Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތުން ވެވުނު ލޯބި 41

Najdha Level 210 Stories100 Login
June 11, 2021 4 Mins Read
5 Comments

*2 ހަފްތާ ފަސް *

*އެންމެންވެސް ތައްޔާރުވަމުން އައީ މާޝާ އާއި އަޒާންގެ ކައިވެންޔަށެވެ. ދެމީހުންނަށް ވެސް ކަމުދާ ކުލައަކުން މާޝްގެ ވެޑިން ޑްރެސް ފަހަން ދިނެވެ.އަޒާންގެ އެދުމުގެ މަތިން ހާނިޔާ އަށާއި ފައިހާން އަށް ވެސް ލާނެ ހެދުން ފަހަން ދިނީ މާޝާގެ ހެދުމާއި ގުޅޭ ގޮތަށެވެ. ކައިވެނީގެ ކަންތައްތައް ކުރުމުގައި އެންމެ އުސްކޮށް އުޅުނީ އިޒާން އާއި ނަތާޝާ އެވެ. ފައިހާވެސް ހޮސްޕިޓަލުން ކެނޑުނީ ޖައިލަމް އެތާނގެ ބޮޑަކަށް އުޅޭތީއެވެ. ފާރިޝް ޗުއްޓީނަގައިގެން އަޒާންގެ ކައިވެންޔަށް ކުރެވުނު ވަރަކުން އެހީވެދިނެވެ. ހާނިޔާ އަދި ފައިހާން ގޮވައިގެން އަބަދުވެސް މީޝަމް އާއި މައިޝަމް އުޅެއެވެ.

***************************************

ލިއުޝާ ހޭލިގޮތަށް ނަމާދު ކޮށްލައިގެން ރީތިވެލިއެވެ. ލީޝާ ހޭލުމުން ލީޝާ ނަގާ ފެންވަރުވާ ރީތިކޮށްލައިގެން ކުޑަ ދަބަހަށް އެއްޗެހި އަޅައިގެން ހެނދުނު ހެނދުނާ ލިއުޝާ ދިޔައީ ފުލުސް އޮފީހަށެވެ. ލިއުޝާ ފުލުސް އޮފީހަށް ވަންވަގުތު ފާރިޝް ވެސް އައިސް ވަންނަނީއެވެ. ފާރިޝްގެ ލޮކަރ ގައި ފައިހާން އަށް ގަނެފައި އޮތް ސޯޓު ކޮޅަކާއި ޓީޝާޓުކޮޅެއް ބަލައި އައި ވަގުތެވެ. ކުޑަ ކުއްޖަކު އުރާލައިގެން ހުރި ލިއުޝާ ފެނުމުން ކީއްކުރަންތޯ ސުވާލު ކުރުމުން މައްސަލައެއް ޖައްސަން ކަމުގައި ބުންޔެވެ. ޗުއްޓީ ނަގައިގެން ހުރުމުން ފާރިޝް ދިޔައީ އިތުރު ފުޅުހެއް އަތުޖެހޭތޯއެވެ. ” ސަރ” ފާރިޝް ފެނުމުން ހުޝާމް ގޮވާލިއެވެ. ” ލައްބަ ބިޒީތަ؟ ” ފާރިޝް ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ. ” އާން. ރޭގަ ފިހާރައަކުން ވައްކަން ކުރި މައްސަލައަކާއި ހަވާލުވެގެން އެކަމާ މިއުޅެނީ” ހުޝާމް މަސައްކަތައިގެން ކުރިއަށް ދިޔައެވެ. އެވަގުތު އޮފީހުގައި އުޅުނީ ހުޝާމް އެކަނި ކަމުން ލިއުޝާގެ މައްސަލަ ބެލުމަށް ފާރިޝް ހަވާލުވި އެވެ. އަކުރުން އަކުރަށް ހުރިހާ ވާހަކަ ތަކެއް ލިއުޝާ ކިޔައިދިނެވެ. އެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނުވެއްޓެއެވެ. ” ނީޝާ އަކީ ވަރަށް ގިނަ ކްރައިމް ކޮށްގެން ކުރިންވެސް ހައްޔަރު ކުރެވިފައިވާ މީހެއް. އަދި ޖަލުން ދޫކޮށްލި ފަހުން ނުވާނެ ދެމަސް ދުވަސްވެސް.” ފާރިޝް ތަފްސީލު ކޮށްދިނެވެ. ލިއުޝާ ގާތު ދެން އިތުރު ކަމެއް ޖެހިއްޖެނަމަ ގުޅާލާނަން ކަމުގައި ބުނެ ފާރިޝް މިސްރާބު ޖެހީ ގެއާއި ދިމާއަށެވެ.

” ގުޑްމޯނިން ސްވީޓްހާޓް ” މާޝާގެ ފޯނަށް އަޒާންގެ މެސެޖެއް އައެވެ. ” ގުޑްމޯނިން ހޭންޑްސަމް” މާޝާ ޖަވާބު ފޮނުވިއެވެ. މާޝާ ގެ މެސެޖެއް އާދޭ ތޯ ފޯނުން ލޯ ވަކި ކޮށްނުލާ އޮތް އަޒާންގެ ފޯނަށް މާޝާގެ މެސެޖް އައުމުން އުފަލުން ގޮސް ފޮޅުނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ހަޅޭ ލަވައިގަތެވެ. ސިޓިންރޫމުގައި ދުވެ ދުވެ ހުރި ފައިހާންގެ ކަންފަތުގައި އަޒާންގެ އަޑު ޖެހުމުން ދުވެފައި އެ ކޮޓަރީގެ ދޮރު ގައި ތަޅާލިއެވެ. އަޒާން އެނދުން ފުންމައިގެން ގޮސް ދޮރު ހުޅުވާލި އިރު އެކަކުވެސް ފެންނާކަށް ނެތެވެ. ސިހިފާ ބަލާލި ފައިހާ އެއްޗެއް ޖެހުނުހެން ހީވެގެންނެވެ. އޭރު އަޒާންގެ މޫނަށް ބަލަހައްޓައިގެން ފައިހާން ހެވިފާ ހުއްޓެވެ. ” ކުޑޭގެ ދޮންބިސްކޮޅޫ ” ފައިހާން ނަގާ ކޮލަށް ދޮނެއް ދިނެވެ. ” ކުޫކޫ ” ފައިހާން އަޒާން އަށް ގޮވާލިއެވެ. ފައިހާން ކުޑޭ ބުނެލިލެއް ލޯބި ކަމުން ފައިހާންގެ ކޮލުގައި ހިފާލިއެވެ.

އިޒާން ވަޒީފާ ނިންމާފާ ގެއަށް އައި އިރު މާޝާ އާއި ނަތާޝާ ގެ އިތުރުން ފައިހާ ހެނދުނުގެ ސައި ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅުނެވެ. އިޒާން މީހެއް މީހަކަށް ނުބަލާ ގޮސް ނަތާޝާގެ ފަހަތުން ގޮސް ބައްދާލިއެވެ. ރޮށި ފިހަން ހުރި ނަތާޝާ ދިޔައީ ސިއްސައިގެންނެވެ. ” ސާބަހޭ. މިތާ އެންމެން ތިއްބަ. ދެން ދޫކޮށްބަލަ ” ނަތާޝާ ލަދުން އޭރު އައިސް ކިއުބެއްހެން ވިރެނީއެވެ. ” ކީއްތަ ވާނީ އެމީހުންނަށް ނޭނގޭ ކަމެއް ނޫނޭނުން.” އިޒާން އިތުރަށް ނަތާޝާއާއި ކައިރި ވެލިއެވެ. ” އޭތް ކަލެމެން ރޮމޭންސް އިހަށް ބަހައްޓަން ވީނުން. ނަތާ އެއޮށް ރޮށި އަނދަނީ” މާޝާ ހެމުން ހެމުން ބުންޔެވެ. ” މި މީހުންނަށް ނޯވޭ ވަކި ތަނެއް ސާބަހޭ ދޮންބޭ ” ބަދިގެއަށް ވަދެގެން އައި އަޒާން ވެސް އިޒާން އާއި ދިމާކޮށްލިއެވެ އިޒާން އަވަހަށް ނަތާޝާގެ ގައިން ދޫކޮށްލާފައި ފެންވަރާލައިގެން އަންނާނަން ކަމުގައި ބުނެ ދިޔައެވެ. ” ވަރަށް ހަންގްރީ. ދީބަ ކާނެ އެއްޗެއް އެހެންނޫނީ ބޯނެ އެއްޗެއް.” އަޒާން ތުންދަމާލިއެވެ. “އަދި ރޮށި ނުފިހެވޭ ” މާޝާ އެހެން ބުނެފައި ދިޔައީ ސިންކު ތެރޭގައި ހުރި ތަށިތައް ދޮންނާށެވެ. ” ކުޑަ ދޮން އެކަމު ފަހަރިއަށް ބޯއެއްޗެއް…..” ފައިހާ ފެށީ ހޭށެވެ. ” ސާބަހޭ ތި އެންމެން ކުރިމަތީ އައި ވުންޓް ކި* ހާ” އަޒާން އެހެން ބުނުމުން މާޝާގެ ކޮލަށް ޖަންބު ކުލަ ވެރިވިއެވެ.

ނަތާޝާ ރޮށި ފިހެ ނިންމާލާފައި ބަނާކުރިމަހާ އެއްޗެހި ނަގާ ފިރިހެން ވެރިންނަށް ސައި ބޯން ގޮވިއެވެ. އޭރު ފާރިޝްވެސް އައިސް ވަންނަނީއެވެ. ފުން ހިޔާލެއް ގައި ހުރި ފާރިޝް ސިހުނީ އަޒާން އޭނަގެ ކޮނޑަށް އަތް ވައްޓާލުމުންނެވެ. ” ކީއްވީ ސިހުނީ” ފާރިޝް އާއި ދިމާއަށް އަޒާން ބަލާލިއެވެ. ” މަށަށް ޗުއްޓިގަވެސް މައްސަލައެއް ބަލަން ޖެހިއްޖެ” ބޮލުގާ އަތް ހިންގާލިއެވެ. ” ކާކުގެ ކޮން މައްސަލައެއް؟” އަޒާން ހުރީ އެއީ ކޮން މައްސަލައެއްތޯ ބަލާހިތުން ކެްްމަދުވެފައެވެ. ” އެއްކަލަ ނީޝާ އާއި ޖައިލަމްގެ. ލިއުޝާއާއި ކައިވެނި ކޮށްގެން ހުރެ ޖައިލަމް އެ ނީޝާ ވައްދަނީއޯ އެގެއަށް. ރޭގަ އޭނަ ކުރިމަތީގަ އޯ ނީޝާ އާއި ޖައިލަމް .. ޗީ މަ ފަކުރު ގަނޭ ކިޔައިދޭންވެސް ” އަޒާން އަށް ފާރިޝް ބުނި އެއްޗެއް އެނގުނު ޖަހަލަ އެވެ. ފިރިހެނުންނަށް ހުރި ބޮޑު ހުތުރެއްކަމުގައި ބުނެ ދެމީހުން ވަދެ ކާމޭޒު ކައިރީ އިށީނދެ ސައި ބުއިމައިގެން ކުރިއަށް ދިޔައެވެ.

މާޝާ އާއި އަޒާން ކައިވެނި ކުރަން ހަމަ ޖެހިފާ ވަނީ އަންނަ ބުދަ ދުވަހުއެވެ. ކައިވެންޏަށް ދެން އޮތީ ދެ ދުވަހެވެ. މާޝާ ބޭނުންވީ ހެދުން ހެޔޮ ވަރުކޮށްލަން ދާށެވެ. ނަމަވެސް އެއީ ކޮން ތަނެއްކަމެއް އޭނައަކަށް ނޭނގެއެވެ. ހެދުން ފަހަން ހަވާލު ކުރީ އަޒާން އެވެ. ހާނިޔާ ހޭލައިގެން ރޯން ފެށުމުން މާޝާ ކޮޓަރިއާއި ދިމާއަށް ބާރު ހިނގުމެއްގައި ދިޔައެވެ. ކޮޓަރި ދޮރު ހުޅުވާލި ވަގުތު މާޝާ މަޑުޖެހުނެވެ. ކުޑަ އެނދުގައި އޮތް ހާނިޔާ ނަގައިގެން އެނދުމަތީގައި އެއޮތީ އަޒާން އެވެ. ނަތާޝާ ފާހަނައިން ނުކުމެ އެ ދެމީހުންނަށް ބަލަން ހުއްޓެވެ. ނަތާޝާ ޝަކުވާ ކުރާ ވަރުން ނަތާޝާ އެގެއަށް އައީއެވެ. ނަތާޝާ އާއި މާޝާ އަދި ހާނިޔާ ނިދި އެއކޮޓަރިއެއް ގައެވެ. އަޒާން އާއި އަޒާން އަނެއް ކޮޓަރީގައެވެ. ” އެހެމް” ނަތާޝާ ކަރުކެހިލިއެވެ. އަޒާން ބަލާލި މާޝާ އާއި ދިމާއަށެވެ. ހާނިޔާ އަށް މާޝާ ފެނުމުން “މަންމި ދެދީ” އޭ ބުނެލިއެވެ. ހާނިޔާ ފެންވަރާ ރީތިކުރަން އުރާން އުޅުމުން ވެސް މާޝާގެ ކައިރިއަކަށް ހާނިޔާއެއް ނުދިޔައެވެ. ” މި ޑެޑިގެ ކުއްޖެކޭ ދޯ” އަޒާން ފޮނިކަނޑާލިއެވެ. “ދެދީގެ ތޮއްތި” ހާނިޔާ އެނދުމަތީގާ ފުންމަންފެށިއެވެ.

އަޒާން އެންމެ ފަހުން މާޝާއާއި ހާނިޔާ ހަވާލުކޮށްފައި ކުއްލިއަކަށް ތަނަކަށް ދާން ޖެހިގެން ދިޔައީއެވެ. އޭރުވެސް ހާނިޔާ ބޮޑާ ހާކަނީ އަޒާން ދާތީއެވެ. ބާރު ސްޕީޑް ގައި ސައިކަލް ދުއްވަމުން ގޮސް ސައިކަލު މަޑުކޮށްލީ “ރިއްފަތު” ފިހާރަ ކައިރިއަށެވެ. ހެދުން ނިމިއްޖެ ކަމުގައި ބުނެ ގުޅުމުން އަޒާން އަވަހަށް އައީއެވެ. ހެދުން ވަރަށް ފުރިހަމައެއް. ފައިހާންގެ ކުޑަ ކުޑަ ސޫޓް އާއި ހާނިޔާއަށް ފެހި ކުޑަ ކުޑަ ވެޑިން ޑްރެސް ވެސް މެއެވެ. ހެދުން ރީތި ވާހަކަ އެތަށް ފަހަރަކު ބުންޔެވެ. އަޒާންގެ ސޫޓް ނެރުނީ ރީތި ބުކޭ އެއް ފެނޭތޯ ބަލަނިކޮށްށެވެ. ސޫޓް ލައި ހެޔޮ ވަރު ވުމުން އެއްޗެއްސަށް ރުފިޔާ ދައްކާފައި ގެއަށް ދިޔައެވެ. ގެއަށް ދިޔައީ އިރު ހާނިޔާ ފައިހާން އާއި އެކު ކުޅޭ ކޮޓަރީގައި ކުޅެން އިނެވެ. މާޝާ އުޅުނީ މެންދުރަށް ކެއްކުމުގައެެވެ. އަޒާން ގޮވާލުމުން ފައިހާ ގާތު އެބައަންނަން ކަމުގައި ބުނެ ދިޔައެވެ. ހެދުން ކޮތަޅު އަޒާން މާޝާ އަށް ދިއްކޮށްލިއެވެ. އަދި ހެދުން ހެޔޮ ވަރުތޯ ބަލާލަން ލައިގެން ނުކުތުމަށް ބުންޔެވެ.

މާޝާ ހެދުން ހިފައިގެން ފާހަނައަށް ވަދެ ފަސޭހަ ކަމާއި އެކު ލިއެވެ. އެއީ ހަމަ މާޝާގެ ގައިގެ މިނަށް ފަހާފައި ހުރި ހެދުމެކެވެ. ވައް ބުރުގާ އަޅާލައިގެން ނުކުތް އިރު އެނދުމަތީގާ އަޒާން އޭނާގެ އިންތިޒާރުގައި އިނެވެ. މާޝާ ފެނުމުން އެނދުން ތެދުވެގެން ގޮސް ކައިރީގައި ހުއްޓެލިއެވެ. ” ޔޫ ލުކް ގޯޖަސް ސްވީޓްހާޓް” މާޝާގެ ކަންފަތް ދޮށުގައި އަޒާން ވައި އަޑުން ބުނެލިއެވެ. މާޝާ އަޒާން އަށް ފުރަގަސް ދީފާ ގޮސް ޑްރެސިންގް ޓޭބަލް މަތީ އޮތް އޭނާގެ ފޯނު ނަގާ އެނބުރިލި އެވެ. އެވަގުތު އަޒާން ކައިރީގާ ހުރި ކަމެއް މާޝާ އަކަށް ނޭނގެއެވެ. ފޯނުނަގާ އެނބުރު ވަގުތު މާޝާގެ ތުންފަތާއި އަޒާންގެ ތުންފަތް ޖެހުނެވެ. ބޭއިޙްތިޔާރުގައި އަޒާން އަށް އަދި މާޝާއަށް ދެލޯ މަރާ ލެވުނެވެ. އަދި އެކަކު އަނެކަކުގެ ތުންފަތަށް ބޮސްދެމުން ދިޔައެވެ. ދޮރު ހުރީ ހަމައަށް ހުޅުވާފައެވެ. އެވަގުތު ދޮރު މައްޗައް އައިސް ހުއްޓުނު ދެމަފިރިން އެކީ ” އަމައްޔާއި” އޭ ބުންޔެވެ. މާޝާ އަށާއި އަޒާން އަށް ދެލޯ ހުޅުވާ އެކަކު އަނެކަކާއި ދުރަށް ޖެހެވުނެވެ.

– ނުނިމޭ –

✨ Amyra ✨

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Najdha

Level 210 Stories100 Login

Other Articles

Previous

ލޯބި_14

Next

އަބަދުވެސް…17

Next
June 11, 2021

އަބަދުވެސް…17

Previews
June 11, 2021

ލޯބި_14

5 Comments!

  1. Rainberry says:
    June 11, 2021 at 9:24 pm

    Hehe. It’s funny. The last paragraph. Good luck. Love it ❤️?

    1. HANIYA says:
      June 12, 2021 at 10:09 am

      Hehe ikr.. Thank u Rainberry ♥️✨

    2. Naju / Amy says:
      June 12, 2021 at 10:13 am

      By mistake I replied Rainberry comment from the account I use now ” HANIYA ” I’ll be uploading my next story to that account
      Thank you Rainberry

  2. Ra Na says:
    June 11, 2021 at 9:50 pm

    Vrh vrh vrh reethi this story was perfect??

    1. Naju / Amy says:
      June 12, 2021 at 10:14 am

      Thank you Ra Na ♥️✨

Comments are closed.

Next Episodeނަފްރަތުން ވެވުނު ލޯބި 42←


All Right Reserved!