Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދުވަސް

DESTINY2020 Level 210 Stories
July 29, 2015 10 Mins Read
21 Comments

އަހަންނަށް ހޭލެވުނީ ކުއްލިއަކަށް ވާރޭ ވެހެން ފެށުމުންނެވެ. އޭރު ގަޑިން ހަވީރު ހަތަރު ގަޑި ބައިވަނީއެވެ. ދެން ކަންނެތް ގޮތަކަށް އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ކުޑަ ދޮރު ހުޅުވާލީމެވެ. އޭރުވެސް ހަމަ ވާރޭ ވެހެނީއެވެ. އަހަރެން ކުޑަ ދޮރުން ބޭރު ބަލާލީމެވެ. ވާރެއިން ސަލާމަތްވާންވެގެން މީހުން މަސައްކަތް ކުރަމުން ދަނީއެވެ. އެއްބަޔަކު ތިބީ އަސްކަނި ދަށުގައެވެ. އަނެއް ބަޔަކު ކުޑަ ނަގައިގެން ވާރެއިން ސަލާމަތްވާން މަސައްކަތް ކުރަމުން ގެންދަނީއެވެ. ދެން ކުއްލިއަކަށް އަހަންނަށް ފެނުނީ ދުއްވާފައި ދިޔަ ކާރެކެވެ. ރަތް ކުލައިގެ ކާރެކެވެ. އެހިސާބުން އަހަރެންގެ ހަނދާން އާވާން ފެށިއެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭއަށް ގެއްލިފައި އަހަރެން ހުރީމެވެ. މަޑުމަޑުން މާޒީގެ ޞަފްހާތައް އަހަރެންގެ ކުރިމަތީގައި ހުޅުވެން ފެށިއެވެ.

އެއީވެސް މިކަހަލަ ދުވަހެކެވެ. ގޭތެރޭގައި ޖެހުނު މައްސަލައަކާއި ގުޅިގެން އަހަރެން ގެއިން ނިކުތީ ހަވީރުގެ ވަގުތެއްގައި ކުއްލިއަކަށެވެ. އަހަންނަށް ގެއިން ނިކުންނަން މަޖުބޫރުވީއެވެ. ގޭގެ ބޮޑު މީހާގެ ޢަމަލުތަކަށް އަހަންނަށް ކެތް ނުވީއެވެ. އެގޭގައި އުޅެން އެއްވެސް ފައިސާއެއް ދައްކަން ނުޖެހުނަސް، ފަހުން ދައްކަންޖެހިދާނެ އަގުބޮޑުވެދާނެތީ އަހަރެން ނުކުތީއެވެ. ކިތަންމެ ނިކަމެއްޗަސް ޖިންސީ ޝިކާރައަކަށް ވާން އެއްވެސް ގޮތަށް ބޭނުން ނުވީއެވެ.

ދާނެ ވަކިތަނެއްނެތި މަޑުމަޑުން އަހަރެން ހިނގައިގަތީމެވެ. ކުޑަ ތަންކޮޅަކަށް ދެވުނުތަނާހެން ވާރޭވެހެން ފަށައިފިއެވެ. ވާރެއިން ސަލާމަތްވުމަށްޓަކައި އަހަރެން މަޑުކުރީ ފިހާރައެއްގެ ދޮރުމަތީގައެވެ. އިރުއޮއްސެން ކައިރިވީއިރުވެސް ވާރޭވެހުން ހުއްޓައެއް ނުލިއެވެ. އެހެންވެ އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައެވެ. އަވަހަށް ވާރޭ ހުއްޓާނުލާނެ ކަން އެނގުމުން ކާރެއް ހުއްޓުވުމަށްޓަކައި އަހަރެން އަތް ނެގީމެވެ. ފުރަތަމަ ދެކާރުވެސް ދިޔައީ ފުލްކޮށެވެ. ދެން ކުއްލިއަކަށް ރަތްކުލައިގެ ކާރެއް އައިސް އަހަރެންގެ ކައިރިއަށް މަޑުކޮށްލިއެވެ. އަވަސް އަވަހަށް އަހަރެން އެކާރަށް އެރީމެވެ. އެރުމަށްފަހު ފުރަތަމަވެސް އަހަރެން ބަލާލީ ޑްރައިވަރުގެ މޫނަށެވެ. ސްމާޓް މީހެކެވެ. ވަރަށް ރީތިކޮށް ހެދުން އަޅާފައިވާ ޒުވާނެކެވެ. ބަލާލުމުންވެސް އުޅުން ހުންނާނެ މީހެއް ވައްތަރު ޖަހައެވެ. ކާރަކީވެސް ފެންވަރު ރަނގަޅު ކާރެކެވެ. އެކަހަލަ ފެންވަރު ރަނގަޅު ޓެކްސީއަކަށް ކުރިން އަހަންނެއް ނާރަމެވެ.
” ކޮން ތާކަށްތަ ގެންގޮސްދޭންވީ؟” ޑްރައިވަރު މަޑުމަޑުން އަނހާލިއެވެ.
” ކޮންތާކަށްތަ އަހަރެންދާނީ؟” އަހަރެން ހުރީ ގޮތް ހުސްވެފައެވެ.
” ކޮންމެސް ތަނަކަށް ދާންވެގެން ނޫނީ މީހަކު ކާރަކަށް ނާރާނެކަން އަހަންނަށް އިނގެނީ.” އޭނާ ބުނެލިއެވެ.
” މިއަދު އަހަރެން ދާނެ އެއްވެސް ތަނެއްނެތް. ނޭނގެ ދެން ހަދަންވި ގޮތެއްވެސް. މިހާރު ދެން މަރުވިޔަސް ހެޔޮ.” އަހަންނަށް ރޮވޭގޮތް ވިއެވެ.
” އަދި ތިހިސާބަށް ދާކަށްނުވޭ. ކިތަންމެ ކަމެއް އަދި ދިމާވާނެ. އެކަމަކު ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު މަސައްކަތް ކުރަންޏާ ކާމިޔާބުވާނެ. ކިހިނެއްތަ ވީ؟ ފަހަރުގައި އަހަންނަށް އެހީއެއްވެސް ވެވިދާނެކަން ނޭނގޭ.” އޭނާގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.

އަހަރެން ވާހަކަ ދައްކަން ފެށީމެވެ. އަހަރެންގެ ޙާލަތު ރަނގަޅަށް ބަޔާންކޮށްދިނީމެވެ. އެހީތެރިކަމެއް ވެދޭނަމަ، ހެޔޮހިތުން ވެދިނުމަށް އެދުނީމެވެ. އެނޫން ގޮތަކަށް އެހީތެރިކަމެއް ބޭނުމެއް ނޫންކަން އޭނާއަށް ސާފްކޮށްދިނީމެވެ. އަމިއްލަ އެދުމުން ތެމިފޯވެފައިވާ މީހުން ގިނަ މުޖުތަމަޢުއެއްގައި ޖެހޭނެ ހުރިހާ މައްސަލަތަކެއް އޭނާއަށްވެސް އިނގެއެވެ. އޭނާގެ ވާހަކައިން އެއީ ވަރަށް ހަރުދަނާ މީހެއްކަން އަހަންނަށް ދޭހަވިއެވެ. ތަޢުލީމް ލިބިފައިވާ މީހެއްކަން ފާހަގަވިއެވެ.
” ތީ މިހާރު ޢާއްމު ކަންތައްތައް. ކޮންކަމެއްތަ މިހާރު މިތާ ނެތީ؟ މިކުޑަ މުޖުތަމަޢު މިހާރު ހީވަނީ ކުށްވެރިންގެ އަމިއްލަ ކުންފުންޏެއްހެން. ކީއްކުރާނީދޯ. އިރާދަކުރެއްވިއްޔާ ފަހުން ރަނގަޅުވާނެ.” އަހަރެންގެ ވާހަކަ އަޑުއެހުމަށްފަހު އޭނާ ބުނެލިއެވެ.
” ސޮރީ. އަދި މިއުޅެނީ ނަންވެސް ނުބުނެވިގެން. އަހަންނަށް ކިޔަނީ އަޔާން. މީ އަހަރެންގެ ގެ.” ފުރިހަމައަށް ހަދާފައިވާ ނުވަ ބުރީގެ ޢިމާރާތް ކައިރީގައި ކާރު ޕާރކްކޮށްލަމުން އޭނާ ބުނެލިއެވެ.
” އަހަންނަށް ކިޔަނީ ޝަހާމާ.” އަހަރެން ބުނީމެވެ. އަހަންނަށް އެރުނީ އަޔާންގެ އަމިއްލަ ކާރަކަށް އެނގުނީ އެކާރުން ފޭބިފަހުންނެވެ.
” ހިނގާ ގެއަށް ވަންނަން. ޝަހާމާ ބޭނުން ދުވަހަކު މިގޭގައި ހުރެވިދާނެ. މައްސަލަ ޖައްސާނެ މީހަކު ނުހުންނާނެ. އަހަރެންގެ މަންމަވެސް ވަރަށް ރަނގަޅުވާނެ. ވަރަށް ފަހުންވެސް ބުނި ގޭތެރޭ ކުދިކުދި ކަންތައްތައް ކޮށްލަން އަންހެން ކުއްޖަކު ހޯދައިދޭށޭ” އަޔާން ކިޔައިދިނެވެ.
” ވަރަށް ބޮޑަށް ޝުކުރިއްޔާ.” އަހަރެން އަޔާންއަށް ޝުކުރު އަދާކުރީމެވެ.

އަހަރެން އަޔާންގެ ފަހަތުން ގެއަށް ވަނީމެވެ. ވަރަށް ފުރިހަމައަށް ހަދާފައިވާ ގެއެވެ. ގެއަށް ވަންނައިރު ފުރަތަމަވެސް ފެންނާނީ ބޮޑު ސިޓިންގ ރޫމެކެވެ. ސިޓިންގ ރޫމްގައި އަތުރާފައިވާ ސޯފާސެޓްގެ އަގު ހަމަގައިމުވެސް ވަރަށް ބޮޑުވާނެކަން ބަލާލުމުން އިނގެއެވެ. ސޯފާސެޓް ތަކުގެ މެދުގައި ބިއްލޫރި މޭޒެއް ހުއްޓެވެ. އެ މޭޒުމަތީގައި ވަރަށް ތަރުތީބުކޮށް ދުވަހު ނޫސްތަކާއި މެގަޒިންތައް އަތުރާފައި ހުއްޓެވެ. ސިޓިންގ ރޫމްގެ އެއްފާރުގައި ފްލެޓް ސްކްރީން ޕްލަސްމާ ބޮޑު ޓީ.ވީ އެއް ހަރުކޮށްފައި ހުއްޓެވެ. ސިޓިންރޫމްގައި އަޅާފައިވަނީ ވަރަށް ފަހުގެ ރަތްކުލައިގެ ދޫލައެކެވެ. ސިޓންގ ރޫމްގެ ތެރޭގައި ގަސްމުށި ތަކެއް ބަހައްޓާފައި ހުއްޓެވެ. ގަސް މުށިތައް އަތުރާފައި ހުރިގޮތުން ހީވަނީ ކުޑަވަރެއްގެ ބަގީޗާއެއް ހެންނެވެ. ފާރުގައި ހަރު ކޮށްފައިވަނީ ވަރަށް ހިތްގައިމު ކުރެހުން ތަކެކެވެ. ބަލާ މީހަކަށް ހިތްހަމަ ޖެހުން ލިބޭނެއެވެ. މުޅި ސިޓިންގ ރޫމްގައި ލައިފައިވާ މަޑު ފޮޔާތޮށި ކުލައިން ހުރިހާ އެއްޗަކާއި ވަނީ ގުޅުވާލާފައެވެ. މުޅި ތަން ވަނީ ހުވަނދުމަލުގެ އެއަރފްރެޝްނަރ އިން އެއްވަސް ވެފައެވެ. ސިޓިން ރޫމްގައި ބަހައްޓާފައިވާ އެހެނިހެން އަގުބޮޑު ތަކެތިންވެސް އަޔާންގެ ޢާއިލާއަކީ ވަރަށް ފުދިގެން ފުރިހަމައަށް އުޅޭ ބަޔެއްކަން ދޭހަވެއެވެ.
” ހިނގާ މައްޗަށް. އަހަރެންގެ އެޕާރޓްމަންޓް ހުންނާނީ ހަތްވަނަ ފަންގިފިލާގައި.” ލިފްޓާއި ދިމާލަށް ދަމުން އަޔާން ބުނެލިއެވެ. އަހަރެން އަޔާންގެ ފަހަތުން ދިޔައީމެވެ. ގޮސް ލިފްޓަށް އެރީމެވެ. ލިފްޓް ތެރޭގައި އިނދެގެން އަހަރެން މަޑުމަޑުން އަޔާންގެ މޫނަށް ބަލާލީމެވެ. އޭރު އޭނަގެ ނަޒަރު ހުރީ އެހެން ދިމާލަކަށެވެ. އަހަރެން ހީކުރީ އަޔާން ހުންނާނީ ވައްކަޅިން އަހަންނަށް ބަލަހައްޓައިގެން ކަމަށެވެ. އެކަމަކު، އޭރުވެސް އޭނާގެ ޚިޔާލާއި ފިކުރު ހުރީ އެހެން ދިމާލަކަށް ކަން އަހަންނަށް އިނގުނެވެ.
” މީ އަހަރެންގެ އެޕާރޓްމަންޓް. ޝަހާމާ ބޭނުމީ ކޮންކޮޓަރިއެއް.” އަޔާންގެ އެޕާރޓްމަންޓް ދައްކާލަމުން ބުނެލިއެވެ.
” ކީކޭދޯ އަހަރެން ބުނާނީ. ނޭނގޭ ބުނާނެ އެއްޗެއްވެސް. އަޔާން ބޭނުން ތަނެއްގައި އަހަރެން އުޅެދާނަން.” އަޔާންގެ ހިތްހެޔޮކަމަށްޓަކައި އަހަރެން އިނީ ހައިރާން ވެފައެވެ.
” އޯކޭ. ކުޑަ އިރުކޮޅަކު ވިސްނާލާ. އަހަރެން އަންނާނަން ބޭރަށް ގޮސްފައި. އަހަރެންގެ މަންމަ އަބަދުވެސް ބުނޭ ބައެއް ނިންމުންތައް ނިންމަން އަންހެނުންނަށް ވަގުތު ބޭނުންވާނެޔޭ. އަހަރެން އައިސް މަންމައާއި ބައްދަލުކޮށްދޭނަން. މާ ލަހުން އާދެވިއްޖެއްޔާ މަންމައާއި ބައްދަލުކުރާނީ ފަހުން. އެކަމަކު ނިދިއައިސްފިއްޔާ ހަނދާންކޮށް ނިދައްޗޭ. އަހަރެންގެ އިންތިޒާރުގައި ނުހުންނައްޗޭ.” އަޔާން އެހެން ބުނެފައި ނިކުމެގެން ދިޔައީއެވެ.

އަޔާން ދިއުމުން އަހަރެން ސޯފާ ސެޓްގައި ޖައްސާލީމެވެ. ދެން ވަށައިގެން މުޅި ތަނަށް ބަލާލީމެވެ. އަޔާންގެ އެޕާރޓްމަންޓްގެ ސިޓިންގ ރޫމްގެ ފެންވަރު ގޭގެ ސިޓިންގ ރޫމަށްވުރެ ވަކި ދަށެއް ނޫނެވެ. ހުރިހާ އެއްޗެއްވެސް ހުރީ ނޫކުލައިންނެވެ. ސޯފާ ސެޓުން ތެދުވެގެން އަހަރެން ހިނގައިގަތީމެވެ. އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ ސިޓިންގ ރޫމުގެ އެއް ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯ ގަނޑަކަށެވެ. މަޑުމަޑުންގޮސް އަހަރެން އެފޮޓޯ ގަނޑަށްބަލާލީމެވެ. އަހަރެންގެ ހިތުގައި ސުވާލު މާރކެއް ޖެހުނީ ދެނެވެ. އެ ފޮޓޯ ގަނޑު އެތަނުގައި ހުންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އަޔާން އެފޮޓޯ ހޯދީ ކޮންތާކުން، ކިހިނެއްހެއްޔެވެ؟ ހަމަ ގައިމުވެސް އެއީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ފޮޓޯ ގަނޑެއް ނޫނެވެ. އެފޮޓޯ ގަނޑު އޮންނާނީ އެންމެ ދެމީހެއްގެ އަތުގައެވެ. އެދެމީހުންނާއި އަޔާން އާއި އެއްވެސް ގުޅުމެއް ވާނެ ހެނެއް އަހަންނަށް ހީއެއް ނުވެއެވެ. އެމީހުންގެ ދިރިއުޅުމާއި އަޔާންގެ ދިރިއުޅުމާއި ހާސްބައި ތަފާތު ވާނެކަން ނޭނގެއެވެ. ވީއިރު، އަޔާންގެ އަތަށް އެފޮޓޯގަނޑު އަރަންވީ ކިހިނެއް ހެއްޔެވެ؟
” ނުނިދަންތަ އަދިވެސް؟” އަހަރެން ސިއްސައިގެން ދިޔައީ އަޔާން އައިސް އެހެން ބުނުމުންނެވެ.
” އަދި ކުޑަ ތަންކޮޅެއް އަވަސް ކަމުން މިއިންނަނީ؟” އަހަރެން ބުނީމެވެ.
” ކައިފިންތަ އެއްވެސް އެއްޗެއް؟” އަޔާން އަނހާލިއެވެ.
” ކާހިތެއްވެސް ނެތް.” އަހަރެން ކުރު ޖުމްލައަކުން ބުނީމެވެ.
” ތިހެން ހަދާކަށް ނުވާނެ. އައިސް އަލަމާރީގައި ހުންނާނެ ބީފް. ކިރުވެސް. ތަރުކާރީއާއި މޭވާއާއި އައިސްކްރީމްވެސް. ގޮސް ބޭނުން އެއްޗެއް ހަދައިގެން ކާލާ. އަހަރެން މިދަނީ ނިދަން. މާދަމާ އަކީ ވަރަށް ބުރަ ދުވަހަކަށް ވާނެހެން ހީވަނީ.” ކުޑަކޮށް ތާއްޔާއި ޖެހިލަމުން އަޔާން ބުނެލިއެވެ.
” އަޔާން ނުކާނަންތަ؟” އަހަރެން ސުވާލުކޮށްލީމެވެ.
” ރައްޓެއްސެއްގެ ޕާރޓީއިން ކައިގެން މިއައީ. މިރޭ ދެން ނުކެވޭނެ އިތުރު އެއްޗެއް. އަހަރެން ދެން ނިދަން ވަންނަނީ. އެކަމަކު ކަމަކު ބޭނުމިއްޔާ ގޮވައްޗޭ.” އެހެން ބުނުމަށްފަހު އަޔާން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

އަހަރެން ހިނގައިގަތީ އައިސް އަލަމާރިއާއި ދިމާލަށެވެ. ގޮސް އައިސް އަލަމާރީގެ ދޮރު ހުޅުވާލީމެވެ. އަޔާން ބުނި ހުރިހާ އެއްޗެއް ހަމައަށް ހުއްޓެވެ. އަހަރެން ކެއީ ހަމައެކަނި އައިސް ކުރީމެވެ. ކާއެއްޗެއް ހަދައިގެން ކާހާ ހިތްވަރު ނެތުމުންނެވެ. ހަވީރުއްސުރެން އެއްވެސް އެއްޗެއް ނުކައި ހުރުމުގެ ސަބަބުން ވަރަށް ބޮޑަށް ވަރުބަލިކަން އިޙްޞާޞްވެފައިވާތީއެވެ.

ކައިނިމިގެން އަހަރެން މަޑުމަޑުން ހިނގައިގަތީ ކޮޓަރިއަށް ވަނުމަށެވެ. ކޮޓަރިއަށް ވަނުމަށްޓަކައި ދޮރު ހުޅުވާލީމެވެ. ކޮޓަރީގެ ލައިޓް ދިއްލާލުމަށްފަހު، އެތެރެއަށް ވަނީމެވެ. ވަރަށް ތަނަވަސް ކޮޓަރިއެކެވެ. މިޒަމާނުގެ ހުރިހާ ފަސޭހަތަކެއް ލިބެން ހުރި ކޮޓަރިއެކެވެ. ކޮޓަރީގައި ހުރީ ކްއީން ސައިޒް އެނދެކެވެ. އޭރުވެސް، އެނދު ހުރީ ނިދާލުމަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ފްލެޓް ސްކްރީން ޓީ.ވީއެއް ކޮޓަރީގެ އެއް ފާރުގައި ހަރުކޮށްފައި ހުއްޓެވެ. އަނެއް ފަރާތުގައި ވަރަށް ބޮޑު އަލަމާރިއެއް ބަހައްޓާފައި ހުއްޓެވެ. ކޮޓަރީގައި ހުރި ކުރެހުންތައް ސިޓިންގ ރޫމްގައި ހުރި ކުރެހުންތަކަށް ވުރެން ހިތްގައިމެވެ. މުޅި ކޮޓަރިއަށް ޖަހާފައިވަނީ ވަރަށް ހިތްގައިމު ވަހެއް ދުވާ އެއަރފްރެޝްނަރ އެކެވެ. ކޮޓަރި ތައްޔާރުކޮށްފައިވާ ގޮތުން ހީވަނީ، ވަރަށް ޚާއްޞަ މެހެމާނަކަށްޓަކައި ތައްޔާރުކޮށްފައިވާހެނެވެ.

އަހަރެން ގޮސް އެނދުގައި ޖައްސާލީމެވެ. ކޮޓަރިއަށް ވަތްއިރުވެސް، އޭ.ސީ ޖައްސާފައި ހުރުމުގެ ސަބަބުން މުޅި ކޮޓަރިތެރެވަނީ ވަރަށް ފިނިވެފައެވެ. އަހަރެން އޭ.ސީ ނިންވާލީމެވެ. ފިނީގައި ނިދަން އަހަންނަށް އުދަނގޫވާނެތީއެވެ. އެހެންވެ، ފަންކާ ޖަހައިގެން އެނދުގައި އޮށޯވެލީމެވެ. މުޅި ގައިގައި ބޯ ރަޖާގަނޑު އަޅައިގެން ނިދާލެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އެކަމަކު ނިދޭގޮތެއް ނުވިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަޔާން އަކީ ހަމަ އެހާ ރަނގަޅު މީހެއް ބާވައެވެ؟ އަހަރެންގެ އިތުރު މަޢުލޫމާތެއް ހޯދަން އަޔާން މަސައްކަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ކޮޓަރިއަށްވަދެ އެނދުގައި އޮށޯތް އިރުވެސް އަހަރެންގެ ހިތުގައި ވަނީ އެސުވާލުތަކެވެ. މިއުޅެވެނީ އަމިއްލަ އެދުން ބޮޑު ޒަމާނެއްގައެވެ. އަޔާން ފަދަ މީހަކު މިހާރު އުޅެދާނެ ހެއްޔެވެ؟ އުޅޭނަމަ، އަޔާންގެ މަޤްޞަދަކީ ކޮބައި ހެއްޔެވެ؟ ޙާލުގައި ޖެހޭ އަހަރެން ފަދަ އަންހެން ކުދިންނަށް އެހީވުން ހެއްޔެވެ؟ ނޫންނަމަ، ބައެއްގެ ނިކަމެތިކަމުން ފައިދާއެއް ނަގަން މަސައްކަތް ކުރަނީ ނޫންބާވައެވެ؟ ދެން ހިތަށް އެރިއެވެ. މިވިސްނެނީ ގޯސް ގޮތަށެވެ. އެހީތެރިވެދިން މީހަކާއި ދޭތެރޭ އެހެން ވިސްނާކަށް އަދި ނުވެއެވެ. އަޔާންގެ ފަރާތުން އަހަންނަށް އަދި ކަމެއް ނުފެނެއެވެ. އަހަންނަށް އަޔާންގެ ގޭގައި ސައްވިސް ގަޑިއިރުވެސް ހޭދަކޮށެއް އަދި ނުލެވެއެވެ. ވީއިރު، އަހަންނަށް އަޔާން ދަސްނުވެގެން ލަސްވެގެން އުޅޭކަށް ނުވެއެވެ.

ނިދަން އުޅެވެސް އަހަންނަށް ނުނިދުނެވެ. އަހަރެން މަޑުމަޑުން ތެދުވީމެވެ. ދެން ކޮޓަރީގެ ކުޑަ ދޮރު ހުޅުވާލީމެވެ. ކުޑަކޮށް ވާރޭ ވެހެމުން ދިޔައެވެ. ވައިވެސް ކޮންމެވެސް ވަރަކަށް ޖެހެމުން ދިޔައެވެ. އަހަރެން ކުޑަ ދޮރު ލައްޕާލީމެވެ. އެނދަށް އަރާ އޮށޯވެލީމެވެ. އެކަމަކު ނިދީގެ އެއްވެސް ކަމެއް އަހަންނަކަށް ނެތެވެ. ނިދިނައުމުން އަހަރެން ހިނގައިގަތީމެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ސިޓިންގ ރޫމަށް ނިކުތީމެވެ. ދެން ސޯފާ ސެޓްގައި ޖައްސާލީމެވެ. ޓީ.ވީގެ ރިމޯޓް ނެގުމަށްފަހު ޓީ.ވީ ހުޅުވާލީމެވެ. އޭރު ދައްކަމުން ގެންދަނީ ފިލްމެކެވެ. ފިލްމަށް ގެއްލިފައި އަހަރެން އިނީމެވެ. ދެން ބަލާލީ ގަޑިއަށެވެ. ފަތިހު ފަސްގަޑި ބައިވަނީއެވެ. އެހެންވެ، ތެދުވެގެން ގޮސް އަނެއްކާވެސް ކޮޓަރިއަށް ވަނީމެވެ. ދެން ނިދޭތޯ މަސައްކަތް ކުރީމެވެ. އަހަންނަށް ނިދުނީ އިރު އެރިފަހުންނެވެ.
” ޝަހާމާ. ނުތެދުވަނީތަ އަދިވެސް؟ މިހާރު އެއޮތް ތިނެއް ޖަހަނީ.” އަޔާން އައިސް އަހަންނަށް ގޮވާލިއެވެ. އޭރު އަހަރެން ހުރީ ކުޑަކޮށް ހުންވަންތަރު ވެފައެވެ. އަހަރެންނަށް ރޯގާވެސް ކޮންމެވެސް ވަރަކަށް ވަނީ ޖެހިފައެވެ.
” ތިނެއް ޖަހަނިއްޔޭ.” އަހަންނަށް ބުނެވުނީ އެހެންނެވެ.
” ރޭގަ ނުނިދާދޯ އުޅުނީ. އަހަންނަށް އިނގޭ އެކަން. ފަހަރުގައި މާހައުލު ބަދަލުވުމުން އެހެން ވެދާނެ.” އަޔާން އެ ބުނީ ތެދެކެވެ.
” ވަރަށް ލަހުން އަހަންނަށް ނިދުނީ.” އެހިސާބަށް ބުނެފައި އަހަންނަށް ކެއްސައި ގަނެވުނީއެވެ.
” އަނެއްކާ ބަލިވެތަ ތިއުޅެނީ؟ ހިނގާ ޑޮކްޓަރަށް ދައްކަންދާން.” އަޔާން ބުނެލިއެވެ.
” ކުޑަކޮށް ރޯގާ ޖެހިގެން މިއުޅެނީ. މީ އެހާ ބޮޑުކަމެއްނޫން. ބޭސްގުޅައެއް ކާލަނިކޮށް ރަނގަޅުވެދާނެ.” އަޔާން އަށް އެހާ އުދަނގޫކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.
” އަހަރެމެން ގިނަ މީހުންގެ މައްސަލައަކީ ތިއީ. ކުޑަކޮށް ތަނެއްގައި ރިއްސާލިޔަސް މައްސަލައަކަށް ނަހަދާނެ. އެންމެފަހުން އެކުޑަކަންތައް ބޮޑުވެގެންދާއިރު، އޮންނާނީ ފުރާނައަށްވެސް ނުރައްކާތެރި ބައްޔަކަށްވެފައި. ތިހެން ހަދާކަށްނުވާނެ. ދޭ ފެންވަރާލައިގެން އަންނަން. މިއަދު ދާންޖެހޭނެ ޑޮކްޓަރަށް.” އަޔާން ބޭނުމީ އަހަރެން ޑޮކްޓަރަށް ދައްކާށެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި އަހަރެން ފެންވަރައިގެން ނިކުތީމެވެ. އޭރު އަޔާން އިނީ މޭޒުކައިރީގައި ސައިބޯށެވެ. އަޔާންގެ އިޝާރާތަކަށް އަހަރެން ގޮސް މޭޒުގެ އަނެއްކޮޅުގައި އިށީނީމެވެ. ދެން މަޑުމަޑުން ސައިބޯން ފެށީމެވެ.
” ކޮބާތަ އަޔާންގެ މަންމަ؟” އަހަރެން އަނހާލީމެވެ.
” މިއަދު ދިމާވާނެ. އެކަމަކު، ފުރަތަމަ ދާންޖެހޭނީ ޑޮކްޓަރަށް. ނެތްތަ މައްސަލައެއް؟” އަޔާން އަނހާލިއެވެ.
އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ. އިތުރު ވާހަކައެއް ދައްކާ ހިތެއް ނުވިއެވެ. ޖަވާބު ނުލިބޭ ސުވާލުތަކެއް ހިތުގައި ވާތީއެވެ. ހަމައެއާއިއެކު، ދެދުވަހުން މީހެއްގެ ޙަޤީޤަތެއްވެސް ނޭނގޭނެއެވެ. އެހެނަސް އަޔާންއަށް ހިތްބަރުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހިތުގައި ޖެހިފައިވާ އެންމެ ބޮޑު ސުވާލަކީ އަޔާންއަށް އެފޮޓޯގަނޑު ލިބުނު ގޮތެވެ.
ސައިބޮއެނިމިގެން އަޔާންގެ ފަހަތުން ގޮސް އަހަރެން ކާރަށް އެރީމެވެ. އަހަރެން ކާރަށް އެރުމާއިއެކު އަޔާން މަޑުމަޑުން ކާރު ދުއްވާލިއެވެ.

” ކޮށްލަންތަ ސުވާލެއް؟” އެންމެ ފަހުން އެ ފޮޓޯގަނޑުގެ ސުވާލު ކުރާ ހިތް އަހަރެން ވެއްޖެއެވެ.
” ކުރޭ. މިކޮޅުން ޖަވާބުދޭނަން.” އަޔާން ވަރަށް ހަމަޖެހިގެން ބުނެލިއެވެ.
” ކާކުގެ ފޮޓޯގަނޑެއްތަ އަޔާންގެ ސިޓިންރޫމްގައި އެއިނީ؟” އެންމެ ފުރަތަމަ ދުވަހުގައިވެސް އަޔާންގެ ފަރާތުން ޖަވާބު ހޯދަން އަހަރެން ބޭނުންވި ސުވާލަކީ މިއެވެ.
” ތިހެން އެހިއިރުވެސް އަހަންނަށް ހީވަނީ، އެފޮޓޯގަނޑުގައި ވަނީ ކާކުކަން ހަމަ ޝަހާމާއަށްވެސް އިނގޭނެހެން. އަސްލުވެސް ހަމަ ނޭނގިގެންތަ ތި ސުވާލު ތިކުރީ؟” އަޔާންވެސް ކޮށްލީ ސުވާލެކެވެ
” ކޮބާތަ މިހާރު އެކުއްޖާ؟” އިތުރަށް ސާފްކޮށްލަން އަހަރެން ބޭނުންވިއެވެ.
” ކިހިނެއްތަ އިނގެނީ ސުވާލު ތިކުރީ އެކުއްޖާ ނޫން ކަމެއްވެސް!” އަޔާންގެ އެޖުމްލައިން ހުރިހާ އެއްޗެއް އަހަންނަށް ސާފްވިކަހަލައެވެ.

އިތުރު ސުވާލެއް އަހަރެން ނުކުރަމެވެ. އަޔާންއަށް އެފޮޓޯގަނޑު ލިބުނުގޮތެއްވެސް ހޯދާކަށް އަހަރެން ބޭނުމެއްނުވިއެވެ. އެއީ ކީއްވެގެންކަމެއް އަހަންނަކަށްވެސް ނޭނގެއެވެ. ހޮސްޕިޓަލާއި ހަމައަށް އާދެވުނީ އަހަރެން އެޚިޔާލުގައި ހުއްޓައެވެ. ގާތްގަޑަކަށް ދެގަޑިއިރުގެ ތެރޭގައި ޑޮކްޓަރަށް ދައްކާ ހުރިހާ ކަމެއް ނިމުނެވެ. ބޭސް ނަގައިގެން ގެއަށް ދިއުމަށް އަހަރެމެން ކާރަށް އެރިއިރު، އިރުއޮއްސެނީއެވެ.
އަހަރެން އަޔާން އާއިއެކު ގެއަށް ވަތްއިރު، އަޔާންގެ މަންމަ އިނީ ސިޓިންރޫމް ގައެވެ.
” އަޔާން މީތަ އެކުއްޖަކީ؟” އަޔާންގެ މަންމަ އަނހާލިއެވެ.
” މަންމާ. މީ ޝަހާމާ. އަދި މިއުޅެނީ މަންމައާއި ބައްދަލުނުކުރެވިގެން. ޝަހާމާ ކުޑަކޮށް ބަލިވެ އުޅޭތީ، ޑޮކްޓަރަށް ދައްކާފައި މިއައީ.” އަޔާން އަހަރެން ތަޢާރަފްކޮށްދިނެވެ. އަހަރެން ގޮސް އަޔާންގެ މަންމައާއި ސަލާމްކޮށްލީމެވެ.
” މަންމަ ހީކުރީ އަޔާން އިންނަން އުޅޭ ކުއްޖާކަމަށް. މީ އަދި އެކުއްޖާއެއްނޫންދޯ.” އަޔާންގެ މަންމަ ދިމާކޮށްލިއެވެ.
” ފަހަރުގައި ހަމަ ވެދާނެއެއްނު އެކުއްޖަކީ މީކަމަށްވެސް.” އަޔާން ބުނެލިއެވެ.
” މައްސަލައެއްނެތް. އަޔާންއަށް އިނގޭނެ މަންމަމެންނަކީ ދަރިފުޅުގެ ލޯބީގެ ދިރިއުޅުމަށް ހުރަސްއަޅާ ބައެއްނޫންކަން. އަޔާން ބޭނުން ކުއްޖަކާއި އިންނަންވީ. އެކަމަކު ހަމަޖެހިގެން ދިރިއުޅޭތި.” އަޔާންގެ މަންމައަކީވެސް ވިސްނޭ މީހެކެވެ.
” ޝަހާމާ ވާހަކައެއް ނުދައްކާނަންތަ މަންމައަކާއި؟” އަހަރެން މަޑުން އިނުމުން އަޔާން ބުނެލިއެވެ.
” ކީކޭބާއޭ އަހަރެން ބުނާނީ، އަހަރެންގެ ހިތަށް މިއަރަނީ؟” ދައްކާނެ ވާހަކައެއް އަހަންނަކަށް ނޭނގެއެވެ.
” އަޔާން. އުޅުން ހުންނަ އަންހެނުން އެހާ ގިނަ ވާހަކަތަކެއް ނުދައްކާނެ. ޝަހާމާތީ ވެދާނެ ފަހަރުގައި ދަރިފުޅުގެ ނަޞީބުކަމަށްވެސް.” އަހަންނަށް ބަލާލަމުން އަޔާންގެ މަންމަ ބުނެލިއެވެ.

އެހެން ބުނުމުން އަހަރެން އިސްދަށަށްޖަހާލީމެވެ. އަހަންނަށް މިވަމުންދާގޮތް ކޮންމެވެސް ވަރަކަށް އިނގެމުންދާ ކަހަލައެވެ. އެހެނަސް މާގިނައިން ވާހަކަ ދެއްކުމަކީ އަހަރެންގެ އާދައެއް ނޫނެވެ. އެހެންވެ، އަހަރެން މަޑުމަޑުން އިނީމެވެ. އަޔާންގެ ބައްޕަ އެތަނަށް އައީ އަހަރެމެން ސިޓިންރޫމްގައި ތިއްބައެވެ. އަޔާންގެ ބައްޕަވެސް އައިސް ދެއްކީ ހަމަ އެވާހަކައެވެ. އަހަރެން އިނީ މަޑުމަޑުން އަޑުއަނހާށެވެ. އަހަރެންގެ ހިތަށް އެރީ އެންމެ އެއްޗެކެވެ. އަހަރެންގެ މައިންބަފައިން މިދުނިޔޭގައި ތިބި ނަމައެވެ. އެހެންނަމަވެސް، ކުޑަކޮށް ހިތްހަމަވެސް ޖެހުނެވެ. ރަނގަޅު، ހެޔޮވިސްނޭ ޢާއިލާއަކާއިއެކު، ދިރިއުޅުމުގެ ފުރުޞަތު ލިބެމުންދާތީއެވެ.

ދުވަސްވަމުން ދިޔަ ވަރަކަށް، އަހަންނާއި އަޔާންއާއި އޮންނަ ގުޅުން މަޑުމަޑުން ގާތްވަމުން ދިޔައެވެ. އަހަރެމެންގެ ކައިވެނިވެސް ކުރެވުނީ ހަމަ ކުއްލިއަކަށެވެ. އަހަންނަށް މިހުރިހާ ކަމަކުންވެސް ލިބުނީ ޙައިރާންކަމެކެވެ. ވަރަށް ފެންވަރުގެ ޕާރޓީއެއް ބޭއްވުމަށް އަޔާން ބޭނުންވިއެވެ. އެކަމަކު އަހަރެން އެކަމާއި އެއްބަސް ނުވީއެވެ. ކައިވެނީގެ މާނަ އަކީ އަގުބޮޑެތި ޕާރޓީތަކެއް ބޭއްވުމެއް ނޫނެވެ. މިއުޅެނީ ބަޔަކަށް ދައްކާކަށްނޫނެވެ. ނުވަތަ ދިރިއުޅުމުގެ މުބާރާތެއްގައެއް ނޫނެވެ. ނޫންނަމަ، މީހުން ހައިރާންވާ ފެންވަރަށް ޕާރޓީވެސް އަޔާންއަށް ބޭއްވިދާނެކަން އަހަންނަށް އިނގެއެވެ. އެހެނަސް، ކުޑަގޮތަކުން އެކަން ނިންމުމަށް އަހަރެން އަޔާންގެ ގާތުގައި ބުނީމެވެ. އަޔާންވެސް އެއްބަސްވިއެވެ. މިހުރިހާ ކަމަށްޓަކައި، އަހަރެން ހެޔޮހިތުން ޝުކުރުވެސް ކުރީމެވެ.

އަހަރެމެންގެ ކައިވެންޏަށް ތިން މަސްވީއިރު، އަހަރެން އިނީ ބަލިވެއެވެ. އަހަރެން ވަރަށް އުފާކުރީމެވެ. އަޔާންވެސް ވަރަށް އުފާވިއެވެ. އަޔާން މައިންބަފައިންނަށް ހީވީ ޢީދެއް އައިހެނެވެ. ވާނީވެސް އެހެންނެވެ. އެމީހުންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅަކީ އަޔާން އެވެ. އަޔާން ބައްޕައަކަށްވާނެ ދުވަހަކަށް އެމީހުން ދިޔައީ އުފަލާއިއެކު އިންތިޒާރުކުރަމުންނެވެ.
” މިކޯހުގައި ގާތްގަޑަކަށް ވާނީ ހީވަނީ ނުވަމަސްހެން. ބަލާނަން ވަރަށް އަވަހަށް އާދެވޭތޯ. ފައިސާ އޮތަސް ކިޔެވުމަކީ އަހަރެންގެ ހޮބީ. އެކަމާއި ދުރަކަށް ނުދެވޭނެ.” އަޔާން އަށް ކޯހެއްގައި ރާއްޖޭން ބޭރަށް ފުރަންޖެހުނީ ކުއްލިއަކަށެވެ.
” ކޮންމެހެންވެސް ދަރިފުޅުވިހާ ތަނަށް އަންނައްޗޭ. އަޔާން ނެތުމުން އަހަރެން ވަރަށް ފޫހިވާނެ.” ކުއްލިއަކަށް އަޔާން ފުރަންޖެހުމުން އަހަރެން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.
” ދެރަނުވޭ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް، ދަރިފުޅު ވިހާ ތަނަށް އަންނާނަން. ދޯ ދަރިފުޅާ.” އަހަރެންގެ ބަޑުގައި ކަންފަތް ޖައްސައިގެން ހުރެ އަޔާން ބުނެލިއެވެ.
އޭގެ އަނެއް ދުވަހު އަޔާން ފުރައިގެން ދިޔައެވެ. އަޔާން ފުރައިގެން ދިއުމުން އަހަރެން ކޮންމެވެސް ވަރަކަށް ދެރަވިއެވެ. އެކަމަކު އެތަން އަޔާންގެ މަންމަމެން އަހަންނަކަށް ނުދައްކައެވެ. އެމީހުން އަހަންނަށް ހުރިހާ ކަމެއްކޮށްދިނެވެ. ވަރަށް ލޯބިން ހިތްހެޔޮކޮށް އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދިޔައެވެ. އަހަރެންގެ އަތުން އެއްވެސް ކަމެއް ކުރިޔަކަ ނުދެއެވެ. ހީވަނީ އަހަންނަކީ ހަމަ އެމީހުންގެ އުފަން އަމިއްލަ ދަރިއެއް ހެންނެވެ.
އަޔާންވެސް އަހަންނަށް މަދުވެގެން ހަފްތާއަކު އެއްފަހަރަކު ގުޅައެވެ.
” ޝަހާމާ. ކޮންނަމެއްތަ ދަރިފުޅަށް ކިޔާނީ؟” އެއް ދުވަހަކު އަޔާން ގުޅާފައި އަނހާލިއެވެ.
” އަޔާން ބޭނުން ނަމެއް. އެކަމަކު މަންމަމެން ބޭނުންވަނީ ވަރަށް ރީތި ޢަރަބިނަމެއް ކިޔަން.” އަހަރެން ބުނީމެވެ.
” އެހެންވިއްޔާ އެކަން މަންމަމެނަށް ދޫކޮށްލާ. އެމީހުން އެކަން ކުރާނީ ރަނގަޅަށް.” އަޔާން މައިންބަފައިންނާއި ދެކޮޅެއް ނަހަދާނެއެވެ.
ހަވީރުގެ ވަގުތެކެވެ. ފެންވަރައިގެން އަހަރެން ނުކުތްއިރު ކޮޓަރީގެ ފޯން ރިންގވަނީއެވެ.
” ހަލޯ.” ފޯން ނަގަމުން އަހަރެން ބުނީމެވެ.
” އަޔާންގެ އަންހެނުންތަ ތީ؟” އެކޮޅުން ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.
” އާނ. ކީއްތަވީ؟” އަހަރެން އަނހާލީމެވެ.
” އަޔާން. އަޔާން އެކްސިޑެންޓްވެގެން ހޮސްޕިޓަލަށް ގެނެސްފި. ގެނައިރުވެސް އޮތީ މަރުވެފައި.” އަހަންނަށް އަޑުއިވުނީ އެހިސާބަށެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.
ލޯ ހުޅުވާލެވުނު އިރު އަހަރެން އޮތީ ހޮސްޕިޓަލްގައެވެ. އަޔާންގެ މަންމައާއި ބައްޕަ ގާތުގައި ތިއްބެވެ.
” ކިހިނެއްތަ ވީ އަޔާންއަށް؟” ފުރަތަމަވެސް އަހަރެން އަނހާލީ އެހެންނެވެ.
” ދެން ދެރަނުވޭ ދަރިފުޅާ. ހުރިހާ އެންމެންނަށްވެސް އެދުވަސް އަންނާނެ.” އަޔާންގެ ބައްޕަ އަހަރެން ހިތްހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ.

އަޔާންގެ ބައްޕަ އެހެން ބުނުމުން އަހަންނަށް ރޮވެން ފެށުނެވެ. އަހަރެންގެ ހިތުގައި ޖެހުނެވެ. ދިރިއުޅުމުގެ ހުރިހާ ކަމަކަށް ނިމުން އައި ކަހަލައެވެ. އަހަރެންގެ ހުރިހާ އެއްޗަކީވެސް އަޔާންއެވެ. އަޔާން ނެތް ދުނިޔޭގައި އަހަރެން އުޅޭކަށް ބޭނުމެއް ނޫނެވެ.

” ދެން ހިތާމަ ނުކުރޭ. ދަރިފުޅަށް ގެއްލުން ލިބޭނެ.” އަޔާންގެ މަންމަ ބުނެލިއެވެ.

އެހެނަސް ރޮވޭނެއެވެ. ދެރަވެސް ވާނެއެވެ. އަހަންނަށްވުރެން ބޮޑަށް އެމީހުންވެސް ދެރަވާނެއެވެ. އެކަން އަހަންނަށް އިނގެއެވެ. އަޔާން އަކީ އެމީހުންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އަހަރެންގެ ފިރިމީހާއެވެ. އަހަރެންގެ އުފަންވާ އުޅޭ ދަރިފުޅުގެ ބައްޕައެވެ. އަޔާން ގެއްލިގެން ދިއުމުން އަހަރެން ވަރަށް މޮޅިވެރިވިއެވެ. އެކަމަކު އަޔާންގެ މަންމައާއި ބައްޕަ ދިން ހިތްވަރު ދިރިއުޅުމާއި އަލުން ކުރިމަތިލުމަށް އަހަރެން ނިންމީމެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަންނަށް ފިރިހެން ކުއްޖަކު ލިބުނެވެ. އަހަރެންގެ ހިތްހަމަޖެހުމަށްޓަކައި، ވިހެއުމުގެ ހުރިހާ ކަމެއްވެސް ހަމަޖެހުނީ ރާއްޖޭން ބޭރުގައެވެ. ދަރިފުޅު އުފަންވި ދުވަހު އަޔާން ނެތުމުން އަހަރެން ވަރަށް ދެރަވިއެވެ. އަހަރެން އޮތް ކޮޓަރީގެ ދޮރުން ވަދެގެން އަންނަ ކޮންމެ މީހެއްގެ މޫނަށް އަހަންނަށް ބަލާލެވެއެވެ. އަޔާން އާދޭތޯއެވެ. އެކަމަކު ނާންނާނެކަންވެސް އިނގެއެވެ.
ދަރިފުޅު ބޮޑުވަމުން އައީ ވަރަށް ފުރިހަމަ ކޮށެވެ. އެންމެ ވައްތަރީ އަޔާން އާއިއެވެ. އަޔާންގެ މައިންބަފައިން އަބަދުވެސް ތިބެނީ ދަރިފުޅުގެ ފަރި ބަލާލައެވެ. ގޭތެރޭގެ ފަޅުފިލުވައިދޭނެ ކުޑަކުއްޖަކު ލިބުމުން އެމީހުން ތިބީ އުފަލުން ފޮޅިފައެވެ. އަޔާން ނެތުމުގެ ހިތާމަ ކުރިއަސް އެކަން އެމީހުންގެ މޫނުމަތިން އަހަންނަކަށް ނުދައްކައެވެ. އަހަރެން އިތުރަށް ދެރަވެދާނެތީއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަޔާން ހުރި ނަމައެވެ. އޭރުން އަޔާން ކިހާ އުފާވާނެހެއްޔެވެ؟
ހަވީރުގެ ވަގުތެކެވެ. ދުވަހަކީ ޚާއްޞަދުވަހެކެވެ. ގޭތެރޭގައި އެންމެން ދެކޮޅަށް ޙަރަކާތްތެރިވަމުން ދިޔައެވެ. އަޔާންއާއި އަހަރެންގެ ދަރިފުޅަށް އެއް އަހަރު ފުރޭ ޕާރޓީ ބޭއްވުމަށެވެ. ޕާރޓީ އޮތީ ގޭގެ ސިޓިންރޫމްގައެވެ. އަހަރެންގޮސް ދަރިފުޅު ފެންވަރުވާ ތައްޔާރުކުރީމެވެ.
” މަންމާ. މިއަދު ބައްޕަ އަންނާނެ.” އަހަރެންގެ ގާތު ދަރިފުޅު ބުނެލިއެވެ.
” އާނ. ބައްޕަ އަންނާނެ. ދެން ހިނގާ އަވަހަށް ކޭކު ފަޅަން.” އަހަރެން އެހެން ބުނީ ދަރިފުޅު ރުއްސާލުމަށެވެ.

އަހަރެން ދަރިފުޅު ގޮވައިގެންގޮސް ކޭކުގެ ކައިރީގައި ހުއްޓިލީމެވެ. ދެން އަހަރެންގެ އަތުން ދަރިފުޅުގެ އަތުގައި ހިފަހައްޓައިގެން ކޭކު ފަޅަން ފެށީމެވެ. އެވަގުތު ފަހަތުން މީހަކު އައިސް އަހަރެމެން ދެމީހުންގެ އަތުގައި އެކީ ހިފާލިއެވެ. ކުއްލިއަކަށް އަހަރެން ބަލާލީމެވެ. ފަހަތުގައި ހުރީ އަޔާން އެވެ. އަހަންނަށް ލިބުނީ ޙައިރާންކަމެކެވެ. އުފަލުންގޮސް ނުރޮވުނީ ކިރިޔާއެވެ. އަހަރެން އަޔާންގެ ގައިގައި ބައްދާލީމެވެ. ދުވަހަކުވެސް ދެން ދުރަށް ދާން ބޭނުންނުވާވަރަށެވެ.
” ކޮންތާކު އުޅެފަތަ ތިއައީ؟” އަހަންނަށް އަނހާލެވުނީ އެހެންނެވެ.
” ކޯސް ނިންމާފައެއްނު މިއައީ. ދޯ ދަރިފުޅާ.” ދަރިފުޅު އުރާލަމުން އަޔާން ބުނެލިއެވެ.
ފަހުން އަޔާން އަހަންނަށް ހުރިހާ އެއްޗެއް ސާފްކޮށް ކިޔައިދިނެވެ. ކަންތައްތައް ވީގޮތް އޮޅުން ފިލުވައިދިނެވެ. އެކަމާއި އަހަރެން ޝަކުވާ ނުކުރަމެވެ. ކުރާކަށް ބޭނުމެއްވެސް ނޫނެވެ. ކޮންމެއަކަސް އަޔާން އައުމުން އަހަރެން ވަރަށް އުފާވިއެވެ. އަހަރެންގެ ދަރިފުޅުވެސް ވަރަށް އުފާވިއެވެ.
” މަންމާ ހިނގަދާން ކާރުދުއްވާލަން. ބައްޕަ އެބައިން ކާރުގައި މަންމައަންނަންދެން.” އަހަންނަށް ޚިޔާލުން އެބުރި އާދެވުނީ ދަރިފުޅު އައިސް އަހަރެންގެ ގައިގައި ކޮށްޓާލުމުންނެވެ. އަހަރެން ގޮސް ދަރިފުޅުގެ އަތުގައި ހިފައިގެން ތިރިއަށް ފޭބީމެވެ. އޭރު އަޔާން އަހަރެމެން ދެމީހުންގެ އިންތިޒާރުގައި ތިއްބެވެ. އަހަރެމެން ކާރަށް އެރުމުން އަޔާން ކާރުދުއްވާލިއެވެ.
” ބައްޕާ ހިނގާ ސަބްމެރިންކާން ޑައިންމޯރއަށް ދާން.” ދަރިފުޅު ބޭނުންވާގޮތް ބުނެލިއެވެ.

އަޔާން ކާރުގެ މިސްރާބް ޑައިނަމޯރއާއި ދިމާލަށް ދިއުމަށް ބަދަލުކޮށްލިއެވެ. އަހަރެން ދަރިފުޅުގެ ގައިގައި ބައްދާލީމެވެ. އަޔާންގެ ވާތުން އަހަރެންގެ ކަނާތުގައި ހިފާ ބާރުކޮށްލިއެވެ. އަހަރެން ބަލާލީމެވެ. އަޔާން ހިނިތުންވެލިއެވެ. އަހަރެންވެސް ހިނިތުންވެލީމެވެ. އަހަރެން ދުވަހަކުވެސް އަޔާންގެ އަތުން ދޫކޮށްލާކަށް ބޭނުމެއްނޫނެވެ. ދިރިއުޅުމުގައި އަބަދު އުފަލެއް ނުލިބޭނެއެވެ. އުފާވެރިކަމާއި އެއްވަރަށް ހިތާމަވެސް އިޙްޞާޞްކުރަންޖެހޭނެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ އަޔާން އާއި ފުރަތަމަ ދިމާވި ދުވަހުން ފެށިގެން އަހަންނަށް ދިރިއުޅުމުގައި އުފާވެރިކަން ދަސްވިއެވެ. އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ ދުވަހަކީ ހަމައެކަނި އެދުވަހެވެ.
(ނިމުނީ)

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ހިތަކުން ނުފިލާނެއެވެ.

Next

ހިޖުރަ (ހަތްވަނަ ބައި)

Next
July 29, 2015

ހިޖުރަ (ހަތްވަނަ ބައި)

Previews
July 29, 2015

ހިތަކުން ނުފިލާނެއެވެ.

21 Comments!

  1. nazi says:
    July 29, 2015 at 10:25 am

    kobaatha sudhoo

  2. naxx says:
    July 29, 2015 at 11:11 am

    varah emotional….salhi..

  3. maahy says:
    July 29, 2015 at 1:03 pm

    varah lwbi mi storyy… kiyve shudhoo story up nukury..

  4. Ish says:
    July 29, 2015 at 1:19 pm

    Ahareh vairah mamma bappa annaanehey bunan egeyneba,mamma bappa kiyan egunas v hynuve……..kihinehtha v ayaan ah…anyway nice

  5. HAU says:
    July 29, 2015 at 3:34 pm

    Vaahaka ge feshumaa nimun ehaa boadakah nugulhey.
    Ayaan ah v gotheh vs nubunameh nan.
    Ayaan gey harukohfa huri photo ganduge sirreh vs neiy.
    Kuru kuriyas vaahaka furihama kohlaa

  6. mystery girl says:
    July 29, 2015 at 5:06 pm

    Amerrrx.Hy evves nuvey amerrx liyefa ohh vaahakaehhen.vvv cute.Amerrx mivarah rythi vaahaka eh liyelaafa comment ehh ves alhe nukuranytha.vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv obi

  7. mystery girl says:
    July 29, 2015 at 5:08 pm

    i hope i can get a life like this . ma hama aashokhu vejje

  8. mystery girl says:
    July 29, 2015 at 5:11 pm

    ma heekury ayern hama aslukoh vex maru v kamah . but v happi vejje ayern anburaa aima . v prfect

  9. mystery girl says:
    July 29, 2015 at 5:14 pm

    e kujja ah shahama nukiya thankolheh fashion nameh kee nama

  10. Lilly says:
    July 29, 2015 at 5:31 pm

    Mi vaahaka kurin kiyunu handhaneh vey…ayaan mareh nuvey …
    . Parents ah ekan engey. Dharifulhaves phone in vaahaka dhahka wife ah ekan naanga… i dnt knw y… Amaaz ge vahaka thah kiyafa binma ge stories handhan vany ….

    1. DESTINY2020 says:
      July 29, 2015 at 8:45 pm
  11. Hudhu says:
    July 29, 2015 at 9:08 pm

    Thi dhakkany alhugan’duge vaahaka kamuga vaanama v bodah ma’aaf. Hama ekani suvaaleh kohly ehen hithah araathy. Evves nubai niyatheh ovegeneh nun. Sorry Again

  12. Hudhu says:
    July 29, 2015 at 9:11 pm

    And I’m not hoodh.

  13. ken says:
    July 29, 2015 at 9:19 pm

    Storyge sirru kanthah nimunu irugaves neyngunu..ayaan ah vee gothakaa n dat photoge kanthahves

  14. Amaaz says:
    July 29, 2015 at 9:20 pm

    Its for all readers. Especially my favourite reader mystery girl…. i thank you for your question n dnt ve any problem with you or anyone… whn u asked that question i thought i d tell you how it all began. Thank you. Keep in touch

  15. Amaaz says:
    July 29, 2015 at 9:22 pm

    Thats true….i m thinking to write another story in relation to that. In that all secrets ll be disclosed thank you. Sorry for that.

  16. Shabee says:
    July 29, 2015 at 9:23 pm

    Mi vaahakiga aya ah v gotheh neynge…. n photo vaahaka ehevx neynge….adhi miahvure thafseel kh genainama ahi vees..:-D

  17. Amaaz says:
    July 29, 2015 at 9:25 pm

    I first wrote in on 2007. Thank you. I ll solve those issues on the next story… but ll take sometime… thank you…

  18. shaamaa says:
    August 1, 2015 at 9:25 pm

    vaahakain vaanuvaa eh egenee eh nun. ehves kameh ge thafseeleh nulibey… ayaanah foto libuny kiheneh kameh, e ee kon foto eh kameh, nothing was explained. ayaan maruvee ey bunee keehve kameh, secret plan eh viyya fahun kanthah veegoi kiyaa dhin iru kiyuntherin nahves can explain dhw….

  19. Hinko says:
    October 22, 2015 at 2:54 pm

    Varah loabi vaahaka eh. What’s behind the picture and ayaan ah vy kihineh? ?

  20. Amu says:
    December 6, 2016 at 1:57 pm

    Nice story

Comments are closed.



All Right Reserved!