Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތުން ވެވުނު ލޯބި 28

Najdha Level 210 Stories100 Login
May 27, 2021 3 Mins Read
0 Comments

ހަސީނާއަށް އަޒާން ފެނުމުން ކުޑަ ކަމަކު ކިޔަންވެފައި އެބައޮތް ކަމުގައި ބުންޔެވެ. އަޒާން އެއީ ކޮންކަމެއް ބާ އޭ ހިތަށް އަރަމުން ހަސީނާގެ ފަހަތުން ގޮސް ހަސީނާގެ ކޮޓަރިއަށް ވަނެވެ.

 

*******************************

 

މާޝާ ކޮޓަރިއަށް ވަންއިރު މިޝަލް އޮތީ ސޯފާގައި ނިދާފައެވެ. ބަލާބެލުމަށް އެއްޗެހިވެސް ބަދަލުނުކޮށް އޮތްކަން އެނގެއެވެ. ހާނިޔާ ކުޑަ އެނދަށް ލައިފައި ސޯފާ ކައިރިއަށް ގޮސް ކުޑަ ކަކޫ ޖަހާލިއެވެ. މިޝަލް ކޮންމެ ގޮތަކަށް ކަންތައް ކޮށްފައި އޮތް ނަމަވެސް އަންބަކު އަދާކޮށްދޭން ޖެހޭ ކަމެއް މާޝާ ކޮށްދޭނެކަމަށް އަޒުމް ކަނޑައެޅި އެވެ. މިޝަލް އަރައިގެން އޮތް އިސްޓާކީނި މަޑު މަޑުން ބަލައިގެން ބާލުވާ ސައިޑް ޓޭބަލް މަތީ ބޭއްވިއެވެ. އެނދުމަތީގައި އޮތް ރަޖާގަނޑު ގެނެސް މިޝަލްގެ ގައިމަތީގައި އަޅާފައި ފަސް އެނބުރި ދާން އުޅުނު ވަގުތު މިޝަލް މާޝާގެ އަތުގައި ހިފެހެއްޓިއެވެ. މާޝާ ގޮސް ޖެހުނީ މިޝަލްގެ އުނގުމައްޗަށެވެ. “މާޝް ވަރަށް ބޮޑަށް ސޮރީ” މާޝާ ގެ އަތުގައި ދެލޯ ޖައްސާލައިގެން އޮވެ މިޝަލް ބުނެލީ ރިހުން އެކުލެވިގެންވީ އަޑަކުންނެވެ. މާޝާއަށް ހީވީ އޭނާގެ ހިތުގައި މީހަކު ވިކާލި ހެންނެވެ. މާޝާ އިސްޖަހައިގެން އިންދާ މާޝާގެ މޫނުގެ ތިރީގައި މިޝަލްގެ އިނގިލި ކުރިން ޖައްސާ އިސް އުފުލާ އެ މަޑު ފިޔާ ތޮށި ކުލައިގެ ތުން ފަޔަށް ބޮސްދިނެވެ. މާޝާއަށް އެއްވެސް އިހްތިޔާރަކާ ނުލާ ދެލޯ މަރާ ތަގުނޑި ކޮށްލެވުނެވެ. އެތަށް ފަހަރަކު އެ ބަސް ނާހާ ހިތަށް އެއީ ފިރިމީހާ ކަން ހަނދާން ކޮށްދޭން ޖެހެއެވެ. މިޝަލް ބޭވަފާތެރި ވެއްޖެކަން އެނގުނު ދުވަހުން ފެށިގެން މިޝަލް މާޝާގެ ގައިގާ އިނގިލި ކުރި ޖައްސާލިއަސް މާޝާ އަށް ވަނީ އުނދަގުލަކަށެވެ. ކުރީގައި މިޝަލްގެ ބީހުމުން ހިތްފުރި އުފާވިކަމުގައި ވިޔަސް މިހާރު އެ ބީހުމުން މާޝާއަށް އުނދަގޫވެ ހިތަށް ތަދުވެ އެވެ.

 

އަޒާން އަކީ މިހާރު މާލެއަށް މަޝްހޫރު މޮޑެލް އެކެވެ. މަގުމައްޗަށް ނުކުތަސް އަންހެންކުދިންގެ އުނދަގުލާއި ހެދި އަޒާންއަށް ޖެހެނީ މާސްކު އަޅައިގެން އުޅޭށެވެ. މިޝަލް އާއި މާޝާގެ ގުޅުން ދުވަހެއް ދުވަހަކަށް ދަނީ ހީނަރުވަމުންނެވެ. މާޝާއަށް ނޭނގޭ ކަމަކީ މިޝަލް ކޮލެޖުން ކެނޑިގެން އުޅޭކަމެވެ. ނަމަވެސް އެކަންތައް ވެސް އެނގުނީ ޖައިލަމް އާއި އެކު ދައްކާފަ ހުރި އިތުރު ވާހަކަތަކެއް މިޝަލްގެ އިންސްޓާ ގްރާމް އެކައުންޓް ހާވަނިކޮށެވެ. ކުރިއަށް ވުރެ ގިނައިން މިޝަލް ބޭރުގައި އުޅޭކަންވެސް މާޝާ އަށް ވަނީ ފާހަގަ ކުރެވިފައެވެ. ހަސީނާއަށް މިޝަލް މާ ގިނައިން ބޭރުގައި އުޅޭކަން އެނގިގެން މިޝަލް ހުއްޓުވުމަށް އެނދުނެވެ. ނަމަވެސް އެމީހަކު ނޫޅޭ ވަރުން ނޫޅޭނަން ކަމުގައި މާޝާ ވަނީ ހުދު އޭނާ އަމިއްލައަކަށް އޭނާގެ މަންމަގާތު ބުނެފައެވެ. ފައިހާ ޕޭޝަންޓްއަކަށް އެޓެންޑެ ކޮށްގެން ހުއްޓާ ކުއްލިއަކަށް މޭ ނުބައި ކުރާ ގޮތާ ވިއެވެ. ފައިހާ އަށް އެސިސްޓެންޓް ކަން ކޮށްދޭން ހުރި ރިއުޝާ ގާތު އެބައަންނަން ކަމުގައި ބުނެ ފާހަނައަށް ދިޔައެވެ. ފާހަނައަށް ގޮސް ވަދެވުނީ ކިރިޔާއެވެ. މިއަދު ބްރޭކަށް ގޮސް ކައިގެން އައި ހުރިހާ އެއްޗެއް އެދިޔައީ ހޮޑަށްށެވެ. ބޯ އަނބުރާ މޭ ނުބައި ކުރާތާ ދެތިން ދުވަސް ވާކަން ފައިހާއަށް ފާހަގަ ކުރެވުނެވެ. ފާރިޝްވެސް ފައިހާގެ މޫނުމަތިން އަބަދު ވަރުބަލިކަން ފެންނާތީ ބަލި ރޯ އެތަށް ފަހަރަކު ސުވާލުވެސް ކުރިއެވެ. ނަމަވެސް ފައިހާ ކޮންމެ ފަހަރަކުވެސް މަޢުލޫ ބަދަލުކޮށްލާފައި އެކަމުން ބޯ ދަމައި ވަންނަނީއެވެ.

 

ފާރިޝް ގެއަށް އައީ ބްރޭކް ވަގުތު ވުމުންނެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ފާހަނަ ތެރެއިން ފައިހާ އޯކަށް ދެމޭ އަޑު އިވެއެވެ. ލައިގެން ހުރި ފުލުސް ޔުނީފޯމާއި އެކު ގޮސް ފާހަނަ ދޮރު ތެރެއިން ފާރިޝް ބޯ ދިއްކޮށްލި އެވެ. ފައިހާ އޭރު މޫނު ދޮންނަނީ އެވެ. ނިއްކުރީގައި އަތް ޖައްސާލީ ހުންހުރިތޯ ބަލާލަންށެވެ. ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ނެތެވެ. ފާރިޝް އާދޭސް ކޮށްކޮށް ބޮލަށް އުނދަގޫވެގެން ކުޑަގޮތަކަށް ފައިހާ ރީތިވެލީ ޑޮކްޓަރަށް ދައްކާލަން ދިއުމަށެވެ. “ނަތާ މިހުރީ ތިގޭ ދޮރުމަތީގަ. ކޮބާ ޒާން” ނަތާޝާ އިޒާންއަށް ގުޅައިގެން ހުރެ ވާހަކަ ދެއްކިއެވެ. “އާދޭ މާޝާމެންގެ ގޭ ކައިރިއަށް. ޝީ އިޒް ގޮއިން ތްރޫއަށް ހާޑް ޓައިމް ސޯ ވީ ތޯޓް އޮފް ސްޕެންޑިން ސަމް ޓައިމް ވިތް ހާ. ޕްލަސް ޝީ ވިލް ގޯ މެލޭ މާދަމާ މިޝަލް އޮޕަރޭޝަން ކުރާއިރު.” އިޒާން އެހެންބުނުމުން ކާރަކަށް އަރައިގެން ނަތާޝާ ހ. ލައިޓް ހައުސް އަށް ދިޔައެވެ.

 

“މާޝް! މިޝަލް ކޮބާ؟” އަޒާން އަށް މިޝަލް ފެންނަން. ނެތުމުން ސުވާލު ކޮށްލިއެވެ. މާޝާ ދައްކާލީ ކުއްޔަށް ދިނުމަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއެވެ. އެ އިޝާރާތުންވެސް އަޒާން އަށް މިޝަލް އާއި މާޝާ ގެ ގުޅުން މުޅިން އެއްކޮށް ހީނަރުވެފައިކަން އެނގުނެވެ. އަޒާން މާޝާ އަށް އެތަކެއް އެއްޗެއް ކިޔައިގެން ވިސްނަދޭވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް މިޝަލް ކަންތައް ކޮށްފައި އޮތް ގޮތުން އިތުރަށް ކައިރި ވާން ޖެހިލުން ވަނީ ކަމުގައި މާޝާ ކޮންމެ ފަހަރަކުވެސް ބުނެއެވެ. މިޝަލް އޮޕަރޭޝަން ކުރާއިރު މުހައްމަދު އާއި ހަސީނާ ވެސް ހުރީ ދާންށެވެ. މާޝާ ދާން ބޭނުން ވާހަކަ ބުނުމުން މިޝަލް އާއި އެކު މާޝާ އެކަނި ފޮނުވާލަން ބޭނުން ނުވުމުންނެވެ. އަޒާން ގެ ސިކުނޑީގައި އަދިވެސް އެނބުރެނީ އެދުވަހު ހަސީނާ ދެއްކި ވާހަކަ ތަކެވެ.

– ނުނިމޭ –

= Amyra =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Najdha

Level 210 Stories100 Login

Other Articles

Previous

ދޫކޮށްނުލާނަމޭ ކަލާ 2 – 2

Next

ހިތް ބޭނުމޭ ދުލުން 5

Next
May 27, 2021

ހިތް ބޭނުމޭ ދުލުން 5

Previews
May 27, 2021

ދޫކޮށްނުލާނަމޭ ކަލާ 2 – 2



All Right Reserved!