Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (19)

🌹YEOJA🌹 Level 610 Stories100 Login100 Comments
September 5, 2021 4 Mins Read
0 Comments

ކަންދިމާކުރި ގޮތުން ޒިވްޔާ އަދި ޒަޔާން ވެސް މަސައްކަތް ކުރަން ޖެހުނީ އެއްބައެއްގައެވެ. މިކަމާ ޒިވްޔާ ހުރީ އުފަލުން ގޮސް ފޮޅިފައެވެ.

މެންދުރުގެ ވަގުތެވެ. ސްކޫލް ނިންމިގޮތަށް ޔުލީން ލައިހާ ގެ ގެއަށް ދިޔައީ ލައިހާ ކައިރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ދެތިންފަހަރު ލައިހާ މެންގޭ ބެލް އެޅުމުން ދޮރުހުޅުވާލި ލައިހާ ފެނި ޔުލީން އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ” ލައީ ވަޓްސް ވިތް ޔުއާރް ލުކް ” ހައިރާން ވީވަރުން ލައިހާގެ ދެކޮނޑުގައި ހިފާލަމުން ޔުލީން ބުނެލިއެވެ. ލައިހާ ގެ މުޅިމޫނު ރަތްވެފައިވާއިރު ދެލޯވެސް ވަނީ ކުޑަވެފައެވެ. މޫނުމައްޗަށް ބަލައިލުމުން ވެސް އެއައީ ނިދާފާކަން އިނގެއެވެ. ކުއްލިއަކަށް ޔުލީން ފެނުމުން ލައިހާ ހުރީ ހަދަންވީގޮތް ނޭނގިފައެވެ. ނިދިމޫޑުގައި ހުރެގެން ލައިހާ ދޮރުހުޅުވީވެސް ކާކުތޯ ނުބަލާލައެވެ. ” ނިދާލާފައޭ މިއައީ އެހެންވެ މިހެން މިހުރީ ” ޗޮކެއް ކަނޑާލަމުން ލައިހާ ބުނެލީ ޔުލީން ވަންނަން ތަންދައްކަމުންނެވެ. ” އެހެން ، އަދިވެސް ބޮލުގެ ރިހުން ރަނގަޅުނުވޭތަ ، އަހަރެން މިއައީ ނޫޑްލްސް ޕެކެޓް ވެސް ހިފައިގެން ލައީ އަށް މައި ސްޕެޝިއަލް ސޫޕް ހަދައިދޭންވެގެން ” ބަދިގެއަށް ވަންނަމުން ޔުލީން ބުނެލިއެވެ. ” ވާވްއަސްލުތަ ، ދުވަސްގަނޑަކަށް ފަހު އެހާ ޔަމީކޮށް ސުޕްއެއް ބޯލަން ލިބުނީ ދޯ ” މޫނުމަތިން އުފާވެރިކަން ދައްކަމުން ލައިހާ ބުނެލިއެވެ.

************

 

” ބްރޯ އަސްލުވެސް ތަ ، ” އުފާވީވަރުން ޔޫއާން އަށް ބުނެލެވުނެވެ. ” އާން ދެން އަހަންނަކަށް އިންތިޒާރެއް ނުކުރެވޭނެ ، ލައިހާ ހާސިލް ކުރަން އަހަރެން ވަރަށް ބޭނުން ، އެހެންވެ މިރެއިން މިރެއަށް މިކަން ކުރަން މިއޮޅެނީ ، މާސްޕެޝިއަލް ކޮށެއް ވެސް ނޫން ދޯ ، ބަޓް އައިވިލް މޭކް ހާ ހެޕީ ” ޖޯޝާ އެކު ރިޔާން ބުނެލީ އޭނާގެ ކުރިމަތީގައި ކޮފީޖޯޑެއް ހިފައިގެން އިން ޔޫއާން އަށެވެ. ” ސާބަސް ތީ މޭން އެއް ” ހީލަމުން ޔޫއާން ބުނެލިއެވެ. ” މަޑު އަދި ޔުލީ އަށް މިކަން އަންގަން ޖެހޭނެ ، ޔުލީގެހެލްޕް ވެސް ބޭނުން ވާނެއެއްނު ” ވިސްނުމެއްގައި އިނދެ ރިޔާން ބުނެލިއެވެ. ” ގުޅަމާ ލީން އަށް ، އޭނަ ވީ ލައިހާ ކައިރި އޭނާ ކުޑަކޮށް ބަލިކަމުންނޯ ” ޔޫއާން ބުނެލިއެވެ. ” ބަލީއޭ ، އަނެއްކާ ކިހިނެއް ވީ ” ވަރަށް ސީރިއަސްވެލާފައި ރިޔާން އަހާލިއެވެ. ” ސާބަސް ދެން އެހާ ސީރިއަސްއެއްވެސް ނޫން ބޮލުގައި ރިއްސާތީ އޯ ، މިހާރު އޯކޭ ވެދާނެ ބްރޯ ހަމަޖެހިލާ ” އާދައިގެ ގޮތަކަށް ޔޫއާން ބުނެލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ރިޔާން ޔުލީން އަށް ގުޅާލިއެވެ.

ސޫޕް ތައްޔާރުކޮށްނިންމާލުމަށް ފަހު ތެލިން އަޅަން ހުރި ޔުލީން ގެ ފޯނު ރިންގްވާއަޑަށް ޔުލީން އަށް ބަލައިލެވުނީ މޭޒުމަތީ އޮތް ފޯނަށެވެ. އެތާ ކައިރި އިން ލައިހާ ފޯނަށް ބަލައިލަމުން ޔުލީން އާ ހިސާބަށް އެގެނެސްދިނެވެ. ” ކީކޭ ދޮންބޭ ” ފޯނުނަގަމުން އަވަސް އަވަހަށް ޔުލީން އަހާލިއެވެ. ” ބޮޑު ވާހަކަ އެއް ބުނަން އަނެއްކާ ބިޒީތަ ؟ ” ރިޔާން ބުނެލިއެވެ. ” ޔެސް އެހަށް ފަހުން ގުޅާލާނަން އިނގޭ ލައީ އަށް ސޫޕް ތައްޔާރުކޮށްލަނީ ” ޔުލީން ބުނެލިއެވެ. އެއާއެކު ރިޔާން ފޯނުކަނޑާލިއަޑުއިވުމުން ޔުލީން ކަންފަތް ދޮށުން ފޯނުވަކިކޮށްލިއެވެ. ޔުލީން ލައިހާ އަށް ކާން ތައްޔާރުކޮށްލަމުން ދެމީހުން މޭޒްދޮށަށް މިސްރާބުޖެހިއެވެ.

” ހިނގާބަލަ އަހަންނާއެކު ލަންޗަށް ދާން ، ވަރަށް އެކަނި އަދި ” ދަބަސް އަޅުވާލައިގެން ނިކުންނަން އައި ޒިވްޔާ އާ ދިމާކޮށްލަމުން ޒަޔާން ބުނެލިއެވެ. އެއްޗެއް ނުބުނެ ސިކުންތެއް ހޭދަވިއެވެ. ” ޔަހް އޯކޭ ” ލުއި ހިނިތުންވުމަކާއެކު ޒިވްޔާ ބުނެލިއެވެ. ޒިވްޔާގެ ހިނިތުންވުން ފެނި ޒަޔާން ގެ ހިތްގުޑާލިކަން އޭނާ އަށް ފާހަގަ ވިނަމަވެސް ލައިހާގެ ސޫރަ އެދެމެދަށް ވައްދާލަމުން މީހާ ހަމަ ޖެހެލިއެވެ. ދެމީހުން އެކުގައި ކައިރީ ހުރި ރެސްޓޯރެންޓް އަކަށް ވަދެގެން ދިޔައީ އެތާ މީހުން މަދުކަމުންނާއެކުއެވެ.

” ދޮންބޭ ކީކޭ ބުނަން އުޅުނީ ” ރިޔާން ފޯނުނެގުމުން ޔުލީން ފުރަތަމަ ވެސް އަހާލިއެވެ. އެއިރު ލައިހާ އޭނާގެ ފޯނުހިފައިގެން އެއަށް ގެއްލިފައި އިނެވެ. ” ޔުލީ ގެ އެހީއެއް ބޭނުން …. ” މިހެން ބުނެފައި ރިޔާން އޭނާ އަދި ޔޫއާން މަޝްވަރާ ކުރިކަންކަން ޔުލީން އަށް ވެސް އިއްވާލިއެވެ. ” ވާވް ސަޅި ، ސޯ އަހަރެން ދާންވީ ލައީ ގޮވާގެން ރަސްފަންނަށް ދޯ ” ހެވިލާފައި ޔުލީން ބުނެލިއެވެ. ” ޔެސް ދެން ބާއްވަނީ ” އެކޮޅުން ރިޔާން މިހެން ބުނުމުން ޔުލީން ވެސް ފޯނުދެއަތަށް ބޮނޑިކޮށްލަމުން ލައިހާ ކައިރި އަށް ޖެހެލިއެވެ. ” ލައީ މިރޭ ދެމީހުން ރަސްފަންނަން ޖައްސާލަން އެބަޖެހޭ އިނގޭ ” ޔުލީން ބުނެލިއެވެ. ” މީރޭ ، އެ ކީއްކުރަންށޯ ” ހައިރާންވެފައި އިނދެ ލައިހާ އަހާލީ އަތުގައި އޮތް ފޯނުން ނަޒަރުވަކިކޮށްލަމުންނެވެ. ” ދެން އެތަނަށް ދިޔައީމާ އިނގޭނެ އެއްނު ، ރެޑީވާތި އަހަރެން އަންނާނަން ” ޔުލީން ބުނެލިއެވެ. އިރުކޮޅަކުން ލައިހާ ވެސް ބޯޖަހާލީ އެކަމާއެއްބަސް ވަމުންނެވެ. ދެމީހުން އޮލަވާހަކައިގައި ތިއްބައި ގޭދޮރުން އެތެރެ އަށް ވަން ޒަޔާން ދެމީހުންގެ ސަމާލުކަން ވެސް އަތުލައިގަތެވެ. ލައިހާގެ އަނގައިގައި ޒިބެއް އެޅުވުނު ފަދައެވެ. މީހާ ނުތަނަވަސް ވިއެވެ. ނިތްކުރިމަތީ ދާތިކިތައް ބަބުޅާގަތީ ޒަޔާން ދައްކާ ފައިވާވާހަކަ ތައް ހަނދާންވުމުންނެވެ. އެހެންކަމުން ކައިރީ އިން ޔުލީންގެ އަތުގައި ހިފާ އޭނާގެ އަތުތެރޭ ބޮނޑިކޮށްލިއެވެ. ލައިހާ ގެ މިއަމަލުން ޔުލީން އަށް ހައިރާން ކަމެއް ލިބުނެވެ. އެހެންނަމަވެސް އެކަމަށް ވުރެ ދެން އޭނާގެ ސަމާލުކަން ދަމާގަތީ އެތެރެ އަށް ވަން ޒިވްޔާ ފެނިފައެވެ. ” ލައީ އަށް ގޮވާލަން މިއައީ ” ހިނިތުންވެލަމުން ޒިވްޔާ ބުނެލިއެވެ. ”ލައިހާ އަށް ބަލައިލަމުން ޒަޔާން އެތެރެ އަށް ވަނީއެއްމިޔަކަނިން ހީލަމުންނެވެ. އޭނާގެ ޕްލޭން ތައް ރަނގަޅުވާކަމުގެ ހެކިތައް ފެންނާތީ އެކަމާ ވެސް އުފާކުރާ ހާލުގައެވެ. ” ޒިވްއަވަހަށް އާދޭ ” ޔުލީން ބުނެލިއެވެ. އެއިރު ވެސް ހާސްވެފައި ލައިހާ އިނީ ޔުލީން އަތުގައި ހިފާލައިގެންނެވެ. ” ލައީ ،ކަމެއް ގޯސް ކޮށްދަނީތަ ، ކީއްވެ އެހާ ހާސްވެފައި ، މިއޮތް ހުރިހާއިރު ރަނގަޅަށް އިނދެފައި ” ޔުލީން އަހާލިއެވެ. ” އޯކޭ އޭ ” މޫނުމައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލަމުން ލައިހާ ބުނެލިއެވެ. ” ޒިވް އުޅެގަ ކާން ” ލައިހާ ޒިވްޔާ އަށް ބަލައިލަމުން ބުނެލިއެވެ. ” ނޯން މިއައީ ހަމަ ކައިގެން ދެން ޒަޔާން ލައީ ބަލިވެގެން އުޅޭވާހަކަ ބުނީމާ ލައީއަށް ގޮވާލަން މިއައީ ވެސް ” ހިނިތުންވެލަމުން ޒިވްޔާ ބުނެލިއެވެ. ތިން އެކުވެރިން ވެސް ވާހަކައިގައި ތިބެފައި ޒިވްޔާ އަދި ޔުލީން ގެއަށް ދާން ތެދުވީ އަސުރު ވަގުތުވުމުންނެވެ. ދެމީހުންވެސް ގެއިން ނިކުތީ ލައިހާ އަށް ރިޔާން މިރޭ ދޭން އުޅޭ ސަޕްރައިޒްގެ ވާހަކަ ދައްކަމުންނެވެ. ރިޔާން ގެ ޕްލޭން ޔުލީން ޒިވްޔާ އަށް ވެސް ކިޔައިދިނެވެ. ދެމީހުން ވެސް ގެއަށް ވަދެގެން އައިއިރު ނުޒްހަތް އަދި އަދަހަމް ވެސް ވާހަކައިގައި ތިއްބެވެ. ޔުލީން ފެނުމާއެކު އޭނާއަށް ގޮވާލީ އެތަނަށް އައުމަށެވެ. ތާޒާވެލުމަށް ޒިވްޔާ ވަނީ ކޮޓަރިއަށެވެ. ” މިތާ އިށީނދެބަލަ ، މަންމަ މެން ވާހަކަ އެއް ދައްކާލަން ވެގެން ދަރިފުޅާ ” ނުޒްހަތް އޭނާކައިރި އިން ހުސްތަނަށް އިޝާރާތް ކޮށްލަމުން ޔުލީން އަށް ބުނެލިއެވެ. ހައިރާންވެފައި އިން ޔުލީން ނުޒްހަތް ކައިރި އިށީދެލިއެވެ. އެއިރު އަދްހަމް ގެ ނަޒަރުވެސް ވަނީ ޔުލީން އަށް އަމާޒުވެފައެވެ. ” މަންމަ ބުނީ ދަރިފުޅުމެން ދެން އެހާ ގިނަދުވަސްވަންދެން ރައްޓެހިވެގެން ނޫޅެ ކައިވެންޏާ މެދު ވިސްނަން ވީނު ، ޔޫއާން އަކީ ރަނގަޅުކުއްޖެއް ، އެކުއްޖާ ގެ އުޅުން މިހާރު މަންމަ މެންނަކަށް އޮޅިފައެއް ނުވާނެ ، އަނެއްކާ ނިޒާމާ އެކަނި މާއެކަނި އެދަރި ބަލާބޮކުރީ ވެސް ނުލާހިކު ރަނގަޅު ތަރުބިއްޔަތެއް ދީގެން ، އެހެންވެ ދަރިފުޅު ބައްޕަ އާދެމީހުން ނިންމީ އަވަހަށް ތިދެކުދިން ކައިވެނި ކުރުވަން ، އަނެއްކާ ދަރިފުޅުމެން މިކަމާ ވިސްނާފިންތަ ” ހުރިހާ އެއްޗެއް އެއްފަހަރާ ނުޒްހަތް ކިޔާލިއެވެ. ނުޒްހަތްގެ ވާހަކަ އިން ޔުލީން އިނީ އުފަލުން ފޮޅިފައެވެ. އަދި އެހާމެ ލަދުވެސް ގަނެފައެވެ. ” ލައްބަ މަންމާ އަޅުގަނޑުމެން ތައްޔާރު ” އިސްޖަހާލަމުން ޔުލީން ބުނެލިއެވެ. އެއުފާވެރިކަން ޔޫއާން އަށް ހިއްސާކުރަން ޔުލީން ހުރީ ކެތްމަދުވެފައެވެ. ” މަންމަ މެން ނިޒާމަ އާ ވާހަކަ ދައްކާލާނަން މިކަމާ ބެހޭގޮތުން ” ހިނިތުންވެލަމުން ނުޒްހަތް ބުނެލިއެވެ. ހިނިތުންވެލަމުން ޔުލީން އެތަނުން ދިޔައީ ޔޫއާން އަށް ގުޅަން ލަސްވެގެންނެވެ.

” އަސްލުތަ ، އަހަރެންވެސް މަންމަ ކައިރި ބުނިން ތިވާހަކަ މިއަދު މަންމަ އެއްބަސް ” އުފާވެލާފައި ހުރެ ޔޫއާން ބުނެލީ އޭނާ ގެ ގައިގައި އޮޅުލައިގަނެގެން އޮތް ޔުލީން އަށެވެ. ” ފައިނަލީ ވީއާގެޓިން މެރިޑް ” ހިނިތުންވެލަމުން ޔުލީން އަށް ބުނެލެވުނެވެ. ” ޔެސް އައި ލަވްޔޫ ޕްރިންސެސް ” ޔޫލީންގައިގައި ވަށާލެވިފައިވާ ދެއަތައް ބާރުކޮށްލަމުން ޔޫއާން ބުނެލިއެވެ. ކަންދިމާކުރިގޮތުން ޔުލީން އުފާވެރި ހަބަރު ދޭން ވެގެން ގުޅިއިރު ޔޫއާން ހުރީ ރިޔާން އާއެކު އެގޭގައެވެ. އެހެންކަމުން ދެމީހުންވެސް ޔުލީން ކޮޓަރި ބެލްކަނިން ބައްދަލުކުރިއެވެ. އެއިރު ޔުލީން ވަނީ މިއުފާވެރިކަން އޭނާގެ ދެއެކުވެރިންނަށް ވެސް ހިއްސާކޮށް އެކަމާ އުފާފާޅުކޮށްފައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ތި ސޫރަ ނޫން 17

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ފަސްވަނަ ބައި)

Next
September 5, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ފަސްވަނަ ބައި)

Previews
September 4, 2021

ތި ސޫރަ ނޫން 17



All Right Reserved!