Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (25)

🌹YEOJA🌹 Level 610 Stories100 Login100 Comments
September 13, 2021 4 Mins Read
2 Comments

ހެނދުނުގެ ހިތް ގައިމުވަގުތު ނަމަވެސް ވެހެމުންދާ ވިއްސާރާގެ ސަބަބުން އެހެންޏާ ފެންނަކަހަލަ އަލިކަމެއް ނުފެނެއެވެ. އެންމެން ވެސް ކެއުމާގެން އިންސާފުކުރަމުން ދިޔައިރު ލައިހާ މެންގެ އެކުޑަމޭޒުދޮށުގައި ވަނީ ހަމަހިމޭން ކަމެވެ. ނެގިމަޑުވެފައި އިން ޒަޔާން ފެނުމުން ލައިހާގެ ހިތުގައި އުފާވެރިކަމުގެ ރާޅެއް ދަތުރުކޮށްލީ ރޭގާ އޭނާ ދެއްކިވާހަކަ ތަކާމެދު ޒަޔާން ވިސްނާކަން އިނގުމުންނެވެ. އެހެންނަމަވެސް މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ މީހާ އިނީ ސީރިއަސް ވެލައިގެންނެވެ. ނާސްތާ ނިމުމާއެކު ޒަޔާން ގެއިން ނިކުމެގެން ދިޔައީ އޮފީހަށެވެ. އެހެންނަމަވެސް ޒިވްޔާ ގެ ކުރިމައްޗަށް އަރަން މީހާ ހުރީ ޖެހިލުންވެފައެވެ. ކޮންމެގޮތަކަށް ކަންވިޔަސް ހެޔޮކަމަށް ބަލާފައި ޒަޔާން ފުންނޭވާ އެއްދޫކޮށްލަމުން ޓެކްސީއަކަށް އަރާގެން ދިޔައީ ތުނިކޮށްނަމަވެސް ވާރޭ ވެހެމުން ދާތީއެވެ.

ލޯގަނޑުކުރިމަތީ ހުރެ ޔުލީން ތައްޔާރުވަމުން ދިޔައީ ގެސްޓްހައުސް އިން ގެއަށް ދިޔުމަށެވެ. އެއިރު ޔޫއާން ފާހަނަ އިން ނިކުމެގެން އަންނަނީއެވެ. ފެންވަރާގެން ނިކުތް ގަނޑިކަމުން ޔޫއާންގެ ގައިގާ ފެންތިކިތައް ބަބުޅަމުން ދިޔައެވެ. މިމަންޒަރުން ޔުލީން ގެ ހިތަށް އަސަރުކުރުވިއެވެ. ލާނެތް ހިނިތުންވުމަކާއެކު ޔޫއާން އައިސް ފަހަތުން ޔުލީންގެ ގައިގައި ބައްދާލިއެވެ. އެހެންނަމަވެސް އެވަގުތުކޮޅު ކުރުކޮށްލަމުން ޔޫއާން ޖެހުނީ ޔުލީންގެ އަޑަށް އަވަހަށް ތައްޔާރުވެ ނިންމާލާށެވެ. ” ޔޫއާން ،އަހަރެންނަށް ހަމަ ވިސްނެނީ ދޮންބެ އާމެދު ، ދެން ދުވަސްކޮޅަކުން ދޮންބެ ގޮސްފާނެ ފުރާގެން ބޭރަށް ، އޭރަށް ލައީ އަށް ވާނެ ގޮތަކާމެދު ވެސް ވިސްނޭ ، އެދެމީހުން ވެސް އެކަކު އަނެކަކު ދެކެ އިންތިހާ އަށް ލޯބިވާއިރު ވެސް އެޖެހެނީ އެކަކު އަނެކަކުގެ ލޮއިތްބަށް ފުރަގަސްދީގެން ތިބެން ” އެނދުމަތީގައި އިށީދެލަމުން ޔުލީން ބުނެލީ ހިޔާލުތަކުގެ ތެރެ އަށް ގެނބެމުންނެވެ. ” ވެއިޓް ، ލައީ ނުވެއެތް ނު ރިޔާން ދެކެ ލޮއިއްބެތް ، އެދުވަހު ރިޔާން ގެ ލޮއިތްބަށް ލައީ އިންކާރުކުރީނު، ދެން ލީން ކީކޭތަ ތިކިޔަނީ ” ލޯގަނޑުން ފެންނަން ހުރި ޔުލީން ގެ ސޫރައަށް ބަލާލަމުން ޔޫއާން ބުނެލީ ހައިރާން ވެފައި ހުރެއެވެ. އެއާއެކު ޔުލީން އަށް ދެލޯބޮޑުކޮށްލެވުނީ ލައިހާ ނުބުނާށޭ ބުނިވާހަކަ ކޮންމެ ވެސް ގޮތަކަށް އެދުލުން ބޭރުކުރެވުމުންނެވެ. ” އަސްލު ، ލައީ އަށް ޕްރޮމިސް ކޮށްފާ އޮންނާނީ ނުބުނާނަން ކަމަށް ބަޓް އައިއެމް ޓެލިންޔޫ ދިސް ޕްލީސް ދޮންބެ ކައިރި ނުބުނާއްޗޭ އާން ” އޭނާ ކައިރި އައިސް އިށީން ޔޫއާން ގެ އަތުގައި ހިފާލަމުން ޔުލީން ބުނެލިއެވެ. ޔޫއާން ލޯމަރާލަމުން ބޯޖަހާލުމާއެކު ޔުލީން އޭނާގެ ވާހަކަ ފެއްޓިއެވެ. އެހެންގޮސް އެންމެ ފަހުކަމަކަށް ޒިވްޔާ އަދި ޒަޔާން ގެ ވާހަކަވެސް ބުނެލިއެވެ.

” ވަޓް ، ޒަޔާން އެހެންކަންތައް ކޮށްފާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން ، އައިފީލް ބޭޑް ފޯ އެހަތަރުމީހުން ، އެކަމް ވެސް ހުރިހާ ކަމެއް ރަނގަޅުވާނެ އަދި އިންޝާ ﷲ ، ލީން ދެރަނުވޭ އިނގޭ ، ލޯބިލޯބިކޮށް ލީން ސްމައިލް ކޮށްލީމާ ނިކަން ރީއްޗޭ ” ލާނެތް ރާގަކަށް ޔޫއާން ބުނެލީ ޔުލީން ހީލާތޯއެވެ. ކަންވީވެސް އެހެންނެވެ. ޔުލީން ރަކިގޮތަކަށް ހީލަމުން އިސްޖަހާލީ ލަދުގަންވަރުންނެވެ. ” ދެން ހެޔޮ ހިނގާގެއަށް ދާން އާން އާދޭ އަހަރެން މިނިކުންނަނީ ” އެތާ އިންނަން ނުކެރިގެން އެންމެ ފަހުން ޔުލީން އެހެން ބުނެލަމުން ނިކުމެގެން ދިޔައީ އަވަސް ފިޔަވަޅުތަކެއް ގައެވެ.

ގަނޑިޖެހުމުގެ ކުރިން ޒަޔާން އަށް އޮފީހަށް ލައްވާލީ ކިރިޔާއެވެ. ވިއްސާރައިގެ ސަބަބުން މަގުމަތީ ޓްރެފިކް ވެސް އިންތިހާއެވެ. ވަކިހިސާބަކުން ޒަޔާން ކާރުން ނިކުމެގެން ދުވެލާފާއި އޮފީހަށް ދިޔައީ އެހާ ދުރުނުވުމުންނެވެ. ކޮންމެސް ވަރަކަށް ތެއްވެފާވުމުން ޒަޔާން ހުރީ ހީކަރުވާގަނެފައެވެ. ފެންތިކިތައް ހަރުލާފައި ހުރުމުން ޒަޔާންގެ ފަން އިސްތަށިގަނޑުވަނީ ނިތްމައްޗަށް ވެއްޓިފައެވެ. ޒަޔާން ގެ ސޫރަފެނި އެވަގުތު އަވަސް އަވަހަށް އައި ޒިވްޔާ ވެސް ދިޔައީ ސިހިގެންނެވެ. ވާނީވެސް އެހެންނޫން ހޭ އަބަދު ފެންނަ ޒަޔާން އަށް ވުރެ މިއަދު ފެނިގެން މިދާ ޒަޔާން މާބޮޑަށް ވެސް ފިރިހެންވަންތައެވެ. ހައްތަހާވެސް ނިތްމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅުގެ ސަބަބުންނެވެ. ޒަޔާން އަށް ވެސް ޒިވްޔާ ފެނުމާއެކު ބަލަހައްޓައިގެން ހުރެވުނީ ލައިޙާ ދެއްކި ވާހަކަ ކަންފަތް ދޮށުގައި އިވެމުން ދާތީއެވެ. އޭނާގެ ސަބަބުން ޒިވްޔާ ހިތާމަކުރާތީ އޭނާ ގެ ހިތް މާޔޫސް ވެއެވެ. މިކަމާ ޒަޔާން ހުރީ ހައިރާންވެފައެވެ. އޭނާގެ ހިތަކީ ލައިހާ އަށް ދެވިފައި އޮތް އެއްޗެއް ނަމަވެސް ކަންހިނގާ މިދަނީ އޭނާގެ ވިސްނުމާ ދިމާ އިދިކޮޅަށެވެ. މަޑުމަޑުން ޒިވްޔާ އަށްޓަކާ ކުޑަނަވެސް އިޙްސާސްތަކެއް ދިޔައީ ނޭނގުމެއްގެ ތެރޭގައި ނަމަވެސް އެހިތުގައި އުފަންވަމުންނެވެ. ވަކިއެއްޗެކޭ ނުބުނެ އަވަސް އަވަހަށް ޒިވްޔާ ދިޔައީ އެތެރެ އަށް ވަންނާށެވެ. ޒަޔާން ގެ ސޫރަ އޭނާ ގެ ލޯކުރިމަތީ ހުންނަހާ ހިނދަކު އެހިތް މަޑަކުން ނޯންނާނެކަން ޒިވްޔާ އަށް އެނގުންވެލައެވެ. ފުންނޭވާތަކެއް ލަމުން ޒިވްޔާ މަޑުހިނގުމެއް ގައި ސޮއެކުރާތަނަށް ޖެހެލީ ސޮއެ ކުރުމަށެވެ. އެހާއަވަހަށް ސޮއެ ކޮށްނިންމާލި ޒިވްޔާ ފަހަތަށް އެނބުރުނު އިރު އޭނާގެ ނޭވާ އިޙްސާސް ވާހާ ކައިރި ޒަޔާން މަޢުނަވީ ހިނިތުން ވުމަކާއެކު ހުއްޓިލައިގެން ހުއްޓެވެ. އެއާއެކު ޒިވްޔާ ގެ މޫނުމައްޗަށް އަރާގެން ދިޔަ ކުލަވަރުން ޒަޔާން އަށް ރޭގާ ލައިހާ އެދެއްކީ ދޮގުވާހަކަ އެއް ނޫން ކަން އިނގެއެވެ. ” މި މިއަދު އަހަންނާއެކު ލަންޗަށް ދާން ރެޑީވާއްޗޭ ބްރޭކް ގަނޑީ ” ޒަޔާން އޭނާގެ އެދުން ހާމަކޮށްލިއެވެ . ވަކި އެއްޗެއް ނުބުނެ ޒިވްޔާ ހަމަ އެކަނި ބޯޖަހާލީ އެއީ އެވަގުތު އޭނާގެ ހިތުގެ އެދުމަށް ވުމުންނެވެ. އެތަނުން ހަލުވިފިޔަވަޅުތަކެއް ގައި މިފަހަރުވެސް ޒިވްޔާ ދިޔައީ އޭނާގެ ނޭވާ ހަމައަކަށް އެޅިލަމުންނެވެ.

ފޯނުން ފެންނަމުން ދިޔަ ލައިހާ ގެ ފޮޓޯ އަށް ކަޅިނުޖަހާ ބަލަން އޮތް ރިޔާން ގެ ލޮލުގައި ވަނީ ވޭނެވެ. ހާސިލްވުމަށް އެދި ހިތްގޮވަމުން ދިޔަ ހަމައެކަނި އަންހެން ކުއްޖާވެސް ފުރަތަމަ ވެސް ވީ ނާކާމިޔާބީއެވެ. އެހެންނަމަވެސް އޭނާ ހައިރާން ވަނީ ލައިހާގެ ހިތުން އޭނާ ނަން ފޮހެވިފައިވާތީއެވެ. އެވެސް އެހާ ޒަމާން ތަކެއް ކޮށްފައެވެ. އެހެންނަމަވެސް ހިތަކީ ބަދަލުވާ އެއްޗެއް ކަން ރިޔާން އަމިއްލަ ސިކުނޑިއަށް މީހާގެ ނަފްސަށް ވިސްނާދިނެވެ. އެހެންއޮވެފާ ރިޔާން ފޯނުނިތްވާލަމުން ކޮޓަރިން ނިކުމެގެން ދިޔައީ މިހާރު ޔުލީން މެން ޔޫއާން މެން ގެއަށް އައިސްދާނެ ކަމަށެވެ. ޔުލީން އަދި ޔޫއާން އާ ބައްދަލުކޮށްލުމަށް ރިޔާން ޔޫއާން މެންގެއަށް ދިޔައީ ވެސް އޮފީހަށް އޭނާ މިއަދު ނުދާތީއެވެ.

ސްކޫލަށް ދާން ތައްޔާރުވާން ހުރި ލައިހާގެ މޫނުމަތީ ވަނީ ބަޔާން ކުރަން ދަތި ކުލަވަރެކެވެ. އެމޫނުމަތިން ފޫހިކަމާ ހިތްދަތިކަން ފެންނަމުން ދިޔައެވެ. ކައިވެންޏަށް ފަހު ސްކޫލަށް ނުދާން ޔުލީން ހަމަޖެނުހުނު އިރު ކައިވެނީގެ އެއްދުވަސްކުރިން ޔުލީންވަނީ ސްކޫލިން ކެނޑިފައެވެ. އެކަނިމާއެކަނި ސްކޫލަށް ދާން ޖެހުމުން ލައިހާގެ ހިތުގައި ފޫހިކަން އުފެދުނެވެ. އެހެންނަމަވެސް އިތުރު އެހެން ގޮތެއް ނެތުމުން ލައިހާ ދަބަސް ހިފައިގެން ބޭރަށް ނިކުތީ ގަނޑިޖެހެން ވެސް ކައިރިވެފާ ހުރުމުން ތެޅިފޮޅެމުން ކަހަލަ ގޮތަކަށެވެ. އެއިރު ވިއްސާރަ އާދައިގެ ވަރަކަށް ވެހެމުން ދިޔައިރު ލައިހާ ހުރީ ހިނގާފާ ދާން ޖެހޭތީ ކަންބޮޑުވެފައެވެ. ހިނގާފައި އެހިސާބަށް ގޮސްފީއާ ނުތެމިއެއް ނުވާނެ ކަން ލައިހާ އަށް އިނގެއެވެ. މަގުމަތިން އެގަނޑީ ޓެކްސީއެއް ހާހިސާބުވެސް ފެނިނުލާތީ ލައިޙާ ދިޔައީ ހިތާހިތުން ކުދިކިޔަމުންނެވެ. އިރުކޯކޮޅާ ހުރެ މަގުގެ ދެފަރާތަށް ބަލަމުން އަތުގައި އޮތް މޫނުބޮޑު އަންހެން ގަނޑީގެ މޫނުކޮޅަށް ލައިހާ ބަލަނީ މިއަދު ގަނޑިޖެހިގެން ނޫނީ ނުދެވޭނެކަން އިނގޭތީއެވެ. އެހެންހުއްޓާ ކައިރި އަށް މަޑުކޮށްލި ކާރުފެނި ލައިހާ ހައިރާންވީނަމަވެސް އަޅާ ނުލާ ހުރީ އެއީ ޕްރައިވެޓް އެއްޗެއް ކަމުންނެވެ. ކާރުގެ އެތެރޭގައި އިން ރިޔާން އަށް ލައިޙާފެނުމުން ހިތަށް ގޮތެއް ވެލިކަން އިނގުނެވެ. އަބަދުލާކަހަލަ ދޫ އަބާޔާއަކާ ވަޅުފެހި ކުލައިގެ ޝޯލް އެއް ރީތިގޮތަކަށް އަޅާލައިފައި ހުރުމުން ނިކަން ލޯބިކަމަށް ދައްކައެވެ. ކާރުގެ ބިއްލޫރިގަނޑު ތިރި ކޮށްލަމުން ރިޔާން ލައިހާ އަށް ގޮވާލިއެވެ. އެވަގުތު ލައިހާ ލާލާހުރި ނޭވާވެސް ކަރުގާ ތާށިވިފަދައެވެ. މަޑުމަޑުން ނަމަވެސް އޭނާގެ ލޯދަތުރު ކޮށްލީ ފެންނަމުން ދިޔަ ރިޔާން ގެ ފިރިހެންވަންތަ މޫނަށެވެ. ” ޓެކްސީއެއް ނުލިބިފާދޯ ، އަހަރެން ލައީ ސްކޫލަށް ޑްރޮޕް ކޮށްލަދީފާނަން އަރަގަ ؟ ” މީހާގެ ހިތުގެ ތެޅުން މަޑުނުވިނަމަވެސް ބޭރަތަރެއިން ހަމަޖެހިލަމުން ރިޔާން ބުނެލީ ހިނިތުންވެލަމުންނެވެ. ވަކި އެއްޗެކޭ ނުބުނެ ލައިހާ ކާރަށް އެރީ ގަނޑިޖެހެން ދިހަމިނެޓް އަށް ވެފާ ހުރުމުން އަވަސް ކޮށްލުމަށެވެ. ” ރަނގަޅެއް ނު ތިހެން ހުރިއިރު ލައީ އަހަންނަށް ގުޅާލަން ނަމަވެސް ލައިދޭން ދާން ، އަހަރެން އައީމުސް ، ދެން ނޭނގެ މިކަހަލަ ފުރުސަތެއް ލިބޭނެ ކަމެއް ވެސް ، އަހަރެން ވަރަށް އަވަހަށް މެލޭޝީޔާ އަށް ދާން ފުރާނަން ” ވަށްކަޅިން ލައިހާ އަށް ބަލައިލަމުން ރިޔާން ބުނެލިއެވެ. އިސްޖަހާލައިގެން އަތުގެ އިނގިލިތަކާކުޅެން އިން ލައިހާ ގެ ހިތަށް ނުބައިގޮތެއް ވެލިއެވެ. މީހާގެ ހިތް މާޔޫސް ވިއެވެ. އެއަށް ދޭނެ ޖަވާބެއް ހިތަކަށް ނުވިސްނުނެވެ. މީހާގެ އެތެރެ ހަށި ހަލަބޮލިވިހެންހީވިއެވެ. މިހާރުން މިހާރަށް ރިޔާން ކައިރި ލޯބިވާވާހަކަ ބުނެލަން ހިތަށް އައިނަމަވެސް އަދިވެސް ޒަޔާންގެ އިންޒާރުތަކުން އޭނާގެ ހިތް ބިރުގަނެފައިވެއެވެ. އެހަމަހިމޭން ކަމުގައި ކާރުދުއްވަމުން ގޮސް ސްކޫލަށް ގަނޑިނުޖެހި ލައިހާ އަށް ދެވުނެވެ. ރިޔާން ކާރު މަޑުކުރުމާއެކު ލައިހާ ގަދަކުން ހިނިތުންވެލަމުން ޝުކުރު އަދާކޮށްލަމުން އަވަސް ފިޔަވަޅުތަކެއް ގައި ނިކުމެގެން ދިޔައީ އޭނާގެ ހިތަށް ކެތްނުވުމުންނެވެ. ދެލޯފެންކަޅިވީވެސް ނޭނގިހުރެއެވެ. އެއިރު ރިޔާން ގެ ދެލޮލުގައި ވެސް ކަރުނަތައް ބޮނޑިވެފައިވާގޮތުން ހީވަނީ ދެންމެ ދެންމެ ކަރުނަތައް ވެއްޓިދާނެހެންނެވެ. ހިނގަމުން ދިޔަ ލައިހާ އަށް ބަލައިލަމުން ރިޔާން ކާރުދުއްވާލީ ކަރުނަތައް ހިންދާލަމުންނެވެ. އޭނާ އަށް ވެސް ކެތްވަނީ ހަމަ ކިރިޔާއެވެ. އެކިހިޔާލުތަކުގައި ހުރެ ރިޔާން އޭނާގެ ކާރުގެ ދުވެލި ތަންކޮޅެއް ބާރުކޮށްލީ މީހާ އަށް ހިތްހަމަ ޖެހުން ލިބޭތޯއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސާޅީސް ދެވަނަ ބައި)

Next

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 11

Next
September 13, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 11

Previews
September 12, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސާޅީސް ދެވަނަ ބައި)

2 Comments!

  1. Nayaa Nayaa says:
    September 13, 2021 at 2:46 pm

    masha allah mi prt vx hama vvvvvvvvv reethi ingey sisoooo.. hama speechless.. ufff.. i finally have a feeling that everything is gonna be fine again.. insha allah it will all be okay… rly curious for the nxt prt.. whn is nxt..??
    lysssssssssssssssmm darloooooo
    ss nd tvgc broooooo
    lhiyanbe ah salaamey.. ekm ma nethin mifaharu manje ah salaam bunaakah 😉 haha lol… but love yah sis! u r the best..

  2. ?YEOJA? says:
    September 13, 2021 at 8:50 pm

    In reply to Nayaa
    Thank uu soo much dhoonigaduuu
    Glade u love this part 2
    Yeaa uare getting the feeling brww meansss dhnn oku vaaneyy so downt worry ngeyyy ISA itu will be owks
    Next part miharu vaany submit kohlaafaa. maybe tmrow kiyaalan libidhaane
    Keep waitin ngeyyy
    lymmmmmmm sweetie
    SS n TC u 2 brwww
    Ahahahah yesss will tell Naayuu ge salaam ngeyy eyna kairi. Ahahahaha heyw leyyy Im gud
    Awwwwwwwwwwwwwwwnnnnn Thank uuuu love yaa moree!!!!! Rlyy ur the best lil sis

Comments are closed.

Next Episodeގާތުގާވުމަށް ހިތް އެދެނީ (26)←


All Right Reserved!