
ޔައިޝް އެތަން ތަރުތީބުކޮށް ނިމިގެން އެބުރުން ތަނާ ހުދާ އޭނަގެ އަތް ފުރަގަހުން ނަގައި އަތުގައި އޮތް ލިޕްސްޓިކް އިން ޔައިޝްގެ މުޅި މޫނުގަ އުގުޅުން ގޮތަކަށް އުގުޅިއެވެ.އަދި ޕަކަޕަކަލައި ހެމުން ހެމުންގޮސް އެދުމައްޗަށް ވެއްޓިގަތެވެ.އޭރުވެސް ޔައިޝް ހުރީ ހުދާ އޭނަގެ ؟ނޫމުގައި ހޭކީ ކޮންއެއްޗެއްކަމެއް ނޭގި ގަބުވެފައެވެ.މިހެން ހުރެފައި ކުއްލިއަކަށް މޫނުބަލާ ލޯގަނޑުން މޫނުބަލާ ލޯގަނޑުން މޫނު ބެލުމަށްފަހު ހަޅެއްލަވައިގަތެވެ.އަދި ހުދާ އާދިމާލަށް ހިގައި ގަތެވެ.ވަގުތު ހުދާ އެދުން ތެދުވެ ދުއްވައި ގަތެވެ.
ހުދާގަނޑާ އައޭމް ގޮން ކިލްޔޫ ގާލް…. މީހުން ކުރާކަހަލަ ކަންތައްތަ ތިކުރީ… އިޑިއަޓް.. ހިނިއަސްފައި ހުރިނަމަވެސް މޫނު މައްޗަށް ހިންހަމަ ނުޖެހިފައިވާ ކަމުގެ ކުލަވަރު ގެންނަން މަސައްކަތް ކުރަމުން ޔައިޝް ބުނުލިއެވެ.
ދެން ކޮންމެހެން އިޑިއަޓް ބިޑިއަޓް ޗިޑިއަޓް ކިޔާނެ ކަމެއް ނެތް.ކުރިންވެސް..ބުނީމެއްނު ރިވެންޖް ނަގާނަމޭ… މީހުންގެ ބޮލަށް ފެންއަޅާ އިރު ދެން ފަހަރަކު ރަނގަޅަށް ވިސްނާލާތި… ހިނިއައިސް ހުރެ ހުދާ ބުނެލިއެވެ.
ދެން މީހަކު ފެން އެޅިޔޭ ކިޔާފަ މިވަރު ކޮއްލަންޖެހޭތަ؟ބަލައްޗޭ ދޭނަން ހަމަ މިކަހަލަ ލަޑެއް..ޖަސްޓް ވެއިޓް އެންޑް ވޮޗް.. މިހެން ބުނެ ޔައިޝް ހުދާއާދިމާލަށް ދުއްވައިގަތެވެ.އަދި ފަހަތުން ގޮސް ބައްދައިގަތެވެ.އެއަށްފަހު ލޯގަނޑު ކުރިމައްޗަށް ގެންގޮސް ހުދާގެ އަތުގައި އޮތް ލިޕްސްޓިކުން ހުދާގެ މޫނުގައި ހާކާލިއެވެ.މިހުރިހާ ކަމެއްވީ އިރުވެސް ހުދާ ހުރީ ހުއްޓުން އަރާފައެވެ.ލޯގަނޑުގެ އެއްކޮޅުން ޔައިޝްއަށް ފާހަގަ ނުވިނަމަވެސް ހުދާއަށް ދޮރުމަތީގައި ތިބި އެންމެން ފެނުނެވެ.އަދި މިއެންމެންގެ ތެރެއިންވެސް ހުދާއަށް އެންމެ ފާހަގަ ކުރެވުނީ ރުޅިއައިސް ރަތް ވެފައިވާ ސާމިހުގެ މޫނެވެ.ހަޤީޤަތުގައި ބުނާނަމަ ސާމިހުގެ މުނުގައިވަނީ ކޮން ކުލަވަރެއްކަން ހުދާއަކަށް ނޭގުނެވެ.އެމޫނުމަތީގައި ހިތާމަވެރިކަމާއި ރުޅިވެރިކަން ވެއެވެ.އެލޮލުތެރޭގައި އެތައް ޝަކުވާތަކެއް ވެއެވެ.ވަގުތު ހުދާ ފެންކަޅިވިއެވެ. އޭނަ އެންމެ ގަޔާވާ މިހާ އޭނަ ދެކެ ރުޅިއައިސްފައި ހުރިކަން އިހުސާސް ވުމުންނެވެ.ނަމަވެސް އެކަން ޔައިޝްއަށް ނުދައްކަން ވެގެން މޫނު ހަދާލައިފައި ޔައިޝް އާ ދިމަލަށް އެބުރިލިއެވެ.
ދޮރު ކުރިމަތީގައި ވާނުވާނޭގިފައި ތިބި 4 މިހުން ހުދާގެ މޫނުފެނުމާއެކު ދިޔައީ ސިއްސައިގެންނެވެ.ދެވަނަ ސިކުންތުގައި ޕަކަޕަކަ ލާފައި ހޭންފެށިއެވެ.ނަމަވެސް ސާމިހު ހުރީ ފާޑަކަށެވެ.އޭނަ ހިނިވެސް އެބަ އާދެއެވެ.ނަމަވެސް އަންނަ ހިންޏަށް ވުރެން ހިތުގައި އެޅިގެން ދިޔަ ކޫރުން މާބޮޑެވެ.މާވޭންދެނިވިއެވެ.ވަގުތުން އެބަ އަންނަމޭ ބުނެ އެގޭގައި ހުންނަ ދެވަނަ ގެސްޓު ރޫމަށް ދިޔައެވެ.މިވާނުވާ ނޭގިފައި ތިބީ ހަމަ އެކަނި ސަނާ އާއި ހަމީދާއަށެވެ.ހަމީދާއަށް ކޮންމެވެސް ކަމެއް އެބަ އުޅޭކަން އެގުން ނަމަވެސް ސަނާ މިކަމާމެދު މާބޮޑަކަށް ނުވިސްނައެވެ.އޭނަ ހީކުރީ ސާމިހު ދިޔައީ ފާހަނައަށް ކަމަށެވެ.އެހެން ނޫން ނަމަވެސް މިވަގުތު ސަނާގެ ސިކުޑީގައިވަނީ އެހެންކަމެކެވެ.
*******************
(ކުޑަ އިރުކޮޅެއްކުރި)
ކޮންއަޑެއްތަ އެއިވުނީ ހިގާބަ އެތެރެ ބަލަލަން ކަމެއްވީ ކަންނޭނގެ ޔައިޝް އެހާބާރަށް އެ ގޮވީ .. ހިގަބަ ބަލާލަން.މަތިން އިވުނު އަޑާއި އެކު ސާމިހުބުނެލިއެވެ.
އާންދޯ ހިނގާ ވީކަމެއް ބަލައިލަން.ކަމެއްނުވަނީސް ޔައިޝް ނުއެއްގޮވާނެ އެހެންޔާ.ފަހަރެއްގަ ކުރައްޕެއް ފެނިގެން ކަމަށްވެސް ވެދާނެ.ހުދާއްކޮ ފަކީރު ބޮލަށް އަރައި ނޫން ކަމެއްވެސް ނޭނގެ މީހާރު އޮންނާނީ.ހިގާބަ އަޅޭވި ކީއްތޯ ބަލާލަން. ތަނިމް މިހެން ބުނުމާއެކު އެންމެން ޔައިޝްގެ ކޮޓާރިއާ ދިމާލަށް ހިގައި ގަތެވެ.ކޮޓަރީގެ ދޯރާ އަރާ ހަމަވިތަނުން އިވުނީ ދެމީހަކު ހޭ އަޑެވެ. އާއެކެވެ ހުދާއާއި ޔައިޝްގެ ހުނުމުގެ އަޑެވެ.ވަގުތުން ތާނިމް މަޑުމަޑުން ދޮރު ހުޅުވާލިއެވެ.ފެނުން މައްޒަރުން ތާނިމްމެން ތިބީ ނަގާނެ މާނައެއްނޭގިފައެވެ.މިހެން ތިއްބާ ކުއްލިއަކަށް ހުދާ އެމީހުންނާ ދިމާލަށް އެބުރުނެވެ.ވަގުތުން ވެގެން ދިޔަކަންކަން އެންމެނަށް ފަހުމްވިއެވެ.ވަގުތުން އެންމެން ހީގަތެވެ. އޭރުވެސް މިމީހުންނަށް ޔައިޝް ހުރިހާލެއް ނޭނގެއެވެ.
*****************
އެންމެން ހީހީ ތިއްބާ ޔައިޝް ކުއްލިއަކަށް އެމީހުންނާ ދިމާލަށް އެބުރިގަތެވެ.ވަގުތުން ސަނާ އާއި ހަމީދާ ހަޅެއްލަވައި ގަތެވެ.ޔައިޝް ހުރިހާލުފެނި ތާނިމްގެ ހުނުމުގެ އަޑު އިތުރަށް ބޮޑުވިއެވެ.މޫނުމަތީގައި އަތް އަޅައިގެން ތިބި ސަނާ އާއި ހަމީދާ މޫނުމަތިން އަތް ނެގުމަށްފަހު ކުރިމަތިން ފެންނަ މަންޒަރަށް ބަލައިލިއެވެ.ވަގުތުން ހަމީދާގެ ހިނިގަންޑުވެސް ދިޔައީ ފަޅަފަޅައިގެންނެވެ.ހަމީދާ ހޭތަން ބަލަން ހުއްޓާ ނުހޭން ތިބި ޔައިޝް އާއި ހުދާއަށްވެސް އެކަކު އަނެކަކަ ދިމާލަށްބެލުމަށްފަހު ހީގަތެވެ.އޭރުވެސް ސަނާ ހުރީ އޭނަ މޫނުމަތިން އަތް ނެގިއިރުފެނިގެން ދިޔަ މަންޒަރުން އާޝޯހުވެފައެވެ.
” ހާދަ ރީތި ބޮޑީ އެކޭ.އާހް.ހީޒްސޯހޮޓް.ހިޒް ސޮމައިލް.ފޭސް.އައިސް.އާހް އެވެރީ ތިންގް އިޒް ސޯ ޕާފެކްޓް.ޔެސް އައިފައުންޑް މައި ޑްރީމް ބޯއި.ޔެސް.”ސަނާ ގެ ހިތަށް އަރަމުން ދިޔައެވެ.ދެވަނަ ސިކުންތުގައި ހުދާ އާއި ޔައިޝް ތިބިގޮތް ފެނި ސަނާ މޫޑް ދިޔައެވެ.ނަމަވެސް އެކަން ނުދައްކާވޭތޯ ބަލަން ފާޑަކަށް ހެމުން ހެމުން ގޮސް ހުދާގެ އަތުގައި ހިފާ ޔައިޝް އާއި ދުރުކުރި އެވެ.
“ހިގާބަ ތިމޫނު ދޮންނަން ބަލައިލަ ޖަހާވައްތަރެއް.ހިނގާބަ ތިމޫނު ދޮންނަން.”މިހެން ބުނެ ހުދާއެތަނުން ގެންދަންވެގެން ސަނާ އުޅުނެވެ.
“އައްދޭ.އައްދޭ.އަނެއްކަ މިއަދު ކޮންކޮޅަކުންތަ އިރު އެރީ؟ ގައިމު ހުދާއަށް ލަޑެއް ލިބިއްޖެއްޔާ އެންމެ ފުރަތަމަ ފޮޓޯ ނަގާ ސޮޓޯރީއަށް ލައި.އެންމެ ޖެއްސުން ކުރާ މީހާ މިއަދު މިކިޔަނީ އަވަހަށް މޫނު ދޮންނަން ދާށޭ.އަނެއްކާ ބަލީތަ؟ލާނެއް ވައްތަރަކަށް ހެމުން ހުދާ ސަނާގެ ނިތުގައި އާއި ކަރުގައި އަތްޖެއްސިއެވެ.
ހޫން ނުވެޔޭ ކަމެއް ތި ހުރި ގޮތް ބިރުވެރިކަމުން މިހެން މިބުނީ.ސަނާވެސް ވަކި ހުދާއަކަށް ދުލެއް ނުކުރިއެވެ.
ހެހެ.އަހަންނަށް އަދިވެފައި މިހިރީ ކުޑަވަރެއްނު.ބަލަގަ އެއިންދަ ހަންޑި މާ ބިރުވެރި.ހުދާ ޔައިޝް އާދިމާލަށް ބުނެލިއެވެ.
މަށާދިމާލަށް ހަންޑިއޭ.ދައްކާލާނަމޭ ކުޅި އަދި.ޔައިޝް މިހެން ބުނެ ހުދާ އާ ދިމާލަށް އަންނަން ފެށިއެވެ.ވަގުތުން ހުދާ ދުއްވައިގަތެވެ.އަދި ދުވެފައި ސިޑިން ފޭބިއެވެ.އެދެމީހުން ސަކަރާތް ޖަހަމުން މުޅިގެ ކުޑަކަމަށް ދުވިއެވެ.ނުވިތާކަށް ޓެރެސްއަށް ވެސް ދެފަހަރު މަތިން އަރާފައި ފޭބިއެވެ.
މިދެމިހުން ޖަހަމުން ދިޔަ ސަކަރާތް ބަލަން ހެވިފައި ތާނިމް އާއި ހަމީދާ ތިއްބެވެ.ކައިރީގައި ސަނާ ތުން ދިގުކޮއްގެން އުޅުނެވެ.މިއަދު ޔައިޝް ފެނުން އިރުއްސުރެން ސަނާ މަސައްކަތް ކުރަމުން އެދިޔައީ ޔައިޝް އާ ވާހަކަ ދައްކާ ލެވޭތޯ އެވެ.ނަމަވެސް އެންމެ ކުޑަމިނުން ޔައިޝް ސަނާ އާ ދިމާލަށް ބަލައިވެސް ނުލައެވެ.ޔައިޝްގެ ހުރިހާ ސަމާލުކަމެއް ހުރީ ހުދާއަށެވެ.ހުދާގެ ކޮންމެ ހަރަކާތެއް ޔައިޝް ގާތުން ބަލަމުން ގެންދިޔަކަން ސަނާއަށް ފާހަގަވިއެވެ.މިކަމާ ސަނާ ހުދާ ދެކެ ރުޅިވެސް އައެވެ.ނަމަވެސް އެކަން ނުދައްކައި ވޭތޯ ބެލިއެވެ.ކޮންމެ ގޮތެއް ވިއަކަސް ސަނާއަކަށް ހުދާ އާއި ރުޅި ހެދުމަކީ ކުރެވުމަށް ވުރެން ނުކުރެވުން ގާތް ކަމެކެވެ.ވާނީވެސް އެހެންތާއެވެ.އުމުރުން 3 އަހަރުން ފެށިގެން އެދެކުދިން އުޅެމުން އައީ އެކީގައިއެވެ.އެއްބަނޑު ނޫން ނަމަވެސް އެދެމީހުން ނެކޭ އެއްބަނޑު މީހުންނެކޭ އެއްވެސް ތަފާތެއް ނުހުންނާނެއެވެ.އެހެންނަމަވެސް ސަނާ ހުރީ ފުރަތަމަފަހަރަށް އޭނަގެ ހިތުގެ ހިގުން އަވަސް ކުރުވި މީހާ ކާމިޔާބު ކުރުމައްޓަކައި އޭނަގެ ދުވަސްވީ އެކުވެރިޔާވެސް ދޫކޮއްލަން ތައްޔާރަށެވެ.ކޮންމެ ގޮތެއް ވިއަސް އެ އެކުވެރިކަންވެސް އޭނާއަށް މުހިންމެވެ.ހަމަ އެހެންމެ ޔައިޝްވެސް ސަނާއަށް މިހިންމެވެ.މިދެމީހުން ކުރެން ސަނާ ނަގާނީ ކާކު ކަމެއް ހުދު ސަނާ އަކަށް ވެސް ނޭނގެއެވެ.ސަނާ ގަބޫލު ކުރާގޮތުގައި ވަގުތު ޖެހުމުން އެކަމެއް ވާން އޮތް ގޮތަކަށް ވާނެކަމެވެ.
**********
ކޮޓަރިއަށް ވަންގޮތަށް އެދު މައްޗަށް ވެއްޓިގަތް ގޮތަކަށް އަދިވެސް ސާމިހު އޮތެވެ.އޭނަގެ ދެލޮލުން ފެންނަނީ ޝަކުވާއާއި ހިތާމައާއި ރުޅިވެރިކަމެވެ.އެހެން އޮވެލާފައި އިރު އިރު ކޮޅާ ސާމިހު ހީލައެވެ.ހުދާއާއި އެކު ވޭތުކުރި އުފާވެރި ދުވަސްތަކުގެ މަތިން ހަދާން ކޮށެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އޭނަގެ މޫނު އެއްކޮށް އޮއްސިގެން ދެއެވެ.އޭނަގެ ލޯ ކުރިމަތިން ސިފަވަމުން ދަނީ ޔައިޝްއާއި ހުދާ ދެމީހުން ތިބިގޮތެވެ.އޭނަގެ ކަންފަތުން އިވެނީ ހަމައެކަނި ޔައިޝް އާއި ހުދާ އާއި ދެމީހުންގެ ހުނުމުގެ އަޑެވެ.
އާހް………. އެންމެފަހުން ރުޅިގަދަވެގެން ގޮސް މޫނުގައި ބާލިސް އެޅުމަށްފަހު ހަޅެއް ލަވައިގަތެވެ.އަދި އިރުކޮޅެއް ކޮއްލާފައި ބާލިސް ނަގާ އެދު މައްޗަށް އުކުމަށްފަހު ތެދުވެ ލޯގަނޑު ކުރިމައްޗަށް އަރާ އޭނަ ހުރި ސިފަ ބަލާލިއެވެ.އައިސްފައިވާ ރުޅިގެ ސަބަބުން މުޅި މީހާގެ މޫނު ދިޔައީ ދާތިކިތަކުން ފޯވަމުންނެވެ.ސާމިހު ފާހަނަޔަށް ވަދެ މޫނު ދޮވެގެން ނުކުމެ އެތާ އޮތް ތުވާއްޔަކުން ފެން ފުހެލިއެވެ.އަދި ޓީޝާޓް ގަޔަށް މަހާލުމަށްފަހު މޫނުބަލާ ލޫގަނޑު ކުރި މައްޗަށް އަރައި އަތުން ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮއްލިއެވެ.ކޮންމެފަދަ ވަގުތެއްގައިވެސް ސާމިހުއަށް އަބަދުވެސް އިސްކަން ދެވެނީ އޭނަގެ އިސްތަށިގަނޑަށެވެ.ހިންހަމަޖެހެ ވަރަށް އިސްތަށިގަނޑު ރީތި ކުރެވުމުން ސާމިހު ބޭރަށް ނުކުންނަން ހިގައިގަތެވެ.
*********
(ނުނިމޭ)