Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ވެމްޕަޔާ 6

Frost Girl Level 110 Stories
September 19, 2021 3 Mins Read
0 Comments

 

އީވާ…….. އީވާ ތިތަކޮޅެއް އަވަސް ކޮއްބަ އެހެންނޫނީ މާރކޭޓް ބަންދު ކޮށްފާނެ “” މި އަންނަނީ އޭ މޯމް ” އީވާ ކޮޓަރިން ނިކުންނުމަށް ފަހު ކޮނޑު ގަ އޮތް އަތް ދަބަސް ރަނގަޅު ކުރުމަށް އަފާ ކާރިގަ ހުއްޓުނެވެ.” އިވީ ހާދަހާ ރީއްޗެއް ތިވަނީ އަނެއްކާ ބްލައިނޑް ޑޭޓަކަށް ދަނީތަ” ކައިޒަން ގޭގެ މައި ދޮރުން ވަންނަމުން އަހާލިއެވެ. އަދި ބަލާލުމެއް ނެތި ކޮޓަރީއާ ދިމާލަށް މިސްރާބު ޖެހިއެވެ. ކުއްލިއަކަށް އީވާ ކައިޒަން ކޮއްޕާލިއެވެ. ކައިޒަން އެކަމަށް ތައްޔާރު ނުވެ ހުރުމުން ބިންމައްޗަށް ބަން ކިޔާފަ ވެއްޓުނެވެ. ” މޯމީ……. ބިންމައްޗަށް ސޫމޯ ރެސްލާއެއް ވެއްޓުނު އަޑުއިވުނު ކަންނޭނގެ ދެންމެގަ…… ހޫމް އައި ވޮންޑާ ވެއާއިޒް ހީ………….. އޯއެމް ޖީ ކައި ތަ ވެއްޓިފަ ތިއޮތީ ނޭނގޭ ނެއްނު” އެހެން ބުނުމަށް ފަހު ކައިޒަން ނާއި ދިމާލަށް ދޫ ދިއްކޮއްލުމަށް ފަހު އަފާ އާ އެކު މާރކޭޓަށް ދާން ނުކުތެވެ.

ކައިޒަން ވަރަށް އުނދަގުލުން ކޮޅަށް ތެދުވެ އީވާ އަށް ކުދި ކިޔާލިއެވެ. އަދި އީވާ އަށް ލަނޑެއް ދޭން ރާވަމުންދިޔަ އެވެ. ” މައި ލިޓުލް ސިސީ ގެއަށް އަންނަން އޮތީ މިއަދު ކުޅި ދައްކާލާނަން… ހައްހައްހައް ހާ” ކައިޒަން ނުލާ ވައްތަރަކަށް ހެމުން ހެމުން ގޮސް ބަދިގެއަށް ވަނެވެ.

 

***********************

 

ވެލާނާ އިންޓަރނޭޝަނަލް އެއާރް ޕޯރޓް ގައި ފްލައިޓް ގެއްސުމާއެކު އެ ފްލައިޓް ގަ ތިބި ދަތުރު ވެރިން ފާބަމުން ދިޔައެވެ. އެ ފްލައިޓް އިން ފޭބި މީހުންގެ ތެރެއިން އެމެންގެ ނަޒަރު ހުއްޓިފައި ވަނީ މިލާން އަށްށާއި އިޔާން އައްށެވެ. ގިނަ އަންހެން ކުދިން އެދެމީހުން އަކީ ޕާފެކްޓް ކަޕުލް އެކޭ ބުނަމުން ދިޔައިރު އަނެއްބާ މީހުންގެ ޙަސަދަ ވެރިކަމުގެ ނަޒަރު އަމާޒުވަމުން ދިޔައެވެ. އެކަމާ އެއްވެސް ފަރުވާލެއް ނެތި އިޔާން އާއި މިލާން ޗެކްއައުޓް ވެގެން ނިކުންނި އިރުގަ ހުދުކުލާގެ ކާރެއް އެދެމީހުން ގެ އިންތިޒާރުގަ އޮތެވެ. އެކާރު ފެނުމާއެކު މިލާން ގެ މޫނު މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަދި ގޮސް އެކާރަށް އެރުމަށް ފަހު ހަމަޖެހިލިއެވެ. ” ޒެމް އަންކަލް ހާލު ކިހިނެއް ކޮބާ އާންޓް ” މިލާން ވާހަކަ ދައްކަން ފެށުމުން ކުރީ ސީޓް ގަ އިން ފިރިހެން މީހާ ކާރު ސްޓާޓް ކުރަމުން ކާރު ދުއްވާ ލިއެވެ.” ﷲ އިރާދަ ކުރެއްވީތީ އަދި ރަންގަޅު އާންޓް އުޅޭ ގޭގަ.. މިނީ ގެ ހާލު ކިހިނެށް……… މީ އިޔާން ތަ ” އެމީހާ ސުވާލު ކޮއްލުމުން މިލާން ޖަވާބު ދިނެވެ.” އިންޝަ ﷲ ރަނގަޅު ލައްބަ މީ އިޔާން” އެހެން ބުނުމުން އެމީހާ އިޔާން އަށް ބަލާލުމަށް ހީލިއެވެ. ބަދަލުގައި އިޔާން ވެސް ހިނިތުން ވެލި އެވެ. ދާންވީ މަންޒިލް އާ ހަމަވުމުން ކާރު މަޑުކޮށް ލުމުން އިޔާން ކާރުން ފޭބި އެވެ. މިހާރުގެ އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ އެތިން ބުރީގެ އިމާރާތުގައި ވަނީ ސްކައި ބްލޫ ކުލައިން ޒީނަތްތެރި ކުރެވިފައެވެ. އިޔާން މަޑު ހިނގުމެއްގައި ގޮސް ފާރުގައި ހަރުކޮށްފައި ވާ ނަން މަޑުމަޑުން ކިޔާލިއެވެ. ” ހ. ކޯޒީ ވިނޑް”.އިޔާން ކާރުން ފޭބުމުން މިލާން އާ ދުއްވާ ސީޓް ގަ އިން ފިރިހެން މީހާ ކުޑަކޮށް ހައިރާންވިއެވެ. އިޔާން ހިނގާފަ ވަންނަން ބޭނުން ވާ ވާހަކަ ބުނުމުން އެ ފިރިހެން މީހާ ހީލިއެވެ. އަދި ކާރު ފާބާފަ ގެއަށް ވަންނަމުން ސެކިއުރިޓީ ޔުނީފޯމްގައި ހުރި ހަރު އުމުރުގެ މީހާ ގާތު ކާރުގަ ހުރި ލަގެޖް ތައް ވެއްދުމަށާއި ކާރު ގަރާޖައް ލުމަށް އެދުނެވެ.

 

****************************

 

މާލޭގެ ހަލަބޮލި މަގުތަކުން ކާރު ދުއްވަމުން ދިޔައިރު އީވާ ގެ ނަޒަރު ހުއްޓާލައިގެން އިން ފޯނަށްށެވެ. ” އިވީ” އަފާ އީވާއަށް ގޮވާލުމުން އީވާ ދިޔައީ ސިއްސައިގެންނެވެ. ” ދަރިފުޅާ ކާކުއާތަ ތި ވަރަށް ތި ޗެޓް ކުރަނީ….. އަނެއްކާ ކަމުދާ ކުއްޖަކު ހުރީތަ” އަފާ އެހެން ބުނުމުން އީވާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. އެއަށްފަހު އަނެއްކާވެސް އެމީހަކާ ޗެޓް ކުރުމު ގެންދިޔައެވެ. އެންމެ ފަހުން އަފާ އީވާ އަތުން ފޯނު އަތްލުމުން އީވާ ކުނިމޫނު ހާދާލައިގެން ކާރު ބޭރު ފެނުމުން ދާ މަންޒަރު ތައް ބަލަމުން ދިޔައެވެ. ކުއްލިއަކަށް އީވާ ދެލޯ ބޮޑުވެގެން ދިޔަ މާރކޭޓަށް ފަސް ދިނުމުންނެވެ. ” މަންމާ މާރކޭޓް” ވާނުވާ ނޭނގޭ މީހެއް ފަދައިން އީވާ އަފާ އަށް ބަލާލިއެވެ. އެއްޗެއް ހަނދާންވި މީހެއް ފަދައިން އީވާ ޑުރައިވަރު ކައިރީ ކާރު މަޑުކުރުމަށް ނޫނީ އަނބުރާ ގެޔަށް ދިޔުމަށް އެދުނެވެ. ” އީވާ ގެ ކުއްލި ހަރަކާތް ހުރިގޮތުން އެކަމާ ދެބަސްވުމެށް ނެތި އަފާ ޑުރައިވަރު ކައިރީ ގެއަށް ދިޔުމަށް އެދުނެވެ. ދިގު އިންތިޒާރަކަށް ފަހު ގެއަށް އާދެ ވުމާއެކު އީވާ ކާރުން ފޭބުމަށްފަހު ގެއަށް ވަންނަން ދުއްވާގަތެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތުމުން އީވާ ދުވެފަ ގޮސް ސިޑިން އަރަނިކޮށް ކޮންމެވެސް އެއްޗެއް ގަ ޖެހި އަރި އަޅާލިއެވެ. ހަމައެއާ އެކު އީވާ ގެ ހަޅޭކުގެ އަޑު މުޅި ގޭ ތެރޭގައި ގުގުމާލިއެވެ.

 

އެ އަންހެން ކުއްޖާ ގެ ހަޅޭކުގެ އަޑު ޖެހުމާއެކު އެއީ މީގެ ކުރިން އިވިފާވާ ކަހަލަ އިހްސާސެއް ކުރެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. ދެން ފެނުނީ އެއަންހެން ކުއްޖާ ވެއްޓެން ދިޔަތަނެ ވަގުތު ފާއިތު ވިޔަކުނުދީ އެއަންހެން ކުއްޖާ ގެ މެދުހަށީގައި ހިފަހައްޓާލުމަށް ފަހު ކައިރި އަށް ދަމާގަތީމެވެ.

 

އީވާ ގޮސް ޖެހުނީ އެ ޒުވާނާ ގެ ތަނަވަސް މޭމަތީގައެވެ. އެ ޒުވާނާ ގެ ޓީށާޓުން އަރަމުން ދިޔަ ފޮގް ގެ ލުއި ވަސް ޖެހުމުން ބޭއިޚްތިޔާރުގައި ވީނަމަވެސް އީވާ އަށް ލޯމަރާލެވުނެވެ.

 

—ނުނިމޭ——

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Frost Girl

Level 110 Stories

Other Articles

Previous

ގާތުގާވުމަށް ހިތް އެދެނީ (29)

Next

އުމުރަށް އެކީގާ ވާނަމޭ..(އިއުލާން)

Next
September 19, 2021

އުމުރަށް އެކީގާ ވާނަމޭ..(އިއުލާން)

Previews
September 19, 2021

ގާތުގާވުމަށް ހިތް އެދެނީ (29)



All Right Reserved!