝާން އޮށޯތީ ޔަމްހާގެ ހިތަށް ކުރާނެ އަސަރު ބަލާ ވެސް ނުލައެވެ. ރޮމުން އެނދުގައި އިށީންއިރު އެ ކޮޓަރީގައި ވަނީ ޔަމްހާގެ މަޑު ގިސްލުމުގެ އަޑެވެ.”ނުރޮއެ ނުހުރެވެނީތަ.. ބަލަ އިތުރަށް ތުރާ ކުރަންތަ ތިއުޅެނީ އޭނ.. އެއްޗެއް ބުނާއިރަށް ރޯން ފަށާން އިނގޭނެ..” ދެންވެސް ހަމްދަރުދީ ވުމުގެ ބަދަލުގައި ނުކްޝާން އައީ ރުޅިއެވެ. އަނގަމަތީގައި އަތް އަޅައިގެން ޔަމްހާ ކޮޓަރިން ބޭރަށް ނިކުތެވެ.

 

“ޔަމް..” ޔަމްހާ އަށް ހޭލެވުނީ ނަވްޔާ އައިސް ކޮއްޓާލުމުންނެވެ.”ހްމްމް ކިހިނެކޭ ވީ..” ދެލޯ ހުޅުވާލަމުން ޔަމްހާ އެހިއެވެ. ރޭގަ ރޯން އޮވެފައި ނިދުނު އިރެއް ވެސް ނޭނގެއެވެ.”ނުކް އަނެއްކާ އެއްޗެހި ގޮވީތަ..” ދުޅަވެ ރަތްވެފައިވާ ލޯ ފެނުމުން ނަވްޔާ އަށް ޝައްކު ވެގެން އަހާލިއެވެ.”އެ..ނޫން މީ.. ރޭގަ.. ރޭގަ ކުޑަ ކަމެއް ވީ..”.ޔަމްހާ އިސްޖަހާލިއެވެ.”ނޯ.. ނުކް ކީކޭ ބުނީ..” ނަވްޔާ ޔަމްހާގެ އިސް އުފުލާލިއެވެ.”ރޭގަ.. ހުރިހާ މައްސަލަ އެއް ހައްލުވޭތޯ ވާ..ވާހަކަ ދައްކަން އުޅުނީމަ އޭނަ އެއްޗެހި ގޮވީ.. އަ..އަހަރެންނާ ދިމާއަށް ވަރަށް ހަޅޭއްލެވި..” ނަވްޔާ އާއި ދިމަ ބަލަން ނުކެރިގެން ޔަމްހާ ދެލޯ މަރާލިއެވެ.”ސާބަސް ނުކް އަށް.. އެބަ އަންނަން..” ނަވްޔާ ހިތްހަމަ ނުޖެހިފައި ހުރެގެން ނުކްޝާންގެ ކޮޓަރީގައި ޓަކިދިނެވެ.”ކިހިނެއްވީ..” ބޮލުގެ އިސްތަށިގަނޑު ހިއްކަމުން ނުކްޝާން އެހިއެވެ.”ނޭނގެނީތަ ވީގޮތް..” ހިތްހަމަ ނުޖެހުމާއެކު ނަވްޔާ އެހިއެވެ.

 

“ޔަމްހާ ކަމާތަ.. ދެން ނަވް ހެޔޮނުވާނެ އޭނަވާހަކަ ދައްކަން ނާދެބަލަ.. ހާދަ ބޮޑު އުނދަގުލެކޭ..” ޔުނިފޯމް ލަމުން ނުކްޝާން ބުންޏެވެ.”ނުކްއަށް އަޅެ ކިހިނެއްތަ ވިސްނޭނީ..” ނަވްޔާ އެހިއެވެ.”ނޭނގެ މަށަކަށް..” ދޮރުގެ ތަޅުގައި ހިފަމުން ނުކްޝާން ޖަވާބު ދިނެވެ. ނަވްޔާ ފުން ނޭވާއެއް ލާފައި މާޔޫސް ވެގެން ނުކްޝާން ފަހަތުން ނިކުތެވެ.”ތިއެއް ނޫނޭ.. ޗުއްޓީ ނުނަގަންތަ.. މިއުޅެނީ މާލެ ފުރަން..” ކާމިޔާބު ނުވާނެކަން އިނގޭތީ ނަވްޔާ ވާހަކަ ބަދަލުކޮށްލިއެވެ.”ނޫނޭ މިއަދު މީ ދާ ފަހު ދުވަސް.. މާދަމާ ނުދަން” ނުކްޝާން ކާގެއަށް ވަނެވެ.”އެހެން ދޯ..” ގޮނޑިއެއް ދަމާލައިގެން ނަވްޔާ އިށީނެވެ.”އާނ ދަނީ..” ސައިތަށި ދަމާލި ގޮތަށް ފެން ވެސް ނުބޮއި ނުކްޝާން ކާގެއިން ނިކުތެވެ.”ޕިސް ޕިސް.. ވަރެއްގެ ފިރިހެނެކޭ މީ..” ހެމުން ނަވްޔާ ނުކްޝާން ސައި ބުއި ޖޯޑު ދޮންނަން ފެށިއެވެ.

 

ޒާއިފް ޑިއުޓީއަށް ދިޔައިރު ވެސް ނީކިޔާ ނުނިކުންނާތީ ވީ ކީއްތޯ ބަލާލަން ނަވްޔާ އެ ކޮޓަރިއަށް ބޯ ދިއްކޮށްލިއެވެ. އޭރު ބްލެންކެޓް ދަށަށް ވަދެ ނީކިޔާ އޮތެވެ.”މަންޖޭ ބަލީތަ…” ނަވްޔާ ގޮވާލިއެވެ.”އާނ.. ބޮލެއްގަ ރިއްސާތީ… ތެދުވާއިރަށް އަނބުރައިގަންނަނީ…” ނީކިޔާ ދެލޯ މަރާލައިގެން އޮވެ ބުންޏެވެ.”ދާންއުޅޭ ދަތް އުނގުޅައިގެން އަންނަން.. މަ މި އަންނަނީ ބޭސް ހިފައިގެން..” ނީކިޔާ ފާޚާނާއަށް ފޮނުވާލާފައި ނަވްޔާ ބޭރަށް ނިކުތީ ޕެނަޑޯލް ގުޅައެއް ބަލައެވެ. ޕެނަޑޯލް ގުޅަ އާއި ފެންތައްޓެއް ހިފައިގެން ނަވްޔާ ކޮޓަރިއަށް ވަތް އިރު ނީކިޔާ އިނީ ލޯމަރައިގެން އެނދުގައި އިށީނދެއެވެ.”މިހާރު ކިހިނެއް ވަނީ.. އަން ބޭސް..ބޭސް ކައިގެން ތަންކޮޅެއް އޯކޭ ވެލީމަ ފެންވަރައިގެން އާދޭ ޑޮކްޓަރ އަށް ދައްކަން…” ނަވްޔާ ބުންޏެވެ.”ހްމްމް އޯކޭ..” ފަރުވާ ކުޑަ ގޮތަކަށް ބޭސް ގުޅަ ކައިލަމުން ނީކިޔާ އަލުން އެނދަށް ވެއްޓިގަތެވެ.

 

“ނުކް… އިނގޭތަ އާޒިމް މާލޭގަ އެބަ އުޅެއޯ..” ނުކްޝާން ސިހުނީ އިވުނު ވާހަކަ އަކުންނެވެ.”މޮޅޭ ފިލައިގެން ދާން ވެސް… ޝާހު އިރާދަކުރެއްވިޔާ މަ ވަރަށް އަވަހަށް މާލެ ގޮއްސަ އޭނަ ހޯދާނަން… މަ ބޭނުމީ މަ މިކަން ކުރަން..އެހެން މީހެއްގެ އަތުން ކުރުމަށްވުރެ ރަނގަޅު ވާނެ ކަންނޭނގެ..” ގޮނޑިއަށް ހަށިގަނޑު ދޫކޮށްލަމުން ނުކްޝާން ފުން ނޭވާއެއް ލިއެވެ.”ހްމްމް އެކަމް އޭނަ އެއުޅެނީ ރާއްޖެ އިން ބޭރަށް ފުރަންށޯ ކިޔާ ވާހަކަ ވެސް އަޑު އެހިން.. ވީހާ ވެސް އަވަސް ކުރޭ ނުކް.. ފުރާނެ އިރެއް ނޭނގެ..” ޝާހު ބުންޏެވެ.”ދެވޭތޯ ބަލާނަން..” ނުކްޝާން ގޮނޑިން ތެދުވިއެވެ.”ދެން ދަނީ އިނގޭ..އަދި ބައެއް މައްސަލަ އެބަ ހުރި ނުނިންމާ…” ނުކްޝާން އާއި ދިމަ ބަލާލަމުން ޝާހު ދިޔައެވެ.”އަނހަ ނުކް..ހާދަ އަވަހަކަށް.. ގެއަށް ދަނީތަ..” ފަހަތުން ހަމްނާގެ އަޑު އިވުމުން ނުކްޝާން ބަލާލިއެވެ.”ނޫނޭ އަދި ނުދަން.. މަސައްކަތް ދެން ގާތްގަނޑަކަށް ނިމިފަ އެހެރީ.. ކުޑަކޮށް ބޯ ހާސް ވާތީ މި އައީ..” ފޭކް ހިނިތުންވުމެއް ދެމުން ނުކްޝާން ދުރު ބަލާލިއެވެ.”އެހެންތަ..އަންނަން ވީނުން ކެންޓީނަށް..” ހަމްނާ އެދުނެވެ. މިއަދު ހެނދުނު ރަނގަޅަށް ސައި ނުބޯކަން ހަނދާން ވުމުން ނުކްޝާންއަށް ބަނޑުހައިކަން އިހުސާސް ވިއެވެ. އޯކޭއޭ ބުނެފައި ހަމްނާ ފަހަތުން ހިނގައިގަތެވެ.

 

އެދުވަހު ހަވީރު ނުކްޝާން ގެއަށް އައި އިރު ބޯ ހުރީ ގޮވާފައެވެ. މާލެ ދާންވާއިރަށް އާޒިމް ފުރާފިއްޔާ ހޯދަން ވަރަށް އުނދަގޫ ވާނެއެވެ. ނުކްޝާން ހިތަށް އަރަނީ މިހާރު މިވަގުތު ވެސް އާޒިމް ފުރައިފިއްޔާ ވާނެ ގޮތެކެވެ. ދަނީ ކޮން ގައުމަކަށް ކަން އިނގެނީކީ ނޫނެވެ.”އޭއި ހާދަ ދާ ހިއްލާފަ.. ކޮން ކަނޑެއް ގަނެފަ ތި އައީ..” ނަވްޔާ ދެބުމަ އަރުވާލިއެވެ.”ގަނޑެއް ނުގަންނަން.. އާޒިމް މާލޭގަ އުޅެއޯ މިއަދު ޝާހު ބުނީ.. މަ ބޭނުމެއް ނޫން އޭނައަށް ބައްޕަ ކިޔާކަށް ވެސް.. އެނަން ކިޔާ ވަރަށްވުރެ ނުލަފާ މީހެއް އެއީ..” ނުކްޝާން ބުންޏެވެ. ނަވްޔާ ވެސް ދެލޯ ބޮޑުވިއެވެ.”ޒާއިފް ކޮބާ.. މަ ބޭނުން ވާހަކަ ދައްކާލަން..” ގޭތެރެއަށް ވަންނަމުން ނުކްޝާން އެހިއެވެ. އެވަގުތު ނަވްޔާ ޒާއިފްއަށް ގޮވާލިއެވެ. ޔޫޝައު އާއި ހަމްނާ ވެސް ވަދުނީ އެވަގުތެވެ. ޔޫޝައުމެންނަށް

ހިނިތުންވުމެއް ދީފައި ޒާއިފް ކައިރިއަށް ގޮސް ނުކްޝާން ހުއްޓުނެވެ.”ނަވްގެ ދަތުރު އަވަސް ކޮށްލަން ވީނުން ޕްލީޒް..” މަޑު މަޑުން ނުކްޝާން އެދުނެވެ.”އެއީ؟؟” ހައިރާންކަން ވީ އަޑަކުން ޒާއިފް އެހިއެވެ.”އާޒިމްއޭ.. ދެން ދަނީ ފެންވަރަން..” ނުކްޝާން ކޮޓަރިއަށް ވަނެވެ.

 

“ހާދަ މީރޭ..” އިއްޔަ އެކޭ އެއްގޮތަށް މިއަދު ވެސް ޔޫޝައު ބުންޏެވެ.”ޔޫޝައު އެބުނީ ތެދެކޭ..” ހަމްނާ ވެސް ބުންޏެވެ.”މިއަދު ނީކް ބަލިކަމުން ޑޮކްޓަރ އަށް ދައްކަން ދިޔައީމަ ކެއްކީ ޔަމްހާއޭ..” ނަވްޔާ ހިނިގަނޑެއް ޖަހާލިއެވެ. ލާނެއް ހިނިތުންވުމެއް ވެރިވެފައިވާ ޔޫޝައުގެ ނަޒަރު ގޮސް ހުއްޓުނީ ބިރުން ވިރޭ ވަރުވެފައި އިން ޔަމްހާ އަށެވެ. ޔަމްހާ އެހެން އިންތަން ފެނުމުން ޔޫޝައު އިތުރަށް ބޮޑާވިއެވެ. ހުރިހާ ބާރެއް އޮތީ އަމިއްލަ އަތުގައޭ ހިތާއެވެ.”އެހެންތަ..” ފެންތަށި ބޯލަމުން ޔޫޝައު ބުންޏެވެ.”އާނ..” ނީކިޔާ ޔަމްހާ ކޮނޑުގައި ޖެހިލިއެވެ. ނުކްޝާން ކާން ނައުމުން ހަމްނާ ސުވާލުކުރިއެވެ.”އޭނަ ބުނީ ކެންޓީނުން ކައިގެންނޯ އައީ..” ޒާއިފް ބުންޏެވެ. ނަމަވެސް ޔަމްހާއަށް އެވީގޮތް ރަނގަޅަށް އިނގެއެވެ. އޭނަ ކެއްކި ކަން އިނގުނީމަ އެ އުޒުރު ދެއްކީއެވެ. ނީކިޔާ އާއި ނަވްޔާގެ އިތުރުން ޒާއިފް އަށް ވެސް އެކަން އިނގުނެވެ. ނޭނގެނީ ހަމަ އެކަނި ހަމްނާ އަށާއި ޔޫޝައު އަށެވެ.

 

ކާހިތް ކެނޑިފައި އިން ޔަމްހާ ޔޫޝައު އަށާއި ހަމްނާއަށް ޝުކުރު އަދާ ކޮށްފައި ކާގެއިން ނިކުތެވެ. އެވަގުތު ސޯފާގައި ދެލޯ މަރާލައިގެން އިން ނުކްޝާން ފެނި ޔަމްހާ ހުއްޓުން އެރިއެވެ. އެ ރީތި މޫނުގައި ވަނީ ވަރުބަލި ކަމެވެ. ދެތިން އިސްތަށިކޮޅު މޫނުމަތިން ލޯ ކައިރިއަށް ވެއްޓިފައި ވީ އިރު އެ ހަށިގަނޑު ވަނީ ސޯފާއަށް ދޫކޮށްލެވިފައެވެ. މީހަކު ބަލަން ހުރިހެން ހީވެގެން ނުކްޝާން ލޯ ހުޅުވާލިއެވެ. އެ ނޫކުލައިގެ ދެލޯ ފެނި ޔަމްހާ ރަނގަޅަށް ވެސް ޖެހިލުންވިއެވެ.”ކިހިނެއްވީ..” ޔޫޝައު އާއި ހަމްނާ ތިބިކަން ހަނދާން ހުރުމުން ކަންދައްކާ ގޮތަކަށް ނުކްޝާން އެހިއެވެ.”ކަމެއް ނުވޭ..” ޔަމްހާ ހިތް ހަމައަކަށް އަޅުވަމުން ކޮޓަރިއަށް ވަނެވެ. ނުކްޝާން ދެބުމަ ކައިރިކޮށްލަމުން ކާގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.”ކަލޭމެން ހާދަ ލަހޭ.. މަ ފޫހިވެއްޖެ..” ނުކްޝާން ބުންޏެވެ.”މި ޔޫޝައު އަށް ޔަމްގެ ކެއްކުން މީރުވެގެންނޭ… ހަމަ ކަނީ.. މީހާ ފަލަވެގަން ފަޅައިގެން ގޮސްދާނެ..” ނީކިޔާ ހޭންފެށިއެވެ.”ފަޅައިގެން ގޮއްސިއްޔާ ދެން ނުކެވޭނެނުން..” ޔޫޝައު ވެސް ނީކީޔާގެ ސަމާސާގައި ބައިވެރިވިއެވެ.”އެހެނެއް ނޫނޭ.. އަހަރެމެން މިއުޅެނީ ކުޑަ ދުވަސްކޮޅަކަށް މާލެ ޖައްސާލަން..” ޒާއިފް ބުންޏެވެ.

 

“އޭ ބްރޯ ތި ކަޑައޭ.. މި ކެއުން ވެސް ދެން ނުލިބޭނެ..” ޔޫޝައު ޗޮކެއް ކަނޑާލިއެވެ.”ކޮން އިރަކުންތަ އަންނާނީ ދެން..” ހަމްނާ އަހާލިއެވެ.”ނޭނގެ އަނެއްހެން ބުނާކަށް.. އެކަމް އަންނަމުން އަންގާލާނަން.. މިގޭ އެންމެން ދާތީ ދޯ އެހެންވެ.. ރަނގަޅަށް ޗުއްޓީ ނަގައިގެން މަޖާކޮށްލަން ޖެހޭނެދޯ ހެހެ..” ޒާއިފް ޔޫޝައުގެ ކޮނޑުގައި ޖަހާލިއެވެ. އެވަގުތު ޔަމްހާ ވެސް ދާނެކަން އިނގުމާއެކު ޔޫޝައު މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު އެރިއެވެ. ނަމަވެސް އެތާ ތިބި މީހުންނަށް ފާހަގަ ވާންވާއިރަށް ހިނިގަނޑެއް ޖަހާލާފައި ވާހަކަ ދައްކަން ފެށިއެވެ. ނުކްޝާން އާޒިމްގެ މަތިން ހަނދާން ވެގެން ހިނިތުންވެފައިހުރި މޫނު މަތި އެކަށްހެން ބަނަވިއެވެ. ޔަމްހާގެ ނަން އިވުމާއެކު މީހާ ރުޅިއައިސްގެން ކަންފަތުން ދުން ނިކުންނަ ވަރުވިއެވެ. އެ މަޖާ މާހައުލު ނުކްޝާންގެ މޫޑާއި ނުގުޅޭތީއާއެކީ އެކަނިވެލަން ބޭނުންވެފައި ހުރުމުން ޔަމްހާ އުޅޭނެކަން ހަނދާންނެތި ނުކްޝާންއަށް ވަދެވުނީ ކޮޓަރިއަށެވެ. އެވަގުތު ދޮރު ކުރިމަތީގައި ހުރި ޔަމްހާ ފެނި ނުކްޝާން ހިފަހައްޓައިގެން ހުރި ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

 

އަތްމުއްކެވިފައި ހުރި ނުކްޝާން ފެނިފައި ޔަމްހާ ލާންއުޅުނު ނޭވާ ކާރުތެރޭގައި ތާށިވިއެވެ.”ނު..ކް..ޝާން..” ޔަމްހާ އަވަސްވެފައިވާ ހިތަކާ އެކީ ގޮވާލެވުނެވެ.”މަށާ ވާހަކަ ނުދައްކާބަލަ މިހިރަ ނުލަފާ ގަނޑާ.. ކަލެއާ ހެދިއޭ އާޒިމް ފިލައިގެން ގޮސް އެއުޅެނީ… ދާން އުޅޭ.. ދާންއުޅޭށޭ!..” އަތުޖެހުނު ބިއްލޫރި ސެންޓް ފުޅި ނުކްޝާން ޔަމްހާއާއި ދިމާއަށް އެއްލިއެވެ. އެއާއި އެކީ ޔަމްހާގެ ވޭނީ ހަޅޭކުގެ އަޑު މުޅިތަނުގައި ގުގުމާލިއެވެ. ނުކްޝާންގެ ރުޅިގަނޑު ފިނިވީ އެހިސާބުންނެވެ. އޭރު ވާނުވާ ބެލުމަށް ކޮޓަރިތެރެއަށް އެންމެން ވަންނަމުން ދިޔައެވެ. ކިތަންމެ ރުޅި އަޔަސް އެއްވެސް މީހަކަށް އަނިޔާ ކުރާކަށް ނުކްޝާން ބޭނުމެއް ނޫނެވެ. ޔަމްހާ ކައިރިއަށް ތިރިވާން އުޅެފައި ނަވްޔާ އާއި ނީކިޔާ އަދި ހަމްނާގެ އިތުރުން ޒާއިފް ކަންބޮޑުވުމާއެކު ލޭމަނާ ކުރަން އުޅުންތަން ފެނި އެ ޚިޔާލު ދޫކޮށް ނުކްޝާން ކޮޓަރިން ބޭރަށް ނިކުތެވެ. ހައިރާންވެފައި ޔޫޝައު ހުރީ ނުކްޝާން ނިކުތްތަން ބަލަންށެވެ. އަމިއްލަ ފިރިމީހާ ހުއްޓައި އެހެން ބަޔަކާއެކީ އެހެން ފިރިހެނަކު ޔަމްހާއާއި މެދު ކަންބޮޑުވާންފެށި މަންޒަރު ފެނުމުންނެވެ. ދެވަނަ ސިކުންތުގައި މަކަރުވެރި ހިނިތުންވުމެއް ޔޫޝައުގެ މޫނުމަތީގައި ދުވެލީ ޔަމްހާ އާއި މެދު ނުކްޝާންގެ ހިތް އެހާ ސާފު ނޫންކަން ފަހުމްވުމުންނެވެ. ނުކްޝާން ޔަމްހާ އާއި މެދު އަޅާ ނުލަންޏާ އޭނަގެ ރޭވުން ކާމިޔާބުކުރަން ވަރަށް ފަސޭހަވެ އަވަސް ވާނެކަން އިނގުމުންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ގާތުގާވުމަށް ހިތް އެދެނީ (ފަހުބައި)

Next

ވަފާތެރިވުމުން ބޭވަފާތެރިވަނީހޭ (ޕާރޓް 2)

Next
September 23, 2021

ވަފާތެރިވުމުން ބޭވަފާތެރިވަނީހޭ (ޕާރޓް 2)

Previews
September 23, 2021

ގާތުގާވުމަށް ހިތް އެދެނީ (ފަހުބައި)

One Comment

  1. Eevss says:
    September 25, 2021 at 9:40 am

    when next part?..curiously waiting for the next part.?.nukshaan haadha goahey?

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 16←


All Right Reserved!