Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހީވޭ ކަލާވާހެން ( ޕްރީވިއު)

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
August 9, 2021 One Min Read
7 Comments

ފަނޑު އަލިކަމެއް ވެރިވެފައިވާ ތަނަވަސް ކޮޓަރިއެއްގެ އެނދުގައި ނިދާފައި އޮތް ޒުވާނާގެ ނިތްކުރީގައި ދާތިކިތައް ވިދަމުން ދިޔައެވެ. އޭސީން ވަމުން ދިޔަ ކަށިތައް ތޮރުފާލާފަދަ ފިނިކަންވެސް އެ ޒުވާނާއަށް މަދަދުގާރެއް ނުވިއެވެ. ދެފަރާތަށް މޫނު އަނބުރަމުން ދިޔަ ޒުވާނާގެ ދެލޯ ތަގުޅި ކޮށްލެވިފައިވާ އިރު ނިތްކުރި މައްޗަށް ވެރިވެފައިވާ ރޫތަކުން ހުވަފެނަކުން ވަމުންދިޔަ އުނދަގޫތަކެއްކަން ދޭހަވަމުން ދިޔައެވެ.

ކުއްލިއަކަށް ޒުވާނާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައިރު ފުންކޮށް ނޭވާ ލަމުން ދިޔައެވެ. ނަފްސު ހަމަޖެހިލުމަށް ވަޤުތުކޮޅެއްވެސް ނުދީ ފުންވެފައިވާ ނޭވާތަކާއެކު އެނދުން ތެދުވަމުން އެނދުގެ އެއްފަޅީގައި ހުރި ސައިޑް ކަބަޑު ހުޅުވާލުމަށްފަހު ހުދުކުލައިގެ ބޯ ގަނޑެއް ނެގިއެވެ. ފެންނަ ފެނުމަށް ސްކެޗް ގަނޑެއްހެން ހީވާ އޭ-ތްރީ ސައިޒްގެ ގަނޑާއި ފަންސޫރެއް ނަގަމުން އެ ޒުވާނާ އެނދުގެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލިއެވެ. ގޮށްޖެހިފައިވާ ދެބޮމައިގެ ތިރިން ހިމަކޮށްލެވިފައިވާ ދެލޮލުން ގަނޑަށް ނަޒަރުހުއްޓާލަމުން ފަރުވާތެރިކަމާއެކު އެޒުވާނާ ގަނޑުގައި ކުރަހަަމުން ދިޔައެވެ. ކުރިން ގަނޑުގައި ކުރަހަން ފަށައިފާވާ މޫނެއްގެ ތަސްވީރު ފުރިހަމަ ކުރަން މަސައްކަތް ކުރަމުން ދިޔައިރު އެއީ އެ ޒުވާނާ ގަނޑުގައި ކުރަހާ ފުރަތަމަ ފަހަރު ނޫންކަން ހާމަވަމުން ދިޔެެވެ.

ތަސްވީރު ކުރަހަަމުން ދިޔައިރު އެ ޒުވާނާގެ ލޮލުގައިވަނީ ބުނެދޭން އުނދަގޫ އަސަރު ތަކެކެވެ. ބޭގަރާރުކަމާއި ކެތްތެރިކަން ކުޑަވެފައިވާ ކަމުގެ މަސްހުނި އަސަރެކެވެ. ކުޑަ ތަންކޮޅެއްް ކުރެހުމާއެކު ކުއްލިއަކަށް ފަންސޫރުގެ ތުނޑު ހަރަކާތް ކުރުން ހުއްޓިއްޖެއެވެ. އިތުރަށް ކުރަހަންވީ އެއްޗެއް އެ ޒުވާނާއަށް ނޭނގުން ފަދައެވެ. ހާސްކަމާއެކު އެ ޒުވާނާ ދެލޯ މަރާ ބާރުކޮށްލިއެވެ. ސިކުނޑީގެ ކަނެއްގައި އޭނާ ކުރަހަމުންދިޔަ ތަސްވީރު ރައްކާކުރެވިފައި ވޭތޯ ހޯދަމުން ދާފަދައެވެ. އެހެނަސް މާޔޫސްކަން ވެރިވެފައިވާ މޫނަކާއެކު ދެލޯ ހުޅުވާލަމުން އެ ޒުވާނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ބުރިކޮށްލެވުނު ވާފަށެއް ފަދައިން އެ ކުލަ ހުވަފެން އަނދިރިވެގެން ހިނގައްޖެއެވެ. ހަނދާން ކުރަން ސިކުނޑިއަށް ކިތަންމެ ބާރުލީ ނަމަވެސް އެ ހިތްގައިމު ޖާދުވީ މޫނު ސިފަކުރަން އޭނާއަށް ނުކުޅެދުނެވެ. އެއާއެކު އެ ޒުވާނާގެ ހިތަށް ބުނެދެން ނޭނގޭ ހުސްކަމެއް ވެރިވެގެން ދިޔައެވެ. ހަށިގަނޑުގެ އެއްބައި މަދުވެގެން ދިޔަފަދަ އިޙްސާސެއް ކުރެވިގެން ދިޔައެވެ.

“ހޫ އަރ ޔޫ..؟” އުނގުމަތީގައި ބާއްވާލެވިފައިވާ ގަނޑުގައި ނުނިމި މަޑުޖެހިފައިވާ ކުރެހުމަށް ނަޒަރު ހުއްޓާލައިގެން އިނުމަށްފަހު ގަނޑުގައި ނިތްކުރި ޖައްސާލަމުން އެ ޒުވާނާ ވައި އަޑުން ވޭނާއެކު ސުވާލު ކޮށްލިއެވެ.

**********

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ ( އެކާވީސް ވަނަ ބައި)

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ބާވީސް ވަނަ ބައި)

Next
August 9, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ބާވީސް ވަނަ ބައި)

Previews
August 9, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ ( އެކާވީސް ވަނަ ބައި)

7 Comments!

  1. luvza says:
    August 9, 2021 at 3:04 pm

    hi am i first
    heeehee wonder miitha woner ge aa vaahak akee????/???
    varah interesting curiouse vejje kiyaa hithus ill be waiting first bayah???
    go on keep on going ingey
    stay safe aa and btw kurin wonder liyunu vaahaka NEYDHEMEY VAKIVUMEH is amazing just loved the story
    keep it up ly

    1. Wonder says:
      August 9, 2021 at 3:10 pm

      Yes u r firs luvza.. Yeah this is the story im writing ? v ufaavejje beginning like veema.. thank u for the encouragement. And really happy u liked my previous story. B safe.. lymm?❤️

  2. Wonder says:
    August 9, 2021 at 3:06 pm

    Assalaam Alaikum dear readers.. Finally I am back with my third novel! Al’hamdhulillah! This is just a little sneak peek to the main story.. I hope u all will like the beginning.. Pls feel free to comment ur opinions.. In sha Allah vaahakaige first bayaa eku v avahah bahdhalu kohlaanan.. Have a safe day and enjoy reading ❤️

  3. ?Ril? says:
    August 9, 2021 at 3:34 pm

    Helllooooo sisoooooo❤️❤️
    Long timeeee right ❤️❤️
    Missseddd uuuuu❤️❤️
    Anyways nice to meet u after a time❤️❤️
    Btw preview it’s amazing vrh Curious vehje . ❤️❤️Kantha vegen dhiya gothun ❤️❤️
    Really curious for the first part ❤️❤️
    Waiting ingeyyy❤️❤️
    Lysssmm❤️❤️
    Stay safe ❤️❤️and tvg ❤️❤️

    1. Wonder says:
      August 9, 2021 at 3:41 pm

      Haaaai Ril.. soo happy to see u after a long time. I missed u tooo! Awwn.. Really happy to know that u liked the preview. Lymmm, b safe?❤️

  4. Shamma 2021 says:
    August 9, 2021 at 3:49 pm

    Varah shauguveri vaa gothakah preview genes thidhiny. V reethi. Furathama bayah inthizaaru kuran.

    1. Wonder says:
      August 9, 2021 at 4:00 pm

      Thank u so much Shamma.. v ufaavejje preview kamudhiyaeema.. In sha Allah furathama bai las nuve up kohdheynan.❤️?

Comments are closed.



All Right Reserved!