
ސައިރެން – 15
ނަމަވެސް އެއަށްވުރެ މާކުރިން ނިކާންގޮސް ދޮރު ތަޅުލިއެވެ. ޒައިނީ ދެލޯ ބޮޑުކޮށްލުމަށްފަހު ނިކާންއަށް ބަލައިލިއެވެ.
“ދެން ދާނީ ކޮންތާކަށް؟” ނިކާން އެއްމިޔަނަކުން ހިނިތުންވެލުމަށްފަހު އެއްސެވެ.
އަދި ޒައިނީ ކައިރިއަށްގޮސް ކަމެއް ކުރެވުމުގެ ކުރިން އޭނާގެ ކަރާއި ދިމާއަށް ގުދުވެލިއެވެ. ޒައިނީއަށް އެކުރަން އުޅޭ ކަންތައް އެނގިގެން ދެލޯ ބޮޑުކޮށްލެވުނެވެ.
“ނިކާން ނޯ!” ޒައިނީ އެހެން ބުނެ ނުނިމެނީސް ނިކާން ޒައިނީގެ ކަރުގައި ދަތް އެޅިއެވެ.
***
“ނޫރީން..” ޒައިކާން ނޫރީންއަށް ގޮވައިލީ މަޑުމަައިތިރި އޯގާތެރި އަޑަކުންނެވެ. އަދި ނޫރީންގެ އުނަގަނޑުގައި ދެއަތް ވަށައިލިއެވެ.
ނަމަވެސް ނޫރީންއަށް އެއަޑު އިވޭ ކަމަކަށްވެސް ނުވިއެވެ. އޭނާވަނީ ޒައިކާންގެ ދެލޮލުގެ ޖާދޫގައިޖެހި ހުސްވެފައެވެ. ޒައިކާންއަށް މިލިބުނު ފުރުސަތުގެ ބޭނުންހިފައި ނޫރީންގެ ކަރުގައި ދަތް އެޅިއެވެ. މިފަހަރު ދެލޯ ބޮޑުކޮށްލުމުގެ ބަދަލުގައި މަޑުމަޑުން ދެލޯ މަރައިލީއެވެ. ޒައިކާން ލޭބޮއި ނިމެންދެން ނޫރީން ހުރީ ލޯމަރައިގެންނެވެ. ޒައިކާން ދުރުވެލުމާއިއެކު ނޫރީންގެ ދެލޯ ލަސްލަހުން ހުޅުވައިލިއެވެ. އެއިރުވެސް ޒައިކާންހުރީ ނޫރީންގެ އުނަގަނޑުގައި އަތް ވަަށައިލައިގެންނެވެ.
***
ނިކާން ލޭބޯނެވަރަކަށް ލޯބޮއެ ނިންމައިފައި ޒައިނީ އާއި ދުރުވެލިއެވެ. ޒައިނީ އެއިރު ހުރީ ކުޑަކޮށް ރަކިވެފައެވެ.
“ޒައި! 1 އަަހަރުވެއްޖެ އަހަރެން ޒައި ކައިރީގައި މިސުވާލު އަހަން އުޅޭތާ. ނަމަވެސް ފަސްޖެހުނީ. އެކަމަކު މިއަދަކު ފަހެއް ނުޖެހޭނަން.” ނިކާން ލޯބިން ފުރިގެންވީ ނަޒަރަކުން ޒައިނީއަށް ބަލައިލުމަށްފަހު ބުންޏެވެ. އެހެން ބުނުމާއިއެކު ޒައިނީ ނިކާންއަށް ބަލައިލިއެވެ.
“ޒައި! އައި… އައި ލަވް ޔޫ!” ނިކާން އެހެން ބުނެލުމާއިއެކު ޒައިނީ ނިކާންއަށް ބަލައިލީ ޤަބޫލުނުކުރެވޭ ނަޒަރަކުންނެވެ.
“ވަޓް؟ ސީރިއަސްލީ ނިކީ؟ އަހަރެން ހީކުރީ އަހަރެމެން ދެމީހުންނަކީ ފްރެންޑްސް ކަމަށް. އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން ނިކާން ތިކަހަލަ އިހުސާސެއް އަހަންނަށްޓަކައި ފޮރުވައިފައި އޮތް ކަމަކަށް.” ޒައިނީ ރުޅިއައިސް ރަތްވެފައި ހުރެ ބުންޏެވެ. ނިކާން އިސްޖަހައިލީ ނާއުންމީދާއިއެކުއެވެ.
“އެކަމަކު…. އަހަރެން ވަރަށް އުފާވެއްޖެ ނިކީ އަހަރެންނަށް ލިބުނީމަ. އައި ލަވް ޔޫ ޓޫ ނިކީ!” ޒައިނީ އެހެން ބުނުމާއިއެކު ނިކާންގޮސް ޒައިނީ އުރައިލިއެވެ.
“އަހަންނަށް އޭރުވެސް އިނގޭ ޒައި އަހަރެންދެކެ ލޯބިވާކަން. އެކަމަކު ބުނެބަލަ… ކީތްވެ ފުރަތަމަ ފަހަރު ރުޅިއައީ؟” ނިކާން ޒައިނީ ތިރީގައި ބަހައްޓައިފައި އެއްސެވެ.
“އައި ވޯންޓެޑް ޓު ސީ ހައު ޔޫ ރިއޭކްޓް. ހަހަަހަ…” ޒައިނީ އެހެން ބުނެފައި ހީގަތެެވެ.
“ދެން ހިނގާ ނިކުންނަން. މިހާރު ޒައިކް އާއި ނޫރީއަށް ތިބޭނީ ލަސްވެފަ.” ޒައިނީ އެހެން ބުނުމަށްފަހު ނިކާންގެ އަތުގައި ހިފައިގެން ފާޚާނާއިގެ ދޮރު ހުޅުވީ ލޯބީގެ މަންޒަރެއް ފެންނާނެ ކަމަކަށް ނޫނެވެ.
“އޯއެމްޖީ….!” ޒައިނީ އާއި ނިކާން ފާޚާނާއިގެ ދޮރު ހުޅުވައިލުމާއިއެކު ފެނުނު މަންޒަރާއިއެކު ދެލޯ ބޮޑުކޮށްލެވުނެވެ.
ޒައިކާން އާއި ނޫރީންގެ މޫނު ކިރިޔަކިރިޔާ ނުޖެހިހުރި އިރު އެދެމީހުންގެ މޫނުމަތީގައިވެސް ވަނީ ރީތި ހިނިތުންވުމެކެވެ. އެދެމީހުންނަކަށް އެންމެ ކުޑަމިނުން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ނިކާން އާއި ޒައިނީ އެކަކު އަނެކަކަށް ބަލައިލީ ލާނެތް ހިނިތުންވުމަކާއިއެކުއެވެ. ޒައިނީ ނޭނގޭކަމަށް ހަދައިފައި ކަރުހެކިލިއެވެ. ހަމަ އެވަގުތު ދެމީހުންވެސް ސިއްސައިގެން ދިޔައެވެ. ނޫރީން އާއި ޒައިކާން ސިއްސައިގެން ދިޔަވަރުން ދެމީހުންވެސް އެކަކު އަނެކަކުގެ މޭގައި އަޅައި ކޮއްޕައިލެވުނެވެ. ދެމީހުން ވިއްސައިގެންގޮސް ޖެހުނީ ދެފަރާތުގެ ފާރުގައެވެ. ދެމީހުންގެ ހަރަކާތްތައްހުރި ގޮތުން ޒައިނީ އާއި ނިކާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ނޫރީން އާއި ޒައިކާން އިންތަނުން ތެދުވެލުމަށްފަހު އިސްޖަހައިލިއެވެ. ހަމަ އެވަގުތު ދޮރުގައި މީހަކު ތަޅަން ފެށިއެވެ.
“ޒައިކާން..! މިއީ ޒަފްރުލްއޭ! ދޮރު ހުޅުވަބަލަ!” ޒަފްރުލްގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ޒައިކާން އަވަސްއަވަހަށް ދޮރު ކައިރިއަށްގޮސް ދޮރު ހުޅުވިއެވެ.
ޒަފްރުލް އަވަހަށް އެެތެރެއަށްވަދެ ދޮރު ލެއްޕިއެވެ. ދެން އޭނާ ބަލައިލީ ކައިރީގައިހުރި ޒައިކާންއަށެވެ.
“ފަށް ގެނައިންތަ؟” ޒައިކާން އަަހައިިލިއެވެ.
ޒަފްރުލް ބޯ ޖަހައިލައިފައި ނޫރީން ކައިރިއަށްގޮސް އޭނާ ލައިގެންހުރި ސޯޓުގެ ޖީބުގައިއޮތް ފަށް ނޫރީންގެ ކަރުގައި އެޅުވިއެވެ. ވަގުތުން އޭނާ ބަށިކުލައިގެ ސައިރެންއަކަށް ބަދަލުވިއެވެ.
“ވޯވް! އަސްލުވެސް ނޫރީ ވަރަށް ސަޅި އނގޭ ތިކުލައިގަ ހުންނައިރު.” ނިކާން ނޫރީންގެ ރީތިކަމަށް ތަޢުރީފުކޮށްލިއެވެ.
“ތެންކްްސް.. ދެން ދޮންބެވެސް ހަޑިއެއް ނޫނޭ. ހަހަހަ…” ނޫރީން ބުންޏެވެ.
“އޭތް ނިކީ! އެއްކަލަ ކަންތައް ކާމިޔާބުވެއްޖެތަ؟” ޒައިކާން ނިކާން އާއި ކުޑަކޮށް ކައިރިވެލަމުން ސިއްރުސިއްރުން އެއްސެވެ.
“އާނ! ހަމަ ބަރަބާރު އެކަންތައް.” ނިކާން ބުންޏެވެ.
“މިދެމީހުން ކޮން ސިއްރު ވާހަކައެއްގަ؟ ދެދުވަސްވެސްނުވެ ދެމީހުން އެހާ އަވަހަށް ސިއްރު ވާހަކަ ދައްކަން ފެށީ؟” ނޫރީންއަށް މިމަންޒަރު ފެނުމާއިއެކު ޝައްކުގެ ނަޒަރުން ދެމީހުންނަށް ބަލައިލަމުން ބުންޏެވެ.
“މި..މި އެހީ އަމް..” ބުނާނެ އެއްޗެއް ނިކާންއަކަށްވެސް އަދި ޒައިކާންއަކަށްވެސް ނޭނގުނެވެ.
“ހްމްްްްމްްްމްމް… ތި އެހީ؟” ޒައިނީ ނޫރީން އާއި އެއްބައިވެ އެއްބުމަ މައްޗަށް ހިއްލައިލަމުން އެއްސެވެ.
“ދެން… ބޯއި ސްޓަފް އޭ!” އެންމެ އަވަހަށް ދުލުކުރިއަށް އައި ޖުމުލަ ނޭނގޭކަމަށް ހަދައިފައި ނިކާން ބުނެލިއެވެ. ޒައިކާން އެހެން ދިމާއަކަށް މޫނު އަނބުރައިލަމުން އަނގައިގައި އަތް އަޅައިލީ ހެވެން ފެށުމުންނެވެ.
“އަހަރެންނަށް އަޑު އިވުނޭ ދެންމެ ތިކީ އެއްޗެހި…” ޒައިނީ ނިކާންއަށް ދެލޯ އަޅައިލަމުން ބުންޏެވެ.
“ދެން އޯކޭޔޭ! މިތާ ތިބެގެން އަވިއާނާ ބަލިކުރެވޭތަ؟ ދެންވެސް ހިނގާބަލަ ދާން!” ޒައިކާން މައުލޫ ބަދަލުކުރުމުގެ ގޮތުން ބުންޏެވެ.
– ނުނިމޭ –
‘ސައިރެން’ ގެ 16ވަނަ ބަޔަށް އިންތިޒާރު ކުރައްވާ!