Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (20)

🌹YEOJA🌹 Level 610 Stories100 Login100 Comments
September 7, 2021 4 Mins Read
6 Comments

ތައްޔާރުވާން ހުރި ލައިހާ ގެ ހިތް ދިޔައީ އާދަޔާ ހިލާފަށް ތެލެމުންނެވެ. ކޮންމެސް ކަމެއް ވާން އުޅޭކަމުގެ ސިގްނަލް އޭނާ އަށް ލިބެމުން ދިޔައެވެ. އެހެންނަމަވެސް އަވަސް އަވަހަށް މީހާ ތައްޔާރުވަމުން ދިޔައެވެ. ތައްޔާރުވެގެން ނިކުންއިރު ސޯފާގައި އޮށޯވެލައިގެން ޒަޔާން އޮތްތައް ފެނުމުން މީހާގެ ހިތަށް ފޫހިކަމެއް ވެރިވެގަތެވެ. ” ލަވް ، ކޮންތާކަށް ތިދަނީ ” ބޯހިތްލާލަމުން ނިކަން ލޯބިން ޒަޔާން ބުނެލިއެވެ. ލައިހާ ކައިރި އަށް ރުޅިއައިސް އެއްޗެއް ބުނަން އަނގަހުޅުވާލިނަމަވެސް އޭގެ ކުރިން ޒަޔާން ވާހަކަ ދައްކަން ފެށިއެވެ. ” ނޯ ، ރުޅިއިސްނުކުރޭ ބޭބީ ގާރލް ، މިހާރު ތީ އަހަރެންގެ ހައްޤެއް އަހަރެންނާ ވާހަކަ ދައްކަން ޖެހޭނީވެސް ރީތިކޮށް ، ދައްތަ މެން އައިހާ އަވަހަކަށް ކައިވެނީގެ ވާހަކަ ފަށާނަން ތައްޔާރަށް ހުންނާތި ” ޒަޔާން މިހެން ބުނެ ނިމުނުތަނުން ގޭގެ ބެލް އަޅާލިއަޑުއިވުނެވެ. އަނގައިން ނުބުނެ ލައިހާ އަށް އެތަނުން ދާނެ ބަހަނާއެއް ލިބުމުން މީހާ ހަމަޖެހުނެވެ. ދޮރުމަތީގައި ހުރި ޔުލީން ފެނުމުން ލައިހާ ހިނިތުންވެލަމުން ނިކުމެލިއެވެ. ” މިހާރުވެސް އެ ޒަޔާން ވަރަށް ކަންތައް ބޮޑުތަ ” ޔުލީން އަހާލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ލައިހާ ހުއްޓެވެ. އެހެންނަމަވެސް ޔުލީން އެނާ އެސުވާލަށް ޖަވާބުނުދެނީހެއް ދޫނުކުރާނެކަން އޭނާ އަށް އިނގެއެވެ. ” ނޫން މިހާރު އޯކޭ ” އާދައިގެ ގޮތަކަށް ލައިހާ ބުނެލިއެވެ. ” ހަމަ އަސްލަށް ތަ ؟ ރަނގަޅެއް ނު ދޯ ، އަހަރެން ހުރީ އަސްލު ދައްތަ މެން އަންނަން ދެން ލައީ އަހަރެންގެ ގެއަށް ގެންނަން ” ޔުލީން ހިނިތުންވެލިއެވެ. ” މިހާރު ދެން ރަނގަޅޭ ” ކިތަންމެ ފޫހިވިޔަސް ލައިހާ ބުނެލިއެވެ. ދެމީހުން ވެސް އެކިއެކި ވާހަކައިގައި ހުރެ ރަސްފަންނާ ހިސާބައް ފޯރިއިރުވެސް އެކަން ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. ދެއެކުވެރިން އެއްތަންވެއްޖެއްޔާ ދައްކާ ކަށް ވާހަކަ އެއް މަދެއް ނުވާނެއެވެ. އެހެން ރޭރެއާ ބަލާފައިވެސް އެތަނުގައި މީހުން މަދުހެނެއް ހީނުވެއެވެ. އެހެންނަމަވެސް ދުރުދުރުން މީހުން ފެންނަވަރު މަދުކަމަށް ދައްކައެވެ. އެގޮތުން ޔުލީން ލައިހާ ގޮވާގެން ދިޔައީ މީހުން ނެތްދިމާލަކަށެވެ. ކައިރި އަށް ދިޔަވަރަކަށް ލައިހާ އަށް މޫދަށް ނަޒަރު ހުއްޓާލައިގެން ހުރި ރިޔާން ފެންނަމުން ދިޔައެވެ. އެހެންކަމުން ލައިހާ ގެ ފިޔަވަޅުތައް މަޑުޖެހުނެއް ކަމަކު ޔުލީން ލައިހާގެ އަތުގައި ހިފާދަމަމުން ކަހަލަ ގޮތަކަށް އެދިމާލަށް ދިޔައެވެ. ” ލައީ ދޮންބެ ވާހަކަ އެއް ބުނަންޝޯ ލައީ ކައިރި ” ރިޔާން ގެ ނަޒަރު އެދެމީހުންނަށް ހުއްޓުމުން ޔުލީން ބުނެލިއެވެ. ނޭނގިނަމަވެސް ލައިހާގެ ހިތްތެޅެލީރިޔާން އާއެކު ދުވަސްތަކަކަށް ފަހު އެކަނިވާން ލިބުމުންނެވެ. އެދެމީހުންނަށް ވަގުތުދެމުން ޔުލީން ތަންކޮޅެއް ދުރުގައި ހުރި ހަޓްތެރޭގައި އިށީނދެލީ ޔޫއާން އަށް ގުޅާލަމުންނެވެ.

” ލައީ މިހާރު ކިހިނެއް ތަ ؟ ބަލިވާހަކަ އަޑުއެހިން ” ދުރުދުރުން ރިޔާން ފެށިއެވެ. ” ރަނގަޅު ” މަޑޫމަޑުން ލައިހާ ބުނެލި އަޑު ރިޔާން ކަންފަތަށް ފޯރީ ހަމަ ކިރިޔާއެވެ. ” އަސްލު އަހަރެން ވަރަށް ބޮޑު ވާހަކަ އެއް ލައީ ކައިރި ބުނަންވެގެން ، ވަރަށް ދުވަސްވެއްޖެ މިވާހަކަ ބުނަން އުޅޭތާ ބަޓް ކާންޓް ފައިންޑް ދަ ރައިޓް ޓައިމް ” ލުއިހިނިތުންވުމަކާއެކު ރިޔާން ބުނެލިއެވެ. ” ކޮން ވާހަކަ އެއް ” ނުތަނަވަސް ވާހާލު ލައިހާ އަހާލިއެވެ. ” ލައިހާ ވަރަށް ދުވަސްވެއްޖެ ތިނަން މިހިތުގައި ފެވިފައިވާތާ ، ތިޔަ ސޫރަ މިހިތުގައި ރައްކައުކުރެވިފައިވާތާ ، ތިޔަ ސޫރަ ތިޔަ ނަން ދެކެ އަހަރެން އިންތިހާ އަށް ލޯބިވަން ، އަހަރެންގެ ލޯބި ލައިހާ ގަބޫލުކުރާނަން ތަ ؟ އަހަރެންގެ ގާތުގައި ވާނަން ތަ ؟ އަހަރެން ނާއެކު މުޅިއުމުރަށް ވާނަން ތަ ؟ އައި ލަވްޔޫ އަ ލޮޓް ” ވަރަށް އަސަރާއެކު ރިޔާން ބުނެލީ ތުރުތުރު އަޅަމުން ދިޔަ ލައިހާގެ ދެއަތުގައި ހިފާލަމުންނެވެ. ރިޔާންގެ ވާހަކަ ފެށީއްސުރެ ލައިހާގެ ހިތަށް ލިބެމުން ދިޔަ އުފަލަށް ވުރެ ލިބެމުން ދިޔަ ވޭން އިންތިހާ ދަރަޖައަށް ގަދައެވެ. އެއީ ކިތަންމެ ވަރަކަށް ގަބޫލުކުރަން ބޭނުން ވާ އޭނާ އިންތިހާ އަށް ލޯބިވާ އަދި އެތައް ދުވަހަކު އިންތިޒާރު ކުރި ލޮއިތްބެކެވެ. ނަމަވެސް މިއަދު އެއަށް އިޒްހާރުވުމަށް ވުރެ އިންކާރުކުރަން އޭނާވަނީ މަޖްބޫވުރެފައެވެ. ލޮލަށް ބޮނޑިވެގެން ދިޔަ ކަރުނަތައް އޭގެ މަޤާމަށް ދޫކޮށްލަން ލައިޙާ ބޭނުން ވިއެވެ. ” ލައީ ޕްލީޒް ” އާދޭހާއެކު ރިޔާން ބުނެލިއެވެ. ” ސޮރީ .. އަހަރެންނަކަށް ރިޔާން އަކާ ގުޅެވޭކަށް ނެތް ” ހިތްމަތީ ގާގަޑެއް ބާއްވާލަމުން ލައިހާ ބުނެލިއެވެ. ރިޔާން އަށް ހީވީ އޭނާގެ ބޮލަށް ބަރުއެތިފަހަރެއް ވައްޓާލިހެންނެވެ. ” ބަޓް ޔޫ ލަވްމީ ..” ރިޔާން އަށް ބުނެވުނީ މިހިސާބަށެވެ. ” އާން އަހަރެން ލޯބިވިން ، އެކަމް ތީ އަހަރެން ބޭނުންވާ ލޮއިތްބެއް ނޫން ، މިހާރު އަހަރެން ރިޔާން ދެކެ ލޮއިތްބެއް ނުވޭ ” ރޮވޭ ހާލު ލައިހާ އިއްވާލިއެވެ. ” ދެން ރޮނީ ކީއްވެ ” ރިޔާން ގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ. އިތުރު އެއްޗެއް ނުބުނެ ލައިހާ އެތަނުން ދުއްވާގަތީ ރޮމުން ރޮމުންނެވެ.

” ދޮންބޭ ކިހިނެއް އެވީ ” ފެންކަޅިވެފައިވާ ރިޔާން އަށް ބަލައިލަމުން ޔުލީން އަހާލިއެވެ. ” ޝީ ސެއިޑް ނޯ ” އިސްޖަހާލަމުން ރިޔާން ބުނެލިއެވެ. ” ވަޓް އެކަމް ލައީ ދޮންބެ ދެކެ ވަރަށް ލޯބިވޭ ކީއްވެ އިންކާރުކުރީ ، މިވަނީ ކީއް ” ހައިރާންވެފައި ހުރެ ޔުލީން ބުނެލިއެވެ. ” ލައީ ގެ ފީލިންސް ބަދަލުވާ ހާ ދުވަސް ވެއްޖެ އެއްނު މިހާރު މީހުސް އަހަރެން ގެ ސަބަބުން ވީކަންތައް ، އަހަރެން މަޑޫކުރީ ލައިހާ އަށް ލޯބިހުށަނާޅާ ދުވަސް ވަންދެއް ، ބަޓް އަހަރެން ލައިހާ ދެކެ ވަރަށް ލޯބިވޭ ،  އައިވިލް ވެއިޓް ” އަސަރާއެކު ނަމަވެސް ރިޔާން ބުނެލީ ނިކަން ހިތްވަރާ އަޒުމާއެކުއެވެ.

ދުވަމުން ދުވަމުން ގޮސް ލައިހާ ރަސްފަންނާ ތަންކޮޅެއް ދުރުގައި މަޑުކޮށްލިއިރު މީހާއަށް ގިސްލެވެއެވެ. ލޮލުން ހޯސްލާފައި އަންނަ މުންދިޔައެވެ. އެހެންހުރެފައި މަޑުހިނގުމެއްގައި ލައިހާ ގެއަށް ދާން ދިޔައީ ދެން ގެއަށް ދެވެން މާގިނައިރު ނުވާނޭތީއެވެ. ހިތުގައި ވަނީ ރިޔާން ގެ އަސަރުގަދަ ދެލޮލާ އެ ފިރިހެންވަންތަ މޫނެވެ. ރިޔާން އޭނާދެކެ ލޯބިވާކަން އިނގުމުން ކިތަންމެ އުފާވިޔަސް އެއީ އޭނާގެ ނަސީބުގައިވާ ލޮއިތްބެއް ނޫން ކަން އޭނާ އަށްވިސްނުނެވެ. އަތުގައި އޮތް ފޯނު ރިންގވާއަޑަށް ލައިހާ ހަމަހޭވެރިކަން ވީފަދައެވެ. ގުޅަނީ ޔުލީން ކަމުން ލައިހާ ހުރީ ފޯނަށް ބަލަހައްޓައިގެންނެވެ. އެހެންހުރެފައި ތިންވަނަ ރިންގާއެކު ލައިހާ ފޯނުނެގީ ޔުލީން ނުހުއްޓާނެ ކަން އިނގޭތީއެވެ. ” ލައީ ކިހިނެއް ވީކަމެއް މީ ، ޔޫ ލަވް ހިމް ، ދެން ކީއްވެ ” ފުރަތަމަވެސް ޔުލީން ކޮށްލީ ލައިހާ ކުރާނެކަމަށް ވިސްނާގެން ހުރި ސުވާލެވެ. ” ރިޔާން ކައިރި ބުނިފަދައިން އައިޑޯންޓް ލަވް ހިމް މިހާރު ، ފީލިންގްސް އެއީ ބަދަލުވާއެއްޗެއް ނު ، ” ހިތްވަރުކޮށްލާފައި ލައިހާ ބުނެލިއެވެ. ” ލައީ އައިނޯ ތި ރޮނީކަން ، ވީގޮތެއް ބުނެބަލަ ނިކަން ، މަޖްބޫރީއެއް އޮތީތަ ، ނޫނީ އެހެންކަމެއް ވީތަ ، އަހަރެންނަކަށް ލައީ ތިދެއްކި ބަހަނާއެއް ގަބޫލެއް ނުކުރެވޭ ” ހާސްވެފައި ހުރި ޔުލީން އެއްފައްޗަކަށް އަމުނާލިއެވެ. ” އެއްވެސް މަޖްބޫރީއެއް ނެތް ދެން ނޭނގެ އަހަރެން މިބުނީ ހަޤީޤަތް ” ލޮލުން ކަރުނަ އައިނަވެސް ލައިހާ އިއްވާލިއެވެ. ޔުލީން އެއްޗެއް ބުނުމުގެ ކުރިން އަވަސް އަވަހަށް ފޯނުކަނޑާލިއެވެ. ލައިހާ ފޯނުކަނޑާލަމުން ޔުލީން ބަލައިލީ ކައިރީ ގޮތް ހުސްވެފައި ހުރި ރިޔާން އަށެވެ. އެއިރު ކަންބޮޑުވެފައި އެތާގައި ޔޫއާން ވެސް ހުއްޓެވެ.

ގޭގެ ދޮރުހުޅުވާލައިފައި އެތެރެ އަށް ވަން ލައިހާ ގެ ނަޒަރު ހުއްޓުނީ ފުޅާ ހިނިތުންވުމަކާއެކު ސޯފާގައި އިން ޒަޔާން އަށެވެ. ” ގުޑް ޖޮބް ލަވް ” ލައިހާ ކައިރި އަށް ޖެހިލަމުން ޒަޔާން ބުނެލިއެވެ. ޒަޔާން ބުނިއެއްޗެއް ނޭނގިގެން ލައިހާ ޒަޔާން އަށް ބަލަހައްޓައިގެން ހުއްޓެވެ. ” ރިޔާން އަށް ނޯބުނީމާ ” ލައިހާގެ ނޭވާ އިޙްސާސް ވާހާ ކައިރި އަށް ޖެހިލަމުން ޒަޔާން ބުނެލިއެވެ. ” ކިހިނެއް އިނގުނީ ” ހައިރާންވެފައި ހުރެ ލައިހާ އަހާލިއެވެ. ” ދޫނީ ، މިހާރު އިނގޭނެ ގޮތް ގޮތް މަދެއް ނޫން ، ޔޫއާން ގެ ފަރާތުން އަޑުއިވުނީ ” ހިނިގަނޑެއް ޖަހާލަމުން ޒަޔާން ބުނެލިއެވެ. ވީދެރައަކުން ލައިޙާ އިސްޖަހާލިއެވެ. ” ދެން އޮތީ އަހަރެމެން ދެމީހުންގެ ވެޑިން ، ތިކަން ވެސް އިސާހިތަކު ނިމިދާނެ އެންނު ، ދެން ދެއްކޭކަށް ރޯން އޮންނާނީކީ ނޫން އެހެންނޫނީ ލޯބިގެ ތި ލޯބިލޯބި މޫނު ހަޑިވާނެ އެއްނު ” ލައިހާގެ މޫނުމަތީ އަތް ހިންގާލަމުން ޒަޔާން ބުނެލިއެވެ. ” ގައިގާ އަތް ނުލާ ” ފަހަތަށް ޖެހިލަމުން ލައިހާ ބުނެލީ ރުޅިވެރި ރާގެއް ގައެވެ. ” އޯކޭ ، އެހަށް އައިވޯންޓް ޓަޗް ޔޫ ” ލާނެތް ހިނިތުންވުމާއެކު ދެއަތް މައްޗަށް އުފުލާލަމުން ޒަޔާން ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ލައިހާ ކޮޓަރިއަށް ވަދެ ދޮރުތަޅުލަމުން އެނދުމައްޗަށްވެއްޓިގަތެވެ. މާދަމާ ހެނދުނު ނޫރީން މެން އަންނަން ވާއިރަށް ތެދުވަން ޖެހޭތީ ލައިހާ އެނދުމަތީގައި އޮށޯވެލީ ނިދަން ގަސްތުކޮށްގެން ނަމަވެސް ލޯމަރާލާއިރަށް ސިފަވަނީ ރިޔާން އެވެ. ކަންފަތް ދޮށުގައި ރިޔާންގެ ފަރާތުން އިވުނު  ލޯބިވެތި ބަސްތައް އިވޭފަދައެވެ. ލޮލުން ކަރުނަތައް ހޯސްލާފައި ފާބަމުން ދިޔައީ ނިމުމެއް ނުވާ ފަދައިންނެވެ. އެތައް އިރެން ވަންދެން ރޯން ލައިހާ އަށް އޮވެވުނެވެ. ނިދުނީ ވެސް އެއޮތްގޮތަށް އޮތްވައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 9

Next

ވެމްޕަޔާ 1

Next
September 7, 2021

ވެމްޕަޔާ 1

Previews
September 7, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 9

6 Comments!

  1. Anuu says:
    September 7, 2021 at 3:11 pm

    everyone’s name has double “A” except yuleen

    1. ?YEOJA? says:
      September 7, 2021 at 3:24 pm

      Yeaaa ummm what happen thn ☺️??????

  2. NIHAKKO says:
    September 7, 2021 at 9:01 pm

    when is next part cant wait??? *-*
    v. reethi this part

  3. ?YEOJA? says:
    September 7, 2021 at 9:16 pm

    In reply to NIHAKKO
    Thank uuuu soo much ❤️
    Glade u love it ❤️
    Next ISA soon tonight or tomorrow will submit ❤️❤️
    Keep waiting ❤️
    Stay safe and TC❤️

  4. magnummm says:
    September 7, 2021 at 11:19 pm

    Alhey poor laiha ? feelin’ sorry for her.. wanna ? zayan hama.. he can’t majubooru kuranings like thateu ? anyways kuriah dher goiyy vrh salhi ingeyyyu ❤????can’t wait for tomorrow.. saranghae chingu ? josimhae ?

    1. ?YEOJA? says:
      September 8, 2021 at 4:11 pm

      Yeaaa poor herr dhw ??
      Hehehe yeoja vxx zayaan maraalaa hie vany Hama .???? Yea he can’t though but he is doing itu ?
      Saydu. ???
      Thankkk uu soo much sweetie❤️❤️❤️
      Glade u love it ❤️❤️❤️
      Now 21 vana part is uploaded u Can read it ❤️❤️❤️❤️❤️
      Nado saranghae chingu ❤️❤️
      Josimhae ❤️
      Borahae ??

Comments are closed.

Next Episodeގާތުގާވުމަށް ހިތް އެދެނީ (21)←


All Right Reserved!