މާޝާ މިހާރު އުޅެނީ ތަނެއް ކުއްޔަށް ހިފައިގެންނެވެ. ގެއަށް ދެވުނު އިރު އެގާރަ ޖަހައިފިއެވެ. މަޑު މަޑުން ކޮޓަރިއަށް ވަދެ އާދައިގެ ހެދުމަކާއި ބުރުގަލެއް އަޅައިގެން މާޝާ ނުކުތީ އައިސްކްރީމް ކާހިތުން ނެވެ. ބަދިގެއަށް ވަދެ ވަދެ ހުއްޓާ ފަހަތުން “މާޝް ލަވް” އޭ ކިޔާ ގޮވާލިއަޑު އިވުނެވެ. “އޯއި! މިދަނީ ކުޑަ ތައްޓަކަށް އައިސްކްރީމް އަޅާއިގެން.” މާޝާ އަވަސް އަވަހަށް ޖަވާބު ދީ އައިސްކްރީމް އަޅާއިގެން ނުކުމެލީ ބެލްކަންޏަށް ށެވެ. ފަހަތުން އެ ފިރިހެން މީހާ އައިސް މާޝާގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. މާޝާ ފަހަތަށް އެނބުރުނު އިރު ދެމީހުންގެ ދޭތެރޭގައި ސެންޓިމީޓަރެއްވެސް ނުހުންނާނެކަން ޔަގީނެވެ. އެ ފިރިހެން މީހާ މާޝާގެ ކޮލަށް ދޮނެއް ދިނެވެ. މާޝާ ހިނިތުންވެލާފައި އެ ފިރިހެން މީހާގެ މޭ މަތީގައި ބޯ އަޅާލިއެވެ.
**********************
“މާދަމާ ޝޫޓިންގ ކިހާ އިރަކު؟” އިޒާން އެއްސެވެ. “4:30 ހަވީރު” އަޒާން ގެ ޖަވާބު ކުރެވެ. އިޒާން އެދުނީ މާދަމާ ޝޫޓިންގ އަށް ދާ އިރު ގެންދިއުމަށް އެދުނެވެ. އަޒާން ދެކޮޅު ހެދުމުން ގެންގޮސްފިނަމަ ރޭގަނޑު ކެއުން ދޭނަމޭ ބުނުމުން އަޒާން އެކަމަށް އެއްބަސް ވިއެވެ. ނަތާޝާއަށް ހަވީރު ވީ އިރުވެސް އެނދުން ހިއްލާލެވޭ ވަރެއް ނޫނެވެ. ހުން ގަދަކަމުންނެވެ. އިޒާން އަށް ގުޅަން ފޯނުގައި އިޒާންގެ ނަންބަރު ޖެހުނު އަދަދެއްވެސް ނޭނގެއެވެ. އިޒާން ކަންބޮޑު ވެދާނެތިން ގުޅަން ހިޔާލު ކޮށްފައިވެސް އެހިޔާލު ދޫކޮށްލައި ބޭސް ކައިގެން އަނެއްކާ ވެސް އަރާ އޮށޯތީ އެވެ.
އިޒާން ސައިން އައުޓް ވާން ނުކުންނަނޖކޮށް އިޒާންގެ ފޯނު ރިންގް ވިއެވެ. “ކައެ ހާދަ ލަހޭ” އިޒާން ފޯނު ނެގުމާއި އެކު އަޒާން ޝަކުވާ ކޮށްލިއެވެ. ” ކައެއަށް ސާބަސް. ކޮބާ؟” އިޒާން ނުކުމެ ބެރު ބަލާލިއެވެ. ނަމަވެސް ފެންނަން ނެތުމުން އިޒާން އަށް ބުނެވުނީ ތަންކޮޅެއް ހަރުކަށި ކޮށެވެ. “ކުރިމަތީ. ފަރާތް ފަރާތަށް ބެލިއަކަސް ނުވާނެ ކުރިމައްޗަށް ނުބަލަންޔާ. މޮޔަ ޑޮންކީ” އަމިއްލަ މޮޔަކަން އިޒާން އަށް ވެސް އެނގި ހެވުނެވެ. “މީޝް! ހިނގާބަ ލާ ދޭން ދާން. މައި! ނިޔާ ބަލާލަދެއްޗޭ ވަން އަވާ ފިފްޓީން ނިނިޓްސްގެ ޝޫޓިންއެއް. ނިމުނު ހާ އަވަހަކަށް މީޝް އަށް ގުޅާނަން.” މާޝާ ހީލްއަށް އަރާ ފަހު ފަހަރަށް އަމިއްލަ ސޫރައަށް ލޯގަނޑުން ބަލާލިއެވެ.
މާޝާ ޝޫޓިންގ އަށް ދިޔައިރު އެންމެންވެސް މާޝާގެ އިންތިޒާރުގައި ތިއްބެވެ. މާޝާގެ ލޮލުގައި އަޅައިގަތީ އަޒާން ކައިރީ ހުރި އިޒާންއެވެ. އެމީހުންނަށް ފިލޭކަށްވެސް ނެތެވެ. ހަމަޖެހިލާފައި މީޝަމް ގާތު ދާނީ ކަމުގައި ބުނެ ޝޫޓިންގ އޮތް ސަރަހައްދަށް ދިޔައެވެ. މީޝަމް ފޮނުވާލީ އިޒާން އަށާއި އަޒާން އަށް ފެނިއްޖެނަމަ ނުބައި ގޮތަކަށް ވިސްނަފާނެތިންނެވެ. ހަގީގަތުގައި މިޝަލް ނިޔާވި ފަހުން ކައިވެންޏެއް ކުރަން މާޝާ އަދި ނުވެސް ވިސްނައެވެ. ނުވިތާކަށް މީހަކާއި ރައްޓެހި ވާންވެސް ހިތަށް ނާރުވައެވެ. “އެ ހަމަ އެ މާޝާ ތަ ކަލޯ؟” އިޒާންއަށް ގަބޫލު ނުކުރެވިގެން އަހާލެވުނެވެ. ވާނީވެސް އެހެންތާ އެވެ. އެހެންޔާ އެހާ ކުރުކޮށް ހެދުން ނާޅާ މާޝާ. މިހާރު މުޅިން ވެސް ލަނީ ކުރު ހެދުމެވެ. ސްނިކާސް ބޫޓަށް ނޫނިއްޔާ ނޭރޭ މާޝާ މިހާރު އަރަނީ ހީލްސް އަށެވެ. މިހާރު ނަންބަރު އައިނު އަޅާފައި ހުރުމުން ކުރިއަށް ވުރެވެސް ރީތިކަމަށް ދައްކައެވެ. ހަމުގެ ކުލަ ކުރިއަށްވުރެ އައްޔެވެ.
އަނގަ ތަންމިނަށް ހުޅުވައިގެން އިޒާންއަށް ބަލަން ހުރެވުނީއެވެ. އަޒާން ކޮނޑުން އިޒާންގެ ގައިގައި ޖެހިލިއެވެ. “ދަނީ” އަޒާންް ބުނެލިއެވެ. “ނަ މަޑު ކުރާނަން. މާ ބޭނުން މާޝާ އާ ވާހަކައެއް ދައްކާލަން” އަޒާން ހީ ގަތެވެ. އަދި އަވަހަށް ގޮސް ޝޫޓިންގ އައިގެން ކުރިއަށް ދިޔައެވެ. ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ފޮޓޯނެގުމަށް ހާއްސަ ތަންކޮޅެއް ވަނީ ހަދާފައެވެ. އަރައިގެން ހުރި ހާސް ބާލާ މާޝާ އަޒާންގެ ކައިރީ ކުޑަ ކަކޫ ޖަހާލިއެވެ. އަޒާން އަށް ޖެހުނީ ބޮލުގެ އިސްތަށިގަނޑު ގައި އަތް ހިންގާލާ މާޝާއާއި ދިމާއަށް ބަލާލާށެވެ. މާޝާ ކުޑަ ކަކޫ ޖަހާލާފައި އަޒާންގެ ކަކުލާއި ދިމާއިން އަތް އަޅުވާ މޫދުގެ ލޮނުގަނޑު ޖެހިލި ގަޑީ އަތުން ލޮނު ކޮޅެއް ބުރުވާލިއެވެ.
ދުރުގައި އިން އިޒާން މާޝާ އަށް އައި ބަދަލުތަކާއި މެދު ވިސްނަމުން ދިޔައެވެ. ޝޫޓިންގ ނިމުނު އިރު 5:30 ވެއްޖެއެވެ. އިޒާން ސައިކަލުން ފައިބައިގެން ގޮސް ހުއްޓުނީ މާޝާގެ ކުރިމަތީގައެވެ. މާޝާ އަށް އިޒާން ފެނުމުން ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. “މާޝް ކޭންވީ ޓޯކް” މާޝާ ތެމިފައި ހުރި ހެދުން ގަޔަށް ހިފާފައި ހުރުމުން މީހުންތަކުގެ ތެރެއަށް ނުކުންނަށް ހުރީ ޖެހިލުންވެފައެވެ. މި މަންޒަރު ފެނި އަޒާން ލައިގެން ހުރި ކޯތު މާޝާގެ އަތަށް ދީފައި ކޯޓު ލުމަށް އެދުނެވެ. މާޝާ ޝުކުރު އަދާކުރިއެވެ. މާޝާ ކޯޓުލައިގެން އިޒާން ގެ ފަހަތުން ގޮސް އަޒާން އަށް ވުރެ ތަންކޮޅެއް ދުރުގައި ހުއްޓުނެވެ. “މާޝް! ވީ މިސްޑް ޔޫ ސޯ މަޗް. ކީއްވެ ނަންބަރު ބަދަލުކުރީ؟” އިޒާން ބޭނުންވީ ވަގުތު ބޭކާރު ނުކޮށް ސީދާ ދައްކަން އުޅުނު ވާހަކަ ދައްކާށެވެ. “ހެހެ. މީ އެންޑް ނިޔާ އޯލްސޯ މިސްޑް ޔޫ ގާއިސް. ފޯނު މޫދަށް ވެއްޓުނީ ނިޔާ އަތުން ދެން އެހެން ނަންބަރެއް ނެގީ ފޯނެއް ގަނެފަ. ލަންކާ އަށް ޗޭންވެފަ މިކޮޅަށް އައީ ކޮންޕެނީ އިން ލިބުނު އޮފާއަކުން” މާޝާ ހިތި ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. “އަޒާން ބުނި ރޭގަ ފިރިހެނެއްގެ ސައިކަލު ފަހަތަށް އަރާ އެމީހާ ގައިގަ ބައްދާލިތަން ދުށީމޭ. ފިރިމީހާތަ އެއީ . ނޫނީ ބީއެފްތަ” މާޝާ ގާތަށް ހިނިއައެވެ. “މީޝަމް ދޯ. އެއީ ބިޓެއްވެސް ނޫން ފިރިއެއްވެސް ނޫން. އެއީ އަހަރެންގެ ބެސްޓްފްރެންޑް. ވީ ބޯތް އެކްޓް ލައިކް ލަވާސް. ހެހެ. ސޮރީ ޓު ޑިސަޕޮއިންޓް. އެނީވޭސް ފޯނު ދީބަ” މާޝާ ހެމުން ހެމުން ބުނެލިއެވެ.
އިޒާންގެ ފޯނުގައި މާޝާގެ ނަންބަރު ޖަހާލިއެވެ. “ދަނީ. އެހެރީ މީޝަމް ބަލާ އައިސް. ނިޔާ ކައިރިއަށް ގޮސްލާފަ ޓެލެގްރާމް އިން ވީޑިއޯ ކޯލް އެއް ކުރާނަން. މާޝް ގެ ނަންބަރަށް މިސްޑް ކޯލް އެއް ދީފަ ބައިންދާތި” ދުރުގައި އިން މީޝަމް ދައްކާ ލާފައި ދަބަސް ނަގައިގެން ގޮސް ސައިކަލު ފަހަތަށް އަރައިގެން ދިޔަ އިރުވެސް އިޒާން އަށް ހުރެވުނީ ބަލާށެވެ. “މާ ބުނީމޭނުން މާޝް ބިޓޭ” އަޒާން އައިސް މާޝާ ދިޔަ ދިމާއަށް އިނގިލި ދިއްކޮށްލާފައި ބުނެލިއެވެ. “ނޭނގޭ ވާހަކަ ނުދައްކާހުރެ.” އަޒާންގެ ދައްބޮލުގައި ޖަހާލާފައި ގެއަށް ދާން ހިނގާށޭ ބުނެ ސައިކަލު ފަހަތަށް އެރިއެވެ.
އަޒާން ތެމިފައި ހުރުމުން ދިޔައީ ބަންގި ގޮވަން ވާއިރަށް ފެންވަރާލަށެވެ. އިޒާން ބަދިގެއަށް ވަނީ ބަނޑުހައި ވެގެންނެވެ. ނަމަވެސް ނަތާޝާ ވީ ތަނެއް ބަލާފަ ނޫނީ ނުކާން އިޒާން ގޮސް ވަނީ ކޮޓަރިއަށެވެ. އޭރުވެސް ނަތާޝާ އޮތީ ރަޖާ އަޅައިގެންނެވެ. އިޒާން އަށް އަދި މިއަދު ނަތާޝާ ހޭލާފައި ހުއްޓާ ނުފެނުން ނާޔޫސް ވިއެވެ. “ނަތާ އަނެއްކާ ބަލިބާ” ހިތާއި ހިތުން އިޒާން ބުނެލިއެވެ. ގޮސް ނަތާޝާގެ ކައިރީ ކުޑަ ކަކޫ ޖަހާ ނަތާޝާގެ ނިއްކުރީގައި އަތް ޖައްސާލލިއެވެ. ކަމަކު ދާކަށް ނެތެވެ. ހުން ވަރަށް ވެސް ގަދައެވެ. މުޅި މީހާ އޮތީ ދާހިތް ލައިގެން ފޯވެފައެވެ. އިޒާން އަމިއްލަ އަކަށް އެއީ ޑޮކްޓަރެއްކަން ވެސް ހަނދާން ނެތުނު ކަހަލައެވެ. އިޒާން ނަތާޝާއޭ ކިޔާ ހަޅޭލަވައިގަތް އަޑަށް ފައިހާ ދުވެފައި އައެވެ.
– ނުނިމޭ –
= Amyra =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


