Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދަތުރަށްފަހު………

DESTINY2020 Level 210 Stories
July 29, 2015 3 Mins Read
3 Comments

ރިހާން ހުރީ ޑިޕާރޗަރ ހޯލްގައެވެ. އޭރުވެސް ރިހާން އިންތިޒާރުކުރަމުން ގެންދިޔައީ ފުރާނެ ވަގުތަކަށެވެ. އިރުކޮޅަކުން ރިހާން ގޮސް ފްލައިޓަށް އެރިއެވެ. ދެން ގޮޑީގައި އިށީދެލައިގެން ހަމަޖެހިލިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި، ދޫކޮށްލި ދުންޏެއްހެން ވައިގެތެރެއަށް އަރައިގެން ފްލައިޓް ދިޔައެވެ.

ރިހާން ބޭރު ބަލާލިއެވެ. އިރޮއޮއްސެން ކައިރިވެފައިވުމުން، މުޅި އުޑުމަތި އޮތީ ރަތްވިލާއިން ޒީނާތްތެރިވެފައެވެ. އެއަށްފަހު، ރީހާން ތިރިއަށް ބަލާލިއެވެ. ރީހާންގެ ހިތަށް އެރިއެވެ. ބޭރު މީހުން ރާއްޖެއަންނަނީ ރާއްޖޭގެ ރީތިކަން ކަނޑުއަޑިން ބަލާލުމަށެވެ. ނަމަވެސް، މަތިންވެސް ރާއްޖޭގެ ރީތިކަން ވަކިން ކުޑައެއް ނޫނެވެ. ކުދިކުދި ރަށްތަކަކާއި ކަނޑުގެނޫކުލަ އެކުވުމުން އުފެދޭ ރީތިކަން މާ ފުރިހަމައެވެ.

ކުއާލަރލަމްޕޫރުގެ އެއަރޕޯޓަށް ފްލައިޓްޖެއްސީ ރޭގަނޑުގެ ވަގުތެއްގައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ރިހާން ހުރީ ޑްރީމް ޓްރެވެލާރސްގެ ހޮޓެލްގައެވެ. ރިހާންއަށް ލިބުނީ ނުވަވަނަ ފަންގިފިލާއިން ރޫމް ނަންބަރ 0838 އެވެ. ތަޅުދަނޑި ހިފައިގެންގޮސް ރިހާން ލިފްޓަށް އެރިއެވެ. އިރުކޮޅެއްފަހުން ރިހާން ހުރީ ރޫމްގައެވެ. ދެން އަވަހަށް ގޮސް އެނދަށް ވެއްޓިގަތެވެ. ލަގެޖް ނުލިބޭތީ، ރިހާން އޯޑަރި ދިނީ ކޮފީއަކަށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ކޮފީގެނައެވެ. ކޮފީ ތަށި ހިފައިގެން، ސިގިރޭޓެއް ރޯކޮށްލައިގެން ރިހާން ނުކުތީ ބެލްކަންޏަށެވެ. މުޅި ކުއާރލަރލަމްޕޫރު އޮތީ ކުލަކުލައިން ދިއްލާ އަޅާލާފައެވެ. ބާރުބާރަށް ދުއްވާ ވެހިކަލްތަކުންނާއި ޢިމާރާތްތަކުގެ ދިއްލުންތަކުން ހީވާނީ އަލީގެ ޝޯވްއެއް ކުޅެވެމުންދާހެނެވެ. ކަޅިޖަހާނުލާ ރިހާން އެމަންޒަރު ބަލަން ހުއްޓެވެ.

ރިހާން ސިއްސައިގެން ދިޔައީ މީހަކު އައިސް ރޫމްގެ ބެލްޖެހުމުންނެވެ. އަވަސް އަވަހަށް ރިހާންގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ލަގެޖްހިފައިގެން އައި މީހާއެވެ. އަނހާވެސް ނުލާ އެމީހާ ރޫމްގެ ތެރެއަށް ވަނެވެ. އަދި އަވަސް އަވަހަށް ރޫމް ތެރޭގައި ރިހާންގެ ދަބަސްގް ބެހެއްޓުމަށްފަހު، އެމީހާ ދިޔައެވެ.

ރިހާން ގޮސް ދަބަސް ހުޅުވާލިއެވެ. ރިހާންއަށް ލިބުނީ ކުއްލި ޝޮކެކެވެ. ދަބަސް ތެރޭގައި އޮތީ މަރާލާފައިވާ އަންހެން ކުއްޖެކެވެ. ރިހާން ވަރަށް ބިރުވެސް ގަތެވެ. އެއަންހެން ކުއްޖާ އޮތް ގޮތުންނެވެ. ރިހާން ދެވަނަ ފަހަރަށް ބަލާލިއެވެ. އަންހެންކުއްޖާ މަރާލާފައި އޮތީ ވަރަށް އަނިޔާވެރިކޮށެވެ. ހަށިގަނޑުގެ އެތަންމިތަނުގައި ތޫނު އެއްޗަކުން ވަނީ ޒަޚްމްތަކެއް އުފައްދާލާފައެވެ. ކޯތާފަތް މަތިން ވެސް ވަރަށް ފުންކޮށް ވަނީ ކަފާލާފައެވެ. އަނިޔާކޮށްފައިވާލެއް ބޮޑުކަމުން އެ އަންހެންކުއްޖާގެ ދެލޯވެސް ވަނީ ވަރަށް ބޮޑަށް ބޭރަށް ނިކުމެފައެވެ. އެވަރަށް އަނިޔާކޮށްފައި އޮތް މީހަކު ރިހާނަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

ރިހާން ވިސްނާލިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރިހާން ދަބަހަށް ބަލާލިއެވެ. އެއީ ރިހާންގެ ދަބަހެއް ނޫނެވެ. ވީއިރު، އެ ދަބަސް ރިހާންގެ ރޫމަށް އަންނަންވީ ކީއްވެގެން ހެއްޔެވެ؟ ރިހާންގެ ހިތު ތެރޭގައި ތަފާތު ޚިޔާލްތައް ދައުރުވަމުން ދިޔައެވެ. ރެސެޕްޝަނަށް ގުޅަންވީ ބާވައެވެ؟ ވެގެން އުޅޭގޮތް އަންގަންވީ ބާވައެވެ؟ ރިހާން ރޫމް ތެރޭގައި ދެކޮޅަށް ހިގަންފެށިއެވެ. އެއްއަތުން ކޮފީތަށި ހިފައިގެން ފުލުފުލުން ސިގިރޭޓެއް ރޯކޮށްލައެވެ. ދެން ކުއްލިއަކަށް ފާޚާނާއަށް ވަނެވެ. ލޯގަޑުން މޫނު ބަލާލިއެވެ. އަވަސްއަވަށް މޫނު ދޮވެލިއެވެ. ފާޚާނާއިން ބޭރަށް ނިކުތެވެ. އޭސީމަތިކޮށްލިއެވެ. ޓީ.ވީ ހުޅުވާލިއެވެ. އޭރު ދައްކަނީ ބިރުވެރި ފިލްމެކެވެ. ރިހާންގެ ހާސްކަމުގެ މައްޗަށް ހާސްކަން އިތުރުވީއެވެ. ރިހާން ޓީ.ވީ ނިއްވާލިއެވެ. ރޫމްގެ ބެލްކަންޏަށް ދިޔައެވެ. އޭރު ރިހާން އަތުގައި އިނީ އެރޭ ރޯކުރި ދިހަވަނަ ސިގިރޭޓެވެ. ރިހާންގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ކުއްލިއަކަށް ރޫމްގެ ބެލްޖަހާ އަޑު ރިހާން އަށް އިވުނެވެ. ރިހާން ހިތަށް އެރިއެވެ. ހުރިހާ ކަމެއް މިނިމުނީއެވެ. ދެން ދުވަހަކުވެސް މައިންބަފައިން ފެންނާނެކަމެއް ނޭނގެއެވެ. އިރުކޮޅެއްފަހުން ރޫމްގެ ބެލްޖެހުން ހުއްޓުނެވެ. ރިހާން ފުން ނޭވާއެއްލިއެވެ. ދެން ބޮލުގައި ފިރުމާލިއެވެ. ކުއްލިއަކަށް ފޯން ރިންގްވާންފެށިއެވެ. ރިހާން ދިޔައީ ސިއްސައިގެންނެވެ. ފޯން ނަގަންވީބާވައެވެ؟ އެކޮޅުން ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އިރުކޮޅަކުން ފޯން ކެނޑިއްޖެއެވެ.

މީހަކު މަރާލިކަމުގެ ތުހުމަތުގައި ޖަލަށްދާކަށް ރިހާން ބޭނުމެއް ނޫނެވެ. މިއީ ރިހާން ހިތްހަމަޖައްސާލަން އައި ދަތުރެކެވެ. ހިތްހާސްވެގެން ނިމުން ކުރިމަތިވާކަށް ރިހާން ބޭނުމެއް ނޫނެވެ. އެކަމަކު، ރިހާނަށް ރޫމްގައި ފުރަތަމަ ހޭދަކުރަން މިޖެހެނީ ވަރަށް ހިތްދަތި ރެއެކެވެ. ރޫމް، މޮޅުވެފައި ފުރިހަމަ ނަމަވެސް އެއްވެސް ހިތްހަމަޖެހުމެއް ރިހާނަށް ނުލިބެއެވެ. މައްސަލައަކީ އެންމެ މައްސަލައެކެވެ. ރިހާން ދައްކާ ވާހަކަ ޤަބޫލުކުރާނެ މީހަކު ނެތްކަމެވެ. އަނެއްކޮޅުން ޤަބުރަކާއިއެކު، ރޭގަނޑުގެ ހަތަރުދަމު ހޭދަކުރުމަކީ ރިހާންއަށް ކުރެވޭނެކަމެއް ނޫނެވެ.

ރިހާން ގަޑިއަށް ބަލާލިއެވެ. ދިހަގަޑި ބައިވަނީއެވެ. ރިހާން ގޮސް އަނެއްކާވެސް އެއަންހެން ކުއްޖާގެ ހަށިގަނޑަށް ބަލާލިއެވެ. އޭރުވެސް އަންހެން ކުއްޖާގެ ޒަޚްމަތައް ހުރީ ތާޒާކަންމަތީގައެވެ. އަންހެން ކުއްޖާގެ ދެމިޔަކަނުން އެވަގުތުވެސް ކޮންމެވެސް ވަރަކަށް ލޭފައިބަމުން ދިޔައެވެ. ކޮންމެ މީހަކު ކުރިނަމަވެސް، އެފަދަ އަނިޔާއެއް ދޭކަށް ނުވާނެ ނޫންހެއްޔެވެ؟ ރިހާންގެ ހިތާހިތާކިޔާލިއެވެ.

ރިހާންގޮސް ޓީ.ވީ ހުޅުވާލިއެވެ. އޭރު ގަޑިން އެގާރަ ގަޑި ބައިވަނީއެވެ. އޭރު ޓީ.ވީން އަންނަނީ ލަވައެވެ. ކުއްލިއަކަށް ލަވަ މެދުކަނޑާލުމަށްފަހު، އަވަސް ޚަބަރު ގެނެސްދެންފެށިއެވެ. އެޚަބަރުގައި އަންހެން ކުއްޖަކު މަރާލައިގެން އުޅޭ ވާހަކަ ހާމަ ކުރިއެވެ. އަދި އަންހެން ކުއްޖާ މަރާލިކަމަށް ޝައްކުކުރެވޭ މީހަކު ހައްޔަރުކުރެވިއްޖެކަމަށާއި ނަމަވެސް، މަރުވި އަންހެން ކުއްޖާގެ ހަށިގަނޑު އަދިވެސް ނުފެންނަކަމަށް ހާމަކުރިއެވެ. ޚަބަރު ނިމުމުން، އަވަސް އަވަހަށް ފޯން ނެގުމަށްފަހު، ރިހާން ރެސެޕްޝަނަށް ގުޅާލިއެވެ. ދެން ދައްކަންޖެހޭ ހުރިހާ ވާހަކައެއް ވަރަށް އަވަހަށް ދައްކާލިއެވެ. އެވާހަކަތައް ދައްކާ ނިމުނުއިރު، ރިހާންއަށް ހީވީ މުޅި މީހާ ލުއިވެގެން ދިޔައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި މެލޭޝިޔާގެ ފުލުހުން ތިބީ ރިހާންގެ ރޫމްގައެވެ. އެމީހުން އައިސް ރިހާން އަށް ޝުކުރުއަދާކުރުމަށްފަހު، އެ ދަބަސް ހިފައިގެން ދިޔައީއެވެ.

އެހުރިހާ ކަމެއް ނިމުނި އިރު، ރިހާން ހުރީ ވަރަށް ވަރުބަލިވެފައެވެ. އެހެންވެ އެނދުގައި ޖައްސާލިއެވެ. އެކަމަކު ހިތްހަމަޖެހުމެއް ނުލިބުނެވެ. ރިހާންގެ ހިތުތެރޭގައި ވަނީ ބިރުވެރިކަމެވެ. އިރުއިރުކޮޅާ ރިހާންއަށް އެއަންހެން ކުއްޖާގެ މޫނު ފެންނަ ކަހަލައެވެ. އިރުއަރަންދެން ރިހާން އުޅުނީ އެފަދަ ޙާލެއްގައެވެ. ފިކުރުތަކާއި ޚިޔާލްތަކުން ސަލާމާތްނުވެގެނެވެ. އެހެންވެ، ވީ އެންމެ އަވަހަށް ރާއްޖެ ދިއުމަށް ރިހާން ނިންމިއެވެ.

އޭގެ އަނެއްދުވަހުގެ ފްލައިޓުން ރިހާން މާލެއައެވެ. ފްލައިޓުން ފޭބުމާއިއެކު، ރިހާން ހިތްހަމަޖެހުނެވެ. ކުއްލިއަކަށް ވައިރޯޅިއެއް ޖެހިލިއެވެ. އަމިއްލަ ވަތަނަށް އާދެވުމުން، ޖެހުނު ހިތްހަމަޖެހުމުގެ ވައިރޯޅިއެކޭ ރިހާން ހިތަށް އެރިއެވެ. އަމިއްލަ ވަތަނުގައި އުޅެން ލިބުމަކީ ކިހާ ބޮޑު ނިޢުމަތެއް ހެއްޔެވެ؟ ރިހާންގެ ހިތަށް އެރިއެވެ. ޙަޤީޤަތުގައި ރިހާން މެލޭޝިޔާއަށް ދިޔައީ ޗުއްޓީއަކަށެވެ. އެކަމަކު ދިމާވީ މުޅިން އެހެން ކަމެކެވެ. ރިހާން ދެން ޗުއްޓީ ހޭދަކުރާނީ އަމިއްލަ ޤައުމުގައެވެ. ރިހާން ދެކޭގޮތުގައި މިރާއްޖޭގެ ހުދު ގޮޑުދޮށްތަކާއި ސާފްމޫދުން ލިބޭ ހިތްހަމަޖެހުން އެހެން އެއްވެސް ތާނުން ނުލިބޭނެއެވެ. އަމިއްލަ ވަޒަނުން ލިބޭ ހިތްހަމަޖެހުން، އެހެން އެއްވެސް ތަނަކުން ނުލިބޭނެކަން ޚުދު ރިހާންވެސް މިހާރު ޤަބޫލުކުރެއެވެ. އެކަމަކު، އެއީ ރިހާންގެ އެދަތުރަށް ފަހުގައެވެ.
(ނިމުނީ)

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

އެހީ…

Next

އެދުވަސް އަންނަންދެން….

Next
July 29, 2015

އެދުވަސް އަންނަންދެން….

Previews
July 29, 2015

އެހީ…

3 Comments!

  1. suray says:
    July 29, 2015 at 5:06 pm

    Is this a story?

  2. Vai says:
    July 29, 2015 at 11:50 pm

    Bored

  3. Jeyz says:
    February 4, 2018 at 4:47 pm

    Haadha kurey

Comments are closed.



All Right Reserved!