Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަންމަ

Inaaly Level 1
July 3, 2021 2 Mins Read
0 Comments

ހަތަރުވަނަބައި

ފީނަކަށް ހެދިފައިވާ ކެޔޮގަސްތަކުގެ ކައިރީ އަލީމާ މަޑުކޮށްލިއެވެ. “ބަލަ އަހަރެން އަހަރެންގެ ދަރި އަލީމާ ކަލެޔާ ދެވީ ކަލޭގެ މުދަލުން ވަކިވަރެއް ދޭންބުނެގެންނޭ….. ކަލޭ ކީއްވެހޭ ހަނދާންނެތުނީ” އަލީމާގެ ބައްޕަގެ ދުލުން މިޖުމްލަ ނިކުތުމާއެކީ އަލީމާއަށް  އަނގަމަތީ އަތްއަޅާލެވުނެވެ. އަލީމާގެ ބައްޕަ އަލީމާ ހުމޭމްއާއި ދެވީ ހުމޭމްގެ މުދަލުން އެއްބައިދޭގޮތަށް ކަމެއް ކުރިޔަކުން އަލީމާއަކަށް ނޭނގެއެވެ. މައިންބަފައިން ދަރިން ހޯދަނީ ދަރިން ވިއްކަންހެއްޔެވެ؟ ހަމަގައިމުވެސް މިފަހަރު މިވީ އެހެންނެވެ. އަލީމާއަށް ބާރަށް ގިސްލެވެން ފެށުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އަލީމާގެ ބައްޕަ އަލީމާގެ އުފަލަަށް އެއްވަރަކަށް ވެސް ވިސްނާ ނުލިއެވެ. އަލީމާގެ ބައްޕަ ބުނާ ކޮންމެ އެއްޗަކަށް ހުމޭމް އާއި ހުމޭމްގެ މަންމަދިޔައީ ރުޅިއާއެކު ރައްދުދެމުންނެވެ. “އަހަރެން ކަލޭމަރާލާނަން…. އަހަރެންގެ ދަރިވެސް މިގެއިން ގެންދާނަން…” އަލީމާގެ ބައްޕަގެ އަޑު ދިޔައީ ބާރުވަމުންނެވެ. ” ލާހިކު…. ކަލެއަށް ކަލޭގެ ދަރިއެއްވެސް ނުގެންދެވޭނެ…. އަދި ބުނަން އަހަރެން ކަލޭގެ ދަރި އުފަލުގަ އުޅުނަކުވެސް ނުދޭނަން…. އަހަރެންގެ މުދަލުން އެއްބައި ކީއްކުރަން މިވަރު އެތިކޮޅެއްވެސް ކަލެއަށް ނުދޭނަން…” ޝަހަދަތް އިނގިލީގެ ކޮޅުގައި ބޮޑުވައި އިނގިލި ޖައްސާލަމުން ހުމޭމް ހަޅޭއްލަވައިގަތެވެ. ގިސްލެވެމުން ދިޔަ އަލީމާ އޭނާގެ އަތް އަނގަމަތީ އަޅާ ބާރުކޮށްލިއެވެ. ދެމެދުގައި ކުރެވެމުން ދިޔަ ޒުވާބު ހޫނުވަމުންދިޔައެވެ. ހުމޭމް ފަހަތަަށް އަޅާލި ފިޔަވަޅާއެކު ކެޔޮފީންކައިރީގައިހުރި އަލީމާ ފެނުމާއެކު ހަޅޭއްލަވައިގަތެވެ.

“އޭތް !! ކަލޭކޮންމެހެން ކުޅިބަލަން ނުކުމެ ހުންނާނެ ކަމެއްނެތް ވަދޭ އެތެރަށް….. ” ބަރު ފިޔަވަޅުތަކެއް ނަގަމުން އައި ހުމޭމް އަލީމާގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ބުނެލިއެވެ. ކަރުނުން ފުރިފައިވާ ދެލޮލާއެކު އަލީމާ ދުރުގައި ހުރި އޭނަގެ ބައްޕައަށް ބަލާލިއެވެ. ދަމާފައި ކަހަލަގޮތަކަށް ގޭތެރެއަށް ވެއްދި އަލީމާ ގެނެސް ކޮޓަރި ތެރެއަށް ކޮށްޕާލިއެވެ. އަލީމާގެ ފަން އިސްތަށިގަނޑު ހުމޭމް ގެ އަތަށް ނަގާ އޮޅާލަމުން ފާރާދިމާލަށް އަލީމާ ކޮށްޕާލިއެވެ. މަދު ސިކުންތު ކޮޅެއްގެތެރޭ އަލީމާގެ މޫނުގޮސް ފާރުގައި ޖެހުމާއެކު ނިތްމަތި ފަޅައިގެން ގޮސް ލޭގެ ރޮނގެއް ކުރެހިގެން ދިޔައެވެ. ” މަކަލެޔާ އިނީ މަ ފުރަތަމަ ހުށައެޅުމަށް ކަލޭ އިންކާރު ކުރީމަ މަށަށް ކަލޭ ލިބޭނެކަން އަންގާލަން… މަ ކަލޭ ބަފަޔަށް އެދުވަހު ލާރިވެސް ދިނީމޭ…ގޮތެއް ނެތީމައެއްނު ތިމާގެ ދަރި ވިއްކާލާނީ…” ވެއްޓިފައި އޮތް އަލީމާގެ ބަނޑުމައްޗަށް ފައިން އަރާ ފިއްތާލަމުން ހުމޭމް ބުނެލިއެވެ. ” މި ސުންޕާ އަންހެނާ މިގެއަށް އައިފަހުން އަހަރުމެންގެ ދިރިއުޅުން ވެސް ސުންޕާ ވެއްޖެ…” ކޮޓަރީ ދޮރުމަތީ ހުރި ހުމޭމްގެ މަންމަ ރޮއެ ގިސްލަމުން ދިޔަ އަލީމާ އަށް ބުނެލިއެވެ. އެހާދިޘާއަށް ފަހު ހަފްތާއެއް ވޭތިވެގެން ދިޔަނަމަވެސް އަލީމާގެ ލޮލުން ކަރުނަ ނުހިކެއެވެ. ހުމޭމްއާޢި ހުމޭމްގެ މަންމަ ކުރާ އަނިޔާތަކަށް ކެތްކުރަން މަސައްކަތް ކުރެވުނަސް ހިތުގައި އަޅަމުންދާ ވޭނަށް ކެތްކުރަން ކުރާނެ މަސައްކަތެއް އަލީމާ އަކަށް ނޭނގެއެވެ. ރޯފިލުވަން އުދުން މައްޗަށް އުދާފައި ހުރި ހަނޑޫތެއްޔަށް ފެންއަޅަން އިން އަލީމާއަށް ސިހިފައި ބަދިގެއިން ނުކުމެވުނީ ގޭތެރެއަށް ދުވަމުން ވަދެގެން އައި ފިރެހެނުންގެ އަޑަށެވެ.” އެކޮއެ އެކޮއެ އަލީމާ… އެކޮއެގެ ބައްޕަގެ އަތުން ހުމޭމް މަރުވެގެން އެބައުޅޭ… ގާޒީ އާ ރަށު ކަތީބު އެކޮއެގެ ބައްޕަ އަތޮޅު އޮފީހަށް ގެންދަން އެބައުޅޭ… އަވަހަށް އާދެބަލަ ދާން…” ގޭތެރެއަށް ވަދެގެން އައި ތިން ފިރެހެނުން އެކުއެކީ ވާހަަކަ ދައްކަމުން ދިޔައިރު މޫނުމަތީގައިވީ ހާސްކަމެވެ.” މިހިރަ އަންހެނާގެ ބަފާ އަހަރެންގެ ދަރިފުޅު ގަސްދުގައި މަރާލީ… އޭނައަތުން މަރުވީކީ ނޫން… ކުރިން ދުވަހުވެސް އަހަންނާ ދިމާލަށް ހުމޭމް މަރާލަނަމޭ ބުންޏޭ!… އަހަރެންގެ ދަރިފުޅުގެ މުދަލަށް ދަހިވެތިވެގެން ހަމަގަސްތުގަ ކުރިކަމެއްއެއީ… އަހަރެން އޭނަ ސަލާމަތްވިޔަކަ ނުދޭނަން… މިހިރަ އަންހެނާ އަހަރެންގެ ދަރިފުޅުގެ މޫނު ދެކިލަންވެސް އައިސްގެން ނުވާނެ… ގެއިންވެސް ނުކުމެގެން ނުވާނެ…” އެވަގުތު ގޭތެރެއިން ނުކުތް ހުމޭމްގެ މަންމަ ރޮމުން އަލީމާއާ ދިމާލަށް ހަޅެއްލަވައިގަތެވެ. މޫނުމައްޗަށް ފުސްވާން ފެށުމާއެކު އަލީމާއަށް އޭނަގެ ބޮލުގައި ހިފަހައްޓާލެވުނެވެ. ދެން ވީގޮތެއް ބުނެދޭކަން ހުދު އަލީމާއަކަށްވެސް ނޭނގުނެވެ. ހޭވެރިކަން ވީއިރު ހުމޭމްގެ ކަށުކަމާކެމީގެ ކަންތައް ގޭތެރޭގައި ކުރިޔަށް ދެއެވެ. ހުމޭމްގެ މަރަށް ނުވަ ދުވަސް ވީ ދުވަހަކީ އަނެއްކާވެސް އަލީމާޔަށް އިތުރު އިމްތިހާނަކާ ކުރިމަތިލާންޖެހުނު ދުވަހެކެވެ. ހުމޭމްގެ ދަރިޔަކަށް އަލީމާ ހައްޔަރުގައި އިނީއެވެ.

ނުނިމޭ

 

Share Article

Follow Me Written By

Inaaly

Level 1

Other Articles

Previous

ހިތްދަތި ދުވަސްތައް 17

Next

ނޭނގޭ!(16)

Next
July 3, 2021

ނޭނގޭ!(16)

Previews
July 3, 2021

ހިތްދަތި ދުވަސްތައް 17



All Right Reserved!