Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 5

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
August 9, 2021 8 Mins Read
5 Comments

* ދޮރުމަތީގައި ކަޅުކުލައިގެ ޖިންސަކާއި އެކީ ކަޅުކުލައިގެ ޓީޝާޓެއް މަތިން ރަތްކުލައިގެ ބްލޭޒަރއެއް ލައިގެން ކޮނޑުގައި ކަޅު ދަބަހެއް އަޅުވާލައިގެން ހުރި ފިރިހެން ކުއްޖާގެ މޫނު ފެނިފައި މިއަލް ހައިރާންވިއެވެ. މިއޮއްފަދަ ގަޑީގައި މިއައީ ކާކު ބާވައެވެ.؟ މިއަލްއަށް އެ ފިރިހެން ކުއްޖާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. *

“މި ގޭގައިތޯ ނަވާލްބޭ އުޅެނީ..؟ އަޅުގަނޑު މީ…..” އެ ފިރިހެން ކުއްޖާ ބުނަން އުޅުނު ޖުމްލަ މަޑު ޖައްސާލުމުން މިއަލްއަށް އިސްއުފުލާލާ ބަލާލެވުނެވެ. އޭރު އެފިރިހެން ކުއްޖާ މޫނަށް ޖައްސައިގެން ހުރި ވައްތަރުން މިއަލްއަށްވެސް އެއްބުމަ އަރުވާލެވިއްޖެއެވެ. އެފިރިހެން ކުއްޖާ އަޖައިބުވެފައި މިއަލްގެ މޫނަށް ބަލަހައްޓައިގެން ހުރިގޮތުން ހީވަނީ ދުނިޔޭގެ ހަތް އަޖައިބުތަކުގެ ތެރެއިން އަޖައިބެއް ފެނިގެން އުޅޭހެންނެވެ. ދެންމެދެންމޭން އެ ފިރިހެންކުއްޖާގެ ދެމިޔަކަނުން ސޮނި ފައިބަފާނެހެން ހީވެއެވެ.

ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ހުއްޓާ ކުއްލިއަކަށް ނަވާލް ނުކުމެގެން އައެވެ. މިއަލް ސިހިފައި އަވަހަށް ނަވާލްއަށް ތަން ދެއްކިއެވެ. އެ ފިރިހެންކުއްޖާވެސް ނުވާކަމަށް ހެދިލަމުން މޫނުމަތި ފޮހެލައިފިއެވެ. “އަނހަ ޔުއެލް.. ދަރިފުޅާ ކޮންއިރަކުތަ މިކޮޅަށް އައީ..؟ ބޭބެ ހީކުރީ މާދަން ކަމަށް ދަރިފުޅު މިކޮޅަށް އަންނާނީ.. އައިއިރު ބޭބެއަށް ގުޅާލިނަމަ.. އޭރުންނެއްނު ލަފާތަނަށް ވެސް ދެވޭނީ..” ނަވާލް އުފަލުން ހުރިހާ ދަތްކޮޅެއް ދައްކާލައިގެން ހުރެ ބުނެލިއެވެ.

މިއަލް އިތުރަށް ހައިރާންވީ ނަވާލް އެނުދަންނަ ފިރިހެން ކުއްޖާއާއި ވާހަކަ ދެއްކި ގޮތުންނެވެ. ހީވަނީ އެއީ ނަވާލްގެ އަމިއްލަ ދަރިއެއްހެންނެވެ. “ނޫނޭ އެއޯކޭވާނެ ނަވާލްބޭ.. އަޅުގަނޑު މިއައީ ހަމައެކަނި ޒައިހާން ބޭބެ ބުނެގެން މިކޮޅުގެ ފިހާރައިގެ ކަންކަން ރަނގަޅުތޯ ބަލާލަންވެގެން އެކަނި…” ޔައުލާން ހީލަމުން ބުނެލިއެވެ. މިއަލް ލޮލުގެ އެންމެ ކުޑަކޮޅުން ޔައުލާންގެ މޫނަށް ބަލާލިއެވެ. އެ ކުޑަ ބެލުން އެކަނިވެސް ޔައުލާންއަށް ފާހަގަވިއެވެ. މިއަލް އަވަސްއަވަހަށް ދުރަށް ބަލާލިއެވެ. މި ޔުއެލް އަކާއި ވާހަކަ ދައްކާކަށް އޭނަ ބޭނުމެއް ނުވެއެވެ. “ޔުއެލް އޭ..؟ އެނަމުގެ މާނައަކީ ކޮބައިބާ..؟؟” މިއަލްއަށް ވިސްނާލެވުނެވެ. މިހާ ހުޅަނގު ނަމެއް ކިޔާ ދިވެހި ކުއްޖެއް މިއަލް އެ ދެކުނީ އަލަށެވެ.

“ޔުއެލް އަވަހަށް ދޭ ކޮޓަރިއަށް.. އަރާމު ކޮއްލަން ބޭނުންވެފައި ދޯ މިހާރު ހުންނާނީ..؟ އިހަކަށް ފެން ވަރާލައިގެން ޖައްސާލާ އިނގޭ.. ކާންވީމައި ގޮވާނަން..” ނަވާލް ހުރިހާ ދަތެއް ފެންނަވަރަށް ހީނލާފައި ޔައުލާންގެ އަތުން ދަބަސް އަތުލައިފިއެވެ. ނަވާލް ޔައުލާންގެ ކޮނޑުގައި ފިރުމަމުން އެކިއެކި ވާހަކަތައް ދައްކަމުން ސަފީނާގެ ކޮޓަރިއަށް ވެއްދިއެވެ. މިއަލް އޭރު ހުރީ ބަދިގޭގެ ތެރޭގައި ސިއްރުސިއްރުން ބަލާށެވެ. ނަވާލް އެ ފިރިހެން ކުއްޖާއާއި އަނގަތަޅަން އިނދެފައި އިރުކޮޅަކުން ނުކުމެއްޖެއެވެ.

ނަވާލް ބަދިގެއާއި ދިމާލަށް އަންނަތަން ފެނިފައި މިއަލް އަވަހަށް ރޮށި ފިހަން ހުރިކަމަށް ހެދުނެވެ. “އެލް.. އެއީ ޔުއެލް… ކުރިން ދުވަހު ބައްޕަ މިގޭގައި ބަހައްޓަން ގެނައި ފިރިހެންކުއްޖާ.. ޔުއެލް އަކީ ބައްޕަގެ ވަރަށް ގާތް އެކުވެރިއެއްގެ ދަރިއެއް.. މިކޮޅުގައި ހުރި ފިހާރަ އެއްގެ ކަންތައްތައް ކުރިއަށް ދާގޮތް ބަލާލަން މަޑުކޮއްލާފައި ޔުއެލް ފުރާނީ.. އެ ދުވަސް ޖެހެންދެން ޔުއެލް އުޅޭނީ އަހަރެމެންނާއެކީ މިގޭގައި.. ދަރިފުޅު ޔުއެލްއާއި ރައްޓެހިވައްޗޭ..” ނަވާލް އެހެން ބުނެލުމުން މިއަލްއަށް ނެގުނީ އެހެން މާނައެކެވެ. މިއަލް ނަވާލްގެ މޫނަށް ބަލާލުމުން ނަވާލް އަށްވެސް ބުނެވުނު ވާހަކަ ރަނގަޅަށް ފަހުމުވީ ކަންނޭނގެއެވެ. ކުޑަ ހިނިގަނޑެއް ޖަހާލާފައި ނަވާލް މިއަލްގެ މޫނަށް ބަލާލިއެވެ.

“ބައްޕަ މިބުނީ އެއްގޮތަކަށްވެސް ޔުއެލް ފޫހިވިޔަ ނުދެއްޗޭ.. މިގެއިން ޔުއެލްއަށް ދެވެން އޮތް ޚިދުމަތް އެންމެ ފުރިހަމަކަން މަތީގައި ދެވެންވާނެ.. ދަރިފުޅަށް މިކަން ވާނެތަ..؟” ނަވާލް އެހެން ބުނުމުން މިއަލް ކުޑަކޮށް ބޯ ޖަހާލިއެވެ. ބައްޕަގެ ބަހާއި ދެކޮޅު ވުމަކީ މިއަލް ދުވަހަކު ވެސް ކުރަން ބޭނުންނުވާ ކަމެކެވެ. “އެންމެ ރަނގަޅު.. ބައްޕަ އެބަ އަންނަން ބޭރަށް ގޮސްލާފައި.. ޔުއެލްއަށް ޖެހޭނެ ފާހާނާގެ ބައެއް ސާމާނުތައް އަދި ގަންނަން.. އިއްޔެ ޔުއެލްގެ ބައްޕަ، ބައްޕައަށް ގުޅާފައި ބުނީ މާދަމާ ނޫން އަނެއް ދުވަހުއޭ މިކޮޅަށް އަންނާނީ.. ބައްޕަ އަދި މިހުރީ މިރޭ އެއެއްޗެހި ގަންނަން ދާން ކަމަށް އަދި އެހެން ބުނީމައި.. ދޭއް ޖަހާލާކަށް ހާއިރު ބައްޕަ އަންނާނަން..” ނަވާލް ކަން ހިނގިގޮތް މިއަލްއަށް ކިޔައިދިނެވެ.

“އާނ އަދި އެހާއިރަށް ދަރިފުޅު ޔުއެލްއަށް ގޮވައްޗޭ.. ޔުއެލް ހީވަނީ މިގަޑީ ހީވަނީ ނިދާނީހެން ފެން ވަރައިގެން.. އެހެންވެ.. އަދި އެސޮރު ހުންނާނީ އެއްޗެއް ނުކައި..” މިއަލް އެއާއި ދެކޮޅަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ މިއަލްގެ ބޮލުގައި ފިރުމާލާފައި ނަވާލް ބޭރަށް ނުކުތެވެ. މިއަލްގެ ސިކުނޑީގެ ތެރޭ އަނެއްކާވެސް ފެތުރުނީ އިއްޔެރޭ ފެނުނު ފިރިހެން ކުއްޖާގެ ތަސްވީރެވެ. މިއަދު މި އައި ޔުއެލް އަކީ ގައިމުވެސް އެފިރިހެން ކުއްޖާއެއް ނޫނެވެ. އެ ފިރިހެން ކުއްޖާއާއި ދޭތެރޭ ޚިޔާލު ކުރަން ހުއްޓާ ތަވާ މަތީގައި އޮތް ރޮށި އެނދިއިރުވެސް މިއަލްއަށް ރޭކައެއްނުލިއެވެ. ރޮށި ޑަސްބިނަށް ލާފައި މިއަލް އިސްތަށިގަނޑުގައިވާ ހުޅި ރަނގަޅަށް އައްސާލިއެވެ. އަދި އަނެއްކާވެސް ރޮށި ފިހުމައިގެން ކުރިއަށް ދިޔައެވެ.

ފެންވަރާލައިގެން ނިދުނުގޮތަށް ޔައުލާންއަށް ހޭލެވުނީ ފުދޭވަރަކަށް އަވަހަށެވެ. އަމިއްލަ އެނދު ނޫން އެހެން އެނދެއްގައި ނިދުމަކީ އަބަދުވެސް ޔައުލާންއަށް އުނދަގޫ ކަމަކަށްވާތީ މާއަވަހަށް ހޭލެވުނީއެވެ. އޭރު އެއްގަޑި އެކާވީސް ވެއްޖެއެވެ. ޔައުލާން މޫނުދޮވެ ދަތްއުނގުޅާ ހަދައިގެން ދަބަހުން ނެގި ރަތް ހޫޑީ އާއި ނޭވީބްލޫ ކުލައިގެ ސޯޓު ލައިގެން ބޭރަށް ނުކުތެވެ. ނަވާލް ހޯދަން ކޮޓަރިން ބޭރަށް ނުކުތްތަނާހެން ޔައުލާންއަށް މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ. ޖެހިގެން ތަންކޮޅެއް ދުރުގައި ހުރި ކޮޓަރިން މީހަކު ވާހަކަ ދައްކާ އަޑު އިވޭހެން ހީވުމުން ޔައުލާން މަޑުމަޑުން މިސްރާބު ޖެހީ އެ ކޮޓަރި އާއި ދިމާލަށެވެ.

އޭރު މިއަލް އޮތީ އެނދުމަތީގައި ބަންޑުން އޮށޯވެގެންނެވެ. ސަފީނާގެ ފޮޓޯގަނޑާއި ވާހަކަ ދައްކާށެވެ. ހިންމިއަކަށް ހުޅުވާފައިވާ އެކޮޓަރީގެ ތެރެއިން ޔައުލާންގެ ލޮލުގައި އެ މަންޒަރު އަޅައިގަތެވެ.

ޔައުލާން ކުޑަކޮށް ހައިރާންވިއެވެ. މިއަލްގެ މޫނު ރީއްޗަށް ޔައުލާންއަށް ފެނުނީ ދެނެއެވެ. “މިލީން..” ޔައުލާންއަށް ބުނެވުނެވެ. މިއަލްގެ ދެކޮނޑު ފޮރުވާލާފައިވާ ރާޅުބާނި އިސްތަށިގަނޑާއި އެ ކުޑަ މޫނަށް ބަލަން ޔައުލާންއަށް ހުރެވުނެވެ. “ލީން…؟ މިތަނުގައި ކީއްތިކުރަނީ..؟” ޔައުލާންއަށް އަހާލެވުނެވެ.

ޔަގީން ކުރުމުގެ ނިޔަތުގައި ޔައުލާންއަށް ޖީބުން ފޯނު ނަގާ ބަލާލެވުނެވެ. ފޯނުގެ ލޮކް ސްކްރީނަށް ލާފައިވާ އޭނަ އާއި މިލީންގެ ފޮޓޯގައި ހުރި މިލީންގެ މޫނަށް ބަލާލާފައި ޔައުލާންއަށް މިއަލްގެ މޫނާއި ދިމާލަށް ބަލާލެވުނެވެ. ހަމަ އެ މޫނެވެ. އެ ސިހުރެއްފަދަ ދެލޮލެވެ. މިއީ އަނެއްކާ އެކަކު ހެއްޔެވެ.؟ ވައްތަރީވެސް އެހެނެއް ބަލާފައެއް ނޫނެވެ. ޔައުލާން ވަގުތުން ކޮޓަރިއަށް ވަނީ މިލީންގެ ނަންބަރަށް ޑައިލް ކޮށްލަމުންނެވެ.

“ހެލޯ.. ޔުއެލް.. އަހަރެން ޔުއެލްއަށް ގުޅާގުޅާ ވަރުބަލިވެއްޖެ.. ކޮންތަނަކުތަ ތިހުރީ..؟” މިލީން އެހެން ބުނެލުމުން މިލީންގެ ހަތް މިސްކޯލް އޮތްކަން ޔައުލާންއަށް ފާހަގަވިއެވެ.

“ލީން ތިހުރީ ކޮންތަނަކު..؟” ޔައުލާން ބޭނުންވީ ޔަގީން ކުރާށެވެ. “މިހުރީ ކާން… ޑިނަރ ޓޭބަލް ކައިރީ.. ކިހިނެތްވީ..؟” މިލީންވެސް އިތުރު ސުވާލެއް ނާހާ ޔައުލާންއަށް ޖަވާބު ދީފިއެވެ. ”އެހެންތަ.. ކޯޗެއް ތިކަނީ..؟” ޔައުލާން ގުޅި މަގްސަދު ހަނދާނުން ކައްސާލީ ނުލާހިކު އަވަހަށެވެ. ވާނީވެސް އެހެންތާއެވެ. އެ ވާހަކަ ދެއްކެނީ އެ ހިތުގެ ރާނީ އާއި ވިއްޔާއެވެ. “މި ކަނީ.. ފްރައިޑް ނޫޑްލްސް.. ޔުއެލް އާދެބަލަ ކާން..” މިލީން އެހެން ބުނެލުމުން ކުޑަކޮށް ނަމަވެސް ޔައުލާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. “އަހަރެން މިހުރީ އެހެން ރަށެއްގައޭ ލީން… އަހަރެންމީ ދޫންޏެއް ނަމަ އުދުހިފައި ނަމަވެސް ދާނަން ލީންއާއިއެކީ ނޫޑްލްސް ކާން…” ޔައުލާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ”އޭ ޔުއެލް ފުރީތަ..؟ ކޮން ރަށެއް ގައި ތިހުރީ..؟ އަހަރެންނަށް އަންގާވެސް ނުލާ.. ޔުއެލްއާ ރުޅި..” މިލީން ޗުސް ލައްވާލިއަޑު އިވުމުން ޔައުލާންގެ ގާތަށް އަނެއްކާވެސް ހިނިއައެވެ. މިލީން އަޅާލާވަރު އެނގުމުން ފޮނިވެފައި ޔައުލާން އެނދުގައި ލެނގިލިއެވެ.

“އަހަރެން ބުނީމެއްނު ލީންގެ ގާތުގައި ވާހަކައެއް ބުނަން ބޭނުންވާ ވާހަކަ މިއަދު ހެނދުނު ގަޑީ..؟ ލީން އެގަޑީ ދިޔަގޮތަށް އަހަރެންނަށް ނުވެސް ފެންނަމެންނު..؟ ދެން މެންދުރު މަ ދުއްވާލަން ނުކުމެ އުޅެނިކޮށް ބައްޕަ ގުޅާފައި ބުނީ އަވަހަށް އެ ރަށަށް ދާން ރެށީ ވާށޯ.. ދެން ފުރަންވީމައި އަހަރެން ކިހިނެތް ލީންގެ ގާތު އެވާހަކަ ބުނާނީ..؟” ޔައުލާން އަހާލިއެވެ.

“އަޅެ ތިހާ މުހިންމު ވާހަކަ އެކޭ އެގަޑީ ބުނިނަމަ އަހަރެން އަޑު އެހީހޭ… ފުރާތަނަކަށްވެސް ނުދެވުނު.. ކިހާ ދުވަހެއް ވަންދެން ތި ރަށުގައި ހުންނަނީ..؟ ޔުއެލް ނެތީމައި އަހަރެންވެސް ކިހާ ފޫހިވާނެ ދެން.. އަހަރެންވެސް ގޮވައިގެން ދިޔަނަމަ..” މިލީން ޝަކުވާކުރަން ފެށުމުން ޔައުލާން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“ލީންގެ ޑޭޑް ބުނެގެންނޭ އަހަރެން މިރަށަށް މި އައީ… ޒާހުބެ ބުނެގެން ޝޮޕުގެ ކަންކަން ބަލާލަން.. އަސްލު މި ކޮޅަށް އަންނަން ހަމަޖެހިފައި އޮތީ މާދަމާ.. އެކަމަކު އިއްޔެ ރޭ އެ ފިހާރައިން ވައްކަން ކުރި ޚަބަރު ލިބުނީމައި އެހާ އަވަހަށް އަންނަން މި ޖެހުނީ..” ޔައުލާން ބުނެލިއެވެ. “ތީފް މީހުން ހާދަ ގިނައޭ..” މިލީން އެހެން ބުނެލި އަޑު އަހާފައި ޔައުލާން ދެއަތް ދެއަތާއި ޖަހާލިއެވެ. “ލީންވެސް ތީ ތީފްއެއްނު..؟ އަހަރެންގެ ހިތް ވަގަށް ނަގައިގެން…” ޔައުލާން ވައި އަޑަކުން އެހެން ބުނެލުމުން ކީ އެއްޗެއް ސާފު ނުވެގެން މިލީން ހަލޯއޭ ކިޔާ ގޮވާލައިފިއެވެ. “މަ ވެސް ކާން ދާން މިދަނީ.. ލީން ރަނގަޅަށް ކައްޗޭ..” ޔައުލާން ފޯނު ބޭއްވިއެވެ.

ޔައުލާން އަނެއްކާވެސް އެނދަށް ވެއްޓިގަންނަމުން ވިސްނަން ފެށިއެވެ. އަނެއްކާ މިގޭގައި މިއުޅޭ އަންހެން ކުއްޖާއަކީ މިލީން އާއި ވައްތަރު އެހެން އަންހެން ކުއްޖެއް ބާވައެވެ.؟ އެ އަންހެން ކުއްޖާ ހީވަނީ މިލީންގެ ސޫރައިގެ ތަތްގަނޑެއް ހެންނެވެ. މީހަކު ދޮރުގައި ޓަކި ޖެހިހެން ހީވެގެން ޔައުލާން ދޮރާއި ދިމާލަށް ބަލާލިއެވެ.

ޔައުލާންއަށް ކާން ގޮވުމުގެ މަގުސަދުގައި މިއަލް އަނެއްކާވެސް އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. އެއްވެސް ޖަވާބެއް ނައުމުން މިއަލްއަށް ދެއަތް ދެ އަތާއި އުނގުޅާލެވުނެވެ. ނިދިގަދަ މި ޔުއެލްއަށް ގޮވަން އެތެރެއަށް ވަންނާކަށް މިއަލްއަކަށް ހިލާ ނުކެރޭނެއެވެ. ޔައުލާން ދޮރު ނުހުޅުވުމުން މިއަލް ހީކުރީ އޭނަ އަދިވެސް އޮތީ ނިދާފައިކަމަށެވެ. އެތަނުގައި ހަދާނެގޮތެއް ނޭނގިފައި ހުއްޓާ ކުއްލިއަކަށް ޔައުލާން ދޮރު ހުޅުވާލައިފިއެވެ. މިއަލް ސިއްސައިގެން ދިޔަވަރުން ޔައުލާންއަށްވެސް ބޭއިޚްތިޔާރުގައި ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ.

“އަމް.. ޔުއެލް.. އާދޭ ކާން..” މިއަލް ބެލީ ޔައުލާން އާއި ހަތަރު ކަޅި ހަމަނުކުރެވޭތޯއެވެ. ޔައުލާންއަށް ބާރަށް ހީނުގަނެވުނީ ކިރިޔާއެވެ. ދެންމެ ދިމާވި މި އަންހެން ކުއްޖާ އޭނައާއި ދިމާލަށް މީހުން ލޯބިން ގޮވާއުޅޭ ވަނަމުން ގޮވާހާ ގާތްވީ ހެއްޔެވެ.؟ ޔައުލާން ފަޅައިގެން ދާން އުޅުނު ހިނިގަނޑު މަތަކުރަމުން މިއަލްގެ ފަހަތުން ކާގެއަށް ވަނެވެ.

ޔައުލާން އިށީނުމުން މިއަލް އިށީނީ ޔައުލާން އާއި އެންމެ ދުރުގައި ހުރި ގޮނޑީގައެވެ. ޔައުލާން ކަމުން ދިޔައިރުވެސް މިއަލް އިނީ ނިޔަފަތި ތަކާއި ކުޅެލަ ކުޅެލައެވެ. ޔައުލާން ފެންފޮދެއް ބޯލާފައި މިއަލްގެ އަތާއި ދިމާލަށް ބަލާލިއެވެ. މިއަލްގެ ނިޔަފަތިތައް ފެނިފައި ޔައުލާންގެ އަނގަ ހުޅުވުނެވެ. ދިގުކޮށްފައި އެ ހުރި ނިޔަފަތިތައް ނުކަނޑާތާ ގައިމުވެސް މަހަކަށްވުރެ ގިނަދުވަސް ވާނެކަން ޔަގީނެވެ. ޔައުލާން ހަނދާންވީ މިލީންގެ މަތިންނެވެ. މިލީންއަކީ ވެސް ނިޔަފަތިތައް ދިގުކުރުމަށް މާ ފޯރިހުންނަ ކުއްޖެކެވެ. ނިޔަފަތިތައް ދިގުކޮށްފައި ނެއިލް ޓިއުޓޯރިއަލްތައް ބަލައިގެން ނެއިލް ޕޮލިޝް އިން އެ ނިޔަފަތިތަކުގައި ކުލަ ޖެއްސުމަކީ މިލީންވެސް މާ ކުރާ ހިތުން ކުރާ ކަމެކެވެ.

ނަވާލް އައިސް ކާގެއަށް ވަނީ ޔައުލާން ކައި ނިމެން އުޅެނިކޮށެވެ. “ޔުއެލް.. ބޭބެއަށް ރަނގަޅީ ޔުއެލް ބޭރުގައި އުޅުނަސް އެގާރަ ޖެހުމުގެ ކުރިން ނިދަން އައިއްޔާ އިނގޭ..” ނަވާލް ބުނެލިއެވެ. “އެންމެ ރަނގަޅު.. އެހެންނޫނަސް ހަމައެކަނި ފިހާރައިގެ ކަންކަން ހަމަޖެހުނީމައި އަޅުގަނޑު އަނެއްކާ ރަށަށް ފުރާ ގޮތަށް ހަމަޖެހިފައި ވަނީ..” ޔައުލާން ބުނެލިއެވެ. “އެހެންތަ..؟ މިރަށުގައި ޔުއެލް މަޑެއް ނުކުރަންތަ..؟” ނަވާލް އަހާލިއެވެ. “މަޑުކުރަން އަދި ވިސްނިފައެއްނެތް..” ޓިޝޫއަކުން އަތް ފޮހެމުން ޔައުލާން މިސްރާބު ޖެހީ ބޭރަށް ނުކުންނަން ދާށެވެ. “ބޭބޭ އަޅުގަނޑު މި ދަނީ ފިހާރައަށް..” ޔައުލާން ނުކުންނަމުން ބުނެލިއެވެ. ނަވާލް ހީލާފައި ބޯ ޖަހާލިއެވެ.

ޔައުލާންއަށް ގޮސް އެރުނީ ގެއަށް ވަންނަން އައި ކިއަނާގެ ކުރިމައްޗަށެވެ. ކިއަނާ ފާޑަކަށް ޔައުލާން އާއި ދިމާލަށް ބަލާލާފައި އެތެރެއަށް ވަނެވެ. ޔައުލާން ދެކޮނޑު އަރުވާލާފައި އަވިއައިނު އަޅައިގެން ފިހާރައާއި ދިމާލަށް ދިޔައެވެ. ރަށަށް ނުފަރިތަކަމުން ޒައިހާން ކިޔައިދިން ގޮތަށް ފިހާރައަށް ދެވޭތޯ ޔައުލާން ބެއްޔެވެ.

“އެލް..!” ކިއަނާ މާ ބާރަކަށް ގޮވާ އަޑަށް މިއަލް ކާ ގެއިން ނުކުތެވެ. “އަނެއްކާ ކޮންތަނަކުން އައި ކާކުތަ ގެއަށް ގެނެސްގެން ތި އުޅެނީ..؟؟” ކިއަނާ އަހާލިއެވެ. “ކޮންމެވެސް ޔުއެލްއެއް.. އަހަންނަކަށް ނޭނގޭ… ބައްޕަ މި ގޭގައި ބަހައްޓަން ގެނައި ކުއްޖެއް..” މިއަލް ބުނެލިއެވެ. ”ތިބުނީ ކައްކާ ކުނިކަހާ އެއްޗެހި ދޮވެ އިސްތިރި ކުރަން ގެނެސްދިން ކުއްޖެކޭތަ..؟” މިއަލް އެހެން ބުނެލި ގޮތުން ކިއަނާއަށް ނެގުނީ އެހެން މާނައެކެވެ. “ސާބަހޭ.. ނޫނޭ.. މިތާ މިހިރަ ކައިރި ރަށުން އައި ކުއްޖެއް..” މިއަލް ބުނެލިއެވެ.

“އަހަރެން މިއައީ މަންމަ ބުނެގެން މި މަސްމިރުސް ފުޅި ދޭންވެގެންނޭ… މި ރީއަލްއަށް މި ބަލާ އަންނަން ގުޅާ ގުޅާ ފޯނެއް ނުނެގި..” ކިއަނާ ތުންއަނބުރާލާފައި މިއަލްގެ އަތަށް ރިހާކުރު ފުޅި ދިނެވެ. އޭރު ވެސް ކިއަނާ ހުރީ ރީއަލް އޭނާ ގުޅީމައި ފޯނު ނުނަގައިގެން ރުޅި އައިސްފައެވެ. ”ދޮންބެ މިގަޑީ ވާނީ ފިހާރައިގައި..” މިއަލް ރިހާކުރު ފުޅީގައި ހިފަމުން ބުނެލިއެވެ. ކުއްލިއަކަށް އެކަން ހަނދާންވެ ކިއަނާ ހީނގަތެވެ. އަމިއްލަ މޮޔަކަމަށް ކިޔުނުހާ ލަފްޒެއް ކިޔަމުންނެވެ.

“އޭތް..!! ފުރާ ގަޑި ޖެހެނީޔޭ..! ކަލޭ ދަބަހަށް އެއްޗެހި ނާޅާ، މިއުޒިއަމްއެއްގައި ބަހައްޓާފައި ހުރި ބުދެއް ހެން ތި ހުންނަނީ ކީއްވެގެންތަ..؟” އަހުނަފް ދިޔަގޮތަށް ގޮސް ފާރުގައި ލެނގިލައިގެން ކޮޅަށް ކަމަކާއި ދޭތެރޭ ވިސްނަން ހުރި ޝަފްވާންގެ ކޮނޑުގައި ޖަހާލިއެވެ.

”ފުރަން ބޭނުން.. އެކަމަކު ފުރާ ހިތެއްނެތް.. އޭތް އަހޫ.. މާދަމާއަށް ފުރުން ލަސްކޮށްދެވިދާނެތަ..؟” ދެ ޚިޔާލެއްގައި ހުރި ޝަފްވާން އަހާލިއެވެ. “ހޫން.. ރޭ ވެސް މަށަށް ހީވެއްޖެޔޭ ކަމެއް ލައިގަނެގެންނޭ ކަލޭ ތި އުޅެނީ… އެ އަންހެން މަންޖެގެ ޖާދޫގައި ކަލޭ ޖެހުނީދޯ..؟ އެކަމަކު ދެން ޓިކެޓު ވެސް ނެގިއްޖެޔޭ..!” އަހުނަފް ކުސްތަޅަން ފެށިއެވެ. “ދެން ހެވޭ.. ހަމަ އަސްލު ވެސް ކަމެއް ޖެހިގެންނޭ މިއުޅެނީ.. ވަރަށް ވަރަށް އާރޖެންޓްކޮށް.. ޕްލީޒް މާދަމާއަށް ލަސްކޮށްލަދީބަލަ..” ޝަފްވާން އަހުނަފްގެ އިސްތަށިގަނޑުގައި ހިފައިގަންނަމުން ބުނެލިއެވެ.

“ހޫނ.. މައްސަލައެއް ނެތް.. މާދަމާ ނޫން އަނެއް ދުވަހު ދެން އަނެއް ލޯންޗް ފުރަނީ.. ވަރެއްގެ މީހެއް މީ.. އިއްޔެ ލޯންޗުގައި ރަށަށް އައިއިރު ހާސްވެ ކަންބޮޑުވެފައި ޕާޓީއޭ ލަވަ ކިޔަން ޖެހެޔޭ ދާން ޖެހިއްޖެޔޭ މިލީންއޭ މިލީންއޭ ކިޔާ ބޮޑާހޭކިއިރު ހީވަނީ އެހެންފަދަ ކަމެއްހެން.. މިހާރު މިރަށުން އެކޮޅަށް ދާން ބޭނުން ނުވެގެން އާދޭސް ކުރަނީ.. އަޅެފަހެ މިއަދު އިރުއެރީ ރަނގަޅު ފަރާތުންތަ..؟” އަހުނަފް އާދައިގެ މަތިން ވަރަށް ރާގުލާފައި ކިޔާލައިފިއެވެ. “މަ ވަރަށް ބޮޑުކަމެއް ކުރަން ވެފައި އެބައޮތް..” ޝަފްވާން އެހެން ބުނެލާފައި އެނދަށް ވެއްޓިގަތެވެ.

އޭރުވެސް ޝަފްވާންގެ ސިކުނޑި ވަނީ ހާސްވެފައެވެ. އިއްޔެ ރޭ އޭނައަށް އެ ފެނުނީ މިލީން ކަމުގައި ވާނަމަ ކަންތައްތައް ވަރަށް ގޯސްވާނެއެވެ. ޝަފްވާން ދެ ފަރާތަށް އެނބުރި އެނބުރި އޮއްވާ ހަތަރުގަޑި ބައިވެއްޖެއެވެ.

މިއަލް ފެންވަރައިގެން ނޫކުލައިގެ ޖިންސަކާއި ރީނދޫކުލައިގެ ގަޔަށް ދޫ ފަލަމަސްގަނޑާއި ހިސާބަށް އަރާވަރުގެ ހެދުމެއް ލައިގެން ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނެވެ. “މާމާ.. މިހެދުން ލީމައި އަޅުގަނޑު ރީތިތަ..؟ މިއީ ކުރިން ފަހަރު ރިސޯޓުން އައުމުގެ ކުރިން ބައްޕަ ގެނެސްދިން ހެދުމެއް..” މިއަލް އިސްތަށިގަނޑު ގައި ހުޅިއެއް ޖަހާލަމުން އެނދުމަތީގައި އިށީނެވެ. މޭކަޕްކޮށް ހެދުމަކީ މިއަލް އެހާ ޝައުގުވެރިވާ ކަމެއް ނޫނެވެ. އަދި ގިޓާރ އުނގުމައްޗަށް ލައިގެން ގިޓާރ ކުޅެން ފެށިއެވެ.

ގެއަށް ވަތްއިރު ޔައުލާންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. މުޅި މެންދުރު ފިހާރައިގެ ކަންކަން ހަމަޖައްސަން އުޅެން ހަދައިގެން ޔައުލާން ވަނީ ތަނެއްގައި ބުރަކަށި ޖައްސާލަން ބޭނުންވެފައެވެ.

“އަ މޮމެންޓް އިން ޓައިމް.. ޑޯންޓް ވޮޗް މީ ކްރައި..” މިއަލް ލަވަ ކިޔާ އަޑު ކަންފަތުގައި ޖެހުމުން ކޮޓަރިއަށް ވަންނަން ދިޔަ ޔައުލާންގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. މިއަލް ކިޔަމުން ދިޔަ ލަވައަށް އަހަންމިއްޔަތުކަން ދެމުން ޔައުލާން މަޑުމަޑުން އެ ކޮޓަރީގެ ގާތުގައި ހުއްޓުނެވެ. ”ބޮސް..؟؟” ރީއަލްގެ އަޑަށް ޔައުލާން ސިއްސައިގެން ގޮސް ފަހަތް ބަލާލިއެވެ. އޭރު ފަހަތުގައި އެއްބުމަ އަރުވާލައިގެން ހިނިތުންވެގެން ހުރި ރީއަލް ފެނި ރީއަލްގެ މޫނު މަތިން އެ ދައްކުވައިދެނީ ކޮން އަސަރެއް ކަމެއް ޒަކްވާންއަކަށް ނޭނގުނެވެ. ޔައުލާންވެސް ޒާތަކަށް ހިނިތުންވެލާފައި އަވަހަށް ކޮޓަރިއަށް ވަންނަން ދިޔައެވެ. ރީއަލް އަކީ ޒައިހާންގެ ފިހާރައިގައި މަސައްކަތްކުރާ މުވައްޒަފެއްކަން ޔައުލާންއަށް ރޭކާލީ ”ބޮސް” ގެ ނަމުން މުޚާތަބު ކުރުމުންނެވެ.

ހަވީރު ކިއަނާ ބަލާ އައުމުން މިއަލް ކިއަނާއާއި އެކީގައި ހިނގާލަން ދާން ބޭރަށް ނުކުތެވެ. ކުރިއަށް ނަގާ ކޮންމެ ފިޔަވަޅަކާއި އެކީގައި މިއަލްއަށް މަގުގެ ދެކޮޅު ބަލާލެވެއެވެ. އެ ފިރިހެން ކުއްޖާގެ މޫނު ދެކިލާހިތުން މިއަލްގެ ހިތްވަނީ ބޭގަރާރު ވެފައެވެ. އެހެން އެވަނީ ކީއްވެގެންކަމެއް މިއަލްއަކަށް ނުވިސްނެއެވެ. މިއަލް އެކި ތަންތަން ހޯދާވަރުން ކިއަނާވެސް ނުހުރެވިގެން ސުވާލު ކުރަން ފެށިއެވެ. “އެލް ހާދަ ފާޑަކަށް މިއަދު ތިއުޅެނީ..؟ ބަލަ ތަނެއްގައި ޖަވާހިރެއް އޮތް ވާހަކަ ފާއިޒާއްތަ ބުނީތަ މާވަރަކަށް ތި ދެކޮޅަށް ބަލާ ހޯދަނީ..؟” ކިއަނާ އަހާލުމުން މިއަލް ކަމެއް ނުވާކަމަށް ހެދިލާފައި ކުރިއަށް ހިނގައިގަތެވެ.

ޝަފްވާން މިލީންގެ މަތިން ހަނދާންވީ އިރުކޮޅެއް ފަހުންނެވެ. ރޭ ފެނުނު ‘މިލީން’ އާއި ދޭތެރޭ ވިސްނަން ހަދައިގެން ވާހާ ގޮތެވެ. ފޯނު ބަލާލިތަނާ ޝަފްވާންގެ ދެލޮލުން ތަރިބުރައިގެން ދާވަރުވިއެވެ. މިލީން ކޮށްފައިވާ މެސެޖްތައް ގިނަކަމުން ޝަފްވާން އެއިން އެއްވެސް މެސެޖެއް ކިޔާހިތެއް ނުވިއެވެ. “މިލީ..” ޝަފްވާން މެސެޖް ކޮށްލިއެވެ. އާދައިގެ މަތިން ޝަފްވާން މިލީންއަށް ކިޔާ އުޅޭ ނަމުންނެވެ. “ފައިނަލީ.. ޝަފްވާން ކޮންތާކުތަ މިހާއިރު ވަންދެން އުޅުނީ..؟ ވަޓް ހެޕަންޑް..؟” ފަޅި ސިކުންތެއްގެ ތެރޭގައި ލިބުނު މިލީންގެ ރިޕްލައިގައި އޮތެވެ. “އައި ކާންޓް ޑޫ ދިސް އެނީމޯ..” ޝަފްވާން އެމެސެޖު ފޮނުވަން އުޅެފައިވެސް މެސެޖް ފޮހެލިއެވެ. “ކިހިނެތްވީ..؟” ޝަފްވާން މެސެޖްނުކޮށް ގިނައިރު ވާތީ މިލީން އަނެއްކާވެސް މެސެޖެއް ކޮށްފައި އޮތެވެ.

“މިލީ ލިސެން ކެއާފުލީ.. ވީ އާރ ނޮޓް އަސް އެނީމޯ.. ނޮޓް އެނީމޯ.. އައިމް ބްރޭކިންގ އަޕް ވިތް ޔޫ..” ޝަފްވާން އެންމެ ފަހުން ހިތަށްއެރި އެއްޗެއް ލިޔެލާފައި މެސެޖް ފޮނުވާލިއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު: 02

Next

އުފަންދުވަސް

Next
August 9, 2021

އުފަންދުވަސް

Previews
August 7, 2021

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު: 02

5 Comments!

  1. Aishath Faruha Abdulla says:
    August 9, 2021 at 9:50 am

    Masha Allah…. ? hama habeyss… Ummeedh kuran mi vaahaka nimendhen medhukendu mehnethi up kuraane kamah… ??When next????

    1. yooon yooon says:
      August 9, 2021 at 10:31 am

      Vrh bodah thankiu Faruha ?? So happy to hear you enjoyed this part too.. Labba insha allah yoon mi stry vx nimendhen genesdheynan… Studies aa hedhi faharehga up kurumah buroo araafaane ekm vx will try hama mi schedule ah genesdheveythw.. Nxt insha allah 11th ga ? Stay safe nd tgc dear

  2. Rooya Xek says:
    August 9, 2021 at 3:55 pm

    Nice masha allah ❤️❤️ whn next ?? Waiting curiously ?? n Happy New Hijri Year to my fav author ??

    1. yooon yooon says:
      August 10, 2021 at 3:08 pm

      Thankiuu Rooya Xek ?? Insha allah tmrw part 6.. Hehe same to u too dear ? Thats so sweet of u.. Stay safe n tgc lwbs

  3. Aishath Faruha Abdulla says:
    August 9, 2021 at 7:11 pm

    Yoon 10 nimuniitha??? Hama ahaalee ingey… Ehchekey heenukurahcheyy ?

Comments are closed.

Next Episodeތި ސޫރަ ނޫން 6←


All Right Reserved!