Skip to content
އެސްފިޔަ

މާދަމައަށް

މާދަމައަށްޓަކައި އެތައް ފޮނި އުންމީދެއް ކުރިބަޔަކު މިއަދު އެވަނީ ކަށްވަޅުގެ އަނދިރިކަމުގެ ތެރޭގައެވެ. ދުނިޔެވީ ކިތަންމެ ރީތި ހުވަފެންތަކެއް ބެލި ކަމުގައި ވީނަމަވެސް، ހިތް އެދޭ އެތައް ފޮނި އުންމީދުތަކެއް ހާސިލުކުރެވުނު ނަމަވެސް ހަޔާތުގެ ދަތުރުގައި އަބަދުބެސް ތިބެންވީ މަރަށް ތައްޔާރުވެ ފޮށި ތަންމަތި ބަނދެލައިގެނެވެ.
ކަފުން ފިޔަވާ ކައްވަޅުގެ ތެރަށް ގެންދެވޭނެ ޒައްރެއްގެ މިންވަރު ނެތެވެ. ކުރި ހެޔޮއަމަލެއް ފިޔަވައެވެ. ކުރި ހެޔޮއަމަލުތަކުން މެނުވީ އެކައްވަޅުގެ ބިރުވެރިކަމާއި އަނދިރިކަމަށް އަލިކަމާ އަމާންކަން ލިބުމެއް ނުވެއެވެ.
ޔާ ﷲ އަޅަމެންގެ މައްޗަށް މަރަކީ ބުރައެއް ކަމުގައި ނުލައްވާށި. އަޅަމެންގެ މައްޗަށް ދުނިޔެއަށްވުރެން އާހިރަތް ބާއްޖަވެރިކުރައްވާށި. ހެޔޮ އަމަލު ކުރުމުގައި ސާބިތުވެ ތިބުމުގެ ނިއުމަތް އަޅަމެންނަށް ދެއްވާ އިބަ އިލާހުގެ ތަނަވަސް ރަހުމަތް މިންވަރު ކުރައްވާށި.
أمين

Comments (1)

  1. Aishath Faruha Abdulla

    Vrh reethi iburaihtheri vaahaka eh….. THANK YOU mikahala iburaihtheri vaahak genesdheythee….. ??And adhi vx ummeedh kuran shambbx ge ehn vaahaka eh avass musthagbaleh gai fennaane kmh…. ❤️❤️

Comments are closed.