Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނަފްރަތުން ވެވުނު ލޯބި 21

Najdha Level 210 Stories100 Login
May 19, 2021 2 Mins Read
1 Comment

ކަރުނަތައް ހިފަހައްޓާލައިގެން ހުރި ފައިހާގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅިއެވެ. ކާކު ކަމެއް ނޭނގުނު ނަމަވެސް ވަޒީފާއަކަށް ލައިގެން އުޅޭތީ އެތަނުންކަމަށް ބަލާ އަވަހަށް ފޯނު ނެގި އެވެ. އެކޮޅުން ބުނި އެއްޗެއް ފައިހާގެ ކަންފަތް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ.

*****************

އިޒާން އަކީ އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ މުރާކި ޑޮކްޓަރެކެވެ. ހަނިމާދޫއަށް ގޮސް އައި ތަނާ ވަޒީފާ ހަމަ ޖެހިފައިވާ ކަން އިޒާނއަށް ވަނީ އަންގާފަ އެވެ. އިއްތިފާގަކުން މާޝާ ވެސް އޮތީ އޭޑީކޭގައި އެޑްމިޓް ކޮށްފައެވެ. ފައިހާ ނައިސްގެން ގިނަ އިރުވުމުން އިޒާން ބަލަންޖެހޭ ބަލި މީހުން ތިބުމުން ގޮސް ވޯޑަށް ވަނެވެ. ކުޑަ އިރުކޮށްޅެއްގެ ތެރޭގައި ސައިރެން އަޅަމުން އައިސް އެންބިއުލާންސް ހުއްޓިއެވެ. އެންބިއުލާންސް އިން ނެރުނީ ސައްބީސް އަހަރަށްދާ ފިރިހެނެކެވެ. މޫނު މަތިން އެތަށް ތަނަކުން ލޭ އައިސްފައި ހުރުމުން ކާކުކަން ދެނެގަންނަން އުނދަގޫ ވާގޮތް ވިއެވެ. ހޮސްޕިޓަލުގައި އަވަސް ފަރުވާދޭ ކޮޓަރިއަށް އެ ޒުވާނާ ވެއްދުނެވެ. ޑޮކްޓަރުން ބަލިމީހުން ކައިރީ ބުރަކޮށް އުޅުއްވާތީ އިތުރު ޑޮކްޓަރެއް ނެތިގެން ރިސެޕްޝަން ގައި އިންނެވި 20 އަހަރުގެ ޒުވާނާ އިތުރު ޑޮކްޓަރަކަށް ގުޅަން އުޅެނިކޮށް ވޯޑްެއިން ނުކުމެގެން އައި ޑޮކްޓަރ އިޒާން ފެނުމުން ވަރަށް އަވަހަށް އަވަސް ފަރުވާދޭ ކޮޓަރީގައި އޮތް ފިރިހެން މީހާއާއި ހަވާލުވުމަށް އެދުމުން ކައިރީގައި ހުރި ނަރުސް ކުއްޖާއާއި ވާހަކަ ދައްކަމުން އިޒާން އަވަސް ފަރުވާދޭ ކޮޓަރިއަށް ވަނެވެ. މޫނާއި ގައިގައި ހުރި ލޭ ސާފުކުރުމަށް ފަހު އިޒާން ބަލާލީ ސީދާ އެ ފިރިހެންމީހާގެ މޫނަށެވެ. އިޒާން ކުއްލިއަކަށް ހުއްޓުން އެރުމުން ނަރުސް ކުއްޖާ ދެތިން ފަހަރަކު އިޒާން އަށް ގޮވާ ވެސް ލިއެވެ.

މާޝާގެ ނަތީޖާ ދީފާ މާޝާ ގާތު ކުރިއަށް އޮތް ތަނުގައި ބަލައިގެން އުޅުމަށް އެދުނެވެ. މިޝަލް ވެސް މާޝާ ގާތު ދެން އުޅެންޖެހޭނީ ބަލައިގެން ކަމުގައި ބުންޔެވެ. އަދި އެ ތުއްތު ދަރިފުޅަށް ކަމެއް ވެއްޖިއްޔާ މިޝަލް ނޮޔަވާނެ ކަމަށްވެސް ބުންޔެވެ. އިތުރު މައްސަލައެއް ނެތުމުން ގިނަ ދުވަހު ބޭއްވުމުގެ ބަދަލުގައި ޑޮކްޓަރ ޑިސްޖާޖް ޑޮކިއުމެންޓްތައް ތައްޔާރުކުރިއެވެ. ލިއުޝާ، ކުޑަ ކުޑަ ލީޝާ ގޮވާލައިގެން ނުކުމެލީ ހަވީރު ވަގުތު ވުމުން ހިނގާލަން ދާށެވެ. ޖައިލަމް ވެސް ގޭގައި ނޫޅޭ ވަގުތެއްކަމުން ލިއުޝާ ދިޔައީ ގޭގެ ކަންމައްޗަށެވެ. ލީޝާ އަކީ ގިނައިން ނިދާފައި އޮންނަ ކުއްޖެއް ކަމުން ގިނަ ވަގުތު ލިއުޝާ އޮންނަނީ ލީޝާ ގޮވައިގެން ކޮޓަރީގައެވެ. ހޭލައި އުޅެނީ މަދު ފަހަރެއްގައެވެ. އެހެން ހުރެފައި ގެއަށް ވަންނަން ދާން އެނބުރުނު ގަޑީ ލީޝާގެ ލޮލުގައި އަޅައިގަތީ އަޒާން އެކީ ހުއްޓާ ފެނުނު އަންހެން ކުއްޖާއެވެ. އެގަޑީ ދުރުން ވަކި ކުރަން ނޭނގުނަސް މިފަހަރު ލިއުޝާއަށް އެއީ ކާކުކަން ނޭނގި ނުދިއައެވެ. އާއެކެވެ. އެއީ ލިއުޝާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނީޝާ އެވެ. ބޭރުފުށުން ކިތަމެ މަޢުސޫމް ކަން ދެއްކި އަށްވެސް އެއީ ކިހާ އެތެރެ ނުބައި މުޑުދާރު އަންހެނެއްކަން ލިއުޝާއަށް އެނގެއެވެ. ނިޝާއެހެން އުޅެން ފެށީވެސް ލިއުޝާ އެގޮތަށް އުޅެން ފެށުމުންނެވެ. ނަމަވެސް މިހާރު ލިއުޝާ އެކުށަށް ވަނީ ތަޢުބާވެފައެވެ.

ކޮއްކޮއަށް ގޮވާލަން ހިތަށް އަރާފަވެސް ޒުވާބު ކުރަން ޖެހޭނެކަން އެނގޭތީ ނުފެންނަކަމަށް ހަދާފައި ގޭ ދޮރާށި ލައްޕާފައި އެތެރެއަށް ވަނެވެ. ނީޝާއަށް ވިސްނަދޭން އުޅުމަކީ ފޫނެއް ފަޔަށް ފެންފުރުން ފަދަ ކަމެއްކަން ލިއުޝާއަށް އެނގެއެވެ. ފައިހާ ޓެކްސީއެއް ހޯދާ ދާންވީ މިސްރާބު ކާރުގެ ޑްރައިވަރަށް ކިޔައިދިނެވެ. ދަބަހުގައި އޮތް ފޯނު ނަގައި އިޒާންއަށް ގުޅުނު އަދަދެއްވެސް ނޭނގެއެވެ. އިޒާން ފޯނެއް ނުނަގައެވެ. ފޯނު މަގާމުވެސް ކިހިނެއް ހެއްޔެވެ. އިޒާން ހުރީ އެކްސިޑެންޓް އެއް ވެގެން ގެނައި ޒުވާނާއަށް ފަރުވާދިނުމަށް އަވަސް ފަރުވާދޭ ކޮޓަރީގައެވެ. ފާރިޝް ކޮޓަރިއަށް ވަދެ ފޯނު އެނދުމަތީގައި މާއްވާފައި ދިޔައީ ތާޒާ ވެލަންށެެވެ. ފެންވަރާލައިގެން ނުކުމެ ސޯޓެއް ލައިގެން ބޮލުގައި ހުރި ފެންތަށް އަތުން ފޮޅާލައިފައި އެނދުމައްޗަށް ވެއްޓިގަތެވެ. ފޯނު ނަގައި ބަލާލިއިރު ފައިހާގެ ތިރީސް މިސްޑް ކޯލް އިނެވެ. ބޮޑު ކަމެއް ވެގެން ނޫނީ ފައިހާ އެވަރަށް ނުގުޅާނެކަން ފާރިޝްއަށް އެނގެއެވެ. ލަސްކުރުމެއް ނެތި އަވަހަށް ފައިހާގެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ. ހީވާ ކަހަލައެވެ. ފައިހާ ހުރީ ފާރިޝް ގުޅާނެ އިރެއްގެ އިންތިޒާރުގައެވެ. ދެތިން ފަހަރަކު ރިންގު ވުމުން ފޯނު ނެގިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Najdha

Level 210 Stories100 Login

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (28)

Next

ތަމަންނާ 4 ވަނަބައި

Next
May 19, 2021

ތަމަންނާ 4 ވަނަބައި

Previews
May 18, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (28)

One Comment

  1. Naju / Amy says:
    May 20, 2021 at 12:21 pm

    Part 19 ah comment nukurevunythy varah bodah sorry…
    Unmeedhu kuran kiyuntherinnah vaahaka kamudhaane kamah ??
    Stay safe readers ♥️

    ނަފްރަތުން ވެވުނު ލޯބިވެ 22 ވަނަ ބައި އިރާދަ ކުރެއްވިއްޔާ މިއަދު އަޕްލޯޑު ކޮށްލަ ދޭނަން

Comments are closed.

Next Episodeނަފްރަތުން ވެވުނު ލޯބި 22←


All Right Reserved!