Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަންގި

Lily Level 210 Stories
May 31, 2021 2 Mins Read
2 Comments

އެ އީ ބުދަ ދުވަހު ގެ ހަވީރުގެ ވަގުތެވެ.ޔަމްލާ ދިޔައީ އެކްސްޓްރާ ކްލާހަކަށެވެ.އެއީ ސައިންސް ގަޑިކަމުން އެ ދުވަހު ޔަމްލާމެން ދާންޖެހުނީ ސިއްހީ މަރުކަޒު ކައިރީގައި އޮންނަ ގްރީން ހައުސް ބަލާލާށެވެ.އެތަނައް ވަނުމުގެ ކުރިން އެމީހުން ކޮންމެ ކުއްޖަކަށް ރަބަރު އަންގި އެއް ދިނެވެ.އެއީ އޭގެ ބޭނުން ޖެހިދާނެ ކަމަށެވެ.ނަމަވެސް ޔަމްލާމެން ނަކައް ބޭނުން ކުރާކަށް ނުޖެހުނެވެ.

ޔަމްލާއައް ގެއަށް ދެވުނީ ފަހެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ.ގެއައްގޮސް ޔަމްލާ އަތުގައި އޮތް އަންގި ފުއްޕާފަ ޔަމްލާގެ ތުއްތަގެ ދަރިފުޅު ރައިކާ އައް ދިނެވެ.އިރުކޮޅަކުން ޔަމްލާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހައިލާ އާއި ތުއްތަގެ ދޮށީ ދަރި ޝިއާ އެތަނަށް އައެވެ.އެ ދެމީހުން ވެސް ބޭނުންވީ ރައިކާ އަތުގައި އޮތް އަންގި އެވެ.ނަމަވެސް ރައިކާ އޭތި އަތުލީމަ ރޯތީ އެތަނުން އެކަކަށް ވެސް ރައިކާ އަތުން އޭތި އަތުލާކައް ނުކެރުނެވެ.އެ ދެމީހުން އެތާ ތިބެފައި ސިއްރުން އެއްޗެކޭ ކިޔަކިޔާފައި ދުވެފައި ގޮސް ތުއްތަ ފިރިމީހާގެ ގުދަނަށް ވަދެ ދެމީހުން ފަހަތައް އަތް ލައިގެން ގޭގެ ބޮޑު ދޮރު ކައިރިއަށް ދިޔައެވެ.

އިރުކޮޅަކުން ހައިލާ ގޮސް ޔަމްލާ ކައިރީގައި ބުންބާ އިންތަން އޮޅުންފިލުވާލިއެވެ.”ކޯޗެއް ހަދަންވީ.ތި އުޅެނީ ދެމީހުން؟”ހައިލާ ބުންބާ ހިފައިގެން ހިނގައިގަތުމުން ޔަމްލާ އަހާލިއެވެ.”މީ އެއްޗަކަށް ވައިޖަހާލަން”.އެހެންބުނެ ހައިލާ ދުއްވައިގަތެވެ.

އިރުކޮޅަކުން ޔަމްލާ ދިޔައީ ފެންވަރާށެވެ.ފެންވަރައިގެން ރީތިވެގެން ޔަމްލާ ދިޔައީ ސައިބޯންށެވެ.ޔަމްލާ ސައިބޯން އިއްތާލިހެން ހީނުވެ ދޮންބެ އައީ ހެމުން ހެމުންނެވެ.”ކިހިނެއްވީ ތިހާވަރަށް ތި ހެނީ”. އެވަގުތު ޔަމްލާގެ މާމަ އައިސް އެތާހުރި ގޮނޑިއެއްގައި އިށީނދެ ވަޅޯމަސް ތަކެއް ކޮށަމުން ދޮންބެ ގާތުގައި އަހައިލިއެވެ.”އެ ދެމީހުން….އެ….ގޭ…. ދޮރު މަ”ޔަމްލާގެ ދޮންބެ އައް ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭހެވެވޭ ވަރުން އެއްޗެކޭ ނުބުނެވުނެވެ.ހީވަނީ މޮޔަވެގެން ހެވޭ މީހެއް ގެނެވޭ.

އޭގެ ދެ މިނެޓެއްހާއިރު ފަހުން ގޭގެ ބޮޑު ދޮރު ކައިރިން އަންހެނެއް ހެވޭ އަޑު އިވުނެވެ.އެ އަޑައް ޔަމްލާ ދުވެގޮސް ގޭގެ ބޮޑު ދޮރު ކައިރިއް ހުއްޓުނެވެ.ޔަމްލާ ދިޔައިރު އެ ގޭގެ އަވައްރިއެއް ކަމައްވާ ތޯމާ ދޮރާއި ފުރަގަސްދީގެން ފޯނުން އެއްޗެއް ރިކޯޑު ކުރަމުން ދިޔައެވެ.ނަމަވެސް ޔަމްލާގެ ކުރިމަތީގައި ތޯމާ ހުރުމުން ކުރި އެއް ޔަމްލާ އަކަށް ނުފެނެއެވެ.”ތޯމާ ދައްތާ.ކިހިނެތް ވީތަ؟”. ޔަމްލާ ތޯމާ ގާތުގައި އަހައިލިއެވެ.

ތޯމާ ޔަމްލާ އައް ބަލާލައިފައި އެއްކައިރި އައް ޖެހިލި އެވެ.ނަމަވެސް ދެން ފެނުނު މަންޒަރުން ޔަމްލާ އަކަށް ކެތެއް ނުކުރެވުނެވެ.ތޯމާ އައް ވުރެ ބާރަށް އޭނާ ހެވިގަތެވެ.އެހެން ނުވާނވީ ފަހެ ކީއްވެ ހެއްޔެވެ.ހައިލާ އާއި ޝިއާ ތިބީ ގޭ ދޮރުމަތީގައި ގޮނޑީގައި އިށީނދެ ބުންބާއިން މަސައްކަތް ކުރާ އިރު ބޭނުން ކުރާކަހަލަ ފޮތި އަނގިއަކައް ވައި ޖަހާށެވެ.ޔަމްލާ ރަބަރު އަންގި ފުއްޕުމުން މިމީހުން މި ފުއްޕަނީ ފޮތި އަނގިއަކައް ވިއްޔާއެވެ.އޭގެ މިނެޓެއް ފަހުން ދޮންބެ ވެސް ހެމުން ހެމުން އައެވެ.

ނިމުނީ

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 47

Next

ވާނަމޭ އެކުގައި 3

Next
May 31, 2021

ވާނަމޭ އެކުގައި 3

Previews
May 31, 2021

އަންނަންދެން ހުންނާނަން ލޯބިން 47

2 Comments!

  1. Ra Na says:
    May 31, 2021 at 6:04 pm

    Hahahahahhahahahaha vrh vrh majaa story eh????????????????

  2. hawwa lamya says:
    June 7, 2021 at 4:59 pm

    Hehe thank you ?
    Adhi kiriyaa comments bai mi balailevunee.?

Comments are closed.



All Right Reserved!