Skip to content
އެސްފިޔަ

ނޭނގޭ!(16)

ޒޯޔާ ހެމުން އައިސް ޒެނީޝް     ކުރިމަތީ ހުއްޓިލިއެވެ. ޒެނޝް      އައްވެސް ހެވުނެވެ.

ޒޯޔާއާއި ޒެނީޝް ސޯފާގައި އިށީނީ    ދެންމެ ހިނގި ކަންތައް ކިޔާ ދޭން    ޒެނީޝް ގާތު އެ ދެމުން ނެވެ. ވީގޮތް   ކިޔާ ދިން އިރު ދެމީހުން ވެސް     ތިބީހެވިފަ އެވެ. ކުއްލިއަކަށް ދޮރު    ހުޅުވާލާފައި ނާއިފް އަނެއްކާވެސް ވަދުނެވެ. “ޒޯޔާ! މިރޭ ތި ދެމީހުން    އެއްކޮޓަރީ ނިދާ! މާދަން އިރު       ނާރަނީސް އެ ސޮރު މޫނުން       މި ދެލޯ ވަތްކެއް ނުކުރާނަން.”      އެ ބަސްތައް އިވުމުން ދެމައިން    ގާތަށް އައީ އަމަށަކު ހިންޏެއް       ނޫނެވެ. ދެމީހުން އެކަމަށް އެއްބަސްވި އެވެ. ދުވަސްތަކެއް ފަހުން މަންމަގެ    އުގުގައި ބޯއަޅައިގެން ނިދުންވީ      ފަސޭހަ ކަމަކަށެވެ.

ސުޒާނާއައް ހެދުނު ހޭލެވުނީ ނުދަންނަ ނަންބަރަކުން ގުޅަން ފެށުމުން ނެވެ.   ދެބަނިދީގައި ފޯނުނަގާ ޖަވާބު ދީ ނެވެ. “ހަލޯ! ކާކުތޯ؟” ސުޒާނާ އެދުން     ތެދުވަމުން އަހާލިއެވެ. “ޝިއާން”    އެކޮޅުން އިވުނު އަޑުން ސުޒާނާ      ހުރި ފިޔަވަޅު މަތީ ހުއްޓިލިއެވެ.     “ކީކުރަން ތިގުޅީ؟” ސުޒާނާގެ     ނިދި އެކީ ހެން ފިލާދިޔަ ކަހަލައެވެ.   ރުޅިވެރި އަޑަކުން ޝިއާން އާއި     ވާހަކަ ދެއްކި އެވެ.

“ދެން ތިހާ ރުޅި ނަޔަސް ފުދޭނޭ!    އަހަރެމެން މީ ކިހާ ލޯބިން އުޅުނު    ބައެއް!” ޝިއާންގެ އަޑުގައިވަނީ      މަލާމާތެވެ. “ތިހާ ފޮނިވާހަކަ ދައްކަން   ގުޅިއްޔާ ބާއްވަނީ! މަގޭނިދި މާމުހިންމު.” ސުޒާނާ ކަންފަތުން      ފޯނު ދުރުކޮއްލިޔެވެ. “ޝަ ޒާން” ޝިއާން  ޚިޔާލީ އަޑު އިވުމުން      ސު ޒާނާ ގަނޑުވިއެވެ. ލަސްލަހުން     ފޯނުކަންފަތުގައި ޖަަހާލިއެވެ.       “ކޯންޗެއް ބޭނުން ވެގެން ތި      ތިއުޅެނީ.؟” ތުރުތުރު އަޅަމުން ދިޔަ   އަޑަކުން ސުޒާނާ އަހާލިއެވެ.      “އެވާހަކަ ފަޅާ އަރުވާ ނުލަނީސް     ކުޑަކަމެއް ކޮށްދޭން ވީ އަހަންނަށް!”

“ތިދަމާ ރީތި ނުކުރިޔަސް      ކުރުކޮށް ބުނެވިދާނެއްނުން!” ސުޒާނާ   ދިޔައީ ތުރުތުރު އަޅަމުން ނެވެ.     މޫނުމަތިން ރުޅިއާ ހިތާމަ ފެންނަމުން  ދިޔައެވެ. “ޗިލް ސުޒީ ޗިލް!” ޝިއާން    ހޭން ފެށިއެވެ. ” ބުނާށޭ!” ސުޒާނާ   ހަޅޭލަވައިގަތެވެ. “ތިހާ ކުރާ ހިތުން   ހުރިއްޔާ ޒެނީޝް އާ އަޔާން އާަ     ދުރު ކޮށްދީ. މަށަށް ހެޔޮ ކޮންމެ    ގޮތެއް ހެދިޔަސް!” އެ ބަހާއެކު      ސިއާން ފޯނު ކަޑާލިއެވެ. ސުޒާނާ     ދެ ފައިން ވާގި ދޫވެގެން އެނދުގައި  އިށީނދެ ލިއެވެ. ދެލޮލުން ހޯސްލާފައި   ކަރުނަ ފައިބަމުން ދިޔައެވެ.       ޒެނީޝް އަށް އެފަދަ ކަމެއް ކުރަން   އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް    ނުކޮއްފިނަމަ ދެން ވާން އޮތް ގޮތްވެސް  މާ ރަނގަޅެއް ނޫނެވެ.

ޒެނީޝް ހެދުނު ހޭލެވުނީ މަންމަ      ގޮވުމުންނެވެ. ހެނދުނުގެ ނާސްތާ ކާން   ކާމޭ ޒުކާރިޔައް ދިޔައިރު އަޔާން އިނީ  ނާއިފް ގާތު އިސްޖަހާ ލައިގެންނެވެ.   “ޔާަން ދޮންބެ މީނީ ބަސްއަހާ      ގެންނޯ މިއަދު!” ކުޑަކުޑަ ނިޝާން    މަލާމާތުގެ ރާގަކަށް އެހެން ބުނެފައި    ގޮނޑީގައި އިށީނެވެ.  ޒެނީޝް       ހިނިގަނޑު މަތަކޮއްލައިގެން       ނިޝާން ކާރީ އިށީނެވެ. “ދޮންތިވެސް  އެހެން ދުވަސް ދުވަހު ޔާން ދޮންބެއައް  މޯރްނިންގް ހަގްއެއް ދޭ ގޮތަށް      މިއަދު ނުދިނީ ކީއްވެ؟” ނިޝާން     އަނގަޔަށް ގޮތެއް ހަދާލަމުން       އަހާލިއެވެ.

ޒެނީޝް ނިޝާން އަށް ލޯ      އަޅާލަމުން ނިޝާން ގެ އަގަމަތީ އަތް   އަޅާ ލިއެވެ. އަޔާން ފުންމައިގެން    ތެދުވެ ދުރަށް ޖެހުނެވެ. ” ހަމަ ހުވާ   ބައްޕާ އެހެންނެއް ނޫޅެން!” ތެޅި    ގަންނަމުން އަޔާން ބުނެލި އެވެ.    “ތެދެއް ބައްޕާ” ޒެނީޝް ވެސް       އެއްބައިވިއެވެ. “އަހަރެން ނާހަމެއްނުން  ދޯ! އަޔާން އައިސް    އިތާ ކާން! ނިޝާން މަޖަލައްވެސް    ދޮގުނަހަދައްޗެ!” ކޮފީ ތަށި ދަމާލަމުން   ތެދުވެ ފައި ނާއިފް ބުނެލި އެވެ.    އޭރު ނިޝާން އާއި ޒޯޔާ އަޑިން ހީހީ    ތިބީ ލޮލަށް ފެންގިނަވެފައެވެ.

ނާއިފް އޮފީހައްދާން ނުކުންނަން   ހެދުމުން  ޒޯޔާ ނާއިފް ގެ ކޯޓް    ހިފައިގެން ނިކުތެވެ.  ޒެނީޝް އާއި   އަޔާން ރުޅިވެރި ނަޒަރު ހުއްޓުނީ     ނިޝާން އަށެވެ. މަޑުމަޑުން ތެދުވެ ތެދުވެ ހުރި ނިޝާން އަބުރާ ގޮނޑީގައި  އިށީނެވެ. “އެކްސްޕްލެއިން!” ޒެނީޝް    ލޯއަޅާލަމުން ބުނެލި އެވެ. “ކޯންޗެއް   ކިޔާދެންވީ؟” ނިޝާން ހެވިފައި     އަހާލިއެވެ.

“ކިހިނެއްް އެގުނީ ބައްޕަ      ރުޅިއައިސް އިންކަމެއް؟” އަޔާން     ހަށަން ބަދެލަމުން އަހާލިއެވެ. “ދޮންތި ކޮޓަރި ބެލްކަނި ހުންނަނީ ޝާން    މެން ކޮޓަރި ކުރިމަތީގައޭ! ޝާން     ބޭރު ބަލާލި ތަނާ ފެނުނީ!” ގޮނޑިން   ތެދުވަމުން ނިޝާން ބުނެލި އެވެ.    “އެ ހާދަންވަރު ނުނިދާ ކީއްކުރީ؟”    ޒެނީޝް ހިތް ހަމަ ނުޖެހި ފައި       އަހާލިއެވެ. “އަންހެން ކުދިންނާ     ވާހަކަ ދެއްކީ!” ޖެހިލުމެއް ނެތި    އެހެން ބުނެފައި ނިޝާން ބަދިގެއިން   ނިކުމެގެން ދިޔައެވެ. ޒެނީޝް އާއި    އަޔާން އަށް ބުނާނެ އެއްޗެއް ނޭގި ފައި ތިބެވުނެވެ.

“5 އަހަރު ދޯ!” ގަބޫލުނުކުރެވިފައި   އަޔާން އަހާލިއެވެ. “އާން 5 އަހަރު!” ދެފަރާތަށް ބޯހޫރާލަމުން  ޒެނީޝް      ބުނެލި އެވެ. “މީހަކާ ވާހަކަ ދެއްކޭނެ   އެއްޗެއް އޮތީކީވެސް ނޫނޭ!” ޒެނީޝް   ތެދުވަމުން ބުނެލި އެވެ. އަޔާންއައް   ހޭން ފެށުނެވެ.  ޒެނީޝް ފަހަތުން   ނިކުންނަން ދިޔަ އަޔާން ފޯނު     ރިނަގުވާން ފެށުމުން މަޑުކޮއްލާ    ސްކްރީން އަށް ބަލާލި އެވެ.       ގުޅަމުން ދިޔައީ ސުޒާނާއެވެ.

 

Comments (1)

  1. Yyass

    Here is the 16th part soryy for the delay again. Thank you all for supporting and being patient. I would try my best to finish this story Insha allah. Please feel free to like comment and share to all your friends. And I would be uploading short story’s too so be sure to read it too. Thank you all ly ❤️❤️

Comments are closed.