Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިލޯބި

ހިރުދުގަސްދޮށު ކަމަނާ

MissDoraa Level 110 Stories
September 4, 2021 2 Mins Read
1 Comment

ހިރުދުގަސްދޮށު ކަމަނާ އަކީ ކޮންމެ ސައުވީސްގަޑި އިރަކުން ދެފަހަރު އަތިރިމަތީގައި ހިރުދުގަސްދޮށުގައި އިނދެ ފިނިކުރަމުންދާ ޒުވާން ރީތި ކަމަނާ އެކެވެ. އެގޮތަށް އެގަސްދޮށުގައި އެކަމަނާ(ރަފީގާ) އަބަދު އިންނާތީވެ މަހައްދޫ މީހުން އޭނާ އަށް ހިރުދުގަސްދޮށު ކަމަނާގެ ނަމުން މުޚާތަބު ކުރެއެވެ. މިގޮތަށް މީހުން ރަފީގާ އަށް ކިޔާތީ ބައެއްފަހަރު ރުޅިއައިސް އަނެއްބައިފަހަރު ހީސަމާސާވެސް ކުރެއެވެ. ދުވަސްވަރަކީ ގޯއާ އިން ފުރި ނަވެއް ބެހިގެން ރާއްޖެއަށް ވަދެވިގެން އުޅުނު ދުވަސްވަރެކެވެ. މި ނަވު އޮޔާއެކު އައިސް ލެއްގީ މަހައްދޫ ފަރުމައްޗަށެވެ. އޭގައި ވަރަށްގިނަ ސާމާނު ހުރިކަމަށް ނަވުގެ ކައިރިއަށް ދިޔަމީހުންގެ ވާހަކަތަކުން އެނގެއެވެ. އެއީ ކޮންއެއްޗެއްކަމެއް ނޭނގުނު ނަމަވެސް މުޅި ނަވު ފުރިފައިވަނީ އެކިއެކި ސާމާނުންނެވެ. ރާޅުބޮޑުކަމުން ނަވުގެ ކައިރިއަށް އުޅަދަކަށް ކައިރި ކުރެވޭ ވަރެއް ނުވެއެވެ. މިހެން އުޅުމުގެތެރޭ ނަވުން ފެން ހުސްވުމުން އެއިން ތިންމީހުން ފަތާފައި ގޮސް މަހައްދުއަށް އެރިއެވެ. މިމީހުންނަށް އެރުނީ ހިރުދު ފަންނު ކިޔާ އަތިރީންނެވެ. ނުދަންނަ ބަޔަކަށް ވާތީވެ އެކަކަށްވެސް ވާހަކަ ދައްކަން ނުކެރުނެވެ. އަދި އެމީހުންގެ ބަހުރުވަވެސް ނޭގުމުންނެވެ. ނަވުގެ މީހުންވެސް އެމީހުން ގެންދިޔަ ރުބާ ތަކަށް ފެން އަޅައިގެން އައިސް ވަރުބަލި ފިލުވުމަށްޓަކައި ހިރުދުގަސްދޮށުގައި މަޑުކޮށްގެންތިއްބާ ރަފީގާ އައިސް އަތާއި ބޮލުގެ އިޝާރާތުން އެމީހުންނާއި ވާހަކަ ދައްކަން ފެށުމުން ގޯވާ ފަރެންޖީންވެސް ހަރަކާތުން ވާހަކަ ދައްކަން ފަށައިފިއެވެ. މިގޮތުން ކަމަނާ އާއި މިމީހުން އެކުވެރިވެ ހަދިޔާ ބަދަލުކުރެވެން ފަށައިފިއެވެ. އެންމެފަހުން އަރޯރާ ނަމަކަށް ކިޔާ ފަރަންޖީ އަކާއި އިދެގެން އެރަށުގައި ދިރިއުޅެން ފަށައިފިއެވެ. ނަވުގައި ހުރި މުދާ ކަމަނަމެންގެ ގެޔަށް ގެނެސް ވަރަށް ތަނަވަސް ދިރިއުޅުމެއްގައެވެ.  މިގޮތަށް ދިރިއުޅުމުގެ ދުވަސް ވޭތުކުރަމުން ދަނިކޮށް އަރޯރާއި ރަފީގާގެ ދެމަފިރިންނަށް ހަތް ދަރީން ލިބިއްޖެއެވެ. މިހާރު ރަފީގާ ގަސްދޮށަކައް ނުދެއެވެ. ގަސްދޮށްވަނީ ފަޅުވެފައެވެ. އެއްދުވަހަކު ރަފީގާ މޫދަށް އެރިލުމަށްޓަކައި ހަތްކުދީން ގޮވައިގެން މޫދުގަ އުޅެލާފައި އެއްކަލަ ގަސްދޮށުގައި ހަތްކުދިންނާއެކު ކުޅެން އުޅެނިކޮށް އެންމެ ދޮށީ ދަރިފުޅުގެ ބޮލުގައި ރިހެން ފެށުމުން މަންމަ (ރަފީގާ) ހުރިހާ ކުދިން ގޮވައިގެން ގޭދޮށަށް އައީއެވެ. އެއިރު ގާތްގަޑަކަށް ރެއިން ހަތްގަޑި ބައިވީއެވެ. މަންމަ ހުރިހާ ކުދިން ފެންވަރުވާ ހިކި ފޭރާމް ލައްވާ ނިމުނު އިރު އަރޯރާ ހުރީ ސުފުރާމަތި ރޭގަނޑުގެ ކެއުމަށް ތައްޔާރު ކޮށްފައެވެ. ހުރިހާ ކުދިންވެސް ރަނގަޅަށް ކައިނިންމާލިއެވެ. ނަމަވެސް ދޮށީ ދަރިފުޅަށް ބޮލުގައި ރިހޭވަރުން ނުކެވުނެވެ. ހުރިހާ ކުދިން ނިދިއިރުވެސް ދޮށީ ދަރިފުޅަކަށް ނުނިދުނެވެ. ހަމަ ބޮލުގައި ރިހެނީ އެވެ. މަންމަ އާއި ބައްޕަ ނިދާފަ ތިބުމުން ގޮވާލަންވެސް ނުކެރުނެވެ. މާބޮޑަށްވެސް ރިއްސަނީ އެވެ. ހަމަ އެރޭ ރަފީގާ ނިދިފައި އޮއްވާ ހުވަފެނުން މިފެންނަނީ ކަޅު އަނދިރިގަނޑެއްގެ ތެރެއިން މީހަކު ގޮވާ އަޑެކެވެ. “ރަފީއެވެ. ތިޔަހެން އަރާމުގައި ދިރިއުޅުމުގެ މުއްދަތު ކައިރި ވެއްޖެއެވެ. ކަލޭގެ ހައްގުގައި ހިރުދު ގަސްމަތީގައި ލައްކަ ގިނަ އަހަރު ހޭދަކުރެވިއްޖެއެވެ. ކަލޭގެ ދޮށީ ދަރިފުޅުން ފެށިގެން ހަގު ދަރިފުޅާއެކު ކަލޭގެ ދެމަފިރީންގެ ދުވަސް ދުއްވާލާނަމެވެ. މިހާރުވެސް ކަލޭގެ ދޮށީ ދަރިފުޅުގެ ފުރާނަ އެއް ނުހުންނާނެއެވެ.” ރަފީގާ ސިހިގެން ގޮސް ފުންމައިގެން ތެދުވެއްޖެއެވެ. ދުވެގޮސް ބަލާލިއިރު ދަރިފުޅު މިއޮތީ މަރުވެފައެވެ. މުޅި ގައިގައި ކަޅު ލައްތަކެއްހުއްޓެވެ. ރަފީގާ އަރޯރާ ގޮވައިގެން ގެނެސް ދެއްކިއިރުގައި ހަމަ ދަރިފުޅުގެ ހުވާސްވެސް ނެތެވެ. އެއީ ހަނދުމަހުގެ ސޯޅަވީ އަންގާރަ ރެއެވެ. ބޮކަރާ، ކެލަޔާ، ކާފޫރާ ގެނެސް މައްޔިތާ ފެންވަރުވައި އެރޭގެ ފަތިސް ވަގުތު ކަށުނާދުކޮށް މައްޔިތާ ވަލުލައިފިއެވެ. ރަފީގާ ހިތާމައާއި މޮޅިވެރިކަމުގައި ދާނުގައި އޮވެ ގިސްލަނީއެވެ. ނަމަވެސް ރަފީގާގެ ހިތާމައަކަށް ޝިފާއެއް ނުލިބި މިގޮތަށް ރެއަކު ކުއްޖަކު މަރުވަމުންގޮސް ހަތްކުދިން މަރުވެ ދިއުމުން މި ދެމަފިރިންގެ ހިތާމަ އިހަށްވުރެ ބޮޑުވުމުން ރަށުގެ ކުދިބޮޑު ގިނަމީހުން އެގޭ ދޮށުގައި އުޅެންފެށިއެވެ. މިގޮތަށް ދުވަސްތަކެއް މާޒީއާއި އެކުވެ ގިނަބައެއްގެ އޯގާތެރިކަމާއި ހަމްދަރުދީ އާއިއެކު އުޅެމުންދަނިކޮށް އެއްދުވަހަކު މި ދެމަފިރިން ވައި ޖައްސާލުމަށްޓަކައި އަތިރިއަށް ގޮސް އެއްކަލަ ހިރުދުގަސްދޮށުގައި މަޑުކުރިތަނާ ރަފީގާ އަށް ފެނުނު ހުވަފެނުގެ ވާހަކަ އަރޯރާ ކައިރީގައި ކިޔާދެމުން ދަނިކޮށް ކުއްލިއަކަށް އަޑެއްކިޔާފައި ގަހުން ގޮފިގަނޑެއް ބިންދައިގެން އައިސް ދެމީހުންގެ ބޮލުގައިޖެހި ދެމީހުން އެއްފަހަރާ މަރުވިއެވެ. އޭގެ ފަހުގައި އަރޯރާގެ މުދާ ރަށުގެ އެއްމެންނަށް ސަދަގާތް ކުރީކަމަށް މުސައްނިފް ލިޔެފައިވެއެވެ.

Share Article

Follow Me Written By

MissDoraa

Level 110 Stories

Other Articles

Previous

ސުއިސައިޑް

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ހަތަރުވަނަ ބައި)

Next
September 4, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ހަތަރުވަނަ ބައި)

Previews
September 4, 2021

ސުއިސައިޑް

One Comment

  1. Mohamed Maixan says:
    September 5, 2021 at 9:32 pm

    Shambbx
    Miahvure vhk shirt kobba eyrun vv furihama vaane ☺️✨

Comments are closed.



All Right Reserved!