އެންމެހާ މުދައްރިސުންނޭ
ލޮބުވެތި އެންމެހާ މުދައްރިސުންނޭވެ.
އުނގަންނައި ދެއްވުމަށް ތިޔަ ކޮށްދެއްވި އަދި ކޮށްދެއްވަމުންދާ ބުރަ މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. އަޅުގަނޑުގެ އެދުމަކީ ނިމިދިޔަ ޖީ.ސީ.އޯލެވެލް އިމްތިހާނު ނިންމާ މިިއަދު މުޖުތަމައުއަށް ނިކުތް އެންމެހާ ދަރިވަރުންގެ ލީވިންގ ސެޓްފިކެޓް ޒީނަތްތެރިކޮށް ދިނުމެވެ. އެކި މިޒާޖުގެ ދަރިވަރުންތަކެއްގެ ޒިންމާ ބޮލު އަޅާ ކޮށްދެއްވި ހިދުމަތުގެ އަގު މިއަދު އެ ޒުވާން ދަރިވަރުންގެ ތެރެއިން މަދު ދަރިވަރަކު ވަޒަން ނުކުރި ނަމަވެސް މާދަމާ އެއިން ކޮންމެ ދަރިވަރަކަށްވެސް އެކަން ވިސްނޭނެކަން ކަށަވަރެވެ. ދިގު މަރުހަލާއެއްގައި ކިޔަވަން އޭރު މަސައްކަތް ނުކުރެވުނުކަމާއި މެދު ހިތާމަ ކުރާނެކަން ކަށަވަރެވެ. އެހެން ކަމުން މިއަދު އެފަދަ ކޮންމެ ދަރިވަރަކަށްޓަކައި ހެޔޮ ނަސޭހަތެއް ދޭ ހާލު ތިޔަ މުދައްރިސުންނަށް ހިނިތުންވެލާ ދެވޭނެ އެންމެ އަގުހުރި ހަދިޔާއަކީ ރީތި ލީވިންގ ސެޓްފިކެޓެއްކަން ކަށަވަރެވެ. ގަލަމުގެ ތުނޑުން އެންމެ ފަހު ވަގުތު ލިޔެލާ ދެތިން ލަފުޒަކީ އެކުދިންގެ މުސްތަގުބަލު އަނދިރިކުރާ ރޭގަނޑެއް ކަމުގައި ނަހަދާށެވެ. ފަހަރުގައި އެދުވަހު އެކުދިން ދެއްކި ބަދެވިކަމަކީ މުދައްރިސުންގެ ކޮށިކަމުން އެކުދިން ކިޔަމަން ކުރާނެ އުކުޅު ނޭނގުމުން ހިނގައިދިޔަ ހާލަތެއް ކަމުގައިވެސް ވެދާނެއެވެ. ނޫންނަމަ އެއީ ހަމަ ހަގީގަތުގައިވެސް އެކުދިންނަށް ނުވިސްނުނީ ކަމުގައިވެސް ވެދާނެއެވެ. ވިސްނާލަންޖެހޭ މުހިއްމު އެއްކަމަކީ ހީނުކުރާ އެތައްކަމެއް ބަދަލުވެ ދާކަމެވެ. ގަދަ ފަދަ ސިންގާވެސް ކިޔަމަން ކުރެވެއެވެ. އެކަމަކު އެއީ ހިކުމަތްތެރިކަމާއި އެކު ކުރާ ބުރަ މަސައްތުންނެވެ. މިކަމާ ވިސްނާނެކަމަށް އުންމީދުކުރަމެވެ.
2 Comments!
Comments are closed.


Masha Allah…. Vrh reethi…. THANK YOU ❤️❤️
masha allah………….