Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒީޝާ (ދެވަނަ ބައި)

Hannah Level 110 Stories
July 19, 2015 2 Mins Read
16 Comments

“ދަރިފުޅާ ޒީޝާ ދޭބަލަ ފިހާހަރައަށް ގޮސް ހަވާދު ޕެކެޓެއް ގަނެގެން އަންނަން” ޒީޝާ ސިހުނީ ނާހިދާ ވާހަކަ ދެއްކުމުންނެވެ.

އިސްތަށިގަނޑު  ރީތި ކޮށްލުމަށްފަހު ޒީޝާ ފިހާރައަށް ދިޔައެވެ. “އޭ ޒީޝާ” ފިހާރަތެރެއަށް ވަންނަ އުޅުނު ޒީޝާ މަޑު ކޮށްލީ މީހަކު ގޮވާލުމުންނެވެ. އޭރު އޭނަ ހުރި ދިމާލަށް މީހަކު އަންނަތަން ފެނެއެވެ. “ޒައިން… ކޮންއިރަކު މާލެ އައިސްގެން ތިއުޅެނީ.. ހާދަ ތަފާާތޭ މިހާރު” ޒައިން އައިސް ޒީޝާގެ ކުރިމައްޗަށް ހުއްޓުމުން ހައިރާންވެފައިހުރެ ޒީޝާ ބުންޏެވެ. “ތަފާތުވާނުން. ދެއަހަރު މިވަނީ ދެމީހުން ދިމާނުވާތާ. މަންމަ ބަލިވެގެން ޑޮކްޓަރަށް ދައްކާލަން އައިސްގެން މިއުޅެނީ. ޒީ ކޯއްޗެއް ގަންނަން ފިހާރައަށް ތިއައީ” ޒައިން އަހާލިއެވެ. “މަންމަ ބުނެގެން ހަވާދު ޕެކެޓެއް ގަންނަން އައިސް. ޒޭންގެ މަންމައަށް ކިހިނެއްވީ” ދެމީހުން އެއްކޮށް ފިހާރައަށް ވަންނަމުން ޒީޝާ ސުވާލުކޮށްލިއެވެ. “މަންމަ މިފަހުން ކައްސާލައިގެން ވެއްޓުނީ. އެވެއްޓުނު ފަހުން އަބަދު އުޅެނީ ކަކުލުގަ ރިއްސާތީ. އިއްޔެ މާބޮޑަށް ގޯސްވެގެން އުޅުނީމަ ރޭގަ މާލެ އައީ.” ޒައިން ކިޔާދިނެވެ. “އެހެންތަ ؟.. މަންމައަށް ސަލާމް ބުނަައްޗޭ. ޒޭން ދެންދަނީ. ފަހުން އަދި ދިމާވާނެ” ސޭޓުއަށް ލާރިދައްކާފައި ފިހާރައިން ނިކުންނަމުން ޒީޝާ ބުނެލިއެވެ. “ޒީ ވާނެ މަންމަ ގާތަށް އަންނަން. ޒީގެ ނަމްބަރު ދީފަ ދާންވީނުން” ޒީޝާ ޒައިން އަށް ނަމްބަރ ދިނުމަށްފަހު ގެއަށް ދިޔައެވެ.

ޒީޝާ އާއި ޒައިން މީގެ ދެއަހަރު ކުރިން ދިމާވީ އޭލެވެލް ކިޔަވަން އުޅުނު ދުވަސްވަރު ސުކޫލުންނެވެ. އޭރު ޒީޝާ އުޅެނީ ގުރޭޑް އެގާރާގައެވެ. ޒައިން ޒީޝާއަށް ވުރެން އެއްއަހަރު ދޮށީ ނަމަވެސް ޒައިންވެސް އުޅުނީ އެގާރާގައެވެ. އެއީ ދިހަވަނަ ގުރޭޑްގައި ޒައިން ތަކުރާރުވުމުންނެވެ. ސުކޫލަށް އަބަދުވެސް ދެމީހުން ދަނީ އެކުގައެވެ. އިސްކޮޅުން ދިގު ޒައިން އަކީ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ކަމެއް ލިބިފައިވާ ބައިމަތިފުޅާ ޒުވާނެކެވެ. އޭލެވެލް ނިމުމުން ޒައިން ބޭނުންވީ ރަށަށް ގޮސް ވަޒީފާއަކަށް ވަންނާށެވެ. ނަމަވެސް ޒީޝާ ބޭނުންވީ އިތުރަށް ކިޔަވާށެވެ. ޒައިން ރަށަށް ބަދަލުވީ ފަހުން ޒީޝާއާ ދިމާނުވެހުރެ މިއަދު ފުރަތަމަ ފަހަރަށް ދިމާވީއެވެ.

 ކޮލެޖް ބަންދު ދުވަހެއްކަމުން  ޒީޝާއިނީ ލެޕްޓޮޕް ހިފައިގެން ސޯފާގައި ފިލްމެއް ބަލާށެވެ.  އޭރު ނާހިދާވީ ޒާރާ ގޮވައިގެން ބޭރަށް ގޮސްފައެވެ. “އައްސަލާމް އަލައިކުމް” މީހަކު ސަލާމް ގޮވާލުމުން ރައްދުގައި ޒީޝާ ވަލައިކުމް ސަލާމް ބުނެލިއެވެ. ދޮރުމަތީގައި ހުރީ ޒައިންއެވެ. “ޒައިން މިގަޑީ.. ކިހިނެއްވީ؟” ޒައިން މިގަޑީގައި ގެއަށް އައުމުން ޒީޝާ ހާސްވިއެވެ. “އަޅޭ. ދެން އަހަންނަށް ޒީ ގާތަށް ވަކި ވަގުތެއްގަތަ އާދެވެން ޖެހެނީ” ޒައިން އެހެން ބުނީ ސީދާ ޒީޝާގެ ބޮޑު ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ. “އުހުން އެހެންނެއް ނުބަނަމޭނުން. މިބުނީ ގުޅާލިނަމަ އަންނަމުން.. ކޮޅަށް ނުހުރެ އިށީނދެބަލަ” އިށީންނަން ތަންދައްކަމުން ޒީޝާ ބުނެލިއެވެ. “ޒީ ހާދަ ހާސްވެފަ. އަނެއްކާ އަހަރެން އައިމަ ހިތްހަމަ ނުޖެހުނީތަ.. ފޯން ނިވިފަ އޮތީމަ ގުޅާނުލެވުނީ. ޒީ އެކަނިތަ؟ އެހެން މީހުން ކޮބާ؟ ” ޒީޝާ ނޫން އެއްވެސް މީހަކު ފެންނަން ނެތުމުން ޒައިން އަހާލިއެވެ. ބޮލުގެ އިޝާރަތުން އާއެކޭ ބުނެފައި ޒީޝާ ދިޔައީ ބަދިގެއާ ދިމާލަށެވެ. ޒީޝާގެ ފަހަތުން ޒައިން ވެސް ދިޔައެވެ. “ޒީ” ޒީޝާ އަތުގައި ހިފާލަމުން ޒައިން ގޮވާލިއެވެ. ޒައިންގެ އެއަމަލްތަކުގެ ސަބަބުން ޒީޝާ އިތުރަށް ހާސްވިއެވެ. “ޒޭން އަތުން ދޫކޮށްލަބަލަ. މީހަކު އައިސްދާނެ” ޒީޝާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ޒީޝާ ޒައިން ދެކެނީ އެކުވެރިއެއްގެ ގޮތުގައެވެ. އަދި ޒައިންގެ ފަރާތުންވެސް ބޭނުމީ އެކުވެރިކަމެވެ. ސުކޫލުގައި އުޅުނުއިރު ޒައިން  ޒީޝާމެންގެއަށް އައިސް އުޅޭއިރުވެސް ޒީޝާ ހިތްހަމަ ނުޖެހޭ ފަދަ އެއްވެސް ކަމެއް ޒައިންގެ ފަރާތުން ފެނިފައެއް ނުވެއެވެ. އަދިވެސް ޒައިން ހުރީ ޒީޝާގެ އަތުގައި ހިފައްޓައިލަގެންނެވެ. (ނުނިމޭ).

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hannah

Level 110 Stories

Other Articles

Previous

ޝުދޫ…. (2) ވަނަ ބައި

Next

ހިތް ވިންދާނުލައި… (26)

Next
July 19, 2015

ހިތް ވިންދާނުލައި… (26)

Previews
July 19, 2015

ޝުދޫ…. (2) ވަނަ ބައި

16 Comments!

  1. sumone says:
    July 19, 2015 at 11:04 pm

    yey me 1st………. story is amazing ekam thankolheh kury……. next part dhigukoh genes dhehchey ingey……….. btw when is the next part?????????? varah avaha next part up koh dhehchey ingey ❤❤❤❤❤❤❤❤❤❤❤❤❤ 😀 🙂

    1. Hannah says:
      July 19, 2015 at 11:14 pm

      thanks for the sweet comment. iraadhu kurehviyaa maadhama rey genesdheynan. keep reading 🙂

  2. hawwa says:
    July 19, 2015 at 11:31 pm

    Thankolheh kuru ekm v salhi

  3. Meera says:
    July 19, 2015 at 11:44 pm

    story v nice. 🙂 keep updating daily ingey

  4. nukko says:
    July 19, 2015 at 11:48 pm

    Vv salhi

  5. ♥♥♥ swyty girl ♥♥♥... says:
    July 19, 2015 at 11:54 pm

    Vvv nice.. Keep it up…..♥♥♥♥♥

  6. ♥♥♥ swyty girl ♥♥♥... says:
    July 19, 2015 at 11:55 pm

    Vvvv nice .. Keep it up.. Bt maa kury up kuraaleh….♥♥♥♥♥♥

  7. ♥♥♥ swyty girl ♥♥♥... says:
    July 19, 2015 at 11:56 pm

    Wow soooo nice… Bt maa kury..

  8. sahyn says:
    July 20, 2015 at 12:19 am

    <3

  9. nishy says:
    July 20, 2015 at 12:29 am

    V reeeethi ekam maaaa bodah ves kuryyyy

  10. Raahy says:
    July 20, 2015 at 1:09 am

    Hus z in feshey nan hureema baehfaharu difficult vey.. Anyways the story is nyc but there is a lot of room for improvement. Vaahakaige haadisaathah ithura thafseel koh abrupt endings rangalhu kohlaifiyya mee v reethi story akah vaane. Gud luck!!! 🙂

  11. Hannah says:
    July 20, 2015 at 2:19 pm

    Thankyou for the sweet comments guys.. Mirey aneh part genesdheveytho balaanan. In Sha Allah. keep reading guys 🙂

  12. ammuty says:
    July 20, 2015 at 4:09 pm

    Story nice. But grade 10 ehga repeat eh nukuraane.

  13. IKAATHAA says:
    July 20, 2015 at 6:00 pm

    kuree… bt nice

  14. Shabee says:
    July 20, 2015 at 9:22 pm

    V reethi but maa maaa maaa maaa maaa maaa kuru… 😉 hope nxt prt dhigu vaanekamah… good luck.. 😛

  15. sumone says:
    July 20, 2015 at 9:30 pm

    avhah up koh dheeba aneh part varah dhigu koh……… las kuranyaa jeheyne ingey dhigu koh genes dheyn…… 😛

Comments are closed.

Next Episodeޒީޝާ (ތިންވަނަ ބައި)←


All Right Reserved!