Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އިންތިހާ -4

Thooba Level 1
July 5, 2021 3 Mins Read
7 Comments

ކުރީގެ އެޕިސޯޑުގެ ތެރެއިން…..

* އެތިންމީހުން ގޮސް އެތެރެއަށް ވަންއިރު އަވްނީ ސިޑިން އަރަނީ އެވެ.އިވީ ގޮސް އޭނާގެ ދައްތަ އަށް އެދެމީހުން ތައާރަފް ކޮށް ދިނެވެ.ޖޫން ވެސް ހުރީ ފުރަތަމަ ފަހަރަށް ގެއަށް އެދެކުދިންގެ ރަށްޓެހި  ކުއްދިން އައުމުން ވަރަށް އުފާވެފައެވެ.އަދި މިއަދު ވަރަށް ރަނގަޅު އެއްޗެއް ތައްޔާރު ކުރާނަމޭ ބުނެފަ ދިޔައީ ބަދިގެއަށްށެވެ.ރެހާން އާއި ޒިވިޔާން ވެސް ހުރީ އެގޯތި މީހުން ހެޔޮކަމުން ވަރަށް ހިންހަމަ ޖެހުފައެވެ.”ތި މީހުން މިތާ އިށީންދެބަލަ އައިވިލް ބީ ބެކް …ފުރެޝްވެލައިގެން މި އަންނަނީ  އިނގޭ…ކާކާ، ކެން ޔޫ ޕުލިޒް ސާރވް ދެމް ވޯޓާ އެންޑް ސަމްތިންގް ސުވީޓް…..” ދެން ތިމީހުން ވެސް ބޭނުން އެއްޗެއް ކާކާ ކައިރީ ބުނޭ އޭރުން ގެނެސް ދޭނެ ، ހީ އިސް ވެރީ ސުއީޓް ޓު އެވްރީވަން.،،،،ދިޔައީއޭ ވަރަށް އަވަހަށް އަންނާނަން ….” އިވީ އެހެން ބުނުމަށް ފަހު ދިޔައީ އޭނާގެ ކޮޓަރިއަށެވެ.ރެހާން އާއި ޒިވިޔާން ވެސް ސޯފާގައި ރީޗަށް ހަމަޖެހިލިއެވެ.*

# 4 ވަނަ އެޕިސޯޑު …

އަވްނީ ރީތިކޮށް ފެންވަރައިގެން ނޫކުލައިގެ ކުޑަ ސޯޓަކާއި ހުދުކުލައިގެ ކްރޮޕް ހުޑީ އެއް ލިއެވެ.އަދި އިސްތަށިގަނޑު ހެޔާޑުރައިޔާއިން ރީޗަށް ހިއްކާލައިފައި ފުނާއިން އެ ފަން ދިގު އިސްތަށިގަނޑުގައި ފުނާއަޅާލިއެވެ.އަދި ރީތި ބޯއު ޓައީއެއް ޖަހައިފައިން ބޭންޑެއް އެޅިއެވެ.ގަޔަށް ސެންޓު ޖަހައިފައި ފޯނާ ކުޅެމުން ތިރިޔަށް ދިޔައީ އެމީހުންތަށް މިހާރު ހުންނާނީ ސުޓަޑީ ރޫމްގަ ކަމަށް ހީކޮށެވެ.ސިޑިން ތިރިއަށް ފޭބީވެސް ފޯނާކުޅެމުން ކަމުން ލިވިންގްރޫމް ތެރޭ މީހަކު ހުރިކަމެއް ނޭންގެ އެވެ.ފެންތަށްޓެއް ހިފައިގެން އިން ރެހާން އަށް އަވްނީ ފެނުމުން އިނީ ލޯމަރާލަންވެސް ނޭންގިފައެވެ.އޭނާ އަށް މިއަދު އަވްނީ ކޮލެޖުން ފެނުން އިރު އޭނާ ހުރީ އިސްތަށިގަނޑު އައްސައިފައި ކަމުން އަވްނީގެ އެދިގު އިސްތަށިގަނޑު ހާވާލައިގެން ހުއްޓާ ފެނުނީމީ ފުރަތަމަ ފަހަރޭވެ.،ރެހާން އަށް މަޑުމަޑުން އެތަށް ތަޢުރީފް އެއް ކުރިޔެވެ.އެއިން ގޮތަށް ރެހާން އިންދާ އަވްނީ ގޮސް ވަނީ ބަދި ގެއައްށެވެ.ރެހާން އަށް ހަމަބިމަށް އާދެވުނީ ދެނެވެ.އިރުކޮޅެއްގެ ތެރޭ އަވްނީ ބަދިގެއިން ނުކުމެގެން އައި އިރު އެއް އަތުގައި އޮތީ ވަރަށް ހޫނުކޮށް ގިރާފަ އިން ކޮފީ މަގްއެކެވެ.އަނިއަތަށް ފޯނުލައިގެން އައި އިރު ކުރިމަތީގަ އެއްޗެއް ހުރި ކަމެއް އަވްނީ އަކަށް ނޭނގެއެވެ.

އަވްނީ އެދިޔަގޮތަށް ގޮސް ފޮށި ގަނޑުގައި އަޅައިގަނެގެން ވެއްޓޭން ދިޔައެވެ.ނަމަވެސް އެދިމާލަށް އުދުހިފަ އައިމީހެއް ފަދައިން އައިސް ހުއްޓުނު ރެހާން އަވްނީ ހިފެހެއްޓީ ހުށިޔާރު ކަމާއެކުއެވެ.ނަމަވެސް އެބާރު މިނުގައި އަވްނީ އަތުގައި އޮތް ހޫނު ކޮފީ ތަށި ވެރުނީ އަވްނީ ގައިގައި ހިފަހަށްޓައިގެން ހުރި ރެހާންގެ އަތަށެވެ.ރެހާން އަތަށް އެރި ހޫނު ތަދަކުން ވަރަށް ބާރަށް ހަޅޭލަވާގަތެވެ.ނަމަވެސް އަނިއް އަތުގައި އޮއި އަވްނީ އެއް ދުލެއް ނުކުރިއެވެ.އަވްނީވެސް ހުރީ ބިރުން ދެލޯ ބޮޑު ކޮށްގެންނެވެ. ރެހާންގެ ހަޅޭކުގެ އަޑަށް ޔޫޓިއުބުގެ ވީޑިއޯ އަކަށް ގެއްލިފައި އިން ޒިވިޔާން ވެސް ސިހިފައި އެދިމާލަށް އައެވެ.ޖޫން ވެސް އެތަނަށް އައިސް ހުޓުނީ އެވަގުތުއެވެ.ރެހާން އަވްނީ ތެދުކުރުވި އިރު އޭނަގެ އަތަށް ވަރަށް ދިލަ އެރި އެވެ.ނަމަވެސް ރެހާން އެކަމެއް އެތާހުރި އެކަކަށް ވެސް ނުދަށްކައެވެ.ރެހާންގެ އައި ރަތްވެފައި އޮއިތަން ޖޫންއަށް ވަރަށް ރީޗަށް ފެނުނެވެ. ނަމަވެސް ޖޫން އެއްޗެކޭ ބުނުމުގެ ކުރިން  ރެހާން އަވްނީއާ ވާހަކަ ދެއްކިއެވެ.

“އަވްނީ ،އަވްނީ ހިނގާ އިރު ކުރި އަށް ބެލުން މުހިންމެއް ނޫންތަ…އަވްނީ ތި ހޫނު ކޮފީ ތަށި ހިފައިގެން ދާއިރުވެސް ތި ދަނީ ތި ފޯނުގަ އޮއި އެއްޗަކަށް ގެއްލިގެން ދެންމެގަ ވެއްޓުންނަމައޯ….މުޅި ގަޔަށެއްނު ތިހޫނު ކޮފީތަށި  ވެރޭނީ..” އާއެކޭ މިއަދު ރެހާން އެތަނަށް ނައިނަމަ އަވްނީގެ ކޮންމެވެސް ތަނެއް ފިހޭނެކަން ޔަގީނޭ،އަވނީއަށް ވެސް މިއަދު ރެހާން އެބުނީ ރަނގަޅު ވާހަކަ އެއް ކަން ގަބޫލުކުރެވުނެވެ.އަވްނީ  އަށް އެހެން ހުއްޓާ ހަންދާންވީ ރެހާންގެ އަތަށް އެ ހޫނު ކޮފީތަށިވެރުނުކަމޭ،ދެން އަވްނީ ހެދީ އޭނަ ހިތަށް އައި ގޮތަށެވެ.   އަވްނީ ރެހާންގެ އަތުގައި  ހިފައިގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ.ދިޔަގޮތަށް ގޮސް ރެހާން ކައިރީ އެންދުގައި އިށީންނުމަށް ބުންޔެވެ.އަދި ސައިޑް ޓޭބަލްގެ ޑުރޯވާރ ތެރޭއިން ފަސްޓް އެއިޑް ބޮކްސް ނެގިއެވެ.އަވްނީގެ ކޮންމެ ހަރަކާތަކަށް ބަލަން ހެވިފައިން ރެހާނަ އަށް އިނދެވުނެވެ.ރެހާން އަށް އޭނާގެ އަތަށް އަރާ ދިލަވެސް އިހުސާސް ނުވާކަހަލައެވެ.

އަވްނީ އައިސް ރެހާން ކައިރީ މަޑުކުރުމަށް ފަހު ކުޑަ ބޭސްފުޅި އެއް ނަގާ،އޭގެން ބޭސް ކޮޅެއް ރެހާންގެ ފިހިފައި އިންތަނުގައި ވަރަށް މަޑު މަޑުން އުނގުޅަދިނެވެ.އުނގުޅި ވަގުތު ރެހާން އަށް ތަދުވި ވަރުން އޭނާގެ އަތް ދަމާގަނެވުނެވެ.ރެހާން އަތް ދަމައިގަތުމުން ރެހާންގެ އަތުގައި ހިފަހެށްޓުމަށްފަހު އަވްނީ ރެހާންގެ އަތުގައި އަލުން ބޭސް އުނގުޅަން ފެށިއެވެ. އަނެއްކާވެސް ރެހާން އެނާގެ އަތް ދަމައިގަތެވެ.ދެން އެންމެ ފަހުން އަވްނީއަށް ކެއްނުވެގެން ރެހާންގެ އަތުގައި ބާރަށް ހިފަހަށްޓާ ރަނގަޅަށް ބޭސް އުނގުޅައިދީ ނިންމާލުމަށްފަހު ރިހުން ކަނޑުވާ ބޭސް ކާޑުން ބޭސް ގުޅައެއް ނަގާ އެދިނުމަށްފަހު ފެންތަށްޓެއް ދިނެވެ.”ތެންކިޔޫ ސަލާމަތް ކޮށްދިނީމަ،އެންޑް ސޮރީ ދެންފަހަރަކުން އުޅޭނީ ބަލައިގެން،ދެން ތި ބޭސް ކައިގެން ޗޭންޖު ކޮށްލަންވީނު،ޔުއޯ ޝާރޓް އިސް ވެޓް އެއްނު،އައިވިލް ޓެލް ދައްތަ ކައިރީ ލާނެ އެއްޗެއް ފޮނުވަދޭށޭ…..”އެހެން ބުނުމަސްފަހު އަވްނީ އެކޮޓަރި ދޮރު ލެއްޕުމަށްފަހު ދިޔައެވެ.

އަވްނީ ދިޔުމަށްފަހު އޭނަ ދައްތަ ކައިރީ އެވާހަކަ ބުނުމުން ލަސްނުކޮށް ރެހާން ލާނެ އެއްޗެއް އެކޮޓަރިއަށް ފޮނުވިއެވެ.ރެހާން ވެސް ކުޑަ ގޮތަކަށް ގައި ދޮވެލީ އޭނާގެ އަތުގަ އަދިވެސް ކޮފީގެ އަސަރު ހުރުމުންނެވެ.ގައި ދޮވުމަށް ފަހު ލާނެ އެއްޗެއްސާ އެކު ގެނައި ޓަވަލް އިން ގައި ފޮހެލުމަށް ފަހު ފޮނުވާފައި އޮތް އަތްކުރު ނޫކުލައިގެ ޓީޝާޓާއި ހުދު ކުލައިގެ ސޯޓެއްލިޔެވެ.އެއީ އޭނާ އާންމުކޮށް ލައި އުޅޭ އެއްޗެއް ނޫންކަމުގައި ވިޔަސް އޭނާއަށް އެއެއްޗެހި ވަރަށް ގުޅެއެވެ.އަދި ލަސްނުކޮށް ޒިވިޔާން މެން ކޮބައިތޯ ބަލަން ދިޔައެވެ.އެއިރު އެ ބޮޑު ލިވިންގް ރޫމް ތެރޭ އިވީ އަދި ޒިވިޔާން ހުއްޓެވެ. ޒިވިޔާން އަށް ބަލައިލި އިރު އޭނާ ހުރީ ވަރަށް ހާސް ވެފައި ކަންވެސް އިނގެއެވެ.އެހެންތާއޭވާނީ ޒިވިޔާން އަކީ ކުޑައިރުންސުރެ ވެސް ރެހާން އަށް ކަމެއް ވެއްޖެއްޔާ ނިކަން ބިރުގަންނަ ކުއްޖެކެވެ.އަދި އެއީ ކިތަމެ ކުޑަކުޑަ ކަމެއް ވިޔަސްމެއެވެ.އެދެމީހުން އެތާ ހުރި އެއް ކަމަކު އަވްނީ އެތާކުނެތެވެ. ރެހާން އެމީހުން ކައިރިއަށް ދިޔައެވެ.އޭނާ އެތަނަށް ދިޔުމުން ޒިވިޔާން ހާސް ވެފައި އޭނާގެ އައިތް ރަނގަޅު ތޯ އެހިއެވެ.އިވީ ވެސް އެހި އެވެ. އިވީ އަށް ވެސް ވަނީ އެ ހިނގައި ދިޔަ ހާދިސާ ޒިވިޔާން އޭނައަށް އެނގުނުވަރަކަށް ކިޔާދީފައެވެ.ޒިވިޔާން އަށް ރެހާން ރަނގަޅު ކަން އެނގުމުން ވަރަށް ބޮޑަށް ހިންހަމަޖެހުނެވެ.އަދި ތިން މީހުންވެސް އިތުރަށް ލިވިންގް ރޫމަގައި މަޑު ނުކޮށް ދިޔައީ ސުޓަޑީ ރޫމާށެވެ.ސުޓަޑީ ރޫމްތެރެއަށް ވަދެގެން އައި ތިން މީހުންނަށް ވެސް ހުއްޓުން އެރީ ފެނުނު މަންޒަރުންނެވެ…..

–ނުނިމޭ– 🙂

=Thooba=

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Thooba

Level 1

Other Articles

Previous

ރައިން (8)

Next

ހާދަ ލޯބިންނޭ

Next
July 5, 2021

ހާދަ ލޯބިންނޭ

Previews
July 5, 2021

ރައިން (8)

7 Comments!

  1. Thooba says:
    July 5, 2021 at 2:47 pm

    hey guys,
    mibaives reethivaane kamah unmeedhukuran. 🙂
    5 vana bai ves InshaAllah varah avahah..
    inthizaarukohlahvva!

  2. Chweet_kristy says:
    July 5, 2021 at 3:03 pm

    varah varah reethi MaashaAllah ….
    KEEP IT UP 🙂
    waiting……..

  3. Thooba says:
    July 5, 2021 at 5:08 pm

    In response of @Chweet_kristy
    Thanks a bunch?
    keep waiting ?
    next part varah avahah kiyan libeyne
    InshaAllah ❤❤

  4. Ahmed Abaan Mohamed says:
    July 6, 2021 at 1:32 am

    Varah reethi :-):-):-):-):-):-)???????????????????………… Waiting……………

    1. Thooba says:
      July 6, 2021 at 1:42 am

      In response of @Ahmed Abaan Mohamed
      Thank you,
      I really appreciate
      you taking the time to express that.
      u like it ?
      yeah KEEP WAITING……

  5. Ahmed Abaan Mohamed says:
    July 6, 2021 at 1:34 am

    When next

    1. Thooba says:
      July 6, 2021 at 1:44 am

      you will get it to read very soon
      InshaAllah ?

Comments are closed.

Next Episodeއިނަތިހާ -5←


All Right Reserved!