Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ވިސްނުނީ މާލަހުން…

Elyy Level 1
June 28, 2021 One Min Read
0 Comments

ޒުކާން މިދިލިގަހެއްގައި ލެނގިލައިގެން ހުރެ ވިސްނަމުންދަނީ ވީރާނާވަމުންދާ އޭނާގެ ހަޔާތާމެދު ގައެވެ. އެވޭނީ އިހުސާސްތައް މުޅި ހަށިގަނޑުވެސް ކުރާކަހަލައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ތިމާ ދިރިހުއްޓާ މަރުގެ އިންޒާރު ވަނީ ލިބިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ ؟ ތިމާއަށް އަމިއްލައަށް އުޅެވުނު ގޮތުގެ ނަތީޖާއެވެ.

ޒުކާނަކީ ހދ. ކުޅުދުއްފުއްޓަށް އުފަން ޒުވާނެކެވެ. ރީތި އިސްކޮޅަކާއި ރޫފަވެތި، ހަށިގަނޑެއްގެ ވެރިއެކެވެ. މީހުންނަށް އަޅާލާ ހިތްހެޔޮ ކަމުގެ ނަމޫނާ އެކެވެ. އަދި ޒުކާނަކީ މީހުންނަށް ޤަދަރުވެސް  ކުރާ  ޒުވާނެކެވެ. އަމިއްލަ ދެތިން ފިހާރައެއް މާލޭގައި ހުރުމުގެ އިތުރުން ރަށުގައިވެސް އަމިއްލަ ވިޔަފާރިއެއް ހިންގާ ޒުވާނެކެވެ. މި ހުރިހައި      ރިވެތި ސިފަތަކަކާއެކުވެސް އޭނާގެ ދިރިއުޅުމުގައިވެސް ފޮރުވިފައިވާ ސިއްރުތަކެއްވެއެވެ. ނުބައި އާދަތަކެއް ހަރުލާފައި ހުއްޓެވެ.

ޒުކާނަކީ އޭނާގެ ވިޔަފާރި ދަތުރުތަކުގައި ގިނަ އަދަދަކަށް ރާއްޖެއިން ބޭރަށް ދަތުރުކޮށް އުޅޭ މީހެއްކަމުން ގިނަ ޤައުމު ތަކަކަށް އޭނާއަށް ވަނީ ދެވިފައެވެ. ރާއްޖެއިން ބޭރުވުމުން ޒުކާންގެ އުޅުން މުޅީން ބަދަލު ވެގެން ދެއެވެ. ކޮންމެ ރެޔަކު ނައިޓު ކުލަބް ތަކުގައި ރާބޮއި ހެދުމާއެކު، އެތައް އަންހެން ކުދީންނާ އެކު ފާހިޝް ޢަމަލުތައް ކުރުމުގައި ވަގުތު ހޭދަކުރެއެވެ. ނަމަވެސް ވިސްނައި ނުލެވެނީ އެޅޭ ކަތި ފިޔަވަޅުން ދިރިއުޅުން ބަދަލުވެދާނެކަމެވެ. ތިމާއަށް ލިބިދާނެ ގެއްލުމަކަށް ވިސްނައި ނުލެވެއެވެ.

ދުވަސްތައް މިގޮތައް ވޭތުވަމުން ގޮސް އެއްއަހަރު ވީފަހުން ޒުކާނަށް ބުނަން ނޭނގޭ ކަހަލަ އުނދަގޫތަކެއް ވާން ފެށިއެވެ. ބޯ އެނބުރުމާއި، ހުންއައުން އާންމު ކަމަކަށް ވިއެވެ. އެހެންވެ ޑޮކްޓަރަށް ދައްކާ ޓެސްޓު ހެދިއެވެ. ޓެސްޓުގެ ނަތީޖާ ލިބުނު ދުވަހު ޒުކާން ގެ ހިތާއި، މޭ ފުޑުފުޑު ވިއެވެ. އާއެކެވެ. އޭނާ އެޗް.އައި.ވީ އަށް ޕޮޒިޓިވް ވީއެވެ. މުޅި މީހާ ހާސްވެ ގޮތް ހުސްވިއެވެ. ފަހު ނޭވާ އައިސް ޖެހުނު ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އެތައް އަހަރެއް ވަންދެން ނިދިފައި އޮއްވައި ބިރުވެރި ހުވަފެނަކާއެކު ނިދިން ހޭލެވުނު ފަދައެވެ. އެ ހުވަފެނަކީ ހަޤީގަތެކެވެ. ދެން ބަދަލު ނުކުރެވޭނެ ހަޤީގަތެކެވެ. އޭނާ އަމިއްލަ އަށް އޭނާގެ ލެއިން އޭނާގެ ތަޤުދީރުގައި ލިޔުނު ނިމުމެކެވެ.

ޒުކާނަށް ހިޔާލުތަކުން ބޭރުވެވުނީ އަޞުރު ނަމާދުގެ ބަންގީގެ އަޑަށެވެ. ޒުކާން މިހާރު ދިރިއުޅުމުގެ ބާކީ ދުވަސްތައް ގުނަމުންދަނީ އެންމެންނާ ވަކިން އެކަހެރިކޮށެވެ. ފުރާނާގައި ނޭވާ ހިނގިއެއް ކަމަކު ދިރުމެއް ނުހުރެއެވެ. މިއަދު ޒުކާން ހިތައް އަރައެވެ. ކުރިން އެހެން ނޫޅެވުން ނަމައެވެ. ނަމަވެސް މިއަދަކު ކުރެވޭނެ ކަމެއް ނެތެވެ. ވަގުތު މިވަނީ ފާއިތުވެފައެވެ. ޒުކާނަށް ވިސްނުނީ މާލަހުންނެވެ.

( ނިމުނީ )

Share Article

Follow Me Written By

Elyy

Level 1

Other Articles

Previous

އެކުއްޖާ 2 – 40

Next

ރެދަން ފުރޭތަ – 1

Next
June 28, 2021

ރެދަން ފުރޭތަ – 1

Previews
June 27, 2021

އެކުއްޖާ 2 – 40



All Right Reserved!