ނަފްރަތުން ވެވުނު ލޯބި 40
ރަސްފަންނަށް މަޑުކޮށްލާ ފައި އަތްދަބަހުގައި އޮތް ފޯނު މާޝާ ނެގީ ގަޑި ބަލާލާށެވެ. ފައިހާ އާއި ފާރިޝްގެ ފަސް މިސްޑްކޯލް އިނެވެ. އަޒާން އެ ފޯނަށް ބަލާލީ މާޝާ މާ މަޑު މަޑުން އިނީމަ އެވެ. އަޒާން ވެސް ފޯނު ނަގާ ސްކްރީނަށް ބަލާލިއެވެ. “ފައިއްކޮ އަދި ޅިޔަނު” ގެ މިސްޑް ކޯލް ތަކެއް ހުއްޓެވެ. އަޒާންގެ އެދުމުގެ މަތިން މާޝާ އަޒާން އާއި އެކު ފުރަތަމަ ދިޔައީ އެގެއަށެވެ.
******************************
ނަތާޝާ ގިސްލަ ގިސްލާފާ ރޯ އަޑު ގޭތެރެގައި ހިފާފައި ހުއްޓެވެ. ނަތާޝާ ހޮސްޕިޓަލުން އަސްލު ކެނޑުނު ސަބަބު އިޒާން އަށް ކިޔައިދިނެވެ. އިޒާން މަސައްކަތް ކުރީ ނަތާޝާ މަސަލަސް ކުރެވޭތޯ އެވެ. ފައިހާ އާއި ފާރިޝް މަސައްކަތް ކުރީ އަޒާން އާއި މާޝާއަށް ގުޅުމަށެވެ. އަޒާން އާއި މާޝާ އައިސް ވަން. އިރު އެންމެންގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ. މާޝާއަށް ނަތާޝާ ރޯއަޑު އިވުމުން ފައިހާ ގާތު ވެގެން އުޅޭގޮތް އޮޅުންފިލުވިއެވެ. ފައިހާ އެން ނޭވާއިން ހުރިހާ އެއްޗެއް ކިޔައި ދީ ނިމުނު އިރު މީހާ މާނޭވާ ލެވި ލެވި ހުއްޓެވެ. ފައިހާ ބިރުގަންނަނީ ޖައިލަމް ހޮސްޕިޓަލުގެ ސީއީއޯއަށް ހުއްޓާ އިތުރަށް އެތަނަށް ވަޒިފާއަށް ދާށެވެ. އަޒާން ފާރިޝް ގޮވައިގެން ބޭރަށް ޖެހިލީ ކުޑަ ވާހަކައެއް ދައްކާލަން ކަމުގައި ބުނެއެވެ. “ނަތާ” ރޮއެ ރޮއެ އިން ނަތާޝާގެ ގާތު އިށީންދެ މާޝާ ގޮވާލިއެވެ. ހިތް ވަރު ކޮށްލާފައި ނަތާޝާ ދެލޯ ފުހެލާ މާޝްހެ ގައިގައި އޮޅުލައިގަތެވެ. “ނަތާ! މިރޭ ޝޫޓިންގ އަށް އަންނާތި؟” މާޝާ ގަސްތުގައި މަޢުލޫ އޮޅުވާލި އެވެ. ނަތާޝާ ބޯ ޖަހާލިއެވެ. ” ދޮންބޭ މާޝް ގެންދަނީ އިނގޭ ނަތާ މިރެއަށް” މާޝާ އިޒާން ގާތު ހުއްދަ ހޯދުމުގެ ބަދަލުގައި ގެންދަނީ ކަމުގައި ބުނެ އަޒާންގެ އަތުން ސައިކަލު ތަޅުދަނޑި އަތުލާ ނަތާޝާ ގޮވައިގެން ގެއަށް ދާން ދިޔައެވެ.
ދިޔަ މަގުމަތީގައި ނަތާޝާ ވާހަކަ ނުދައްކައެވެ. މާޝާ ކައިރި ފިހާރައަކަށް ވަދެ ނަތާޝާ އަށް ހެޔޮވަރުގެ ޓޮޕްކކޅަކާއި ޖިންސެއްގެ އިތުރުން ހީލް އަކާއި މޭކަޕް ސެޓެއް ގަނެދިނެވެ. ނަތާޝާ އުފަލުން އެ އެއްޗެހީގައި ހިފިއެވެ. ސައިކަލު ޕާކު ކޮށްލާފައި މާޝާ އެޕާޓްމަންޓް އަށް އެތަން ދިއުމުން މާޝާގެ ފަހަތުން ނަތާޝާވެސް ގޮސް އެރިއެވެ. އަދި ލިފްޓަށް އަރާ 3 ވަނަ ފަންގި ފިލާ އަށް ދިޔައެވެ. އޭރު ގޭތެރޭގައި މައިޝަމް އާއި ހާނިޔާގެ ބުނުމުގެ އަޑު އިވެއެވެ. މާޝާ ފެނުމުން ހާނިޔާ އައިސް މަންމީ އޭ ކިޔާ ބައްދާލިއެވެ. ނަތާޝާ ފެނުމުން ހާނިޔާ އައިސް “ތާއްތީ” އޭ ކިޔާ ގޮވާލިއެވެ. ހާނިޔާ އުރާލައިގެން ނަތާޝާ ގޮސް ވަނީ މާޝާގެ ކޮޓަރިއަށް ށެވެ. އޭރު މާޝާ ހެނދުންތަކެއް ނަގަނީ އެވެ. “މާޝް! ތިއޯ؟” ހާނިޔާ ކުޅޭ ވަށިގަނޑު ބަންޑުން ޖެހިއެވެ. “މި މިރޭ މާޝް ލާނެ އެއްޗެއް ޗޫސް ކުރަން މިއުޅެނީ” މާޝާ ހީލާފައި ބުނެލިއެވެ. “ފިލައިގެން ހުރި ހެދުން ދޮންތިއާ މާގުޅޭ ” ނަތާޝާ ކުޑައިރު މާޝާ އަށް ކިޔާ އުޅުނީ ދޮންތިއެވެ. ކުރީގެ ހަނދާން އާވަމުން ނަތާޝާއަށް ދޮންތިއޭ ބުނެވުނީ އެވެ. ” ހެހެ އޯކޭ މަގޭ ލޯބި ކޮއްކޯ” ހެދުންތައް އަލަމާރީގައި އަޅުވާލިއެވެ. ނަތާޝާ ހާނިޔާ އެކު ވަގުތު ހޭދަ ކޮށްލުން މިހާރު އުޅީ އެއްކޮށްހެން ހަމަ އަކަށް އެޅިފައެވެ.
ލީޝާއަށް ކާން ދޭން ބަދިގެއަށް ވަން ލިއުޝާގެ ލޮލުގައި އަޅައިގަތީ ކޯކު ފުޅިއެއް ހިފައިގެން ޖައިލަމްގެ ގައިގާ ޖެހިގަނެގެން ހުރި ނީޝާ އެވެ. ރުޅިއައި ކަމުގައި ވިޔަސް ޖައިލަމް ކުށްވެރި ކުރަނީ ލިއުޝާއެވެ. ލިއުޝާގެ ފަރާތުން އޭނައަށް ލިބެން ވާވަރަށް އުފާ ނުކިބެނީކަމުގައި ބުންޔެވެ. އަލަމާރިން މައިލޯ ޕެކެޓެއް ހިފައިގެން ކޮޓަރިއަށް ވަދެ ލީޝާ ކުޑަ އެނދަށް ލައި ޓީވީ ހުޅުވާ ކާޓޫނައަކަށް ލިއެވެ. އަދި ބަސްއަހައިގެން ޕެކެޓް ބޯލާށެ ބުނެފާ ލިއުޝާ ގޮސް ވަނީ ބަދިގެއަށެވެ. އޭރު އެދެމީހުން ތިބީ އެމީހުން ކުރަން ތިބި ވިޔާ ނުދާ އަމަލު ހިންގާށެވެ. ކާމޭޒު މަތީގައި ހުރި ފެންބޯ ތަށި ނަގާ ހޫރާލީ ނީޝާގެ ފައި ބުޑަށްށެވެ. ނީޝާ އާއި ޖައިލަމް ސިހުނީ ދެނެވެ. ލިއުޝާ އަތްތިލަ ބަޑި ޖަހަމުން ނީޝާ އާއި ދިމާއަށް ހިނގާފާ މަޑުމަޑުން ދިޔައެވެ. ” ކަލޭ ލަދެއް ނުގަނޭތަ އަމިއްލަ ދައްތަގެ ފިރިމީހާގެ ގަޔަށް އަރާކަށް؟ ކަލޭ ލަދެއް ނުގަނޭތަ މަގޭ ގެއަށް އައިސް ތިހުރިހާ ވައްތަރެއް ޖައްސާކަށް؟” ނީޝާގެ ގައިގާ އަތުން އަޅާ ކޮށްޕަމުން ލިއުޝާ ވާހަކަ ދެއްކިއެވެ. ޖައިލަމް އައި ރުޅިގައި ލިއުޝާގެ އަތުގައި ހިފާ ހޫރާލިއެވެ. ލިއުޝާ ގޮސް ވެއްޓުނީ ތަޅައިގެން ގޮސް ހުރި މުށި ތަކުގެ މައްޗަށެވެ. އަތް ޖެހުނު ތަންތަން ކަނޑައިގެންގޮސް ލޭ ފައިބަމުން ދިޔައެވެ. ލިއުޝާއަށް ތަދު އިހްސާސް ނުކުރެވޭ ފަދައެވެ. އެއިން ގޮތަށް ގުޑިވެސް ނުލާ އިނެވެ. ޖައިލަމް ނީޝާ ކައިރި ކޮށްލާ ލިއުޝާގެ ކުރިމަތިގާ ނީޝާގެ ތުންފަތަށް ބޮސްދިނެވެ. ނީޝާ ޖައިލަމް ލައިގެން ހުރި ޓީޝާޓު ބާލުވާ އެއްލާލީ ކާމޭޒު މައްޗަށެވެ. ލިއުޝާ އަށް ޖެހިތާ ބުދެއްހެން ބަލަން އިނދެވުނީއެވެ. އޭނަގެ ފިރިމީހާ އަމިއްލަ ކޮއްކޮގެ ފަރާތުން އުފާ ހޯދާ މަންޒަރު ބަލަން އިނދެވުނު އިރު ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނުވެއްޓެއެވެ.
ޝޫޓިންގ އަށް ދިޔައިރު އަޒާން އާއި އިޒާން މަގުމަތީގައި ނަތާޝާމެންގެ އިންތިޒާރުގައި ތިއްބެވެ. ” ހޮއެ ހޮއޭ. ފަހަރީ ” އިޒާން މާޝާ އާއި ޖެއްސިލިއެެވެ. ގަތް ލަދެއގެ ބޮޑުކަމުން ތުންފަތުގައި ދަތް އަޅާލެވުނެވެ. ” ތެދެއް ” ނަތާޝާ އަށް ނޭނގޭ ކަމަކަށް ވާތީ ސުވާލު ކުރިއެވެ. ” ހޫމް މާޝް ދެން ލަންކާއަށް ދިޔަސް ދާނީ މަށާއި މެރީކޮށްގެން މަވެސް ގޮވައިގެން” އަޒާން ފޮނިވެލިއެވެ. ޝޫޓިންގ އޮންނަ ގަޑި ޖެހުމުން ނަތާޝާ އާއި މާޝާ އަދި އަޒާން ސްޓޫޑިއޯއަށް ވަނެވެ. އޭރު ފޮޓޯޝޫޓަރ އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. ” ހާއި ބަޑީ, ލަވަ ކިޔަން ދޯ” އަޒާންމެންގެ ފޮޓޯ ޝޫޓެއް ނެއްކަން އެނގުމުން އެއްސެވެ. ” ހޫމް މާޝާ އާ ދެމީހުން މިއައީ ލަވަ ޕްރެކްޓިސް އަށް ” އަޒާން ގޮނޑިއެއްގައި ހަމަޖެހިލިއެވެ. ” ކޮބާ ނަތާޝާ އަހަރުމެންގެ އެޑްވަޓައިޒްމެންޓަށް މޮޑެލް ކުރަން ނެގި ކުއްޖާ” ފޮޓޯ ޝޫޓަރ އައިމަން ބުނެލިއެވެ. ” މިހިރީ ” ނަތާޝާ ދައްކާ ލާފައި މާޝާ ބުނެލިއެވެ. ލަވަ ޕްރެކްޓިސް ކުރަން ހާއްސަ ކުރެވިފައިވާ ސްޓޫޑިއޯއަށް ގޮސް އަޒާން އަދި މާޝާ ވަނެވެ. އޭރު މީޝަމް އެމީހުން އަންނަންދެން އެތާނގައި އިނެވެ.
” ވަރަށް ސަޅި ލަވައެއް ” މީޝަމް ފުރަތަމަވެސް ބުނެލިއެވެ. ” ކޮން ލަވައެއް އަނެއް ކާ؟” މާޝާ ވެސް މަޖާ ވެލާފައި އެއްސެވެ. ” އަންނަންދެން ހުންނާނަން ލޯބިން” އަޒާން ހިނިތުންވެލީ އިތުރަށް އެލަވައިން އޭނަ ދަސްކުރާނީ އެއްޗެއް ނެއްކަން އެނގުމުންނެވެ. އެއީ ދެމީހުން ސްކޫލް ކްލަބް މުބާރާތުގައި ވެސް ކީ ލަވައެވެ. އަޒާން ގިޓާ އަތަށް ހެޔޮ ވަރު ކޮށްލާ ރާގެއް އަޅުވާލިއެވެ. މާޝާ އަޒާން ލަވަ ކިޔާތަން ބަލަން ގޮނޑީގައި އިށީންދެލިއެވެ.
” އަންނަންދެން ހުންނާނަން ލޯބިން
ތިޔަ އިންތިޒާރުގައި
އަންނަންދެން ހުންނާނަން ލޯބިން
ތިޔަ އިންތިޒާރުގައި
ހުރެ މިތަ ހުރެ މަށަށް ކުރި ސުރެއް ވެވި ގަޔާ ފެނި ތިބަ
ނިޔަނެތި ވެއްޖެ ހިތަ ކައިރިން
ތިމަ ލޯބިން ނަޔާ ހުރެފަ ލޯބިން މަލާ ބުނެފަހެ
އެދި ވުމެ ތިޔައީ ދުރު ނުވެ ހުރެދީ ކައިރިން މަގޭ ގާތުގަ ”
“އަޒާން ޑުއެޓް އެކޭ ” މާޝާ ގާތަށް އައީ ހިންޔެވެ. ” ދެން” އަޒާން އަށް ބުނެލެވުނެވެ. ” މިއޮތީ. ކަޑަ ކަމަކީ ޕާފޯމް ކުރަން ޖެހެނީ ލައިވްކޮށް” މާޝާ ކަރުދާސް ގަނޑު އަޒާން އަށް ދިއްކޮށްލިއެވެ. ” ރަނގަޅޭ ނުން. އަހަރެންނަށް މާޝް އާއި ކައިރިވެލަން ބަހަނާ އެއް އެއީ މިތާ އުޅޭއިރު” އަޒާންގެ މޫނުމަތީގައި ލާނެއް ހިނިތުންވުމެއް ވިއެވެ. ” ދެން އަޒާން ”
” ދެން މާޝާ ” އަޒާން ބޭނުންވީ މާޝާ ރުޅިއަރުވާލާށެވެ. އެކަންތައް ވެސް ވަރަށް ފަސޭހައިން ވިއެވެ.
*2 ހަފްތާ ފަސް *
އެންމެންވެސް ތައްޔާރުވަމުން އައީ މާޝާ އާއި އަޒާންގެ ކައިވެންޔަށެވެ. ދެމީހުންނަށް ވެސް ކަމުދާ ކުލައަކުން މާޝްގެ ވެޑިން ޑްރެސް ފަހަން ދިނެވެ.އަޒާންގެ އެދުމުގެ މަތިން ހާނިޔާ އަށާއި ފައިހާން އަށް ވެސް ލާނެ ހެދުން ފަހަން ދިނީ މާޝާގެ ހެދުމާއި ގުޅޭ ގޮތަށެވެ. ކައިވެނީގެ ކަންތައްތައް ކުރުމުގައި އެންމެ އުސްކޮށް އުޅުނީ އިޒާން އާއި ނަތާޝާ އެވެ. ފައިހާވެސް ހޮސްޕިޓަލުން ކެނޑުނީ ޖައިލަމް އެތާނގެ ބޮޑަކަށް އުޅޭތީއެވެ. ފާރިޝް ޗުއްޓީނަގައިގެން އަޒާންގެ ކައިވެންޔަށް ކުރެވުނު ވަރަކުން އެހީވެދިނެވެ. ހާނިޔާ އަދި ފައިހާން ގޮވައިގެން އަބަދުވެސް މީޝަމް އާއި މައިޝަމް އުޅެއެވެ.
– ނުނިމޭ –
✨ Amyra ✨
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.



For God sake can u stop copying other people’s stories. First NIKAN LOABIN and now ANNANDHEN HUNNAANAN LOABIN. If u don’t know how to write then don’t. Adhi maa soalihu meehakah vegen ulheyne. I wish u Wud just quit writing stories since you don’t know. But najudhaa’s story is very nice. No hate on her. But all the hate on you. *****?
U totally copied that story’s song. Copy cat
eii e story liyunu meeha kee lava eh nooney eii dewin kee lava ekey cuppy cake and also hama ekani eii queen_rosa ge lavaeh tha ehn meehun nah vx liyeveyne dhw emeehun beynun lava eh .she didnt copy e lava from annan dhen hunnanan loabin story
Cuppy cake I didn’t copy the song from ” annandhen hunnaanan loabin ” it’s a song that I really likes so I added that part.. IDC if u hate me… Anyways thank u for telling me that u hate me ?
Oh thank God. This story is about to be over. Good thing I don’t have to read this disgusting thing. Phewww. And I hope u don’t write another story. Cox ur not capable of writing these stories. Uh buh bye. Simp?????
Vaahakaige fahu 5 parts dhn innaany. E part thah innaane review ah laifa ✨
Yh. Leave her alone. I totally love this story. And for the record it isn’t the same song. It has differences. Got it. For God sake she is really nice I wish u Wud stop judging this story. She writes it with very hard work I’m sure. Right Amy??
Amy plss tell me the ur gonna write another amazing, wonderful story. I love ur story. And I look forward to reading another story from u. And don’t care about the hate. They are just jealous. Let them go.
I’ll be writing a new story.. “Haadhahaa loabivey” hope u wud love the story.. thank you Rainberry ?✨