Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރަހީނު… 12 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
July 20, 2015 9 Mins Read
27 Comments

“އަހަރެންނަށް ކަލޭމެން ދިން ހޮސްޕިޓަލްޓީއަށް ވަރަށް ބޮޑަށް ޝިުކުރިއްޔާ.. ދިއުމުގެ ކުރިން އެއްޗެއް އަހާލަން ބޭނުންވޭ.. ކަލޭމެން އެއްވެސް މީހަކަށް ހިލްމީގެ ހާލަތެއް އެނގޭތަ” ނާޝިދު ނުލަފާ ފާޑަކަށް ހީގަންނަމުން ސުވާލު ކޮށްލިއެވެ. ފައިސަލްއާއި ނިހާންއަށް އެކަކު އަނެކަކާއި ދިމާލަށް އެވަގުތު ބަލާލެވުނެވެ.

************

“ހިލްމީގެ ހަބަރެއްވޭތޯ ބަލާބަލަ” ހާސްކަމާއި އެކު ނިހާންއާއި ދިމާލަށް ފައިސަލް ބަލާލީ ނާޝިދު އެތަނުން ނިކުމެގެން ދިޔައީމައެވެ. އަދި ބާރު ހިގުމެއްގައި އައިސް ޔާސިރު ހުރިތޯ ރޫމްއަށް ވަނެވެ. “ސަރ ހިގައްޖެ” ރޭޝަމް ބުނެލީ ފައިސަލް އައިސް އެތާގެ ތެރެ ބަލާލީމެވެ. “ސަރ.. ހިލްމީގެ ފޯނު ނިއްވާލާފަ” ނިހާން އަވަސް ކަމާއި އެކު އެތަނަށް ވަންނަމުން ބުނެލިއެވެ. “ކިހިނެއްތޯވީ” ނިހާންއާއި ފައިސަލްގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ނަގައި ގަންނާކަށް ރޭޝަމްއަކަށް އުދަގުލެއް ނުވިއެވެ. “މި ނާޝިދު ބުނި އެއްޗަކުން.. އަހަރެންނަށް ހީވަނީ ބޮޑު ކަމެއް ވާން އުޅޭހެން.. ނިހާން ދޭބަލަ ހިލްމީ ކޮބާތޯ ބަލާލަން.. ތިގޭގަ ނިދާ ވާހަކައެއް ނުން ބުނީ” ފައިސަލް ނިހާންއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ބޯ ޖަހާލަމުން އަވަސް ހަރަކާތާއި އެކު ހިލްމީ އެތަނުން ނިކުތެވެ. ފައިސަލް ރޭޝަމްއާއި ދިމާލަށް ބަލާލަމުން އަންނާށޭ ބުނުމަށްފަހު ނިކުތެވެ.

ބާރު ހިގުމެއްގައި ފައިސަލް މަޑުކޮށްލީ އައި.ޓީ ސެކްޝަންގައެވެ. “ވަރަށް އަވަހަށް މި ނަންބަރ ޓްރޭސް ކޮށްލަ ދީބަލަ” އެތަނުން ކުއްޖަކަށް ހިލްމީގެ ނަންބަރ ދެމުން ފައިސަލް ބުނެލިއެވެ. “ކޮން އެއްޗެއްތޯ އަޅުގަނޑު މި ބަލަނީ” އަވަސް ކަމާއި އެކު މަސައްކަތް ފަށަމުން އެކުއްޖާ އަހާލިއެވެ. “ތި ނަމްބަރގެ އެއްވެސް މައުލޫމާތެއް..” ފައިސަލް ބުނެލިއެވެ. “މިނަންބަރ ނިއްވާލާފަ ކަމަށް މި ދައްކަނީ… ޓްރޭސްވާނީ ހުޅުވީމަ” އެކުއްޖާ ބުނެލިއެވެ. “ބަލާދީބަލަ އެންމެ ފަހުން ތި ނަންބަރ ހުޅުވާފަ އިނީ ކިހާއިރެއްގަތޯ.. މި ބުނީ ގަޑި” ފައިސަލް ހާސްކަމާއި އެކު ބުނެލިއެވެ. “އެންމެ ފަހުން ބޭނުން ކޮށްފަ އިންކަމަށް މި ދައްކަނީ 1:30 ގަ.. ދަންވަރު.. އޭގެ ފަހުން ފޯނު ނިވިފަ މި ވަނީ” އެކުއްޖާ ބުނެލިއެވެ. އެވަގުތު ފައިސަލްގެ ފޯނު ރިންގުވާން ފެށިއެވެ. “ކީކޭ ނިހާން” ފޯނު ނަގާ ކަންފަތުގައި ޖަހަމުން ފައިސަލް ވާހަކަ ދެއްކިއެވެ. “ސަރ.. އަޅުގަނޑުގެ އެޕާޓްމެންޓަށް ހިލްމީއެއް ރޭގަ ނާދޭ.. އެޕާޓްމެންޓް ހުރީ ތަޅުލާފަ.. އޭނަގެ ކޮއްކޮއަށްވެސް ގުޅާލައިފިން.. އެކަމަކު އެގޭގަވެސް ނެތްކަމަށްވަނީ..” ނިހާންގެ އަޑު އިވިގެން ދިޔައެވެ. “އޯކޭ އާދޭ މިކޮޅަށް..” ފައިސަލް އެހެން ބުނެ ފޯނު ކަނޑާލިއެވެ.

“ބަލާލަ ދީބަލަ ފޯނު އޮންވެފަ އޮތީ ކޮންތާކު ތޯ” ފައިސަލް އެކުއްޖާ ކައިރީގައި ބުނެލިއެވެ. އެކުއްޖާ އޭނަގެ މަސައްކަތް ކުރަމުން ދިޔައެވެ. “މިއީ އެންމެ ފަހުން ފޯނު ފެންނަ ތަނަކީ” ތެދިން ސިކުންތު ތެރޭގައި އެކުއްޖާ ބުނެލިއެވެ. ފައިސަލް ކޮންޕިއުޓާރގެ ސްކްރީންނަށް ބަލާލިއެވެ. އަދި ހައިރާން ކަމާއި އެކު ރޭޝަމްއާއި ދިމާލަށް ބަލާލީއެވެ.

**********

“ކީއްކުރަންބާ ހިމްލީ އެގަޑީގައި އާސަހަރަށް ދާންވީ” ފައިސަލް އަހާލިއެވެ. “އަންހެނުންނާއި ބައްދަލު ކުރަން.. އަޅުގަނޑު މިއީ ހިލްމީނަމަ.. އެގަޑީގައި އިތުރު ކަމަކު އެތަނަކަށް ނުދާނަން..” ރޭޝަމް ބުނެލިއެވެ. “އެއްވެސް ކަހަލަ ވީޑިއޯއެއް އެބައިންތަ” ފައިސަލް އަނެއްކާވެސް އައި.ޓީ ކުއްޖާ ކައިރީގައި އަހާލިއެވެ. “ބެލިދާނެ.. އެސަހަރަ ތެރޭގައި ވީޑީއޯ ކެމެރާއެއް ނުހުރޭ.. އެކަމަކު ދޮރުމައްޗަށް ވާ ގޮތަށް ކެމެރާއެއް ބެހެއްޓިފަ އެބަ ހުރި.. މިއީ.. މީގެން މާބޮޑު އެއްޗެއް ނޭނގޭ..” އެކުއްޖާ ވީޑިއޯ އަޅުވާލަމުން ބުނެލިއެވެ. “އެގަޑީގައި ވީޑީއޯ ބަލާލަ ދީބަލަ” ރޭޝަމް ބުނެލިއެވެ. “މިއީ..” ވީޑީއޯ އަޅުވާލަމުން އެކުއްޖާ ބުނެލިއެވެ. އޭގެން ފެންނަނީ ބަޔަކު ހިލްމީ ނަގައިގަނެގެން ވޭނަށް ލާ މަންޒަރެވެ. “މައި ގޯޑް” އެކުއްޖާއަށް ބުނެވުނެވެ. “ތީގެ ތަންކޮޅެއް ކުރިއަށް އޮޅާލަބަލަ” ފައިސަލް ބުނެލިއެވެ. އެކުއްޖާ އޭގެ ތަންކޮޅެއް ކުރިއަށް އޮޅާލަމުން ވީޑިއޯ ޖައްސާލިއެވެ. އޭގެން ފެނިގެން ދަނީ ދިހަވަރަކަށް މިނެޓް ކުރިން ހިލްމީ އެތާގެ ތެރެއަށް ވަދެގެން އަންނަ މަންޒަރެވެ. އަދި ހިލްމީ ދިޔަތާ ދެތިން މިނެޓް ތެރޭގައި ވޭން އައިސް ދޮރުމައްޗަށް މަޑުކޮށްލައެވެ. އަދި އޭގެ ތެރެއިން ތިން މީހުން ފައިބައިގެން އެތެރެއަށް ވަދެގެން ދާ މަންޒަރެވެ. “އެމީހުންގެ މޫނު އެގޭތޯ ބަލާލަބަލަ” ފައިސަލް ބުނެލިއެވެ. “ނޫން ނޭނގޭ..” އޭގެން މީހަކަށް ޒޫމްކޮށްލަމުން އެކުއްޖާ ބުނެލިއެވެ. އެމީހާ ހުރީ މޫނު މަތީގައި އެއްޗެއް އަޅައިގެންނެވެ.

“އެވޭނުގެ ނަންބަރ އެގޭތޯ ބަލާބަލަ” ރޭޝަމް ބުނެލިއެވެ. “އެއްވެސް ނަންބަރއެއް ނެތް.. ” ވޭނަށް ޒޫމްކޮށްލަމުން އެކުއްޖާ ބުނެލިއެވެ. އެވަގުތު އެތަނަށް ނިހާންވެސް އައެވެ. “ތި ވޭން އިތުރު ކެމެރާއަކުން ފެނޭތޯ ބަލާބަލަ” ފައިސަލް ބުނެލިއެވެ. އެކުއްޖާ އެތައް ފިއްތަކަށް އޮބަމުން ދިޔައެވެ. “މައްސަލައެއް އުޅެނީތަ” ލަސްވަމުން ދާތީ ރޭޝަމް އަހާލިއެވެ. “ޔާ.. ދިސް އިޒް އިމް ބޮސިޕަލް” އެކުއްޖާ މަސައްކަތް ކުރަމުން ބުނެލިއެވެ. “ތިބުނީ” ފައިސަލް ކުޑަކޮށް އެކުއްޖާއާއި ކައިރިއަށް ޖެހިލިއެވެ. “އިތުރު އެއްވެސް ކެމެރާއަކުން ވޭން ފެނިފައެއް ނުވޭ.. އަޅުގަނޑު މި ބަލަނީ އެތައް ކެމެރާއެއް.. ” އެކުއްޖާ ފައިސަލްގެ މޫނަށް ބަލާލިއެވެ. “ހައު އިޒް ދެޓް ޕޮސިބަލް” ނިހާންވެސް ކުޑަކޮށް އެމީހުންނާއި ކައިރިވެލިއެވެ. “އެވާހަކަތާ އަޅުގަނޑު މި ބުނީ.. އެއީ ނުވާނެ ކަމެކޭ..” އެކުއްޖާ އަވަސްކަމާއި އެކު ބުނެލިއެވެ. “އެންމެ ގޮތެއް ވެއްޖެއްޔާ..” އެ ކުއްޖާ ކުއްލިއަކަށް ބުނެލިއެވެ. އަދި އެހެން ބުނުމަށްފަހު އަވަސްކަމާއި އެކު އިނގިލިތަށް ކީބޯޑްގައި ހަކާލިއެވެ. އަދި އެކި ގޮތްގޮތަށް މަސައްކަތް ފެށިއެވެ. “ކިހިނެއް މިހާރު ތި ވަނީ” ފައިސަލްއަށް އަހާލީ އޭނައަށް އެކުއްޖާ ކުރަމުންދާ މަސައްކަތް ނޭނގޭތީއެވެ. “ބަޔަކު އަޅުގަނޑުމެންގެ ކެމެރާތަށް ހެކްކޮށްފިއްޔާ އެހެން ވެދާނެ… އެހެންކަމުން އަޅުގަނޑު މިބަލަނީ ބަޔަކު ހެކް ކުރިތޯ.. އެކަމަކު ކުޑަ އިރުކޮޅެއް ވެދާނެ” އެކުއްޖާ އެހެން ބުނެލީ ފައިސަލްއާއި ދިމާލަށް ބަލާވެސް ނުލައެވެ. “މައްސަލައެއް ނެތް.. ވާނުވާ އަންގާތި” ފައިސަލް އެތަނުން ނިކުންނަމުން ވާހަކަ ދެއްކިއެވެ.

***********

“ފުރަތަމަ ޖަނާން.. ދެން ހިލްމީ.. ކިހިނެއްތަ މިވަނީ” ނިހާން ހާސްކަމާއި އެކު ވާހަކަ ދެއްކިއެވެ. “ކީކޭ ބުނާނީ..” ރޭޝަމް ބުނެލިއެވެ. “އަހަރެންނަށް ހީވަނީ މިހާރު ދެގޮތުން ކުރެ އެއްގޮތް ވީހެން” ފައިސަލް ގޮޑިއެއްގައި އިށީނަމުން ވާހަކަ ދެއްކިއެވެ. “ފުރަތަމަ ގޮތަކީ ޖަނާން އެމީހުންނަށް ހުރިހާ މައުލޫމާތެއް ދިނުން.. އެމީހުން ކުރަމުން ދިޔަ އަނިޔާތަކަށް ކެތް ނުވެގެން..” ފައިސަލް ނިހާންއާއި ރޭޝަމްގެ މޫނަށް ބަލާލިއެވެ. “ދެވަނަ ގޮތަކީ” ނިހާން އަހާލިއެވެ. “ދެވަނަ ގޮތަކީ ޔާސިރު އަހަރުމެންނަށް ދޯކާ ދިނުން” ފައިސަލް ބުނެލިއެވެ. “ތިއީ އަޅުގަނޑަށްވެސް ވިސްނުނު ގޮތެއް.. އެކަމަކު ސަރ.. ޔާސިރު ސަރ އަކީ މީގެ ކުރިން އަޅުގަނޑުމެންގެ ހުރިހާ ކަމަކަށް ބަރާބަރަށް އެއްބާރުލުން ދެމުން އައި މީހެއް.. މި ނާޝިދުގެ ކޭސް ފިޔަވާ.. ސަރ.. ޔާސިރުސަރ ބުނި އޭނައަށްވެސް މީގެ ކުރެވޭނެ ކަމެއް ނެތޭ” ނިހާން ޔާސިރުގެ ވާހަކަތައް ހަނދާން ކުރަމުން ބުނެލިއެވެ. “އެހެންވީމަ އޭނައާއި ވާހަކަ ދައްކަންވީ.. އޭނަ އަހަރުމެންގެ ކޭސްތައް ކޮންބަޔަކާ ތޯ ހިއްސާ ކުރަމުން ދިޔައީ… ކޮންމެ ގޮތެއްވިޔަސް ހިލްމީ ރަހީނު ކުރާނީ ކޮންމެވެސް ހިސާބަކުން ނުލިބެންޖެހޭ މައުލޫމާތެއް އެބަޔަކަށް ލިބިގެން” ފައިސަލް ބޮލުގައި ހިފަހައްޓާލަމުން ބުނެލިއެވެ.

“ސަރ..” ރޭޝަމް އަޑަށް ފައިސަލް ބަލާލިއެވެ. “އަޅުގަނޑުމެން މީގެ ކުރިން ފޭސް ކުރަންޖެހުނީ އެންމެ ފެމެލީއަކާ.. އެއީ ޖަނާންގެ.. މާދަމާ އިރު އަރާއިރަށް މިތަނުގައި ހިލްމީގެ ފެމެލީވެސް ތިބޭނެ.. ކީކޭތޯ ބުނާނީ އަޅުގަނޑުމެން” ރޭޝަމް ބުނެލިއެވެ. އާއެކެވެ.. އެއީ ފައިސަލް މީގެ ކުރިން ވިސްނާފައިވާ ކަމެއް ނޫނެކެވެ. ޖަނާންގެ ކޮއްކޮގެ ލޮލުން ފޭބި ހުރިހާ ކަރުނައެއްވެސް އަދިވެސް ފައިސަލްއަށް ފެންނަ ކަހަލައެވެ. ހިލްމީގެ ކުށެއްނެތެވެ. ކުއްވެރިއަކީ ކާކުކަން ކިތައްމެ ރަނގަޅަކަށްވެސް ފައިސަލްއަށް އެނގެއެވެ. “ކީކޭ އަހަރުމެންނަށް ބުނެވޭނީ..ތެދައް ބުނާނީ.. ބުނާނީ ބަޔަކު އޭނަ ވޭނަކަށް ލައިގެން ގެންދިޔައްޏޭ.. އެކަމަކު ދެން އިތުރަށް އެއްވެސް އެއްޗެއް ނޭނގެއޭ” ފައިސަލް ބުނެލިއެވެ. “ތިގޮތަށް ހަބަރު ގޮސްފިއްޔާމު މުޅި މީޑިއާ ގައިވެސް ތި ހަބަރު ފެތުރި ދާނެ” ނިހާން ބުނެލިއެވެ. “އައި ޑޯންޓް ކެއަރ މިހާރު އެއްވެސް ތާކު މިހަބަރު ފެތުރުނަސް” ފައިސަލް އެތަނުން ބޭރަށް ނިކުންނަމުން ބުނެލިއެވެ.

***********

“ސަރ.. އަޅުގަނޑު ހޯދަން އުޅުވުނު ވާހަކަ ބުނެލީމަ މިއައީ..” ހިލްމީ ފައިސަލްގެ ކެބިންއަށް ވަންނަމުން ބުނެލިއެވެ. “އާ އަހަރެން ހޯދަން އުޅުނިން.. އާދޭ އިށީދޭ…” ފައިސަލް ހިލްމީއާއި ދިމާލަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. ރާއްޖެއަށް ބަޔަކު ހަމަލާދޭ އުޅޭ ހަބަރު އެއްމެ ފުރަތަމަ ލިބުމާއި އެކު ފައިސަލް ބައްދަލު ކުރަން ބޭނުންވީ ހިލްމީއާއެވެ. “ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން ހިލްމީ މިގެނެވުނީ” ފައިސަލް ހިލްމީ އިށީނުމާއި އެކު ވާހަކަ ދައްކަން ފެށިއެވެ. “އަހަރުމެންނަށް ވަރަށް އެހެން ކަހަލަ ހަބަރެއް ލިބިއްޖެ.. ބަޔަކު ރާއްޖެއަށް ހަމަލަ ދޭން އުޅޭ ހަބަރު.. އެކަމަކު އެއީ ރާއްޖޭގެ ބަޔަކާއި ގުޅިގެން ކުރާ ކަމެއްގެ ގޮތުގައި ހަބަރު ލިބުނީ” ފައިސަލް ސީރިއަސް ކަމާއި އެކު ވާހަކަ ދައްކަމުން ދިޔައެވެ. “މިކަމަކީ ވަރަށް ސީރިއަސް ކަމެއް.. އެހެންކަމުން އަހަރެން މިވިސްނަނީ ވަރަށް އަވަށް ޓާސްކް ފޯސްއެއް އެކުލަވާލަން.. މި ޓާސްކް ފޯސްގައި ބޮޑު މީހެއްގެ ގޮތުގައި އަހަރެން މި ވިސްނަނީ ހިލްމީ ހަމަޖައްސަން” ފައިސަލް ބުނެލިއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ ސަރ.. އެކަމަކު އަޅުގަނޑު މި ހިތަށް އަރަނީ ތިހާ ބޮޑު ތްރެޓްއެއް ވެއްޖެއްޔާމު ކީވެހޭ އަޅުގަނޑުމެން އެމް.އެން.ޑީ.އެފްއަށް ނައަންގަންވީ.. މައުލޫމާތަކީ ސޮލިޑް މައުލޫމާތެއް ވެއްޖެނަމަ އަޅުގަނޑުމެންނަށް އެމީހުންނާއި މި ކޭސް ހަވާލު ކުރެވިދާނެ ނޫންތޯ” ހިލްމީ އަހާލިއެވެ.

“ރަނގަޅު ވާހަކައެއް.. އެކަމަކު އަދި ހަމަ މައުލޫމާތެއް ލިބުނަސް އަހަރުމެން އެމީހުންނަށް އެންގީމަ ރަނގަޅެއް ނުވާނެ.. މި މައުލޫމާތަކީ ވަރަށް އިތުބާރު ހުރި ފަރާތަކުން ދިން މައުލޫމާތެއް.. އެކަމަކު އެމީހުންނަށް އެންގުމުގެ ކުރިން އަހަރެން ބޭނުން ބޮޑަށް މިކަންތައް ބަލަން” ފައިސަލް ބުނެލިއެވެ. “އެކަމަކު ސަރ.. ތިކަހަލަ ކަންތައްތަކީ އަޅުގަނޑުމެން ކުރާ ކަމެއް ނޫނެއްނޫންތޯ.. ރާއްޖެއިން ބޭރުގެ ބަޔަކު ރާއްޖެއަށް ހަމަލަ ދޭން ވިސްނާނަމަ އެމީހުންނަށްވެސް އެގެން ޖެހޭނެ” “އަހަރުމެން އަންގާނަމޭ.. އެކަމަކު އަދި މާ އަވަސް.. މިކަމުގެ ހުރިހާ މައުލޫމާތެއް ލިބުނީމަ އަހަރެން ބޭނުންވަނީ އަންގަން.. މިކަމުގެ ތެރޭގައި އުޅޭނެ ކަމަށް ޝައްކު ކުރެވޭނެ މީހަކުވެސް ފެނިއްޖެ.. އެހެންވީމަ އަހަރެން ބޭނުންވަނީ އިތުރަށް އެމީހަށް ފާރަލާ އެމީހާގެ ޕްލޭންތައް ރަނގަޅަށް އެގެން.. އެކަމަކު މީހަކު އެތެރެއަށް ގޮސްގެން މެނުވީ އަހަރުމެންނަށް އެ ހުރިހާ އެއްޗެއް ނޭނގޭނެ” ފައިސަލް ވާހަކަ ދެއްކިއެވެ. “އެހެންވީމަ ގްރޫޕްއިން މީހަކު ފޮނުވަންވީނުންތޯ.. އަޅުގަނޑު ވާހަކަ ދައްކަންތޯ” ހިލްމީ ސުވާލު ކުރިއެވެ. “ނޫން.. ގްރޫޕްއިން މީހަކު ނެރުނީމަ ރަނގަޅެއް ނުވާނެ.. އަހަރެން ބޭނުންވަނީ މިކަމަށް އާ މީހަކު.. ހުރިހާ ގޮތަކުން ބެލިޔަސް.. ގްރޫޕް މީހެއް ވެއްޖެއްޔާމު އެމީހުންނަށް ފަހަރެއްގަ އެމީހެއްގެ މައުލޫމާތުވެސް ލިބިފަ ހުރެދާނެ…” ފައިސަލް އޭނަ ބޭނުންވާ ގޮތް ހާމަ ކުރިއެވެ. “އެކަމަކު ސަރ.. އާ މީހަކު މިކަމުގެ ތެރެއަށް ނެރޭކަމަށްވާނަމަ ހާދަ ދުވަހެއްވާނެއޭ.. ސަރ.. މިއީ ފަސޭހަ ކަމެއްނޫނޭ.. ހަމަ ބޭނުންހާ މީހަކު މިކަހަލަ ސަކަރާތް ގަނޑެއްގެ ތެރެއަކަށް ނުފޮނުވޭނެ” ހިލްމީ ވަގުތުން އެކަމާއި ދެކޮޅު ހެދިއެވެ.

“ތިއީވެސް ދޮގެއް ނޫން.. އެކަމަކު އަހަރެންނަށް ހީވަނީ މި މިޝަންއަށް އެންމެ އެކަށީގެންވަނީ އާ މޫނެއްހެން” ފައިސަލް ބުނެލިއެވެ. “އަޅުގަނޑަށް ހީވަނީ ސަރގެ މައިންޑްގަ މީހަކު އެބައިންހެން” ފައިސަލް ބުނި ގޮތުން ހިލްމީ ފާޑަކަށް ބުނެލިއެވެ. އެވަގުތު ފައިސަލް ހީލިއެވެ. އަދި މޭޒުގެ ކަބަޑު ހުޅުވާލަމުން ފައިލްއެއް ނަގާ ހިލްމީގެ ކުރިމަތީގައި ބޭއްވިއެވެ. ހިލްމީ ފައިލް ހުޅުވާ ބަލާލިއެވެ. “ޖަނާން.. މުހައްމަދު ޖަނާން.. މިއީތޯ ސަރ ގެ ޗޮއިސް އަކީ..” ހިލްމީ ހައިރާން ކަމާއި އެކު އަހާލިއެވެ. ފައިސަލް ބޯޖަހާލިއެވެ. ހިލްމީ މަޑުމަޑުން ފައިލްގެ ކަނުގައި އިން ޖަނާންގެ ފޮޓޯއަށް ބަލާލިއެވެ. “އަޅުގަނޑު ބަލާނަން މީނައާއި ބެހޭގޮތުން މައުލޫމާތު ހޯދޭތޯ.. އެކަމަކު އަޅުގަނޑަށް ހީވަނީ އަދިވެސް އެމް.އެން.ޑީ.އެފްގެ މީހުންނާއިވެސް މަޝްވަރާ ކުރަންވީހެން” ހިލްމީ އަނެއްކާވެސް ބުނެލިއެވެ. “ތިކަން ފަހުންވެސް ކުރެވިދާނެ.. ހިލްމީ ތިމީހާއާއި ބެހޭ ހުރިހާ މައުލޫމާތެއް އަހަރެންނަށް ގެނެސްދީ.. ހުރިހާ އިނގޭ” ފައިސަލް އޭނަގެ ކޮމްޕިއުޓަރ އާއި ދިމާލަށް އެބުރިލަމުން ބުނެލިއެވެ. ހިލްމީ ފައިސަލްއާއި ދިމާލަށް ބަލާލަމުން އެތަނުން ބޭރަށް ނުކުތެވެ.

********

ފައިސަލްގެ ހަނދާނަށް އައީ އެންމެ ފުރަތަމަ މިޝަންއާއި ބެހޭގޮތުން ވާހަކަ ދެއްކި ދުވަހު ހިލްމީ ބުނެފައިވާ ބަސްތަކެވެ. އާއެކެވެ. އެންމެ ފުރަތަމަވެސް މި ކަންތައްތައް ގެންދަންވި ގޮތަށް ގެންދެވުނު ނަމަ މިއަދު ޖަނާންވެސް ހިލްމީވެސް މިތަނުގައި ހުންނާނެއެވެ. ސިފައިންގެ މީހުން ކައިރީގައި މި ކަންތައް މަޝްވަރާ ކުރެވިގެން ގެންދެވުނު ނަމަ މިއަދު މިކަހަލަ ނަތީޖާއެއް ނުނިކުންނާއެވެ. ފައިސަލް އޭނަގެ ގޮޑީގައި ބުރަކަށި ޖައްސާލިއެވެ. އަދި ބޯ މަތީގައި އަތް އަޅުވާލިއެވެ.

*******

އަހަރެން ބުރަކަށި ދަމާލީމެވެ. ކުރިން ހަށިގަނޑަށް ވަމުން ދިޔަ ތަދުތައް ވަނީ މިހާރު އެއްކޮށް ކަހަލައިން ކެޑިފައެވެ. އޭރުވެސް ސިކުނޑީގައި އެބުރެމުން ދިޔައީ އެތަނުން ސަލާމަތް ވާނެ ގޮތެކެވެ. އެމީހުން އަހަރެން މިތަނުގައި ބަހައްޓައިގެން އެތައް ދުވަހެއް ވި އިރުވެސް އަހަރެން މަރާލުމަކަށް ނުވިސްނައެވެ. އެހެންކަމުން އަހަރެންނަށް އަދި ސަލާމަތް ވެވިދާނެއެވެ. މިހާރު ގައިގައި ފުދޭވަރަކަށް ބާރުވެސް ޖެހިއްޖެއެވެ. އެތަނުން ދެތިން މީހަކާއި ކުރިމަތިލިޔަސް އަހަރެން ބައްޔެއް ނުވާނެއެވެ. އޭގެ މީހެއްގެ އަތުން ހަތިޔާރެއް ލިބިއްޖެނަމަ ސަލާމަތް ވާން ފަސޭހަވާނެއެވެ. ކޮންމެ ދުވަހަކު ދެފަހަރު އެމީހުން މިތަނުގެ ދޮރު އެބަ ހުޅުފައެވެ. އޭގެން ވަގުތެއްގައި އަހަރެންނަށް ސަލާމަތް ވެވިދާނެއެވެ. އެތެރެއަށް ވަންނަ ދެމީހުންވެސް އަހަރެންނަށް ބަލި ކޮށްލެވޭނެއެވެ. ބަޑި ހިފައިގެން ހުންނަ މީހާ އަތުން ބަޑި އަތުލެވިއްޖެނަމަ.. އަހަރެންނަށް ބޭއިހްތިޔާރުގައި ހީލެވުނެވެ. ދެން އެމީހުން ކާން ގެންނަ ފަހަރުގައި ކަންތައް ކުރާނެ ގޮތް ސިކުނޑީގައި ކުރަހާލީމެވެ.

*******

“ސަރ” ނިހާން ބަލާލީ އައި.ޓީ. ކުއްޖާގެ އަަޑު އިވުމުންނެވެ. “ކޮބާ.. ކުރިއެރުމެއް ލިބިއްޖެތަ..” ނިހާން ބުނެލިއެވެ. ފައިސަލްވެސް އެތެރެއަށް ވަދެގެން އައީ އެވަގުތުއެވެ. “ބަޔަކު އަޅުގަނޑުމެންގެ ކެމެރާތަށް ހެކް ކޮށްފައިވަނީ..” އެކުއްޖާ މާޔޫސްކަމާއި އެކު ބުނެލިއެވެ. “ހުރިހާތަ” ނިހާން ހާސްކަމާއި އެކު އަހާލިއެވެ. “ނޫން.. ސަހަރަގެ ދޮރުމަތީގައި ހުރި ކެމެރާ ހެކް ކޮށްފައެއް ނުވޭ… ދެން އެނޫން ހުރިހާ ކެމެރާއެއް..” “މުޅި މަލޭގައި އެތައް ކެމެރާއެއް ބެހެއްޓިފައި ހުންނާނެ.. ކަލޭ ތިބުނަނީ ބަޔަކު އެ ހުރިހާ ކެމެރާއެއް ހެކް ކުރީއޭތަ” ފައިސަލް އެކުއްޖާއާއި ސުވާލު ކުރިއެވެ. “އާދެ.. އެހެން ނޫންނަމަ އަޅުގަނޑުމެންނަށް އެ ވޭން ކޮންމެވެސް އެއް ކެމެރާއަކުން ފެންނަން ޖެހޭނެ.. އެކަމަކު ނެތް” އެކުއްޖާ އިސްޖަހާލަމުން ބުނެލިއެވެ. “ތިއީ ވަރަށް ބޮޑު މައްސަލައެއް.. އަހަރުމެންނަށް ކީއްވެތަ މީގެ ކުރިން ނޭނގުނީ ބަޔަކު ހެކް ކުރިކަމެއް.. ކެމެރާ ރޫމްގައި ތިބޭ މީހުން ތިބެނީ އަޅެ ނިދާފަތަ” ފައިސަލް ކުއްލިއަކަށް ރުޅިގަދަވެ ހަޅޭލަވައިގަތެވެ. އެވަގުތު އެތަނުގައި ތިބި އެންމެންވެސް ސިހިގެން ދިޔައެވެ. “ސަރ.. އެކަން ކުރީ ވަރަށް މޮޅުބައެއް.. އަޅުގަނޑަށް އެއީ ކޮންބައެއްކަމެއް ނޭނގެ.. އެކަމަކު ވަރަށް މަސައްކަތުން އެއީ ކިހާ ހިސާބެއްކަން އެގިއްޖެ.. އެކަމެއް ކުރީ އިންޑިއަ އިން.. އެކަމަކު ކޮންބައެއްކަމެއް.. ކޮން ހިސާބަކުން ކަމެއް ނޭނގެ..” އެކުއްޖާގެ އަޑު މަޑުމަޑުން ތުރު ތުރު އަޅަމުން ދިޔަކަން ނިހާންއަށް ފާހަކަ ވިއެވެ.

“ކަލޭމެންނަށް ކަންތައް ނުވީމަ ކޮންމެހެން މޮޅޭ އެހެންކަމެކޭ ކިޔާނެ ކަމެއްނެތް.. ކުރަން ބުނާކަމެއް ވާކަމަކަށް ނުވޭ” ފައިސަލްގެ ރުޅި ދިޔައީ ގަދަވަމުންނެވެ. “ސަރ..” ނިހާން އައިސް ފައިސަލްގެ ކޮޑުމަތީގައި އަތް ޖައްސާލިއެވެ. އަދި އެކުއްޖާއާއި ދިމާލަށް ބަލާލިއެވެ. “އަދިވެސް މަސައްކަތް ކޮށްދީ އިތުރު ކުރި އެރުމެއް ލިބޭތޯ.. އިންޑިއަ ގެ ކޮން ހިސާބެއްގައި ތިބެގެން ކުރި ކަމެއްތޯ އެގިއްޖަނަމަ ވަރަށް ފަސޭހަވާނެ” އެކުއްޖާއާއި ދިމާލަށް ބަލާލަމުން ނިހާން ހިނިތުންވެލިއެވެ. އަވަސް ކަމާއި އެކު ބޯޖަހާލަމުން އެތަނުން އެކުއްޖާ ނިކުތެވެ. “ސަރ.. ތިގޮތަށް ރުޅި ގަދަވެގެން ކުރެވޭނެ ކަމެއް ބުނެބަލަ” ނިހާން ފައިސަލްއާއި ދިމާލަށް އެބުރުނެވެ. “ނިހާން ބުނެބަލަ އަހަރެން ރުޅި ނައިސް ކުރާނެ ކަމެއް.. އަހަރެންގެ ބެލުމުގެ ދަށުގައި ހުރި ޖަނާން ފުރަތަމަ ގެއްލުނީ.. އޭނަ ގެއްލުނުތާ މިއަދަށް ހަތަރުދުވަސް ވެގެން ދިޔައިރު އަހަރުމެންނަށް އެނގުނީ ކޮން އެއްޗެއް.. އަނެއްކޮޅުން ހިލްމީ.. އެއްވެސް އެއްޗެއް އަހަރުމެންނަކަށް ނޭނގޭ.. އެމީހުން ބޭނުން ގޮތަކަށް ގޭމް ކުޅެމުން ދާއިރު އަހަރުމެންނަށް ކުރެވުނީ ކީއް.. ބުނެބަލަ.. މިއީ ކާކުގެ ގޭމް އެއްކަން އެނގޭއިރުވެސް އަހަރުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް… އެއްވެސް ކަމެއް” ފައިސަލް ރުޅިވެރިކަމާއި އެކު ވަރަށް ބާރަށް ކައިރީގައި ކުރި މޭޒުމަތީގައި ޖެހިއެވެ. ނިހާންވެސް ކުރާނެ ކަމެއް ނެތިފައި ފައިސަލްއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

***********

ގަޑިތައް ހިގަމުން ދިޔައެވެ. މެންދުރުން އަނބުރާ ތިނެއްޖެހީވެސް ފައިސަލްމެންނަށް އެއްވެސް ކުރިއެރުމެއް ނުފެނި ތިއްބައެވެ. “ސަރ..” ރޭޝަމްގެ އަޑަށް ފައިސަލް އާއި ނިހާން ބަލާލިއެވެ. “ޔާސިރު ސަރ.. ބޭނުންވޭ އަޅުގަނޑުމެންނާއި ބައްދަލު ކުރަން” ރޭޝަމް ފޯނު ދައްކާލަމުން ބުނެލިއެވެ. “މިހާރު އޭނަ ކޮންކަމެއް ބޭނުންވަނީ” ފައިސަލް ފޫހި ކަމާއި އެކު ބުނެލިއެވެ. “ނޭނގެ.. ބުނީ ވަރަށް މުހިއްމު ކަމެއްގައޯ.. ވަރަށް އަވަހަށް އަންނާށޯ” ރޭޝަމް ބުނެލިއެވެ. ފައިސަލް ބުމަ އަރުވާލަމުން ޔާސިރުގެ ކެބިންއަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ކެބިންގެ ބޭރުގައި ޓަކި ޖަހާލަމުން ފައިސަލް ދޮރު ހުޅުވާލިއެވެ. އޭރު އެތަނުގައި ދެ ޕޮލިހުން ތިއްބެވެ. ފައިސަލްމެން ފެނުމާއި އެކު އެތަނުގައި ތިބި ޕޮލިހުން ކައިރީގައި ބޭރުގައި މަޑުކޮށްލުމަށް ޔާސިރު ބުންޏެވެ. އަދި ފައިސަލްމެން ވަދެ އިށީދުމަށް ބުނެލިއެވެ. “މިހާރު ކިހިނެއްތޯވީ” ފައިސަލް އިށީދެ ފޫހިކަމާއި އެކު އަހާލިއެވެ. “ކިހިނެއްހޭ ވީ.. ފައިސަލް ހީކުރަނީ ކީކޭ ކަމަށްތަ.. އަހަރެން އެންމެ ފުރަތަމަ ދުވަހު ތި ޓާސްކް ފޯސް އުފެއްދުމުގެ ހުއްދަ ދިނީ ހުރިހާ ކަމެއް އަހަރެންނާއި މަޝްވަރާ ކުރާ މަތިން.. ނޫންތަ” ފައިސަލް ހީކުރި ގޮތާއި ހިލާފަށް ޔާސިރު ހުރީ ހިތްހަމަނުޖެހިފައެވެ. “މިހުރިހާ ދުވަހުގައި ވީ ހުރިހާ ކަމެއް ސަރ އަށް ކިޔައިދެމުން މިއައީ.. ކޮންއެއްޗެއްތޯ ނޭނގެނީ” ފައިސަލްވެސް ހިތްހަމަނުޖެހުނެވެ. “ހިލްމީގެ ކަންތައް” ޔާސިރު އަޑު މަޑު ކޮށްލިނަމަވެސް އެއަޑުވި ރުޅިވެރިކަން އެތަނުގައި ތިބި ތިންމީހުންނަށްވެސް ފާހަގަ ވިއެވެ. “ހިލްމީ ގެއްލުނު ވާހަކަ ކީއްވެ ނުބުނީ.. ބުނެބަލަ.. ދެންމެ މިތަނުގައި ތިބި ދެމީހުންނަކީ އެ މައްސަލައިގައި އަހަރެންގެ ކައިރިއަށް އައި ދެމީހުން.. ހިލްމީގެ އާއިލާއިން ގެއްލިގެން އުޅޭ މީހެއް ގޮތުގައި ހިލްމީގެ ނަން ހުށަހަޅައިފި.. ކަލޭމެންނަށް އެނގޭ އެއްޗެއް ވެއްޖެއްޔާމު އަވަހަށް ބުނޭ” ރުޅިވެރިކަމާއި އެކު ޔާސިރު ބުނެލިއެވެ. ފައިސަލް ނިހާންއާއި ރޭޝަމްގެ މޫނަށް ބަލާލިއެވެ. އަދި ހިލްމީގެ ގެއްލުމުގެ ކުރިން ވީ ކަންތަކާއި އޭގެ ފަހުން އެމީހުންނަށް ފެނުނު ހުރިހާ އެއްޗެއް ޔާސިރުއަށް ކިޔައިދިނެވެ.

“ތިވަރުގެ ބޮޑުކަމެއް ހިނގާ ދިޔައިރު އަހަރެން ކައިރީގައި ނުބުނީ ކީއްވެ..” ޔާސިރު އަހާލިއެވެ. ” އެއީ އަޅުގަނޑު ސަރ އަށް އިތުބާރު ނުކުރާތި.. ކީއްވެކަން އެނގޭތޯ.. އެއީ ނާޝިދުގެ ކަންތައް ތަކުގައި.. ސަރ އަށް ރަނގަޅަށް އެނގޭނެ” “މިގަޑީގައި ކޮންމެހެން ތި ނާޝިދުގެ ވާހަކައެއް މިތަނުގައި ދައްކާނެ ކަމެއްނެތް.. އަހަރެން ބޭނުންވަނީ ހުރިހާ ޕޮލިހުންނެއް ނިކުމެގެން ވިޔަސް ހިލްމީ ވަގުތުން ހޯދުން..” ފައިސަލްގެ ވާހަކަ ދެއްކުން މެދު ކަނޑާލަމުން ޔާސިރު ވާހަކަ ދެއްކިއެވެ. “މި ގަޑީގައި ނާޝިދުގެ ވާހަކަ ނުދައްކާ ނެތޭ ވާކަށް..” ފައިސަލް އަޑަށް ބާރު ލަމުން ވާހަކަ ދެއްކިއެވެ. “ނާޝިދު ނިކުމެގެން ދަމުން އަޅުގަނޑުމެން ދެމީހުން ކައިރީގައި ބުނީ ހިލްމީގެ ހާލަތެއް އެނގޭހޭ.. އެ ޖުމްލައިގެ މާނައަކީ ކޮބާތޯ ސަރ..” ފައިސަލް ބުނެލިއެވެ. ޔާސިރު ފައިސަލްއާއި ދިމާލަށް ބަލާލިއެވެ.”އޭގެން ނެގޭ ފުރަތަމަ މާނައަކީ ނާޝިދުއަށް ހިލްމީ ގެއްލޭނެކަން މާކުރިންވެސް އެނގިފައި އޮތުން.. ދެވަނަ ގޮތަކީ ނާޝިދު ބަޔަކު ލައްވާ ކުރުވި ކަމަކަށްވުން.. ކޮންމެ ގޮތަކުންވިޔަސް އޭގެން އެނގެނީ ނާޝިދުއަށް ހިލްމީ އަކީ ކާކުކަން އެނގޭކަން..” ފައިސަލް ވާހަކަ ދެއްކިއެވެ. “ކީއްވެ ނާޝިދު އެކަހަލަ ކަމެއް ކުރަންވީ” ޔާސިރު އަހާލިއެވެ. “ނޭނގެ.. ސަރ ބުނެދެއްވާ.. އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުރިނަމަތާ އެކަހަލަ ސުވާލެއްވެސް އަޅުގަނޑުމެންނަށް ކުރެވޭނީ” ފައިސަލް ބުނެލިއެވެ. “ތިވާހަކަ ބާއްވާ.. ކަލޭމެންނަށް ދެވުނު ގޮތަކަށް ބޭރުގައި ތިބި ދެ ޕޮލިހުންނަށް އެއްބާރުލުން ދޭތި.. ކަލޭމެންތީ އެންމެ ފަހުން ހިލްމީ ފެނިފަ ތިބި ބަޔަކީ” ޔާސިރު އޭނަގެ ލެޕްޓޮޕާއި ދިމާލަށް އެބުރެމުން ވާހަކަ ދެއްކިއެވެ.

ފައިސަލް ކިޔަން ކިތައްމެ އެއްޗެއް ހިތަށް އަރާ ފައިބަމުން ދިޔައެވެ. ނަމަވެސް އެތަނުގެ ގޮތުންނާއި ވަގުތުގެ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެތަނުން ދެތުވިއެވެ. އަދި ބޭރަށް ނިކުމެ އެތަނުގައި ތިބި ދެޕޮލިހުންނާއި ދިމާލަށް މިސްރާބު ޖެހިއެވެ.

************

ވަގުތު ހިގަމުން ގޮސް އެދުވަސް ނިމި އަނެއް ދުވަހަށް އިރު އަރައިފިއެވެ. ފައިސަލްމެންނަށް އެއްވެސް ކުރިއެރުމެއް ނުފެނުނެވެ. ހިލްމީ ހޯދުމުގައި ގިނަ އަދަދެއްގެ ޕޮލިހުން މާލޭގެ އެކި ތަންތައް ބަލަމުން ދިޔައެވެ. ސިފައިންގެ އެހީގައި މާލެ ކައިރީގައި މޫދާއި ކަނޑުވެސް ބަލަމުން ދިޔައެވެ. ނަމަވެސް.. ހިލްމީ ފެންނާނެ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.

ފައިސަލް ވަރުބަލި ކަމާއި އެކު މޯޅިއަކަށް ދެމިލިއެވެ. “ސަރ.. ” މިމަންޒަރު ދުރުގައި އިން ނިހާންއަށް ފެނުނެވެ. “ދާންވީނުންތޯ.. ގެއަށްގޮސް ކުޑަކޮށް ރެސްޓް ކޮށްލާފައި އަންނަން.. އަޅުގަނޑާއި ރޭޝަމް މިކަންތައް ބަލާނަން” ނިހާން ބުނެލިއެވެ. ފައިސަލް ބަލާލީ ރޭޝަމްއާއި ނިހާންގެ މޫނަށެވެ. “ސަރގެ ޓަޔަރޑްނެސް އަޅުގަނޑުމެންވެސް ވަރުބަލި ކޮށްލާ އެބަ.. ކޮންމެ ގޮތެއްވިޔަސް މިކަމުގައި ކުރި އެރުމެއް ނުލިބޭ.. ތިންރޭ ވެއްޖެ ނުނިދާ ތިބޭތާ.. ސަރ ގެއަށްގޮސް ނިދާލާފަ ދުރުވޭ.. އޭގެ ފަހުން އަޅުގަނޑުމެންގެ ތެރެއިން މީހަކު ދާނީ” ރޭޝަމްވެސް ނިހާންގެ ހުށަހެޅުމަށް ތާއީދު ކުރިއެވެ. ފައިސަލް ހިނިތުންވެލިއެވެ. އޭރު ފައިސަލް އިނީ އެތަނުން ނިކުންނަށް ބޭނުންވެފައި ކަމުން އިތުރު އެއްޗެކޭ ނުބުނެ ބޭރަށް ނިކުތެވެ.

ސައިކަލަށް އަރާ މިސްރާބު ޖެހީ ފައިސަލް ދިރިއުޅޭ ކޮޓަރިއަށް ދިއުމަށެވެ. “ވެސްޓްގެ” ގޭގެ ފަސްވަނަ ބުރީގައި ފައިސަލް ދިރިއުޅެމުން ދިރިއުޅެމުން ދިޔައީ އެކަންޏެވެ. އެގެއަކީ ފަސް ބުރިއަށް ހަދާފައިވާ ގެއެކެވެ. ސައިކަލު ގެ ކައިރިއަށް މަޑުކޮށްލަމުން ފަރުވާ ކުޑަ ގޮތަކަށް ހިގަމުން ފައިސަލް ގޭތެރެއަށް ވަދެގެން ދިޔައެވެ. ލިފްޓް ލާފައި ހުރި ނަމަވެސް ލިފްޓްއަށް މަޑުނުކޮށް ސިޑިން ފައިސަލް މައްޗަށް އަރަން ފެށިއެވެ. ފަސްވަނަ ބުރިއަށް އެރުނު އިރު މީހާ ހުރީ އިތުރަށް ވަރުބަލިވެފައެވެ. ފޫހިކަމާއި އެކު ހިގާފައި ގޮސް ގޭ ދޮރަށް ތަޅުދަނޑި ޖަހާ ހުޅުވާލިއެވެ. ނަމަވެސް އެހެން ދުވަސްތަކާއި ހިލާފަ ދޮރުގައި ކުޑަ ބާރުކަމެއް ކުރިކަން ފައިސަލްއަށް އިހްސާސްވުމުން އެތެރެއަށް ނުވަދޭ ދޮރު ބޮޑަށް ހުޅުވާލިއެވެ. އެވަގުތު މީހާގެ ދެލޯ ބޮޑުވެގެން ދިޔައީ ކުރި މަތިން އެލުވާފައިވާ ފޮށިގަނޑު ފެނުމުންނެވެ. އެވަގުތު ފައިސަލް ބޭރަށް ދުއްވައިގަތެވެ. “ބޫމް” ކުއްލިއަކަށް މުޅިތަން ގޮވައިގެން ދިޔައެވެ.

*********

އަހަރެން މަޑުކޮށްގެން ހުރީ އެމީހުން ދޮރު ހުޅުވާނެ ވަގުތަކަށެވެ. ދޮރުގެ ފުރަގަހަށް ވާގޮތަށް ހުއްޓިލައިގެން ހުރީ ވަންނަ ދެމީހުންނަށް ރަނގަޅަށްވެސް ހަމަލަދޭން ތައްޔާރު ވެގެންނެވެ. އަހަރެން ގުނަމުން ދިޔަ ގޮތުން މިހާރު އެމީހުން އަންނަ ގަޑި ޖެހިއްޖެއެވެ. އެހެންކަމުން ހިތުން ސިކުންތު ކަށި ގުނަމުން ދިޔައީމެވެ. އަހަރެންގެ އިންތިޒާރު ނިމުމަކަށް އައި އަޑު އިވިގެން ދިޔައެވެ. ދޮރުގެ ދަގަނޑު ގަނޑު ނައްޓާލި އަޑު އިވިގެން ދިޔައެވެ. އަހަރެއް ތައްޔާރު ވީމެވެ. އެވަގުތު ދޮރު ހުޅުވާލިއެވެ. އަހަރެން ސިހިގެން ދިޔައީ އެވަގުތު ތިން މީހުންގެ ހިޔަނި ފެނުމުންނެވެ. ދެމީހަކު އެކަކު ދަމާފައި އެތަނަށް ވެއްދިއެވެ. އަދި އެތަނުގެ މެދައް ވައްޓާލުމަށްފަހު އެދެމީހުން ނިކުމެގެން ދިޔައީ އަހަރެން ދޮރުގެ ފަހަތުގައި ހުއްޓައެވެ. އެމީހުން އަހަރެން ކޮބާތޯ ބަލާވެސް ނުލައެވެ. އެމީހާ އޮތީ ހުއްޑުން ކަމުން އެމީހުން ދޮރު ޖެހުމުގެ ކުރިން އަހަރެންނަށް އެމީހާގެ މޫނު ފެނިގެން ދިޔައެވެ. “ހިލްމީ..” އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި މަޑުމަޑުން އަހަރެންނަށް ހިލްމީގެ ނަން ކިޔާލެވުނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

އަލްމާޝް -4

Next

ހިޖުރަ (އެއްވަނަ ބައި)

Next
July 20, 2015

ހިޖުރަ (އެއްވަނަ ބައި)

Previews
July 20, 2015

އަލްމާޝް -4

27 Comments!

  1. Fantasy says:
    July 20, 2015 at 10:02 am

    hurihaa kudin ves wait kureethee v bodah ufaa vejje.. mibaives hurihaa kudin nah kamudhaane kamah heekuran… hurihaa kudinge coment thakah ves maruhabaa 🙂

  2. shaa says:
    July 20, 2015 at 10:09 am

    Alhr fahe mi kiyey gothrh hadhaabala

  3. shahidha says:
    July 20, 2015 at 10:49 am

    Pls admin mi fornt badhalhu koh dhybalha arunenu vaahaka kiyeeny pls pls

  4. liu says:
    July 20, 2015 at 10:57 am

    Alhe haadha lahun ney thi nerynyyy…. Ekm v v v rythi mi prt vs… Next prt avahah up kohdhehchey fantasy… Plx plx plx ingey

  5. zaisha says:
    July 20, 2015 at 11:15 am

    hey fantasy can u tell me how to login. this site has changed and i cannot find the login button. plx

  6. Mal says:
    July 20, 2015 at 11:15 am

    Can’t read this stories

  7. faai says:
    July 20, 2015 at 12:03 pm

    fantasy mihaaru kihineh thi hadhany????? faai mihaaru dhera wegen gos vx waahaka kiyaahiyy nuwaa hisaabah gossa miothy… alhe heyonuwaane dhen emyhunge habaru faisal ah dhybala… efakyru vx e halaaku wany… faai vx mihaaru halaaku waawaru wehje fantasy thi hadhaa gothun… konmes hilmy and janan ah gotheh nuhadhahcheyy… i jux luv janan… next part awahah up kohdhehchey…plxxxxxxxxxxxx 🙁

  8. Fantasy says:
    July 20, 2015 at 12:11 pm

    thnks faai n liu..:)
    alhey faai fantasy ves ummeedhu kurany avahah emeehunah egeyne kamah.. ekam dhoo 🙁
    hurihaa kudin nah ves nw mi vaahaka kiyene kamah heekuran 🙂

  9. ami says:
    July 20, 2015 at 1:13 pm

    thankolheh avahah up kohdhehche please.. v intresting

  10. azoo says:
    July 20, 2015 at 1:17 pm

    when next part fantasy?

  11. Fantasy says:
    July 20, 2015 at 2:17 pm

    azoo wednesday up koh dheynan igey 🙂

  12. Azka Ikyaa says:
    July 20, 2015 at 2:29 pm

    Ikee akah neyge vamun dhaa gotheh mi haaru.. kihineh baa dhen vaanee?

  13. Nuks 'ha(nuxha) says:
    July 20, 2015 at 2:43 pm

    ey azka ikyaa e’ee full name tha ikyaa ge.. vr salhi mivaaahaka

  14. Azka Ikyaa says:
    July 20, 2015 at 2:46 pm

    yes its my full name. Azka ikyaa kuhaan… vr unicorn dw… vedhaane mom akee arabic gaumakah nisbaivaa meehakah veemakamah.. and this is not a chat room so baai

    1. Hater says:
      July 20, 2015 at 5:28 pm

      Keke unicorn lol joke name

  15. Azka Ileeyaa says:
    July 20, 2015 at 3:43 pm

    wow.. vr salhi

  16. Azka Ikyaa says:
    July 20, 2015 at 3:58 pm

    Jazaakah laah. vr ufave daily kohh up kohdheythee

    1. Hawwi says:
      July 20, 2015 at 4:23 pm

      Daily koh my foot.. Mahaku 2 faharu ves nuvey kanneynge

  17. liu says:
    July 20, 2015 at 4:06 pm

    alheyyyyyy fantasy liu kary bunymehnu dailykoh up kohdheenamey plssssssssssssssssssssssssssssssssssss fantasyyyyyyyyy…………

  18. liu says:
    July 20, 2015 at 6:28 pm

    Fantasy mithanuga 2liu ebaulhey liu me fantasy ge fb id hoodhi liu… Prt 11 in feshigen ehn liu eh vs comment kurey… Ehn bunelyy.. Me ge fahun liu name badhal kuranyyy.. Dhn liu innaanyy lew ge namuga.

  19. liu says:
    July 20, 2015 at 8:00 pm

    waitingggggggggggggggggggggggggggggggggggggggggg 4 next part

  20. Shabee says:
    July 20, 2015 at 8:53 pm

    Miadhu mee Monday dhen up kuraanee Wednesday gaa?? 🙁 haadha lahakun FANTASY?? ehaabodakah understand eh nuvey mihaaru mivaagotheh… kudakh foohivey eba mihaaru… but vaahaka kiyun huttaehnulaanan… ummeedhu kuran dhen anna bai FANTASY v reethi kh gennaane kamah… mibaivex hiyyhama jeheeyvarah dhigu its a good thing abt u…dhigu jh genesdheythee… 😛 good luck..

  21. Serizawa says:
    July 20, 2015 at 10:29 pm

    maa las … thakolheh avahah up ooh dhee… mi vaahaka mee ma emme interesting ga kiyaa vaahaka akee … fantasy plz

  22. Hana says:
    July 21, 2015 at 2:08 am

    Interesting ☺

  23. Fantasy says:
    July 21, 2015 at 10:01 am

    thnks hurihaa kudinge lobi coment thakah 🙂
    konme dhuvahaku up koh dheveny kihineh kudin ney… vaahaka liye vey varakah up kuramun midhany.. dhigu koh liyeveytho balan hurihaa faharehga ves..
    kudin kiyaa hih vaa gothah baithah genes dheveytho fantasy v try kuraanan igey 🙂
    lew fantasy ah thikan faahaga koh dhinythee v happy vejje 🙂

  24. shiyaa says:
    July 21, 2015 at 10:34 pm

    Great work fantasy.. adhi mihaa curious vaahaka eh nukiyey.. avahah up kohdheythi ingey…

  25. ivoo says:
    May 7, 2018 at 11:29 am

    mistake huri bodah faahaga kurevuny imbosible

Comments are closed.

Next Episodeރަހީނު.. 13 ވަނަ ބައި←


All Right Reserved!