Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (13)

🌹YEOJA🌹 Level 610 Stories100 Login100 Comments
August 24, 2021 4 Mins Read
0 Comments

އެންމެން ވެސް ކައިނިންމާލަމުން އެތަނުން ނުކުން އިރު އެކިމީހުންގެ ހިތުގައި ވަނީ އެކިއެއްޗިއްސެވެ. އެންމެންނާ އެކު ނަމަހީވެސް ތިމާ ލޯބިވާ މީހާ އާއެކު ކުޑަވަގުތު ކޮޅެއް ހޭދަކޮށްލެވުމުން މިމީހުންގެ ހިތް އުފާވާނެ ކަން ގައިމެވެ.

އޮފީހުން އަދްހަމް ގެ ކޯލަކާއެކު ރިޔާން ޓެކްސީއެއް ނަގައިގެން އޮފީހަށް ދާން މިސްރާބުޖެހިއިރު ވެސް އެ ސިކުނޑީގައި ލައިހާގެ ހިޔާލުތައް ވަށާޖަހާ ކަހަލައެވެ. ލައިހާ ޒިވްޔާ އަދި ޒަޔާން ވަކިވުމުން ޔުލީން އަދި ޔޫއާން ވެސް ދާން ޖެހުނީ އެކަންޏެވެ. ” ޔޫއާން ކީއްވެ ޔޫގެ ޖީއެފް ނުގެނައީ ” ޔުލީން އަހާލިއެވެ. ” މަޖީއެފް އޭ މަހުރޭތަ ބިޓެއް ” ހައިރާންވެފައި ޔޫއާން އަހާލިއިރު އޭނާގެ އެކްޓިން އަށް އަވޯޑް އެއްދޭހާއެވެ. އެތެރެ އިން ޔޫއާން ދިޔައީ ބިނދިބިނދިފައި ހެމުންނެވެ. އެހާވެސް އޭނާ އަށް ޔޫލީން މަޖަލެވެ. ” ހޫން ދެން ސިއްރުކުރާނެ ކަމެއް ނެތް ކޮންމެ ހެންނެއް އިނގޭ ، ނުބުންޏަސް އިނގެން ވާ ދުވަހު އިނގޭނެ އެއް ނު ” ޔުލީން ބުނެލިއެވެ. ޔޫއާން ބުނާނެ އެއްޗަކާ މެދު އޭނާގެ ހިތުގައި ވަނީ ސުވާލުއުފެދިފައެވެ. ނުހާން ގެ ހަނދާންތަކަށް ދުވަސް ވީއިރު އެހިތް މިހާރު މުޅިން ވަނީ ބަދަލުވެފައެވެ. ފަނޑުފަނޑުކޮށް ނަމަވެސް ޔުލީން ގެ ހިތުގައި ޔޫއާންގެ ނަން ފެވެމުން އައެވެ. ނަމަވެސް އެއީ ވެސް ލިބެން ނެތް މީހެއްކަން އޭނާ އަމިއްލަ ނަފްސަށް ވިސްނާދެމުން ދިޔައެވެ. ”ޔުލީނޫ މަންޖޭ މަ ނުހުރެއޭ ޖީއެފް އެއް ، އެއީ އެދުވަހު މަގޭގެ ކޮއްކޮ އެކޭ ” ކެތްނުވެގެން އެންމެ ފަހުން ޔޫއާން ހަޤީޤަތް ހާމަ ކޮށްލިއެވެ. ގަތް ލަދަކުން ޔުލީން ބިންފަޅާފައި އަޑިއަށް ދާން ބޭނުން ވީނަމަވެސް އެއީ ވާނޭކަމެއް ނޫނެވެ. އަނެއް ކޮޅުން މީހާ އަށް އުފަލެއް ލިބުނީއެވެ. ” އޭއި އެކަމް ޔުލީން އަށް ހާދަ ވަރެކޭ ދޯ ތިވަނީ އަހަރެން ޖިއެފްއެއް ހުންނަ ހެންހީވެގެން އެދުވަހު މަ ކޮއްކޮ ފަކީރު ހުރީ ބިރުން ތުރުތުރު ލާލާވީއްޔަ މަންޖެ ބެލިވަރުން ” ސަމާސާ ރާގެއް ގައި ޔޫއާން ބުނެލިއެވެ. ” ވަޓްއެވާ ” ޔުލީން ބުނެލިއެވެ. ” އެކަމް އަހަރެން ހިތުގައި އެބަހުރި ހާއްސަ އަންހެން ކުއްޖެއް ، ކިޔުޓް ، ބިއުޓިފުލް ، ލޯބިލޯބި އަންހެން ކުއްޖެއް ” ދީވާނާ ވެފައިވާ މީހެއް ހެން ޔޫއާން ބުނެލީ ވަށްކަޅިން ޔުލީން އަށް ބަލައިލަމުންނެވެ. އޭނާ މިހާރުބޭނުމީ ޔުލީން ގެ ހިތުގައި ވަނީކީއްކަން ދެނެގަންނާށެވެ. އެހެންކަމުން ޔޫއާން ހުރީ ކިތަންމެ ބުރަމަސައްކަތެއް ކޮށްގެންނަމަވެސް އެކަން ކާމިޔާބުކުރަން ފައިވިއްދާލާފައެވެ. ޔުލީން ގެ މޫނުމަތީގައި ވާ ކުލަވަރު އޮއްސުނެވެ. މީހާގެ ހިތް މޯޅިވިއެވެ. ހިތުގައި ފަނޑުވެފައިވާ ޔޫއާން ގެ ނަން ފިލުވާލަން މަޖްބޫރުވީފަދައެވެ. ނަމަވެސް ހިތުގައި  އޮތްނަން ލިޔެވިފައިވަނީ ފަސޭހައިން ފޮހެވޭނެ ގޮތަކަށް ނޫނެވެ. ޔޫއާން އަށް ހުރެވުނީ ޔުލީންގެ މާޔޫސް ވެފައިވާ މޫނަށް ބަލަންށެވެ. ނަމަވެސް އަދި ވަކިއެއްޗެއް ނޭނގޭތީ މީހާ ގެ ހިތުގައިވާ އުފާވެރިކަން މަޑުޖައްސާލިއެވެ.

” ޒިވީ ދެން ދަނީ އިނގޭ ” ޒިވްޔާ ގެޔާހިސާބުން ލައިހާ ބުނެލިއެވެ. ޒިވްޔާ ބޯޖަހާލަމުން އެތެރެ އަށް ވަންނަން ދިޔައީ ދުރުބަލަހައްޓައިގެން ހުރި ޒަޔާން އަށް ބަލާލައިފައެވެ.

ދުވަސްތައް ފާއިތުވީވަރަކުން ޒަޔާން ވެސް ލައިހާމެންގެ އެކުވެރި ގުރޫޕަށް ވަދެވުނެވެ. ނަމަވެސް ޔުލީން ހުންނަނީ އެކަމާ ހިތްހަމަ ނުޖެހިފައެވެ. ހުދު އެމީހުންނާ އެކު އުޅޭއިރުވެސް ޒަޔާން ލައިހާ އާ ގައިގޯޅިވާން މަސައްކަތް ކުރާކަން އެ އެންމެން ނަށް ފާހަގަވިއެވެ. މިކަމާ ހުރެ ރިޔާން ގެ ރުޅިގަނޑު އިންތިހާގައި ވާއިރު ޒިވްޔާ އަށް ލިބިފައިވަނީ ހިތާމައެވެ. ކިތަންމެ ބޭނުން ނުވިޔަސް ޒިވްޔާގެ ހިތް ޒަޔާން އަށް ވަނީ ދެވިފައެވެ. ލޯބިއެއީ އަމިއްލަ ބާރު ވެވޭ އެއްޗެއްނަމަ ޒިވްޔާ ޒަޔާން ދެކެ ލޯބި ނުވީހެވެ. ޒަޔާން ގެ ހިތުގައި ވަނީ ލައިހާ ގެ ނަން ރަން އަކުރުން ފެވިފައެވެ. ގަދަކަމުން ނަމަވެސް ލައިހާ ހޯދުމަށް ޒަޔާން ވަނީ ބޭނުން ވެފައެވެ. އެއަށްވުރެ ޒަޔާން ގެ ހިތުގައި ވަނީ ޝައިތޯނީ ނުބައި ވަސްވާސްތަކެވެ. ލައިޙާ އާ ރިޔާން އާ ދެމެދު ގުޅުމެއް ވާކަން ޒަޔާން އަށް އިނގޭކަން މާ ދުވަހެއް ނުނެގިއެވެ. އެދެމެދަށް ވަނުމަށް ޒަޔާން ދިޔައީ ހިތްވަރުކުރަމުންނެވެ. އަނެއްކޮޅުން ރިޔާން ގެ ބުރަމަސައްކަތައް ވަނީ ލައިހާ ވީ ހާވެސް އަވަހަކަށް ހާސިލް ކުރުމަށެވެ. ޔުލީން އަދި ޔޫއާން ވެސް ވަނީ އެކަކު އަނެކަކުގެ ލޮއިތްބަށް ބޭނުންވެފައެވެ.

އެކަކުއަނެކަކާ އެކީ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ޔުލީން އަދި ލައިހާ ވެސް ދިޔައީ ރެސްޓޯރެންޓްއަކަށެވެ. ކާއެއްޗެހި އަށް އޯޑަރު ޖަހަމުން ދެމީހުންވެސް ވާހަކަ ފޮށި ހުޅުވާލިއެވެ. ” ކޮބާ މިހާރު ނުހާން ގެ ހަނދާން އެބަހުރިތަ ” ސީރިއަސްވެލާފާ ލައިހާ އަހާލިއެވެ. ” ގެޓް އޯވާރ ވެއްޖެ މިހާރު ” ހީލަމުން ޔުލީން ބުނެލިއެވެ. ” ލައީ ވަރަށް ވިއާރޑް ވާހަކަ އެއް ބުނަން ތަ ؟ ” ހޫމް ބުނެބަ ނިކަން ” ގެނެސްފައިވާ މިލްކްޝޭކް ތަށީގައި އިން ހޮޅިން އެތިކޮޅެއް ބޯލަމުން ލައިހާ ބުނެލިއެވެ. ” އަމް ، އައި ތިންކަ އައި ލައިކް ޔޫއާން ” އަޅާގަންނަމުން ޔުލީން ބުނެލިއެވެ. ދެލޯބޮޑުކޮށްލަމުން ލައިހާ ކެއްސާލީ ހައިރާންވެފައި ހުރި ވަރުންނެވެ. ފެންފޮދެއް ބޯލަމުން ލައިހާ ޔުލީން އާ ދިމާލަށް ބަލައިލިއެވެ. ” އޯއެމްޖީ އަސްލުވެސް ތަ ޔުލީ ވަރަށް ސަޕްރައިޒް ވެއްޖެ ، ތީ ތޮޅު ދެމީހުންނޭ ، އެކަކު އަނެކަކު ކާލަން ވެސް ފަސްނުޖެހޭ ދެމީހުންތީ ، އެންމެ ފޯރި ހުންނަ މީހާ އަށް މިގެން ލައިކް ވެވުނީ ފުރަތަމަ ވެސް ، އަޅޭ މިހާރު ޤަބޫލު ކުރަން ޖެހިއްޖެ ނަފްރަތަކީ ލޯބީގެ ފެށުންކަން ” ހައިރާންވެފައި އިނދެ ލައިހާ އެއްފައްޗަކަށް އަމުނާލިއެވެ. ” ދެން ލައީ ދިމާނުކޮށްބަ ” މޫނުމަތީ އަތް އަޅާ ލަމުން ޔުލީން ބުނެލިއެވެ. ” ހަހަހަ ވަޓްއެވާ އެއީ ހަމަ ކަލޭ މެން އުޅުނުގޮތޭ” ހީލަމުން ލައިހާ ބުނެލިއެވެ. ” ދެން އެއީ ޕާސްޓް ” ޔުލީން ބުނެލިއެވެ. ” ހޫން ތިހެން ބުނޭ ” ލައިހާ ބުނެލިއެވެ. ދެ އެކުވެރިން ވާހަކަ ތައް މަޑުކޮށްލަމުން ކައި ނިންމާލަމުން ރެސްޓޯރެންޓް އިން ނިކުތީ އިރުއޮއްސޭތީއެވެ. ” ލައީ އެއްކަލަ ޒަޔާން ވަރަށް އުނދަގޫ ކުރޭތަ އަދިވެސް ” ގެއަށް ދިޔަ މަގުމަތީ ޔުލީން އަހާލިއެވެ. ” އާން ވަރަށް އަތްލަން އުޅޭ އަތުގައި ވަރަށް އުނދަގޫވޭ ވަރަށް ބަލާވެސް މެ ހީވަނީ މަދެކެ ލައިކް ވާހެން ” މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން ލައިހާ ބުނެލިއެވެ. ” އަސްލު އަހަރެން ކައިރި ބުނާތި އިނގޭ މާކަންތައް ބޮޑުކުރަންޏާ އައިވިލް ކިލް ހިމް ، ހަމަ ހަންދަމާލާނަން ” ދަތްވިކާލަމުން އަތްވެސް މުއްކަވާލަމުން ޔުލީން ބުނެލިއެވެ. ” އާން ބުނާނަން އިނގޭ ” ހެމުން ހެމުން ލައިހާ ބުނެލިއެވެ. ލައިހާ މެން ގެއާ ހިސާބުން ޔުލީން ވަކިވެލިއެވެ.

ލައިހާ އެތެރެ އަށް ވަންއިރު ޒަޔާން ކޮޓަރިން ނިކުންނަނީއެވެ. ޒަޔާން ލައިހާ އަށް ހިނިތުންވެލިއެވެ. އެ ހިނިތުންވުން ލައިހާ އަށް އުނދަގޫ ކުރިނަމަވެސް އެތާގާ ޒިޔާދުވެސް އިނުމުން ހީލިއެވެ. މިމަންޒަރު ފެނުނު ޒިޔާދު އަށް ހިނިތުންވެލެވުނެވެ. އޭނާގެ ހިތުގައި ހިނގާލި ހިޔާލަކުން އަދިވަކިން ބޮޑަށް ހިނިތުންވެލިއެވެ. ކޮޓަރިއަށް ލައިހާ ދިޔަ ގަނޑީ އެތަނުން އައި ޒަޔާން ގެ އަތުގައި ލައިހާގެ އަތް ޖެހުނީ ޒަޔާން އައިލެއް ގާތްކަމުންނެވެ. އެއީ ވެސް އޭނާ ގަސްދުގައި ކުރިކަމެއްކަން ލައިހާ އަށް އިނގުނެވެ. އަތްޖެހުނެކޭ އަވަހަކަށް ލައިހާ އޭނާގެ އަތްނަނގާ އަނެއްއަތުން ހިފާލާ މެޔާކައިރި ކޮށްލިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ލައިހާ ކޮޓަރިއަށް ވަދެގެން ދިޔައެވެ. އައިރުޅިން ލައިހާ ކޮޓަރިއަށް ވަދެފައި އެނދުމައްޗަށް ވެއްޓިގަތެވެ. އެހެންއޮތްވާ ފޯނަށް މެސެޖް އެއް އައުމުން ލައިޙާ ފޯނުބަލައިލިއެވެ. ރިޔާންގެ މެސެޖް ފެނި ލައިހާ ގެ ހިތް ނަށާލިއެވެ. ލައިހާ ރިޔާން އާ ވާހަކަ ދައްކަން އެތައް އިރަކު އޮވެލިއެވެ.

ޔުލީން ގެއަށް ވަނީ އަތުގައި އިން ފޯނުން ނުހާން އަދި އޭނާގެ ފޮޓޯގަނޑަކަށް ބަލަމުންނެވެ. އެ ޑިލީޓްކޮށްލަން ވެގެން އުޅުނުގަނޑީ އެތެރެ އިން ނިކުމެގެން އައި ޔޫއާން ގެގައިގައި ޖެހިފައި ޔުލީން އަރިއަޅާލިއެވެ. ފޯނުވެސް ވެސް އަތުން ދޫވެ ވެއްޓުނެވެ. ހުށިޔާރުކަމާއެކީ ޔޫއާން ޔުލީން ގެ އުނަގަނޑުގައި އަތް އަޅޫވާލަމުން އޭނާ ގެ ކައިރި އަށް ދަމާލިއެވެ. ދެލޯބޮޑުވެފައިހުރި ޔުލީން ހުރީ ނޭވާލާން ވެސް ހަނދާން ނެތިފައި ކަހަލަ އެވެ. އަވަސް އަވަހަށް ޔޫއާން ގެ އަތްދަށުން މިނިވަންވަމުން އޭނާ ގެ ފޯނުހޯދުމަށް އަވަސް ވެލިއެވެ. ޔޫއާން އަށް ޔުލީންގެ ފޯނުފެނުނީ އޭނާގެ ފާދޮށުގައި އޮތްވައެވެ. އެހެންކަމުން ފޯނުނަގާލިއިރު ފެންނަން އިން ފޮޓޯގަނޑުން އޭނާ ގެ ހިތަށް ތަދުވެލިއެވެ. ” މިއޮތީ ފޯނު ” ޔޫއާން ބުނެލިއެވެ. ” އޯހް ތެންކްސް ” އާދާގެ ގޮތަކަށް ޔުލީން ބުނެލިއެވެ. ” އަދިވެސް ނުހާން މަތިން ހަނދާން ނުނެތެނީ ދޯ ” ހިތަވަރު ކޮށްލާފައި ޔޫއާން އަހާލިއެވެ. ފޯނަށް ބަލާލަމުން ޔުލީން ޔޫއާން އަށް ބަލައިލިއެވެ. ” ނޯ ހަނދާން ނެތިއްޖެ ، މި ފޯނުގައި އިން ފޮޓޯތައް ޑީލީޓް ކުރަމުންނޭ މިއަންނަނީ ” ޔުލީން ބުނެލިއެވެ. ހަމަޖެހުމުގެ ނޭވާއެއް ޔޫއާން ދޫކޮށްލިއެވެ. ” އޯ ގުޑް ” ޔޫއާން ބުނެލިއެވެ. ” ދެން ދަނީ ” ޔޫއާން ބުނެލިއެވެ. ބޯޖަހާލަމުން ޔުލީން އެތެރެއަށް ވަންނަން ހިނގާގަތެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތާވީސް ވަނަ ބައި)

Next

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 3

Next
August 24, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 3

Previews
August 24, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތާވީސް ވަނަ ބައި)



All Right Reserved!