ތިޔަ ލޯތްބަށް އެދެމޭ 2 – 25 (ފަހުބައި)
” ހެއި… މި ދުވަސްކޮޅު ނަދެވިދާނެ އިނގޭ ދޮންބެމެން ވެޑިންގް ކަންތަކާ އުޅެން ހަދައިގެން… ޔަލާ މެންގެއަށް ދަމުން މި ވަދެލީ…” ނީމާ ބުންޏެވެ. އިންޝާ ހިނިތުންވުމަކުން ފުއްދާލީއެވެ.” ހިނގާ ދާން… ” އިންޝާއަށް ބަލާލުމެއްނެތި އިޔާން ނީމާ ކައިރީގައި އެހެން ބުނެފައި ހިނގައިގަތެވެ. އިންޝާ ދެލޯ ފެންކަޅިވިއެވެ. އިޔާން އެހާ އަޅާލުން ކުޑަވީ ކޮން އިރަކު ހެއްޔެވެ؟ އިންޝާއަށް ނުބައިކޮށް ކަމެއް ކުރެވުނީ ބާއެވެ؟ ކޮންމެގޮތެއްވިޔަސް އިޔާން ނުރުހޭ ކަމެއް ކުރާކަށް އިންޝާގެ ހިތެއް ބޭނުމެއް ނޫނެވެ. އެހެންކަމުން އެދެމީހުންގެ ކައިވެނި ހުއްޓުވޭކަށް ނެތެވެ.
**25 ވަނަ ޕާޓު**
އިންޝާ ކަމެއް ކުރާހިތް ނެތިފައި އަސުރު ނަމާދަށް ގޮވަންދެން އިނެވެ. ގެއަށް ވަދެފައި ރަނގަޅަށް ފޯނު ބަލާލިއިރު އިޔާންގެ މެސެޖެއް އައިސްފައި އިނެވެ. އިންޝާ އުފަލުން އަވަހަށް މެސެޖެއް ބަލާލިއެވެ.” މިއަދު ހަވީރު ހަތަރެއް ޖަހާއިރު ދާނަން ބަލައި… ރެޑީވެގެން ހުންނާނެ ކަމަށް އުންމީދު ކުރަން… ” އިޔާންގެ މެސެޖް ގައި ލިޔެފައި ވެއެވެ.” ޔަލާ ވެސް ގޮސްދާނެ… އެކަމަކުވެސް ހެޔޮ… އިޔާން ބުނާކަމެއް ނުކޮށެއް ނުވާނެ… ” އިންޝާ ވިސްނާލާފައި ހެދުންތައް ކައިރިއަށް ޖެހިލިއެވެ. އަދި އަތްދިގު ހުދުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސްއެއް ނެގާފައި ފާޚާނާއަށް ވަނެވެ.
ފެންވަރައިގެން ނިކުމެ އިންޝާ ފިޔާތޮށިކުލައިގެ ލިޕްސްޓިކްއެއް ޖެއްސުމަށްފަހު އިސްތަށިގަނޑު އޮމާން ކޮށްލާފައި ފޯނު ހިފައިގެން ގެއިން ނިކުތެވެ. އޭރު އިޔާން އިންޝާގެ އިންތިޒާރުގައި ހުއްޓެވެ.” ޔަލާ ނުލައިތަ؟.. ” އިންޝާ އަހާލިއެވެ.” ހްމްމް ކިހިނެއްވީ… ” އިޔާން އެއްބުމަ އަރުވާލިއެވެ. އިންޝާ ކަމެއް ނުވެއޭ ބުނެފައި އިޔާން އާ އެކީ ދިޔައެވެ.” ކީއްކުރަންތަ އަހަރެން ގޮވައިގެން ތި ދަނީ… ” އިންޝާ އަހާލިއެވެ. އިޔާން ވަކި އެއްޗެއް ނުބުނެ އިރުކޮޅަކު ހުއްޓެވެ.” އަސްލު މަ ބޭނުމެއް ނޫން ޔަލާ އާ އިންނާކަށް… ” އިޔާން ބުނި ޖުމްލައިން އިންޝާ އުފަލުން ފޮޅުނެވެ.” މަ ލައިކް ވަނީ މިޝްޔާ… ” އިޔާން ފަރުވާތެރިކަމާއެކު އިންޝާގެ މޫނަށް ބަލާލިއެވެ. ދާދި ދެންމެއަކު އުފަލުން ފޮޅިފައި ހުރި މޫނުމަތި އެކަށް މިލާ މޯޅި ވެއްޖެއެވެ.
” އިންޝާ ދޮގު ނުހަދާ ބުނޭ !!!.. ” އިޔާން އަމުރު ކޮށްލިއެވެ.” ކޮންޗެއްތަ… ” އިންޝާ ދުރު ބަލާލީ އެދެލޮލުގައިވާ ކަރުނަތައް ނުދައްކަންށެވެ.” އިންޝާ މަ ދެކެ ލޯބިވޭ ދޯ… ” އިޔާން އަހާލިއެވެ. އިންޝާ ދެލޯ ބޮޑުވިއެވެ.” ދޮގު ހަދަން ނޫޅޭތި… މިހާރު ވެސް ތި ހިތުގެ ތެޅުން އަޑު އިވޭ އެބަ… ޑޯންޓް ވޮރީ … އިޔާން ވެސް އިންޝާ ދެކެ ލޯބި ވެއޭ… ” އިންޝާގެ މޫނު އިޔާންގެ މޫނާއި ދިމާއަށް އަނބުރާލަމުން އިޔާން ބުންޏެވެ. އިންޝާ އަނގައިން ބަސް ހުސްވި ކަހަލައެވެ.” ގެއަށް ގޮސް ކައިވެނި ކެންސަލް ކޮށްލާނަން… … އިނާއަށް ވާގޮތް ބަލާލަން ބުނީ މިޝް ދެކެއޭ ލައިކް ވަނީ… އިނގޭ ނުބުންޏަސް ވަރަށް އުފާވެފަކަށް ތިހުރީ… ހެހެ.. ” އިޔާން ހީލިއެވެ.
” އިޔާންއަށް ކިހިނެއް އެހާ ޔަގީން ވަނީ… ” އިންޝާ ހިންދިރުވާލިއެވެ.” އަޅޭ… މަށަށް އިނގިއްޖެ އިނާގެ މޫނަށް އެރި ކުލަވަރުން… ފޮރުވަން ނޫޅޭށޭ ބުނިންދޯ.. ” އިޔާން ހިނިގަނޑެއް ޖަހާލިއެވެ. އިންޝާ އިތުރަށް ފޮރުވާކަށް ބޭނުމެއް ނުވިއެވެ.” ވާވް ައިނާއަށް ވެސް މައިންޑް ރީޑް ކުރަން ދަސްކޮށްދީބަލަ.. ” އިންޝާ ލަދުގަނެފައިވާ ކަން ފޮރުވާލާފައި ބުންޏެވެ.” ޔޫ ޓްރައި… ” އިޔާން އެއްލޯ މަރާލިއެވެ.” ދެން އޭއި ނޯ… އިޔާނޫ !!!… ” އިންޝާ ކޮލަށް ރަތްކުލަ ފާއްދާލުމުން އިޔާން ގައިގައި ޖަހަން ދުއްވައިގަތެވެ. އިންޝާ އާއި އިޔާން އުޅުނު ގޮތުން ހީވަނީ ދެލޯބިވެރިން އެކުގައި ސަކަރާތް ޖަހަމުން ދިޔަ ހެންނެވެ. އެހާ ވެސް ފުރިހަމަ އެވެ.
” މަންމާ… ޔަލާ އާ މަގޭ ކައިވެނި ކެންސަލް ކޮށްދީފާނަންތަ މަ ބޭނުން އެހެން ކުއްޖަކާ އިންނަން… ” އިޔާން ގެއަށް ވަދެފައި ބުންޏެވެ.” ދަރިފުޅާ އެކަމް… ” ސާމިޔާ ދެލޯ ބޮޑުވިއެވެ.” އެންމެ ރަނގަޅު… އަދި މާ ގިނަ ބަޔަކަށް ނުވެސް އިނގޭ… އެހެން ނޫނަސް ބައްޕަ އަކަށް އެހާ ކަމަކު ނުދޭ ޔަލާ އުޅޭގޮތެއް… ދަރިފުޅުގެ ހޮވުން މިފަހަރު ގޯސް ނުވާނެކަން އިނގޭ.. ” ނާއިފް ބުންޏެވެ. އިޔާން ހިތްހަމަ ޖެހުމުގެ ނޭވާއެއް ލާފައި ކޮޓަރިއަށް ވަންނަން ދިޔައެވެ. އޭރު ސާމިޔާ އާއި ނީމާ ހުރީ އަޖައިބުވެފައެވެ.
މިޝްޔާއަށް ހޭލެވުނު އިރު އޮތީ ޔަޒާންގެ ކޮޓަރީގައެވެ. ލޯ ހުޅުވާލިވޮތަށް މިޝްޔާ ކޮޓަރިން ނުކުމެގެން ދިޔައީ ރާކިން ކައިރިއަށެވެ. އަދި ހުރިހާ މައުލޫމާތެއް ދިނުމަށް ބުންޏެވެ. ރާކިން ސިއްރު ކުރުމެއް ނެތި ކިޔައިދިނެވެ.” އެހެންވީމަ… މިޝްގެ މަންމަ އަކީ ރަމްހާ..؟؟… ” މިޝްޔާ ދެލޯ ބޮޑުވިއެވެ. ރާކިން ބޯ ޖަހާލިއެވެ. މިޝްޔާ އެންމެ ސިކުންތެއްވެސް ބޭކާރުކޮށްނުލާ ރަމްހާއަށް ގުޅާލިއެވެ.” ހަލޯ… މަންމާ.. ” މިޝްޔާ ދެލޯ ތެމުނެވެ.” މިޝްޔާ؟؟… ” ރަމްހާ އަށް ގަބޫލު ނުކުރެވިގެން ބުންޏެވެ.” ލައްބަ މަންމާ މީ މިޝްޔާ.. ” މިޝްޔާ އުފަލުން ބުންޏެވެ. ރަމްހާ ވެސް ވަރަށް އުފާވިއެވެ. މިޝްޔާ ރަމްހާ އާއި ވަރަށް ގިނައިރު ވާހަކަ ދެއްކުމަށް ފަހު ފެންވަރާލަންވެގެން ފޯނު ބޭއްވިއެވެ.
” އެހެންވީމާ ޝިފްނާ އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަ ދެން މިޝާ އެއީ ކޮއްކޮ…. ވޯވް ނައިސް… ” މިޝްޔާ ރީތުވަމުން ވިސްނިއެވެ.” ބައްޕާ… ތީ އަހަރެންގެ އަސްލު ބައްޕަ ނޫނަސް އޯކޭ… އެކަމް އަހަންނަކަށް ނޭނގެ ހަދަންވީ ގޮތެއް… އެމީހުން ކައިރިއަށް ދާނީ ކަމެއް ނޫނީ މަޑު ކުރާނީ ކަމެއް… ” ރީތިވެގެން ނިކުތް އިރު ޔަޒާން އިނުމުން މިޝްޔާ ބުންޏެވެ.” ދަރިފުޅު ބޭނުން ގޮތެއް.. ބައްޕައަށް ފެންނަނީ އެކޮޅަށް ދާން.. ” ޔަޒާން ޖަވާބުދިނެވެ.” އޯކޭ.. ” މިޝްޔާ ބޭރަށް ނިކުތެވެ. އެވަގުތު ދިޔާން ގުޅިއެވެ.” މަ ވަރަށް ބޮޑު ވާހަކައެއް ބުން ވެފަ އެބޮތް.. ” ދިޔާން ބުންޏެވެ.” ބުނެބަލަ… ” މިޝްޔާ ޖޯލީގައި އިށީނެވެ.” ލެޓްސް ބްރޭކް އަޕް… ” ދިޔާން ބުންޏެވެ.
” ދިޔާން މޮޔަވީތަ… ” މިޝްޔާ ސިއްސައިގެން ދިޔައެެވެ.” ހްމްމް ތީ މަގޭ ޖީއެފް އެއް ނޫން… ކުއްޖަކު އަންނަންދެން މަ މިޝްޔާއާ ރައްޓެހިވީ… ބާއި ދެން ނުގުޅާތި.. ” ދިޔާން ފޯނު ކަނޑާލިއެވެ. މިޝްޔާ ދެބުމަ ގޮށްޖަހާލިއެވެ.” ކީއްކުރަންތަ މަ ގުޅަންވީ… އެހެން ނޫނަސް މަ ދިޔާންއާ ރައްޓެހިވީ ލޯބިންނެއް ވެސް ނޫން… ކާކު އެކަހަލަ މީހަކު ދެކެ ލޯބިވާނީ… ” މިޝްޔާ އަމިއްލައަށް ވާހަކަ ދެއްކިއެވެ.” ކިހިނެއްވީ މިހާރު… ” ރާކިންއަށް އެ ވާހަކަތައް އަޑު އިވުނެވެ.” ދިޔާން ގުޅުން ކަނޑާލީނުން… ” މިޝްޔާ ދެކޮނޑު އަރުވާލިއެވެ.” ދެން މަށާ ރައްޓެހި ވާން ވީނުން… ” ރާކިން ބުންޏެވެ.” ވިސްނާލާފަ ޖަވާބެއް ދޭނަން.. ” މިޝްޔާ ދެބުމަ ކައިރިކޮށްލަމުން ބުންޏެވެ. ރާކިން އޯކޭއޭ ބުނެފައި ސައިކަލަށް އަރައިގަނެ ދުއްވާލިއެވެ.
” އިނާ ހާދަ އުފާވެފަ… މި ނީމާ ކިޔާ އެއްޗެއް ބަލާބަލަ… ” މާއިން ބުންޏެވެ.” ކީކޭތަ ކިޔަނީ؟؟.. ” އިންޝާ އަހާލިއެވެ.” އިޔާން ވެޑިންގް ކެންސަލް ކޮށްފި އޯ އެހެން ކުއްޖަކާ އިންނަން… ” މާއިން ބުންޏެވެ. އިންޝާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.” ދެން ނޭނގެ… ދޮންބެ ކީއްކުރަންތަ އެކަމާ ހާސްވަނީ… ” އިންޝާ އިނީ ނުހަނު ހަމަޖެހިފައެވެ.” ދެން ހާސް ވާނެ ދޯ އެހެން އުޅެފަ ވާނުވާ ނޭނގި ކުއްލިއަކަށް ހިޔާލު ބަދަލު ވީމަ.. ” މާއިން އަނގަ އަށް ގޮތެއް ހަދާލާފައި ކޮޓަރިއަށް ވަނީ ފޯނު ކޯލެއް އައުމުންނެވެ.” ވަރުގަދަ ފޯނެއް އެބަ ގެންގުޅޭ… އިރުކޮޅު ކޮޅުން މީހުން ގުޅާނެ ނޫނީ މީހަކަށް ގުޅައިގެން ހުއްޓަ ފެންނާނީ… ” އިންޝާ ހިނިގަނޑެއް ޖަހާލިއެވެ.
” އިނާ… މިޝް މިއުޅެނީ ތިއްތިއާ ރައްޓެހިވާން… ” އިންޝާ ކައިރިއަށް އައިސް މިޝްޔާ ބުންޏެވެ.” ވަޓް… މިޝް… ” އިންޝާ ދެލޯ ބޮޑުވިއެވެ.” ހްމްމް… ބައްޕަ ބުނެފި މަންމަމެން ކައިރިއަށް މާލެ ދާށޭ ވެސް… ” މިޝްޔާ އެހެން ބުނީ އިންޝާއަށް ހުރިހާ ކަމެއް އިނގޭނެ ކަމަކަށެވެ.” މިޝް މޮޔަ ވީ ދޯ… ތިއްތަ ވީ މަރުވެފަ ނުން..” އިންޝާ ހައިރާންވިއެވެ.” ނޫނެކޭ… އިނާ އަށް ނޭނގެނީތަ މިޝް މީ އެޑޮޕްޓެޑް ކުއްޖެކޭ… ދޮންބެމެން ނުބުނޭތަ.. ” މިޝްޔާ ބުންޏެވެ. އިންޝާ ސިއްސައިގެން ގޮސް ނުވެއްޓުނީ ކިރިޔާއެވެ.” މީ ސަމާސާ ކުރަން ކޮން ގަޑިއެއް.. ” އިންޝާ އަށް ގަބޫލެއް ނުކުރެވުނެވެ.” ހަމަ އަސްލަށޭ… ސަމާސާއެއް ނޫން.. ” މިޝްޔާ އިސްޖަހާލިއެވެ. އެހެން ކިތަންމެ ވާހަކައެއް މިޝްޔާ ދެއްކުމުން އިންޝާއަށް ގަބޫލް ކުރަން މަޖުބޫރުވިއެވެ. ކޮންމެގޮތެއްވިޔަސް މިއޮތީ ހަގީގަތާއި ކުރިމަތި ލާން ޖެހިފަ އެވެ.
އެރޭ ރާކިން ކައިރީގައި މިޝްޔާ އާއެކޭ ބުންޏެވެ.” މީހަކު ބުނެގެންތަ ތިބުނީ ނޫނީ އަމިއްލައަށް ފެނިގެންތަ.. ” ރާކިން އަހާލިއެވެ.” އަމިއްލައަށް ފެނިގެން… ތިއްތި ނުލާ ރައްޓެހިވާން ރަނގަޅު މީހަކު އުޅޭހެނެއް ހިޔެއް ނުވޭ… ” މިޝްޔާ ހިނިތުންވުމެއް ދީފައި ބުންޏެވެ.” ހެހެ… އަދިވެސް ތިއްތިތަ ކިޔާނީ… ” ރާކިން ހީލިއެވެ.” ދެން އަޅެ ކީކޭތަ ކިޔަންވީ… ” މިޝްޔާ ބޯ ކަހާލިއެވެ.” ކިން ކިޔަންވީނުން ލައިކް އެވްރިވަން އެލްސް… ” ރާކިން ކޮޅަށް ތެދުވަމުން ބުންޏެވެ. މިޝްޔާ ބޯ ޖަހާލިއެވެ.
” ދޮންބޭ… ކާކާތަ އިންނަނީ ދެން… ” ނީމާ އެރޭ އެއްކޮށް ވިސްނަން އޮވެފައި އިޔާން ކައިރީގައި އެހިއެވެ.” ބުނެފިއްޔާ ގަބޫލު ކުރާނެތަ… ” އިޔާން ފޯނުން ނަޒަރު ވަކިކޮށްލިއެވެ.” ކީއްވެ ގަބޫލު ނުކުރަންވީ… ” ނީމާ ބިއްލޫރި ފުޅިއެއް ނަގަމުން ބުންޏެވެ.” އިންޝާ… ” އިޔާން އެހެން ބުނުމުން އެ ފުޅި ނީމާ އަތުން ނުވެއްޓުނީ ކިރިޔާއެވެ.” ކޮބާ ބުނީމޭ… މަންމައާއި ބައްޕަ އޯކޭ ނުވިޔަސް މަ ބޭނުމީ އިންޝާއާ އިންނަން… ” އިޔާން ދެކޮނޑު އަރުވާލިއެވެ.” އެކަމް… ތިމީހުން ކޮން އިރަކު… އިންޝާ އަބަދު ދޮންބެ ދެކެ ރުޅި އައިސްފަ ނުން ހުންނަނީ… ” ނީމާ ހިތުގައި ސުވާލު އުފެދުނެވެ.” ހެހެ މަ ވެސް ފުރަތަމަ އެހެން ހީކޮށް ޔަލާ އާ ރައްޓެހިވީ އެކަމަކު އެކަން ބަސްޓް ވީ… އޭނަ އުޅުނީ އެވާހަކަ ނުބުނަން އަހަރެން ރުޅި އައިސްދާނެތީ… ” އިޔާން ހީލިއެވެ.
” ބާއި.. ވިލް މިސް ޔޫ އޯލް… ލަވް ޔޫ އެވްރިވަން… ޓޭކް ގުޑް ކެއަރ… އަންނާނަން ވަރަށް އަވަހަށް..” މިޝްޔާ ލޯންޗަށް އަރަމުން ބުންޏެވެ. އިންޝާ ހުރީ މިޝްޔާ ދާތީ ފެންކަޅިވެފައެވެ.” ޔޫ ޓޫ… ކާންޓް ވެއިޓް ފޯރ ޔޫ… ” ރާކިން ބުންޏެވެ. މިޝްޔާ ހިނިތުންވުމެއް ހަދިޔާ ކޮށްފައި ލޯންޗަށް އެރުމުން ލޯންޗް މާލެ އާއި ދިމާއަށް މިސްރާބު ޖެހިއެވެ.” ހިނގާ ގެއަށް.. ” ލޯންޗް ލޯމަތިން ގެއްލުމުން މާއިން ބުންޏެވެ.” މަންމާ ވާހަކައެއް ބުނަން ވެފަ އެބައޮތް.. ” އިންޝާ ބުންޏެވެ. އޭރު އިޔާން އިންޝާ އާއި ދިމަ ބަލަން ހުއްޓެވެ. އިލްޔާ ކޮން ވާހަކައެއްހޭ އަހާލިއެވެ.” މީ… އަމްމް…. ” އިންޝާއަށް ބުނާގެ ގޮތެއް ނޭނގުނެވެ.
” އަހަރެން ބުނެފާނަން… ” އިޔާންއަށް އިންޝާ ބުނަން އުޅޭ އެތި އިނގުމުން ބުންޏެވެ.” އިންޝާ އުޅެނީ މަށާ ރައްޓެހިވެގެން… ” އިލްޔާ ބުނާށޭ ބުނުމުން އިޔާން ބުންޏެވެ. އިލްޔާ ދެލޯ ބޮޑުވިއެވެ. އެއާއިއެކު މަޔާން ހޭންފެށިއެވެ.” މީދޯ މި ވާކަމަކީ.. ” މަޔާން ދިމާކޮށްލިއެވެ.” ކޮބާ ބުނީމޭ އެންމެ ފަހުން އިޔާންއާއޭ ރައްޓެހި ވާނީ..ލޮލް.. ” މާއިން ވެސް ދިމާ ކުރަން ފެށިއެވެ. އިންޝާ ރަކިވީ ވަރުން އެތާ ހުންނާކަށް ވެސް ނުކެރުނެވެ.” ހާދަ އަވަހަކަށް ތި ދަނީ… އިޔާން އެއްކޮށް އެގެއަށް ދާންވީނުން… ނީމާމެން އުފަލާއެކީ މަރުހަބާ ކިޔާނެ… ” މާއިން އިތުރަށް ދިމާކުރިއެވެ.” ދެން…. ” އިންޝާ ލަދުން މޫނު ރަތްވިއެވެ.
“ކިހާ ރަނގަޅު… ” އިލްޔާ ހިނިތުންވެލިއެވެ. އިޔާން އާއި އިންޝާ ވަކިން ވާހަކަ ދައްކަމުން ދިޔައިރު މާއިން އާއި ރާކިން ވެސް އެމީހުންގެ އަމިއްލަ ވާހަކައިގައި ތިބެގެން ކުރިއަށް ދިޔައެވެ. ރާއިލް ވެސް ހިޝާއާއި އެކީ ވާހަކަ ދައްކަމުން ދިޔައިރު އެކަނި ހުރީ ޔަޒާންއެވެ. މަޔާން އިލްޔާ ގޮވައިގެން ޔަޒާން ކައިރިއަށް ދިޔައެވެ.” ކީއްވެތަ އެކަނި ތި ހުންނަނީ… އަހަރެމެން ކައިރިއަށް އައިނަމަ.. ” މަޔާން ބުންޏެވެ.” ހެހެ… ” ޔަޒާން ބޯ ކަހާލިއެވެ. އެ އުފާވެރި އާއިލާގައި މަދުވަނީ މިޝްޔާ އާއި ލުޔާ އެވެ. އެމީހުން ތިބި ނަމަ ކިހާ ރަނގަޅު ވާނެހެއްޔެވެ؟ ދެން އިންޝާމެންގެ ކައިވެނި ކުރަން މާ ގިނަ ދުވަހެއް ވެސް ނެތެވެ. އިޔާން އިންތިޒާރު ކުރަނީ އެދުވަހަށެވެ.” ތިޔަ ލޯތްބަށް އެދެން އިންޝާ… ” އިޔާން ހިނިތުންވަމުން ލޯ މަރާލިއެވެ.
– ނިމުނީ –
މި ވާހަކަ ކިއުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން. ވާހަކަ ފެށިގެން ނިމެންދެން ވާހަކަ ކިޔާ، އަޅުގަނޑަށް ސަޕޯޓް ކުރި ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ކުރިއަށް އޮތީ ”ހިތް ދެވިއްޖޭ ކަލާޔަށް ހުވާ“. އެ ވާހަކަ އަކީ ވެސް ކިޔުންތެރިން ގަޔާވާނެ ފަދަ ވާހަކަ އަކަށް ވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން..އިންތިޒާރު ކޮށްލާ…?
10 Comments!
Comments are closed.



Masha allah… you are very talented… mi stry feshigen nimendhen vrh shauguverikamaaeku kiyaalevunu… hama vrh reehchey buneveynee… speechless! dhen oiy vhk ah waiting! may allah bless you! stay safe and take care! Ly darl!
Vrh ufaa vejje story shauguveri kamaai eky kiyaa levunukan ingunyma…. Insha Allah mi 2 weeks therey genes dheveythw balaanan. Yhh stay safe and tgc.. Thank u nayaa ?❤
Alheyyyyy
Varah miss vaane mi story mathin
Love the story
Love u unknown girl
Waiting for your next storyyy
??????
Awww.. Ly2 dear.. Keep waiting patiently (๑•ᴗ•๑)♡
what the
…..
nimunytha
???
i dont want it to end
ekam next story ah inthixaaru kuran ingey
mibaivess varah kamudhiya ❤❤??
dhen kon irakun next story
ill be waitting
ly
tvgc
ss bye
Alhey don’t be that sad.. Insha Allah next story in we’ll meet.. Next 2 weeks therey genes dheyn mi visnany… Ly2.. Tgc.. Thanks luvza ?
I will really miss this story… Mi vaahakaige mee aharen ge favourite vaahaka eh…
Owh hehe… Thank u rifa ?
Masha Allah……mi vaahaka vr reethi ???Mi vaahaka feshuneehsuren nimendhen varah kiyaa hithun kiyaa levunn.. And Thank you vaahaka nimendhen up kohladhineemai… Next story varah kiyaahiyy eba veyy… Can’t wait….. ❤️❤️❤️
Hehe vrh happy vejje… Thanks faruha.. Vrh avahah kiyaalan libeyne insha Allah ?❤