Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ވަކިވީ ލޯބިން

myra_26 Level 1
September 27, 2021 3 Mins Read
0 Comments

ރޭނގަޑުގެ ވަގުތުގައި ބޯކޮށް ވާރޭ އޮހެމުން ދާއިރު ޒީދާންގެ އަތުގައި ވަނީ ޒާހީގެ ސިޓީއެވެ. އަދި އެ ސިޓީ ކިޔާކަށް ނުކެރި ހުރެ ސިޓީ ހުޅުވާލަމުން އޭގައި ލިޔެފައި އިން ސިޓީ ކިޔާލިއެވެ.

ލޯބިވާ ޒީދާންއެވެ. އަހަރެން ވަރަށް ހިތްވަރުކޮށްލައިގެން މިސިޓީ މިލިޔަނީ އަހަރެންގެ އިހުސާސްތައް ބަޔާންކުރަންށެވެ. ޒީދާންއަށް ހަނދާން ވޭހެއްޔެވެ؟ ނޫނީ އިނގޭހެއްޔެވެ؟ އަހަރެން ޒީދާން ދެކެ ވީ ހަޤީޤީ ލޯތްބެވެ. އަހަރުމެން ދެމީހުން ކުޑައިރުއްސުރެއް ބޮޑުވެ އެކުގައި ސްކޫލަށް ގޮސް ޔުނިވަރސިޓީއަށް ދާން ޖެހުނީ ވަކިންނެވެ. އަހަރުމެން ދެމީހުން ކިޔަވަން ޖެހޭ ދާއިރާގެ ސަބަަބުންނެވެ. އަހަންނަށް ޒީދާން ދެކެ ލޯބި ވެވުނީ ކޮންއިރަކު، ކިހިނެއް ކަމެއް ބަޔާން ކޮށްދޭން ނޭނގެއެވެ. އެކަމު ޒީދާން އާއި ނުލައި އަހަންނަށް ނޫޅެވޭނެކަންވެސް އިނގުނީ ދެމީހުން ދެތަނަށް ދާން ޖެހުނީމައެވެ. މަޑުމަޑުން އަހަންނަށް ޒީދާންގެ އުޅުމަށް ބަދަލު އަންނަކަން ފާހަގަ ވިއެވެ. ކުރީއާ ތަފާތު މިހާރު ޒީދާން އަހަންނާއެކީ ހޭދަކުރާ ވަގުތު ކުޑައެވެ. އަދި އަހަންނާއެކީ ފޯނުން ވާހަކަ ދައްކާ މެސެޖްކުރާ ވަގުތު ކުޑައެވެ. އަހަރެން ޒީދާންއާ ބައްދަލުކޮށްލަން ޔުނިވަރސިޓީއަށް ދިޔަޔަސް ޒީދާން ހުންނަނީ ރުޅި މޫނު ހަނދާފައެވެ. އެހެންކަމުން މިދިޔަ ރޯދަމަހު އަހަރުމެން އާއިލާއިން ބައްދަލުވި އިރު ޒީދާންއަށް ވީގޮތް އެހުމުން ޒީދާން އަހަރެންނާ ދިމާއަށް ހަޅޭއްލަވާފައި ގެއިން ނިކުމެގެން ދިޔައިރު އަހަރެންގެ ދެލޯ ކަރުނަފުރިގެން ރޮވުނެވެ. އަހަރެން އޭގެފަހުން ޒީދާން އާ ވާހަކައެއް ނުދައްކަމެވެ. ދެން އެންމެ ފަހުން އަހަރެން ބަލިވެގެން ޑޮކްޓަރަށް ދެއްކިއިރު ޑޮކްޓަރު ބުނީ އަހަރެން ލާސްޓް ސްޓޭޖް ކެންސަރު ބަލި ހުންނަ ކަމެވެ. އެކަމާ އަހަރެންގެ މައިންބަފައިން ދެރަވެގެން ރޮވުނެވެ. އަދި އަހަރެންނަށް ދުނިޔޭގަ އުޅެވޭނީ 6 މަސް ކަމަށް ބުންޏެވެ. އެދުވަހު އަހަރެން ޒީދާންއާ ގުޅީމެވެ. އޭރު ފޯނު ނެގީ އަންހެން ކުއްޖެކެވެ؟ އެކުއްޖާގެ އަޑުއިވުމުން އަހަރެން ފޯނު ބޭއްވީމެވެ. އަހަންނަށް ހަނދާންވީ ޒީދާން އަހަރެން ދެކެ ރުޅިއައިސްގެން ވާހަކަ ނުދައްކާ މަތިންނެވެ. އަހަންނަށް އެރޭ އަމިއްލަ ކޮޓަރީގައި ގިސްލަ ގިސްލާ ރޮވުނެވެ. އަހަންނަށް ޒީދާންއާއި ދިމާވަނީ ދެން އެއް މަސް ފަހުއެވެ. އޭރު ފަހަތުގައި އިން އަންހެންކުއްޖާ އަހަންނަށް ގޮވާލިއެވެ. އެއީ ޒާރާްއެވެ. އަހަރުމެންނާ އެކީ އެއް ކްލާހެއްގައި ކިޔަވަމުން ދިޔަ އަދި އަހަންނަށް އަނިޔާކޮށް ދިމާކޮށް ހެދި ކުއްޖެއެވެ. ޒާރާ އަހަރެން ޒީދާންއާއެކީ އުޅޭތީ އަހަރެންނަށް ނަފުރަތު ކުރަނީއެވެ. ޒީދާން އޭރު ޒާރާ އަހަންނަށް ކުރާ ގޯނާތައް ނޭނގޭނެއެވެ. ޢެވަގުތު އަހަރެން ސިއްސައިގެން ދިޔައީ ޒާރާ އަހަރެން ކޮނޑުމަތީ އަތް ޖަހާލީމައެވެ. ޒާރާ އަހަންނާ ދިމާއަށް މަލާމަތް ރާގަކަށް ވާހަކަ ދެއްކި އިރުވެސް ޒީދާން އަހަންނާ ވާހަކައެއް ނުދައްކަމެއް ނޫންހެެއްޔެެވެ؟ އެވަގުތު ޒީދާން އަހަންނަށް ފުރަގަސް ދިން އިރު ޒާރާ އަހަރެން ގައިގައި ކޮށްޕާލާއި ވައްޓާލިއެވެ. އަދި ޒާރާ އަމިއްލައަށް ވެސް ވެއްޓުނީއެވެ. އެވަގުތު ޒީދާން ބެލީ ޒާރާއަށް އަނިޔާވިތޯއެވެ. އަހަރެންނަށް އަނިޔާވިތޯ އަހާލުމެއްނެތި އަހަންނާ ދިމާއަށް ހަޅޭއްލެވީ ހެއްޔެވެ؟ އަހަރެން އެތާ ބިންމަތީގައި ދޫކޮށްލާފައި ދިޔައިރު އަހަންނަށް އެޅި ވޭން އިނގޭހެއްޔެވެ؟ ޒާރާ އަހަންނާއެކީ އެއް ޔުނިވާރސިޓީގައި ކިޔަވާ މީހެއްކަމުން އަހަންނަށް ޒާރާ އެކި އެކި ފިރިހެނުންނާއެކީ އުޅޭތަން ފެނެއެވެ. އެވާހަކަ ޒީދާން ކައިރި ނުބުނަން ހުރެފަ ބުނި ދުވަހުވެސް އަހަރެން ކޯތާފަތްމަތީގައި އެޅިއެވެ. އޭރު އަހަންނަށް ކުރެވުނު އިހުސާސްވެސް ނޭނގުނެވެ. އެވަގުތު އަހަރެން ޒީދާންއަށް އަހަރެެން ޒީދާން ދެކެ ވާ ލޯބްބާއި އަހަރެން ކެންސަރު ބަލިޖެހިގެން އުޅޭ ވާހަކަ ބުނުމުން ޒީދާންގާތަށް އައި ހިނިއައުމުން އަހަންނަށް ސިހުނެވެ. ޒީދާން އަށް އަހަރެންގެ އިހުސާސްތައް އިނގޭކަމަށް ބުނެފައި ޒީދާން އަހަރެންނަށް ކުރަނީ ނަފުރަތު ކަމަށް ބުންޏެވެ؟ ސްކޫލް އިރު އަހަންނާއެކީ އުޅުނީ ޒީދާން މައިންބަފައިން އަހަރެންގެ މައިންބަފައިންނާއި އޮންނަ ގާތްގުޅުމާއި އަދި އަހަރެން ޒީދާންކައިރި އަހަންނަށް ނަފުރަތު ކުރަނީ ކޮންކަމަކާ ކަން އެހީމަ ޒީދާން އަހަންނަށް ދިން ޖަވާބަށް ސިހުނެވެ. ޒީދާން އަހަރެންނަށް ނަފުރަތު ތިކުރަނީ ކުރިން އަހަރެން ޒީދާންގެ ލޯތްބަށް ސްކޫލްއިރު އިންކާރު ކުރީމަހެއްޔެވެ؟ އަދި އަހަރެން ގަބޫލުކުރަމެވެ. އަހަރެންނަށް ޒީދާން ދެކެ ލޯބިވެވުނުކަން އިހްސާސް ވީވެސް ވަރަށް ފަހުންނެވެ. އަހަންނަށް މިލިބުނީ ހާދަ ބޮޑު ބަދުނަސީބެވެ. އަހަރެން އެންމެ ގާތް އެކުވެރިޔާ އަހަރެންނަށް ނަފުރަތު ކުރެއެވެ. އަދި ހަނދާން އެބަހުރި ހެެއްޔެވެ؟ އަހަރެން އެދުވަހު ބުނީމެވެ. ޒީދާންއަށް އަދި ޒާރާގެ އަސްލު ސިފަ ފެންނާނެއެވެ. މަސް ވެތުވެދިޔަ އިރު 5 ވަނަ މަހަށް އެޅުންތަނާ ޒީދާންއަށް ޒާރާގެ އަސްލު އިނގުނުކަން ވެސް އަހަންނަށް އިނގެއެވެ. އޭރު އަހަރެން ޒީދާން ކައިރި މައްސަލަސްކުރުމަށް ނުހުރެވުނީތީ ދެރަވަމެވެ. އަހަރެން އޭރު އޮތީ އިންޑިޔާ ހޮސްޕިޓަލުގައި ބަލި އެނދުގައި އޮތީމެވެ. އަހަރެން އޭރު ޒީދާންއަށް މެސެޖްކޮށް ހެދީ ފޭސްބުކުން ނުޙާގެ ނަމުގައެވެ. ނުހާގެ ނަމުގައި ރައްޓެއްސެއްގޮތުގައި ވާހަކަ ދައްކާ ކުރީގެ އަހަރެންނަށް ގާތް ރަހުމަތްތެރިޔާ ޒީދާންއަށް ބަދަލުކުރީމެވެ. އެންމެފަހުން އަހަންނަށް ސިހުނީ ޒީދާން އަހަރެން ކައިރި އަދިވެސް ޒާހީދެކެ ލޯބިވާކަން ބުނުމުންނެވެ. އަދި އަހަންރެންނަށް ރޮވުނެވެ. އަހަރެން ދުނިޔޭގައި އުޅެން ދެން އޮތީ އެންމެ ކުޑަ ދުވަސްކޮޅެކެވެ. އަހަރެން އޭރު ޒީދާން ކުރި ކަންތައްތައް އަހަރެން މަޢާފުކުރީމެވެ. އަހަރެންގެ މިސިޓީ ޒީދާންއަށް ލިބޭއިރު އަހަރެންވާނީ މިދުނިޔެއިން އަލްވަދާއު ކިޔާފައެވެ. ޒީދާން، އަހަރެން ޒީދާންއަށް މުޅި އުމުރުގައި ލޯބިވާނަމެވެ. ދެރަނުވާށެވެ. އަހަރެން އަބަދުގައި ޒީދާންގެ ހިތުގައި ވާނަމެވެ.

ޒީދާން ޒާހީގެ ސިޓީ ކިޔައި ނިމުނުއިރު ދެލޮލުން ކަރުނައިން ފުރިގެން އޮހެނީއެވެ. ޒާހީގެ ފޮޓޯއަށް ބަލާފަ، ޒީދާންއަށް ހަމަ ގިސްލަ ގިސްލާފަ ރޮވުނެވެ.

Share Article

Follow Me Written By

myra_26

Level 1

Broadmind, free easy lifestyle. love to read and write

Other Articles

Previous

ޔާރު ނުބުނޭ ތިހެން … (13)

Next

ވާ ލޯބި އެނގޭނަމަ-4

Next
September 27, 2021

ވާ ލޯބި އެނގޭނަމަ-4

Previews
September 27, 2021

ޔާރު ނުބުނޭ ތިހެން … (13)



All Right Reserved!