Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންމަޖާ

ކޮމެޑީ ލޭންޑް 18

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
September 19, 2021 9 Mins Read
3 Comments

 

ލިޔަމް – (ނަޔާ އާއި ރީޝާ ކޮއްޕާލަމުން) “އަހޫ… ހިނގާބަ ދުއްވާލަން  ދާން ލޯބީ… ސައިކެއް ވެސް ހުންނާނެ ރެޑީ ކޮއްފަ މިރޭ ދުއްވާލަން ދާން”

އަހުޝަމް – “ހިނގާ ދާން ދޯ ލޯބީ.. މި ބައްޗި ތައް މިތާ ޒުވާބު ކުރަން ބައިތިއްބާފަ”

 

********

 

ރީޝާ – “އަރޭ ވާހްހްހް އަހަރުމެން މީ ކަލޭމެންގެ ދަރިންތަ؟ ބައްޗި ތަކޯ..”

ނަޔާ – “މަށަށް ހީވަނީ އިނދެގެން އެންމެ ގިނައިން ދަރިން ވެސް ހޯދާނީ މި ދެމީހުން ހެން …”

އަހުޝަމް – “މަ ބަލާނަމޭ މަންޖެ މެން މީހުންނާ އިނދެގެން ކިހާ ވަރެއް ހަމަ ކުރޭ ތޯ؟”

ރީޝާ – “އައްތޭ… އަހަރުން ނޫޅެން ކަލޭމެން ހޯދާ ހެން ހަތް ދަރިން ހަ ދަރިން ހޯދާ ކަށް… އެހެން ނޫނަސް މަ ނުޖެހޭނެ ވިހާ ކަށްވެސް… މަ މީ ސިންގަލް މަދާ އެކޭ… ޕިސް ޕްރީޝާ ކުރާނާ…. ރީޝާ ކޮރޯނާ… ވިތް އައުޓް މެރިއޭޖް…”

އަހުޝަމް – “ލާ……… ރީސާޓު މަންޖެ…..”

ނަޔާ – “އޭ ބަލަ އެބުނީ ސެންޓްރަލް ހޮސްޕިޓަލަށް ވިހާ ވާހަކަ އެއް ނޫނޭ… އެބުނީ އޭނަ ބަލާނީ އެހެން މީހެއްގެ ދަރިއެކޯ މަންމަ އަކަށް ވެގެން… އަދި މި އަންހެނާ ވެސް އަނގަ ބޮޑުވެގެން ދައްކާ މުޑުދާރު ވާހަކަ”

ރީޝާ – “އަޅެ މަ ބުނީ މަ ބަލާނީ މަގޭ ދޮންތަގެ ދަރިއޭ…. މަހިމާގެ ދަރި”

ލިޔަމް – “ކޮން މަހުމަލެއް ދިއްގާމަލެއް ކިޔާކަށްތަ…. އަހޫ އެމީހުން އެ އުޅެނީ އަހަރުމެން އެކަނި ވިޔަ ނުދޭން ވެގެން… (އަހުޝަމްގެ އަތުގައި ހިފައި ދަމައިގަންނަމުން) ހިނގާ ދާން.. މަ މި ދަނީ ސައިކު ބަލައި”

ނަޔާ – “ބަލަ  ސައިކު ތީ މިހާރު މާ އޯލްޑް ފެށަން އެކޭ މިހިރަ ގަމާރާ… މިހާރު މީހުން ބިޓު ގޮވައިގެން ދުއްވާލަން ދާނީ ސަބްމެރީން ގައޭ… އެހެންނޫނީ ފްލައިޓެއްގައޭ”

ރީޝާ – “ޑޭޓަކަށް ވެސް ސައިކުގަ ތަ ދަނީ؟؟؟ ބަލަ މިހިރަ ގަޅި ޔާ މިހާރު ޑޭޓަށް ދާނީ ޖެޓު ގަޔޭ”

އަހުޝަމް – “އޭ ބަލަ މިހިރަ ގަމާރާ… ކޮޔާ އަހަރުން ކުރާ ކަންތަކާ ނުބެހި ހުރެބަލަ ދޯ ޔަމް”

ލިޔަމް – “ސަބްމެރީން އެއްގައި އެއްވެސް ނޫން ދާނީ ކީ… ބީޗަށް ގޮސް ސަބްމެރީން ކައިގެން އަންނާނީ ދޯ އަހޫ ލޯބީ..”

ރީޝާ – “އޭ ބަލަ މިހިރަ ބުރާންޗާ… މަ ބުނެފިންތަ ތި ދަނީ އިންޑިއާ އަށޭ؟؟ މަ މި ކިޔަނީ ބީޗަށް ދިޔަޔަސް ކޯޓަށް ދިޔަޔަސް މާ ރީއްޗަށް ތިރި ފެންނާނޭ ޖެޓުގަ ދިޔައީމަ …”

އަހުޝަމް – “އޭ މިހިރަ ހަންޑީ.. މަގޭ ދެލޯ މީ ކާއްޓެއް ނޫނޭ ސައިކުގަ ދާއިރު ތިރި ނުފެންނާކަށް..”

ލިޔަމް – “ބިންމަތީގަ ޖަވާހިރު ހުރިތޯ ބަލާ ކަށް ނޫނޭ މިއުޅެނީ ކީ… މިއުޅެނީ ޑޭޓަކަށް ދާށޭ ދޯ އަހޫ..”

ރީޝާ – “އޯ ތަކުރުފާނު އިބުނު އައްޞައްޔިދު… މަ ނުބުނަން ތީނަ ލޯ ތީ ކާއްޓެކޭ … މަ ބުނީ ތީނަ ލޯ ތީ ބުމަރެކޭ…”

އަހުޝަމް – “މަ ބުނީ މަންޖެ އިސްތަށިގަނޑު ހީވަނީ ކިފުޅި ގަނޑެއް ހެނޭ…”

ރިއާޝް – “ވޯހޮއްހޯ…. ތީނަ އެއީ ލޯބިވެރިން ލޯބިވެރިންނާ ދިމާއަށް ކިޔާ އެއްޗެއް… ތި ނޫން އެއްޗެއް ކިޔާ…”

ލިޔަމް – “ލޯބީ… ހާދަ ރުޅިއައީ ތި… ހިނގާ މިތަނުން ދާން މި މީހުންގެ އުނދަގޫ ނުޖެހެނީސް…”

އަހުޝަމް – “ދޯ ލަވް ހިނގާ ދާން…. ރީސާ މަންޖެ ކަތިލާނަން… ހަނދާން ކުރާތި”

ލަމްހާ – (ރީޝާގެ ދެލޯ ބޮޑުވި ތަން ފެނި ހިނިގަނޑު ނުހިފެހެއްޓުމުން) “އަހުސަމޫ…. ހާދަ ވަރުގަދަ އިންޒާރެއް ތި ދިނީ ރީޝް އަށް..”

ރިއާޝް – “އޭ އޭ އޭ މިހާރު މާ މައްޗައް ތި ދަނީ… ދެ މީހުންގެ ބިޓުން ނަށް ގޮވާ ދެމީހުން ބަލައި އަންނަން… ނަޔާ ގުޅާބަލަ ދޮންބެ އަށް ރީޝް ބަލައި އަންނަން…”

ލިޔަމް – “އަހަރުން ބިޓު ގޮވައިގެން ދާން މި ދަނީ… މި ރީސާ ގެންދަން އާދެބަލަ ރިޔާސް…”

ނަޔާ – “ރީޝް ދޫނި ތިއްތިކޮށް ހުރޭ.. ޔާޝް ދޮންބެ އަންނާނެ އިރު ކޮޅަކުން…”

ރިޔާޝް – (ދުވަމުން ދުވަމުން އައިސް ސުޓޫޑިއޯ ތެރެއަށް ވަންނަމުން) “ރީޝޫ ބޭބީ…. އައިމް ސޯ ސޮރީ ލަވް… ލަވް މުޅިން ދެރަ ކޮއްލައިފި ދޯ؟؟؟..އާދޭ ޔާޝް ކިސް އެއް ދޭނަން…”

ރީޝާ – (ރިޔާޝް ކައިރިއަށް ގޮސް ރިޔާޝްގެ މުލައްދަނޑީގައި ހިފަމުން) “ޔާޝްޝްޝް…. ބަލާ މިހިރަ ކުއްޖެއް… ރީޝް ކަތިލާނަމޯ…. ކައްޗެއް ނުލެވޭނެ ދޯ ޔާޝް ހުއްޓަކާ… ޔާޝް ކީއްވެ މިއަދު ރީޝް ކައިރިއަށް ނައީ… (ރިޔާޝް އަށް ބޮސް ދޭން ކޯ ދިއްކޮއްލަމުން) އަން މި އޮތީ ކޯ… އަވަހަށް ކިސް އެއް ދީ…”

ރިޔާޝް – (ރީޝާގެ ކޮލަށް ބޮސް ދޭ ކަމަށް ހަދަމުން) “އުންންންންމަ… އައިމް ސޯ ސޮރީ އިނގޭ ލަވް”

ލިޔަމް – (ލޯ މަތީ އަތް އަޅަމުން) “އައްދޭ…. މިތާ ތަ ކިސް ކުރަނީ ވެސް؟؟”

ރީޝާ – “އާން އަހަރުން ސިއްރުން ކަންކަމެއް ނުކުރާނެ ދޯ ޔާޝް… ދެން ޖޭ ނުވެ ދޭ ބަލަ އަހުޗަމަށް ކިސް ކުރަން”

ރިއާޝް – “އެހެމް އެހެމް… ހައު ރޮމޭންޓިކް… ހުރިހާ ބޭފުޅުން ވެސް ލޯ މަތީ އަތް އެޅުއްވުން އެދެން”

ރިހުލާ – “ލައްބަ ލައްބަ ރިއްލު ވެސް މިހުރީ އަޅައިގެން”

ނަޔާ – “ކޮބާ ރީސާ މިހާރު ނިމިއްޖެތަ؟”

ރިޔާޝް – (ރީޝާގެ ގައިގައި ފަހަތުން ބައްދާލަމުން) “ނޫނޭ ނުނިމޭ… އަދި މަޑުކުރޭ”

ރީޝާ – (އެދެމީހުންގެ ދޭ ތެރޭ އެކަހަލަ އެއްވެސް ގުޅުމެއް އަދި ނުވާތީ، ރިޔާޝް ބައްދާލުމުން ސިހިފައި) “ރިޔާޝްޝް.. ވަޓް އިޒް ދިސް… ދެން ދޫ ކޮށްބަ..”

ރިޔާޝް – (ރީޝާ އަދި އޭނާ އަށް އާނ އެކޭ ބުނެފައި ނުވާކަން ހަނދާން ވުމުން ދެރަވެފައި ހުރެ) “އޫޕްސް.. ސޮރީ… އައި ޑިޑިންޓް މީން އިޓް”

ރީޝާ – (އަދި އެއްފަހަރު ރިޔާޝް ބައްދާލާނެ ކަމަށް ހިތުން ދުޢާ ކުރަމުން) “އިޓްސް އޯކޭ…”

އަހުޝަމް – “ޕިސް ޕިސް މިއޮއް ކަމެއް… ޔަމްމްމް… މަ ވެސް ބޭނުން ވެއްޖެ ކިސް އެއް”

ރީޝާ – “އޭ ލިޔާމު ބިޓު ގޮއްޔަ އެއޮއް ގޮވަނީ ކިސް އެއް ދޭށޯ….. އަހަރުން އަސްލު މިހެން ކިޔަކަސް އަސްލު ކިސް އެއް ނުދެޔޭ ދޯ ޔާޝް”

ރިޔާޝް – “ހޫންންންން އަހަރުން މިހެން ކިޔަކަސް އެކްޓެކޭ ކޮއްލީ ދޯ”

ނަޔާ – “އާން ތީ ބޮލީވުޑްގެ އެންމެ މަޝްހޫރު ދެ ތަރިން ވިއްޔާ…”

ލިޔަމް – “ދެން އަހަރެމެންނަށް އިނގޭ ތަ އެކްޓު ކުރިޔަސް… މަ ދޭނީ އަހޫ އަށް ފިލައިން ކިސް އެކޭ… އަވަހަށް ހިފާ އަހޫ ލޯބި”

 

**********

ރިއާޝް – (އެރޭ ސުޓޫޑިއޯ އަށް އައިސް އޭނާގެ ގޮނޑީގައި އިށީނދެ އިންސްޓަ ގްރާމް އަށް ޝޯވ ލައިވް ކޮއްލަމުން) “އެހެމް އެހެމް އެހެ އެހެ އެޚޭމްމްމްމް  އާދެ ލިޔަމް އަރީޝް އިމްކޮ އަދި ނަޔާ އަށް މަރުޙަބާ… އާދެ މިރޭ މީ އަޅުގަނޑުމެންގެ ކޮމެޑީ ލޭންޑް އަށް އިތުރުވާން ތިބި ހަތަރު ބޭފުޅުންގެ ތެރެއިން ނެގުނު އިންޓަވިއު އިން ފާސްވެ ރަސްމީ ގޮތުން މި ހަތަރު ބޭފުޅުން ލޭންޑާއި ގުޅޭ ރޭ…. އާދެ މިއަދު އަޅުގަނޑު ސަލާމެއް ނުގޮވާނަން… ފަށާނީ ބިސްމިނުން… ބިސްމިﷲ… ”

ރީޝާ -” އާދެ އަލްފާޟިލް އަލް އުސްތާޒް އަލް ޤާރީ ތުއްތު މަނިކު ބޭ ޝޯވ އަށް ވަޑައިންނަވައިފި… ބޭބެ ކިހިނެއްތޯ ހާލު ”

ލިޔަމް -” ތެންކްޔޫ އާޝް ”

ނަޔާ -” އާދެ އާދެ ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ ތޯ… ބައްލަވާ އަޅުގަނޑުގެ ސުވާލެއް އެބަ އޮތް… އާޝް ބްރޯ ކޮންއިރަކުންތޯ އަޅުގަނޑަށް ފަހަރި އެއް ހޯދަ ދޭނީ… ”

ރިއާޝް – (އޭނާ އަށް އެއްޗެކޭ ބުނާނެ ފުރުސަތެއް ލިބުމުން ހުރިހާ އެންމެނަށް ޖަވާބު ދެމުން)” ލިޔަމް ބްރޯ ވެލްކަމް… ނަޔާ އަށް ދޯ؟؟؟ ހުރޭ އަދި ހޯދާނަން… އޭ ރީސާ….. އެހެންތަ؟ ހާލު ކިހިނެއްހޭ؟؟ އަދި ވެސް މަގޭ ހާލު ތަ އަހަނީ؟؟ ކޮޔާ ބިޓު ހާލު އަހާބަލަ… ރުޅި އައިސް ރަތުގަ އެ ހުންނަނީ… ޕިސް ޕިސް ޕިސް ޕިސް…. ހާދަ ޑިމާންޑު ބޮޑޭ ދޯ؟. ؟”

ލިޔަމް – “އޭ އާޝް…. މި ރީޝް ގެންގުޅޭ މިހާރު ވަގު ބިޓެއް… ވަރަށް ސިއްރުން ގެންގުޅެނީ… މިއަދު ހަވީރު ފެނުން ބުރު ޖަހަނިކޮށް…”

ރިއާޝް – “އާން އޭ…. މި ދޮންބެ ހުރީ ރުޅިއައިސް ރަތުގަ އޭ… ގޭގަ ހުރިއްޔާ ހުރި އެއްޗެއް ތަޅާ ސުންނާފަތި ކުރެޔޭ އެބަ..”

ލިޔަމް – “ރީޝް ދެން ވެސް ވަގު ބިޓުން ނުގެންގުޅެބަލަ… މީހަކު ރީޝް އާ ހެދި މޮޔަ ވާއިރުވެސް ވެސް މީނަ މިއުޅެނީ ވަގު ބިޓުން ގޮވައިގެން..”

ޒާނާ – “އޭ ލިޔަމޫ އެއީ ވަގު ބިޓެއް ނުގެންގުޅެއޭ ރީޝް އެއް…”

ރީޝާ – “ދޯ ޒާނު.. މަ ކޮންއިރަކު ތަ ވަގު ބިޓުން ގެންގުޅުނީ…”

ލިޔަމް – “ހޫމް ތިކަން ވާ އިނގެއޭ… ގައިމު މިއަދު ހަވީރު ދިޔަ ބިޓަކާ އެކީ ޖެޓު ބުރު ޖަހަން…”

ލަމްހާ – “އޭ ލިޔަމް ހާދަ ގަދަ ވެއްޖޭ ދޯ؟؟؟؟…. ކޮން އިރަކު ކާކާ އެކީ ރީޝް ފެނިގެންތަ ތިއުޅެނީ؟…”

ލިޔަމް – “ހޫންންން މިއަދު ދިޔަ އަރީޝް އާ އެކީ ސައިކު ދުއްވަން… ޝިފް އަށް ވެސް ފެންނާނެ…”

ރީޝާ – “އޭ ލިޔާމޫ……….. ރީޝް ނުދަން އިނގޭ އަރީޝް އާ އެކީ ފިނި ބުރު ޖަހާކަށް…. އޯކޭ؟؟؟.. ޔޫ އަންޑަސްޓޭންޑް؟؟…”

ލިޔަމް – “އެކަމް މަށަށް މިއަދު ފެނުނު ރީޝް އަރީޝް ސައިކު ފަހަތުގައި އިންދާ…”

އަރީޝް – “ހޫމްމްމް ވަރަށް ވަރަށް މަޖާ ދޯ ރީޝޫ…. ރެސްޓޯރެންޓަށް ވެސް ދިޔައިން ދޯ؟….ލިޔަމް ޖޭ ވަނީ؟؟”

ރިޔާޝް – (ސުޓޫޑިއޯ ތެރެއަށް ވަން ތަނާ އަރީޝް އެހެން ބުނި އަޑު އިވުމުން) “އޭ އަދި މީ ކާކު ތަ؟؟؟….ނުވާނެ އެހެންނެއް… މަގޭ ލޯބި ރީޝް ނުގެންގުޅޭނެ ވަގު ބިޓެއް… ”

އަރީޝް -” ރިޔާޝް މަ މީ ހިއުމަން އެކޭ…އެންޑް ސޯ ސޮރީ އަސްލު ނުދަން… ޑޯންޓް ނޯ ޝީޒް ޔުއާސް… ބަޓް ނައު އައި ނޯވ… އިވެން އައި ޑޯންޓް ލައިކް ދެޓް.. ރީޝް އިޒް އޮންލީ މައި ފްރެންޑް… ކޮންގްރެޓުލޭޝަންސް ރިޔާޝް ބްރޯ އެންޑް ރީޝް… ”

ރިޔާޝް -” އަޅޭ އަރީޝް އެއީ މަޖަލޭ… ރިޔާޝްގެ ކުއްޖެއް ނޫނޭ ރީޝް އަކީ ވެސް… (ހިތާ ދެކޮޅަށް ވާހަކަ ދެއްކުމުން ހިންދިރުވާލަމުން) އެއީ ވެސް މަޖަލަށް ކިޔާ އެއްޗެކޭ… ”

ރީޝާ – (ރިޔާޝް ވާހަކަ ދެއްކި ގޮތުން އޭނާ އަކީ ރިޔާޝް އަށް މުހިންމު މީހެއް ނޫން ކަން އެނގުމުން މޫނު މަތިން ދެރަވި ކަން ފޮރުވަމުން)” ޔާ އެއީ މަޖަލަށް މި މީހުން ވެސް ކިޔާތީ ރީޝް މެން ވެސް ވެގެން އުޅެނީ… ރީޝް ނުވޭ އެއްވެސް ކުއްޖެއް ދެކެ ލައިކް އެއް… ”

އަރީޝް -” ހެހެ ރިޔާޝް ދޮންބެ އައި ޑޯންޓް މައިންޑް ދެޓް… އައި ނޯ ޝިފް ހުރިހާ ވާހަކައެއް ކިޔައިދިން… އެއީ ވެސް އަރީޝް މަޖަލަކަށް ބުނި އެއްޗެކޭ… ވަންސް އެގެއިން ކޮންގްރާ ލަވްލީ ރިޔާސޫ ދޮންބޭ….. ”

ރިޔާޝް -” ހެހެ… އެހެ… ބުނި ގޮތުން ހީވަނީ ވަރަށް ސީރިއަސް ހެން ވިއްޔަ… ”

ނަޔާ – (ފިލްމީ ގޮތަކަށް)” ގޯޑްޑްޑް… އައިމް ސްޓާޓިން ޓު ގެޓް ޖެލަސް ނައު… ސްޓިލް ނޯ ވަން ކޮންފެސްޑް ޓު މީ… ދެން ފަހަތުން އެއުޅޭ ސޮރު އެބަ އުޅޭ ފޫ ބުޑުން ނެއްޓެން ނޭނގިގެން.. ”

ރީޝާ -” މަށަށް އެގޮލާ ހަވާލު ކޮށް ބަލަ… ހަމަ ނޮޅާ ލާނީ… ”

ލިޔަމް -” މަގޭ އަތަށް ދީބަލަ… ހަމަ ދެފަޅި ކޮށްލާނީ.. ”

ރިއާޝް -” މަގޭ އަތަށް ދީބަލަ.. ހަމަ ބުރިން ހަން ދަމާލާނީ… ”

އަހުޝަމް -” މަގޭ އަތަށް ދީބަލަ… ހަމަ ގަމީސް ބާލުވާނީ… ”

އަރީޝް -” މަގޭ އަތަށް ދީބަލަ… ހަމަ ހުރި ގޮތަށް ޖަލަށް ލާނީ… ”

ނަޔާ -” ކަލޭ މެން ހަތަރު މީހުން ވެގެން ތި ހުރިހާ ކަމެއް ވެސް ކޮށް ބަލަ.. މަށަށް ވަރިހަމަ… ”

 

********

ޝިފާ – (ހުރިހާ އެންމެން އެކި ވާހަކައިގައި ތިއްބާ ރީޝާ ނިދާފައި އޮތްތަން ފެނުމުން)” އޭ…. ރީޝްޝްޝް…. އަދި ނުވޭ ނިދާކަށް ތެދުވަންވީ… ”

އަހުޝަމް -” އޭ ނިދި ކޫޑީ……  ނިދާ ކަށްވެސް ގަޑިއެއް ގަޑިއެއް ނޯވޭ ދޯ… ”

ރިއާޝް – (ރީޝާގެ ފައިގައި ހިފާ ސޯފާ އިން ބާލުވަމުން)” އަނހާ ހިފޮތް…. ކަލޯ ގަޔާ މިގޮލާ ހާދަ ބަރޭ…. އަނެއްކާ ބަނޑު ބޮޑީ ބާ… ”

ރީޝާ – (ފުންމައިގެން ތެދުވަމުން މުޅި ތާ ދުވަމުން)” އޭތް އޯއި…. މަ ހޭލައްވައިފި ޔޯއި… މަ މަރައިފި ޔޯއި… މަ ކަތިލައިފި ޔޯއި…. މަ ނޮޅައިފި ޔޯއި… މަ ކައިފި ޔޯއި… ނަޔާ އޯއި…. މަ ސަލާމަތް ކުރާށޯއި….. ރިއާޝޯއި ތެދުވާށޯއި… އަހުޝަމޯއި ވެޑިން ޑްރެސް ލާށޯއި… ލިޔާމޯއި ކޯޓު ލާށޯއި… އަރީޝޯއި ބިރު ނުގަންނާށޯއި… އިމްކޯއި…. އިންޓަވިއު އެއް ނުކުރިޔޯއި…. ”

ނަޔާ -” މަގޭ ދޫނިގަނޑު…. ކިހިނެއްތަ ވީ…. ސަންތިމަރިޔަނބުގެ ދަތް ގޯނި މީހަކު ގެންދިޔައީ ތަ؟؟؟ ވެޑިން އޮތީ އަންނަ ހަފުތާގައޭ… ހާދަ އަވަހަކަށް ތި އުޅެނީ ވެޑިން ޑްރެސް ލައްވަން… ”

ރީޝާ -” އެ މަންޖެ އަށް ހެދުން ފިޓު ވޭތޯ ބަލަން ޖެހޭނެ ދޯ… ”

ލިޔަމް -” މަ އަދި ގަމީސް ވެސް ނުގަންނަން… ރީޝް ފަހައިދީބަ ގަމީހެއް.. ”

ރީޝާ -” ގަމީހެއް ދޯ؟؟ ހޫމަ ފަހާނަން ރީނދޫ ގަމީހެއް… މި މީހުންނަށް ހާދަ އެއްޗެއް ލަމް މެން ކިޔައިދީފައޭ ދޯ މިހުރީ… ރީޝް ފަހާ ވާހަކަ ވެސް.. ”

އަހުޝަމް -” ސަންތީ މަ ހާދަ އަވަހަކަށް ހެދުން ލައްވަން ތި އުޅެނީ… އަދި ކުޑަކޮށް ވޯކް އައުޓާ އެއްޗިހި ޖައްސާލާފަ ސިކްސް ޕެކު ވެސް އަރުވާލާފަ ހެދުން ލެވޭނީ… ”

ރީޝާ -” އައްތޭ… މިހާރު މޭ މައްޗަށް ދަނޑި ބުރި ވެސް އަރުވަން ޖެހޭ ތަ؟  ”

ނަޔާ -” މަންޖެ އޭ…. މޭ މައްޗަކަށް ނޫނޭ ޕެކު އަރުވާނީކީ… ބަނޑަށޭ ”

ރީޝާ -” އޭން.. އެހެންތަ؟ އެހެންވަނީ ދޯ؟ އާން ނޭންގޭނޭނު… މިނެޓަކުން މިނެޓަކުން ބަވާލަފާނެ ވިއްޔަ.. ”

އަހުޝަމް -” އެއްޗެއް ނުވެސް އިނގެޔޭ… އޭ މަދަނީ އޭ ދެން… ގުޑް ނައިޓް ޔަމްމްމް ”

ނަޔާ -” މިހާރު ދެން ލިޔަމް އައީމަ އަހަރުންނަށް ގުޑް ނައިޓް ކިޔަންވެސް ހަނދާން ނުހުރޭ ދޯ؟؟”

ރީޝާ – “ހޫންންންން ވަރަށް ފޫހިވޭ… މީނަ އަށް މިހާރު ލިޔަމް ނޫން މީހަކު ވެސް ނުފެނޭ… ލިޔަމް އާ ހެދި މޮޔަ ވެފައި… އަންހެނަކަށް ތުރެ ކަންތައް ބޮޑޭ…”

ލިޔަމް – “އޭ ރީސާ… ލޯ އަނދިރީތަ؟ އެއީ އަންހެނެކޭ… އަންހެނުން ކަންތައް ބޮޑުވާނު…”

ނަޔާ – (އޭނާގެ ދަބަހުން ބައްޕަގެ ގަމީހެއް ނަގައި ލިޔަމް އާއި ދިމާލަށް އެއްލަމުން) “ލިޔާމޫ…. ގަމީސް ހެޔޮވަރު ތަ؟.. މިހެން ވެސް މިހާރު އެއްހާސް ފަހަރު އެހިއްޖެ އޭ… އެކަމް ޖަވާބެއް ނާދޭ… އަން މި އޮތީ ގަމީސް..”

ލިޔަމް – (ގަމީސް ގައިގައި ޖައްސާލަމުން) “ހޫމް ވަރަށް ހެޔޮ ވަރު… ގަމީސް ފަހައިދިނީތީ ނަޔާ އަށް އޮންނާނީ ބިޓެއް ސެޓު ކޮށްދިނުން… އަނެއްކާ މި އިނާމު ކަމުދޭތަ؟”

ނަޔާ – “އާން ދެން އޯކޭ ދޯ…”

ލަމްހާ – “އައްދޭ…  ނަޔާ އެ އިނާމު ކަމުދޭތަ؟؟.  ލިޔަމް އެއްކަލަ ޝަހީން ސެޓު ކޮށްދޭން ވީނު.. ވަރަށް ރީތި ވާނެ އެސޮރު..”

ލިޔަމް – “ހޫމް އެސޮރު ވަރަށް ރީތި ވާނެ… އެސޮރު ކައިރީގަ ބުނިން ރީޝް އާ ރައްޓެހި ވާން ވެސް… އެކަމް ބުނީ މަށަކަށް ނޫޅެވޭނެ އޯ ރީސާ އާ އިނދެގެނެއް… މަ ބޮލޯ ގޮވާނީ އޭނަ އާ ރައްޓެހި ވެއްޖެއްޔާ… ތިމަންނަ ބޭނުމީ ނަޔާ އޯ…… ކާކުތަ ސަންތިމަރިޔަނބަކާ އިންނާނީ… އިންނަ މީހަކު ކާލާނީ ތޯއްޗެއް”

ރީޝާ – “އެހެންތަ؟؟ ސަންތިމަރިޔަނބަކާ އިންނާނެ މީހަކު ނުވާނޭ؟؟…. އެވާހަކަ ރޭ އަށެއްގެ ޚަބަރުން ގޮވިއޭ..”

ނަޔާ – “އޭ.. ކޮންމެހެން އަހުޝަމް އާ އިނދެވޭތީ ފޮނިވެގެން މާ ރީތި ދޮގު ހަދާނެ ކަމެއް ނެތް… ނަޔާ އަކަށް ކޮންމެ ކޮންމެ ކުއްޖަކު ކަމަކު ނުދޭ… ފުރަތަމަ ޖެހޭނީ އިންޓަވިއު ކުރަން…”

ލިޔަމް – “ވަރަށް ދޮން ވާނެ… ހަމަ ހީވާނީ ބޭރު ސޮރެއް ހެން…”

ނަޔާ – “ޕިސް މަ ނޫޅެން ތިހާ ފޮނި ބޮޑު ސޮރަކާ އިންނާކަށް.. އެހެން ސޮރަކު ހޯދާ..”

ރީޝާ – “އާންޓީ އެގޮލާ އާ އިންނަން ހަދާނެ ކަމެއް ނެތް…”

ނަޔާ – “އިހަށް މަޑުކޮށްބަލަ ރީޝް ލޯބީ….. އެސޮރާ މީޓް ކޮއްލިޔަސް އޯކޭ ވާނު…”

ލިޔަމް – “ހަހަހަހަ ރީސާ ޖޭ ވަނީ ރީސާ އަށް އެ ސޮރު ނުލިބުނީމަ…”

ރީޝާ – “ޖޭ ޔޭ؟؟؟.. ކީއްވެ މަ ޖޭ ވާންވީ؟؟ މިތާ ކައިރީ ވެސް އެބަ އުޅޭ މަށަށް ނުލާހިކު ދޯޅު ސޮރެއް…”

ރިއާޝް – (ރިޔާޝް އަށް ވީގޮތް ފެނި ކަރު ކެހިލަމުން) “އެހެމް އެހެމް… ޔާޝް ދޮންބެގެ މޫނު މަތީގެ ކުލަވަރު ތަކަށް އަޅުގަނޑު ހަމްދަރުދީ ވަން…”

ނަޔާ – “އޭ ލިޔާމޫ ތިއެއް ނޫނޭ… ކަލޭ މީހަކާ އިންނަން ވާ އިރަށް މަސް ކަނޑަން ދަސްކުރާތި… މީހުން ބުނެ އެއްނު ފިރެހެން ކުއްޖެއްގެ ޙަޔާތުގަ އެންމެ ބޮޑު ނަކާމިޔާބީ އަކީ މައިދައިތަ ބުނީމަ މަހެއް ކަނޑާލަން ނޭންގުމޭ…”

ލިޔަމް – “ހޫމް މައިދައިތަ އާ ވެސް ބައްދަލު ކޮށްފީމޭ.. ވަރަށް ގަބޫލު… މަ އިންނަން އުޅޭ މަންޖެ އަށް އިނގޭނެ މަސް ކަނޑަން ”

ރީޝާ – “ތެދެއް އަހުޝަމޫ؟؟؟…. ބަފައިބެ އަކާ ބައްދަލެއް ނުކުރަން ތަ؟.. ދެން ދޭ އަވަހަށް ވަލީ ހޯދަން…. ކިހާ ވަރަކުން ދަނެބާ..”

ލިޔަމް – “ބަފާބެ ވަލީ ދިނީމަ ދޯ މިއުޅެނީ އިންނަން ވެސް… ބަފައިބެ ރުހި ގަބޫލު..”

އަހުޝަމް – “އާން މަށަށް އެނގޭ މަސް ކަނޑަން ވެސް ފިހަން ވެސް ބާނަން ވެސް… ދެން ރީސާ ކައިރިން ޖެހޭނީ ތެލުލަން ދަސްކުރަން…”

ރީޝާ – “މަ ހިތަށް އަރާ މީނަ ހަމަ އަސްލަށް ވެސް މީހަކާ އިންނަ އިރު މަސްކަނޑަން އިނގޭނެ ބާއޭ… ލިޔަމް ނަޒަރުގައި ތީ އަންހެނަކަށް ވިޔަސް ތަބީޢީ ގޮތުން ތީ ފިރިހެނެއް ވިއްޔަ… އާން އަދި އެނގޭތަ؟… ކުރީ ދުހު މީނަ އާ އާޝް ބްރޯ އާ އައީ އަހަރުމެން ގޭގަ ކަބަޑެއް ރާވަން… ދެން ބައްޕަ އާ އާޝް ބްރޯ އާ މޮހޮރު މަދުވެގެން މޮހޮރު ގަންނަން ދިޔަ ގަޑީ މީނަ ހުރީމަ މަންމަ ބުނީ މީނަ ކައިރީ ކޮރަކަލި ތަކުގެ ގޮހޮރާ އެއްޗިހި ނަގާ ސާފު ކޮށްދީބަލާށޭ މަންމަ ލޮނުމިރުސް ގަނޑު ހަދާނަމޭ… މީނަ ގޮހޮރު ނަގަންވެގެން އިނގޭތަ ކޮންތަނަކުން ކަން ކަފާލީ؟؟؟… ނިގޫ ބުރި ކޮށްލީ ގޮހޮރު ނަގަން ވެގެން…. އެންމެފަހުން މަ އެ ހުރިހާ އެއްޗެއް ސާފުކޮށްފަ މިރުސް ލައިފަ ތެލުލީ ވެސް… އަދި މަންމަ ވެސް މި އަހުއްޓި ގަނޑު މޮޅު ކޮށްލައިގެން މަށަށް ކަރު ގޮހޮރު ނަގަން ވެސް ނުދިނޭ… އެންމެ ފަހުން ހަމަ މަ ސާފު ކޮށްފަ މިރުސް ލައިފަ ތެލުލި މަހޭ އެންމެން ވެސް ކެއީ… ”

އަހުޝަމް -” އޭ ޕިސް ނޫންންންން… މަ ފުރަތަމަ މަސް ހެދީ… މަންޖެ އަތުލީނު މަށަށް ނުދީ މަ ހަދާނަމޭ ބުނީމަ ވެސް.. ”

ރީޝާ -” ދިނަސް ނޭންގޭ މީހަކަށް ހެދޭ ތަ؟؟! ”

އަހުޝަމް -” ބަލަ ދަސްކޮށްދިނީމަ ހެދޭނެ ދޯ… ”

ރީޝާ -” ހޫންންންން މާ ތާހިރު ވާހަކަ ހަދާނެ ކަމެއް ނެތް… އެބޯޅޭމިބޯޅޭގެ ހޯސްޓު ވިއްޔަ ތީ… ”

ނަޔާ -” އޭ ތި އަހުޝަމުގެ ބަފައިބެ މިހާރު ވަލީ ދިނީތަ؟… ”

ރީޝާ -” އޭ އާންންން މަޑުކޮށްބަލަ މަޑުކޮށްބަލަ… މިހާރު ލިޔަމް ކަލޮއަށް ކޮންއިރަކު ބަފައިބެ އެއް ލިބުނީ؟؟ އަދި ނީން ދެވޭ… މިހާރު ބަފައިބެ ކިޔަން ފެށީ؟؟… ”

ލިޔަމް -” ދެން ކީކޭ ކިޔަން ވީ؟؟ ރީސަބެ ތަ ކިޔަންވީ؟.. ”

ރީޝާ -” އާން ތިހެން ކިޔަސް އޯކޭ… ”

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ(ސާޅީސް އަށްވަނަ ބައި)

Next

ގާތުގާވުމަށް ހިތް އެދެނީ (29)

Next
September 19, 2021

ގާތުގާވުމަށް ހިތް އެދެނީ (29)

Previews
September 19, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ(ސާޅީސް އަށްވަނަ ބައި)

3 Comments!

  1. Nayaa Nayaa says:
    September 19, 2021 at 2:31 pm

    masha allah vvv reethi ingey mi prt vx… eyyy mifaharu vx ma enme furathama like dhinee.. evx schl ga indhegen.. yay yay yayyyyy!!! maadhamaa eba oiy assmebly ga campaign speech dhinun vx.. tuesday ga vote laane.. klw ma vrh nervous.. dhuaa kohdheythi brw.. ey cl kn dhuvahakun tha nimenee..?? nimen gaaiy vejjetha…? aslu ehaa avahah nunimigen mi ulheny dhn ingeynu keevvekan dhw.. handhaan kuran benun nuvaa kanthahthakeh handhaan vaathee.. miadhuvx vvv bodu hageegatheh engijje illy sis faraathun.. hurey viber grp ah ma fonuvaalaanan ingey.. anyways, lysssssssssssssssssssmm lwbikolhuuu.. ss nd tvgc darling! vrh salaam ingey..

  2. sanfa says:
    September 19, 2021 at 3:38 pm

    Reeeeesabeyyy ????????????

  3. luvza says:
    September 20, 2021 at 3:34 pm

    naaya e buni thankolhugawi eba ulhey mistake eh i think reesh nidhin heylaa thankolhuge mahchah nayooge soru jalah laa vaahaka aa burin handhamaa vaahaka aa ehchihi huri thankolhun ethaa ebain REESH LIYAM RIAASH AHUSHAM AND AREESH ge nan ehenveema evee faheh noontho ehenve kohlli suvaaleh mee……???
    reesh ehaa avahah nidhin funmaalaigen thiya thedhuveee yamyameyge aa chamchameyge kaiveni kuruvan vegen they ekam wyoh govi haasaru bondi eh dhw ma huvaa egadee huree neyvaanulaa heyn mashah ekam ethanun suvaalu ufedhunu thankolhakee keehvvegen noa Areesh birugannanvee endhemeehunge kaiveni nukurevidhaane thee????
    hahahahhahaahahaha chamchamey ah neyngeytha mas kandan ???????????? naayoo vaa gadha firihenakah dhoonukurahchee dhariyaaa ekam anhenakakh vaa varu kankan kuran vaanee ingey…… ?????
    REESHABE AHHAHHAHAHAHAAH ??????????????

Comments are closed.

Next Episodeކޮމެޑީ ލޭންޑް 19←


All Right Reserved!