Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރަހީނު.. 13 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
July 22, 2015 8 Mins Read
25 Comments

ދެމީހަކު އެކަކު ދަމާފައި އެތަނަށް ވެއްދިއެވެ. އަދި އެތަނުގެ މެދައް ވައްޓާލުމަށްފަހު އެދެމީހުން ނިކުމެގެން ދިޔައީ އަހަރެން ދޮރުގެ ފަހަތުގައި ހުއްޓައެވެ. އެމީހުން އަހަރެން ކޮބާތޯ ބަލާވެސް ނުލައެވެ. އެމީހާ އޮތީ ހުއްޑުން ކަމުން އެމީހުން ދޮރު ޖެހުމުގެ ކުރިން އަހަރެންނަށް އެމީހާގެ މޫނު ފެނިގެން ދިޔައެވެ. “ހިލްމީ..” އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި މަޑުމަޑުން އަހަރެންނަށް ހިލްމީގެ ނަން ކިޔާލެވުނެވެ.

“ހިލްމީ” ދެވަނަ ސިކުންތުގައި އަހަރެންގެ އަޑު އެތަނުގައި ގުގުމައިގެން ދިޔައެވެ. އަވަސްކަމާއި އެކު ދިޔަ ގޮތަށް ހިލްމީ ކައިރީގައި އިށީދެލީމެވެ. “ހިލްމީ” މަޑުމަޑުން ހިލްމީއަށް ގޮވާލީމެވެ. ހިލްމީގެ ހާލަތު ފެނުމުން އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. މީހާގެ ހަށިގަނޑުގައި ހީވަނީ ޖަނަވާރެއް ވަކި އަޅާފައިވާ ހެންނެވެ. މުޅިގައިގައި ވަނީ ލޭގެ ނިޝާނަވެ. ބަނޑުގައި އެއްޗެއް ހަރާލާފައިވާ ކަހަލަ ނިޝާނެއް ހުރި ތަނަކުން ހޯސްކިޔާފައި ލޭ އަންނަމުން ދިޔައެވެ. އަހަރެން އަތުން އެތަނުގައި ބާރަށް އަތް އަޅާލީމެވެ. “ހިލްމީ” ދެވަނަ ފަހަރަށް އަހަރެން ހިލްމީއަށް ގޮވާލީމެވެ. ހިލްމީ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. “ހޭ..” އަހަރެން ހިނިތުންވުމެއް ރައްދުކޮށްލީމެވެ. “ޖައި.. ” ހިލްމީ އަހަރެންގެ އަތުގައި ހިފަހައްޓާލިއެވެ. އަދި މަޑުމަޑުން އާހް އެއްގެ އަޑު ލައްވާލިއެވެ. “އެމީހުން.. ބުނީ. ޖައި.. މަރާލިއްޔޭ” އުދަނގުލާއި އެކު ހިލްމީ ވާހަކަ ދެއްކިއެވެ. “ނޫން.. އަހަރެން މިހުރީ.. ” އަތުން ލޭ އަންނަމުން ދިޔަ ތަނަށް ބާރު ކޮށްލަމުން އަނެއްކާވެސް އަހަރެން ބުނީމެވެ. “ވަރަށް އުފާ… ވެއްޖެ.. ޖަނާން.. އާ ދިމާވީމަ..” ހިލްމީ ބުނެލިއެވެ. އަހަރެން ހިނިތުންވުމެއް ރައްދު ކޮށްލީމެވެ.

*********

މުޅިތަނުގައި ވަނީ ދުމާއި ހިރަފުހުގެ އަސަރެވެ. ފައިސަލް މަޑުމަޑުން ދެލޯ ހުޅުވާލުމަށްފަހު އަނެއްކާވެސް ދެލޯމަރާލިއެވެ. ކަންފަތް ވަނީ ބައްވެފައެވެ. އެއްވެސް އަޑެއް ނުއިވެއެވެ. “ސަރ” މީހަކު ފައިސަލްގެ އަތުގައި ހިފަމުން ގޮވާލިއެވެ. ފައިސަލް ލޯ ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ އަލިފާން ނިއްވާ މީހުންގެ ތެރެއިން މީހެކެވެ. ފައިސަލް ދެލޯ ހުޅުވާލުމާއި އެކު އެމީހާ އެތަނުގެ ތެރެއިން އެހެން މީހަކަށް ގޮވިއެވެ. ދެމީހުންގެ އެހީގައި ފައިސަލް އެތަނުން ބޭރަށް ނިކުން އިރު މުޅި ސަރަހައްދު ވަނީ ފުލުހުންނާއި ސިފައިންގެ މީހުނުން ފުރިފައެވެ. އަލިފާން ނިއްވާ ދެ އުޅަދު އޮތް އިރު ތިން އެމްބިއުލެންސް އޮތެވެ. އެމީހުން ފައިސަލް ގެންދިޔަ ގޮތަށް އޭގެން އެމްބިއުލެންސްއަކަށް އެރުވިއެވެ. ވަގުތުން އެމްބިއުލެންސް ދުއްވާލިއެވެ.

*********

“ހިލްމީ ކިހިނެއްތަ.. މިހެން ދިމާވީ” ހިލްމީ ދެލޯ ހުޅުވައިގެން އަހަރެންނާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ދާތީ އަހަރެން ސުވާލު ކުރީމެވެ. “އެމީހުން.. އަހަރެންގެ އަންހެނުން… ދަރި.. މަރާލީ.. އެމީހުން އަހަރެންގެ އުފާތަށް ނިއުޅައިގަތީ” ހިލްމީގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. “އައި އޭމް ސޯ ސޮރީ” އަހަރެންނަށް ބުނެވުނެވެ. “އަހަރެން އެމީހުންނަށް އެއްވެސް މައުލޫމާތެއް ނުދެން ހިލްމީ.. އެމީހުން އަހަރެންނަށް ފާޑެއްގެ އެއްޗެއް ދިނީ.. ޑްރަގް އެއް.. އެކަމަކު އޭގެންވެސް އެމީހުންނަށް އެހާ ގިނަ މައުލޫމާތެއް ނުހޯދުނު” އަހަރެން ވާހަކަ ދެއްކީމެވެ. “ޖަނާން.. މިއީ ޖަނާންގެ މައްސަލައެއް ނޫނޭ.. މި.. ކަމަކީ.. އެމީހުންނަށް މާ ކުރިން އެނގޭ ކަމެއް.. މި މިޝަން ފެށުމުގެ ކުރިން މިޝަން ވަނީ ކޮމްޕްރޮމައިޒް ވެފަ.. އެންމެންނަށްވެސް އެނގޭ.. ޖަނާން ނުބުނާނެކަން” ހިލްމީ ވާހަކަ ދެއްކިއެވެ. އޭރު ހިލްމީގެ ލެއިން އެތަނުގައި ކޯރު ހެދެމުން ދިޔައެވެ. އަހަރެންނަށް އެތަން ބަލާކަށް ކެތެއް ނުކުރެވުނެވެ. ވަރަށް ބާރަށް ގޮސް އެތަނުގެ ދޮރުގައި ތަޅައިގަތީމެވެ. “ހެޔޮނުވާނެ.. އަހަރެންނަށް އެހީވެދީ… ކަލޭމެން ބޭނުން އެއްޗެއް ކަލޭމެން ބޭނުން ގޮތަކަށް އަހަރެން ކިޔައިދޭނަން.. އަހަރެންގެ އެކުވެރިޔާއަށް އެހީވެދީ” އަހަރެން ހަޅޭލަވައިގަތީމެވެ. “ޖަނާން” އެވަގުތު ހިލްމީގެ ބަލި އަޑު އިވިގެން ދިޔައެވެ.

އަހަރެން އަވަސް ކަމާއި އެކު ހިލްމީ ކައިރީގައި އިށީނެވެ. “އެމީހުންނަކަށް… އަޑެއް.. ނީވޭނެ.. އެމީހުން.. ނުވެސް އަންނާނެ” ހިލްމީ އަޑު މަޑުވަމުން ދިޔަކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. “ހިލްމީ.. ލޯ ހުޅުވައިގެން އޮވޭ.. އަހަރެން ހިލްމީއަށް އެހީވަން ބޭނުން..” އަހަރެންގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. “ޖަނާން.. މިތަނުން ސަލާމަތް ވާތީ.. އަދި މި މީހުންގެ ވާހަކަ ފައިސަލްސަރ ކައިރީގައި ބުނާތި.. މި މީހުންނަށް އެހީވާ ބޮޑު ބަޔަކުވޭ.. އެމީހުން ޖަނާން މި މިޝަންއަށް އައުމުގެ ކުރިން.. ވަނީ ހުރިހާ އެއްޗެއް މި މީހުންނަށް ކިޔައިދީފަ.. ޖަނާން.. އެމީހުން ދޫނުކުރާތި ޖަނާން.. ޖަނާ…” ހިލްމީގެ އަޑު ކެޑުނެވެ. އަދި އަވަސް އަވަހަށް ނޭވާލާން ފެށިއެވެ. އަހަރެން ހިލްމީއަށް ދެފަހަރަކު ގޮވާލީމެވެ. އޭރު ހިލްމީގެ ހަށިގަނޑުވަނީ ހިމޭންވެފައެވެ. ދެލޯ ބޮޑުކޮށް ހުޅުވައިގެން އޮތް އިރު އިތުރު އެއްވެސް ހަރަކާތެއް އެހަށިގަނޑުގައި ނުވެއެވެ. އަހަރެން އަނެއްކާވެސް ހިލްމީއަށް ގޮވާލީމެވެ.

*******

ފައިސަލް ދެލޯ ހުޅުވާލަމުން ކުއްލިއަކަށް ތެދުވިއެވެ. “ހޭ… ހޭ .. ރިލެކްސް” އެތަނުގައި ހުރި ޑޮކްޓަރ ފައިސަލް އެނދުގައި ބާއްވަމުން ބުނެލިއެވެ. “ކިހިނެއްވީ” ފައިސަލް ޑޮކްޓަރާއި ދިމާލަށް ބަލާލަމުން ސުވާލު ކޮށްލިއެވެ. “އަހަރުމެންވެސް ބޭނުންވަނީ ތި ސުވާލުގެ ޖަވާބު” އެހެން މީހެއްގެ އަޑު އިވުމުން ފައިސަލް އެދިމާލަށް ބަލާލިއެވެ. އޭރު ސިފައިންގެ މީހަކާއި ޕޮލިހެއް އެތަނުގައި ހުއްޓެވެ. “އަހަންނަކީ ވަހީދު.. ” ސިފައިންގެ މީހާ ބުނެލިއެވެ. “ފައިސަލް މެން ގެއިން އަހަރުމެންނަށް ވަނީ އެންމެ މިޒަމާނުގެ ބޮމުގެ އެތިކޮޅުތަކެއް ފެނިފަ..” ވަހީދު ބުނެލިއެވެ. “ބޮމޭ.. އަނެއްކާ މީހަކަށް އަނިޔާއެއްވިތަ” ފައިސަލް ހައިރާންކަމާއި އެކު ވާހަކަ ދެއްކިއެވެ. “ތިއީ އަނިޔާއެއް ނޫންތަ..” ޕޮލިސް މީހާ ކުރިއަށް ޖެހިލަމުން ބުނެލިއެވެ. ފައިސަލް އޭނަގެ އަމިއްލ ހަށިގަނޑަށް ބަލާލިއެވެ. ފައިން ބޮޑު ބައެއްގައިވަނީ ބެންޑޭޖް އަޅާފައެވެ. ކަނާއަތުގައިވެސް ވަނީ ބެންޑޭޖް އަޅާފައެވެ. ބޮލުގައި ދެތިން ތަންކޮޅުގައި މަލަން އަޅާފައި ހުއްޓެވެ. “އިބްރާހިމްދޯ.. އިތުރު މީހަކަށް ގެއްލުމެއް ނުވޭދޯ” ޕޮލިސް މީހާގެ ޓެގް ކޮޅަށް ބަލާލަމުން ފައިސަލް ސުވާލު ކުރިއެވެ. “އާ… އިތުރު އެއްވެސް މީހަކަށް ނުވޭ.. އަނެއްކާ މޮޅު ކަމަކީ.. ފައިސަލްގެ ރޫމް އެކަނި ހަލާކުވެފަވެސް ހުރީ… ބޮން ގޮވާފައިވަނީ މައްޗަށް ވާގޮތަށް.. މުޅިތަން ހަލާކުވާ ގޮތަކަށްނޫން.. ފައިސަލްގެ ނަސީބު ރަނގަޅީ.. އެހެން ނޫންނަމަ އެހެން މީހެއްގެ ދުވަސް ނުދިޔަޔަސް ފައިސަލްގެ ދުވަސް ދިޔައީސް” ވަހީދު ބުނެލިއެވެ.

ފައިސަލް ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. “މިއީ ފައިސަލްއަށް މީހަކު އަމާޒުކޮށް ދީފައިވާ ހަމަލާއެއް.. އެއްވެސް ކަހަލ ޝައްކެއް ވާ މީހެއް ހުންނާނެތަ” އިބްރާހިމް އަހާލިއެވެ. ފައިސަލް ދެފަރާތަށް ބޯހޫރާލިއެވެ. “އޯކޭ… ކުޑަކޮށް މީހާ ހަމައަކަށް އެޅިލާ.. އަދި އަންނާނަން ފަހުން ސުވާލު ކުރަން” ވަހީދު އެހެން ބުނެލަމުން އެތަނުން ބޭރަށް ނިކުތެވެ. އިބްރާހިމް ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހު ދުރަށް ޖެހިލިތަނާ ނިހާން އާއި ރޭޝަމް އައިސް އެތަނުގައި މަޑުކޮށްލިއެވެ. “ސަރ.. މިއީ..” ރޭޝަމް ހާސްކަމާއި އެކު ވާހަކަ ދައްކިއެވެ. “އަހަރެން އޯކޭ.. މިއީ ކަމެއްނޫން..” ފައިސަލް އަވަސް ކަމާއި އެކު ބުނެލިއެވެ. “އެއްވެސް ހަބަރެއް ވެއްޖެތަ ނިހާން” ނިހާންއާއި ދިމާލަށް ބަލާލަމުން ފައިސަލް ބުނެލިއެވެ. “ނޫން.. ނުވޭ.. އެކަމަކު ސަރ.. ބޮމެއް.. ކިހިނެއް” ނިހާންވެސް ޖަވާބު ބޭނުންވާ އެތައް ސުވާލެއް ހުރުމުން ބުނެލިއެވެ. “އަހަރެންނަށް ހީވަނީ މިއީ އަހަރެން ބިރު ގަންނަވާލުމުގެ ގޮތުން މީހަކު ކުރިކަމެއްހެން.. އެކަމަކު އެގޭ އެއްޗަކީ އެއީ ކޮންމެ ބަޔަކަސް އަހަރެން މަރާލަން އެމީހުން ބޭނުން ނުވާކަން.. ” ފައިސަލް ބުނެލިއެވެ. “އަޅުގަނޑުމެން އެއީ ކޮންބައެއްކަން ހޯދާނަން.. މިހާރު ޓީމްއެއް އެބަ އުޅޭ ސިފައިންގެ ތެރެއިންވެސް.. އަޅުގަނޑަށް ހީވަނީ މިހާރު އަޅުގަނޑުމެންނަށް އެނގޭ އެއްޗެއް އެމީހުންނަށް ހިއްސާ ކުރަންވީހެން” ރޭޝަމް ބުނެލިއެވެ. “އެކަމަކު” “ސަރ.. އަޅުގަނޑަށް ހީވަނީ ރޭޝަމް އެބުނީ ތެދެއްހެން.. ކޮބާތޯ މައްސަލައަކީ..” ފައިސަލް ވާހަކަ ދައްކަން ފެށުމުން ނިހާންވެސް ރޭޝަމްއާއި އެއްބަސް ވިއެވެ. “ފައިސަލް” ތިންމީހުންވެސް ސިހިގެން ދިޔައީ ޔާސިރުގެ އަޑު އިވުމުންނެވެ.

***********

އަހަރެން އެތަށް އިރަކު ހިލްމީގެ އަތުގައި ހިފަހައްޓައިގެން އިނީމެވެ. ހިލްމީގެ ގައިން ފައިބަމުން ދިޔަ ލޭތަށް ހިކެންދެން އެހެން އިދެވުނެވެ. މަޑުމަޑުން އެހަށިގަނޑު ފިނިވަމުން ދިޔަކަން އަހަރެންނަށް އެގުނެވެ. ދެލޯ ކަރުނުން ފުރި ހުރިހާ ކަރުނަތައް އޮހިގަތީ އިތުރު ގޮތެއް ނެތީމައެވެ. އެމީހުން މި ހުރިހާ ދުވަހު އަހަރެން މަރާނުލާ އެ ހިފެހެއްޓީ މިކަމުގައިތާއެވެ. އަހަރެންގެ އެކުވެރިއަކު އަހަރެންގެ ކުރިމަތީގައި މަރާލުމުގެ ބޭނުމުގައެވެ. އެމީހުންނަށް ކުރެވޭނެ އެންމެ ފަހު ކަންތައް އެމީހުން އެކުރީއެވެ. އަހަރެން މަޑުމަޑުން ހިލްމީގެ އަތް ދޫކޮށްލީމެވެ. އަދި މަޑުމަޑުން ފަހަތަށް ގޮސް ފާރުގައި ބުރަކަށި ޖައްސާލީމެވެ. ދެފައި ގެނެސް ގަޔާއި ކަރިކޮށްލަމުން އަތުން ކަކުލުގައި އަޅުވާލީމެވެ.

********

“ކޮބާތޯ ބޭނުމަކީ.. އަޅުގަނޑު މަރުވިތޯ ޔަގީން ކުރަންތޯ ތިއައީ” ފައިސަލް ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “އަހަރެންނަށް އެނގޭ ފައިސަލް އަހަރެން ދެކެ ރުޅި އަންނާނެކަން.. އެކަމަކު ފައިސަލް.. އަހަރެންގެ ނިންމުމެއް ނޫނޭ ނާޝިދު ދޫކޮއްލުމަކީ” ޔާސިރު ވާހަކަ ދެއްކިއެވެ. “އަހަރެން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މި މަސައްކަތް ދިޔައީ ތެދިން މީހަކަށް ކިޔައިދެމުން.. އެއީ ކޮމިޝަނަރ އަށާއި އަދި ދެތިން މިނިސްޓަރަކަށް…” ޔާސިރު ވާހަކަ ދެއްކިއެވެ. “ކީއްވެތޯ މިހާރު ތި ހުރިހާ ވާހަކައެއް ތި ކިޔައިދެނީ” ނިހާން ސުވާލު ކޮށްލިއެވެ. “އަހަރެންނަށް ހީވަނީ ތި ހުރިހާ ކަމަކާއި މިކަމާއި ގުޅުން ހުރި ހެން.. ޖަނާން ގެއްލުމާއި ހިލްމީ ގެއްލުމާއި ފައިސަލްއަށް ތިގޮތަށް ހަމަލާ ދިނުމާއި.. މި ހުރިހާ ކަމެއްވަނީ ގުޅިފަހެން އަހަރެންނަށް ހީވަނީ..” ޔާސިރު ބުނެލިއެވެ. “ހިލްމީ އަހަރެންނަށް ގުޅި.. ޖަނާން ގެއްލުމާއި ގުޅިގެން.. އަހަރެން ބުނިން އަހަރެން ކޮންބަޔަކާއި ކަން ހުރިހާ ކަމެއް ހިއްސާ ކުރަމުން ދިޔައީ.. ދެން އޭގެ ފަހުން މިކޮޅަށް އައުމުގެ ކުރިން ހިލްމީ އަހަރެންނާއި ގުޅާފައި ބުނި ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ބޭނުންވެއޭ.. އެއީ މިނިސްޓަރަކާއި ބެހޭގޮތުންނޭ..، ކާކުގެ ވާހަކައެއް ކަމެއް ނޭނގެ..” ޔާސިރު ވާހަކަ ދެއްކިއެވެ. “އަހަރެންނަށް ހީވަނީ އެމީހުން ހިލްމީ ރަހީނު ކުރީ ހިލްމީއަށް އެގެން ނުޖެހޭ މައުލޫމާތެއް އެނގުނީމަހެން.. މިކަމުގައި ތި އެންމެން ކުރިއަށްދާން ބޭނުންވާ ކަމަށްވާނަމަ އިތުރު އެހީވެސް ހޯދަން ޖެހޭނެ.. އަދި އިތުރަށް ސަމާލުވާން ޖެހޭނެ.. އަހަރެން ކަލޭމެންނަށް ބޭނުންވާ މައުލޫމާތު ދޭނަން..” ޔާސިރު އޭނައަށް އެގިފައިވާ އެއްޗެހި ކިޔައިދިނެވެ.

ނިހާން ފައިސަލްއާއި ދިމާލަށް ބަލާލިއެވެ. “މައްސަލައެއް ނެތް.. ” ފައިސަލް ބޯ ޖަހާލިއެވެ. “އަޅުގަނޑު މަޑުކުރާނަން ސަރ ކައިރީގައި..” ރޭޝަމް ބުނެލިއެވެ. “އަހަރެން ކައިރީގައި މީހަކު ނެތަސް މައްސަލައެއް ނެތް.. ތިކަން ހައްލު ކުރެވޭތޯ މަސައްކަތް ކުރޭ” ފައިސަލް ބުނެލިއެވެ. “ނޫން.. ފައިސަލް ކައިރީގައި މީހަކު ހުންނަން ޖެހޭނެ… މި މީހުންނަކީ ނުރައްކާތެރި ބައެއް.. ސަމާލުވާން ޖެހޭނެ” ޔާސިރު ބުނެލިއެވެ. އިތުރަށް ފައިސަލް އެކަމާއި ދެކޮޅެއް ނަހަދައެވެ. އެހެންކަމުން ރޭޝަމް މަޑުކުރުމަށްފަހު ނިހާން ޔާސިރުއާއި އެކު ދިޔައެވެ.

**********

ޔާސިރު ނިހާންއަށް ދެތިން މިނިސްޓާރ އެއްގެ ނަން ދިނެވެ. ފައިސަލްގެ އެނދުމުގެ މަތިން ޔާސިރުގެ ހުއްދަ ލިބިގެން ވަހީދުއާއި ނިހާން ވާހަކަ ދެއްކިއެވެ. އަދި މި މިޝަންގެ ހުރިހާ އެއްޗެއް ނިހާން ކިޔައިދިނެވެ. ވަހީދުއަކީ ސިފައިންގެ ބޮޑު މީހެއްކަމުން އޭނަގެ ފަރާތުންވެސް އެހީ ލިބުނެވެ. ޖަނާން އަތުން ފެނުނު އެއްޗެހި އަލުން މުރާޖަޢާ ކޮށް އިތުރަށް އެނގޭނެ އެއްޗެއް އޮތްތޯ ބަލަމުން ދިޔައެވެ. ވަހީދު ފުރތަމަ ހިތްހަމަ ނުޖެހުނެވެ. އެހާ ބޮޑު ކަމެއް ވެގެން ދިޔައިރު އެމީހުން ސިފައިންނާއި ހިއްސާ ނުކުރުމުންނެވެ. ޖަނާންގެ މައުލޫމާތާއި ހިލްމީ އިތުރު މައުލޫމާތެއް ހޯދޭތޯ އާހިތްވަރަކާއި އެކު ނިހާން މަސައްކަތް ފެށިއެވެ.

*********

ކުއްލިއަކަށް އިވުނީ ދޮރު ހުޅުވުނު އަޑެވެ. އަހަރެން ހަމަ އެއިން ގޮތަށް އިނީމެވެ. “އޯ މައި.. މިއީ ކާކު” އިވިގެން ދިޔައީ އަހަރެން އެމީހަކަށް އެތައް އިންތިޒާރު ކުރަމުން ދިޔަ ފަރީޤް ގެ އަޑެވެ. އަހަރެންގެ ލޭ ވަގުތުން ކައްކުވާލިއެވެ. ދެލޯ މަޑުމަޑުން އަހަރެން ހުޅުވާލީމެވެ. އަދި މަޑުމަޑުން ފަރީޤް އާއި ދިމާލަށް ބަލާލީމެވެ. އޭރު އަހަރެން މަޑުމަޑުން ތުރުތުރު އަޅަމުން ދިޔައެވެ. މީހާ ރުޅިގަދަވެގެންނެވެ. ފަރީޤް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ފުއްމައިގެން ގޮސް ޖެހިގަތީ ފަރީޤްގެ ގައި މައްޗަށެވެ. އެވަރަށް ނުވިސްނާ ހުރުމުން ފަރީޤް ވެއްޓުނެވެ. އަހަރެން ބެލުމެއްނެތި ފަރީޤްގެ ގައިގައި ތަޅައިގަތިމެވެ. އޭރު އަހަރެންގެ ނަފްސު ވަނީ ކޮންޓްރޯލްއިން ނައްޓާފައެވެ. އޭނަ ކައިރީގައި ތިބި ދެމީހުން އަހަރެންގެ ގައިގައި ހިފަހައްޓާ ދުރުކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެންނަށް ލިބިފައިވަނީ ކޮންބާރެއްކަމެއްވެސް ނޭނގެއެވެ. އެދެމީހުން ފޮޅާލުމަށްފަހު އަނެއްކާވެސް ފަރީޤްއަށް ހަމަލަދީނީމެވެ. ނަމަވެސް ދެން އިތުރަށް އަހަރެންނަށް ވީގޮތެއް ނޭނގުނެވެ. މީހާގެ ގައިގައި ކަރަންޓު ޖެހުނު ކަހަލައެވެ.

އަހަރެން ދެލޯ މަޑުމަޑުން ހުޅުވާލީމެވެ. އަތް ހަރަކާތް ކޮށްލުމަށް މަސައްކަތް ކުރި ނަމަވެސް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. އެތައް ބާރކަށް ތަޅުވައިގަތީމެވެ. “ތިއުޅެނީ އަތް އަމިއްލައަށް ހަލާކު ކުރަން…” ފަރީޤްގެ އަޑަށް ބަލާލީމެވެ. އޭނަގެ މޫނުމަތިން ދެތިން ތަނެއް ފަޅައިގެން ގޮސްފައި ހުއްޓެވެ. “އަހަރެންގެ އަތް ނިކަން ނައްޓާލަބަލަ.. ހަލާކުވާނީ ކޮންތަކެއްކަން ކަލެއަށް ދައްކާލާނަން” ރުޅިވެރިކަމާއި އެކު އަހަރެން ހަޅޭލަވައިގަތިމެވެ. “ކީއްވެތަ ކަލޭ އަހަރެންނަށް ހަމަލަދިނީ” ފަރީޤް އިނގިރޭސި ބަހުން ފަރީޤް ވެސް އަހާލިއެވެ. “ކަލޭ އަހަރެންގެ އެކުވެރިޔާ މަރާލީމަ އަހަރެންގެ ކަލޭގެ ގައިގައި ފިރުމާންވީތަ.. ” އަހަރެންވެސް ރައްދު ދިނީ އިނގިރޭސި ބަހުންނެވެ. އަހަރެންގެ އަތް އިނީ ގޮޑީގައި އައްސާފައެވެ. ފައިވެސް ވަނީ ގޮޑީގައި އައްސާފައެވެ. އިތުރަށް އަހަރެންގެ ގަޔަށް ވަނީ ފާޑެއްގެ ނަރުތަކެއް ގުޅާފައެވެ. “އަހަރެން ކަލޭގެ އެކުވެރިޔާއެއް ނުމަރަން.. އަހަރެން މިތަނުގައި ނެތީސް މިތަނުގެ މީހުން ކުރިކަމެއް އެއީ.. އެހެންނޫނަސް ޖަނާންއަށް އެނގޭނެ އަހަރެން ޖަނާންއަށް އަނިޔާއެއް ނުދޭނެކަން.. އެއަށްވުރެއް އަހަރުމެން ދެމީހުން މިހާރު މާ ގާތްވާނެ” ފަރީޤް ބުނެލިއެވެ. އަހަރެން ދަތްޕިލަ ފިއްތާ ބާރު ކޮށްލީމެވެ. “ނިކަން މި އެއްޗެހި ނައްޓާލަބަލަ.. އަހަރުމެން ކިހާ ގާތްކަމެއް ދައްކާލަން” އަހަރެން ބުނީމެވެ.

“ޖަނާން އަހަރެން ޖަނާންއަށް އެއްވެސް ވަރަކަށް ގެއްލުމެއް ދޭކަށް ބޭނުމެއް ނޫން.. އެކަމަކު ތިހެން އުޅޭކަމަށް ވާނަމަ” “ވާނަމަ ކިހިނެއްވާނީ.. އަހަރެން މަރާލާނީތަ.. ކަލެއަށް ނޭނގޭ އެއްވެސް މައުލޫމާތެއް މިހާރު ނެތެއް ނުން..އަހރެން މިތަނަށް ގެންނައުމުގެ ކުރިން ކަލޭމެންނަށް ހުރިހާ މައުލޫމާތެއް ވަނީ ލިބިފަކަން އަހަރެންނަށް އެނގޭ.. އިތުރަށް އަހަރެން ދުނިޔޭގަ ބެހެއްޓުމުގެ ބޭނުމެއް ނެތެއްނުން” އަހަރެން ބުނީމެވެ. ފަރީޤް އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. “އެހެންވީމަ ހިލްމީއަށް އެގެންނުޖެހޭ މައުލޫމާތު އެގިފަތާ އެހުރީ ދޯ..” ފަރީޤް ބުނެލިއެވެ. “ކަލޭމެން އަހަރެން މިހާރު މަރާލަންޏާމު މިހާރު މަރާލާ.. އެހެން ނޫނީ އަހަރެން މިތަނުން ސަލާމަތްވެގެން ކަލޭމެން އެންމެންގެ ދުވަސް ދުއްވާލާނަން” އެހާހިސާބަށް ބުނެވުނުތަނާއި ކުއްލިއަކަށް މީހާއަށް ކަރަންޓު ޖެހުނެވެ. “އަހަރެންނަށް މާފު ކުރޭ.. މާބޮޑަށް މައުލޫމާތު އެނގުމަކީ އަހަރުމެންނަށް ހުރި ނުރައްކަލެއް” ފަރީޤް އެހެން ބުނެލި އަޑު އަހަރެންނަށް އިވުނެވެ. ދެން ވީގޮތެއް އަހަރެންނަކަށް ނޭނގުނެވެ.

*************

ނިހާންއަށް ޔާސިރު ތިން މިނިސްޓަރގެ މައުލޫމާތު ދިނެވެ. “މިތަނުން ކާކަށްތޯ ޝައްކު ކުރެވެނީ” ނިހާން ޔާސިރުގެ މޫނަށް ބަލާލިއެވެ. އެތަނުގައި ތިބީ އިސްލާމިކް މިނިސްޓަރ އާއި ހޯމް މިނިސްޓަރ އައި އެކޮނުމިކްސް މިނިސްޓަރއެވެ. “ކާކަށް މިތަނަށް ޝައްކު ކުރެވެނީ” ނިހާން ސުވާލު ކުރިއެވެ. “މީނައަށް.. ނާޝިދުގެ ހަބަރާއި އެކު އައީ މީނަ.. އަހަރެންނަށް އޭނަ ދޫކޮށްލުމަށް ޗިޓްވެސް ދިނީ މީނަ.. އެހެންވީމަ” ޔާސިރު އެތަނުން މީހަކު ދައްކާލިއެވެ. “އަޅުގަނޑު މި އެންމެންގެ ކޯލް ރިކޯޑްތައް ބޭނުންވާނެ..” ނިހާން ބުނެލިއެވެ. “ތިއީ އަހަރެންނަށް ކުރެވޭނެކަމެއް ނޫން.. ތިއީ ހުއްދައެއް ނެތި ކުރެވޭނެ ކަމެއްވެސް ނޫން” ޔާސިރު ދެކޮޅު ހެދިއެވެ. “އޯކޭ.. ތެންކްސް” ނިހާން ބުނެލިއެވެ. އަދި އަވަސް ކަމާއި އެކު އެތަނުން ބޭރަށް ނިކުތެވެ.

ބާރަށް ސައިކަލް ދުއްވާލުމަށްފަހު ނިހާން މަޑުކޮށްލީ އޭނަގެ އޮފީސް ކައިރިއަށެވެ. ސައިކަލް ޕާކްކޮށްލަމުން އެތެރެއަށޤ ވަދެގެން ދިޔައީ އައި.ޓީ.ސެކްޝަންއާއި ދިމާލަށެވެ. “އަހަރެން ވަރަށް ބޮޑު ކަމަކު ކިޔަން މިއައި” އޭނަގެ އެކުވެރިޔާ ކައިރިއަށް ހުއްޓެލަމުން ބުނެލިއެވެ. “އަހަރެން އަބަދުވެސް ބިރުގަނޭ ހާން ބޮޑު ކަމެކޭ ބުނީމަ..” ރައުޝާ ނިހާންއާއި ދިމާލަށް ބަލާލަމުން ހީލިއެވެ. “މިއީ ބޮޑު ކަމެއް.. މިކަން ފަޅާއަރައިފިނަމަ ރައުގެ ވަޒީފާވެސް ގެއްލިދާނެ.. އެކަމަކު އަހަރެން މިކަން ކުރަން ވަރަށް މުހިއްމު.. ” ނިހާން ބުނެލިއެވެ. “ހާން… އަބަދުވެސް ބޮޑެތި ކަންތަކު އަންނަ އިރު އަހަރެންގެ ވަޒީފާ ގެއްލި ދާނެކަމުގެ ބިރު ދައްކާނެ.. އަހަރެން ހިތައް އަރާ ކީއްވެބާއޭ ހާން ތިހެން ކިޔާފަ ތި އަންނަނީ” ރައުޝާ ބުނެލިއެވެ. “ލޯބިވާތީ.. ” ރައުޝާއި ކުޑަކޮށް ކައިރިވެލަމުން ނިހާން ބުނެލިއެވެ. “އަދި އޭގެ އިތުރަށް ތިއީ އަހަރެން މިތަނުގައި ހުރި އެންމެ އިތުބާރު ކުރާމީހަކީ.. ރައު ޕްލީޒް.. މިއީ ވަރަށް މުހިއްމުކަމެއް” ނިހާން ބުނެލިއެވެ. “ހޫމް ދެން ބުނެބަލަ” ތުއި ގޮތަކަށް ރައުޝާ ބުނެލިއެވެ. ނިހާން ރައުޝާ އަތަށް ނަންބަރއެއް ދިނެވެ. “ތިއީ މިނިސްޓަރ އެއްގެ ނަންބަރއެއް.. އަހަރެން ބޭނުން އޭނަގެ ހުރިހާ ކޯލް ރިކޯޑެއް.. އަދި މެސެޖެއް ކުރިއްޔާ އެކަމުގެ މައުލޫމާތުވެސް” ނިހާން ބުނެލިއެވެ. “އަސްލުވެސް ނިހާން ތިއުޅެނީ އަހަރެން މިވަޒީފާގަ ހުރީމަ އެކަމާއި ދެރަވެގެން ތަ.. ނޫނީ ތިއުޅެނީ އަމިއްލަ ވަޒީފާ ނުގެއްލިގެންތަ” ރައުޝާ ހައިރާންކަމާއި ނިހާންއާއި ދިމާލަށް ބަލާލިއެވެ. “އަހަރެންނަށް ފުލީ އަންޑަސްޓޭންޑް ވާނެ ރައު މިކަން ކުރަން ބޭނުން ނުވައްޏާމު” ނިހާން ބުނެލިއެވެ. “ނޫން.. އަހަރެން ކޮށްދޭނަން.. އަހަރެންވެސް އެހާ ލޯބި ވޭ ވިއްޔާ” ރައުޝާ ބުނެލިއެވެ. ނިހާން އެއްލޯ މަރާލަމުން އެތަނުން ބޭރަށް ނިކުތެވެ.

************

އަހަރެން ސިހިގެން ދިޔައި ބުރަކައްޓަށް ފިނިގެން ދިއުމުންނެވެ. ނަމަވެސް ދެލޯ ނުހުޅުވާ އަހަރެން އޮތީމެވެ. އެއީ ރީޝާކަން އެނގޭތީ މަޑުމަޑުން އަހަރެން އޮތީމެވެ. ރީޝާ މަޑުމަޑުން ދިޔާ އެއްޗެއް އަހަރެންގެ ބުރަކަށީގައި އުގުޅަމުން ދިޔައެވެ. މަޑުމަޑުން ރީޝާ އުގުޅަމުން އަހަރެންގެ ކަރުމައްޗަށް އެ އެއްޗެއް އޮއްސާލިއެވެ. އަހަރެން ދެލޯ ހުޅުވާލި އިރު ރީޝާ އިނީ އަހަރެންނާއި ވަރަށް ކައިރީގައެވެ. އަހަރެން ލޯ ހުޅުވާލިތަން ރީޝާއަށް ފެނުނެވެ. ދުރައްޖެހިލަން އުޅެނިކޮށް އަހަރެން ރީޝާގެ އަތުގައި ހިފެހެއްޓީމެވެ. “އަހަރެންނަށް ކަމެއް ކޮށްދީ ޕްލީޒް.. އަހަރެން ދިރިހުރި ވާހަކަ އެމީހުން ކައިރީގައި ބުނެދީ..” ރީޝާގެ އަތަށް އަހަރެންގެ ޖީބުން ގަނޑެއް ނަގައި ލައިދެމުން ވަރަށް މަޑުން ބުނީމެވެ. “އަހަރެން ކިހިނެއް” “އަހަރެން ރީޝާއަށް އިތުބާރު ކުރަން” ރީޝާގެ ޖުމްލަ މެދު ކަނޑާލަމުން އަހަރެން ބުނީމެވެ. ރީޝާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަދި އެތަނުން ދެތުވެގެން ބޭރަށް ނިކުތެވެ.

އަހަރެން މަޑުމަޑުން ތެދުވެ ހަށިގަނޑު ދަމާލެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންނަށް ހަށިފުރާނޭވާއެއް ނުލެވުނެވެ. ކުޑަކޮށް ގުދުއަޅައިގެން އަހަރެން އިރުކޮޅެއް ވަންދެން އިނީމެވެ. “ކޮބާ ކިހިނެއްވަނީ” ފަރީޤްގެ އަޑަށް އަހަރެން އިސްއުފުލާ ބަލާލީމެވެ. “އަހަރެން… މަރުނުވީމަ.. ހައިރާންވެފަ މިހުރީ” ލަސްކަމާއި އެކު އަހަރެން ވާހަކަ ދެއްކީމެވެ. “ދެރަނުވޭ.. ޖަނާން ތިހާ ބޭނުންވަންޏާމު ޖަނާންއަށް އަދި ތިކަންވެސް ކޮށްދޭނަން.. އެކަމަކު އަދި މާ އަވަސް..” ފަރީޤް ބުނެލިއެވެ. “އެގޭތަ އަހަރުމެން ރާއްޖެއަށް އަރަން ވިސްނާކަން” ފަރީޤް ވާހަކަ ދެއްކިއެވެ. “އަހަރުމެން ބޭނުންވަނީ ރާއްޖެއަށް މާރަނގަޅު ވެރިކަމެއް ގެނެސްދޭން.. އެހެންވެ އޭ އަހަރުމެން މިކަން ކުރަން މިއުޅެނީ” ފަރީޤް ވާހަކަ ދެއްކިއެވެ. “ކުރިންވެސް ބުނިހެން އަހަރެން މިހާރު ޖަނާންދެކެނީ ތިއީ އެކުވެރިއެއް ގޮތަށް.. އެހެންވީމަ ޖަނާންއަށް އެންމެ ފަހު ފުރުސަތު ދޭން ބޭނުންވޭ.. އަހަރެން ބޭނުންވަނީ ޖަނާން އަހަރުމެންގެ ގްރޫޕްއާއި ގުޅުން” ފަރީޤް ވާހަކަ ދެއްކިއެވެ. އަހަރެން ހަށިގަނޑު ދަމާލާ ނޭވާއެއް ލީމެވެ. އެވަގުތު މީހާގެ އެތެރެހަށި ހީވީ ފުޑުފުޑުވެގެން ވެރުނު ހެންނެވެ. “މިހާރު އަހަރެންނަށް ޔަގީން ވެއްޖެ ފަރީޤް ތިއީ މޮޔައެއްކަން..” އަހަރެން ރުޅިވެރިކަމާއި އެކު ބުނެލީމެވެ. “އަހަރެން ފުރާނަ ހުރިހާ ހިދަކު ކަލޭމެންނަކާއި ނުގުޅޭނަން” އަހަރެން ބުނީމެވެ. “އަހަރެން ހީކުރީ ރަނގަޅަށް ވާހަކަ ދައްކައިގެން ޖަނާންގެ ހިޔާލު ބަދަލު ވާނެ ކަމަށް.. އަޅާނުލާ.. އަހަރެން އިތުރު ފުރުސަތެއް ނުދެއޭ ޖަނާންއަކަށް ނުބުނެވޭނެ.. ދެން ވާ ގޮތަކަށް އަހަރެން ޒިންމާއެއް ނުނަގާނަން” ފަރީޤް އެހެން ބުނުމަށްފަހު އެތަނުން ބޭރަށް ނިކުތެވެ. އަހަރެން ހަމަ ހުރިގޮތަށް ހުރީއެވެ.

********

“އަހަރުމެންނަށް އެގިއްޖެ ޖަނާން ހުރި ތަނެއް” ވަހީދު އެތެރެއަށް ވަންނަމުން ނިހާންއާއި ދިމާލަށް ބުނެލިއެވެ. އުފަލާއި އެކު ނިހާން ތެދުވިއެވެ. “އޭނަ ދުނިޔޭގަ އެބަ ހުރި.. އެކަމަކު އެހާ ރަނގަޅު ހާލަތެއް ގައެއް ނޫން.. އަހަރެން ބޭނުން ތި ގްރޫޕްގެ އެންމެންނާއި ވާހަކަ ދައްކަން..” ވަހީދުގެ އަޑުގައިވަނީ ހާސްކަމެވެ. ނިހާން އަވަސް ކަމާއި އެކު ފޯނު ނަގާ ފައިސަލް އަށް ގުޅާލިއެވެ

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ

Next

ހިތް ވިންދާނުލައި… (28)

Next
July 22, 2015

ހިތް ވިންދާނުލައި… (28)

Previews
July 22, 2015

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ

25 Comments!

  1. Fantasy says:
    July 22, 2015 at 9:54 am

    kihinetha hurihaa kudin… mibaives hurihaa kudin nah kamudhaane kamah heekuran 🙂
    hurihaa kudinge comment thakah maruhaba 🙂

  2. finni says:
    July 22, 2015 at 10:03 am

    ya gud…..tanx…keepitup.

  3. luyaa says:
    July 22, 2015 at 10:03 am

    Okkkk salhi

  4. Liaa Mahdhy says:
    July 22, 2015 at 10:12 am

    Mee first.. salhi

  5. lew says:
    July 22, 2015 at 10:24 am

    V v v salhi fantasyyy… Ekm haadha hiy eba plx plx janaan ah gotheh nahadhahchey.. Dhn avahah ethanun janaan salaamai kihdhyyba. Lew v rangslhu.. Fantasy vs rangalhu dhw… Dhn kondhuvahakun up kohdhenyyy…

  6. rau says:
    July 22, 2015 at 10:29 am

    The story updat kura goi haasDha lahey….plz avaha update kodheythe

  7. smurf says:
    July 22, 2015 at 10:39 am

    v salhi
    dhen oi bai kon irakutha fantasy

  8. mary says:
    July 22, 2015 at 10:43 am

    Fake vaahaka ah bomen gonvaalinyo .moya vaahaka ah mee foohi v v

  9. lew says:
    July 22, 2015 at 10:55 am

    Fake vaahaka kiyanyyy alhe kihkuran thr… Fantasyy liyaa vaahaka v v v rythi..

  10. Fantasy says:
    July 22, 2015 at 11:10 am

    hurihaa kudinge lobi coment thakah v bodah thnks 🙂
    dhen fridayga up koh dheveytho v try kuraanan igey 🙂

  11. faai says:
    July 22, 2015 at 11:28 am

    fantasy faai vvv dgera wehje,, kyhwe hilmy maraaly???:-( bt mi part vx v rythi… anehbai konirakun?? awaskohdhehchey…. plx plx

  12. nukko says:
    July 22, 2015 at 11:52 am

    V reethi vaahaka eh…. v interesting….. waiting for the next part… 🙂

  13. Fantasy says:
    July 22, 2015 at 12:00 pm

    alhey faai.. fantasy keekurany dhoo… fareeq men group kudin kuri kamekey eiy.. fantasy v try kurin hilmy salaamith kureveytho.. faai dhera veema fantasyves dhera vaane eh nun 🙁
    thnks v bodah nukko n faai 🙂

  14. Serizawa says:
    July 22, 2015 at 12:47 pm

    ey fantasy thi thakolheh avahah up kohdheebala… dhen week aku ep eh viyya thikuranee …minooniyya kamudhaa vaahakeh neyy

  15. maahee says:
    July 22, 2015 at 1:25 pm

    V salhi. Friday kihaairaku up kureveyny?

  16. Fantasy says:
    July 22, 2015 at 2:25 pm

    maahee… ehen gadi eh bunaakah neyge.. ekam v try kuraanan fridayga up kireveytho… 🙂

  17. Smile says:
    July 22, 2015 at 3:37 pm

    Nc

  18. liu says:
    July 22, 2015 at 7:18 pm

    varah reetii…….curious to know what happen next..

  19. liu says:
    July 22, 2015 at 7:21 pm

    fantasy avahah janaan salaamay kureyyyyyyyyyyyyyyyyyyyyyyyyyy

  20. only fantasy girl. says:
    July 22, 2015 at 7:25 pm

    Islamik ministhaa dhw mi nubaihadhany fantasy……….anehbai kiyaahithun kehmadhuvy……alhe avahah up kohdhenchy……

  21. suha says:
    July 22, 2015 at 7:58 pm

    Fentase furathama mivaahaka v fuhi ekam mihar v reethi vejje.

  22. Fantasy says:
    July 23, 2015 at 11:57 am

    hurihaa kudinge lobi coment thakah v bodah thnks 🙂

  23. liu says:
    July 24, 2015 at 8:16 pm

    alhey kobaatha vaahaka………..waitinggggggggggggggggggggggggggggggggggggggggggg….fantasyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy

  24. aal says:
    July 24, 2015 at 11:05 pm

    aslu vx kobaatha story………………………. Friday ey bunyma hama beleny up kohfa inthoo,,,,,,,,,,,,,,,,,,,,,, dhn plx avas kohlabah……………………….. fantasy all r waiting………………….

  25. You says:
    August 28, 2015 at 7:02 pm

    Varah reethi vaahaka☺☺☺☺☺

Comments are closed.

Next Episodeރަހީނު… 14 ވަނަ ބައި…←


All Right Reserved!