ހިތްދަތި ދުވަސްތައް 10
ނައުފް ކިޔާރާއަށް ބަލަހައްޓައިގެން ހުރި ރުޅިވެރި ދެލޯ ފެނުމުން ބިރުން ފަހަތަށް ފިޔަވަޅު އަޅަން ފެށިއެވެ.”ކިޔާރާ..ޔޫ ތޯޓް އައި ވިލް ލީވް ޔޫ…ކިޔާރާ ހީކުރީ އަހަރެންގެ ޓީޝާޓް ހަޑިކޮށްލާފަ ތިހެން ދެވޭނެ ކަމައްތަ..؟..ނުދެވޭނެ..ޖަސްޓް ވެއިޓް އެންޑް ވޮޗް.”ނައުފް ކިޔާރާ ފަހަތުން ދުއްވައިގަތެވެ.
ނައުފް އައިސް ކިޔާރާ އޭނާގެ އަތްދަނޑިމައްޗަށް ލައިގެން ދުއްވައި ގަތީ އެރަށުގައި ހުންނަ ގަލުން އަޅާފައި ހުރި ފާލަމަކާއި ދިމާއަށެވެ.އެއީ ފުދޭވަރަކަށް ގިނަ ދުވަސްވެފައިވާ ތަނެއް ކަމުން އެތަން ވަނީ ވީރާނާ ވާން ފަށާފައެވެ.އެރަށުގައި އެދިމާ އަކީ ކުރީގައި ކޮނެފައި އޮތް ދިމާލެއް ކަމުން އެއީ ވަރަށް ފުންދީމާލެކެވެ.ނައުފްވެސް ފައި ނުޖެހޭނެ ކަން ގައިމެވެ.
ނައުފް އެއުޅެނީ އެތަނުން އޭނާ އެއްލައިލަންކަން އެންގުމުން އޭނާ ހަޅޭއްލަވައި ގަތެވެ.”ނައުފް އަހަރެން ނުވައްޓާލާތި އަހަރެންނަކައް ފަތާކައް ނޭނގެ..ހަމަ އަސްލަށް މިބުނީ އަހަރެންނަކައް ނޭނގެ ފަތާކައް.. ފައި ނުޖެހޭ ތަނަކު އުޅޭކަށް ނޭނގެ..”ކިޔާރާ ނައުފް ގާތުން ސަލާމަތް ވާން ގަދަހެދިއެވެ.”ހަހް..ތީ ހުސް މަކަރު.. މޫދަށް އެއްލާލަފާނެތީ ތިއުޅެނީ..ހެޔޮ ކޮންމެ އެއްޗެކޭ ކިޔަސް އެއްލާލާނަން.””ނައުފް ޕްލީސް.. އެތަނަށް ނޭއްލާލާތީ..ނޭނގެ ފަތާ….ނައޫފް..”ކިޔާރާ ވާހަކަ ދައްކަ ދައްކާ އޮށްވާ ނައުފް ކިޔާރާ މޫދައް އެއްލައިލިއެވެ.
“ނައޫފް..ނަ..އު.ފް..ނައުފް..އަ..ހަ..ރެން..ނަ”ކިޔާރާ މޫދުގައި އޮވެ ގޮވަމުން ދިޔައިރުވެސް ނައުފްގެ ހިތައް އެއްޗެކޭވެސް ނާރާނީބާއެވެ.
ނައުފް ހީކުރީ އަދިވެސް ކިޔާރާ ފަތަން ނޭނގޭކަމައް ހަދާފައި އެކްޓު ކުރަނީކަމަށެވެ.އެހެންކަމުން އޭނާ ހަމަޖެހިލާފައި ގޮސް ކިޔާރާފެންނަ ހިސާބުގައި ދޮންވެލިގަނޑުގައި އިށީނެވެ.
ކިޔާރާ ބާރައް ހަޅޭއްލުމުންވެސް ނައުފް ނައުމުން އޭނައަށް ދެން ނައުފް އެއް އޭނަ ސަލާމަތް ކުރާކަށް ނާންނާނެކަން އެނގުނެވެ.އެފަކީރު ލޮނު ބޮއެބޮއެ އެނމެފަހުން ގައިން ވަރުދޫވެ އަޑިއަށް ދާންފެށިއެވެ.ކިޔާރާއަށް ނޭވާނުލެވިގެން ތެޅެ ފޮޅެން ފެށުނެވެ.އިރުކޮޅަކުން މީހަކުއައިސް އޭނަ ގައިގާ ހިފެހެއްޓި ކަން އެނގުނެވެ.ނަމަވެސް ދެންވީނުވީއެއް ނޭނގުނެވެ.
އެއްގަމުގައި ކިޔާރާއަށް ބަލަން އިން ނައުފްއަށް ކިޔާރާގެ ހަރަކާތްތައް މަޑުވާކަން ފާހަގަވިއެވެ.އެހެންކަމުން އޭނާ ކޮޅަށް ތެދުވެ އިރުކޮޅަކު ބަލަން ހުއްޓެވެ.
އެހެން ހުއްޓައި ކިޔާރާ އަޑިއަށްދިޔުމުން ނައުފް ދުވެފައި ގޮސް ފާލަމުން ފުންމާލިއެވެ.ނައުފްއަށް ކިޔާރާ ހިފެހެއްޓުނީ ކިރިޔާއެވެ.ކިޔާރާ ހަބަރު ހުސްވެގެން އޭނަގެ އަތްދަނޑިމައްޗަށް ދެމުނެވެ.
ނައުފް ކިޔާރާ ގޮވައިގެން އެއްގަމައް އަރާފައި މިސްރާބު ޖެހީ އެހެން މީހުން ތިބި ދިމާއަށެވެ.
ހަރަކާތެއް ނެތިފައި އޮތް ކިޔާރާ ގޮވައިގެން އައި ނައުފް ފެނުމުން އެތާތިބި އެންމެން ކަހަލަގޮތަކަށް ވީ ކީއްތޯ އަހަމުން ދިޔައެވެ.
“އަދި އެންމެން އަހަނީ ވީ ކީއްތޯ ތަ..އަވަސް ކިޔާރާ ހޭ އެރުވޭތޯ ބަލާބިލަ.”
ކިޔާރާ އެހާލުގައި އޮއްވާ ވެސް އެމީހުން އެއްވެސް ކަމެއް ކުރަން ނޫޅުމުން ނައުފް ގާތައް ރުޅި އައެވެ.ނަމަވެސް ކުރާނީ ވަކި ކީއްހެއްޔެވެ.އެކަންތައް އެވީވެސް ހަމަ އޭނައާއި ހެދި އެވެ.
ބޭރުގައި އޮތް ފިލާގަނޑެއްގައި ކިޔާރާ ބާއްވާފައި ހޭއެރުވޭތޯ މަސައްކަތް ކުރަންފެށިއެވެ.
ނައުފް ކިޔާރާ ހޭ ނާރައިގެން އުޅޭވަރުން އުޝާގެ މޫނައް ވައްތަރެއް ޖައްސާލިއެވެ.އެހެންއެންމެންގެ މޫނުމަތިން ކަންބޮޑުވުން ފެންނަން ހުރިއިރު ވެސް އުޝާ ހުރީ ހަމަ ޖެހިލައިގެންނެވެ.
ވަރަށް އިރުވީފަހުން ކިޔާރާ ހޭއެރިއެވެ.
“ކިޔާރާ..އޭ ކިޔާރާ..އޯކޭތަ މިހާރު..؟”ނައުފް ކިޔާރާ އާއި ވާހަކަ ދެއްކުމުންވެސް ކިޔާރާ އަޅައެއް ނުލިއެވެ.އެހެންކަމުން އޭނަގެ ހިތުގައި ރިއްސާލިއެވެ.އެއީ ކީއްވެކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ.
އެދުވަހު އެއްކޮށް ކިޔާރާ ނައުފް އަކާ ވާހަކައެއް ނުދައްކައެވެ.އެހެންކަމުން ނައުފް ވެސް އިތުރަކަށް ކީޔާރާއާއި އެދުވަހު ވާހަކަ ދައްކާކަށް ނޫޅުނެވެ.
“ލުކް ކިޔާ..އަމް..އައި.. އައި ވޯންޓް ޓު ޓޯކް ޓު ޔޫ.”އެރޭ ބާބަކިއު ހެދުމަށް ރެޑީވަނިކޮށް ތަންކޮޅެއް ދުރުގައި އިން ކިޔާރާ ފެނުމުން ނައުފް އެދިމާއަށް ގޮސް ކިޔާރާ ގާތު އިށީނެވެ.
“އަ..އަހަ..އަހަރެން..މީ.. ނައުފް އަހަރެންނައް ކޮންވާހަކައެއް ދައްކަން ޖެހޭނީ..”ނައުފް ފެނުމުން ކިޔާރާ ބިރުން ދުރަށް ޖެހިލި އެވެ.އެތަން ފެނުމުން ނައުފް ދެރަވިއެވެ.އެކުއްޖާ މިހާރު އޭނާ ދެކެ ބިރު ގަނެއެވެ.އެވިސް ހަމަ އޭނައާއި ހެދި އެވެ.ކިޔާރާ ނައުފް އާއި ދިމާލަށް ބަލަން ހުރެފައި ދުއްވައިގަތެވެ.
ނައުފް އަލިފާން ގަނޑު ކައިރީގައި ހުރެފައި އެންމެނާ ތަންކޮޅެއް ދުރަށްޖެހިލީ ފޯނެއް އައިސްގެންނެވެ.
ނައުފް ޓެންޓް ތައް ބިއްދޮށަށް ދިޔުމުން އުޝާވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
ފޯނު ނިންމާފައި ދާން އެނބުރުނު ނައުފް ސިހުނީ އެހާ ގާތުގައި ހުރި އުޝާ ފެނުމުންނެވެ.ކުއްލިއަކަށް އުޝާ ނައުފް ގައިގާ ބައްދާލިއެވެ.”ނައުފް އައި ލަވް ޔޫ..”އުޝާ އެހެން ބުނުމުން ނައުފް ސިހިފާ އުޝާ ދުރަށް ކޮށްޕާލިއެވެ.”ނޯ އުޝާ އަހަރެން އުޝާ ދެކެނީ ހަމައެކަނި ކޮށްކޮ އެއް ގޮތައް.”ނައުފް އެހެން ބުނުމުން އުޝާ އަނެއްކާ އައިސް އޭނަގެ ގައިގާ ބައްދާލިއެވެ.ނައުފްގެ ރުޅިގަދަވިއެވެ.މީ ލަދުވެސް ނުގަންނަ މީހެކޭ އޭނަގެ ހިތައް އެރިއެވެ.
ޓެންޓް ބިއްދަށުން އުޝާގެ އަޑު އިވޭ ހެން ހީވުމުން ޓެންޓް ތެރެއިން ނުކުތް ކިޔާރާ މިސްރާބު ޖެހީ އެތަނަށެވެ.ނަމަވެސް އެތާ ނައުފް ގައިގާ ބައްދާލައިގެން ހުރި އުޝާ ފެނުމުން އޭނާ ގެ ހިތައް އަސަރުކުރި އެވެ.އޭނަ ހީކުރީ ޮއެދެމީހުން އުޅެނީ ރައްޓެހިވެގެން ކަމަށެވެ.
ނައުފްއަށް އެމީހުނާދިމައަށް ބަލަންހުރި ކިޔާރާފެނުމުން ގައިގަ ހުރިނާރެއް ލާފައި އުޝާ ކޮށްޕާލަމުން ބާރަކައް ހިނގާފައި ވަލުތެރެއަށް ވަނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

