
ނަފްރަތުން ވެވުނު ލޯބި 10
ފައިހާ ވޯޑައް ނެރުނީ އިރު ހަވީރު ހަތަރެއް ޖަހަނީއެވެ. އަޒާން އަށް މާޝާގެ މޫނު މަތިން ފެންނަމުން ދަނީ ސުވާލު މާކު ތަކެކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އަޒާން އަކީ ފައިހާގެ ބޭބެ ކަން އެނގުމުން މާޝާ ހުރީ ހައިރާންވެފައެވެ. ފައިހާ ވޯޑައް ނެރުނީ އިރުވެސް ފައިހާ އަށް އޮތީ ނިދިފައެވެ. އަޒާން މާޝާ ބަލަން އިން ގޮތުން އުނދަގޫވެގެނެ ގޮސް ހުރިހާ ވާހަކަ ތަކެއް ކިޔައި ދިނެވެ. “ސޯ ވެން ޝުޑް ވީ ގޯޓުޑޫ ހާ ސާޖަރީ” މާޝާ ވާހަކަ ދެއްކީ ސީދާ އަޒާންގެ މޫނައް ބަލަން ހުރެއެވެ. “ފައިއްކޮ ޑިސްޗާޖު ވާނެ މިރޭ ސޯ ޑޭ އާފްޓާ ޓުމޯރޯ. ކޮލެޖްވެސް ނިމުނީނުން. ދެން ގްރެޖުއޭޝަން އޮންނަންވާއިރަށް އާދެވޭނެ” އަޒާން ވާހަކަ ދެއްކީ ފައިހާގެ ގައިމަތީގައި އޮތް ފޮތިގަނޑު ރީތި ކޮއްލަމުންނެވެ. “އޯކޭ ގެއަށް ގޮސް އައި ވިލް ޓޯކް މައި މަދާ އެބައުޓް އިޓް އައިނީ ޝީވިލް އެގްރީ. އެނީ ބޭސް އައިއޭމް ޓުވެންޓީ ފައިވް ނައު.” ކޮނޑުގައި ދަބަސް އަޅުވައިގެން ނުކުންނަމުން މާޝާ އެހެން ބުނެލީ ލާނެއް ގޮތަކައް ބޯލައިގެން ހުރެއެވެ. ވޯޑުން ނުކުންނަން ދިޔަ މާޝާ ގައިގައި މީހަކު އައިސް ލައިގަތެވެ. ދެލޯ ބޮޑުކޮއް މާޝާއަށް އެމީހާއާއި ދިމާއަށް ބަލާލިއެވެ. ކާކުކަމެއް ނޭނގޭތީ ސޮރީއޭ ބުނެ ހިނގައިގަންނަން އެޅި ފިޔަވަޅު ހުއްޓުނީ މާޝާގެ ނަމުން އެމީހާ ގޮވާލީމައެވެ. ގައިން ހީބިހި ނަގައިގެން ގޮސް ހުރިތަނުގައި ގުޑި ލާން ވެސް ނޭނގިފައި ހުރީއެވެ.
************************
މާޝާގެ ހަބަރެއް ނުވެގެން ކަންބޮޑުވެފައި ހުރި ހަސީނާއައް ގެއަށް ވަދެގެން އައި މާޝާ ފެނުމުން ގޮސް މާލަހުން އައި ކިއްވެތޯ ސުވާލު ކުރިއެވެ. “މަންމާ. އިނގޭތަ ފައިހާ އަކީ އަޒާން ގެ ކޮއްކޮ އޭނަ ދޮންބެ ވެސް އައިސްގެން އެބައުޅޭ. އަހަންނަށް ނޭންގުން އަޅައިގަނެފައި ވެއްޓުން އިރުވެސް. އެންޑް އައި ނީޑް ޔުއާ ޕާމިޝަން” ތިއްތި ކުއްޖެއްހެން އެނދުމައްޗަށް އަރާ ހަސީނާގެ ގައިގާ ބައްދާލަމުން ބުންޔެވެ. ” ކޮންކަމަކަށް؟” ހަސީނާގެ ޖަވާބު ވަރަށް ކުރެވެ. “ޓޫ ޑޭސް ފަހުން ލަންކާއަށް ދާން ފައި އަޒޫ އެން އަޒޫ ދޮންބެ ދެން އަޅުގަނޑު” ގޮނޑި މަތީގައި ހުރި ފޮތްތައް ތަރުތީބު ކޮއްލަމުން މާޝާ ވާހަކަ ދެއްކިއެވެ. “ކީއްކުރަން ލަންކާއަށް” “ފައި އޮޕަރޭޝަން ކުރަން” މާޝާ ވާހަކަ ދެއްކީ ވަރަށް ސީރިއަސްވެ ހުރެއެވެ. ހަސީނާއައް މާޝާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔަތަން ވަރަށް ސާފު ކޮއް ފެނުނެވެ. މާޝާ ގެނެސް ހަސީނާގެ އުނގުމަތީ ބާއްވާފައި އެ ބޮލުގައި ފިރުމާލިއެވެ. ރޮއެވުނު ކަމުގައި ވިޔަސް މާޝާގެ ހިތައް ބަޔާން ކުރަން ދަތި އުފަލެއް ލިބުނެވެ. އަމިއްލަ މަންމަގެ އަތުތެރޭ އޮވެގެން ހިތް ފުރޭ ވަރަށް ރޮއެ ލެވުނީތީއެވެ.
ފައިހާއަށް ހޭލެވުނު އިރު ކައިރީގައި އަޒާން އާއި އިތުރު ފިރިހެނަކު އިނުމުން ހިތުގައި އެތައް ސުވާލު ތަކެއް އުފެދުނެވެ. “ހޫމް. މަށަކީ ފައިގެ އެއްބަނޑު އެއްބަފާ ބޭބެ. ދެން މީނީ ދޮންބެ” އަޒާން ވާހަކަ ދައްކަން ފެށީ ފައިހާގެ ހިތުގައި އޮތް ސުވާލު ތަކުގެ ޖަވާބު ދިނުމުގެ ބޭނުމުގައެވެ.
“ވަޓް ޔުއާ މައި ބްރަދާ ހައު” ފައިހާ ވާހަކަ ދެއްކި ގޮތުން އަޒާން އަށް ހެވުނެވެ. “ދޮންބެ ދެން ކޮއްކޮއަށް އިންޓްރޯ ވާންވީނުން” އަޒާން ހިނި ގަނޑު މަތަޖުރަމުން ވާހަކަ ދެއްކިއެވެ. “އޯކޭ މައި ނޭމް އިޒް އިޒާން ދި ދެކުދިންގެ ލީގަކް ބްރަދާ އެންޑް ޕޭރެންޓު. މޮންމް އެންޑް ޑޭޑް ޑިވޯސް ވުމުން ޑޭޑް އެހެން މީހަކާ މެރީކުރީ ކާރު އެކްސިޑެންޓެއްގައި ނިޔާވީ. މަންމަ އަށް އެކަން އެނގުމުން ލިބުނު ޝޮކެއްގަ ހާޓް އެޓޭކެއް ޖެހިގެން މަންމަ ވެސް އަހަރެމެން ދޫކޮއް ދިޔައީ” އިޒާން ވާހަކަ ދައްކާ ނިމުނު އިރު އެ ލޮލުން ކަރުނަ ފާއްދާލިއެވެ.
މިޝަލް ގޭތެރޭއަށް ފެންފުޅިއެއް ހިފައިގެން ނުކުމެ ހުއްޓާ މާޝާ ބުރުގާ ނާޅާ ހުއްޓާ ފެނުމުން އަވަހަށް ކޮޓަރިއަށް ވަދެގެން ދިޔައެވެ. ސުކޫލް ދުވަހުން ސުރެ މާޝާ ދެކެ ވާ ލޮއެއްބެއްގެ ބޮޑު ކަމުން އިތުރު އަންހެން ކުއްޖަކާ ވައިވެސް ނޭޅީ މިޝަލް އުޅެމުން އައެވެ. ކާކުގެ ގެޔެއްކަން ނޭނގި ކުއްޔައް ހޮވުނީ މާޝާގެ ގޭގެ ކޮޓަރިއެކެވެ. މާޝާ ފެނުމުން އެހީތައް ބަޔާން ކުރަން ދަތި އުފަލެއް ވިއެވެ. ރޭގަ މާޝާގެ މަންމަ ގާތު މާޝާ އާއި ކައިވެނި ކުރަން ބޭނުން ކަމަށް ބުނެ ވަނީ ވާހަކަ ދައްކާފަ އެވެ.
“ކޮން އިރަކުންތަ ޑިސްޗާޖު ކޮއްލަނީ” އިޒާން ދެރަވެފައި އިންކަން އެނގުމުން ފައިހާ މައުލޫ އޮޅުވާލި އެވެ. “އިރުކޮޅަކުންނޭ ނާސް ބުނީ” އިޒާން އަޒާން އާއި ފައިހާއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.
ފައިހާ ގެއަށް ދޫކޮއްލި އިރު ރޭގަނޑު އަށެއް ޖަހަނީއެވެ. ގެޔެއް ކުއްޔައް ހިފައިގެން އަޒާން އުޅެން ބޭނުން ނުވާތީ ފައިހާ އެދުނީ ފައިހާގެ ގޭގައި އަޒާން އާއި އިޒާން މީގެ ފަހުން އުޅޭށެވެ. ތިންބެންގެ މެދުގައި އެތަކެއް ވާހަކަ ތަކެއް ދައްކަމުން ގޮސް އެންމެ ފަހުން ފައިހާ އަޒާން އާއި ވަރުގަދަ ސުވާލެއް ކޮއްލިއެވެ. “އަޒޫ ކުޑަބެ މާޝް ދެކެ ލައިކްވޭ ދޯ” “ހޫމް ސިންސް ވީވާ ޓީންސް ބަޓް ޝީ ރިހެކްޓެޓް ލެޓްސް ނޮޓް ޓޯކް އެބައުޓް އިޓް” ހިނި ގަނޑެއް ޖަހާލާފައި ވާހަކަ ދެއްކި ކަމުގައި ވިޔަސް އަޔާން ގެ ހިތައް ތަދުވިއެވެ. “މާދަމާ ފުރާ ގޮތައް މާޝް ކައިރީވެސް ބުނެލާފަ ބާއްވާ. އަދި ޕެކް ނުކޮއް ތިއުޅެނީ. ދޭ ޕެކުކުރަން” ފޯނު ބާއްވާފައި އައިސް އިޒާން ވާހަކަ ދެއްކިއެވެ.
“މަންމާ. އޭނަ ކައިރީ ބުނޭ ލަންކާ އިން އައިސް އޭ މެރީ ކުރެވޭނީ” ފައިހާ ތުން ދަބާލާފައި ހަސީނާގެ ކޮޓަރިއަށް ވަދެ ވާހަކަ ދެއްކިއެވެ. “ދެކުދިން އެކީ ދާންވީނުން. އެކަކު އަނެކަކު ދަސްވާން ފުރުސަތެންނު އެލިބެނީ. މަންމަ ބުނާނަން މިޝަލް ކައިރީ” ހަސީނާ ވާހަކަ ދެއްކީ އުފަލުން ހުރެއެވެ. ހަސީނާގެ ކޮޓަރީގައި ޓަކި ދޭން އަތް އުފުއްލާލި މިޝަލް ހުއްޓުން އެރީ މާޝާ އައިސް ދޮރު ހުޅުވާލުމުންނެވެ. “9 ގަ ފުރަނީ އެހާއިރަށް ރެޑީވޭ ދަންޔާ” ހަސީނާގެ ވާހަކައަށް އިތުރު ކޮއްލަމުން މާޝާ ވާހަކަ ދެއްކީ ކޮޓަރިއާއި ދިމާލަށް ދަމުންނެވެ.
މިޝަލް ދުވެފައިގޮސް ކޮޓަރިއަށް ވަދެ ވަދެ ހުރި މާޝާގެ އަތުގައި ހިފިއެވެ. މާޝާއަށް އެނބުރި ބަލާލެވުނީ ހަސީނާ ބަލަން ހުރެ ދާނެތިންނެވެ. މިޝަލް ގެ އަތުގައި ހިފާ ކޮޓަރި ތެރެއަށް ދަމާފައި މާޝާ އޭނަ ވެއްދި އެވެ. ހަސީނާ މިމަންޒަރު ބަލަން ހެވިފައި ހުއްޓެވެ. ” އައި ލަވް ޔޫ އެހެންވެ މެރީ ކުރަން އެއްބަސް ވީވެސް.” މާޝާ ވާހަކަ ދެއްކީ ދުރުބަލަން ހުރެއެވެ. މިޝަލް މަޑު ހިނގުމެއްގައި ގޮސް މާޝާގެ ފުރަގަހުގައި ހުއްޓި ބައްދާލިއެވެ. “އައި ލަވް ޔޫ ޫ މާޝް” މާޝާއަށް މިޝަލް ބުނި ޖުމްލައިން ހިތައް ދުވަހަކު ވެސް ނުކުރެވޭ އިހްސާސެއް ކުރެވުނެވެ. މާޝާ އުނބުރު ވަގުތު މާޝާގެ ތުންފަތަށް މިޝަލް ބޮސްދިނެވެ. އެ ހަރަކާތް ތަކުގައި މާޝާ ވެސް ބައިވެރި ވިއެވެ.
އާ ދުވަހަކަށް އިރު އެރީ މާޝާއަށާއި މިޝަލް އަށް އާ ހަޔާތެއް ފަށަން އެޅުނު ފުރަތަމަ ބިންގަލަށެވެ. 9 ޖެހި އިރު ފައިހާ ނޫން އެންމެން ވެސް ތިބީ ފުރަން އެއާޕޯޓު ތެރޭގައި ޗެކިން ކޮއްގެނެވެ. ފައިހާގެ ހަބަރެއް ނުވެގެން އިރު ކޮޅަކު އެހެން ތިއްބާ މާޝާގެ ގައިގާ މީހަކު ޖެހި ވެއްޓުނެވެ. އިޒާން އާއި އަޒާން ހާސް ވެފައި އެދިމާ އަށް ދާން ދުއްވައިގަތެވެ.
– ނުނިމޭ –