Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 4

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
August 7, 2021 9 Mins Read
6 Comments

* ނިތްކުރި މަތީ މުތީތަކެއް ފަދައިން ވިދަމުން ދިޔަ ދާ ތިކިތައް ފޮހެލަމުން ޝަފްވާން ބެލީ ހަމަޖެހެލެވޭތޯއެވެ. ނަމަވެސް ދެންމެ އެ ފެނުނު އަންހެން ކުއްޖާއަކީ މިލީންއަށް ވެދާނެޔޭ ހިތް ބުނަމުން ގެންދިޔައީ ކީއްވެގެން ކަމެއް ނޭނގުނެވެ. ހަމަ އެ އޮމާން މޫނެވެ. ތަފާތު ވިދުމެއް ހުންނަ އެސްފިޔަ ބޯ ދެލޮލެވެ. ފިޔާތޮށިކުލައިގެ ދެ ތުންފަތެވެ. *

“ނުވާނެ…! ޝީ އިޒް ނޮޓް މިލީން…” މިލީންގެ ހުންނަނީ ފަންފަން އިސްތަށިގަނޑެކެވެ. ނަމަވެސް މިރޭ ދިމާވި އަންހެންކުއްޖާގެ ހުރީ ރާޅުބާނި އިސްތަށިގަނޑެކެވެ. އެއީ މިލީންކަމަށް ވަންޏާ އޭނާގެ އިސްތަށިގަނޑު ކުއްލިއަކަށް އެ ރާޅުބާނި ވާންވީ ކީއްވެގެންކަމެއް ޝަފްވާންއަކަށް ނުވިސްނުނެވެ.

މިއަދު މިލީންގެ ޕާރޓީ ދޫކޮށްފައި ޝަފްވާން ވަގުތުން އަހުނަފް އާއި އެކީ ފުރައިގެން އެރަށަށް ދިޔައީ “ސެޓިސްފައިޑް” ނަމަކަށް ކިޔުނު އެ ރަށުގައި ހުރި އެންމެ މަޝްހޫރު ފިހާރައިން ވައްކަން ކުރުމުގެ ބޭނުމުގައެވެ. އެއީ އެދެމީހުން އަލަށް ކުރި ކަމެއް ނޫނެވެ. ތިން ފަހަރުމަތިން އަހުނަފް އާއި ޝަފްވާން ވަނީ އެއް ގެއާއި ދެ ފިހާރައިން ވައްކަން ކޮށްފައެވެ. އަލަށް ކުރާ ކަމަކަށް ނުވާތީ އަހުނަފްގެ އިތުރުން ޝަފްވާން ވެގެން އެ ފައިސާބޮނޑި ހޯދާލީ މީހަކު އެސްފިޔަ ޖަހާލާހާ ފަސޭހައިންނެވެ. އަހުނަފް އާއި ޝަފްވާން އެކަންތައް ކުރިއިރު މިލީން ހުންނާނީ އޭނާގެ ޕާޓީގައެވެ. އޭނާގެ އެކުވެރިން އަދި މައިންބަފައިންނާއި އެކީގައި ޕާރޓީތެރޭ މަޖާ ކުރުމުގައެވެ. ނޫނީ އަނެއްކާ ޝައްކު ވެގެން މިލީން އޭނައަށް ފާރަލަމުން ފަހަތު އަޅުވާލައިގެން މިރަށަށް އައީ ބާވައެވެ.؟ އެ ޚިޔާލުން ޝަފްވާންގެ ހިތް ގުޑިލިއެވެ. ނަމަވެސް ވީ އެހެން ކަމަށްވާނަމަ މިލީންއަށް ޝަފްވާންގެ މޫނު ފެނުމުން އެއީ އޭނާކަން ނޭނގުނީ ކީއްވެގެން ބާވައެވެ.؟ ޔަގީނުންވެސް މިރޭ ދިމާވި އަންހެންކުއްޖާއަށް އޭނާގެ މޫނު ފެނުނުކަން ޝަފްވާންއަށް ޔަގީނެވެ. އެހެންވެއްޖެނަމަ ޝަފްވާން އެކަން ކުރުމުން “މިލީން” ޝަފްވާން ދުރަށް ފޮޅުވާލީ ކީއްވެގެން ބާވައެވެ.؟ މިހާރުވެސް މިލީން ހުންނަނީ ޝަފްވާން އެފަދަ ގައިގޯޅި ހަރަކާތެއް ނުގެނެސްގެންނެވެ. ނަމަވެސް މިރޭ އެކަން ކުރުމުން އެ އަންހެންކުއްޖާ އޭނާ ދުރަށް ފޮޅުވާލީއެވެ. އެއީ މިލީންއަށް ވެއްޖެނަމަ މިލީން އެވަގުތު އޭނާއަށް މަރުހަބާނުކީ ކީއްވެގެންބާވައެވެ.؟ އާނއެކެވެ. އެ ކުއްޖާ އަކީ މިލީންއެއް ނޫނެވެ. ޔަގީނެވެ. އެއީ މިލީންއަކަށް ނުވާނެއެވެ.

ޝަފްވާންގެ ސިކުނޑި ހާސްވުން ނޫންކަމެއް ނުވިއެވެ. ކަންތައް ވީގޮތުން އެރަށުގައި މަޑުކޮށްލާ ހިތް ވެސް ވެއްޖެއެވެ. ނަމަވެސް އަހުނަފް އާއި ޝަފްވާން އެރަށަށް އައީ އެދުވަހު އިރުއޮއްސޭ ވަގުތު އެ ރަށަށް ގޮސްފައި އަނބުރާ އެމީހުންގެ ރަށަށް މާދަމާ ދާގޮތަށް ކަމުން މާދަމާ އަސުރުގެ ކުރިން ރަށަށް ދާން ފުރަން ޖެހޭނެއެވެ. ޝަފްވާން ނިތްކުރިމަތީގައި އަތްބާއްވާފައި ލޯމަރާލީ ނިދުމުގެ މަގުސަދުގައެވެ. ނަމަވެސް ސިކުނޑީގައި އެނބުރެމުން ގެންދިޔައީ މިއަދު ދިމާވި “މިލީން” ގެ ތަސްވީރެވެ.

މިލީންގެ ޕާރޓީ ނިމުމާއި އެކީގައި ޕާރޓީއަށް ހާޒިރުވި ކުދިންތައް ގެއަށް ދާންފެށިއެވެ. ޒައިހާން އާއި މިޝްލާ ގެއަށް ދާން ނިންމީ ޕާރޓީއަށް އައި އެންމެ ފަހު ކުއްޖާ ގެއަށް ދާން ނުކުތުމުންނެވެ. މިލީން ވެސް ހުރީ ވަރުބަލިވެފައެވެ. ޖޮބް އިންޓަރވިއުއަކަށޭ ކިޔާފައި ދިޔަ ޝަފްވާންގެ ޚަބަރެއް އަދިވެސް ނުވާތީ ވިސްނަވިސްނާ މިލީންގެ ބޮލުގައި ވަނީ ރިހެންވެސް ފަށާފައެވެ.

“އޭތް ޔުއެލް..” ޔައުލާން ރައްޓެހި ކުދިންކޮޅަކާއި އެކީގައި ހުރެފައި ޒާމިން ގޮވާލުމުން ގެއަށް ދާން ހިނގައިގަތެވެ. ޒައިހާން އާއި މިޝްލާ ކާރަށް އެރުމުން ޒާމިން ގެއާއި ދިމާލަށް ދުއްވާލިއެވެ. މިލީން އަދިވެސް އެއްފަހަރު އެފަދަ ސަޕްރައިޒެއް ދިނީތީ ޒައިހާންއަށާއި މިޝްލާއަށް ޝުކުރު އަދާކުރިއެވެ. ޔައުލާން އިނީ ވަރުބަލިވާގޮތްވެފައެވެ. މިރޭ ކޯކު ބޮއިފައި އިތުރުން ކޭކު ކެވުމުގެ ސަބަބުން ބަނޑު ވަނީ އާދަޔާޚިލާފަށް ފުރިފައެވެ. އިތުރުން އޭލެވެލްގެ އެކުވެރިންނާއި އެކީ ސަކަރާތް ޖެހުމުން އެ ވަރުބަލި ކަން ވަނީ ދެ ގުނައަށް އިތުރުވެފައެވެ. މިލީންއަށްވެސް ވެފައިވަނީ އެވަރެވެ. ޕާރޓީގައި މަޖާ ނަގައި ނަގައި ވަނީ ވަރުބަލިވެ ނިދި އައިސްފައެވެ. ކަންނެތްކަން އައިސް އޭނާ ވަށާލުމާއި އެކީ މިލީންއަށް ޓައިޕް ކުރުން ވެސް ވީ ބުރައަކަށެވެ. ފޯނު އަތްދަބަހަށް ލާފައި ސީޓްގައި ރަނގަޅަށް ލެނގިލީ އެހެންވެއެވެ.

ގެއާއި ހަމައަށް ފޯރުމުން މިލީން ގެއަށް ވަނީ މިޝްލާގެ އެހީތެރިކަމާއި އެކީގައެވެ.

“ޔައުލާން..” ގެއަށް ވަންނަމުން ޒާމިން ގޮވާލިއެވެ. “ލައްބަ ކީކޭ ބައްޕާ..؟” ބޫޓު ހަރުގަނޑަށް ލަމުން ޔައުލާން އެކޮޅަށް އެނބުރި ސީރިއަސް ވެފައި އެއްސެވެ. ޒާމިން ޔައުލާން އާއި ދިމާލަށް ޔުއެލްގެ ނަމުން ނުގޮވާ ޔައުލާންގެ ނަމުން ގޮވާ އުޅެނީ ވަރަށް މުހިންމު ވާހަކައެއް ނުވަތަ ސީރިއަސްކަމެއް ވެގެން އެ ކަން އަންގަން ވެއްޖެނަމަ ކަން އެނގޭތީއެވެ.

“ދަރިފުޅުވެސް މިހާރު އޭލެވެލް ނިންމާލީ… ކޮމްޕެނީޒް އަދި ބިޒްނެސްގެ ދާއިރާ އާއި ބެހޭ ގިނަ މައުލޫމާތު ދަރިފުޅަށް އެނގޭނެހެން ބައްޕައަށް ހީވަނީ.. އެހެންވެ ޒާހުބެ ބޭނުންވަނީ ކައިރި ރަށުގައި ހުންނަ ޒާހުބޭގެ ކޮމްޕެނީގެ ފަރާތުން ހިންގާ ކުޑަ ފިހާރައިގެ ކަންކަން ކުރިއަށް ދަނީ ރަނގަޅަށްތޯ ބަލާލަން ކުޑަ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެ ރަށަށް ދަރިފުޅު ގޮސްލަން… އިނގެއެއްނު ދަރިފުޅަށް ވެސް.. ސެޓިސްފައިޑް ނަމަކަށް ކިޔާ ފިހާރަ..؟ މިކަމަށް އެއްބަސްތަ..؟؟” ޒާމިން އަހާލިއެވެ. ޔައުލާން ބޯ ޖަހާލީ ނުހަނު ބޮޑަށް އުފާވެފައި ހުރެއެވެ. އޭލެވެލް ނިންމާފައި އައި ފޫހި ދުވަސްކޮޅުގައި ބޯ ހަމަޖައްސާލަން މި ލިބުނީ ރަނގަޅު ފުރުސަތެކެވެ.

“ވަރަށް ރަނގަޅު.. ބައްޕަ ހުންނާނެ އެރަށުގައި އުޅޭ ބައްޕަގެ ވަރަށް ގާތް އެކުވެރިއެއްގެ ގެއެއްގައި ދަރިފުޅު ހުންނަ ގޮތަށް ހަމަޖައްސާފައި… ހުރިހާ ކަމެއް އެންމެ ރަނގަޅު ނުވެދާނެ.. އެކަމަކު ޔުއެލް.. ދަރިފުޅާ މިންވަރަށް ޝުކުރު ކުރަންވާނެ.. މާދަން ނޫން އަނެއް ދުވަހު ފުރަން ޖެހޭނީ…” ޒާމިން ބުނެލިއެވެ. ޔައުލާން އާނއެކޭ ބުނެ ހިނިތުންވެލިއެވެ. ޔައުލާން އެއްބަސްވުމުން ހިތްހަމަ ޖެހިފައި ހުރެ ޒާމިން ރޭގަނޑުގެ ވެދުން އަރިސްކޮށްފައި އަލީސާ އާއި އޭނާގެ ކޮޓަރިއަށް ވަނެވެ.

ނިދަން އޮށޯވެފައިވެސް ޔައުލާންގެ ޚިޔާލުގައި ވަނީ ދާން މިއުޅޭ ދަތުރެވެ. އެ ދަތުރާއި ގުޅޭ ހުރިހާ ކަމަކާއި ދޭތެރޭ ޔައުލާން ހިތްހަމަޖެހެއެވެ. ހަމަ އެންމެ ކަމެއް ފިޔަވައެވެ. މިލީން ނުފެނުމެވެ. ގްރޭޑް އަށެއް ނުވައެއް ހިސާބުން ޔައުލާންގެ ހިތުގައި މިލީންއަށް ދެވިފައިވަނީ އެހެން ދަރަޖައެކެވެ. ނަމަވެސް މިލީންގެ ހިތުގައި އޮންނާނެ އެއްޗެއް ނޭނގޭތީ ޔައުލާން އެވާހަކަ މިލީންގެ ގާތުގައި ނުބުނެ މިލީންގެ އެންމެ ގާތް އެކުވެރިޔާގެ މަގާމުގައި މިހާ ދުވަސް ވަންދެން ހުރީއެވެ. ޔައުލާންއަށް މިލީން ނުލާހިކު ކަމުދެއެވެ. ނަމަވެސް އެޅޭ އެންމެ ކަތިފިޔަވަޅަކުން މިލީން އާއި އޭނާގެ ދެމެދުގައިވާ އެކުވެރިކަންވެސް ނެތިދާކަށް ޔައުލާންއެއް ނޭދެއެވެ. ދާން އުޅޭ ދަތުރުގެ ވާހަކަ މާދަމާ މިލީންގެ ގާތުގައި ބުނަން ނިންމައިގެން ޔައުލާން ބާލީހުގައި ބައްދާލާފައި އަރިއަކަށް ފުރޮޅެލިއެވެ.

އެނދުމަތީ ބަންޑުން އޮށޯވެލައިގެން އޮތް މިލީން އަދިވެސް އޮތީ ޝަފްވާންއަށް މެސެޖް ކުރުމުގައެވެ. ނަމަވެސް ޝަފްވާންގެ ފަރާތުން މިލީންއަށް ރިޕްލައިއެއްވެސް ނުލިބުނެވެ. ޝަފްވާންގެ ހަބަރެއް ނުވެގެން މިލީން ފޯނު ބޭއްވީ ގަޑިން އެކެއް ޖަހަން އުޅެނިކޮށެވެ. އެވެސް ޝަފްވާނަށް ހާހެއްހާ މެސެޖް ފޮނުވާފައެވެ. ބާލީހުގައި ބޯ ޖެހުނުހާ އަވަހަކަށް ފުން ނިންޖެއްގެ ތެރެއަށް މިލީން ގެނބުނީ ހިނދުކޮޅެއްގެ ތެރޭގައެވެ.

ޖެހިގެން އައި ދުވަހެވެ. އިރު އެރީ މިއަލް ފަތިސް ނަމާދުކޮށްގެން ހޭލާ އޮއްވައެވެ. މޯޅިއަކަށް ދެމެމުން މިއަލް ފުރަތަމަވެސް ނެގީ ގިޓާރއެވެ. ދެތިން ލަވައެއް ކުޅުމަށްފަހު މިއަލް ފާހާނާއަށް ވަދެ ކުޑަކޮށް ފެންވަރާލައިގެން ލީ ގޭތެރޭ ލައި އުޅޭ ކަހަލަ ދޫ ހަރުވާޅެކެވެ. ކަޅުކުލައިގެ ޓެޓޫތަކެއް ކަހަލަ އެއްޗެއް ކުރަހާފައިވާ އެ އަޅިކުލައިގެ ހަރުވާޅާއި އެކީގައި މިއަލް ލީ ވަރަށް ފަނޑު ފިޔާތޮށި ކުލައެއްގެ އަތްކުރު ޓީޝާޓެކެވެ. އިސްތަށިގަނޑުގައި އައްސާ ވޫލް ހިފައިގެން މިއަލް ބަދިގެއަށް ވަންނަން ހިނގައިގަތީ ސައި ތައްޔާރު ކޮށްފައި މެންދުރަށް ކައްކަން ފެށުމަށެވެ.

“އައްސަލާމުއަލައިކުމް…” ކިއަނާގެ އަޑަށް މިއަލް މަސްކޮށަން ހުރެފައި ބަލާލިއެވެ. އޭރު ބަދިގެއަށް ވަންނަ ދޮރު ކުރިމަތީގައި ކަކުލާއި ހަމައަށް އަންނަ ވަރުގެ ނޫކުލައިގެ ހެދުމަކާއި ކަޅު ސްކިނީއެއް ލައިގެން ހެވިދިލިފައި ކިއަނާ ހުއްޓެވެ. “އާނާ..” މިއަލް ހިނިތުންވެލިއެވެ. “އަހަރެންގެ އަތަށްވެސް ގެނެބަލަ.. ކުރާނެކަމެއް ނެތި ފޫހިވެގެން މިގެއަށް މި އައީ ވެސް… ދޮންތަ މަށަށް ބަދިގޭގައި އުޅެލާނެ ޗާންސެއް ނުދޭ.. އިރުއަރައިފިއްޔާ ދޮންތަ އާއި މަންމަ ބަދިގެއަށް ވަންނަ ގޮތަކަށް ނުނިކުންނާނެ..” ކިއަނާ ވެސް މޭޒުމަތީ ހުރި ތައްޓެއް ނަގާފައި މިއަލް އާއި އެކީގައި މަސްކޮށަން ފެށިއެވެ.

“ޝާޒްލީ ދައްތަ އާއި ސަނާ ދައްތަ ކައްކަނީ ދޯ..؟” މިއަލް އިސްތަށިގަނޑު ހުޅިއަކަށް ޖަހާލަމުން އެއްސެވެ. ޝާޒްލީނާ އަކީ ކިއަނާގެ މަންމައެވެ. އަދި ސަނާ އަކީ ކިއަނާގެ ދޮށްޓަށް ހުންނަ އަންހެން ކުއްޖާއެވެ. “އާނ.. އެހެންވެ ފޫހިވެގެން ކޮއްކޮ އެކަނި ބާއްވާފައި މިގެއަށް މި އައީވެސް..” މަސް ކޮށުމުގައި އަވަދިނެތި އުޅެމުން ކިއަނާ ބުންޏެވެ. “އާނާ ކިހާ ލަކީ.. ގޭތެރޭ ކަމެއް ކުރާކަށް ނުޖެހޭ.. އަހަންނަށް ކެއްކުމާއި ކުނިކެހުމާއި ދޮވެ އިސްތިރިކުރުން.. އެކަނި މާއެކަނި..” އެހެން ބުނަން ހިތަށް އެރި ނަމަވެސް މިއަލް އެހެން ނުބުނެ ހިނިތުންވުމަކުން ފުއްދާލިއެވެ.

“އޭތް ބަލާބަލަ..!!!” ކިއަނާ ކުއްލިއަކަށް ތެޅިގަތެވެ. މިއަލް އެ ދިމާލަށް ބަލާލާފައި ބޯ ހޫރާލިއެވެ. ކިއަނާގެ ސަމާލުކަން ހުއްޓިފައިވަނީ ރީއަލް އަށެވެ. އަންނަން އުޅޭ މެހެމާނަށްޓަކައި ސަފީނާގެ ކޮޓަރި ސާފުކުރަން އުޅެއުޅެ ދާހިއްލާފައި ވާތީ ރީއަލް ފެންނަނީ ކުރިއަށްވުރެ ވެސް ފިރިހެންވަންތަ ކޮށެވެ. ތެމިފައިވާ އިސްތަށިގަނޑު ވަނީ މޫނުމަތީގައި އެކި ގޮތްގޮތަށް ތަތްލަވާފައެވެ. ލައިގެން ހުރި ޓީޝާޓް ވެސް ގަޔަށް ހިފާލާފައި ހުރުމުން ރީއަލްގެ ވަރުގަދަ ހަށިގަނޑު ވަނީ ފުރިހަމައަށް ފެންނާށެވެ. “އެލް ބަލާ އަޅެ.. ރީއްޗެއް ނޫންތަ…؟” ކިއަނާ އިނީ ހަމަ ރަނގަޅަށް ވެސް ރީއަލްގެ ޖާދޫގައި ޖެހި ތަލިން ކުޅު ހިކިފައެވެ. މިއަލް ފަނޑުކޮށް ހީނލިއެވެ.

“އަހަރެން ރީއަލް އާއި ހެދި މޮޔަވާއިރު މިއަލް ރުޅިއެއް ނާދޭތަ..؟” ކިއަނާ އަހާލިއެވެ. ކުއްލިއަކަށް އެ ފަދަ ސުވާލެއް އެހުމުން މިއަލް ހައިރާންވިއެވެ. “އަހަންނަށް އުފަލެއް ލިބުމުގެ ފުރުސަތު ނެތްއިރު އެހެން މީހެއްގެ އުފާތަކަށް ހުރަސް އަޅަން އަހަރެން މީ ކާކު..؟” މިއަލް ވާހަކަ ދެއްކިއިރު މޯޅިވެފައިވާ މަލެއް ފަދައެވެ. “ދެން އެލޫ.. ސީރިއަސް ނުވެބަލަ.. އަހަރެން މަޖަލަކަށް ހަދާފައި ބުނެލި އެއްޗެކޭ…” ކިއަނާ ބުނެލިއެވެ. “އާނާ މަ މި ދަނީ ދޮންބެއަށް އެހީވާން.. އާނާ ގޭގައި ހުންނަންޏާ ރިހަ ކައްކަން އުދާފައި ހުރި ތެލި ބަލާލަދެއްޗޭ…” މިއަލް މަސްކޮށާ ނިމުމުން ތެދުވިއެވެ. “އޯކޭ.. އަހަރެން ދަންޏާ އެލްގެ ގާތުގައި ބުނެފައި ދާނީ..” ކިއަނާ އެހެން ބުނެލުމުން މިއަލް ނުކުމެ މޮޕް ލާން ތައްޔާރުވިއެވެ. ރީއަލް އެ ކޮޓަރީގައި ހުރި ފަރނިޗަރތައް ސާފް ކޮށްފައި އަލުން އަނބުރާ އެތެރެއަށް ވެއްދީ މިއަލް އެކޮޓަރިތެރެ ރަނގަޅަށް މޮޕްކޮށް ނިމުމުންނެވެ.

ނިދާ ހޭލެވުމާއެކީ މިލީން ފޯނު ބަލާލިއެވެ. އޭރު ގަޑިން އެގާރަ ޖަހަނީއެވެ. ޝަފްވާން މެސެޖްކޮށްފައި ނެތުމުން މިލީންގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. އެހެން ނޫނީ ޝަފްވާން އަކީ އިރު އަރާ އިރަށް މިލީންއަށް މެސެޖު ކުރާ މީހާއެވެ. ހެނދުނުގެ ވެދުން އަރިސްކޮށް މިލީންއަކީ ޝަފްވާންއަށް ކިހާ މުހިއްމު ކުއްޖެއްކަން ބުނެދީފައި ކުރާ ލޯބި މެސެޖް ތަކުން އެންމެ މެސެޖެއްވެސް މިއަދު ނެތެވެ. މިލީން ފެންވަރައިގެން ނުކުތްއިރުވެސް ސިކުނޑީގައި ހަރުލާފައިވަނީ އިއްޔެ ރޭގެ ހަނދާންތަކެވެ.

ޕާރޓީތެރޭގައި ޝަފްވާން މިލީންއާއި ބެހެއްޓި ދުރުކަމާއި ވާހަކަ ދެއްކުން މަދުވިކަން މިލީންއަށް ވަނީ ފާހަގަވެފައެވެ. ޕާޓީ ނުނިމެނީސް އެހާ އަވަހަށް ޕާޓީ ދޫކޮށްދިޔަ ސަބަބުވެސް މިލީންގެ ގާތުގައި ޝަފްވާން ނުބުނެއެވެ. “ޝަފްވާން… ވަޓް ދަ ހެލް ހެޕެންޑް..؟” މިލީންއަށް އެހުނެވެ.

އެކަމާއި ބެހޭގޮތުން އަމިއްލަ ނަފްސާއި ވާހަކަ ދައްކަން އިނދެ ބޯގޮއްވާފައި މިލީން ބޭރަށް ނުކުތެވެ. މިލީންގެ މޫނަށް ބަލާލައިފިއްޔާ ހުރީ ހިތްހަމަނުޖެހިފައި ކަން އެނގޭނެއެވެ. “ހޭ ލީން..” ސައިބޮއިގެން ބޭރަށް ނުކުތްތަނާހެން ޔައުލާންއަށް އެރުނީ ސީދާ މިލީންގެ ކުރިމައްޗަށެވެ. ޔައުލާން އެހާ އަވަހަށް މިލީންއަށް ގޮވާލީ އޭނާ ދާން ޖެހޭ ދަތުރުގެ ވާހަކަ މިލީންއަށް އެންގުމަށެވެ. މިލީންގެ ދެބުމަ ގާތްވެފައި ވާއިރު ދެކޮލަށް ވަނީ ވައި އަރުވާލާފައެވެ. ޔައުލާންއަށް ވަގުތުން ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. ނޭނގުނީ މިލީން އެހާ ހިތްހަމަ ނުޖެހިފައި ހުންނަންވީ ސަބަބެވެ.

“ޔުއެލް.. މިގަޑިއަކު ނޫން… ކޭން އިޓް ވެއިޓް..؟” މިލީން އެއް އަތް އުފުލާލާފައި ޔައުލާން ވާހަކަ ދެއްކުން މަނާ ކުރިއެވެ. “އާނ އޯކޭ.. އެހެންވިއްޔާ ފަހުންދޯ..” ޔައުލާން އެގޮތަށް ގަބޫލުވީ ފުރުން އޮތީ މާދަމާ ނޫން އަނެއް ދުވަހުގައިކަމަށް ވާތީއެވެ. ގައިމުވެސް އެލިބޭ ވަގުތުތަކުގެ ތެރޭގައި ހިތްހަމަ ޖެހިގެން މިލީންއާއި ޔައުލާންއަށް ވާހަކަ ދެއްކިދާނެއެވެ. މިލީން ހުރީ ނިކަން ބޮޑަށް ރުޅިއައިސްފައި ކަމަށް ވާތީ ޔައުލާންއަށް އެ ވާހަކަ ދެއްކުން ފަސްކުރަން މަޖުބޫރުވީއެވެ. މިލީން ރުޅިއައިސްފައި ހުރި ވަގުތެއްގައި ވާހަކަ ދެއްކުން ވެގެންދާނީ ފޫނެއް ފަޔަކަށް ފެން ފުރުން ފަދަ ބޭކާރު ކަމަކަށް ވާނެތީއެވެ.

ގޭގައި ހުރެހުރެ ފޫހިވެގެން އެންމެފަހުން ޒައިހާން އޭނާގެ އުފަންދުވަހަށް ހަދިޔާ ކުރި ކާރުގައި ޔައުލާން ބޭރަށް ނުކުތީ ފޫހިކަމަށް ހައްލެއް ލިބޭތޯއެވެ. ޔައުލާން ކާރު އެއްފަރާތެއްގައި މަޑުކޮށްލީ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވުމުންނެވެ. ސްކްރީނަށް އަރާފައިވާ ބައްޕަގެ ނަން ފެނި ޔައުލާން ކުޑަކޮށް ހައިރާންވިއެވެ. ޒާމިން އަކީ މާ ގިނައިން މީހުންނަށް ގުޅާ ހަދާ މީހެއް ނޫނެވެ. ކޮށް އުޅެންޏާވެސް ކުރާނީ މެސެޖެވެ. ކުއްލިގޮތަކަށް ޒާމިން ގުޅަންފެށުމުން ޔައުލާން އަވަހަށް ފޯނު ނެގިއެވެ. އޭނާ ދާން ޖެހޭ ދަތުރުގެ ކަންކަން ކިޔައިދީފައި އޮއްވާ އޮއްވާ ޒާމިން މާ ނުވަގުތެއްގައި މި ގުޅީ ކީއްވެ ބާވައެވެ.؟

“އެލް..” ރީއަލް ގޮވާލި އަޑަށް ބާލީސްތައް އަތުރަން އިން މިއަލް ފަހަތް ބަލާލިއެވެ. “ކީކޭ ދޮންބޭ..؟” މިއަލް ނިތްމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތާއި ދޭތެރޭ ލާ ހައްޔަރު ކޮށްލަމުން އެއްސެވެ. “އެނދުގައި ރެޑް ބެޑްޝީޓް އަޅާލާފައި ބަހައްޓައްޗޭ ބުނަންވެގެން.. ދޮންބެ މިދަނީ ފެން ވަރާލައިގެން ބޭރަށް ދާންވެގެން.. ވަރަށް އަވަހަށް އަންނާނަން.. އެކަމަކު އެލް… މާ ގިނައިރު ވަންދެން ބޭރުގައި ނޫޅޭތި.. މަޣްރިބަށް ގޮވަން ވާއިރަށް ގެއަށް އައިއްޔާ ދޮންބެއަށް ރަނގަޅީ… އެލްގެ މިނިވަން ކަމަށް ހުރަހެއް އެޅުމުގެ ނިޔަތެއްގައެއްނޫން އިނގޭ މިހެން މިބުނީ.. އަންހެން ކުދިން އެގަޑީގައި ބޭރު ގައި އުޅުމަށްވުރެ ގޭގައި ހުރުން ރައްކާތެރިވާތީވެ ބުނެލީ… ލަވް ޔޫ… ވަރަށް އަވަހަށް ދޮންބެވެސް ގެއަށް އަންނާނަން..” ރީއަލް މިއަލްގެ ބޮލުގައި އޯގާތެރިކަމާއި އެކީގައި ފިރުމާލާފައި ދިޔައިރު މިއަލްގެ ހިތަށް ތަދުވިއެވެ. އެ ފިރުމުންތައް މިޝްލާގެ ފަރާތުން ލިބޭނެނަމައެވެ.

މެންދުރު ނަމާދަށް ގޮވީ މިއަލް ކޮޓަރީގެ ހަތަރު ފާރު ތެރޭގައި ބަންދު ވެގެން ހުއްޓައެވެ. މިއަލްއެކޭ ކޮށްޓެއްގައި ބަންދުވެފައި އިންނަ ދޫންޏެކޭ ތަފާތެއް ނެތެވެ. މެންދުރު ނަމާދު ކޮށްލައިގެން މިއަލް ކާގެއަށް ވަތްއިރު ނަވާލް ހުރީ ކާމޭޒުދޮށުގައެވެ. ”ބައްޕާ.. އަޅުގަނޑަށް ގޮވާލިނަމަ..” ނަވާލް އަދި ކާން ނުނިކުންނަ ކަމަށް ހިތާ މިއަލް ކާން ހަދަން ކާގެއަށް ވަތްއިރު ނަވާލް މީނީ މާ ކުރިން ކާގެއަށް ވަދެ ކާން ތައްޔާރު ވެގެންނެވެ. “ދަރިފުޅު އަންނަންދެން އިންތިޒާރުގައި ބައްޕަ މިހުރީ.. ހިނގާ ކާން އުޅެން..” ނަވާލް ބުނެލިއެވެ. ކޭއިރު ދެބަފައިންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ހިމޭން ކަމާއެކީ މެންދުރުގެ ކެއުން ނިންމާލާފައި ނަވާލް ވެސް ނުކުތީ ބޭރަށެވެ. މިއަލް ތަށިތައް ދޮވެލާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޭރު ނަވާލް އިނީ މެންދުރުގެ ޚަބަރު ބަލާށެވެ.

ދޮންނަ މެޝިން އިން ދެންމެ ދޮވުނު ބެޑްޝީޓްތައް ހިފައިގެން މިއަލް ބޭރަށް ނުކުތީ އެއެއްޗެހި އެތަނުގައި އަޅުވާށެވެ. އޭރު ގޭ ދޮރު ކުރިމަތީގައި ފާއިޒާއްތަ އާއި އޭނާގެ އެންމެ ގާތްކޮށް އުޅޭ ‘ހަރު’ އަންހެނުންގެ ޓީމް ޖޯލިތަކުގައި އިށީނދެގެން އިނެވެ.

“އިނގޭތަ މާހިދާ.. މިރަށުގައި ހުރެއެއްނު އެއްކަލަ ސެތިސްފާޑް ފިހާރަ..؟” ފާއިޒާއަށް ‘ސެޓިސްފައިޑް’ ފިހާރައިގެ ނަން ނުބައިކޮށް ކިޔުނު އަޑު އަހާފައި މިއަލްގެ ގާތަށް ހިނި އަންނަގޮތްވިއެވެ. “އާނ މިގޭ ރީއަލް އުޅޭ ފިހާރަ ދޯ..؟ ކިހިނެތްވީ އަނެއްކާ..؟” މާހިދާ ޝައުގުވެރިވެފައި ފާއިޒާ ކުރެން އެއްސެވެ. “އެ ފިހާރައިން ރޭ ވަގުތެއްގައި ވައްކަން ކޮށްފިޔޯ..!” އާދައިގެ މަތިން ފާއިޒާ އޭނާގެ އެކުވެރިންނަށް ހޫނު ހަބަރު ހިއްސާ ކުރިއެވެ. އެ އަޑު އަހާފައި މިއަލްގެ ހަރަކާތަށްވެސް ހުއްޓުމެއް އައެވެ.

“އެ ފިހާރައިން..؟؟” އެތަނުގައި އިން ދެތިން އަންހެނެއް އެއްފަހަރާހެން އެއްސެވެ. “އާނއެކޭ ހަމަ އެ ފިހާރައިން.. އެނގޭތަ..؟ ވައްކަން ކުރި ބަޔެއް ދެ ލައްކަ ރުފިޔާ ވަގަށް ނަގާފައި ވާކަމަށް ހަބަރު ލިބުނު..” ފާއިޒާ ކެކިކެކި ހުރި ހޫނު ހަބަރުތައް އޮއްސާލީ ލަހެއް ފަހެއް ނުކޮށެވެ. “ދެ ލައްކަ..” “މާތްކަލާކޯ..” “މި ރަށުން ކާކަށްބާ އެކަން ކުރަން ކެރުނީ..؟” “ފިހާރައިގެ ވެރިންނަށް ހެޔޮ ރަހުމަތް ލައްވާށި..” “ޔަގީން އެ ވާނީ މިރަށުގައި އުޅޭ ނުބައި ސޮރުންނަށް ކަން..” “މަގޭ ހިތްވެސް ބުނަނީ ހަމަ ތިހެން..” “އެ ފިރިހެން ކުދިންތަކަށް ކޮށްފައި ކުރަން ނުކެރޭ ކަމެއް އޮތް ކަމަކަށް ވެސް ނުވޭދޯ..” “އާނ އެމީހުންގެ އުދަގޫ ވަރަށް ބޮޑޭ މިހާރު..” “ދެ ލައްކަ ރުފިޔާ އެއީ ހާދަ ބޮޑު އެއްޗެކޭ ދޯ..” އެމީހަކާއި އެމީހެއް ކިޔާފައި އެ އަންހެނުންތައް އެމީހަކަށް ފެނުނު ގޮތަކަށް ވާހަކަ ދައްކަން ފެށިއެވެ.

އެ އަންހެނުންގެ ވާހަކަތަކަށް ސަމާލުކަން ދީގެން އިން މިއަލްއަށް އެއްޗެއް ވިސްނުނެވެ. ހިތަށް އެރި އެއްޗަކާއި ހުރެ މިއަލްއަށް ތުންފަތުގައި ހަފާލެވުނު ގޮތަށް އެތާ ގާތުގައި އިން ގޮނޑީގައި އިށީނދެ އެކަމާއި ދޭތެރޭ ވިސްނެން ފެށުނެވެ.

އެ ކިޔަމުން ގެންދިޔައީ މިރަށުގައި ހުންނަ އެންމެ ފެންވަރު ރަނގަޅު ފިހާރައިން ވައްކަން ކޮށްގެން އުޅޭ ވާހަކައެވެ. ރޭގެ މެންދަމުގެ ވަގުތެއްގައި އެފިހާރައިން ލައްކައެއްހާ ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިގެންއުޅޭ ޚަބަރާއި ބެހޭގޮތުން ދެއްކި ވާހަކަތައް އަޑުއަހަންހުރި މިއަލްއަށް ކަމެއް ރޭކާލާން ފެށިއެވެ. ރޭގައި އޭނައާއި ދިމާވީ އެ ފިހާރައިން ވައްކަން ކުރި ކުއްޖާކަން މިއަލްއަށް ޔަގީނާ ގާތަށް ހީވިއެވެ.

މިރަށުގައި އުޅޭ މީހުންނަކީ އިޝާ ނަމާދަށް ގޮވާއިރަށް ކައިގެން ނިދަން އޮށޯންނަ ބައެކެވެ. ވަކިން ހާއްސަކޮށް މެންދަމަށްފަހު ރަށުގައި ހޭލައި އުޅޭނީ އިނގިލިން ގުނާލެވޭހާ މަދު ބަޔެކެވެ. “އެއީ ކާކުބާ..؟ ގައިމުވެސް މިރަށު ކުއްޖެއް ނޫން..” މިއަލްގެ ސިކުނޑީގައި އެ ފިރިހެންކުއްޖާގެ ތަސްވީރު ވަނީ ވަކިހިއްޕާލާފައެވެ. އިއްޔެރޭ އެ ފިރިހެންކުއްޖާ ކުރި ކަމުގެ މަތިން ހަނދާން ވެގެން މިއަލްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ރަށުގެ އެއްވެސް ފިރިހެން ކުއްޖެއް މިއަލްއާއި ދިމާލަށް އެފަދަ ނަޒަރަކުން ނުބަލާ އިރު އެ ފިރިހެން ކުއްޖާއަށް އެވީ ކިހިނެތްބާވައެވެ.؟ ޔަގީނެވެ. އެއީ މިއަލްގެ ފަރާތުން އެހެން ކަމެއް ބޭނުންވެގެން އުޅުނު ކުއްޖެކެވެ. ނޫނީ އެ ފިރިހެން ކުއްޖާ އެވަގުތު ހުރީ ހަމައިގައި ނޫންކަމަށްވެސް ވެދާނެއެވެ. ތުންފަތުގައި ދަތް އަޅައިގެން އަތުގެ ނިޔަފަތިތަކާއި ކުޅެން ހުރި މިއަލް އަޅައިގަތީ ރިހަ ކައްކާ ނިމުމުން ބަދިގެއިން ނުކުމެގެން އައި ކިއަނާގެ ލޮލުގައެވެ.

“އެލް.. އޭތް ކޮންތާކަށް ގެއްލިފައި..؟” ކިއަނާ ގޮވާލިއެވެ. މިއަލް ސިއްސައިގެން ދިޔަވަރުން ކިއަނާގެ ގާތަށް ހިނިއައެވެ. މިއަލްއަކީ ނުހަނު ފަސޭހައިން ސިއްސަސިއްސައިގެންދާ ކަހަލަ ކުއްޖަކަށްވުމާއެކީ ކުޑައިރުއްސުރެ މިއަލް ސިއްސުވުމުގެ އާދަ އެއީ ކިއަނާގެ ކަށީގައި ހަރުލިގޮތަށް ނުނެއްޓުނު އާދައެކެވެ. “އަހަރެން މިދަނީ.. މިއަދު ހަވީރު އަހަންނާއި އެކީގައި ހިނގާލަން ދާންވާނެ އިނގޭ..” ކިއަނާ އަނެއްކާވެސް ހަނދާން ކޮށްދެމުން ނުކުތެވެ.

މިއަލް އަނެއްކާވެސް އެ އަންހެނުންތައް ދައްކަންފެށި ވާހަކައަށް ސަމާލުކަން ދިނެވެ. “މީ ވަރަށް ދެރަ ކަމެއް ދޯ.. އެ ފިހާރަ ވެރިންނަށް ކިހާ ބޮޑު ގެއްލުމެއް ދޯ އެވީ..” މާހިދާ ބުނެލައިފިއެވެ. އެއާއި އެކީގައި މާހިދާ ބޮޑު ބިލެތްގަނޑެއް ހަފާލިއަޑުވެސް މިއަލްގެ ކަންފަތުގައި ޖެހުނެވެ. “އަދި އެނގޭތަ..؟ މިރަށު ކެއްކުމުގެ މުބާރާތުން އެއްވަނަ ހޯދި އިފާ އާއި މުދިން އާދަންބެ ގޯތި ސޮރު އާޔަން އާއި އަތިރިމަތީ އުތުރު ކޮޅުގައި މާފޮޅުވަން ހުއްޓާ މަށަށް ފެނިއްޖެ..” ފާއިޒާ އެހެން ބުނެފައި ހިނިގަނޑެއް ޖަހާލިއެވެ. އެއާއި އެކީގައި އެ ހުރިހާ އަންހެނުން ދައްކަން ފެށީ އިފާ އާއި އާޔަންގެ ވާހަކައެވެ. އެ ވާހަކަތަކަށް ޝައުގުވެރިކަމެއް ނެތުމުން މިއަލް ބެޑްޝީޓްތައް އަޅުވާފައި ގޭތެރެއަށް ވަންނަން ހިނގައިގަތީ ފާއިޒާއްތައަށް ނޭނގި މީހަކަށް ނޭވާއެއްވެސް ނުލެވޭނޭ ހިތަށް އެރުމުންނެވެ.

މިއަލް ދެން ފެށީ ރޮށި ފިހާށެވެ. ބަތަކީ އެއްއިރެއްގައިވެސް ރީއަލްއަށް އެހާ ކަމުދާ އެއްޗެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް މިއަލް ރީއަލްއަށް ރޮށި ފިހެދެނީ އެހެންވެގެންނެވެ. ނަމަވެސް މިއަލް ބައެއްފަހަރު ގަދަކަމުން ނަމަވެސް ރީއަލްއަށް ބަތް ކާންދެއެވެ. ރޮށި ފިހަންވެގެން އުޅުނު މިއަލް ވަނީ ކޮންމެވެސް ވަރަކަށް ދާ ހިއްލާފައެވެ. ނިތްކުރީގަޔާއި ކަނދުރާގައި ދާތިކިތައް ވިދަމުން ދިޔައެވެ.

ކުއްލިއަކަށް ނަވާލް ގޮވާލާފައި ފެންތައްޓަކަށް އެދުމުން މިއަލް އަވަސްވެގަތީ ނަވާލަށް ފެންތައްޓެއް ފޯރުކޮށްދިނުމަށެވެ. އަވަހަށް ފްރިޖުން ފިނިފެން ހިފައިގެން މިއަލް ގޮސް ނަވާލަށް ދީފައި އެތަނުގައި މަޑު ކޮށްލިއެވެ. އެހެން ހުއްޓާ މިއަލްއަށް ޓީވީއަށް ދެވުނު ނަޒަރަކުން ހަބަރުން ވެސް އެ ވާހަކަ ކިޔަމުން ގެންދިޔަ ވާހަކަ މިއަލްއަށް އަޑު އިވުނެވެ. ސީސީޓީވީ ހަލާކުކޮށްލުމުގެ ދިޔުމުގެ ކުރިން އެ ފުޓޭޖަށް އަރައިފައިވާ މީހާ ފެނި މިއަލްގެ ހިތުގައިވާ ޝައްކު ޔަގީނަށް ބަދަލުވިއެވެ. ރޭ އޭނާއާއި އެ ބައްދަލުވީ ހަމަ އެ ފިރިހެންކުއްޖާ އާއިއެވެ.

“އައްސަލާމުއަލައިކުމް..” މީހެއްގެ އަޑު އިވުމާއެކީގައި މިއަލްއަށް ރޮށި ފިހުން ހުއްޓާލެވުނެވެ. “މި ގަޑީ ކާކުބާ..؟” މިއަލްއަށް ހިތާހިތުން އަހާލެވުނެވެ. އެގެއަށް އަންނަންޏާ އައިސް އުޅެނީ ކިއަނާ އެކަންޏެވެ. ނަމަވެސް ސަލާމް ގޮވާލުމުން މިއަލްއަށް ސަލާމް ބަލައިނުގަނެ ނުހުރެވުނެވެ. ރޮށި ފިހަން ހުރި ދޭފަތާއިވެސް އެކީގައި މިއަލް ބަދިގެއިން ނުކުތެވެ.

ދޮރުމަތީގައި ކަޅު ކުލައިގެ ޖިންސަކާއި އެކީ ކަޅު ކުލައިގެ ޓީޝާޓެއް މަތިން ރަތްކުލައިގެ ބްލޭޒަރއެއް ލައިގެން ކޮނޑުގައި ކަޅު ދަބަހެއް އަޅުވާލައިގެން ހުރި ފިރިހެން ކުއްޖާގެ މޫނު ފެނިފައި މިއަލް ހައިރާންވިއެވެ. މިއޮއްފަދަ ގަޑީގައި މިއައީ ކާކު ބާވައެވެ.؟ މިއަލްއަށް އެ ފިރިހެން ކުއްޖާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިއަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު: 01

Next

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު: 02

Next
August 7, 2021

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު: 02

Previews
August 5, 2021

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިއަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު: 01

6 Comments!

  1. Rooya Xek says:
    August 7, 2021 at 12:24 pm

    Yaulaan tha eaiy ?? So excited for the next .. N comment nukohlevunas gavaaidun hama vaahaka eba kiyaalan ingey . ?? Vaahaka hama baraabar ??? fav author ?? tc n stay safe ❤️❤️❤️❤️❤️❤️

  2. Aishath Faruha Abdulla says:
    August 7, 2021 at 2:48 pm

    Anekkaa kaakubaa???? Vrh curious…. By the way Masha Allah.. Vrh nice? when next???? ❤️❤️❤️

    1. yooon yooon says:
      August 7, 2021 at 4:09 pm

      Hehe lets see dhw eii kaaku kan ? Thankiu so much Faruha ? Next part insha allah on 9th August vaa Monday ga.. Stay safe and tgc darls ??

  3. mimi says:
    August 7, 2021 at 2:55 pm

    ?.. Ehn part thakekey ehfadhain mi part vx hama varaaah reethi.. ?
    When next part???

  4. Aishath Faruha Abdulla says:
    August 8, 2021 at 8:56 am

    U 2?

    1. yooon yooon says:
      August 8, 2021 at 1:04 pm

      ???

Comments are closed.

Next Episodeތި ސޫރަ ނޫން 5←


All Right Reserved!