
އެނދުމަތީގައި ނުނިދި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލަ އޮތް ޔުމްނާ އޮތީ ނިދި ނައިއްސައެވެ. އެހެންޔާ އޭނާ ނިދާ ގަނޑި ފަހަނަ އަޅާ ގޮސްފައި ވާއިރުވެސް ޔުމްނާ ކައިރިއަކަށް ނިންޏެށްނައެވެ. އެހެން އިރުކޮޅަކު އޮވެފައި ޔުމްނާ އެދުން ތެދުވެގެން މިސްރާބު ޖެހީ ބެލްކަންޏަށް ނިކުމެލުމަށެވެ. ކަހާލެވޭ ދޮރު ކަހާލުމަށް ފަހު ޔުމްނާ އެ ކުޑަ ކުޑަ ބެލްކަންޏަށް ވަނެވެ. ހަނދުވަރު ދޭ ރައަކަށް ވުމުން މުޅި ދުނިޔެމަތިވަނީ ފަނޑު އަށްޔަކުން އަލިވެފައެވެ. ބެލްކަނީގައި ހުރި ރެއިލިން ގައި އަތް އަޅުވާ ލައިގެން ހުރެ ޔުމްނާ އުޑާ ދިމާލަށް ނަޒަރު ހިންގާލިއެވެ. ޖަވާހިރު ތަކެށް ފަދައިން ވިދާހުރި ކުދި ކުދި ތަރިތަށް އެހާ ވެސް ބަލައިލަން ރީތިވެފައި ފުރިހަމައެވެ. އިތުރަށް އުޑުމަތި ހިތް ގައިމުވެފައިވަނީ ވަށް މޫނެށްފަދަ ފުރިހަމަ ރީތި ހަނދުއިނުމުން ނެވެ. ލުއި ހިނިތުންވުމަކާއެކު އުޑުމަށްޗަށް ބަލައިގެން ހުރި ޔުމްނާ ގެ ނުލާހިކު ފުރިހަމަ ކަމަށް ދަށްކައެވެ. އިރުކޮޅެށް ވަންދެން އެހެން ހުރެފައި ފިނިބޮޑުވާތީ މަޖްބޫރުން ޔުމްނާ އެތެރެއަށް ވަނެވެ. ގަޑިން އެގާރަ ޖަހައިފައި ވުމުން އަނެތް ކާވެސް ޔުމްނާ އެނދުމަތީގައި އޮށޯވެލިއެވެ. އެހެންއޮވެފައި ޔުމްނާ ސިއްސާގެން ގޮސް ތެދުވެވުނީ އޭނާ ގެ ފޯނުރިންގްވާ އަޑަށެވެ. ސައިޑް ޓޭބަލް މަތީގައި އިން ފޯނުނަގައިފައި އެއަށް ބަލައިލުމާއެކު ޔުމްނާ ގެ ކުޑަ ކުޑަ ތުންފަތަށް ހިނިތުންވުމެތް ވެރިވެގަތީ އިޙްތިޔާރުން ބޭރުގައެވެ. ގުޅަނީ ޔުމްނާ ގެ ލޯބިވެރިޔާ ޒިއާން ކަމުން ލަސްތަކެށް ނުކޮށް ޔުމްނާ ފޯނުނެގިއެވެ.
” ހަލޯ..” ޔުމްނާ ރީތި އަޑު އިވުމުން ކޮޓަރީގައި އޮތް ޒިއާން އަށް ހިނިތުންވެވުނެވެ. ” ޒިއާން” ޒިއާން ގެ ފަރާތުން ޖަވާބު ނުލިބުމުން ކަންބޮޑުވެފައި ވާ ހާލު ޔުމްނާ އާށް ޒިއާން އަށް ގޮވާލެވުނެވެ. ”ލައްބަ މައި ޕްރިންސަސް ،ނިދިނައިއްސާ ދޯ” އެހެންޏާމީ ޔުމްނާ ނިދާފައި އޮންނަ ގަނޑި އަކަށް ވާތީ ޒިއާން ސުވާލުކޮށްލިއެވެ. ” ހޫމް… ނިންޏެށް ނާ ، އާން ކީއްވެ މިގަނޑީ ގުޅީ…. ނިދިނައީ ދޯ” ރަކި ހިނިތުންވުމަކާ އެކު ޔުމްނާ ބުނެލިއެވެ. ” އަހަރެން ޔުމް މަތިން މިސްވާވަރުން މި ގުޅީ ، އަހަރެން ކައިރިއަށް ވެސް ނިދިނައިސް ގެން މިގުޅީ ހިއެތް ނުކުރަން ޔުމް ހޭލާ ހުންނާނެކަމަކަށް،” ލާނެތް ރާގަކަށް ޒިއާން މިހެން ބުނުމުން ޔުމްނާ ވެސް ރަކި ހިނިތުންވުމަކުން ހީލިއެވެ. ” ކީއްކުރަނީތަ ޔުމް ” އިރުކޮޅެށް ފަހުން ޒިއާން އަހާލިއެވެ. ” ދެން ނިދަން އަރާ މިހާރު މިއޮތީ މާދަމާ ތެދުވަން ވެސް ޖެހޭނެ ސުކޫލް އަށް ވެސް ޖެހޭނެ ދާން” މަޑުމަޑުން ޔުމްނާ މިހެން ބުނެލިއެވެ.
” އެހެންމާ ދެން ޔުމް ނިދާލާ އަހަރެން އަންނާނަން މާދަމާ ހެދުނު ޔުމް ބަލާ އިނގޭ، ލަވްޔޫ އެން ގުޑްނައިޓް ” ފޯނު ކޯލު ކުރުކޮށްލަމުން ޒިއާން ބުނެލިއެވެ. ” ހޫމް އޯކޭ ، ގުޑް ނައިޓް” މިހެން ބުނެފައި ފޯނުބާއްވަން ޔުމްނާ އުޅުނުތަނުން ޔުމްނާ ގެ ނަމުން ޒިއާން ގޮވާލިތަނުން އަބުރާ ފޯނު ކަންފަތުގައި ޖައްސާލިއެވެ. ” އަހަރެން ކުރި އެތް ސުވާލަކަށް ޖަވާބެށް ނުދެމެންނު އަދި ، ލަވްޔޫ އޭ ނުބުނާނަން ތަ” ލާނެތް ހިނިތުންވުމަކާ އެކު ޒިއާން މިހެން ބުނެލުމާއެކު އިރު ކޮޅަކުން ޔުމްނާ ލަވްޔޫ މޯ އޭބުނި އަޑު އިވުމުން ޒިއާން ހިނިތުންވެ ހުރެ ފޯނުބޭއްވިއެވެ.
ޔުމްނާ އާއި ޒިއާން ބައްދަލުވީ ކިޔަވަން އުޅުމުގެ ތެރެއިންނެވެ. ކިޔަވާ ނިންމާފައި ދެމީހުން ލޯބީ ގެގޮތުން ގުޅުނު އިރު ދެމީހުން ވެސް އެކަކު އަނެކަކު ދެކެ އިންތިހާ އަށް ލޯބިވެއެވެ. ހަޔާތުގެ ސޮފްހާތަށް ދެމީހުން އެކުގައި ހޭދަކުރަމުން ދިޔައީ އެތްވެސް ދަތި އުނދަގުލަކާ ނުލައެވެ. ކިޔަވާ ނިމުމަށް ފަހު ދެމީހުންމަސަތްކަތުގެ ދާއިރާއަށް ނިކުން އިރުވެސް ދެމީހުން ގެ ދެމެދު ފަޑުނުވާނޭހާ މާތް ލޯތްބެށް ވެއެވެ. ޔުމްނާ ޕްރީސްކޫލް ގައި މަސަތްކަށް ކުރާއިރު ޒިއާން މަސެއްކަތް ކުރަނީ އޮފީހެތް ގައެވެ.
އޭގެ އަނެތްދުވަހު އެވެ. ހެދުނު ގެ ވަގުތު ތައްޔާރުވެލައިގެން ކޮޓަރިން ނިކުން ޔުމްނާ ބަދިގެއަތް ވަދެ ވަދެ ހުށްޓާ ބެލް އެޅިއެވެ. ބެލް އަޅަނީ ކާކުކަން އިނގޭތީ ޔުމްނާ ދުވެފައި ކަހަލަ ގޮތަކަށް ދޮރުހުޅުވަން ދިޔައެވެ. ދޮރުހުޅުވި އިރު ކުރިމަތީގައި ހުރި ޒިއާން ފެނުމުން ޔުމްނާ ގެ ތުންފަތަށް ހިނިތުންވުމެތް ވެރިވެގަތެވެ. ޒިއާން ވަންނަން ތަން ދައްކަމުން ޔުމްނާ ޒިއާން އެތެރެއަތް ވަތުމުން ދޮރުލެށްޕިއެވެ. ޔުމްނާ އުޅޭނީ ވަކިން އެޕާރޓްމެންޓްއެށް ގައި އެކަންޏެވެ. އެހެން ކަމުން ކޮންމެދުވަކު ވެސް ދެމީހުން ނާސްތާ ކޮށް ހަދަނީ އެތްކޮށެވެ. ޒިއާން އޭނާ ގެ ޢާއިލާ އާއި އެކު އުޅެމުން ދާއިރު އާއިލާ އިން ވެސް މި ގުޅުމަށް ނުލާހިކު ރުހެއެވެ. ޔުމްނާ ގެ މައިންބަފައިން އޭނާ ގެ ރަށުގައި ދިރި އުޅެމުން ދާއިރު އެމީހުން ވެސް މި ގުޅުމަށް ގަބޫލެވެ.
އެކި އެކި ވާހަކައިގައި ތިބެގެން ދެމީހުން ސައިބޮއެ ނިންމާލިއިރު ދެމީހުން ގެ ވެސް ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ.
” ޔުމް ފަހަރެށްގައި އަހަންނަށް ބަލާ ނާދެވިދާނެ އިނގޭ ބަލާ ، މިއަދު އެބައޮތް މީޓިން އެތްރާ ވާފައި އެގަނޑި އާ ދިމާކޮށް ފައި އޮތީ ވެސް އެކަމަކު ވެސް އަހަރެން އާދެވެންޏާ އަންނާނަން އިނގޭ،” ސުކޫލަ ތެރެއަށް ވަންނަން ދިޔަ ޔުމްނާ ގެ އަތުގައި ހިފަމުން ޒިއާން ބުނެލިއެވެ. ” އަޅޭ އެ އޯކޭ ވާނެ އަހަރެން ހިނގާ ދާނަން ޓެކްސީއެށް ގައި” ޒިއާން ގެ އަތުގައި ހިފާލަމުން ޔުމްނާ ބުނެލިއެވެ. ހިނިތުންވެ ހުރެ ބޯޖަހާލަމުން ޒިއާން ސައިކަލުގައި އޮފީހާ ދިމާލަށް މިސްރާބުޖެހިއެވެ. ޔުމްނާ ވެސް ޒިއާން ދިޔަ ދިމާލަށް ބަލަން ހުރެފައި ސުކޫލަތެރެއަށް ވަދެގެން ދިޔައެވެ.
*******************************
މަސަތްކަތުގައި އިން ޒިއާން ސިއްސާގެން ދިޔައީ އޭނާ ގެ ކޮނޑުގައި މީހަކު އަތްލުމުން ނެވެ. ކާކުތޯ ބަލައިލަން ވެގެން ފަހަތަށް އެބުރުނު ޒިއާން މޫނުމަށްޗަށް ފޫހިކަމެތް ވެރިވީ ކައިރީ ވިއްދާފައި ހުރި ޒީޝާން ފެނުމުންނެވެ. ޒީޝާން އަކީ ޒިއާން އެ އޮފީހަށް ވަނީއްސުރެ ޒިއާން އާ އަޅާގަނެގެން އުޅޭ އަންހެންކުއްޖެކެވެ. ކިތަންމެ ވަރަކަށް ފޫހިވިޔަސް ޒިއާން އޭނާ އާއި މުހާތަބު ކުރަނީ މަޑުމައިތިރި ކަމާއެކުގައެވެ. ޔުމްނާ ނޫން އެހެން އަންހެން ކުއްޖެއް އެ ގޮތަށް ޒިއާން ގެ ގައިގައި އަށްލުމުން ޒިއާން ހުރީ ފާޑަކަށް ރުޅިއައިއްސައެވެ. އަބަދުހެން ޒީޝާން ޒިއާން އާ ކައިރިވާން އުޅޭކަން އޭނާ އަށް ފާހަގަ ވެއެވެ. އޭނާ އަޅާނުލާ ހުންނަނީ އޭނާ ގެ އަގު ބާކީ ތިބި އޮފީސް މުއަށްޒަފުން ކުރިމަތީގައި ދަމަހަށްޓާން ބޭނުން ވާތީއެވެ.
” މިހާރު އެއޮތް ބޮރޭކް ގަނޑި ޖެހުނީ އެންނު ޒިއާން ކާން ނުދަނީތަ ހިނގާ އަހަންނާ އެކު ދާން ، އަހަރެން ވެސް އެކަނިވެގެން ޒިއާން ހޯދަން މިއައީ،..” ތުވެލާފައި ޒީޝާން ބުނެލިއެވެ. ” ނޫން އަހަރެން ނުވޭ ބަނޑު ހައެތް އެހެންނޫނަސް އަހަރެން މިއަދު ލަންޗް ކުރަނީ އަހަރެން ގެ ގާލްފްރެންޑް އާއެކު،” ޒީޝާން އަތް ވާގޮތް ބަލައިލަން ވެގެން ގަސްތުގައި ޒިއާން މިހެން ބުނެލިއެވެ. ” އޯ، އެކަމަކު ޒިއާން ގާރލްފުރެންޑްއެތް ހުންނަވާހަކަ ކުރިން ނުބުނަމެތް ނު އަހަރެން ކައިރިއަކު” ފޫހިވެފައި ހުރެ ޒީޝާން އަހާލިއެވެ. ” އަހަރެން ނުދެނެހުރިން އަހަރެން އެހުރިހާ މަޢުލޫމާތެށް ޒީޝާން އަށް ދޭން ޖެހޭކަމެށް” އެތް ބުމަ އަރުވާލަމުން ޒިއާން ބުނެލިއެވެ. ޒީޝާން ވެސް މޫނުމަށްޗަށް ވައްތަރެށް ޖައްސާލަމުން އޭނާ އިންނަ ގޮނޑިއާ ދިމާލަށް ހިނގާގަތެވެ. ” އަހަރެން ހުއްޓާ ޒިއާން އެހެން އަންހެނެށް ގެ ވަސްޖެހޭ ހިސާބަށް ދިޔައަކަވެސް ނުދޭނަން ، ޒިއާން އެއީ އަހަރެން ގެ މީހެށް” ނުލަފާ ހިނިގަނޑަކާ އެކު ޒީޝާން މިހެން ބުނެލީ އަމިއްލަ ނަފްސަށް އިވޭވަރަށެވެ.
ހަވީރުގެ އަތަށް އަޅާ ފައި އޮތްވާ ޔުމްނާ އޭނާ މަސަތްކަތް ކުރަމުން ދާ ސުކޫލުން ނިކުމެގެން އައިރު ރީތި ހިނިތުންވުމަކާ އެކު ޒިއާން ސައިކަލުމަތީގައި އިށީންދެގެން އިނެވެ. ފިރިހެންވަންތަ ކަމެށް ލިބިފައި ވާ ޒިއާން ސައިކަލުމަތީގައި އިންގޮތުން އޭނާ ގެ ފިރިހެންވަންތަކަން އިތުރުވިކަހަލަ އެވެ. ޒިއާން އަށް ގެއްލިފައި ހުރި ޔުމްނާ ހިޔާލީ ދުނިޔެއިން ނިކުމެވުނީ ޒިއާން އަތް ހޫރާލީމައެވެ. ” ޒިއާން ގައިމު ބުނީމެންނު ނާދެވޭނެއޭ” ސައިކަލާ ހިސާބަށް އަރާފައި ޔުމްނާ ބުނެލިއެވެ. ” މީޓީން ނިމުނީ މާ ދެން އައީ ، އެހެން ނޫނަސް އަހަރެން ގެ ޕްރިންސަސް ބަލާ ނައިހެށް އަހަންނަކަށް ނުހުރެވުނު ،” ލާނެތް ހިނިތުންވުމަކާ އެކު ޒިއާން މިހެން ބުނެލުމުން ޔުމްނާ ލަދުން އިސްޖަހާލިއެވެ. ” ވަރަށް ލޯބި ޔުމް ތިހެން ހުންނައިރު” ޔުމްނާ ގެ އަތުގައި ހިފާލަމުން ޒިއާން ބުނެލިއެވެ. ” ދެން އާން ހިނގާ ދާން ދެން ” ލަދުގަންވަރުން އެންމެ ފަހުން ޔުމްނާ ބުނެލިއެވެ.
ގެއަށް އައިގޮތަށް ޔުމްނާ އާއި ޒިއާން ލޯބީ ގެ ވަގުތު ކޮޅެށް ހޭދަކޮށްލާފައި ޒިއާން އެގެއިން ދިޔައީ މިރޭ ތައްޔާރުވެގެން ހުރުމަށް ޔުމްނާ ކައިރި ބުނެފައެވެ.
ގަނޑިން އަށެއް ޖެހިއިރު ޔުމްނާ ތައްޔާރުވެގެން ސިޓިން ރޫމް ގައި އިނީ ޒިއާން އަންނާނެ އިރަކަށެވެ. އެހެން މާގިނައިރަކު އިންނާކަށް ނުޖެހުނެވެ. ޒިއާން އައުމުން ދެމީހުން ދިޔައީ ތަންކޮޅެށް ދުރުގައި ހުރި މަޝްހޫރު ރެސްޓޯރެންޓް އަކަށެވެ. އެތެރެއަށް ދެމީހުން ވަދެވުމާއެކު ގިނަ ބައެތްގެ ނަޒަރު އަމާޒުވެފައި ވިއެވެ. ޔުމްނާ ހުރީ ފާޑަށް ލަދުވެސް ގަނެފައެވެ. ޔުމްނާ ގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަން ދިޔަ ޒިއާން އަށް ހުއްޓުން އެރީ އެތާ ކައިރި މޭޒެށް ގައި އެދެމީހުންނަށް ނަޒަރު ހުށްޓާލައިގެން އިން ޒީޝާން ފެނުމުންނެވެ. ޒީޝާން ގެ މޫނުމަތިން ރުޅިވެރިކަން ހާމަވާން ހުރިއިރު ޔުމްނާ އާއި ދިމާލަށް ނުރަތްކާތެރި ބެލުމަކުން ބަލަމުން ދިޔައެވެ. ޒިއާން އެހެން ހުރެފައި ޔުމްނާ ގެ އުނަގަނޑުގައި އޭނާ ގެ އަތް އަޅުވާލިއެވެ. ޒިއާން ގެ މިއަމަލުން ޔުމްނާ ގައިން ހީބިހި ނެގި ކަހަލައެވެ. އެއިރު ޒީޝާން ގެ މޫނުމަތީގައި ވާރުޅިވެރިކަން ވެސް އިތުރު ވިކަހަލައެވެ. ޒީޝާން އިން މޭޒާ ކައިރި މޭޒެށް ގައި ޒިއާން އިނީ ހަމަ ގަސްތުގައެވެ. ދެމީހުން ވެސް އިށީން ގޮތަށް ކާއެތްޗެހި އަށް އޯޑާރުޖަހާފައި ވާހަކައި ގައި ޖެހުނެވެ. ދޭތެރެ ދޭތެރެ އިން ޒިއާން ޔުމްނާ އަށް ޖެއްސުން ކުރަމުން ދިޔައިރު މިހުރިހާ މަންޒަރެށް ބެލުމަށް އިން ޒީޝާން ގެ ރުޅީގަނޑު ވީހަށްތަހާ ގަދައެވެ. ހިތާހިތުން ޔުމްނާ އާއި ޒިއާން ވަކިކޮށްލާނެ ގޮތެށް ޒީޝާން ދިޔައީ ރާވަމުންނެވެ.
(ނުނިމޭ)
Hlw readers
Mee alugadu part koh kuriah gendaane vaahaka kiyuntherin kamudaanekama unmeedu kuran.. Mi stry ehaa vxx digeh nuvaan. hope u all will enjoy this 1st part of my stry.
Stay safe
2 Comments!
Comments are closed.
Hope u alll like the first part of the stry ♥️
Stay safe♥️
Maashallah v reethi first part..♥️♥️♥️♥️♥️
Whn is nxt part? Curiously waiting for nxt part
Stay safe n Tc
Myyyyyyssssssssmmmm
Lyyyyyyssssssmmmmm loabi kolhooo ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️