އިނަތިހާ -5
ކުރީގެ އެޕިސޯޑުގެ ތެރެއިން…….
*އަވްނީ ދިޔުމަށްފަހު އޭނަ ދައްތަ ކައިރީ އެވާހަކަ ބުނުމުން ލަސްނުކޮށް ރެހާން ލާނެ އެއްޗެއް އެކޮޓަރިއަށް ފޮނުވިއެވެ.ރެހާން ވެސް ކުޑަ ގޮތަކަށް ގައި ދޮވެލީ އޭނާގެ އަތުގަ އަދިވެސް ކޮފީގެ އަސަރު ހުރުމުންނެވެ.ގައި ދޮވުމަށް ފަހު ލާނެ އެއްޗެއްސާ އެކު ގެނައި ޓަވަލް އިން ގައި ފޮހެލުމަށް ފަހު ފޮނުވާފައި އޮތް އަތްކުރު ނޫކުލައިގެ ޓީޝާޓާއި ހުދު ކުލައިގެ ސޯޓެއްލިޔެވެ.އެއީ އޭނާ އާންމުކޮށް ލައި އުޅޭ އެއްޗެއް ނޫންކަމުގައި ވިޔަސް އޭނާއަށް އެއެއްޗެހި ވަރަށް ގުޅެއެވެ.އަދި ލަސްނުކޮށް ޒިވިޔާން މެން ކޮބައިތޯ ބަލަން ދިޔައެވެ.އެއިރު އެ ބޮޑު ލިވިންގް ރޫމް ތެރޭ އިވީ އަދި ޒިވިޔާން ހުއްޓެވެ. ޒިވިޔާން އަށް ބަލައިލި އިރު އޭނާ ހުރީ ވަރަށް ހާސް ވެފައި ކަންވެސް އިނގެއެވެ.އެހެންތާއޭވާނީ ޒިވިޔާން އަކީ ކުޑައިރުންސުރެ ވެސް ރެހާން އަށް ކަމެއް ވެއްޖެއްޔާ ނިކަން ބިރުގަންނަ ކުއްޖެކެވެ.އަދި އެއީ ކިތަމެ ކުޑަކުޑަ ކަމެއް ވިޔަސްމެއެވެ.އެދެމީހުން އެތާ ހުރި އެއް ކަމަކު އަވްނީ އެތާކުނެތެވެ. ރެހާން އެމީހުން ކައިރިއަށް ދިޔައެވެ.އޭނާ އެތަނަށް ދިޔުމުން ޒިވިޔާން ހާސް ވެފައި އޭނާގެ އައިތް ރަނގަޅު ތޯ އެހިއެވެ.އިވީ ވެސް އެހި އެވެ. އިވީ އަށް ވެސް ވަނީ އެ ހިނގައި ދިޔަ ހާދިސާ ޒިވިޔާން އޭނައަށް އެނގުނުވަރަކަށް ކިޔާދީފައެވެ.ޒިވިޔާން އަށް ރެހާން ރަނގަޅު ކަން އެނގުމުން ވަރަށް ބޮޑަށް ހިންހަމަޖެހުނެވެ.އަދި ތިން މީހުންވެސް އިތުރަށް ލިވިންގް ރޫމަގައި މަޑު ނުކޮށް ދިޔައީ ސުޓަޑީ ރޫމާށެވެ.ސުޓަޑީ ރޫމްތެރެއަށް ވަދެގެން އައި ތިން މީހުންނަށް ވެސް ހުއްޓުން އެރީ ފެނުނު މަންޒަރުންނެވެ…..*\
5# ވަނަ އެޕިސޯޑު…
އެންމެންވެސް ހުރީ ދެލޯބޮޑު ވެފައެވެ. ވާނީ ވެސް އެހެންތާއޭ؟ މީހާކު އެހާ އަވަހަށް މަސައްކަތް ކުރަންޔާމު ކޮންމެމީހަކަށް ވެސް ހައިރާންކަމެއް ލިބޭނެ ތާއެވެ.އިވީގެ ހިތަށް އެއީ ހަމަ އަވްނީ ބާއޭ އެރިއެރިއެވެ. ވާނީވެސް އެހެންތާއޭ! މީގެ ކުރިއަކުން އިވީއަކަށް އަވްނީ އެހާ އަވަހަށް މަސައްކަތް ކުރާތަނެއް ނުފެނެއެވެ.އަވްނީ އެކުރަނީ ދެކަންތަށް އެއްފަހަރާއެވެ.އެއް އަތުން ފޮތުގައި ލިޔަމުން ދިޔައިރު އަނިއް އަތުން ކުރިމަތީގަ އިން މެކްބުކްއާ ކުޅެމުން ޕުރިންޓް ކުރާ އެއްޗެހި ޕުރިންޓް ކުރަން ރެޑީ ކުރަނީއެވެ.އިވީ މެން ބަލަން ހުއްޓާ އަވްނީ އޭނާ ކުރަން ހުރި މަސައްކަތް ތަށް ނިންމާލުމަށް ފަހު މޭޒުމަތީގައި ރެހާންގެ ފޮއި ބޭއްވުމަށް ފަހު އޭގެ މަތީގައި ކުޑަކުޑަ ނޯޓް އެއް ވެސް ބޭންދިއެވެ.އެއަށް ފަހު އޭނާގެ ފޯނުހިފައިގެން ދާން ހިނގައިގަތެވެ.ނަމަވެސް ހެއްޓުން އެރީ ކުރިމަތީގަ ހުރި ތިން މީހުން ފެނުމުންނެވެ.ނަމަވެސް އަވްނީ މަޑު ނުކޮށް ހިނގައިގަތީ އެ ތިންމީހުންނަށްވެސް ހިނިތުންވުމެއް ރަށްދުކޮށްފައެވެ.
އެ ތިން މީހުންވެސް އިތުރަށް އެކޮޓަރީ ދޮރުމަތި މަޑުނުކޮށް އެތެރެއަށް ވަދެ ފިލާވަޅުތަށް ނިންމަންފެށިއެވެ.އިވީ ޒިވިޔާން އަށް ފިލާވަޅު ކިޔައިދެންއިން އިރު ރެހާން ހުރީ އޭނާގެ ފޮތްތަށް ބަލަށޭވެ.އެހެން ފަހަރަކު ފޮތެއް ބަލަމުން ބަލަމުން ދަނިކޮށް ފޮތެއްގެ ދަށުގައި އޮތް ނޯޓެއް ފެނުނެވެ.ރެހާން ވަރަށް ހައިރާންވެ ހުރެ އެ ހޮޅުވައި އެ ނޯޓު ކިޔާލިއެވެ.’އަދިވެސް އެއްފަހަރު ވަރަސް ބޮޑަށް ޝުކުރިއްޔާ އަވް ސަލާމަތް ކޮށްދިނީމަ އެންޑް ސޮރީ ރެހާންގެ އަތް އަވްއާހެދި ފިހުނީމަ…އެންޑް ވަންތިންގްމޯ ޕްލީސް ސުޓޭ އަވޭ ފުރޮމްމީ އެންޑް އައި ޑޮންޓް ވޯންޓް އެނީ ސޮރީ އޯ ތެންކިޔޫ ފުރޮމްޔޫ …ޕުލީސް ޑޯންޓް ޓުރައި ޓު ޓޯކް ޓު މީ އެންޑް ޑޯންޓް ޓުރައިޓު މީޓްމީ…ޕުލީސް ޕުލީސް އައި ރިކުއެސްޓް ޔޫ!’،ރެހާން އެގަނޑުކޮޅު ކިޔާ ނިމުން އިރު ރެހާން ވަރަށް ހައިރާންވިއެވެ.އަދި އެހާމެ ދެރަވެސް ވިއެވެ.ވާނީވެސް އެހެންތާއޭ އޭނާގެ މުޅި ހަޔާތުގަވެސް އޭނާއަސް ލޯބިވެވުނު ކުއްޖާމިވަނީ އޭނާގާތު ވަރަށް ބޮޑު ކަމަކަށް އެދިފައެވެ.އޭނާއަށް ވާހަކަ ނުދެއްކުމަށެވެ.އަދި ބައްދަލުވެސް ނުވުމަށެވެ.ނަމަވެސް އޭނަ ވަކި ކުރާނީ ކީއްހެއްޔެވެ؟އޭނަ އަވްނީ ދެކެވާ ލޮއެއްބަށްޓަކާ ޖިހޭނީ ކޮންމެފަދަ ގުރުބާނީއެއް ވެސް ވާންތާއެވެ.ރެހާން ނިންމީ އަވްނީގެ ލޯބި އޭނާގެ ހިތުތެރޭ ފޮރުވުމަށެވެ.އަދި އަވްނީ އެބުނިގޮތަށް އަވްނީ ކުރިމައްޗަށްވެސް ނޭރުމަށެވެ..
އެ ގަނޑުކޮޅަށް ބަލަހަށްޓައިގެން އިން ރެހާން ސިހުނީ ޒިވިޔާން ގޮވި އަޑަށެވެ.އަދި އަވަހަށް އެގަނޑުކޮޅު އޭނަގެ ފޮތެއްގެ ތެރައެށް ލިޔެވެ.”އޭ ރެހާން ހިނގަދާން ގެއަށް ދާން މިހާރު މަމި ނޯޓްސްތަށް ނަނގާމިނިމުނީ””އޭ ޒިވީ ހާދައަވަހަކަށް”އިވީ ޒިވިއޭ ކިޔާ އޭނައަށް ގޮވުމުން ޒިވިޔާން ވަރަށް އުފާވިއެވެ.ޒިވިޔާން މަވަރަކަށް ބަލާހެން ހީވެގެން އިވީ ޒިވިޔާން އަށް ސޮރީ ބުންޔެވެ.”އޯކޭ ޒިވީ ކިޔަސް ޔުއާ މައި ފުރެންޑް އެއްނު..ސޯ އޯކޭ،ނޯ ވަރީސް”އެހެންބުނުމަށް ފަހު ޒިވިޔާން ހިނިތުންވެލިއެވެ.”ހިނގަ ދާން ތި ދެމީހުން ތިރިއަށް ދައްތަ ދެންމެ އެ މެސެޖް ކުރީ ކާން އަންނާށޭ ކިޔާ””އާން ވަރަށް އަވަހަށް މިއަންނަނީ އަސްރު ނަމާދު ކޮށްގެން އިނގޭ””އިވީ މަޑުކުރާނަން ތިމީހުން އަންނަންދެން”އެހެންބުނުމަށް ފަހު ތިން މީހުންއެކީ ތިރިއަށް ފޭބިއެވެ.ޒިވިޔާން އާއި ރެހާން ދިޔައީ އެގެ ކައިރީ ހުރި މިސްކިތަކަށްށެވެ.އިވީ ދިޔައީ އަވްނީ އަށް ވާހަކަ ދަށްކާށެވެ.
–ނުނިމޭ–
ނޯޓް : އިންތިހާގެ އެޕިސޯޑު 5 ކުރުވި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށްއެދެމެވެ.އިރާދު ކުރެއްވިއަޔާމު އިންތިހާގެ 6 ވަނަ އެޕިސޯޑު ދިގުވާނެ ކަމަށް އުންމީދު ކުރަމެވެ. 🙂
=Thooba=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

“Inthihaa” ge fasvana baives kiyuntherinnah reethi vaane kamah unmeedhu kuran
Hope u all will like 5th episode of “inthihaa “❤❤
InshaAllah 6 vana episode ves varah avahah kiyaalan libeyne ?
KEEP WAITING……….
MAASHAALLAH STORY VARAH VARAH REEETHI?
EKAM DHEN INNABAI DHIGU KOHLAHCHEY
CAN’T WAIT TO READ THE NEXT EPISODE?
WHEN NEXT ?
In reply of @Chweet_kristy
oww Thanks a lot????
yeah InshaAllah than inna bai dhiguvaane..
Keep Waiting 🙂
In reply to @Chweet_kristy
InshaAllah u will get it to read very soon 🙂