ގާތުގާވުމަށް ހިތް އެދެނީ (22)
ނުޒްހަތްމެން ގެއިން އައުމަށްފަހު ގެއަށް ވަނުމުގެ ބަދަލުގައި ނޫރީން ދިޔައީ ޒިޔާދުގެ އެދުމަށް އޭނާގެ ރަހްމައްތެރިއަކާ ބައްދަލުކޮށްލުމަށެވެ. އެހެންކަމުން ލައިހާ ޖެހުނީ ޒަޔާން އާއެކު އެތެރެ އަށް ވަންނާށެވެ. ލައިހާ އަށް ވުރެ ކުރިން ޒަޔާން އެތެރެ އަށް ވަނުމުން ލައިހާ ވެސް ލަސްފިޔަވަޅުތަކެއް ގައި އެތެރެ އަށް ވަންނަން މިސްރާބުޖެހީ ޖެހިލުންވެ ހުރެއެވެ. މިހާރަކަށް އައިސް ޒަޔާން މާބޮޑަށް ގައިގޯޅިވާން މަސައްކަތް ކުރާތީއެވެ. މަޑުމަޑުން އެތެރެ އަށް ވަންއިރު ޒަޔާން ގެ ހިލަމެއް އެބޮޑު ސިޓިންރޫމް އަކުވެސް ނުވެއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ލައިހާ އެތެރެ އަށް ވަދެ ދޮރު ތަޅުލަން އަވަސްވެގަތެވެ. ކޮޓަރިއަށް ލައިހާ ދިޔަ މަގުމަތީ ލައިހާގެ އަތުގައި ހިފާ ލަމުން ޒަޔާން އޭނާ އަދި ފާރާ ދެމެދު ލައިހާ ހައްޔަރުކޮށްލިއެވެ. ސިއްސާގެން ދިޔަވަރުން ލައިހާގެ އަނގައިން މަޑުހަޅޭކެއް ވެސް ބޭރުވެގެން ދިޔައެވެ. އެއްމިޔަކަނިން ހީލާގެން ހުރި ޒަޔާން ހުރީ ލައިޙާގެ ނޭވާ އިޙްސާސްވާހާ ކައިރީ އެވެ. ” ޒަ.. ޒަޔާން ދުރައްޖެހޭ ” އަޅައިގަންނަމުން ލައިހާ ބުނެލިއެވެ. ” ނޯ ” ހީލަމުން ޒަޔާން ބުނެލިއެވެ. މިހެން ބުނެފައި ޒަޔާން ލައިހާގެ ތުންފަތައް ބޮސްދިނީ ލައިހާ ނުވެސް ވިސްނާ ހުއްޓައެވެ. ކުއްލިސިހުމެއް ލައިހާ އަށް ލިބުނެވެ. ޒަޔާން ކައިރިން ސަލާމަތް ވާން ލައިހާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާކަހަލަ ނިކަމެތި އަންހެނަކަށް ޒަޔާން ކުރިމަތީ ދެއްކޭނީ ކޮންބާރެއް ހެއްޔެވެ. ޒަޔާން ގެ އަމަލުތައް އަވަސް ވެގެން ދިޔައެވެ. ލައިޙާގެ ލޮލުން ކަރުނަތައް އަންނަމުން ދިޔައީ ނިމުމެއް ނުވާނޭ ފަދައިންނެވެ. އަތުގައި ހުރި ބާރެއްލާފައި ލައިޙާ މިފަހަރު ޒަޔާން ގެ ކަންފަތް މަތީ ޖެހީ ރުޅިއައިސްފާ ހުރިވަރުންނެވެ. ސިއްސާގެން ގޮސް ޒަޔާން އަށް ދުރައްޖެހިލެވުނެވެ. އެއިރު ލައިޙާ އޭނާގެ ޝޯލް ރަނގަޅުކުރަމުން ދިޔައެވެ. ޒަޔާން ރުޅިގަދަވެގެން ގޮސް ލައިހާ އާދިމާލަށް ދާން ދިޔަވަގުތު ގޭދޮރުހުޅުވޭ އަޑުއިވުމުން ޒަޔާން އެތަނުން ދިޔައީ ލައިހާ އަށް އިންޒާރުގެ ބެލުމަކުން ބަލައިލާފައެވެ. އެތެރެ އަށް ވަން ނޫރީން މެން ފެނުމުން ލައިހާ ކޮޓަރިތެރެ އަށް ދެމިގަތީ އޭނާ އެހާލުގައި ހުއްޓާ އެމީހުންނަށް ފެންނަން ބޭނުން ނުވާތީއެވެ. އެތެރެ އަށް ރަނގަޅަށް ނުވަދެވެނީސް ލައިހާ ބަޑިފަޅައިގެން ދިޔައެވެ. މިހާގެ ހިތްފުރެން ދެން ރޯލުމަށް ފަހު ލައިހާ ތެދުވެލީ ނަމާދު ކޮށްލުމަށެވެ.
އެނދުމަތީ ދެފާދަމާލައިގެން އޮތް ޔުލީންގެ ހިޔާލުގައި ވަނީ ލައިހާ އަދި ޒަޔާން އޭރު ދެއްކި ވާހަކަ އެވެ. އެއިންމާބޮޑު އެއްޗެއް ދޭހަނުވުނަމަވެސް ޔުލީން އަށް ކޮންމެސް ނުބައެއް އުޅޭކަމާމެދު ޝައްކުވިއެވެ. އެހެން އޮތްވާ ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑުއިވުމުން ހުޅުވާށޭ ބުނަން އުޅެފައި ވެސް ދޮރުދޮށަށް ދިޔައީ އިޝާ ނަމާދުކުރަން ދޮރު ތަޅުޅީގޮތަށް އަދި ތަޅުނުހުޅުވާ ކަން ހަނދާން ވުމުންނެވެ. ” ލައީ ، މިގަނޑީ ގަ ، ނުވެސް ބުނެލާ ” ދޮރުމަތީގައި ހުރި ލައިހާ ފެނުމުން ހައިރާންވެފައި ޔުލީން އަހާލިއެވެ. ” އާން ގޭގާ ފޫހިވާވަރުން ” ލައިހާ ދޮގެއް ހަދާލިއެވެ. ޒަޔާންގެ ސަބަބުން ލައިހާ ގޭގައި ހުންނަން ވެސް ވަނީ ފޫހިވެފައެވެ. ” ކޮބާ ޒިވް ” އެ މަޢުލޫއިން ދުރުވެލަމުން ލައިހާ އަހާލިއެވެ. ” އަހަރެން މިހުރީނު ” އެވަގުތު ޖެހިގެން ހުރި ކޮޓަރިން ނިކުން ޒިވްޔާ ބުނެލިއެވެ. ” އާދޭ އެތެރެ އަށް ދެމީހުން ” ހިނިތުންވެލަމުން ޔުލީން ބުނެލިއެވެ. ލައިޙާ އަދި ޒިވްޔާ ވެސް އެތެރެ އަށް ވަންނަން މިސްރާބުޖެހިއެވެ. ” ލައީ އަހަރެން ވާހަކަ އެއް އަހާލަންތަ ؟ ” އެންމެ ފަހުން ކެތްނުވެގެން ޔުލީން ބުނެލިއެވެ. ” ހޫމް ” އެއިރު ޝައުޤުވެރިވެފައި ޒިވްޔާ ވެސް އިނެވެ. ” މިއަދު ޒަޔާން ބުނީ ކީކޭ ، ގެޓް އޯވާރ ، ލައިކް ސަމްތިން އެން އޭނާ ލައީ ގައިގައި ޓަޗް ކުރަނީ ތަ ؟ ” ޔުލީން އަހާލިއެވެ. އެއާއެކު ޒިވްޔާ އިހުނަށް ވުރެ ޝައުޤުވެރިވިއިރު ލައިހާގެ ސިކުނޑި ހުސްވެ މީހާ ނުތަނަވަސް ވިއެވެ. ” ބުނަން ދޮގު ހަދަން ނުވިސްނާތި އިނގޭ ، ވީއާ ބެސްޓީސް އޭ ” ދެރަވެލާފައި ޔުލީން ބުނެލިއެވެ. ލައިހާ އެގަނޑީ ހިތަށް އައީ ޒަޔާން އަބަދުހެން ޔުލީންމެންނަށް ގެއްލުން ދޭން ބުނާ ވާހަކަ އެވެ. އެއާއެކު ލައިހާގެ ދެލޯ ތެމެމުން ދިޔައީ މަދު ސިކުންތު ކޮޅެއް ގެ ތެރޭގައެވެ. ” ކީއްވެ ރޮނީ ؟ ” ޔުލީން އަދި ޒިވްޔާ އަށް އެތްފަހަތާ ކަހަލަ ގޮތަކަށް އަހާލެވުނެވެ. އެދެމީހުންވެސް ވަނީ އިންތިހާ ދަރަޖަ އަށް ކަންބޮޑުވެފައެވެ. އެއްޗެކޭ ނުބުނެ ލައިހާ އިސްޖަހާލީ އިތުރަށް ރޮވެން ފެށުމުންނެވެ. ” ލައީ މިހާރު އިނގިއްޖެ ކޮންމެސް ކަމެއް ވެއްޖެ ކަން ދެން ބުނެބަ އޭރަށް ވީކޭން އޯލްސޯ ހެލްޕް ޔޫ ” ލައިހާގެ އަތުގައި ހިފާލަމުން ޔުލީން ބުނެލިއެވެ. ” ތެދެއް ލައީ ރުޔުމަކުން ވާނެ ފައިދާއެއް ނޯންނާނެ ޖަސްޓް ޓެލް ” ޒިވްޔާ ވެސް ކެތްނުވެގެން ބުނެލިއެވެ. ޔުލީންމެންނަށް ހަޤީޤަށް ކިޔާދޭން ބޭނުންނުވިއެއްކަމަކު ލައިހާ އަށް އެ ހިފަހައްޓައިގެން ހުރެވޭވަރެއް ނުވިއެވެ. ކޮންމެސް ދުވަހަކުން ހަޤީޤަތް އިނގޭނެ ކަން އޭނާގަބޫލު ކުރިނަމަވެސް އޭގެ ކުރިން ޔުލީންމެންނަށް އެކަން އަންގަން ލައިހާ ބޭނުންވިއެވެ. ” އަ.. އަހަރެން ރިޔާން ދެކެ ވަރަށް ބޮޑަށް ލޯބިވޭ .. އެކަމް ” ލައިހާ އަށް މިހިސާބަށް ބުނެވުނެވެ. ” ވަޓް ދެން ކީއްވެ ، ލައީ ރަނގަޅަށް ބުނެބަ ޕްލީޒް ” ވާނުވާ ނޭނގޭ ހާލު ޔުލީން އަށް އަހާލެވުނެވެ. ” ޒަޔާން އަހަރެންނަށް ބްލެކް މެއިލް ކުރީ ، އަހަރެން އޭނާ އާ އިންނަން އޭނާ އަހަރެންދެކެ ލޯބިވާތީ ، އަހަރެން ވަރަށް އިންކާރުކުރިން ބަޓް އެދޭތެރެ އަށް ވެއްދީ ރިޔާން އެން ޔުލީ މައި ވީކްނެސް ، އިތުރު ގޮތެއް ނެތިގެން އަހަރެން އެއްބަސްވީ ޔުލީ މެންނަށް ގެއްލުމެއްދޭކަށް ޒަޔާން ފަހެއް ނުޖެހޭނެ ، ޒަޔާން ގެ ގޮތް މިހާރު ރަނގަޅަށް އިނގިއްޖެ ، ޒަ.. ޒަޔާން އަހަރެން ރޭޕް ކޮށްލަން ވެސް މަސައްކަތް ކުރި ” ނިންމާލަމުން ލައިހާ ބުނެލިއެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައިރު ދެން އިތުރަށް ވާހަކަ ދައްކާ ކަށް ލައިހާގަޔަކު ހިތްވަރެއް ނެތެވެ. ލައިޙާގެ ވާހަކަ ތައް އަޑުއިވިފައި ޔުލީން އަދި ޒިވްޔާގެ ހާލުވެސް ގޯސްވިހެން ހީވިއެވެ. ދެލޯބޮޑުކޮށްލާފައި ދެމީހުން ތިބިއިރު ބުނާނެ އެއްޗެއް ދުލުކުރިއަށް އައިސްފައި ނުވާފަދައެވެ. ދެމީހުންގެ ލޮލުގައި ވެސް ތެއްކަމެއް ވީއިރު ލައިހާގެ ވާހަކަ ތަކުން އަސަރުކުރުވާފައިވީފަދައެވެ. ޒިވްޔާގެ ހިތުގައި މީހަކު ވަޅިއެޅިފަދައެވެ. ޒަޔާން އަކީ އެހާ ގޯސްމީހަކަށް ވެދާނެކަމަކަށް އޭނާ ހިތް އިންކާރުކުރިއެއްކަމަކު ލައިހާ އެއް ދޮގުނުހަދާނެކަން ޒިވްޔާ އަށް އިނގެއެވެ. އޭނާ އަށް ލޯބިމިވެވުނީ ކޮންކަހަލަ އިންސާނެއް ދެކެ އޭވެސް ހިތަށް އެރިފަހަރު މަދެއް ނުވެއެވެ. ދެރައިގެ މައްޗަށް ރުޅިއިސްކުރަމުން ޔުލީން ލައިޙާ ގެ ކައިރި އަށް ޖެހެލިއެވެ. ” ކޮންކަހަމަ އިންސާނެއް ، އެއަކަށް ނުކިޔާނެ ލޮއިތްބެކޭ، ލައީ ތަންކޮޅެއް ކުރިން އަހަރުމެންނަށް އެންގިނަމަ ، އޭނާ ލައީ ގައިގައި އައްލިޔަކަ ވެސް ނުދިނީމުސް ، އެން ލައީ ބިރުނުގަނޭ އޭނައަކަށް އަހަރުމެންނަކަށް ކަމެއް ނުކުރެވޭނެ ” ރުޅިއައިސްފައިވާ ޔުލީން ބުނެލިއެވެ. ” ނޯ ތިވަނީ ކުށްހީއެއް ޔުލީ އޭނާ ނިކަން ބާރުގަދަ ، އޭނާ އަށް އަހަރެން މިހުރިހާ ވާހަކަ އެއް ތިދެމީހުންނަށް ކިޔާދިންކަން އިނގުނަސް ހާލަތު ނިކަން ގޯސްވާނެ ، ޕްލީޒް ދެން ނޭނގޭ ކަމަށް ހަދައިގެން ތިބީމާ ރަނގަޅުވާނީ، ޔުލީގެ ކައިވެންޏާ ޖެހެންދެން އަހަރެން ބޭނުމެއް ނޫން އެއްވެސް މައްސަލަ އެއް އުފެދޭކަށް ، އެހަށް މިވާހަކަ ހުއްޓާލަން ހިނގާ ، މީއެހަށް ނުދައްކާ ވާހަކަ އެއްކަމަށް ހަދަން އަހަރެން ބޭނުމީ ، ފަހުން ކަންތައް ކުރާނެ ގޮތް ދެން ފަހުން ރާވާނީ ، ފަހުކަމަކަށް މިވާހަކަ ނުބުނާއްޗޭ އެކެއް ކައިރި ވެސް ރިޔާން ކައިރި ވެސް ، އަހަރެން ރިޔާން ދެކެ ލޯބިވާކަން ވެސް ސިއްރެއް ގެ ގޮތުގައި ބޭއްވީއާ ރަނގަޅީ ” ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލަމުން ލައިހާ ބުނެލިއެވެ. އެއިރު ވާހަކަ ކަނުލާ އަޑުއަހަން އިން ޔުލީން އަދި ޒިވްޔާ އަށް ވެސް ވަނީ ރޮވިފައެވެ. ” ބަޓް ދެން ވެސް ޒަޔާން ލައީ ގައިގައި ނާއްލާނެކަމަކަށް ނުތިބެވޭނެ އެއް ނު ، އެކުރެވެނީ ކިހާބޮޑުކަމެއް ކަމެއް އެ ފިރިހެނާއަކަށް ނޭނގޭނެ ، ލޯބީގެ ނަމުގައި ހުރި ލަދެއް އެއީ މީހުން ލޯބި ހޯދަނީ މިހެންތަ އަޅެ ” ޔުލީން ރުޅިއައިސްފައި ހުރެ ކުދިކިޔާލިއެވެ. ޒިވްޔާގެ ހިތް އެތިކޮޅުތަކަށް ވަކިވެގެން ގޮސް ހަލާކުވާހާވިއެވެ. ލޯބިވެވުނު މީހާގެ ކިބައިން އެކަހަލަ ކަމެއް ފެންނާނެ ކަމަކަށް އެއްވެސް މީހަކު ހިތެއް ނޭދޭނެ އެވެ. ” ނޭނގެ އަހަންނަކަށް ބަޓް އަހަރެން ވަރަށް ބަލައިގެން އުޅޭނީ ، ޑޯންޓް ވޮރީ ” ހަމަޖެހިލަމުން ލައިހާ ބުނެލިއެވެ. ” ޒިވް ކިހިނެއް ވެފާ ، މާބޮޑަށް ދެރަވީދޯ ” އެއްދިމާލަކަށް ގެއްލި ހިޔާލުތަކެއް ގައި އިން ޒިވްޔާ އަށް ލައިހާ ބުނެލިއެވެ. ” ނޫން ، ” ކުޑަކޮށް ހިނިތުންވެލަމުން ޒިވްޔާ ބުނެލިއެވެ. ” ދެން ދަނީ އަސްލުގޭގާ ހުންނަން ބޭނުން ނުވެގެން މިއައީ ވެސް ” އެނދުމަތިން ތެދުވެލަމުން ލައިހާ ބުނެލިއެވެ. ދިޔުމުގެ ކުރިން ލައިހާ އޭނާގެ މޫނުމަތި ޔުލީން ގެންގުޅޭ މޭކަޕް ތަކުން ރަނގަޅުކޮށްލިއެވެ. ” ލައީ އެއޮތް ދިހައެއް ޖެހީ ލަސްވެފާ އެއްނު އެހެރީ ، ދޮންބެ އާއެކު ދާންވީނު ، ލައީ އެކަނި ފޮނުވާކަށް ނުކެރޭނެ ” ކޮޓަރިން ނިކުމެ ހުރި ލައިހާގެ އަތުގައި ހިފާލަމުން ޔުލީން ބުނެލިއެވެ. ވަކިއެއްޗެއް ނުބުނެ ލައިހާ ބޯޖަހާލީ އެއީ ހިތުގެ އެދުމަށް ވުމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




masha allah… great job sisyyyy… mi prt vx hama vvvvvv reethi ingey as usual.. hama vrh obi.. alhe dhn lai and riyaan gulhuvaba sisooo.. e zayaan ganduge vhk falhaa aruvaalabala… i jut hate him!!!
keep it up sis!
waiting for the nxt prt..
lyssssssssssssssssssssssssmmm
ss nd tvgc darl…
good luck on the upcoming prts..
In reply to Nayaa
Thank uuu soo much lil sissyy
It meanss a lot darl
Riyaan aa laii guluvan dhw lets us see what happens in futhure dhw dhoons
Zayaan ge kantha vxx dhaane goi balamaa dhw . Haahahaha same hate him too
Thankss again
Next ISA mioleny submit kohlan mihaaru tmrow kiyaalan libidhaane ISA
Luws yaaa moree sweetie
ss and Tc U2
Thank u gud luvks to u too