Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ވެމްޕަޔާ 1

Frost Girl Level 110 Stories
September 7, 2021 3 Mins Read
0 Comments

ހެންދުނުގެ ވަގުތެކެވެ. މިލާން އަށް ފޯނު އެލާރމް ވާ އަޑަށް ހޭލެވުނެވެ. މިލާން ފޯނުން ގަޑި ބަލާލި ވަގުތު މީހަކު ގަޔަށް ކައްޓެއް ހަރާލިހެން އެންދުން ތެދުވުމަށް ފަހު ލޮލު އެސްފިޔަޖަހާ ނުލެވޭ ހާ ހަލުވިމިނުގަ ގޮސް ފާހާނާއަށް ވަދެ ދަތްއުނގުޅާ ފެންވަރާ ގެން ނިކުންނި އިރުގަ މިލާން ގެ ދެލޯ ހުރީ ވިލުނޫކުލައަށް ދިއްލިފައެވެ ބަލާބެލުމަން މިލާން އިންސާނެއްގެ ސިފަޖެހިޔަސް މިލާން އަކީ ހާފް ވެމްޕަޔާއެކެވެ.މިލާން އަށް ލިބިފައިވާ އާދަޔާ ހިލާފު ބާރު ބޭނުން ކުރަމުން ދިޔައެވެ. އެ އާދަޔާ ހިލާފު ބާރު މިނުގައި ތައްޔާރު ވުމަށް ފަހު އެ ބޮޑު ތަނަވަސް ގެއިން ބޭރަށް ނިކުންނި އިރުގަ މިލާން ގެ އިންތިޒާރުގައި ކަޅުކުލައިގެ ކާރެއް އޮތްތަން ފެނިފަ މިލާން އަށް ހޭލެވުނެވެ. އެވަގުތު މަގުމަތިން ދިޔަ އަންހެން ކުއްޖާ އޭނަ ކައިރީ ހުރި ފިރިހެން ކުއްޖާ މާ ވަރަކަށް އެއްފަރާތަށް ބަލާތީ އޭނާ ވެސް ބަލާލިއެވެ. އެ އަންހެން ކުއްޖާ މިލާން ފެނުމާއި އެކު ހަސަދަ ވެރިކަމުގެ ފުރިފައިވާ ނަޒަރެއް މިލާން އަށް ހަދިޔާކޮއްލިއެވެ. އެހެން ނުވާންވީކީވެސް ކީއްވެގެންހޭ މިލާން ގެ ރީތިކަމާ ކީ މީހުން ގެ ސަމާލުކަން ދަމައިގަންނަ ކަހަލަގެ ސިފަ ތަކެއް ލިބިފައިވާ  އަންހެން ކުއްޖެކެވެ. ކްރީމް ކުލައުގެ ޓޮޕަކާ ބޫލޫ ކުލައިގެ ސްކީނީއެއް ލައިގެން ހުންނަ އިރު ނުހަނު ހިތްގައިމެވެ. އެ ރީތިކަން އިތުރަށް ފުރިހަމަ ކޮއްދެނީ މޭމައްޗާ ހަމަޔަށް މިނިވަން ކޮށްފައި ވާ ބްލޯންޑް އިސްތަށިގަނޑު ވަޔާ މައްޗަށް ވިހުރިގެން ދިއުމުންނެވެ. މިލާން ގެ ހަށިގަނޑުން ގިނަ މީހުންނަށް ފާހަގަކޮށްލެވޭ އެންމެ ރީތި ސިފައަކީ މިލާންގެ ތުނި ފިޔާތޮށި ކުލައިގެ ތުންފަތާ ދޮން އޮމާން ހަންގަނޑެވެ. މިހުރިހާ ސިފައެއް މިލާން އަށް ލިބުނީ މިލާން ގެ ލޯބިވާ މަންމަ އީނާޝް ގެ ފަރާތުން ނެވެ. މިލާން ގެއިން ނުނިކުމެވިގެން އުޅެނިކޮށް ކާރުގައިން ޒުވާނާ މިލާން އަށް ގޮވާލިއެވެ. ” އޭ މިނީ އަވަސް ކޮއްބަ ތި ފިރިހެނުންނަށް ފޮނި ނުކަނޑާ މިހާރު އެއޮތްގަޑިޖެހެނީއޭ “

 

*********************************

 

އޭސީ 16 އަށް ލާފަ ހުރި އިރުވެސް އީވާގެ ދޮން މޫނުގަ ވަނީ އޮއް ދާހިއްލަފައެ ކުއްލިއަކަށް އީވާއައް ހޭލެވުނެވެ. އެއިރުވެސް ގަނެފައި ވާ ބާރެއްގެ ސަބަބުން އީވާގެ މޫނުގަ އޮއް ދާހިއްލަމުންދިޔައެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު ތެދުވެގެން ގޮސް ފާހާނާއަށް ވަދެ ފްރެސް ވެލައިގެންނިކުމެ އަލަމާރި ތެރެއިން ކަޅު ކުލައިގެ ގަޔަށް ފިޓު ޓައިޓަކާ އޮރެންޖް ކުލައިގެ އަތްދިގު ޓީށާޓެއް ނެގުމަށް ފަހު މޭމައްޗާ ހަމައަށް އޮޅާފަވާ ހުދުކުލައިގެ ތުވާލި ހަށިގަނޑުން ވަކި ކޮށްލިއެވެ. ލާން ނެގި ޓައިޓާ ޓީޝާޓް ލުމަށްފަހު އީވާގެ ކޮޓަރީގައިވާ ކިންގް ސައިޒް އެންދުމަތީގައިވާ އެއް ވެސް ތަރުތީބެއް ނެތް ބާލީސް ތަކާ ދިމާލަށް ބަލާލިއެވެ. އެވަގުތު އިވާ އައް ހަނދާން ވީ ދެންމެ ފެނުނު ހުވަފެންމަތިން ހަނދާންވުމުން އީވާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް އީވާއައް ކުރެވުމުން ދިޔައެވެ. ދެން އީވާއައް ހަނދާން ވީ މީގެ 4 އަހަރުކުރިން އީވާގެ ހަޔާތައް އައި ޒުވާނާގެ މަތިން ނެވެ.

 

4 އަހަރު ކުރިން

 

” އޭ އިވީ އަވަސްކޮއްބަ މިހާރު ސްކޫލް ފުޓްބޯޅަ މުބާރާތް ފަށާފަނެ ” ކައިޒަން ގޭގަ ހަރުކޮށްފައި ހުރި ގަޑިއަށް ބަލަމުން ދިޔައެވެ އެވެ. އެއިރު ކައިޒަން ގެ މޫނުމަތިން ނުތަނަވަސްކަން ފެނުމުން ދިޔައެވެ. ކުއްލިއަކަށް އީވާ ކޮޓަރި ދޮރު ހުޅުވާލާފައި ބޭރަށް ނުކުތުމުން ކައިޒަން ދިޔައީ ސިއްސައިގެންނެވެ. އީވާ ކޮޓަރިން ނިކުތް ތަން ފެނިފައި ކައިޒަން ސަކުވާކުރަން ފެށިއެވެ. ” އިވީ އެހާ ލަސްވީ ކީއްވެ އިވީ އައް އެގެއެއްނު މިއަދު ފުޓްބޯލް ގެ ފައިނަލް މެޗު އޮނަކަން”ކައިޒަން އެހެން ބުނުމަށް ފަހު މޫނު ކުދިކޮށް ލިއެވެ. އެތަން ފެނިގެން އީވާއަށް ހެވުނެ ބަލާބެލުމުން ކައިޒަން އީވާ އަށް ވުރެ ކުޑަހެން ހީވެއެވެ. އެކަމަކު ކައިޒަން އީވާއައް ވުރެ ބޮޑުވާނެއެވެ. އީވާ އާއި ކައިޒަން އަކީ ޓްވިންސް ކަމުގައި ވިޔަސް ދުނިޔެއަށް އެންމެ ފުރަތަމަ ނޭވާލީ ކައިޒަން އެވެ. ކައިޒަން އީވާ އަށް ވުރެ ބޮޑު ކަމުގައިވިޔަސް އީވާ އާ ދޭތެރޭ ކަންތައް ކުރާނީ ރަޙުމަތްތެރި އެއް ގޮތަކަށެވެ .” ސާބަސް ކައި އަށް ވެސް އަދި 45 : 3 އެވީ އެހެނޫނަސް އަހަރެން މީ އަންހެން ކުއްޖެކޭ ތައްޔާރު ވާން ކުޑަކޮށް ވަގުތު ނަގާނެ”

އީވާ އަކީ އެ އުމުރުގެ އެހެން ކުދިންނާ ޚިލާފަށް ރީތި ކުއްޖެއް ކެވޭ. އީވާ އަކީ ދޮން އޮމާން ހަންގަނޑަކާ ހެޔޮވަރު އިސްކޮޅުން ލިބިފައިވާ ކުއްޖެކެވެ. އީވާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮއްދެނީ ހިމަ ނޭފަތަކާ އޮމާން ވައް ރަތްލޭ  ކޮޅެއް ފަދަ ތުންފާތާއި ވަޅުފެހި ކުލައިގެ ކާޅިރަވަލެކެވެ. އީވާ އެހެން ބުނުމުން ކައިޒަން އީވާ އާ ދިމާއަށް ދޫ ދިއްކޮއްލުމަށް ފަހު ބޭރަށް ދާން ދުއްވާގަތެ އީވާ ވެސް ކައިޒަންގެ ފުލުން ދުއްވައިގަތެވެ. ވަކި ހީސާބަކަށް ނުދެވުނީސް އީވާއަށްށާ ކައިޒަން އައް އެ ދެކުދިންގެ މަންމަ ލައިލާ ގޮވާތީއެވެ. ” އިވީ…….. ކައި…… މަޑުކުރޭ ބައްޕަ ތި ކުދިން ފުޓްބޯލް ސްޓޭޑިއަމް އަށް ލައިދޭނެ”އެހެން ބުނުމުން މަށް ފަހު ލައިލާ ކޮޓަރީން ނިކުތް އިރު ފެނޭން ހުރީ އީވާ އެވެ. ލައިލާ ގޮސް އީވާ ގާތު މަޑުކުރުމަށް ފަހު ލައިލާ އާ ވީފަރާތައް އީވާ އަންބުރާލިއެވެ. އެއިރު އީވާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ އެމްޒަރުފެނިފަ ލައިލާ އީވާ އާ މެދު ހަމްދަރުދީ ވިއެވެ. ލައިލާ އަކީ ކައިޒަން އާއި އީވާ ގެ ދޮންމަންމައެވެ. ދޮން މަންމަ އެއް ކަމުގަ ވިޔަސް އީވާ އާއި ޔަޒާން ބަލާބޮޑުކުރީ އަމިއްލަ ދަރިއެއް ހެންނެވެ.ލައިލާ އީވާ ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތައް ފޮހެލުމަށް ފަހު އީވާ ގޮވައިގެން ނިކުމެ ކާރައް އަރައިގެން ދިޔަ އެވެ. ” މޯމް ޑޭޑް ކީއްވެތަ އިވީ ދެކެ އެހާ ރުޅި އަންނަނީ……………. އިވީ ވެމްޕަޔާއަކަށް ނުވީމަ ތަ ނޫނީ އިވީ ވެހެއުމައްފަހު މަންމަ މި ދުނިޔެ ދޫކޮށް ދިޔައީ މަތަ ” އެހެން ބުނި އިރު އީވާ ގެ ދެލޮލުން ހޯސްލާފައި ކަރުނައަށް ފައިބަމުން ދިޔަ އެވެ. 

 

— ނުނިމޭ—

 

——————————-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Frost Girl

Level 110 Stories

Other Articles

Previous

ގާތުގާވުމަށް ހިތް އެދެނީ (20)

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ހަތްވަނަ ބައި)

Next
September 7, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ހަތްވަނަ ބައި)

Previews
September 7, 2021

ގާތުގާވުމަށް ހިތް އެދެނީ (20)



All Right Reserved!