Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާ

ފަތްގަނޑު ފުރޭތަ 17

Aashii
Aashii Level 310 Stories100 Login
January 17, 2021 2 Mins Read
0 Comments

..” ހަމްދީބޭ އިޝާރާތްކުރީ އެފަތަށް ކަން އެނގުމުން މިހާދު، އަވަސްއަވަހަށް އޮޅާލައިފައި އޮތް ފަތް ދީފިއެވެ.

“އޯކޭ؟؟ .. މިއަށް ތެޔޮ އަޅައިގެން ކުރިއަށް ހިނގާ! މިހާދު މިފަތް ހިފައިގެން އެކި ކޮޅުކޮޅަށް ހިނގާ! އޭރުން ފުރޭތައާއި ގާތްވާކަން އެނގޭނެ! އޭތި ހަޅޭއްލަވާނެ! އަލަމް! މި ފަށް ކަރުގައި އަޅާ! ސަލާމަތް ވާނީ އޭރުން! މިކަން ކުރުމުގެ ކުރިން ރައްކާތެރިކަން ގާއިމުކުރުން ރަނގަޅުވާނެ.. މިހާދުގެ އަތުގައި ފަތް އޮތްހާ ހިނދަކު، މިހާދު ރައްކާތެރި! ބޭބެވެސް، ތަވީދެއް އަޅައިގެން މިއުޅެނީ! “. ހަމްދީބޭ އެދުނެވެ. ދެކުދިންވެސް ބޯޖަހާލަމުން ކުރިޔަށް ހިނގައިގަތެވެ.

މާދުރަށް ނުދެވެނީސް އަޑެއް އިވިއްޖެއެވެ. އެންމެފަހަރަކު ނޫނެވެ. ދެތިންފަހަރަކު އެއަޑު އިވުނެވެ. މިއަޑު އެކުދިންގެ ސަމާލުކަމަށް ގެނައީ ދާދި އަވަހަށެވެ. “ކޮން އަޑެއް؟ ..” މިހާދަށް އެކިކޮޅުކޮޅަށް ހިނގާފައިވެސް ހުއްޓެވުނީ އެއަޑާއި ހެދި، ކަންފަތަށް ތުރާ ވެގެންނެވެ.

” އެއީ އެއަޑު .. ފުރޭތައިގެ އަޑު!! ..” ހަމްދީބޭ ޖަވާބުދިނެވެ. “އެހެންވީމާ، ފުރޭތަ މިހިސާބުގައި އުޅެނީދޯ؟ ..” އަލަމްއަށް ހިންހަމަޖެހުމެއް ލިބުނެވެ. އެހާދުރަކަށް ނުދެވެނީސް، ފުރޭތައުޅޭ ހިސާބަށް ވާސިލުވެވުނީތީއެވެ.

“އާން! ސާމާލުވާތި! މިހާދު! އޭތި އުޅޭ ހިސާބު ބަލާ!” ހަމްދީބޭ ގޮވައިލިއެވެ. ވަގުތުން މިހާދު މަސައްކަތް ފެށިއެވެ. އެކި ތަންތަނަށް ހިނގަމުން ގޮސް، ހަތަރުވަނަ ފަހަރަށް ގޮވައިލިއިރު މިހާދަށް، އެދިމާ ފާހަގަވެއްޖެއެވެ. ގަސްތަކުން ފޮރުވައިފައިވި ތަނެކެވެ.

އަތުން ޖަހައިލަން ނުކެރިގެން އަލަމް އުޅެއެވެ. ހަމްދީބޭ އަވަހަށް އެތަނަށް ވަދެގަތެވެ. އެއާއިއެކު ހައިރާންވެ އަނގަ ހުޅުވުނީ ހަމައެކަނި ފުރޭތައެއް ނޫނެވެ. އެތިން މީހުންވެސް މެއެވެ.

” ކަލޭ މިތަނަށް ތިއައީ ކީއްކުރަން؟ ..” ފުރޭތަ ހަޅޭއްލަވައި ގަތުމާއިއެކު މުޅި ބިންގަރާހަށް ގުޑުން އެރިއެވެ.” ކަލޭ މަރާލަން ވެގެން! ..” އެތެރޭގައި ހަރަކާތެއްނެތި މަރުވެފައި އޮތް މައްޔިތެއް ފަދައިން އޮތް ސާމިއުއަށް ބަލައިލާފައި ސާބިތުކަމާއިއެކު އަލަމް ޖަވާބުދިނީ ކުރިޔަށް ފިޔަވަޅެއް ނަގައިލާފައެވެ.

“މަމަރާލަން ވެގެން؟؟ ހައްހައްހައްހާ! ތިއީ ނުވާނޭ ކަމެއް .. މިފަހަރު މޮޅުވާނީ ކާކުތޯ ބަލާތި! ..” ފުރޭތަ އޭތިގެ އަނގަ ހުޅުވައިލުމަށްފަހު ވައެއް ފޮނުވައިލިއެވެ. ނުބައި ވަހެކެވެ.

ހަމްދީބޭ އަތުގައި އޮތް ތަވީދު މައްޗަށް އުފުލައި ، މިހާދުގެ އަތުގައި އޮތް ފަށް ނަގައި، އެއްލައިލީ އެފުރޭތައިގެ ފައިބުޑަށެވެ. ވަގުތުން އެފުރޭތައިގެ ލޯ ބޮޑުވެ، އަނގަ ހުޅުވި، މެދު އަށީގައި ހިފީ އަލިފާނެވެ. އަނގައިން ބާރުގަދަ ހަޅޭކެއް ބޭރުވިއެވެ.

އަލަމަށް ފުރުސަތުގެ ބޭނުންހިފައި ދުއްވައިގަނެވުނީ އަނިޔާވެފައި އޮތް ސާމިއުގެ ގާތަށެވެ. ސާމިއުއޮތް އަށީގެ ބޭރަށް ފުރޭތައިގެ އަތުގައި އޮތް ކޯރާޑި ވެއްޓުނެވެ. މިހާދު އޭތި ނެގިއެވެ. ބާރުބާރަށް ފުރޭތައިގެ ގައިގައި ޖެއްސެވެ.

ދިޔާ އަލިފާންތައް އެފުރޭތައިގެ ގައިން ބޭރުވަމުން ދިޔަނަމަވެސް އެއްވެސް ހޫނުކަމެއް އިހުސާސް ނުވެއެވެ. އެއީ ކުޅޭކުޅޭ ރަބަރު ގަޑެކޭވެސް ބުނެވިދާނެއެވެ. މިހާދު އޭގައި އަތްލާން އުޅުމާއިއެކު ހަމްދީބޭ އެކަން މަނާކުރިއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް އޭގައި ސަބަބެއް އޮންނާނެކަން ޔަގީނެވެ.

” ކުދިންނޭ! .. މިނިމުނީ .. އެކޮއި ރަނގަޅުތަ؟” ފުރޭތަ އަދައި އަޅިއަށް ވުމާއިއެކު ހަމްދިބޭ ސުވާލުކުރީ އަލަމްއާއިއެވެ. އަލަމްގެ ގާތުގައި ސާމިއު އިނީ ފާރުގައި ބުރަކަށި ޖައްސައިގެންނެވެ. ވަރުބަލިވެފައި ހުރިކަން މޫނުމަތިން އަންގައިދެއެވެ. އަލަމް ސާމިއުގެ ބޮލުގައި ފޮތިގަނޑެއް ބަންނަން އުޅުނުއިރު މިހާދަށްވެސް އެދިމާލަށް ދެވުނެވެ.

“އާން! އަހަރެން ރަނގަޅު! ތިއީ އަހަރެންނާއި އެކު އައި ދެމީހުންތަ؟ ފުރޭތައާއި ކުރިމަތިލާން؟ ..” ތަންދޮރު ރަނގަޅަށް ފެންނަން ފެށުމުން ސާމިއު ތެދުވެ ގައިން ވެލިފޮޅައިލިއެވެ. ގާތުގައިވި ތިންމީހުންނަށްވެސް ގަސްތަކާއި ނުލައި ލިބުނީ ހައިރާންކަމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ޤާތިލް-4

Next

ސައިރެން – 05

Next
January 17, 2021

ސައިރެން – 05

Previews
January 16, 2021

ޤާތިލް-4



All Right Reserved!