Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ވިންދާނުލައި… (25)

zaisha Level 210 Stories
July 19, 2015 5 Mins Read
78 Comments

ރޮވިފައި އިން އިނާރާ ސިހުނީ ރާހިލް އޭނާގެ ކޮނޑުގައި ހިފައި ތަޅުވައި ގަތުމުންނެވެ. “އިނާރާ.. އޭތް.” ރާހިލް ބުނެލިއެވެ. އިނާރާ ރާހިލްގެ މޫނަށް ބަލާލުމަށްފަހު ވަށައިގެންވައި މާހުލަށް ބަލައިލިއިރު އެތަނުގައި ނާޒިމްއެއް ނެތެވެ. އާޝިޔާ ގޮނޑީގައި އިށީނދެގެން އިން އިރު އެތަނުގައި ބައްސާމް ވެސް ހުއްޓެވެ. އަދި ޑޮކްޓަރު ވެސް ނުނިކުމެއެވެ.

“ކޮބާ މާކިން؟ ކޮބާ؟” އިނާރާއަށް އަވަސް އަވަހަށް ސުވާލު ކޮއްލެވުނެވެ. “އެތެރޭގައި.. އަދި ނޭނގެ.. ހިތްވަރު ކުރޭ އިނާ.. އިރާދު ކުރެއްވިއްޔާއި ދެރަގޮތެއް ނުވާނެ.” ރާހިލް މިހެން ބުނުމުން އޭނާއަށް ކުރިން ފެނުނު މަންޒަރު ތަކަކީ ބިލާހެއްކަން އިނގުނެވެ. އެއީ ހުސް އިނާރާގެ ހިތަށް އަރައި ޚިޔާލުން ފެނުނު ކަމެކެވެ. އޭނާ އެކަން ހަޤީޤަތަކަށް ނުވޭތޯ ދުޢާކުރިއެވެ.

އެވަގުތު އެތަނަށް އައި ނާޒިމް ފެނި އާޝިޔާ ގޮސް އޭނާގެ އަތުގައި ހިފާލިއެވެ. “ނާޒިމް.. މާކިން އަދިވެސް ނުނެރޭ.. އެމީހުން ކައިރި ބުނެބަލަ އަވަސް ކުރާށޭ.” ރޮވިފައި ހުރި އާޝިޔާ ބުނެލިއެވެ. ނާޒިމް ވެސް ހަމަޖެހެން މަސައްކަތް ކުރަމުން އާޝީޔާގެ ގޮވައިގެން އެންމެން ކައިރިއަށް ދިޔައެވެ. “ކޮބާ ޑޮކްޓާރ..” ނާޒިމް ސުވާލުކުރީ ޔާމިންއާއިއެވެ. “އަދި ނުނިކުމޭ..” ޔާމިން މިހެން ބުނިތަނާ ދޮރުހުޅުވާފައި ޑޮކްޓަރ ނިކުތެވެ.

“ޕޭޝަންޓް މިހާރު ސްޓޭބަލް.. ފުދޭވަރަކަށް ލޭ ފޭބުމުން މިހާރު ލޭ އަޅަން ފަށާފައިވަނީ..” ޑޮކްޓަރ އޮޅުން ފިލުވައި ދެމުން ދިޔައެވެ. “މާބޮޑު ސީރިއަސް އަނިޔާއެއް ނުވި ނަމަވެސް ފުދޭވަރަކަށް އަނިޔާވެފައި ވަނީ.. ހިނގޭނީ ވެސް އަދި ދުވަސްކޮޅަކުން.. މިހާރު ޖެހޭނީ ހަމަ ފުލް ބެޑް ރެސް ނަގަން..” ޑޮކްޓާރަ ކިޔާދިނެވެ.

“އަލްހަމްދު ލިއްލާހި.. ކޮން އިރަކުން ދޫކޮއްލަނީ…” ނާޒިމް ސުވާލު ކުރިއެވެ. “ޕޭޝަންޓް ހާލު ރަނގަޅު ވާ ގޮތަކަން އިނގޭނީ.. އިތުރު މައްސަލައެއް ނުޖެހެންޏާ ހަފްތާއެއް ވަރު ތެރޭގައި ދޫކޮއްލެވޭނެ..” ޑޮކްޓަރ މިހެން ބުނެފައި އެތެރެއަށް ވަނެވެ. އިނާރާ އުފަލުން ގޮސް ޝީލާގެ ގައިގައި ބައްދާލިއެވެ. އެންމެން އުފާ ކުރަމުން ދިޔައިރު ބައްސާމް ހުރީ އޭނާގެ ޕްލޭން ޚަރާބު ނުވީތީ ހިތްހަމަޖެހިފައެވެ.

ލޯ މެރިފައި އޮތް މާކިން އެސްފިޔަތައް ތަޅުވާލާފައި ލޯ ހުޅުވާލިއެވެ. މޭމަތީގައި އެއްޗެހި ތަކެއް ތަތްކޮއްފައި އޮތްއިރު އަނގަމަތީގައި އޮކްސިޖަން މާސްކެއް އޮތެވެ. އަތަށް ލޭގުޅާފައި ވީއިރު ބޮލުގައި ރިއްސަމުން ދިޔައީ ވަކިވަރަކަށް ނޫނެވެ.

މުޅިގައިގައި ވޭން އަޅަމުން ދިޔައިރު ދެފައި ހަރަކާތް ނުކުރެވެއެވެ. އޭނާ ވަށައިގެން ނަރުހުން ތިބިއިރު ހަނދާނަށް އައީ އެއްޗެގައި ޖެހި ވިއްސައިގެން ދިޔަ ކަމެވެ. އޭނާގެ ހިތަށް އެންމެ ފުރަތަމަ ވެސް އައީ އިނާރާގެ ނަމަވެ.

ކައިރީގައި ހުރި ނަރުހަށް މާކިން ހަރަކާތް ކުރާތަން ފެނުމުން ކައިރިއަށް ޖެހިލިއެވެ. އޭރު މާކިން ވާހަކަދައްކަން މަސައްކަތް ކުރަމުން ދިޔމުން އޭނާ މާސްކު ދުރުކޮއްލުމަށްފަހު ކައިރިވެލިއެވެ. “މައި ވައިފް..” މާކިންއަށް އުނދަގުލުން މިހެން ބުނެވުނު އިރު އަޑު ނިކުތީވެސް ކިރިޔާއެވެ.

ދޮރު ހުޅުވާލުމަށްފަހު ނަރުހެއް ނިކުތުމުން އެންމެން އެދިމާއަށް ދިޔައެވެ. “އެސްކިއުޒް..ޕޭޝަންޓް ހޭއަރައިފި.. އޭނާގެ ވައިފްއަކީ ކޮބައިތޯ؟” ނަރުސްގެ މި ސުވާލުން އެންމެންނަށް އިނާރާއާއި ޒެރީންއާއި ދިމާއަށް ބަލައިލެވުނެވެ. އޭރު ޒެރީންއާއި އިނާރާ އެކަކު އަނެކަކަށް ބަލާލުމަށްފަހު ނަރުހަށް ބަލައިލައެވެ.

“އައި އެމް..” ޒެރީން ކުރިއަށް ޖެހިލާފައި ބުނެލިއެވެ. “ދުރުވެ އެތެރެއަށް.. ޕޭޝަންޓް ބޭނުންވަނީ އޭނަގެ ވައިފް..” ޒެރީން ވަންނަށް ތަން ދައްކަމުން ނަރުސް ބުނެލިއެވެ. ޒެރީން ދާތަން ބަލަން ހުރި އިނާރާގެ ހިތުގައި ރިއްސާލިއެވެ. އެހާލުގައި ވެސް އޭނާ ދެކެން ބޭނުންވީ ޒެރީން ބާއޭ ހިތަށްއަރައި އިތުރަށް ރޮވޭގޮތް ވިއެވެ. އޭނާ ހުރީ މާކިންގެ މޫނު ދެކިލަން ކެތްމަދުވެފައެވެ.

މެރިފައި އޮތް ދެލޯ ހުޅުވާލިއިރު ކައިރީގައި ހުރި ޒެރީން ފެނި މާކިންއަށް އޮޅުނެވެ. އޭނާ ބޭނުންވީ އިނާރާއެވެ. ނަމަވެސް އޭނާ ހީކުރީ އިނާރާ އަންނަން ބޭނުން ނުވުމުން ޒެރީންއައީ ކަމަށެވެ. އިނާރާ ހަމަ އެވަރަށް މާކިންއަށް ނަފަރަތު ކުރަނީބާއޭ އޭނާ ހިތަށްއެރިއެވެ.

އޭނާ އިތުރަށް އެއްޗެކޭ ނުބުނީ އެ ހިތްވަރު ނުލިބުމުންނެވެ. އެހެންނޫނަސް އޭނާ އެދުނީ އިނާރާ ދެކިލުމަށްށެވެ. އޭނާ ހުރީ ގަދަވެ ސަލާމަތުންތޯ ބެލުމަށްށެވެ. ޒެރީން މަޑުމަޑުން މާކިންގެ އަތުގައި ފިރުމާލިއެވެ.

އެރޭ އެއްކޮން އިނާރާ ހޭދަކުރީ ހޮސްޕިޓަލުގައެވެ. ނާޒިމްއާއި ރާހިލް އެތަނުގައި މަޑުކޮށް އެހެން މީހުން ގެއަށް ދިއުމަށް އެދުނެވެ. އެރޭގެ ފަތިސް ވަގުތެއްގައި މާކިން ޕްރައިވެޓް ރޫމަކަށް ބަދަލު ކުރެވުމުން އިނާރާ އެތަނަށް ވަނެވެ. އެވަގުތު ނިދިފައި އޮތް މާކިންގެ ކައިރީގައި ހުރި ނާޒިމް އިނާރާ ފެނުމުން އޭނާއަށް އެ ވަގުތުކޮޅު ދިނުމުގެ ގޮތުން ރާހިލްއާއި އެކީ ނިކުތެވެ.

މަޑު ހިނގުމެއްގައި ގޮސް މާކިން ކައިރީގައި މަޑުކޮއްލި އިނާރާ އޭނާއަށް ނަޒަރު ހުއްޓާލިއެވެ. އައި.ވީ ފުޅިއެއް ގުޅާފައި ހުރިއިރު ކައިރީގައި ހުރި މެޝިނުން މާކިންގެ ހިތުގެ ވިންދު އަޑުއިވެމުން ދިޔައެވެ. އޮކްސިޖަން މާސްކު އަޅައިގެން އޮތްއިރު ކޯ ކައިރިން ބޮޑު ތަންގަޑެއް ވަނީ ނޫފައި ފެންފައެވެ. ބޮލުގައި ބެންޑޭޖު އަޅާފައި ވާއިރު ގައިގައި އެހެން ތަންތަންވެސް ދުޅަވެފައި ހުއްޓެވެ.

އިނާރާ މަޑުމަޑުން މާކިންގެ ކޮލުން ނޫފައިގެންފައި އިންތަނުގައި އަތް ބީއްސާލުމުން ލޮލުން ވެއްޓުނު ކަރުނަތިކި މާކިންގެ އަތުގައި ޖެހުނެވެ. އެސްފިޔަތައް ދުރުކޮއްލަމުން ލޯ ހުޅުވާލިއިރު ކައިރީގައި ހުރި އިނާރާފެނި މާކިންގެ ހިތަށް ފިނިވިއެވެ. މާކިންގެ އަތުގައި އިނާރާގެ ފިނިއަތް ޖެހުމާއިއެކު މާކިން އެއަތުގައި ހިފައި ބާރުކޮއްލިއެވެ. ދުވަހަކުވެސް ދޫ ނުކުރާނެމޭ ބުނާފަދަ ގޮތަކަށެވެ.

މާކިން ސަލާމަތުން އޮތްތަން ފެނި އިނާރާއަށް އުފަލުން ރޮވުނެވެ. އޭނާ ގޮސް މާކިންގެ މޭގައި ބޯއަޅާލަމުން ރޯންފެށިއެވެ. ދެއަތުން މާކިންގެ ކޮނޑުގައި ހިފައިގެން އޮވެ ރޮމުން ދިޔައިރު މާކިންއަށް އޭނާގެ ގިސްލުމުގެ އަޑުއިވެމުން ދިޔައެވެ. “ސޮރީ.. އައި އެމް ސޯ ސޮރީ ބޭބީ.. އައި ލަވް ޔޫ.. ދޫކޮއްލާފައި ނުދާތި..” އިނާރާއަށް ރޮވެމުން ދިޔައެވެ.

މިބަސްތައް އަޑުއިވި މާކިންގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ބާލީހުގެ ތެރެއަށް ދިޔައެވެ. އޭނާގެ އައި.ވީ ނުގުޅާ އޮތްއަތް އުނދަގުލުން ގެނެސް އިނާރާގެ ގައި ވަށާލުމަށްފަހު އިތުރަށް ގާތް ކޮއްލިއެވެ. އެދެމެދުގައި އިތުރު ވާހަކައެއް ނުދެކެވުނު ނަމަވެސް އިނާރާ މިގޮތަށް އޮވެ ކަރުނަ އޮހޮރިއިރު މާކިން އެ ބޮލުގައި ފިރުމަމުން ދިޔައެވެ.

ހެނދުނުގެ އަލިކަން އެ ކޮޓަރި ތެރެ ފުރާލިއިރު މާކިންގެ އަތުގައި ހިފާލައިގެން ނިދިފައި އޮތް އިނާރާއަށް ހޭލެވުނެވެ. އޭރު މާކިން އޮތީ ފުން ނިދީގައެވެ. މަޑުމަޑުން އަތް ނަގަން އުޅުނު ނަމަވެސް މާކިން އެއަތުގައި ހިފާފައިވަނީ މާ ބާރަށްށެވެ.

ކުއްލިއަކަށް މާކިން ކުޑަކޮން ލޯ ހުޅުވާލުމަށްފަހު އޮކްސިޖަން މާސްކު ދުރުކުރިއެވެ. “ގުޑް މޯނިން ގޯޖިއަސް..” މާކިންގެ ނިދި އަޑުން މިހެން ބުނެލިއިރު އިނާރާގެ ގައިން ހީބިހި ނަގުވާލިއެވެ. “ހާއި.. މާސްކް އަޅާބަ.” އިނާރާ ކުޑަކޮން ހިނިތުން ވެލަމުން ބުނެލިއެވެ.

ނަމަވެސް މާކިން އެކަމަށް ދެކޮޅު ހަދައި ވާހަކަދައްކަން ބޭނުން ކަމަށް ބުންޏެވެ. “ސޮރީ..” އިނާރާ އިސްޖެހިފައި އިނދެ ބުނެލިއެވެ. “ނޫން.. އައި އެމް ސޮރީ.. ވަރަށް ބޮޑަށް..” މާކިން ބުނެލިއެވެ. ނަމަވެސް ޖަވާބުގައި އިނާރާއަށް ބުނާނެ ވަކި އެއްޗެއް ނޭގުނެވެ.

“އިނގޭ އުނދަގޫ ވާނެކަން.. އަހަރެންނަށް ވަރަށް އަނިޔާ ކުރެވުން.. އެކަމަކު.. އެކަން ބަދަލެއް ވެސް ނުކުރެވޭނެ.. މިހާރު އެކަމާއި ދެރަވޭ… އެހެން ނުހެދުނު ނަމަ.. ޕްލީސް.. ވަރަށް އަސަރު ކުރޭ..” މާކިން ވާހަކަދެއްކިއެވެ.

“އެހާއި ގިނައިން ވާހަކަ ނުދައްކާ ދެން.. އަދި އެއްކޮން ރަނގަޅެއް ނުވެއެއްނުން..” އިނާރާ ބުނެލިއެވެ. “ނޫން.. އަހަރެން ބޭނުން..” މާކިން މިހެން ބުނެފައި ތެދުވެ އިށީންނަން އުޅުމުން އިނާރާ އޭނާއަށް އެހީތެރި ވެދިނެވެ. “ޕްލީސް… މަޢާފު ކޮއްދީ.. އިނާ ދިޔައީމަ އިނގުނު އަހަރެން އެކަނިވީ ވަރު.. އިނާ ގެނބުނު ދުވަހު އެކުރެވުނު އިހުސާސް އަދިވެސް ނުފިލާ..” އިނާރާގެ އަތުގައި ހިފާލަމުން މާކިން ބުނެލިއެވެ.

“އިނގޭތަ އެ އިހުސާސަކީ ކޮބައިކަން.. އެއީ ލޯބި.. އެ ދުވަހު އިނާރާއަށްޓަކައި ފޮރިވިފައި އޮތް ލޯބި ހާމަ ވީ.. އެކަމަކު އަހަރެން މި ހިތުގެ އާ ވިންދަށް ބީރު ކަންފަތެއް ދިނީ.. ދެން އިތުރަކަށް މި ހިތަށް އޮޅުވާލަން މަސައްކަތެއް ނުކުރެވޭނެ.. އިނާއަށް އިނގޭތަ އަހަރެން ހަނދާން ވާ ވަރު.. ކޮންމެ ރެއަކު.. ކޮންމެ ރެއަކު ނުނިދާ ތި ހަނދާނުގައި އޮންނަން..” މާކިން ވާހަކަ ކުރިއަށް ގެންދިޔަ އިރު އެ އަޑުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ.

އިނާރާގެ އަތްތިލް ގެނެސް އެމޫނުގައި ޖައްސާލަމުން މާކިން އެއަތުގައި އިން ލަކުނުގައި އިނގިލި ހާކާލިއެވެ. އަދި މަޑުމަޑުން އެ ލަކުނުގައި ބޮސްދިން އިރު އެލޮލުން އޮހޮރުނު ކަރުނަ އިނާރާގެ އަތަށް ފޭބިއެވެ. “ބަމްބީ.. އައި ލަވް ޔޫ… ކަމް ބެކް. ތީ މިހިތުގެ ވިންދަކީ.” މާކިން ރޮވިފައި އިނދެ މިހެން ބުނުމުން އިނާރާއަށް އިތުރަށް ކެތް ނުވެގެން މާކިންގެ ގައިގައި އޮޅުލައިގަތެވެ.

 “ބޭބީ.. ލަވް ޔޫ ޓޫ.. ނުދާނަން. ދުވަހަކުވެސް ނުދާނަން.” އިނާރާ ރޮމުން މިހެން ބުނިއިރު މާކިން އޭނާ ގެނަސް އުނގައްލަމުން ދެއަތުން އިނާރާގެ ހަށިގަނޑުގައި ބައްދާލިއެވެ. މާކިންއަށް ވެސް ރޮވެމުން ދިޔައިރު އިނާރާ ގިސްލަމުން ދިޔަ އަޑުއިވެއެވެ.

ހަވީރު ހޮސްޕިޓަލަށް ދިއުމަށްފަހު ރާހިލް ސައިކަލުގެ ފަހަތުގައި އިން މަލަކް އިނީ އިންތިހާއަށް އުފާވެފައެވެ. މާކިން ރަނގަޅު ވުމުންނާއި އޭނާއަށް ރާހިލްއާއި އެކި މިގޮތަށް ދުއްވާލަން ދާން ފުރުސަތު ލިބުނީތީއެވެ. ސައިކަލު ޕާކް ކޮއްލުމަށްފަހު ރާހިލް މަލަކްއަށް އައިސް ކްރީމް ގަނެދީގެން ނިކުންތެވެ. ދެމީހުން އަތް ގުޅުވާލައިގެން އާޓިފިޝަލް ބީޗުގައި ހިނގަމުން ދިޔައިރު ބަލާލާފައި އެއީ ދެ ލޯބިވެރިންކަން ދެނެގަންނާކަން އުނދަގުލެއް ނުވާނެއެވެ.

އެކުގައި ގޮސް އެތަނުގައި ހުރި ބްރޭކް ވޯޓާރ ރެސްޓޯރަންޓަށް ވަދެ ފެންފުޅިއެއް ނަގައިގެން ނިކުންތަނާ ކުއްލިއަކަށް ޖެހުނީ ސިޑޭ ކުރިމައްޗަށްށެވެ. މަލަކްގެ ފިޔަވަޅުތައް ގަނޑުވިއިރު އެ ހިތް ނެގިނެގިފައި ޖެހެއެވެ. އޭރު ސިޑޭގެ ނަޒަރު ހުރީ ސީދާ އޭނާއަށް ހުއްޓިފައެވެ. އޭނާ ބަލާގޮތުން އޭނާއަށް މަލަކް އެފެނުނީ ދެންމެ ހެންނެއް ހިއެއް ނުވެއެވެ.

ކުރިމަތީގައި ހުރި މީހާއަށް ރާހިލް ނަޒަރު ހުއްޓާލިއެވެ. ބޯ ދިގުކޮއްފައި ބުމަ ތޮރުފައި އެތަނަށް ކުޑަ ބޮޅެއް ލައްވާފައި ހުރިއިރު ކަރުގައި ދެތިން ފަށްވެސް އޮތެވެ. އޭނާގެ އަތް ފުރެންދެން އެއްޗެހި އަޅާފައި އޮތް އިރު އެ ލޯވަނީ އަނދުން އަޅައި ފުރާފައެވެ. އެމީހަކު އެގޮތަށް އެމީހުންގެ ކުރިމައްޗަށް އަރައި ހުއްޓި ހުރުމުން ރާހިލް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އޭނާއަށް އަދި މަލަކްއަށް ވެފައި ހުރިގޮތެއް ނުފެނެއެވެ.

“އެސްކިއުޒް…” ރާހިލް ކުޑަކޮން ދުރަށް ޖެހިލުމުން މަލަކް އޭނާގެ އަތުގައި ހިފައި ބާރުކޮއްލަމުން އަވަހަށް ހިނގައިގަތެވެ. މަލަކް ދަމުން ފަސް އެނބުރި ބަލާލިއިރު ސިޑޭގެ ރުޅިވެރި ލޯ އޭނާއަށް އަމާޒުވެފައި ހުރިއިރު އެއަތް ވަނީ މުއްކެވިފައެވެ. މަލަކް ސިޑޭއަށް ނުގުޅާތާ މަހެއްވަރު ވީއެވެ.

އޭނާ ފޯނު ނަމްބަރު ބަދަލުކޮށް އެމީހުންނާއި އޮތް ހުރިހާ ގުޅުމެއް ކަނޑާލުމަށްފަހު ރާހިލް އާއި އެކި ހަމަޖެހޭ ދިރިއުޅުމެއް ވޭތުކުރަން ނިންމިއެވެ. މި ގޮތަށް ސީދާ ސިޑޭގެ ކުރިމައްޗަށް އެރުމުން އެއީ އިއްތިފާޤުން ވީކަމެއް ނޫންކަން މަލަކްއަށް ހަމަ ރަނގަޅަށް ވެސް އިނގެއެވެ. އޭނާއަށް ސިޑޭގެ ގޮތެއް ނޯޅޭނެއެވެ. އޭނާ މަލަކްމެންނަށް ފާރަލީކަށް ޔަޤީނެވެ.

“ކިހިނެތް ވެފަ؟ އެއީ ދަންނަ މީހެއްތަ؟” ރާހިލް ސުވާލު ކުރުމުން މަލަކް ސިހުނެވެ. “ނު.. ނޫން..” މަލަކް ހީލަމުން މިހެން ބުނި ނަމަވެސް އެހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. “ޔަޤީން..” ރާހިލް އަނެއްކާވެސް އެހިއެވެ. “ހޫމް.. ދެން ހިނގާބަ..” މަލަކް ބޭނުންވީ މަޢުލޫއު ބަދަލު ކޮއްލާށެވެ. ނަމަވެސް ހިތުގެ ކަނަކުން އޭނާއަށް އިންޒާރު ދެމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ކަތި ފިޔަވަޅު….(2)

Next

އިޙްސާސް

Next
July 19, 2015

އިޙްސާސް

Previews
July 19, 2015

ކަތި ފިޔަވަޅު….(2)

78 Comments!

  1. zaisha says:
    July 19, 2015 at 12:20 pm

    here is the new part. there was a dhiraagu internet problem and i uploaded it as soon as i got the connectuio. sorry for the delay. and i’ll upload next part tonight in sha allah.. so thats two part fo today. sorry again 🙂

  2. shyn says:
    July 19, 2015 at 12:22 pm

    Thanks zaii ..mirey thigu koh up kohdhehcey.plx

  3. Mae says:
    July 19, 2015 at 12:23 pm

    Yeeyyyyy… up veeee yoooo… kiyaalafa cmnt eh kuraanan.. zai u r thi bst.. im first

  4. nisha says:
    July 19, 2015 at 12:25 pm

    vrh salhi.. ekam maa kuru..

  5. Liu says:
    July 19, 2015 at 12:27 pm

    V salhi. Kijineh v las v.

  6. wooly says:
    July 19, 2015 at 12:28 pm

    Nice inge ZAI.. love this… 🙂

  7. aishyn says:
    July 19, 2015 at 12:29 pm

    Mihaalahun genes dhin iru ves haadha kurey but stry v nice…… Waiting for the nxt prt avahah up kurahchey

  8. Liu says:
    July 19, 2015 at 12:29 pm

    Oo.maakin mareh nuvee dhe.v salhi

  9. Mae says:
    July 19, 2015 at 12:30 pm

    Reethi vrh ves.. mireyge part thankolheh digu kohlahcheyy.. kihaa iraku tha up kuraany.. zai plz reply..

  10. shiu says:
    July 19, 2015 at 12:30 pm

    Thank you. Waiting for tonight part.

  11. hassu says:
    July 19, 2015 at 12:31 pm

    Wow v lwbi mi part ves. Next part up khdhechey avahah

  12. sahyn says:
    July 19, 2015 at 12:32 pm

    Love you zaii…. maakin is alive…. love this part

  13. sham says:
    July 19, 2015 at 12:33 pm

    Finally inthixaaru thakaka fahu dhwwwww the…..

  14. Hawwi says:
    July 19, 2015 at 12:36 pm

    V reethi makin loabivaa vaahaka buneema… Wow

  15. Shau says:
    July 19, 2015 at 12:37 pm

    Finally up vejje dhwwwww…thanxx zaiii

  16. mary says:
    July 19, 2015 at 12:38 pm

    V v reethi rovenee hama vaahaka kiyaafa .v salhi mi bai

  17. neen says:
    July 19, 2015 at 12:42 pm

    Thanks zaii for uplodging..varahh happy vehhje markin maraanuliima

  18. laily says:
    July 19, 2015 at 12:44 pm

    V reethi mi part ves.

  19. smile says:
    July 19, 2015 at 12:49 pm

    Salhi…. Waiting for next part…

  20. arsy says:
    July 19, 2015 at 12:51 pm

    Varah salhi

  21. Azki says:
    July 19, 2015 at 12:59 pm

    Yeeeeey! varah varah reethi 🙂
    Thank you Zai 🙂

  22. Meesh says:
    July 19, 2015 at 1:03 pm

    VVVVV REEETHI…

  23. THAATHI says:
    July 19, 2015 at 1:05 pm

    VAAHAKA HAADHISAA VRAH VARAH REETHI. EKAM SIFA KURUMEH NEIH MI VAAHAKA EHGA. SIFA KURUN RANGALHU KOLLAAIRAH MI STORY AKEE VARAH SALHI STORY AKAH VAANE. EHVES KAHALA ASAREH NUKUREY MIVAAHAKA KIYAMUN DHAAIRU SIFA KURUN NETHEEMA. RANGALHU KOLLAA INGEY ZHAI

  24. Saana says:
    July 19, 2015 at 1:11 pm

    Thanks zaisha wsiting 4next part keep it up

  25. shaff says:
    July 19, 2015 at 1:13 pm

    wow!!! maakin is alive.. varah nice..

  26. sahyn says:
    July 19, 2015 at 1:16 pm

    Knmes kuhjeh bunedhyfaanan thr zaI aky in grade ehge kuhjehkan..

  27. dhil says:
    July 19, 2015 at 1:23 pm

    Wow! Mi part ves v nice… next part thankolheh avahah up kolla dhehchey… kiyaa hithun kehnulavaafa mi iny…. nd thankolheh avahah dhen zeryn men bust kollafa makin nd inaraa gulhuvaba

  28. shain says:
    July 19, 2015 at 1:27 pm

    wow!!!! up v….. v reeethi. 🙂

  29. kivi says:
    July 19, 2015 at 1:39 pm

    Wow v salhi. …Thanks zai

  30. hawwa says:
    July 19, 2015 at 1:53 pm

    Salhi v

  31. marsha says:
    July 19, 2015 at 2:37 pm

    Oh thank god eyee hageegathakah nuvythy, atlast hiy hulhuvaaleviije ekaku anekakah… so happy, dhen zeryn beyru kolla bust kollaafa, inthixaaring for toniht, lovd this, thanx zai

  32. flower says:
    July 19, 2015 at 3:03 pm

    i knew it markin mareh nuvaane kan…….. dhen zeryn dhaithagandah gotheh nimaa eyrun markin aa inaa happy kon ulheveyny.. well waiting for tonite. n hope next part will be long.

  33. Sam says:
    July 19, 2015 at 3:05 pm

    Thanks zai… Yu are the best..! Love you..! Waiting for the next part…!

  34. Dantes says:
    July 19, 2015 at 3:05 pm

    Rey hatharu dhamu ruii maakinn maruv kamah heekoh :p
    V salhi mi part ves

  35. Crazi says:
    July 19, 2015 at 3:06 pm

    Inthizaaru vrh kuru vaafah genes dhinee mah happy…mirey kurin genes dheachey will wait for dat part

  36. Zeen says:
    July 19, 2015 at 3:10 pm

    Wow. v salhi . Inshaa allaah .Waiting for tonight. Maa haasaru thah nugenes seedhaa pointah vaahahaka genes dheykan faahaga kohlan. Ehenve v kiyaahih vey. Thanx Zai…

  37. Shuha says:
    July 19, 2015 at 3:19 pm

    This part is awesome……. Keep it up Zaiii…… Waiting 4 next part….☺

  38. anth says:
    July 19, 2015 at 3:19 pm

    Wow. Beautiful…

  39. dhi says:
    July 19, 2015 at 3:22 pm

    Yes. Maakin mareh nuveyo.. luv u zai. Next part avaha up koh dhehchey plx plx…

  40. Liu says:
    July 19, 2015 at 3:41 pm

    Vrh vvvvvvv reeethi….inthixaar kureweny

  41. ifaa says:
    July 19, 2015 at 3:49 pm

    thanks zai makin ah maraanulyma n inaaraa aa dhemyhun gulhuvythee..cant wait for tonight…ur awesome zai <3

  42. Nym says:
    July 19, 2015 at 3:59 pm

    oooooooooooooooooops naseybehnnu maakin maru nuvikan,,,, 😛

  43. Unknown. says:
    July 19, 2015 at 4:02 pm

    Owww.. Wow vvvvvvvvvvvvvvv rythi mi vahaaka…. Waiting for the next part. 🙂

  44. lilly says:
    July 19, 2015 at 4:08 pm

    masha allah kiaa hubsoorath hey…….p

  45. liu says:
    July 19, 2015 at 4:21 pm

    xai mireyy 10 ge kurin vvaahaka up kodheheethi plxxxxxxxxxxxxxx….and thnx makin maraanulyyma…….vaahaka hama habeys

  46. sanam puri says:
    July 19, 2015 at 4:22 pm

    mihaa ryythhi story eh adhi nukiyan

  47. shif says:
    July 19, 2015 at 4:23 pm

    Maakin alive….naseebennu..dhen e zereen kantha falhaa aruvaalaa eyrun salhi vaane

  48. finni says:
    July 19, 2015 at 4:40 pm

    saabas

  49. naj says:
    July 19, 2015 at 4:42 pm

    vvv reethi,,,thnks zai….love u….u r the best

  50. nihaa says:
    July 19, 2015 at 5:08 pm

    Hama habeyssss…dhen Kon irakun aneh part up vaanyy…

  51. Jam says:
    July 19, 2015 at 5:08 pm

    v v v reethi

  52. nazi says:
    July 19, 2015 at 5:35 pm

    vvvv reethi mibaives dhen enme rangalhuvaanee zereenge makaru falha araa eheh ekauntey hekukurevuneeyya

  53. Jannath says:
    July 19, 2015 at 5:37 pm

    kihinnehbaa dhen vaanee

  54. hunny says:
    July 19, 2015 at 5:41 pm

    Maashaallah v v nice story eh…

  55. mixu says:
    July 19, 2015 at 6:20 pm

    Wow too nice. Ur da bst

  56. alak says:
    July 19, 2015 at 6:39 pm

    v v reethi

  57. lonely says:
    July 19, 2015 at 7:01 pm

    so touching… i wish my bf will come back.. 🙁 haadha ehgothey my love story aa… same as makin… makin is my dream name for my son 🙁 alhey

  58. inayaa says:
    July 19, 2015 at 7:33 pm

    Woooooooow xai thanks.maakin maraanulyma. Maakin aa inaaraa gulhuvaa. Xeryn falhaa aruvaalaa avahah.inaaraa preg kihba plx plx

  59. aisha says:
    July 19, 2015 at 7:35 pm

    Thanx zai. Waiting for next part. This part is awesome.

  60. Shabee says:
    July 19, 2015 at 8:20 pm

    Zai haadha molhey dhw meehunge hiyy thalhuvaalan… hehe 😉 mibaivex v reethi… but aslu hiyhama jeheh varah vure kuru 🙁 ekam dhen zai thivaru vex kihdheykamahtakaa shukuru kuran… 9 g kurin aneh prt up khdhehchey… eyrun shabee ah mirey kiyaaleveynee.. i hope nxt prt bv dhigu kh genesdheyne kamah… 😀 good luck… bi bi 😛

  61. lyn says:
    July 19, 2015 at 8:36 pm

    Nice but maabodah kuru mi part…:(

  62. sumone says:
    July 19, 2015 at 9:35 pm

    xt pathis part is amazing…… mirey 10 ge kurin next part up koh dhehchey ingey zai……. can’t wait to read the next part 😀 :0

  63. sumone says:
    July 19, 2015 at 9:36 pm

    this part is*

  64. shiu says:
    July 19, 2015 at 9:39 pm

    Kihaairakun up kohdheynee? Mirey internet nethey nubunaathi…

  65. Leen says:
    July 19, 2015 at 9:41 pm

    Zaiii…. Avahah up kh dheeba,….. Keh madhu vehje next part kiyaa hithun….. Waiting waiting waiting waiting 4 next part….

  66. anth says:
    July 19, 2015 at 9:42 pm

    Wow. Beautiful… Varahsalhi. Next part genesdhy avahah. Thanks. Zai. Maakin marunuvyma.

  67. Rana says:
    July 19, 2015 at 10:15 pm

    Vaahhaka nice……where’s the next part

  68. MadhY says:
    July 19, 2015 at 10:23 pm

    mireyves 12 ge fahunthoa??? noony internet nethythoa???

  69. sumone says:
    July 19, 2015 at 10:23 pm

    when is the next part…….. zai plxxxxxxxxxxxx avahah upkoh dheeba…….. can’t wait to read the next part ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ :D:)

  70. rose-roazy says:
    July 19, 2015 at 10:25 pm

    zai avas kohdhybala

  71. xaaxaa says:
    July 19, 2015 at 10:29 pm

    Zai… Kba next prt…… Ava’s kohlahcheyy ingeyyy….. Mirey wex inthizaaru ga tha hunnan jeheyyneee….. Zai fast ingeyy… Zai akyy everyday up koh dhey kuhjennu dhw please Ava’s kohlaa…….

  72. rose-roazy says:
    July 19, 2015 at 10:36 pm

    dhen mirey up nukohdheynetha.. alhe mioh rythi story

  73. sumone says:
    July 19, 2015 at 10:36 pm

    zai hurihaa kudhin ehaa varah up kohdheshey kiyaa iru thankolheh avahah up koh dheeba plxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx :(:(:(:(:(:(:(:(:(:(:(

  74. Mai says:
    July 19, 2015 at 10:38 pm

    Mee varah hama nujehey vaahaka eh. Kihineh inaara ah hiyaalah geneveynee bassam ge kanthah thah. Varah kada ebai genesdheefa in goiy.

    1. mae says:
      July 19, 2015 at 10:49 pm

      thee rangalhah nukiyaathee. meeheh ge hiyalu e eemeehehge hiyaalekey liyefa note kolhey liyaakah nujehey dw.. eiee zai vaahaka genes dhin molhukamun j vany… mai

    2. zaisha says:
      July 19, 2015 at 11:03 pm

      actually she only imagined the part where doc says he is dead. be4 when basaam and evryone came it was real 🙂 hope u understood now.

  75. Lali says:
    July 19, 2015 at 10:40 pm

    Adhi mihaathanah kyunu emme salhi story…..mirey dhn up koh dhyba plxxxxxxxxxxxxxx……..nunidhifa moithy story up nukuraathyyy.

  76. me says:
    July 20, 2015 at 6:00 am

    v undhagu mihaaru esfiya page mihuri goi. kurin huree v faseyha koh. pls change this. v v v difficult pls pls

Comments are closed.

Next Episodeހިތް ވިންދާނުލައި… (26)←


All Right Reserved!