Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (14)

🌹YEOJA🌹 Level 610 Stories100 Login100 Comments
August 25, 2021 4 Mins Read
1 Comment

ރޭގަނޑުގެ ވަގުތެވެ. ގެ ކައިރީ ހުރި ފިހާރައަކަށް ޔުލީން ދިޔައީ އެކަނިމާއެކަނި ހިނގާލާފައެވެ. ގެ ކައިރި ވުމުން އެކަކު ކައިރީ ވެސް ނުބުނެ ޔުލީން ދިޔައީ އަވަހަށް އާދެވޭނޭތީއެވެ. ސައިކަލުގައި އައިސް ރިޔާން މެން ގެ ކައިރީ މަޑުކޮށްލި ޔޫއާން ހުއްޓުން އެރީ މީހަކު އޭނާގެ އަތުގައި ހިފުމުންނެވެ. ފަހަތް ބަލައިލިއިރު އޭނާ ކައިރި ހުރި ޒުވާން އަންހެން ކުއްޖާ ފެނި ޔޫއާން ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގަތެވެ. ” ޒޫޝާން ، ކޮންތާކު ތިއޮޅެނީ އެ ، ސްކޫލް ނިމުނު ފަހުން ދިމާވެސް ނުޥޭ ވީއްޔަ ” އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރި ޒޫޝާން ގެ އަތުގައި ހިފާލަމުން ޔޫއާން ބުނެލީ އުފަލާއެކުއެވެ. ” އަހަރެން މިއޮޅެނީ ހަމަ މާލޭގާ ޔޫއާން އެންނު ބޭރަށް ކިޔަވަން ދިޔައީ ” ޒޫޝާން ބުނެލިއެވެ. ” ތެދެއް އާންދޯ ” ހެވިލާފާ ޔޫއާން ބުނެލިއެވެ. މިމަންޒަރު ބަލަން ދުރުގައި ހުރި ޔުލީން ގެ ހިތަށްތަދުވެލިއެވެ. ދެލޯފެންކަޅިވެލީ ބަސްބުނާހާ ވަގުތުކޮޅެއްގެ ތެރޭގައެވެ. ” ދެން ދަނީ އިނގޭ ” ޔޫއާން އާ ކައިރި ވެލަމުން އޭނާގައިގާ ބައްދާލަމުން ޒޫޝާން ބުނެލިއެވެ. ހީލަމުން ޔޫއާން ވެސް ޒޫޝާން ގެގައިގައި ބައްދާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި ފެންކަޅިވެފައި ހުރި ޔުލީން އަޅައިގަތެވެ. ވާނުވާ ޔޫއާން އަށް ރޭކާލުމުން ޒޫޝާން ގެގައިން ދުރުވެލަމުން ޔުލީން ކައިރި އަށް ދާން ދިޔައެވެ. އެވަގުތު ބާރު ހިނގުމެއްގައި ޔުލީން ގޮސް ޖެހިގެން އޮތް ފަޅު ގޯޅިއަށް އަޅާލިއެވެ. ހަމަ ރަނގަޅަށްވެސް އޭނާގެ ހިތް މިއަދު ފަޅައިގެން ގޮސްފި ކަހަލަ އެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލަމުން ޔުލީން ނޭފަތް ދަމާލިއެވެ. އޭނާ އަށް ޔޫއާން ދެކެ ލޯބިވެވިއްޖެ ކަން ޔަޤީން ވިއެވެ. ” ޔުލީން ” އެއްވެސް އަޑެއް ނުވާ އެ މަގުގައި ޔޫއާން ގެ އަޑު ގުގުމައިގެން ދިޔައެވެ. ޔުލީން ފަހަތަށް ނޭބުރިހުރީ ހިތްވަރުކޮށްލައިގެންނެވެ. އެހެން ހުއްޓާ ޔޫއާން ޔުލީން އާ ހަމަ ކޮށްލިއެވެ. ޔުލީންގެ އަތުގައި ހިފާ އޭނާ އާ ދިމާލަށް އަނބުރާލިއެވެ. ” ލުކް ޔުލީ…” ޔޫއާން އަށް ބުނެވުނީ މިހިސާބަށެވެ. އަތުގެ އިޝާރާތުން ހުއްޓުމަށް ޔުލީން ބުނެލިއެވެ. ” ޔޫއާން ކީއްވެ ފެކް ހޯޕްސް ތައް ކޮންމެ ދުވަހަކު ދިނީ އަހަރެން ގެ ހިތް ނުހާން އަތުގައި އޮތްވާ އެ ޔޫއާން އަށް ބަދަލުވެގެން ދިޔައީ އަހަރެން ހީކުރި ހާ އަވަހަށް ، ބަޓް ޔޫއާން ބުނީ އެހެން އަންހެން ކުއްޖެއް ދެކެ ލޯބިވާ ވާޙަކަ އެދުވަހު އަހަރެން ކެތް ކޮށްލާގެން ހުރީ ، ކީއްވެ އަހަރެންގެ ލައިފް އަށް އައީ ނުހާން ގެ ކަންތަކުގާ އެހާ ހެލްޕަ ވީކިއްވެ ، ” ކުރެކިފައި ވާ އަޑުން ޔުލީން ޔޫއާން އާދިމާލަށް އެއްޗެހިކިޔަންފެށީ އެ މޭގައި ތަޅަމުންނެވެ. އެންމެ ފަހުން ކެތްނުވެގެން އިސްޖަހާލަމުން އެ ލޮލުގައި ހައްޔަރުވެފައިވާ ކަރުނަތިކިތައް މިނިވަންކަމާ އެކީ ދޫކޮށްލީ ކެތްތެރިވާނެ ހާ ވަރު ނެތުމުންނެވެ. ޔޫއާން އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަނެއްކޮޅުން އެހާމެ އުފާވެސް ވިއެވެ. ޔުލީންގެ ހިތުގައި ވާ އެއްޗެއް އޭނާ އަށް އިނގިގެން ދިޔުމުންނެވެ. ރޯން ހުރި ޔުލީން ގެ ދަތްދޮޅީގައި ހިފާލަމުން ޔޫއާން ޔުލީންގެ މޫނަށް ބަލައިލިއެވެ. ޔުލީން ވެސް ޔޫއާން ގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެންމެ ފަހުން އެތަނުން ދާން ހިނގާގަތީ ޔޫއާން ކުރިމަތީ ހުންނަން ބޭނުން ނުވާތީއެވެ. ނަމަވެސް ޔޫއާން ޔުލީންގެ އަތުގައި ހިފާލަމުން ޔުލީންގެ ގައިގައި ފަހަތުން ބައްދާލިއެވެ. ޔުލީން ދެލޯ މަރާ ފިއްތާލިއެވެ. ” އަހަރެން ލޯބިވާ އަންހެން ކުއްޖާއަކީ ތީ ޔުލީން ތީ ” ޔޫއާން ބުނެލިއެވެ. ހައިރާންވެފައި ހުރެ ޔުލީން ޔޫއާން އަށް ބަލައިލިއެވެ. ” އާން އަހަރެން ލޯބިވަނީ ޔުލީން ދެކެ ފުރަތަމަ އަހަރެން ގެ ހިތުގައިވީ ޔުލީން ގެ ލޯބި ލޯބި އަޑު ދެން އެ ދުވަހު ހަމަ އަސްލަށް ވެސް ޔުލީން ފެނުނީ އެއާޕޯޓްއިން އައިރިއަލީ ލަވް ޔޫ އެކަމް ޔުލީން ނުހާން ދެކެ ލޯބިވާކަން އިނގުނީމާ އަހަރެން މިކަން ސިއްރުކުރީ ” އަސަރާއެކު ޔޫއާން ބުނެލިއެވެ. ” ސޮރީ ހާޓް ކުރެވުނީމާ ” އިސްޖަހާލަމުން ޔޫއާން ބުނެލިއެވެ. ޔޫއާންގެ މޭގައި ޔުލީން ބޯއަޅާލީ ބޯހޫރާލަމުންނެވެ. ދުވަހަކު ވެސް ނުވާވަރަށް އޭނާގެ މިރޭ އުފާވިކަހަލައެވެ. ” އައި ލަވްޔޫ ” ޔުލީން ބުނެލިއެވެ. ހީލަމުން ޔޫއާން ޔުލީން ގެ ބުރަކަށީ އޭނާގެ ދެއަތް ވަށާލިއެވެ. ” ލަވްޔޫ މޯ ލީން ” ޔޫއާން ބުނެލިއެވެ. ” ލީން ! ” އިސްއުފުލާލަމުން ޔުލީން ބުނެލިއެވެ. ” ޔެސް އަހަރެން ޔުލީން އަށް ހެދި ނިކް ނޭމް ” ޔޫއާން ބުނެލިއެވެ. ރަކި ހިނިތުންވުމަކާއެކު ޔުލީން އަލުން ޔޫއާން ގެ މޭގައި މޫނުފޮރުވާލިއެވެ. ” ދެން ހިނގާދާން ރިޔާން ވަރަށް ސަޕްރައިޒް ވާނެ ދޯ ” ޔުލީން ގެ ކޮނޑަށް އަތްވައްޓާލަމުން ޔޫއާން ބުނެލިއެވެ. ” ދޮންބެ އަށް އިނގޭ ” ހައިރާން ވެފައި ހުރެ ޔުލީން އަހާލިއެވެ. ” ޔަހް އެއީ މައި ބެސްޓީ އެހެންވެ ބުނީ ” ޔޫއާން ބުނެލިއެވެ. ” އޯހް އޯކޭ ، މިއަދު އަހަރެން ވެސް ލައީ ކައިރި ބުނީ ޔޫއާން ދެކެ ލައިކް ވާ ވާހަކަ ، ލައީ ވެސް ވަރަށް ސަޕްރައިޒް ވާނެ ” އެ ގޯޅިން ނިކުންނަމުން ޔުލީން ބުނެލިއެވެ. ދެމީހުންވެސް ވާހަކައިގައި ތިބެގެން އެތެރެ އަށް ވަނީ މަހާލެވިފައިވާ ދެއަތް ވަކިކޮށްލަމުންނެވެ. އެތެރެ އަށް ވަނުމުގެ ކުރިން ނިކަން އަވަސް އަވަހަށް ޔޫއާން ޔުލީންގެ ކޮލަށް ބޮސްދިނެވެ. ދެލޯބޮޑުކޮށްލައިގެން ހުރި ޔުލީން ގެ ދެކޯ ރަތް ވެގެން ދިޔައެވެ. ” ވަރަށް ލޯބި ” ޔުލީން ގެ ކޮލަށް ދަމާލަމުން ޔޫއާން ބުނެލިއެވެ. އެއަށްފަހު އެތެރެ އަށް ވަދެގެން ދިޔައެވެ. ހިނިތުންވެލަމުން ޔުލީން އޭނާގެ ކޮލުގައި ފިރުމާލަމުން އެތެރެ އަށް ވަދެގެން ދިޔައީ ލައިޙާ ކައިރި އަށް ދާން ތައްޔާރުވާށެވެ. އުފާވެފައި ހުރި ވަރުން މާދަން ލައިހާ އަށް މިޙަބަރުދޭން އޭނާގެ ހިތް ދިޔައީ ފުރަގަސްދެމުންނެވެ.

” ރިޔާނޫ ކަލޭ ގެސްވަޓް ” ސޯފާގައި ފޯނާ ކުޅެން އިން ރިޔާންގެ ކޮނޑަށް އަތްވައްޓާލަމުން ޔޫއާން ބުނެލީ އުފާވެލާފައެވެ. ” ކިހިނެއް ވީ ހާދައުފާވެފައި ” ރިޔާން އަހާލިއެވެ. ކަންހިނގާދިޔަ ގޮތް ޔޫއާން ރިޔާން އަށް ކިޔާދިނެވެ. ” ވަޓް ހަމަހުވާ ކަލޯ ގަދަ ދެން މަބުނާނީ ޔުލީން އަށް ދެރައެއް ނުދޭއްޗޭ އަހަރެން ޔޫއާން އަށް އިތުބާރުކުރަން ، ދެން އަވަހަށް އިންނަން އުޅޭ ” ލާނެތް ރާގެއްގައި ރިޔާން ބުނެލިއެވެ. ” ސާބަސް ލީން އަހަންނާ އިންނަން ހުރީ އާ އަހަރެން މިހުރީ މިގަނޑީވެސް އޭނާ އާ އިންނަން ތައްޔާރަށް ” ފޮނުވެލާފައި ޔޫއާން ބުނެލިއެވެ. ” ހޫމް ދެން ވާ ލޮއިއްބެކޭ ދޯ ތިވަނީ ” ރިޔާން ބުނެލިއެވެ. ” ކަލޭ ވެސް ލައިހާ ސެޓް ނުވެފައެއް ނު ތިހުންނަނީ ދެން އަޅެ ލަސްނުކޮށް ލޯބިހުށައަޅާން ވީނު ” ޔޫއާން ބުނެލިއެވެ. ” އާން ދެން ލަސްކުރާކަށް ބޭނުމެއް ނޫން ޒަޔާން ގެ ކަންތައް ވެސް ވަރަށް މަތީގާ އުޅެނީ ” ރިޔާން ބުނެލިއެވެ. ” އާން އަވަސް ކުރާތި ” ޔޫއާން ބުނެލިއެވެ.

ކޮޓަރިއަށް ވަދެފައި ޝޯލް ރަނގަޅުކޮށްލަމުން އަތްދަބަސް ހިފާގެން ޔުލީން ނިކުތީ ލައިހާ ކައިރި އަށް ދާށެވެ. އަވަސް ފިޔަވަޅުތަކެއް ގައި ހިނގަމުން ޔުލީން ލައިހާ މެން ގެއަށް ދެވުނީ ނުލާހިކު އަވަހަށެވެ. ލައިހާ އަށް މެސެޖް ކޮށްލާފައި ޔުލީން އައުމުން އޭނާ ގެއަށް ވަންއިރު އެޕާޓްމެންޓް ދޮރު ދޮށުގައި ލައިހާ ހުއްޓެވެ. ” ސާބަސް ހާދަ ރަނގަޅޭ ދޯ ގޭގައި ވެސް ބޮޑުހެދުންތަ ލަނީ ” ލައިޙާ އާ ހަމަކުރަމުން ޔުލީން ބުނެލިއެވެ. ” ހޫމް ޒަޔާން އާ ފަހުން ލަނީ އޭނާ ބަލާވަރުން ނުކެރޭ އެހެންވެ ކޮޓަރީ އެކަނި އުޅެނީ ކުރުހެދުން ލާގެން ” ލައިހާ ކިޔާދިނެވެ. ” ހޫމް އޯކޭ ” ޔުލީން އެތެރެ އަށް ވަދެލަމުން ބުނެލިއެވެ. ” ތިއެއް ނޫން ހާދަ އަވަސް އަރުވާލައިގެން ތިއޮޅެނީ އޯ ކަމެއް ވީތަ ” ލައިހާ އަހާލިއެވެ. ” ހޫމް ވަރަށް ބޮޑުކަމެއް ވެގެން ” ޔުލީން ބުނެލިއެވެ. ” އަހަ ޔުލީން އަންނަގަ ކާން ލައިހާ ވެސް ފަހުން ކާނަމޭކިޔާފާ އެއުޅެނީ ” ކާން ހަދަން ހުރި ނޫރީން ބުނެލިއެވެ. ނޫރީން އާދޭސް ކުރުމުން ލައިހާ އާ އެކު ޔުލީން ވެސް ކާންއެރިއެވެ. އެއިރު ޒަޔާން އަދި ޒިޔާދުވެސް ކާން އަޜާއިނެވެ. ކައިނިންމާލަމުން ޔުލީން ލައިހާ ގޮވާގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. ” ކިހިނެކޭ ވީ ” އެނދުގައި ހަމަޖެހިލަމުން ލައިހާ އަހާލިއެވެ. ޔުލީން ކަން ހިނގާދިޔަ ގޮތް ކިޔާދިނެވެ. ” އޯހްނޯ ވާވު ތާރީޙުގައި ފަވާލެވޭނެ ދޯ ވާވު ޔުލީ ކޮންގްރާ ” އުފާވެލާފައި އިނދެ ލައިހާ ބުނެލިއެވެ. ” މިހާރު ލަދުވެސް ގަނޭއެބަ އަސްލުވެސް ހުވާ ބިލީވް ނުކުރެވޭ ޔޫއާން އަހަރެން ދެކެ ލޯބިވާކަމަށް ” އެއްދިމާލަކަށް ގެއްލިފައި އިނދެ ޔުލީން ބުނެލިއެވެ. ” އަސްލޭ މީ ޔުލީ ” ހީލަމުން ލައިހާ ބުނެލިއެވެ. ” އޭ ހިނގާ ޒިވް އަށް ގުޅާ ގެންނަން ” ލައިހާ ބުނެލިއެވެ. ” އާން ހިނގާ އަރޫޝާ ދައްތަ ކައިރި މިގަނޑީ އިންނާނީ މަންމަ ” ޔުލީން މިހެން ބުނެލަމުން ޒިވްޔާ އަށް ގުޅާ ލިއެވެ. ” ޒިވް އާދެބަ ލައި މެން ގެއަށް ” އަވަސް އަވަހަށް ޔުލީން ބުނެލިއެވެ. ޒިވްޔާ ކުޑައިރުކޮޅެއްގެ ތެރޭއަންނާނަމޭ ބުނުމުން ޔުލީން ފޯނުބާއްވާލަމުން ލައިހާ އާ ދެމީހުން ގޭ ދޮރުމައްޗަށް ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ކައިޔޫން – 2

Next

އެންމެހާ މުދައްރިސުންނޭ

Next
August 25, 2021

އެންމެހާ މުދައްރިސުންނޭ

Previews
August 25, 2021

ކައިޔޫން – 2

One Comment

  1. ?YEOJA? says:
    August 25, 2021 at 1:15 pm

    Hlw readers
    hope u all like this part
    ISA next soon
    stay safe and tvgc

Comments are closed.

Next Episodeގާތުގާވުމަށް ހިތް އެދެނީ (15)←


All Right Reserved!