Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ވެމްޕަޔާ 5

Frost Girl Level 110 Stories
September 13, 2021 2 Mins Read
0 Comments

* އެވަގުތު އީވާ ގެ ހިތުގެ ވިންދު އަވަސްވަމުންދިޔައެ އަދި އެ ފިރިހެން ކުއްޖާ އާ ދިމާއަށް ބަލާލިއެވެ. އެވަގުތު އޭނާގެ ކަޅުކަންގަދު ފުން ކަނޑެއް ފަދަ ލޮލުގެ ޖާދޫގަ އީވާ އަށް އެއްވެސް އިޚްތިޔާރަކާ ނުލާ ގެނބެމުންދެވުނެއެވެ. *

 

އިޔާން އީވާ މެދުހަށީގަ އަތް ވަށާލަމުން އިޔާން އާ ދިމާލަށް ދަމާ ގަތެއެވެ. އީވާ ސިއްސާގެން ދިޔަ ތަން ފެނުމުން އިޔާން ގެ މޫނު މަތީގާވަނީ ލާނެތް ހިނިތުންވުމެކެވެ. އިޔާން އަށް އީވާ ގެ ލޮލު ގެ ޖާދޫގަ ޖެހުނެވެ.އެ ފިރިހެން ކުއްޖާ އީވާ އާ ދިމާއަށް އިރުކޮޅެއް ވަންދެން ބަލަން ހުރެފައި އީވާ ގެ ކަރާ ދިމާލަށް ގުދަވުމުނު އީވާގެ ލޯ އިހުނަށްވުރެ ބޮޑު ކޮއްލިއެވެ. ދެން އެ ފިރިހެން ކުއްޖާ ކުރީ އީވާ ހުވަފެނު ވެސް ހީނުކުރާ ކަމެކެވެ.އިޔާން އީވާގެ ކަރުގައި ވަރަށް ބާރަށް ދަތްއަޅާލިއެވެ. އޭރު އިޔާން ގެ ލޯ ހުރީ މިންޓް ބްލޫ ކުލައިގެ ދެ ބޮކި ހެން ދިއްލިފަ އެވެ. އިރުކޮޅެއް ވަންދެން އީވާ ގެ ކާރުގަ ދަތް އަޅާ ގެން ހުރުމަށް ފަހު އިޔާން އީވާއާ ދުރުވެ ލިއެވެ.އީވާ ހުރީ އެ ފިރިހެން ކުއްޖާ ކުރިކަމަކުން ކުޑަކޮށް ބިރުގަނެފައެވެ. އެ ފިރިހެން ކުއްޖާ ގެ ދެ ފޭރާ ދަތް ހުރި ނިކުމެފައެ ، ދެލޯ މިންޓް ބްލޫ ކުލައަށް ހުރިއިރު އެ މޫނުމަތިން ލާނެތް ކަން ފެންނަން ހުއްޓެވެ.

 

***************************

 

ކައިޒަން އީވާ ފަހަތުން އައިސް ވަކިހިސާބަކުން އީވާ ގެއްލުމުން ލިބިފައިވާ އާދަޔާ ޚިލާފު ބާރު ގެ އެހީގައި އީވާ ހުރިތަނެއް ހޯދަމުން ދިޔައެވެ. އީވާ ރަސްފަންނު ކާރި ހުރި ގަހެއްގެ ދަށުގައި ހުރި ތަން ފެނުމުން ކައިޒަން އަށް ދެވުނު ހާއަވަކަށް ދިޔައެވެ. ވަކި ހިސާބަކަށް ނުދެވުނީސް ކައިޒަން އަށް އީވާ ފެނުމުން އީވާއަށް ގޮވާލިއެވެ. ” އިވީ… އިވީ… “ވަރަށް ދުރުން މީހަކު އީވާ ގެ ނަމުން ގޮވާ އަޑަށް އީވާއަށް ހޭވެރިކަންވިއެ އެއިރު އެ ފިރިހެން ކުއްޖާ އެތާކުނެތެވެ. އީވާ އެކުއްޖާ ފެނޭތޯ ހޯދަމުން ދިޔައެވެ.ކުއްލިއަކަށް ކައިޒަން އައިސް އީވާ ކަންފަތުބުޑުގައި ހަޅޭލައްވާގަތެވެ. ” އީވާ”. ހިޔާލެއްގައިނުމުން އީވާ ސިއްސާގެން ދިޔައީ ކައިޒަން ގެ އަޑު އިވުމުން.

 

**********************

 

އީވާ އެ ހަނދާންތަކުން ދުރަށް ދެވުނީ މީހަކު އެ ކޮޓަރީ ދޮރުގައި ޓަކި ޖެހުމުންނެވެ. އަވަސް ފިޔަވަޅު ތަކެއް އަޅަމުން ގޮސް ދޮރު ހުޅުވާލީއިރުގަ ހުރީ އީވާގެ މަންމަ ކަމަށް ވާ އާފާ އަދި ބައްޕަ ޒިމާމް އެވެ. އީވާ އަފާ އާއި ޒިމާމް ކޮޓަރި އަށް ވަނުމަށް ޖާގަ ދެއްކިއެވެ.” ދަރިފުޅާ އަދިވެސް އެ ކުއްޖާ މަތިން ހަނދާން ވޭތަ ” ޒިމާމް އެހެން އަހާލުމުން އީވާ އަށް ބިރެއް ފެނުނު ފަދަ އިން ދެލޯ ބޮޑުކޮއްލިއެވެ.” އިވީ އެއީ އޭނަ ގަސްތުގަ ކުރިކަމެއް ނޫނެ މަންމަ އަށް ހީވަނީ އެކުއްޖާ އަކަށް ނޭނގެ އީވާ ތީ އިންސާނެއް ކަމެއް ” އަފާ އެހެން ބުނުމުން އީވާ އަފާ އާ ދިމާލަށް ބަލާލިއެ ” މޯމް އައި ނޯ އޭނަ ގަސްތުގަ ކުރި ކަމެއް ނޫން ކަން އެއީ އައި ޑޯންޓް ނޯ ކީއްވެ ކަމެއް އެކަމް ބައެއްފަހަރު ހުވަފެނުން ވެސް ފެނޭ” އީވާ އެހެން ބުނުމުން އެއީ ކަމެއްނޫންކަމަށް ބުނެ އެކަމާ ނުވިސްނާ ބުނުމަށް ފަހު އެކޮޓަރިން އަފާ އާއި ޒިމާމް ނިކުމެގެން ދިޔައެވެ.

 

**********************************

 

މިލާން ގޮސް އެ ކަޅު ކުލައިގެ ކާރަކަށް ވަދެ ދޮރު ލައްޕާލުމަށް ފަހުގަ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ހިވާގުލޮތުން އެތައް އިރެއް ވަންދެން ނޭވާ ނުލާހުރި މީހެއް ފަދައިންނެވެ. އެއިރު ކާރުގަ އިން ޒުވާނާ މިލާން ގެ ހަރަކާތްތަކަށް ބަލަން ހުރެފަ ހޭންފެށުމުން މިލާން ރުޅި އައިސްގެން ކުނިމޫނު ހާދާލިއެވެ. އެއަށް ފަހު އެ ޒުވާނާ އާ ވާހަކަ ދައްކަން ފެށިއެވެ “އިޔާން ” މިލާން ގޮވާލުމުން އެ ޒުވާނާ އެއްވެސް ޖަވާބެއް ނުލިބުމުން އަނެއްކާވެސް ގޮވާލިއެވެ.

“ޔާނޫ” މިލާން ކުރިޔަށް ވުރެ ބާރަށް ގޮވާލިއެވެ . “އިޔާނޫ” މިލާން އިޔާން އަށް ގޮވާލުމުން އެއަށްވުރެ ބާރައް މިލާން އައް ގޮވާލިއެވެ. ” މިލާނޫ ” އިޔާން މިލާން އަށް ގޮވާލިދެއް ބާރުކަމުން މިލާން ސިއްސައިގެން ދިޔައެވެ. ” ދެން ޔާން ހިންގާބަ އަވަހަށް އެއާޕޯރޓް އަށް ދަމާ ނޫނީ ފްލައިޓް މިސް ވެދާނެ” އެހެން ބުނުމުން އިޔާން އަށް ދުއްވުނުހާ ބާރަށް ކާރު ދުއްވާފަސް ގޮސް ސިޑްނީގަވާ އެންމެ ބޮޑު އެއާޕޯރޓް ބޭރުގަ މަޑުކޮއް ލުމަށްފަހު އިޔާން އާއި މިލާން ކާރުން ނިކުމެގެން ގޮސް ޗެކްއިން ވުމަށް ފަހު ފްލައިޓް އަށް އެރުމަށް މިސްރާބު ޖެހި އެވެ.

 

–ނުނިމޭ—-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Frost Girl

Level 110 Stories

Other Articles

Previous

ހިތުގެ ޝަކުވާ… 24

Next

ތި ސޫރަ ނޫން 21

Next
September 13, 2021

ތި ސޫރަ ނޫން 21

Previews
September 13, 2021

ހިތުގެ ޝަކުވާ… 24



All Right Reserved!